Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-3

🦋Sparkles🦋 Level 1100 Login
September 13, 2020 4 Mins Read
27 Comments

ހިސާބަކަށް ދެވުނުތަނާ ނަވްޔާ ކުރިމަތިން އައި މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ނަވްޔާގެ ފޯނު ވިއްސައިގެން ގޮސް ހަލާކުވާނެކަން އިނގޭތީއާއެކު ވެއްޓުމުން ތަދުވާނެކަން އިނގޭތީ ނަވްޔާ އޭނާގެ ދެ ލޯ މަރާބާރުކޮށްލިއެވެ. ވެއްޓެން ދިޔަ ވަގުތު ބާރުގަދަ ދެއަތުން އޭނާގެ ހަށިގަނޑު ވަށާލުމުން ނަވްޔާ އޭނާގެ މެރިފައިވީ ދެ ލޯ ހުޅުވައިލިއެވެ.

**********

ހައިކަލް ފިރިހެންވަންތަ ހިނގުމެއްގައި ރަސްފަންނާއި ހަމައަށް ދެވުނުއިރު، ނަވްޔާންމެން ފެންނާކަށް ނެތެވެ. ފެންނާން ތިއްބަކަސް މިހާރު ވަކިކުރާކަށެއްވެސް ނޭނގޭނެއެވެ. ދެމީހުން ދެމީހުންނަށް ނުފެންނަތާ އެހާ ގިނަ ދުވަސްވީއެވެ. އަތުގައި އަޅާފައި އޮތް އެންމެ މިޒަމާނުގެ ގަޑިއާއި ދިމާލަށް ހައިކަލްގެ ނަޒަރު ދަތުރުކުރީ ގަޑިންވީ ކިހާއިރެއްތޯ ބެލުމުގެ ބޭނުމުގައެވެ. އަދި ކިރިޔާ ހަތަރެއް ޖެހީއެވެ. ހަތަރުގަޑި ބަޔަށް އަންނާނަމޭ ބުނާ މީހުންވެސް މިހާ އަވަހަކަށް ނާންނާނެއްނޫންހެއްޔެވެ؟ ނަމަވެސް ނަވްޔާންގެ ގޮތެއް ނޭނގެއެވެ. އެހެން ހިތައް އެރުމުން ހައިކަލް ހަނދާންވީ ސްކޫލް އުޅުނުއިރު އެންމެ ލަހުން އަންނާނަމޭ ކިޔާފައި އެންމެ އަވަހަށް ނަވްޔާން އަންނަ ހަނދާނެވެ. އެވަގުތު ހައިކަލްގެ ތުންފަތައް ވެރިވީ އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ.

ހައިކަލް އޭނާގެ މޮޔަކަން އިޙްސާސްވާ ހާލު ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގައިލިއެވެ. މުޅި މާހައުލު މީހުންއިން ފުރިފައިވީއިރު ހައިކަލްއަށް ހިސާބަކަށް އުނދަގޫވެސްވިއެވެ. ހައިކަލް ކައިރީ ހުރި ބެންޗެއްގައި އިށީނުމަށްފަހު، އުޑު މައްޗަށް ބަލާލި ގޮތުން ހީވަނީ އެތަނުންވެސް އޭނާއަށް ހިތްހަމަޖެހުމެއް ލިބުނު ހެންނެވެ. ހައިކަލް އުޑަށް ބަލަން އިންގޮތުން ވައްތަރީ ފޮޓޯއެއް ނަގަން ޕޯސްކޮށްގެން އިންހެންނެވެ. ލައިފައިވާ ނޫކުލައިގެ ހޫޑީއާއިއެކު ކަޅު ޖިންސް ހައިކަލްއާއި ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ކުޑަ ގޮތަކަށް ސްޓައިލް ކޮށްފައިވާއިރު ބޭރުގެ މޮޑެލްއަކާއި ދޫނުކުރާނެކަން ގައިމެވެ. އަތުގައި ގަޑިއެއް އަޅާފައި އޮތުމުން ހައިކަލްގެ ރީތިކަން އިތުރުކޮށްދެއެވެ. ތުންފަތައް ވެރިވެފައިވީ ހިނިތުންވުން ފެނި އަންހެންކުދިންގެ ހިތްތައް އޭގެ މަޤާމުން ދޫވެގެންދާނެއެވެ.

އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު ހައިކަލް ލައިގެންހުރި ޖިންސުގެ ޖީބުގައި ފޯނު އޮތްތޯ ބަލައިލިއެވެ. އޭނާގެ މޫނުމައްޗަށް ހައިރާންކަން ވެރިވީ ޖީބުގައި ފޯނު ނެތުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ކާރުތެރޭގައި ބާއްވާފައި އާދެވުނުކަން ހަނދާންވިއެވެ. ގަޑިން އަދި ހަތަރުގަޑި ބައިވާން ވަގުތު އޮތުމުން ހައިކަލް އޭނާގެ ކާރު ޕާރކްކޮށްފައިވާ ދިމާލަށް ދިއުމަށް ހިނގައިގަތީ އަވަސް ފިޔަވަޅު ތަކެއްގައެވެ.

ގިނަ ބައެއްގެ ނަޒަރުތައް ހައިކަލްއަށް ހުއްޓެމުން ދިޔައިރު އޭނާގެ ޝައުގެއް އެއަށް ނެތްފަދައެވެ. މީހުންގެ ނަޒަރުތައް ނުހުއްޓޭންވީ ސަބަބެއްވެސް ނެތީކީނޫންވިއްޔާއެވެ؟ ހައިކަލްއަކީ މަޝްހޫރު ކޮންޕެނީއެއްކަމަށްވާ، އެޗް އެޗް ފިނޭންޝިއަލްސްގެ ވެރިޔާ ހަލީމްގެ ހުރި ހަމައެކަނި ދަރީގެ އިތުރުން އެ ކޮންޕެނީގެ ސީ އީ އޯ އެވެ. މަޝްހޫރުކަމާއި އެއްވަރަށް ހައިކަލްއަކީ ރީތި ސިފަތަކެއްގެ ވެރި ހިތްހެޔޮ ޒުވާނެކެވެ.

ހައިކަލް އަވަސްއަވަހަށް ގަޑިއަށް ބަލަމުން ހިނގަމުންދަނިކޮށް އަންހެންކުއްޖެއްގެ ގައިގައި ޖެހުނެވެ. އެވަގުތު އެކުއްޖާގެ އަތުގައި އޮތް ފޯނު ވިއްސައިގެން ދިއުމުން ހައިކަލް ކުޑަކޮށް ކަޑަވާގޮތްވެސް ވިއެވެ. އެ އަންހެންކުއްޖާ ވެއްޓުމުގެ ކުރިން ހައިކަލް ހުޝިޔާރުވެލާފައި އެ އަންހެންކުއްޖާގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. އޭނާގެ އަތު ތެރޭގައި އޮތް ޖިންސުއްލަތީފާއި ދިމާލަށް ހައިކަލްއަށް ރަނގަޅަށް ބަލާލެވުނީ އެވަގުތުއެވެ.

ޑަސްޓީ ޕިންކް ކުލައިގެ ޝޯލްގެ ތެރެއިން އެ އަންހެންކުއްޖާގެ މޫނު ވިދަވިދާ ހުއްޓެވެ. ދޮން ހަންގަނޑެއް ލިބިފައިވީއިރު އެ ޖިންސުއްލަތީފުގެ ހިތިފަތު ބުމަ ވަނީ ގޮށްޖަހާލެވިފައެވެ. ދެލޯ މަރާ ބާރުކޮށްގެން އޮތް އިރުވެސް ރީތިކަން ފަނޑުނުވެއެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށި ކުލަ އެ އަންހެންކުއްޖާއާއި ނުހަނު ގުޅެއެވެ. ހައިކަލް އެ އަންހެންކުއްޖާގެ ރީތިކަމަށް ގެއްލިފައި ހުއްޓާ އެ އަންހެންކުއްޖާ އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ. ހައިކަލްއަށް ފެނުނު ރީތި އަޅިކުލައިގެ ކަޅިންނާއި ލިބުނު ސިހުމުން އެ އަންހެންކުއްޖާ އޭނާގެ އަތުން ދޫވިއެވެ.

**********

ނަވްޔާ ތޫލި އަޑަކުން ހަޅޭލަވައިގަތީ އޭނާ ވެއްޓުމުން ވާނެ ތަދު އިހްސާސްވާ ހާލުގައެވެ. ނަވްޔާ އޭނާއަށް ލެވޭނެ އެންމެ ބާރަކަށް ހަޅޭލަވާ ނިމުނުއިރު އޭނާ މިއޮތީ ބިންމަތީގައެވެ. ވެއްޓުނުގޮތުން ތަދުވިއެއްކަމަކު ކައިރީގައި ތިބި މީހުންނާއި އެންމެންގެ ނަޒަރުތައް އޭނާއަށް ހުއްޓިފައިވުމުން ލަދުގަންނަ ގޮތްވިއެވެ.

ނަވްޔާ ބަލާލުމާއެކު ކައިރީގައި ހިނިގަނޑު ހިފަހައްޓާލައިގެން ހުރި ނަވްޔާންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ނަވްޔާނަށް ލޯ އަޅާލުމަށްފަހު ނަވްޔާ ތެދުވީ އޭނާ ވައްޓާލި މީހާއަށް ފަތިވަރު ގޮވާލުމުގެ ނިޔަތުގައެވެ. “ޔޫ ފިލްތީ ކްރީޕް.. ހައު ޑެއަރ ޔޫ.. މަގުމަތިން ދާއިރު ތަންކޮޅެއް ބަލާލައިގެން ހިނގާބަލަ.. އެވަރުން ނުވެގެން އަދި ވައްޓާވެސްލައިފިއޭ.. ޔޫ އަރ ސޯ ޑެޑް.. ޔޫ ސައިކޯ..” ނަވްޔާ އޭނާގެ ދުރަށް ވެއްޓިފައިވާ ފޯނު ނަގަމުން ހައިކަލްއާއި ދިމާލަށް ރުޅި އައިސްގެންހުރެ ބަލާލަމުން ބުނެލިއެވެ.

“ޔޫ ގަރލް.. ތީނަވެސް އައީ ނުބަލައެއްނު.. އަހަރެންނެއް ނޫންދޯ ޖެހިގަތީއެއް.. އަދި ބުނެފިއެއްނު ޖެހިގަތީއޯ..” ހައިކަލްވެސް އެ އަންހެންކުއްޖާ އެހެން ބުނުމުން ހަމަ އެ ރާގުގައި ބުނެލިއެވެ. “އޯހ ރިއަލީ.. ތީނަ އައިސް ދޯ ފަސްޓް ޖެހިގަތީ.. އެން ޔޫ ބްރޯކް މައި ލަވްލީ ފޯން.. ހޫ ޓޯލްޑް ޔޫ ޓު ޑޫ ދެޓް..؟ ޔޫ ސައިކޯ..” ކުރިމަތީ ހުރި ފިރިހެންކުއްޖާ މަތި ނުވާންވެގެން އުޅުމުން ނަވްޔާގެ ރުޅި އިތުރުވެގެން ދިޔައެވެ. މި ސައިކޯ އައިސް ޖެހިގަނެފައި އަދި މާ ފޮނި ކަނޑަންވެސް އެބައުޅެއެވެ. އޭނާގެ ލޯބިވާ ފޯންވެސް ހަލާކުވީއެވެ. އެވަރުން ނުވެގެން އެންމެންގެ ތެރޭގައި އޭނާ ވައްޓާލީއެވެ.

“ޔޫ އެންގްރީ ބަރޑް.. ތީ ހަމަ އެހާ އަވަހަށް ރުޅި އަންނަ ގާރލްއެއްތަ..؟ އިޓްސް ދަ ފަސްޓް ޓައިމް އައި ސޯ އަ ގާރލް ވިތް ސޯ މަޗް އޭންގަރ.. އެނީވޭސް އައި ޑޯންޓް ހޭވް އެނީ އިންޓްރެސްޓް އިން ޓޯކިން ޓު ޔޫ.. ސޯ ޖަސްޓް މޫވް..” ހައިކަލްވެސް އެ އަންހެންކުއްޖާއަށް ދޫދޭކަށް ހިތަކަށް ނޭރިއެވެ.

“އިނަފް.. ޖަސްޓް ސްޓޮޕް ދިސް ނޮންސެންސް..” ނަވްޔާން އެންމެފަހުން ބޮލަށް އުނދަގޫވެގެން ހަޅޭލަވައިގަތެވެ. އެދެމީހުން ހުއްޓުވަން ނަވްޔާންއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވުމުން މީހުން ކިޔާނެ އެއްޗަކަށް ނުބަލާ އޭނާ ހަޅޭލަވައިގަތީއެވެ. “ވެއިޓް ވެއިޓް.. ހައިކް.. އަރ ޔޫ ހައިކް..؟ ނަވްޔާން ހައިކަލްއަށް ރަނގަޅަށް ބަލާލުމަށްފަހު ކުރިން ހައިކަލް ހުރި ގޮތް ހަނދާން ކޮށްލަމުން އަހާލީ ހައިރާންކަމާއި އެކުގައެވެ. “ޔާން.. ޔެއަ އިޓްސް މީ ހައިކް..” ހައިކަލްވެސް ހައިރާންވެފައިވާ ހާލު ނަވްޔާންއަށް ބަލާލިއެވެ. ދެން ފެނުނީ ހައިކަލްއާއި ނަވްޔާން އެކަކު އަނެކަކު ގައި ބައްދައިގަތްތަނެވެ.

ނަވްޔާ ހައިރާންކަމާއެކު އަނގަ ހުޅުވައިގެންހުރެ އަންހެން ކުދިންތަކެއްހެން ބައްދައިގެން ތިބި ދެ މީހުންނަށް ބަލާލީ ވާނުވާ ނޭނގޭ ހާލުގައެވެ. “ދޮންބޭ!!!!.. ޑޫ ޔޫ ނޯ ދިސް ސައިކޯ..؟” ނަވްޔާ ވިސްނަންވީ އެއްޗެއް ނޭނގިގެން ސުވާލު މާރކެއްގައި ހުރެ އަހައިލިއެވެ. “ޔެސް ނަވްގަނޑޫ.. މީ ސައިކޯއެއް ނޫނޭ.. މީޓް މައި ބެސްޓްފްރެންޑް ހައިކަލް!!…” ނަވްޔާން އޭނާގެ ބައްތިރީސް ދަތް ދައްކާލައިގެން ހުރެ ބުނެލިއިރު އޭނާ އުފާވެފައި ހުރިވަރު ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. “ވަޓް ދަ ހެލް!!!!!… ރިއަލީ ދޮންބޭ.. މީ ދެން މީހަކު ބެސްޓްފްރެންޑްއަކަށް، ނޯ ނޯ ފްރެންޑްއަކަށްވެސް ހަދާނެވަރުގެ މީހެއް ނޫން.. ހަހް.. ސައިކޯ!!!..” ނަވްޔާއަށް ލިބުނު ހައިރާންކަން އިތުރުވި ނަމަވެސް ހައިކަލްއާއި ދިމާނުކޮށް ދޫކޮށްލާކަށް އޭނާގެ ހިތެއް ނޭދުނެވެ. “ޔޫ އެންގްރީ ބާރޑް.. ޑޫ ޔޫ އީވެން ނޯ ހޫ އައި އޭމް..؟ ދަ ފޭމަސް އެން ދަ ހޮޓެސްޓް ހައިކަލް ހަލީމް.. ސީ އީ އޯ އޮފް އެޗް އެޗް ފިނޭންޝިއަލްސް..” ހައިކަލްވެސް ނަވްޔާއާއި ދިމާލަށް ފޮނިވެލާފައި އެހެން ބުނެލިއިރު ހީވަނީ ނަވްޔާއަށް ދޫނުކުރާން ހުވާކޮށްގެން ހުރި ހެންނެވެ.

“ގާއިޒް!!!!.. ޑޯންޓް ސްޓާރޓް އެގެއިން.. މިތަނަށް އައީ ތޮޅޭކަށެއްނޫން.. ސޯ ލެޓްސް ގޯ..” ނަވްޔާން ހައިކަލްމެން ހުއްޓުވާންވެގެން އަވަސްއަވަހަށް ބުނެލިއެވެ. އެހެންނޫނަމަ އެތާހުރެގެން އޭނާގެ ބޯ ގޮވާނެއެވެ. “ދޮންބޭ.. ހައު ކޭން އައި ގޯ..؟ ދިސް ސައިކޯ މައި ޑްރެސްވެސް ހަޑިކޮށްލައިފި.. އަދި މީ މާލެއަށް އައި ފަސްޓް ދުވަހޭ..” ނަވްޔާ ހައިކަލްއަށް ލޯ އަޅާލަމުން ބުނެލިއެވެ. “ފަސްޓޭ!!!!.. ގައިމު ތީ ކުރިން މާލޭގައި އުޅުނު މީހެއް.. ދެން ކޮން ފަސްޓަކަށް ވާނީ..” ހައިކަލް ނަވްޔާ ރުޅި އަރުވާލުމުގެ ބޭނުމުގައި ބުނެލިއެވެ. “އައި ޑޯންޓް ކެއަރ.. އެހެންނޫނަސް ސައިކޯއަކާ ޓޯކްއެއް ނުކުރަން.. ދޮންބޭ ލެޓްސް ގޯ ހޯމް..” ހައިކަލް ހީކުރި ގޮތައް ނަވްޔާ ރުޅި އަރައިގެން ބުނެލީ ނަވްޔާނަށްވެސް އަމުރު ކޮށްލަމުންނެވެ. “މޭން.. ގޮޓަގޯ.. މި ނަވް އެހާ ރުޅިއައިއްސަ ހުރީމަ ދާކަށްނު ޖެހޭނީ..” ނަވްޔާންވެސް ނަވްޔާ ރުޅި އަރުވާލުމުގެ މަޤްސަދުގައި ބުނެލިއެވެ. “ދޮންބެގަނޑާ!!!!..” ނަވްޔާ ހައިކަލްއަށް ލޯ އަޅާލަމުން ނަވްޔާންގެ އަތުގައި ހިފައިގެން އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ހައިކަލް ނަވްޔާ ރުޅިއަރުވައިލެވުމުން މަޖާވެގެން ހުރެ ކުރިއަށް ހިނގައިގަތީ ނަވްޔާއަކީ އެހެން ކުދިންނާ ތަފާތު ކުއްޖެކޭ ހިތަށްއަރާ ހާލުގައެވެ.

**********

ނޯޓް: އެންމެ ފުރަތަމަވެސް މިވާހަކަ ވަރަށް ގިނަ ދުވަސްވާންދެކަށް ނުގެނެވުމުން ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށްއެދެމެވެ. މިވާހަކަ ނުގެނެވުން ލަސްވީ އަޅުގަނޑުގެ ލެޕް ހަލާކުވުމުގެ ސަބަބުންނެވެ. ނަމަވެސް ދެން އަޅުގަނޑު ކޮންމެ ހަފްތާއަކު މިވާހަކަ ގެނެސްދެވޭތޯ ބަލާނަމެވެ. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🦋Sparkles🦋

Level 1100 Login

Imagine a scene and let it drip from your fingertips?️ ?... ??I'm a 14 year old gurl ? who loves to read n write stories??... ??Both positive n negative comments are welcomed ??... ?My ongoing stry: " Kaireegaa hurelan adhu beynunvey"... ??Feel free to talk to me via hangouts n Instagram [email protected] __spar.kles__ Luv ya all ?❤️?

Other Articles

Previous

ލޯބީގެ ހައްގުގައި 10

Next

ޢިއްފަތްތެރި ކަމުގެ އަގު

Next
September 13, 2020

ޢިއްފަތްތެރި ކަމުގެ އަގު

Previews
September 12, 2020

ލޯބީގެ ހައްގުގައި 10

27 Comments!

  1. ?Ril? says:
    September 13, 2020 at 7:05 am

    Wow mi part ves vrh sali
    Masha Allah keep it up
    And navyaa and haikal ge fights tha haadha majaley hehehe heeeheee bidihje
    There are just like kids hehhe
    And Btw its OK I understand don’t feel srry darl
    And stry kiyaalan libuny maa vrh ufaavehje
    Waiting for the next part
    Love u sooo muc
    Stay safe

    1. ?Sparkles? says:
      September 13, 2020 at 11:59 am

      Awwwn??????????????????????????????☺️?☺️?☺️???☺️?☺️?… Thnks Ril dear????☺️??☺️?☺️?… Hehe navyaa n haikal dhw????… Again thnks fr understanding nge darllll… It means a lot?????… Next part Insha Allah mi week ga genesdheynan… Stay home n stay safe?????….Tc… Lymmmmmmmmmmmm?????❤️❤️❤️❤️???????????????????

  2. ?LamHaa? says:
    September 13, 2020 at 7:21 am

    Maasha allah v reethi mi part vx
    Hama heehee bandah thadhuvehje navya n Haikal ulhunu gothun
    Waiting for nxt part dear
    Stay safe n Tc
    Lyyyssmm

    1. ?Sparkles? says:
      September 13, 2020 at 12:03 pm

      Thnks Lam????☺️??☺️?☺️?… Hehe navyaa n haikal… They r just like kids????…Next part Insha Allah mi week ga genesdheynan… Stay home n stay safe?????….Tc… Lymmmmm????????????????????????????????

  3. R¥N says:
    September 13, 2020 at 8:34 am

    Maasha Allah.❤️. Vvvvvvvvvvreethi Reethi Mi part ❤️ves ❤️vvv majaa ❤️
    ❤️lym
    TC ❤️
    Be safe ❤️

    1. 🦋Sparkles🦋 says:
      September 13, 2020 at 12:08 pm

      Thnks Ryn?????????????☺️????????… N srry nge ehaa on nuveveythy ?????????…. Stay home n stay safe?????… Tc… Lymmmmmmm????????????????????????????????????

  4. ❤️shyn❤️ says:
    September 13, 2020 at 8:40 am

    Woooow… V. Reethi mi part ves… Gud luck
    TC
    LYSM ????

    1. 🦋Sparkles🦋 says:
      September 13, 2020 at 12:10 pm

      Thnks shyn☺️?☺️???????????☺️☺️?☺️????…. Yhh u too???… Stay home ? n stay safe….
      Lymmmmmmm???????????????????????????????

  5. Eekko_11 says:
    September 13, 2020 at 8:41 am

    Vrh reethi ingey dear mi part vx??❤️??????❤️?????☺️?☺️????????☺️?????☺️????
    Navya and haikal ge part hama awesome
    Vrh majaa
    Navya nuvaane ennu ehaa rulhi gadha vaakah vx dhw???
    Waiting for next
    Luv you dear

    1. 🦋Sparkles🦋 says:
      September 13, 2020 at 12:13 pm

      Thnks dear?☺️?☺️???☺️?☺️??☺️?☺️????☺️???☺️?☺️?… Hehe navyaa n haikal ge goiy eiee???????… Dhn balamaa vaa gotheh…. Navyaa vx dhw?????????… Stay safe and sound…. Tc… Ly????❤️?❤️?????????????????

  6. Xaxa? says:
    September 13, 2020 at 10:25 am

    Hi sissy.. Mi part dhww.. Hama salhi ey.. N nav n haik ge love hate ge feshun ves I think hama salhi.. So waiting for the nxt part sweetheart.. N love you and miss you guyx more than something.. Hehe.. Serious koh Varah missed..

    1. 🦋Sparkles🦋 says:
      September 13, 2020 at 1:42 pm

      Alheyyyy xaxa???☺️☺️?????☺️??????????☺️☺️?…. Thnks nge???☺️????????☺️…. Nav men dhw??????… Means a lot????… Miss u nge v v v v v v v v v big koh??????… Stay home n stay safe?????…. Tc …. Lymmmmmm n mymmmmmmmmmmmmmmmmm❤️??????❤️??????❤️??????❤️??????

  7. ?Sparkles? says:
    September 13, 2020 at 12:04 pm

    Thnks Lam????☺️??☺️?☺️?… Hehe navyaa n haikal… They r just like kids????…Next part Insha Allah mi week ga genesdheynan… Stay home n stay safe?????….Tc… Lymmmmm????????????????????????????????

  8. ?Sparkles? says:
    September 13, 2020 at 1:47 pm

    Guyyyyz…. Here is the 3rd part of Kaireegaa hurelan adhu beynunvey?????…. First of all v v v v bodah swry ngey stry nugenevi lasvyma????????… Hope u all will understand n like this part???….. My first stry kamun mistakes hunnaanekan nge…. If u find any, tell me???… I will try my best to correct that mistake????…. Stay home n stay safe????… Tc…. Luv ya all❤️??❤️?❤️????????❤️?????????❤️??????❤️?❤️???????????

  9. IIII ishu says:
    September 13, 2020 at 3:40 pm

    ❤️??????❤️??????❤️??????
    Wowowowowowowowowowowowowowowowowowowowow
    Hehe vvvvvv reethi
    ?? Nafrathun ufedheyni dhen loabi
    Take care stay home stay safe
    ❤️??????❤️??????❤️??????

    1. 🦋Sparkles🦋 says:
      September 13, 2020 at 9:11 pm

      Thnks ishuuuu…. Hehe hama vedhaane…

    2. 🦋Sparkles🦋 says:
      September 13, 2020 at 9:12 pm

      Thnks ishuuu?☺️?☺️??☺️???????????????????????☺️… Hehe hama vedhaane ??????…. Stay home n stay safe????… Tc????????????????????????

  10. ?KIMSAMUEL? says:
    September 13, 2020 at 9:14 pm

    Yowwwwwww ????? Wowwwwwwwwww ? this part is also so lit ❤️???? I loved it ? I’m dying to read next episode

    1. 🦋Sparkles🦋 says:
      September 15, 2020 at 10:17 pm

      Thnks dear?☺️???????☺️☺️??????????????… Next week ga unit tests onnaathy faharuga next part mi week nimunuge kurin nugenes dhevidhaane????… Swrry fr that????… Stay home ? n stay safe… Tc?????????????????????????????

  11. ?Flower? says:
    September 15, 2020 at 8:38 am

    Wow varah reethi masha Allah keep it up sis
    Waiting for the next
    Ly ❤️❤️❤️

    1. 🦋Sparkles🦋 says:
      September 15, 2020 at 10:18 pm

      Thnks flower????????????????☺️????????… Saty home n stay safe ?????…. Tc?????????????????????????????????

  12. Bts hakuru? says:
    September 16, 2020 at 9:34 am

    So funny????lol

    1. 🦋Sparkles🦋 says:
      September 17, 2020 at 9:52 pm

      Thnks bts hakuru????????????????… Stay home ? n stay safe

  13. Dream girl??? says:
    September 16, 2020 at 8:34 pm

    Kn irakun thr next part kiyaalan libeynii…. Vrh Vrh kiyaalaa hithun mihiry?… Nd navya nd haikal ge baathah ginain geness dhehchey ingey♥️….. I wish you will like my comment….seriously can’t wait for the next part?… Hama vaahaka ge namaa ehvarah vaahaka vx reethi??…. Nd love you sweetheart?… Stay safe ingey????

    1. 🦋Sparkles🦋 says:
      September 17, 2020 at 9:55 pm

      Awwwwww???????????????????????????????…. Thnks dream girl??????????????????… Umm unit test thah next week ga onnaathy next week ge fahun genesdheynan????… Hope u will understand????… Ofc i luv ur comment???????????????????… Stay home n stay safe?????… Tc…. Lymmmmmmmmmm?❤️?❤️?❤️???❤️?❤️?❤️❤️?????????????❤️?

  14. Aayoo says:
    September 17, 2020 at 3:36 pm

    When ne t part dear

    1. 🦋Sparkles🦋 says:
      September 17, 2020 at 9:57 pm

      Next part unit test thah nimumun veehaa vx avahakah genesdheveythw balaanan ??????????…. Stay home ? n stay safe…. Tc????????????????????????????????

Comments are closed.

Next Episodeކައިރީގައި ހުރެލަން އަދު ބޭނުންވޭ-4←


All Right Reserved!