Skip to content
އެސްފިޔަ

ސަޕްރައިޒް

ދުވަހުގެ މަސައްކަތައް ފަހު ވަރުބަލި ކަންމަތީ އައިސް އެނދުމަތީގައި ޖައްސައިލީމެވެ.ފޯނު ހުޅުވާލައި ފޭސްބުކަށް ވަދެލީމެެވެ.ފްރެންޑް ސަޖެސްޝަންސް ހާވަމުން ދިޔައިރު އަތް މަޑު ޖައްސާލަން މަޖުބޫރުވީ ފެނުނު އެއްޗަކުންނެވެ.ކުރިން ދުވަހަކުވެސް ނުދެކޭހާ ފުރިހަމަ އަންހެން ކުއްޖެކެވެ.ދޮންދޮން ވަށް މޫނެކެވެ.އެވަގުތު ކުރެވުނީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެކެވެ.އެހެން އެއްވެސް އަންހެން ކުއްޖަކު ފެނި އަދި މިހާ ގަޔާ ނުވެވެއެވެ.އެކުއްޖާއާއި ވާހަކަ ދައްކާލާ ހިތްވީ ކީއްވެ ކަމެއްވެސް ނޭނގެއެވެ.ކޮންމެ ގޮތެއް ވިއަސް އެކުއްޖާއާ އަަހަރެން ވަރަށް ގަޔާވިއެވެ.އެހެންކަމުން ފްރެންޑް ރިކުއެސްޓް ފޮނުވައިލީމެވެ.އަދި އެކުއްޖާގެ އައިޑީ ކުޑަކޮށް ހާވައިލީމެވެ.މައޫލޫމާތު ކޮޅެއް ހޯދާލުމުގެ ބޭނުމުގައެވެ.ހީކުރި ގޮތާ ހިލާފަށް އޭނަގެ ފުރިހަމަ ނަން ފިޔަވައި އެހެން އެއްވެސް މައުލޫމަތެއް ފެންނަ ކަމަކަށް ނުވިއެވެ.

އިރުކޮޅެއް ނުވަނީސް ‘އައިޝަތު އަޝްކާ’ އަހަރެންގެ ރިކުއެސްޓް އެކްސެޕްޓް ކުރި ކަމުގެ ނޮޓިފިކޭޝަން އަހަރެންގެ ފޯނަށް އައެވެ.އަހަރެންގެ ހިތް ކުޑަ ގޮތަކަށް ތެޅިލިއެވެ.ވަގުތުން ވާހަކަ ދައްކާލަން ބޭނުން ވިއެވެ.މެސެޖް ފޮނުވާ ފިތަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އޮބައިލީމެވެ.ހަމަ ފޮނުވާ ތަނުން މެސެޖް ޑެލިވަރ ވެއްޖެއެވެ.ރިޕްލައި އެއް އަވަހަށް ލިބޭނެ ކަމުގެ އުންމީދުގައި އެމެސެޖަށް ބަލަހައްޓައިގެން އިނީމެވެ.

ގަޑިއިރަކަށް ފަހު ގަޑިއިރެއް ފާއިތުވެގެން ދިޔައެވެ.އަދިވެސް ރިޕްލައި އެއް ނާދެއެވެ.އިންތިޒާރުގެ ވަގުތުތަށް ގުނަމުން ދަނިކޮށް ބަރާބަރު 23 ގަޑިއިރު ފަހުން ރިޕްލައި އެއް ލިބުނެވެ.އަހަރެން ފޮނުވި މެސެޖާ އެއްގޮތަށް ހަމަ “ހައި” އެކެވެ.ފަށަންވީ ކޮން ވާހަކަ އަކުންތޯ ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑިއަކަށް ނައެވެ.އެންމެ ފަހުން ކޮންމެވެސް  އެއްޗެއް ކިޔަންވާނެއޭ ހިތާ އޭނަގެ އުފަން ރަށަކީ ކޮން ރަށެއްތޯ އަހައިލީމެވެ.ޖަވާބު ވަރަށްވެސް ކުރުވެފައި ފޮންޏެވެ.”ދިވެހިރާއްޖެ” ލިޔެފައި އޭނާ ކޮށްލި މެސެޖުން އަހަރެމެން ބުނާގޮތުން ނަމަ އަހަރެންގެ ކަރުގައި ބޯޑެއް އެޅުނެވެ.ބަދަލުގައި އޭނާވެސް އަހަންނާ ހަމަ އެސުވާލު ކޮށްލިއެެވެ.އަހަރެންވެސްް ކަޑަ ނުވާންވެގެން އިންޑިއާއޭ ބުނީމެވެ.މިފަހަރުވެސް އަހަރެންގެ ކަރުގައި 2 ވަނަ ބޯޑެއް އެޅުވުނެވެ.”ހާދަ މޮޅޭ ދިވެހި ބަހުން ވާހަކަ ދައްކަން”އެހެެން ލިޔެފައި އޭނާ ކޮށްލި މެސެޖުން އަހަރެން ކަޑަވިއަސް ހިނިވެސް އައެވެ.

ގަޑިތައް ދުވަސްތަކަކަށް، ދުވަސްތައް ހަފްތާތަކަށް ބަދަލުވަމުން ދިޔައެވެ.ދުނިޔެ ދައުރު ވަމުން ދިޔަދިޔަ ހެން އަހަރެމެންގެ ގުޅުން ވެސް ވަރުގަދަ ވާން ފެށިއެވެ.އެކުވެރިކަމުގެ ނަމުން މި ގުޅުމަށް ދެމީހުންވެސް ނަންދިނީމެވެ.ދެމީހުންގެ މިޒާޖުވެސް ދާދި އެއްގޮތެވެ.އަހަންނަށް މިހާރު އަބަދުވެސް އިނދެވެނީ އޭނާއާ މެސެޖު ކުރާށެވެ.ދެމީހުންވެސް މިވަގުތު މާލޭގައި ތިބުމުން އެއްރެއަކު އަހަރެން އޭނާއަށް ސައިކަލު ބުރަކަށް ދައުވަތް އެރުވީމެވެ.ވަރަށް ވިސްނާލުމަށް ފަހު އޭނަ އާއެކޭ ބުނީ ޖެހިގެން އައި ދުވަހު ހެނދުނުގައެވެެ.އެހެންވެ އެދުވަހު ރޭގަނޑަށް ތައްޔާރުވަާން ބުނީމެވެ.8 ޖެހުމުގެ 15 މިނިޓް ކުރިން އަހަރެން އޭނަ އުޅޭ އެޕާރޓްމެންޓަށް ދިޔައީމެވެ. އޭނަ ނުކުންނަންދެން ސައިކަލު މަތީގައި އިށީދެލީމެވެ.ކުއްލިއަކަށް އަހަރެންގެ ނޭފަތުގައި ޖެހުނު ލުއިލުއި ސެންޓު ވަހުން އަހަރެންނަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ.ކުރިމަތިން ފެންނަން އެހުރި ސިޑިން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށްފައި އެ އަންނަނީ އޭނަ ނޫން ދެވަނަ މީހެއް ނޫނެވެ.ފައިކުރިއާ ހަމަޔަށް އަރާ ވެލްވެޓް ވައިން ހެދުމެއްގައި ހުރިއިރު ކޮށްފައިވަނީ ލުއި މޭކަޕެކެވެ.ހަމަ އެކުލައިގެ ޝޯލް އެއް އަޅައިފައި ވިއިރު އެ ދޮން މޫނު ފެންނަނީ ފޮޅިފައިވާ ފިނިފެންމަލެއް ހެންނެވެ.ބޭއިޚްތިޔާރުގައި ކަޅިވެސް ޖަހައި ނުލައި އަހަންނަށް އޭނައާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.ހޭވެރިކަންވީ އޭނަ އައިސް ލޯކުރިމަތީގައި ފުތްޓައްކެއް ޖެހުމުންނެެވެ.އަހަރެން އަވަސް އަވަހަށް އެކަން ނުވާ ކަމަކަށް ހަދައިފައި ސައިކަލަށް އެރީމެވެ.އޭނަވެސް އަރަން ދިމާ ކުރިއެވެ.ނަމަވެސް ސައިކަލުގައި ނީށީނދެވެނީސް ހެދުންގަނޑު އަޅައިގަތެވެ.އަހަރެން އޭނައަށް އެހީތެރިވެދިނީމެވެ.ނަސީބަކުން އެއްވެސް ވަރަކަށް ވީދިފައެއް ނެތެވެ.އޭނަ ބޭނުންވީ ހުޅުމާލެ އަށް ދާށެވެ.އަތުގައި އޮތީ އެންމެ ހެލްމެޓް އެއް ކަމުން އަހަރެން އަތުގައި އޮންނަ އެކްސްޓްރާ ހެލްމެޓް ބަލައި އޮފީހަށް ދިޔައީމެވެ.އަދި އޭނަ ފެންބޮވައިގެން އުޅޭތީ އެތާހުރި ފިހާރައަކުން ފެންފުޅިއެއް ގަނެގެން ގެނެސް ދިނީމެވެ.މިސްރާބު ހުރީ ހުޅުމާލޭ ބީޗްއާ ދިމާލަށެވެ.އެތަނަށް އާދެވުމާއެކު ދެމީހުންވެސް ސައިކަލުން އެރުނީމެވެ.ދެން ދިޔައީ ހަމަ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ.އަހަރެން ފަށައިގަތީމެވެ.”ކޮޅަށް ނުހުރެ ސައިކު މަތީ އިށީންނަންވީނު”އޭނަ ދެކޮޅު ހެދީމަ އަހަރެން ހަނު ހުރީމެވެ.ދެން އޮތް ސިކުންތުގައި ދެމީހުންގެ ހަތަރު ކަޅި ހަމަވެ ބަލަހައްޓައިގެން ތިބެވުނެވެ.އަހަރެންގެ ހިތަށް އާދަޔާ ހިލާފު ގޮތްތަކެއް ވަމުން ދިޔައެވެ.ހީވަނީ ހަމަ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެދަނެހެންނެވެ.އެގޮތުގެ މަތިން އެތައް އިރެއް ފާއިތުވެގެން ދިޔައެވެ.އެންމެ ފަހުން އޭނަ ގެއަށް ދާންވެގެން އެދުނެވެ.އަހަރެން އޭނަ އެޕާރޓްމެންޓް އަށް ލާފައި އަހަރެންގެ ގެއަށް އައިސް ޖައްސައިލީމެވެ.ވަރަށް ފުންކޮށް ވިސްނައިލެވުނެވެ.އެންމެފަހުން އަހަރެންގެ ހިތުގެ އެންމެ ފަހުގެ އިއްވާލުން އިއްވައިލިއެވެ.އާއެކެވެ.އަހަރެންނަށް އޭނަދެކެ ލޯބިވެވިއްޖެއެވެ.ދެން އޮތީ އެންމެ ބޮޑު ކަންތަކެވެ.އޭނަ ކައިރީ މި ވާހަކަ ބުނުމެވެ.އޭރު މެންދަމުން އަބުރައި ދޭއް ޖަހަނީއެވެ.ހިތްވަރު ކޮށްލާފައި ފޯނު ނަގައިގެން އޭނައަށް ވަރަށް ދިގު މެސެޖެއް ފޮނުވައިލީމެވެ.

ދެވަނަ ސިކުންތުގައި އަނގަ ހުޅުވިގެން ދިޔައީ އަހަރެން މެސެޖް ފޮނުވިތަނާ ހެން ސީން އަރުވާލުމުންނެވެ.

5 މިނިޓް ފަހެވެ.ހިތް ކުދި ކުދި ވިއެވެ.އޭނަ ލޯބިވާ އެހެން މީހަކު ހުންނަ ކަމުގައި ބުންޏެވެ.ދެރަވިއެވެ.ނަމަވެސް ހިތްވަރު އެލުވައިނުލަމެވެ.

އެރޭގެ ކަންތައް ހަނދާން ނައްތައިލައި އަހަރެމެން ދެމީހުންވެސް އެކުވެރިންގެ ގޮތުގައި އުޅެމުން ދިޔައީމެވެ.އޭގެ 3 މަސް ފަހެވެ.އޭނަ އަހަރެން ކައިރީ ވަރަށް ބޮޑު ވާހަކައެެއް ބުނަން ބޭނުންވާކަމުގައި ބުންޏެވެ.އަހަރެންގެ ހިތް ބިރު ގަންނަން ފަށައިފިއެވެ.އަނެއްކާ އޭނަ އެމީހަކާ ރައްޓެހިވީ ނޫންބާއެވެ.

ތަފާތު ހިޔާލުތައް ސިކުނޑި ވަށައިގެން އެނބުރެމުން ދަނިކޮށް އޭނަ ދިގު މެސެޖެއް ފޮނުވައިލިއެވެ.އަހަރެން ކިޔައިލީމެވެ.ހިތް ހީވި އުދުއްސައިގަންނާނެހެންނެެވެ.އެހާވެސް އުފާވިއެވެ.އޭނަ ބުނި ގޮތުގައި އެރޭ ލޯބިވާ އެހެން މީހަކު ހުރެޔޭ ބުނީ އޭރު އަދި ވިސްނަން ވަގުތު ބޭނުންވީތީއެވެ.އޭގެ ފަހުން އަބަދުހެން ވިސްނެނީ އަހަންނާ މެދު ކަމެވެ.ހިތުގައި ރަސްކަން ކުރަނީ އަހަރެންގެ ނަންކަމެވެ.ދެން ލިޔެފަ އޮތީ އަހަރެން އެންމެ ދެކެންް ބޭނުންވި 3 ލަފުޒެވެ.އުފަލުންގޮސް އަވަހަށް ރައްޓެހިވާން އެހީމެވެ.ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި އޭނަ އާއެނކޭ ބުނެލިއެވެ.

އަހަރުމެން ދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު މިވީ 3 ވަރަކަށް މަހެވެ.މާދަމާއަކީ އޭނަގެ އުފަންދުވަހެވެ.އޭނައަށް ސަޕްރައިޒެއް ދޭން ނިންމީމެވެ.ޖެހިގެން އޮތްދުވަހެވެ.އުފަންދުވަހަށް ތައްޔާރީތައް ވަމުންދިޔައީމެވެ.އެގޮތުން އޭނައަށް ދޭނެ ރީތި ހަދިޔާއަކާ ކޭކް އަކަށް އޯޑަރ ކޮށްލީމެވެ.ހުރިހާ އެއްޗެއް ހަމަވުމުން ރީތި ވެލައިގެން އޭނަ އުޅޭ އެޕާރޓް މެންޓް އަށް ދިޔައީމެވެ.އޭރުވެސް އޭނަގެ މެސެޖްތައް އަންނަ އަޑު އިވެއެވެ.ދޮރު ގައި ޓަކި ޖަހައިލީމެވެ.އިރުކޮޅަކުން އޭނަ އައިސް ދޮރު ހުޅުވިއެވެ.އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭނގިފައި ހުއްޓެވެ.އަހަރެންގެ އެއްއަތުގައި އޮތް ކޭކާ ދިމާލަށް ބަލަހައްޓައިގެން ހުރެ ކޭކުގައި ރީއްޗަަށް ލިޔެފަ އިން އެތި މަޑުމަޑުން ކިޔައިލިއެވެ ކިޔައިލިއެވެ.”ހެޕީ ބާރތްޑޭ ލަވް”.ދެވަނަ ސިކުންތުގައި އޭނަ އޮތީ އަހަރެންގެ މޭގައި ބޯއަޅައިލައިގެންނެވެ.އޭނަ ކަންފަތާއި ކައިރި ވެލާފައި އަހަރެން ބުނީމެވެ.

“ސަޕްރައިޒް”

—–ނިމުނީ—–

(މި ކުރު ވާހަކަ އަކީ އަޅުގަނޑުގެ ފަރާތުން އަޅުގަނޑުގެ ލޯބިވާ ދޮންތައަށް ތަޙުޞީސު ކޮށް ލިޔުނު ވާހަކައެކެވެ.)

Happy birthday dhonthaa♥

Comments (24)

  1. Anonymous

    Ehn tha…. Happy birthday from mee also… ????????????????… And vrhka vrh salhi hingeyy.. Hama ehvanaage story eh… Vrh reethi vees adhi series eh gothah gennan ulhun nama…. Ehaa ves reethi viyyaa… Dhn ehn vrhka eh liyaany kon irakun…????… Will wait for ur another story to read….. Lots os love from meeee…. Ummmaaaaaaaah.. ????

    1. AAR-SHY
      Anonymous

      aww thank u..mm..do i know u if i mag ask..and once again v v v boda thanks..ehn story eh fennaa ne kamah ummeedhu kuramaa insha allah❤❤❤❤

  2. unknown queen

    Happy birthday from mee too?? vvv reethi??♥️

    1. AAR-SHY
      unknown queen

      thank u….❤❤❤

  3. ?BLACK PINK

    O wonder full this story….
    N HAPPY BIRTHDAY frm me 2 also
    TC….. Good luck

    1. AAR-SHY
      ?BLACK PINK

      Thank you…??

  4. ކަލާ123

    އުމުރުން ހަގު ގަލަމެއް ނަމަވެސް ވަރަށް ލޯބި ވާހަކައެއް. އަމުދުން އެެންމެ ލޯބީ މިތަންކޮޅު.”މިކުރުވަހަކައަކީ އަޅުގަނޑުގެ ފަރާތުން އަޅުގަނޑުގެ ލޯބިވާ ދޮންތައަށް ތަޚްޞީޞްކޮށް ލިޔުނު ވާހަކައެކެވެ” މިތަންކޮޅު. ތިދެބެންގެ ލޯބި ދަންމަވައި އުމުރު ދަންމަވައި ދިރިއުޅުން ބާއްޖަވެރި ކުރައްވާށި!

    1. AAR-SHY
      ކަލާ123

      Thank u v bodah

  5. Naaee

    ماشآءالله ❤❤❤ވަރަށްރީތި

    1. AAR-SHY
      Naaee

      Thank u v bodah mom ❤❤and thank u for being with my side always..luv you

  6. ❤️shyn❤️

    AAR-SHY Haadha sweet eyy❤️❤️❤️…. V. Reethi story..
    ???
    TC
    LYSM ???

    1. AAR-SHY
      ❤️shyn❤️

      Aww thank u shyn ❤❤
      LYSM too

  7. Naaee

    ދަރިފުޅުގެ މަސައްކަތުގައި ބަރަކާތް ލައްވާށި. آمين

    1. AAR-SHY
      Naaee

      ???????

  8. ❤️shyn❤️

    Mi vaahaka mee AAR-SHY liyaa Furathama vaahaka tha

    1. AAR-SHY
      ❤️shyn❤️

      Publish kuraa furathama vaahaka..

  9. NAANI

    Vrh reethi story eh????masha allah ❤️❤️
    Ummeedhu mi kurany Vrh avahah AAR_SHY ge ithuru vhk eh kiyailan libeyne kamah???
    Tc❤️

    1. AAR-SHY
      NAANI

      thank u ..insha allah iraadhu kureviyyaa fennaane..take care u too thanks again❤?

  10. ❤️shyn❤️

    Ooohhh.. Hama ahaaly ingey ☺️

    1. AAR-SHY
      ❤️shyn❤️

      yahh ..feel free to ask anything hama..thanks takee care

  11. AASHAAN ASHRAF

    Aharen dhonthu ge first story kan edhemeve❤❤❤. Dhontha ge vaahaka varah loabi❤❤❤❤.Adhives vaahaka eh lehvumah dhonthu kaaree gai bunaanameve???.adhives dhonthu loabee ge vaahaka eh lehvumah edhemeve❤❤.Dhonthu dheke varah loabi vey❤❤❤.

  12. AASHAAN ASHRAF

    Cover pictrue varah reeti

  13. Simah

    Aashy!! This story is just amazing!! I love it ♥️! And yes Dhontha was surprised! Keep going girl ♥️

    1. AAR-SHY
      Simah

      Thank u for the information without u i will not be able to do it thank u ,❤❤

Comments are closed.