ތިޙިޔާލުގާ…. (4)
ނަމަވެސް މިއަދު އެޝަކުވާތައް އަޑުއަހާނެ މީހަކު ނެތެވެ.
ހަމަޖެހިލަމުން އެދުން ތެދުވެ ޒާރާ ފާހާނައަށް ވަނީ ހޮސްޕިޓަލައް ދާން ތައްޔާރުވުމަށެވެ. ތައްޔާރުވެލައިގެން ނިކުމެ ދެފަހަރަކު ނުޒުހާގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލުމުން ވެސް ހަބަރެއް ނުވުމުން ނުޙާ އެކަނި ހޮސްޕިޓަލައް ދާންނުކުތެވެ. ކާރުބާރު ބޮޑު މަގުގައި ހިގާފައި ޒާރާ އައް ހޮސްޕިޓަލާ ހަމައައްދެވުނީ ވިއްސަކައް މިނެޓުފަހުންނެވެ. ޑޮކްޓަރައްދައްކާ ނިމުމުން ހެވިފައި ހުރެ ޒާރާ ބޭރައް ނިކުތީ ޑޮކްޓަރު ހުރިހާކަމެއް ރަނގަޅުކަމައް ބުނުމުންނެވެ. ދަރިފުޅު ދެކިލާހިތުން ކެއްމަދުވެފަހުރެ ޒާރާއަށް ބަޑުގައި ފިރުމާލެވުނެވެ.
މާބޮޑައް ވަރުބަލިވެފައި ހުރުމުން ޓެކްސީއެއްގެ އިންތިޒާރުގައި ހޮސްޕިޓަލުގެ ދޮރުމަތީގައި ޒާރާ މަޑުކޮއްލިއެވެ. އެވަގުތު ޒާރާ ގެ ކަނާތް ފަރާތުގައި އައިސް ހުއްޓުނު ދެބައި އުމުރުގެ ފިރިހެނަކު ޒާރާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޒާރާއަށްވެސް ހީލެވުނީ އެވަގުތު ބައްޕަ މަތިން ހަދާންވުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުންފިލާ ޒާރާގެ މޫނުމަތިން ބިރުވެރިކަން ފާޅުވާންފެށީ ކުރިމަތިން އައި މީހާ ފެނުމުންނެވެ. އެމީހާ ޖީބުންނެގި ވަޅިއަމާޒުވެފައި ވަނީ ޒާރާކައިރީގަ ހުރި މީހާއައްކަން ޒާރާއައް ޔަގީންވިއެވެ.
“ބޭބޭ…”ޒާރާ އެމީހާގެ އަތުގައި ހިފާ ދުރައްޖައްސާލީ އެހަމަލާއިން އެމީހާ ސަލާމަތް ކުރުމަށެވެ. އެމީހާ ސަލާމަތްވިއެވެ. ނަމަވެސް މިފަހަރުވެސް ޒާރާގެ ނަސީބު ޒާރާ އާއި އެއްބައި ނުވީއެވެ. ވަޅީގެ ތޫނުތިލަ ބަޑައް ހެރިގެން ދިޔަވަގުތު ޒާރާގެ އަގައިން ވޭނީ ހަޅޭކެއް ބޭރުވިއެވެ. ނަމަވެސް އެނުލަފާ މީހާ އަވަހައް އެތަނުން ދުވެ ފިލީއެވެ. ޒާރާ ކައިރީގައި ތިބި މީހުން ޒާރާ ހޮސްޕިޓަލްގެ ތެރެއައް ވެއްދިއެވެ. އަވަސް ފަރުވާދޭކޮޓަރިއައް ޒާރާ ވެއްދުމުން ބޭރުގައި ހުރި އާމިރު ހާސްވެފައި ހުރެ ދެކޮޅައް ހިގަމުންދިޔައެވެ. އެވަގުތު އާމިރުގެ ކަންފަތުގައި ގުގުމަމުން ދިޔައީ ޒާރާގެ އަޑެވެ.
ބިއްމައްޗައް ވެއްޓެމުން ދިޔަ ޒާރާގެ ގައިގާ އާމިރުއައް ހިފަހައްޓާލެވުނެވެ.
“ދަރިފުޅާ ކީއްތިކުރީ…. “އާމިރުއައް އަހާލެވުނެވެ.
“އަހަރެންގެ ދަރިފުޅު…. ” އެވަގުތު ޒާރާގެ އަގައިން ބޭރުވީ އެއްމެ ލަފުޒެކެވެ. އެދަރިފުޅުގެ ސަލާމަތައް ޒާރާ އެދޭނެވަރު އާމިރުއައް އިހުސާސް ކުރެވުނެވެ.
އަތުގައިއޮތް ޒާރާގެ ފޯނު ރިންގުވާއަޑައް އާމިރުއަައް ޙިޔާލީ ދުނިޔެއިން ބޭރައް ނުކުމެވުނެވެ. ފޯނައްއަރާފައިވާ “ނުހާ”ގެ ނަމައް އިރުކޮޅަކު ބަލަން ހުރުމައްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އާމިރުއައް އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮއް އިވުނީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ.
“ޒާ…. ގެސް ވަޓް.. އެހާދުވަހުގެ ހުވަފެން ހަގީގަތައްވަނީ.. ފައިނަލީ ސްކޯލާޝިޕް… އައި އޭމް ގޮއިންގް ޓުބީއަ ޑޮކްޓާރ… އައި އޭމް ސޯ ހެޕީ….. ” އަވަސްއަވަހައް ނުހާ ވާހަކަ ދައްކަމުންދިޔައިރު އެއަޑުގައިވި އުފާވެރިކަން އާމިރުއައްވެސް އިހުސާސްވިއެވެ.
“ހެލޯ ޒާ….. ޒާ…. “އެހާ އުފާވެރި ހަބަރެއް ދިނުމުންވެސް ޒާރާގެ ޖަވާބެއް ނުލިބުމުން ނުހާ ޒާރާ އައް ގޮވާލިއެވެ. ނޭގޭ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ.
“ޒާ… ވާހަކަދައްކަބަލަ… “ނުހާގެ އަޑު ތުރުތުރު އަޅަންފެށިއެވެ.
“މީ…”އާމިރު ވާހަކަދައްކަން ފެށުމުން ނުހާ ވާހަކަމެދުކަޑާލިއެވެ.
“ތީ ކާކު ކޮބާ ޒާ…. ކީއްވެ ޒާގެ ފޯނުން.. “ނުހާ ހާސްވެފައި ސުވާލުކުރަންފެށިއެވެ.
“ދަރިފުޅާ ބޭބެ މިދައްކާ ވާހަކަ އަޑުއަހާބަލަ… ވަރައް އަވަހައް އާދެބަލަ އައި.ޖީ.އެމް.އެޗް. އައް… އެކުއްޖާގެ ހާލު ވަރައް ދެރަ…”އާމިރުއައް އެހާ ހިސާބައް ބުނެވުމާއެކު ނުހާ ފޯނު ކަޑާލިއެވެ.
އަވަސްއަރުވާލާފައި ހޮސްޕިޓަލް ތެރެއައްވަދެގެން ދިޔައިރު ނުހާގެ ހިތް ދިޔައީ އާދަޔާހިލާފު ބާރުމިނެއްގައި ތެޅެމުންނެވެ. ޒާރާއާ ވީގޮތެއްނޭގި ހިތުގައި ބިރުވެރިކަން ހިގަންފެށިއެވެ. އެމެޖެންސީ ރޫމްގެ ބޭރުގައި ދެކޮޅައް ހިގަހިގާހުރި އާމިރު ފެނުމާއެކު އެއީ ދެންމެ ޒާރާގެ ފޯނުން ވާހަކަދެއްކި މީހާކަން ނުހާއަށް ޔަގީންވިއެވެ.
“ޒާ އައް ކިހިނެއްވީ…. ބޭބެ ތީ ކާކު… “އެމީހާގެ މޫނުމަތިން ދަންނަ ވައްތަރެއް ޖެހިނަމަވެސް ނުހާ އެކަމާ މިވަގުތު ވިސްނާކަށް ބޭނުމެއްނުވިއެވެ. އެއައްވުރެ މިވަގުތު ނުހާއައް މުހިންމީ ޒާރާ އޮތް ހާލެއް އޮޅުން ފިލުވުމެވެ.
“ބޭބެއައް ކިޔަނީ އަހުމަދު އާމިރު… މީ ވީގޮތަކީ… ” އަމިރުއައް ވާހަކަ ދައްކަން މުފެށެނީސް އެމެޖެންސީ ރޫމުގެ ދޮރު ހުޅުވާލައިފައި ނިކުތް ނަރުސްކުއްޖާ ޒާރާގެ ނަން ގޮވާލިއެވެ. އާމިރުއާއި ނުހާ އެކު އެކީ ދޮރު ކައިރިއައް ޖެހިލިއެވެ.
“މި ފޯމް ފުރާލަދެއްވާ…. އެމެޖެންސީ ސީ ސެކްޝަންއަކަށް ދާންޖެހޭނީ…” ނަރުސްކުއްޖާ އަތުގައި އޮތް ފޯމް ނުހާއަތައް ދެމުން ބުނެލިއެވެ. އެއާއެކު ޒާރާގެ ހާލަތު ނުހާއައް އަންދާޒާ ކޮއްލެވުނެވެ. ނިންމަންޖެހޭ ހުރިހާކަމެއް އަވަސްއަވަހައް ނުހާ ނިންމާލިއެވެ. އާމިރުގެ އެހީއާއި އެކު ހުރިހާކަމެއްވެސް ވަރައް އަވަހައް ހަމަޖެހުނެވެ.
ޒާރާގެ އޮޕްރޭޝަން ކުރިއައް ދިޔަ ވަގުތު ނުހާ ބޭރުގޮޑީގައި އިދެ ޒާރާ ހެޔޮހާލުގައި ލެއްވުންއެދި ދުއާ ކުރެވުނު އަދަދުވެސް ނޭގެއެވެ. އާމިރު ނުހާއައް ހިތްވަރުދެމުން ދިޔައެވެ. ކަންތައްވެގެންދިޔަ ގޮތް އާމިރު ނުހާއައް ކިޔާދިނެވެ.
“ޒާ އަބަދުވެސް ވިސްނާނީ އެހެންމީހުންނާމެދު…. އެމީހާގެ ކުރިމައްޗައްދިޔުމުގެ ކުރިން އަޅެއެއްފަހަރުވެސް ބަޑުގަ އޮތް ދަރިފުޅާމެދު ވިސްނާލިނަމަ… “އާމިރުގެ ވާހަކަ ނިމުމާއެކު ނުހާއައް ބުނެވުނެވެ. އެއީ އަބަދުވެސް ޒާރާގެ އާދައެކެވެ. ނުދަންނަމީހަކަސް ކޮންމެމީހަކައްވެސް އެހީވުމައް ޒާރާ ހުންނާނީ އަބަދުވެސް ތަތްޔާރަށެވެ.
“މިފަދަ ޒަމާނެއްގަ އެކަހަލަ ކުދިން އުޅޭނެކަމައްވެސް މީހަކު ގަބޫލުނުކުރާނެ… ބޭބެގެ ފުރާނަ ޒާރާ އެ ސަލާމަތްކޮއްދިނީ ބޭބެ މީ ކާކުން ނުވެސް އެގިހުރެ… “އާމިރު އަދިވެސް އިނީ ވެދިޔަ ކަންތައް ގަބޫލު ކުރަން ދަތިވެފައެވެ.
“ބައްޕާ…..”ނުހާއާއި އާމިރު އައް އެއްފަހަރާ ބަލާލެވުނީ ކައިރިން އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ.
“ޔާޔާ ދަރިފުޅު…”އާމިރު ތެދުވެގެންގޮސް އެކުއްޖާ ކައިރިއައް ހުއްޓުނެވެ.
“މިވަރުގެ ކަމެއްވީއިރު ބައްޕަ ކީއްވެތަ އަހަންނައް ގުޅާނުލީ…. “ފުރަތަމަވެސް ޔާނީ ކޮއްލީ ޝަކުވާއެވެ.
“ބައްޕައަކައް ނުވެއެއްނުކަމެއް ….. ” އާމިރު މަސައްކަތްކުރީ ޔާނީ އައް ވިސްނާދޭށެވެ. އަބަދުވެސް އާމިރުއައް ކަމެއްވެދާނެކަމައް ބިރުން ޔާނީ އުޅޭވަރު އާމިރުއައް އެގެއެވެ.
“އެކަމަކު އެމީހުން ހަމަލާދޭން އައީ ބައްޕައަކައްނު…” ފުންނޭވާއެއް ދޫކޮއްލަމުން ޔާނީ ބުނެލިއެވެ. އެއީ ތެދެކެވެ. އާމިރުއައް މަރުގެ އިންޒާރުތައް އަންނަތާ މިހާރު މަހެއްހާ ދުވަސްވީއެވެ. އާމިރު އެހީތެރިކަމާއެކު ރާއްޖޭގެ އެއްމެބޮޑު ޑްރަގް ޑީލަރު އަތުލައިގަތްފަހުން އާމިރު އައް މަރުގެ އިންޒާރު އަންނަން ފެށީއެވެ.
ކުޑަކުއްޖެއްގެ ރުއިމުގެ އަޑާއެކު ތިންމީހުންނައް އެކީގައި ވިއްސާކޮޓަރީ ދޮރާދިމާއައް ބަލައިލެވުނެވެ. ވިއްސަކައްމިނެޓު ފަހުން ކުޑަކުޑަ އަންހެންކުއްޖެއް އަތައްލައިގެން ނަރުސް ކުއްޖެއް ނުކުތެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަމުން ނުހާ އެދަރިފުޅު އުރާލިއެވެ. އެދަރިފުޅައްޓަކާ ޒާރާ އުފުލި ވޭން ފެނިފައިވާނީ ހަމައެކަނި ނުހާއަށެވެ.
“ޒާ؟… ” އާމިރުއަތައް ދަރިފުޅު ދެމުން ނުހާ އަހާލެވުނެވެ.
“ޝީއިސް އައުޓް އޮފް ޑޭންޖާރ… “ހިނިތުންވެލަމުން ނަރުސްކުއްޖާ ބުނެލިއެވެ. އާމިރު އަތުގައި އޮތް ކުއްޖާ ގޮވައިގެން ނަރުސްކުއްޖާ އެތެރެއައް ވަނުމުން ނުހާ އެބުރި ކުރިންވެސް އިން ގޮޑީގައި އިށީނެވެ. އަދި މާތް ﷲ އައް ހަމްދުކުރިއެވެ.
ފޯނުނަގާ ނުޒުހާއައް ގުޅާލުމައްފަހު ޒާރާ ވިހައިހަބަރު ދިނުމައްފަހު ހޮސްޕިޓަލައް އައުމައް އެދުނު އިރު އަޑުގައިވި ނުރުހުން ރަނގަޅައް ފާހަގަވާން ހުއްޓެވެ.
“އިފް ޔޫ ޑޯންޓް މައިންޑް ވާހަކައެއް އަހާލަންތަ… “ނުހާއާއި ޖެހިގެން އިން ގޮޑީގައި އިށީންނަމުން ޔާނީ އަހާލިއެވެ. އެއާއެކު ޔާނީ ކުރަން އުޅޭ ސުވާލުވެސް ނުހާއައް އެގުނެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

