Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޙިޔާލުގާ (7)

Nym Level 110 Stories
October 4, 2020 One Min Read
0 Comments

ހަމަސްދުވަސް ފާއިތުވެގެންދިޔައިރު ނުހާ ޒާރާއައް ގުޅައިގެން ޒާރާގެ ހާލު ނުބަލާ އެއްމެދުވަހެއްވެސް ނުދާނެޔޭބުނުމަކީ ދޮގަކައް ނުވާނެއެވެ.  ބަލިވެއިނުމާއި ގުޅިގެން ކުރިންއަންނަގޮތައް ޒާރާ ކައިރިއައް އައިސް ނޫޅެވުނެއްކަމަކު ނުޒުހާވެސް ޒާރާގެ ހާލުބަލާ ހަދައެވެ ނަމަވެސް ޒާރާ މިހާރު އަބަދުވެސް ހުންނަނީ އުފަލުންނެވެ. އެމޫނުމަތިން ހިނިތުންވުން އެއްގޮތަކައްވެސް ފިލާ ނުދެއެވެ.  ކުޑަކުޑަ ޒިވާއާއި ޔާނީގެ ސަކަމިޒާޖު ޒާރާވެސް ބަދަލުކޮއްލީއެވެ. އާމިރުގެ ފަރާތުންލިބެމުން ދިޔަ ބައްޕައެއްގެ ލޯބިން ޒާރާ އައް އިތުރު އުފާވެރިކަމެއް ލިބިފައިވެއެވެ. ނަމަވެސް އެއްމެ ހިދުކޮޅަކައްވެސް ޒާރާގެ ހިތުން އާއިލާގެ ހަދާންތައް ފިލައިގެން ނުދެއެވެ. ހަމަ އެއާއެކު ޔުއާންގެ ނަންވެސް ޒާރާގެ ހިތުން ފަޑުނުވެއެވެ.

“ޒާ ހިގާބަލަ ޒިވްގެ ހާފް ބާރތްޑޭ ފާހަގަ ކޮއްލަން… ނެކްސްޓް ވީކްގަ ދޯ ސިކްސް މަންތްސް ވާނީ…. ” ޒިވާގޮވައިގެން ސަކަރާތް ޖަހަންއިދެފައި ކުއްލިއަކައް ހަދާންވެގެން ޔާނީ ބުނެލިއެވެ.

“އެއީވެސް ދެން މީހުން ފާހަގަ ކުރާކަހަަލަ ކަމެއްތަ؟ އަމިއްލައަކައް ކޭކު ކާހިއްވީމަ އަވަހައް ތިހެން ތިބުނީ ދޯ…” ޒާރާ ބޭނުންވީ ޔާނީއައް ޖެއްސުންކޮއްލާށެވެ.

“ހޫމް … ކޭކް ކެޔަސް މައްސަލައެއް ނެތެއްނު… އަހަރެން ކިހާ ލޫޅާފަތިތަ؟” ޒާރާ ވާހަކަ ދައްކާ ނުނިމެނީސް ޔާނީ ފުންމައިގެން ތެދުވެ ދެކޮޅައް އެބުރިލިއެވެ. ޔާނީ އެބުނި ބަހައް ޒާރާވެސް އެއްބަސް ވިއެވެ.

“އެންޑް ބައިދަވޭ ދެކަމެއް ސެލަބްރޭޓް ކުރަން ބޭނުން…. ” ހިނިގަޑެއްޖަހާލަމުން ގޮޑީގައި ހަމަޖެހިލަމުން ޔާނީ ބުނެލިއެވެ. ޒާރާ ޔާނީ އައް ބަލާލަމުން ނިއްއަރުވާލީ ކޮންކަމެއްހޭ އަހާލަމުންނެވެ.

“ދޮންބެ…. ހީ އިޒް ކަމިން ބެކް…. އެވެސް އެންމެ ދެދުވަހައް…” ފޫހިގޮތަކައް ޔާނީ ބުނެލިއިރު އެއަޑުގައި އުފާވެރިކަންވެސް ހުއްޓެވެ. “އާން ” އެނަން އެތައް ފަހަރަކު ޒާރާ ވަނީ އަޑު އަހާފައެވެ. އާމިރުއާއި ޔާނީގެ ފަރާތުން އެތައް ވާހަކައެއް އެގިފައި ވީއުރުވެސް ޒާރާއައް އާން ފެނިފައެއް ނުވެއެވެ.

“ޒާ މިގެއައް އައިފަހުން އަދި އެއްފަހަރުވެސް ދޮންބެ ނާދޭ ދޯ…. ވަރައް އަން ފްރެންޑްލީ ވާނެ…. އެކަނި އުޅެން ބޭނުންވާ މީހެއް އެއީ… އެކަމަކުވެސް ހީ އިޒް ދި ބެސްޓް…. އަހަންނާ ބައްޕައާ ދެމީހުންދެކެވެސް ވަރައް ލޯބިވާނެ… އެކަމަކު އެންމެފަހުން އައިއްސަ ދިޔައިރު ބައްޕައާ ކޮންމެވެސް މައްސަލައެއް ޖެހިގެން ދިޔައީ.. ހުރި ދުވަސްކޮޅެއްވަންދެން ބައްޕަ އާއި ވާހަކަވެސް ނުދައްކާ…” ހެވިފައިއިދެ އެތައް އިރެއްވަންދެން ޔާނީ އޭނާގެ ދޮންބެގެ ވާހަކަދެއްކިއެވެ. ޒާރާގެ ލޯ އެއްވެސް އިޙުތިޔާރަކާ ނުލާ ކަރުނުން ފުރުނެވެ.

“ޒާ އާރ ޔޫ އޯކޭ…” ޒާރާއައް ބަލާލަމުން ޔާނީ ހައިރާންވެފައި އަހާލިއެވެ.

” ޖަސްޓް މިސިންގް މައި ފެމިލީ.. ގުޅިޔަސް ފޯނުވެސް ނުނަގާ….” ޒާރާގެ އަރު ބެދޭގޮތްވިއެވެ. ޔާނީއައިސް އައިސް ޒާރާގައިގަ ބައްދާލިއެވެ. ހިއްވަރު ދިނުމައްވެސް ބުނާނެ ބަހެއް އެވަގުުތު ޔާނީގެ ދުލައް ނައެވެ. އިރުކޮޅަކު ޔާނީކައިރީގައި އިނުމައްފަހު ޒާރާ ޒިވާ ގޮވައިގެން ބޭރައް ނުކުތެވެ.

އެގޮތުގައި ހަފުތާއެއް ފާއިތުވުވެގެން ދިޔައެވެ. ޒިވާ ރީތިކޮއްގެން ބޭރައް ނުކުތުމާއެކު ޔާނީ ދވެލައިފައި އައިސް ޒާރާގެ އަތުން ޒިވާ އަތުލިއެވެ. ޒިވާ އިންނަލެއް ލޯބިކަމުން ކޮންމެމީހަކުވެސް އުރާލާ ލޯބިކޮއްލާ ހިއްވާނެއެވެ. އެއުމުރުގެ އެހެން ކުދިންނާ ހިލާފައް އަބަދުވެސް ޒިވާ އިންނާނީ ހެވިފައެވެ. ޔާނީގެ ސަބަބުން އެކުއްޖާއައް ވަނީ ސަކަމިޒާޖެއްލިބި އަބަދު ސަކަރާތްޖަހަން އާދަވެފައެވެ.

“ޒާ ދޭ ބައްޕަ ގޮވައިގެން …… އަަހަރެން ދާނަން ދޮންބެ ބަލާ…. “ޒާރާގެ އަތައް ޒިވާދެމުން ޒާރާކައިރީގައި ސިއްރު ސިއްރުން ޔާނީ ބުނެލިއެވެ.

“އަވަހައްދޭ… އަހަރެންވެސް މި ހުންނަނީ މިހާރު އާން ދެކިލާހިތުން ކެއްމަދުވެފަ” ހީލަމުން ޒާރާ އެއްބަސް ވިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

Previous

ފުހެވިގެން ނުދާނޭ – 06 –

Next

ލޯބިންއެކުގާ (16)

Next
October 4, 2020

ލޯބިންއެކުގާ (16)

Previews
October 4, 2020

ފުހެވިގެން ނުދާނޭ – 06 –



All Right Reserved!