ހިތް ކަލާޔަށް އެދޭތީ..22

- by - 66- September 11, 2020

ކުޑަކޮށް ދުރަށް ޖެހިލަމުން ޒާއިޝް އިވްރާ
އަށް ފުން ނަޒަރެއް ދިނެވެ.އޭރުވެސް ޖެހިބުދެއްހެން
އިވްރާ ހުއްޓިހުރީ ޒާއިޝްގެ ލޮލުގައިވި އަސަރު
ތަރުޖަމާކުރަން ނުކުޅެދެވިފައިވާ ހާލުގައެވެ.
އިޝާހިތަކު ޒާއިޝްގެ ދެބުމަ ގޮށްޖެހިގެން
ދިޔުމާއިއެކު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަ
ގޮތުން އެމޫނުމަތޫގައިވި ރުޅިވެރިކަން ފާޅުވެވި
ހުއްޓެވެ.ބަލަ ބަލާ ހުއްޓައި އިވްރާގެ ކަނާތް
ފަޅިން އޭނަ ފާރަށް އަރުވައިލީ ގޮށްމުށުގެ ބާރު
އެތިފަހަރެކެވެ.އެއަށްފަހު ބާރު ހިނގުމެއްގައި
އިވްރާއަށް ފަސްދީ ޒާއިޝް ދިގުފިޔަވަޅު ތަކެއްގައި
ކުރިޔަށް ހިނގައިގަތުމާއިއެކު ބޭއިޙްތިޔާރުގައި އިވްރާ
އަށް އޭނަގެ މެއާއި ދިމާލުން އަތްހުރަސް ކޮށްލަމުން
ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.އޭރުވެސް އެހިތުގެ
ތެޅުމަށް ބަދަލެއް ނާދެއެވެ. މަޑުމަޑުން ބޮލުގައި
ހިފަހަށްޓައިލަމުން އިވްރާ ކުރިމަތިން ފެންނަމުން
ދިޔަ އޭނަގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ.
***********************************
ކޮޓަރިތެރެއަށް ވަދެވުމާއިއެކު ޒާއިޝް އޭނާގެ
ގައިން ޓީޝާޓު ވަކިކޮށްލަމުން އެނދުމަށްޗަށް
އެއްލާލިއެވެ. ދެއަތް އިސްތަށިގަނޑުގެ ތެރެއަށް
މަހައިލަމުން އެނދުގައި ޒާއިޝް އިށީންދެލިއެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު އެނދުގެ ސައިޑް
ޓޭބަލްގެ ވަތްގަނޑުން ސިގިރޭޓް ފޮށްޓެއް ނެގުމަށްފަހު
އޭނަ މިސްރާބުޖެހީ ބެލަކަންޏާއި ދިމާލަށްށެވެ.އެއަށްފަހު
ސިގިރޭޓް ނަގައި ތުބުގައި ޖައްސައިލަމުން އެ ރޯ
ކޮށްލުމަށްފަހު ދަމާލިއެވެ.މިގޮތުގައި ފަހަރަކު ސިގިރޭޓެއް
ހުލިކުރަމުން ދިޔައިރު އޭނައަށް ސިހުންގެނުވީ އައިނައިތަނެއް
ނޭނގި މީހަކު އައިސް އޭނަގެ ތުބުގައި އޮތް ސިގިރޭޓް
ފޮޅުވައިލުމުންނެވެ. ދެލޯ ހަނިކޮށްލަމުން ޒާއިޝް
ބަލައިލިއިރު ކުރިމަތީ ކަޔާން ހުއްޓިލައިގެން ހުރީ
ނުރުހުންތެރިކަމާއިއެކުއެވެ. ފުން ނޭވާއެއްލަމުން
ޒާއިޝް އޭނަގެ ދިގު މޫނުގައި އަތް ހިންގައިލިއެވެ.
“ޒާޝް..ޕްލީސް” ޝަކުވާއިން ފުރިގެން ވީ ގޮތަކަށް
ކިޔާން އެހެން ބުނެލުމާއިއެކު ޒާއިޝް އޭނައާއި
ދިމާލަށް ބަލައިލިއެވެ. ކަޔާން ބޯޖަހައިލުމާއިއެކު
ޒާއިޝް ނިންމީ ހިތުގައިވި އުދާސްތައް އެންމެ
ގާތްއެކުވެރިޔާގެ ކުރިމަތީގައި ބަންޑުންކޮށްލުމަށްށެވެ.
“ކަޔާން..އަހަ..އަހަރެން..”ޒާއިޝް އަށް ވާހަކަދެއްކުން
ވީ އުދަނގޫ ކަމަކަށްށެވެ.”އައި އޭމް އިން ލަވް”
ކުރިމަށްޗަށް ނަޒަރު ހުއްޓައިލަމުން ޒާއިޝް އެހެން
ބުނެލީ ވޭނުން ފުރިގެން ވީ އަޑަކުންނެވެ. އޭރު
އެދެލޯ ވަނީ ފެންަކަޅިވެފައެވެ.”ކާކު” ދެމިގެން ދިޔަ
ސުކުންތުތަކަކަށްފަހު ކަޔާން ސުވާލުކުރިއެވެ.
“އިވްރާ” ދެލޯމަރައިލަމުން ޒާއިޝްއަށް އެހެން
ބުނެލެވުނީ ވައި އަޑުންނެވެ.އޭރު އެދެލޮލުގައިވީ
ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ.
“އެކަމް އިވީ..އިވީ އެއެޅެނީ ނިޔާން އާއި ކައިވެނި
ކުރާކަށެއްނުން…ދެން ކިހިނެއް ހަދާނީ.؟”ކަޔާންގެ
އަޑުގައިވީ ނުތަނަވަސްކަމެވެ.އަނެއްކާވެސް ޒާއިޝް
ކައިރީގައި ހުރި ސިގެރޭޓް ފޮށިން ސިގިރޭޓްއެއް
ނަގައި ރޯކޮށްލަމުން ތުބުގައި ޖައްސައިލިއެވެ.
“އެއްކަމެއްވެސް ކުރާނެ ކަމެއް ނެތް..މަ އޭނަ
މަތިން ހަނދާން ނައްތައިލީމަ ނިމުނީނުން..
ހާސް ނުވެބަލަ..މަ އޭނަ ކުރިމަށްޗަށް ނާރާ
ދުވަސްކޮޅަކު އުޅެލީމަ އޭނަމަތިން ހަނދާން
ނެތިދާނެ…”ދުންތައް ފަޒާގެ ތެރެއަށް
ދޫކޮށްލަމުން ނުހަނު ހަމަޖެހިލައިގެން ހުރެ
ޒާއިޝް އެހެން ބުންޏެއްކަމަކު އެމޫނުމަތީގައިވި
ވޭނާއި ހާސްކަން ކަޔާންއަކަށް ސިއްރެއް
ނުވިއެވެ.ދެލޯ ހަނިކޮށްލަމުން އޭނަ އެތަނުން
ދާން ހިނގައިގަތީ ޒާއިޝްއަށް އެކަނިވެލުމަށް
ފުރުސަތު ދެމުންނެވެ. ކޮޓަރީގެ ދޮރު ލެއްޕިގެން
ދިޔައަޑަށް ޒާއިޝްއަށް ދެލޯމަރައިލެވުނެވެ.ފުން ނޭވާ
އެއް ފަޒާގެ ތެރެޔަށް ދޫކޮށްލިއިރު ސިކުނޑީގައި
މާޒީގެ ސޮފްހާތައް އުކެންފެށިއެވެ.
*************************************
އެދުވަހަށްފަހު ޒުމްރާގެ ފަރާތުން ޒާއިޝްއަށް ފެންނަމުންދިޔައީ
ބީރައްޓެހިކަމެވެ.އެދެމެދުގައި އުފެދުނު ކުޑަ ރަހުމަތްތެރިކަމުގެ
ގުޅުންވެސް ވަނީ ހީނަރުވެފައެވެ. ދެމީހުންގެ ދޭތެރޭގައި ފުންމިން
ނޭނގޭ ބީރައްޓެހިކަމުގެ ބޯފާރެއްލެވެމުން ދިޔައިރު އެކަމުގެ
ސަބަބުން ޒާއިޝްގެ ހިތަށް ވަނީ މާޔޫސްކަންވެރިވެފައެވެ.
އެއްރެޔެއްގެ އިރާކޮޅުގެ ވަގުތެވެ.މުޅި ދުވަސްއެކީ ނުހަނު
ބުރަކޮށް މަސައްކަތް ކުރުމަށްފަހު ވަރުބަލިކަމާއިއެކު ގެޔަށް
އައިސް ވައިން ޒާއިޝް މިސްރާބު ޖެހީ އޭނަގެ ކޮޓަރިއާއި
ދިމާލަށްށެވެ.އެހެން ނަމަވެސް އެއްލިކަޅިއަކުން ކައި ކޮޓަރިއަށް
ވަދެގެން ދިޔަ ޒުމްރާފެނި އޭނަގެ ފިޔަވަޅުތަކަށް
ހުއްޓުމެއްއައެވެ.އެއާއިއެކު ކަރުގައިވި ޓައީއަށް ދުލެއްދެމުން
އޭނަގެ މިސްރާބު ކާގެޔާއި ދިމާލަށް ބަދަލުކޮށްލިއެވެ.
އޭރު ދޮރާއިފުރަގަސްދީގެން ޒުމްރާ ފެންބޯން އިނެވެ.
ދޮރުކަނީގައި އަތް ވިއްދައިލަމުން ޒާއިޝް ކަޅިޖަހައިނުލާ
ޒުމްރާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ފަހަތަށް
އެނބުރިލި ޒުމްރާ ހުއްޓުންއެރީ ދޮރުކަނީގައި ކަޅި ޖަހައި
ނުލާ އޭނައަށް ބަލަހައްޓައިގެން ހުރި ޒާއިޝް
ފެނިފައެވެ. އަވަސް ހަރަކާތާއިއެކު އިސްޖަހައިލަމުން
އޭނަ އަވަހަށް ކާގެއިން ނުކުންނަން ދިމާކުރިއެވެ.
ނަމަވެސް އޭނައަށް ހުއްޓެން މަޖުބޫރުވީ ޒާއިޝް އެއަތުގައި
ހިފައިލުމުންނެވެ. ޒާއިޝް ލުތްކެއް ޖަހައިލުމާއިއެކު ޒުމްރާ
ގޮސް ތަތްލީ ޒާއިޝްގެ ތަނަވަސް މޭމަތީގައެވެ.
ޒުމްރާ މަޑުމަޑުން އިސްއުފުލާ ބަލައިލިގަޑީ އޭނަގެ
ނޭވާ ކަރުގައި ތާށިވިފަދަ އިހުސާސެއް ކުރެވިގެން
ދިޔައެވެ. ޒާއިޝްގެ ހޫނު ނޭވާ އޭނަގެ މޫނަށް
އެޅެމުން ދިޔަ އިރު ހުއްޓުމެއްނެތި ތެޅެމުންދިޔަ
ޒާއިޝްގެ ހިތުގެ ތެޅުމުގެ އަޑު އޭނައަށް އިވެމުން
ދިޔައެވެ.”ކީއްވެ އަހަންނާއި ދުރަށްދާން ތި މަސައްކަތް
ކުރަނީ..؟..އެދުވަހު އަހަރެން ކުރީ ސަމާސާއެއް
ނޫނޭ ޒުމް..ހަމަ ހަގީގަތުގައިވެސް އަހަރެން ޒުމްދެކެ
ވަރަށް ލޯބިވަމޭ..ޕްލީސް ތިހެން އުޅުނީމަ އަހަރެންނަށް
ވަރަށް އުދަނގޫވޭ..ޒުމް ބޭނުންނޫނިއްޔާ ރީއްޗަށް
ބުނީމަ އަހަރެން މިހާރުން މިހާރަށްވެސް ޒުމްގެ
ލައިފްއުން ދުރަށް ދާނަމޭ..”އަސަރާއިއެކު ޒާއިޝް
ބުނެލި ބަސްތަކުން ޒުމަރާގެ ހިތް މަޑުވެގެން ދިޔަ
ކަހަލައެވެ. އިސްޖަހައިލަމުން ދުރަށް ޖެހިލި
ޒާއިޝް ހިނގައިގަތީ ހިތްމަތީ ގާގަޑެއް ބާއްވައިގެންނެވެ.
އެހެންނަމަވެސް އޭނައަށް ސިހުން ލިބިގެންދިޔައީ
މަޑުމަޑޫން ޒުމްރާ އެއަތުގައި ހިފައިލުމުންނެވެ.
އޭގެ ދެވަނަ ސުކުންތުގައި ޒުމްރާ އެ މޭގައި މޫނު
ފޮރުވައިލަމުން އޭނަ ދެކެ ލޯބިވާ ވާހަކަ ހާމަކޮށްލިއެވެ.
އެހިނދު އޭނަގެ ހިތް އުފަލުން ނަށައިގަތެވެ.މަޑު
މަޑޫން އަތް އުފުލައިލާ އެލޫޅާފަތި ހަށިގަނޑުގައި
އޭނަގެ އަތް ވަށައިލީ ދުވަހަކުވެސް ދޫނުކޮށްލާނަމޭ
ބުނާ ފަދައަކުންނެވެ.
ދުވަސްތައް ހަލުވިކަމާއިއެކު ވޭތުވަމުންދިޔައެވެ.
އެއްމަސް ދުވަހުގެ ދަތުރަކަށްފަހު ރަފީގާމެން
މާލެ އައުމުން ކިތަންމެ ބޭނުން ނުވިޔަސް
ޒާއިޝް ގެޔަށް ބަދަލުވާނއ ޖެހުނެވެ. އެހެންނަމަވެސް
ޒުމަރާއާއި ދެމީހުންގެ ގުޅުމަކަށް ކުޑަވެސް ލޮޅުމެއް
ނާދެއެވެ.ކޮންމެ ދުވަހެއްވެސް ވޭތުވެގެން ދަނީ
ލޯބީގެ ގުލްޝަނުގައި އެތަކެއް މާތަކެއް ފޮޅުވަމުންނެވެ.
މިހާރު ޒާއިޝްގެ ހުރިހާވެސް އެދުމަކީ ވީހައިވެސް
އަވަހަކަށް ޒުމްރާއޭނަގެ މީހަކަށް ހެދުމެވެ.
އެނދުމަތީގައި ފުރޮޅިލައި ފުރޮޅިލައި އޮތް ޒުމްރާ
ފޯނުންވާހަކަ ދައްކަމުން ދިޔައީ ޒާއިޝްއަށށެވެ.
އެވަގުތު ދޮރުގައި ޓަކިޖަހައިލި އަޑުއިވިގެން ދިޔުމާއިއެކު
ޒާއިޝް ގާތު މަޑޫކޮށްލުމަށް ބުނުމަށްފަހު ފޯނު އެނދުމަތީގައި
ބާއްވައިލަމުން އޭނަ ދޮރުހުޅުވަން ދިޔައެވެ.”ކީއްވެ
ތަޅުލައިފަ؟”ކޮޓަރީގެ ތެރެއަށް ވަދެގެން އައި
ޖުމައްޔާ އަހައިލިއެވެ.”ކަމެއް ނުވޭ..މަންމަ ކަމަކުތަ؟”
އެދުގައި އިށީންނަމުން ޒުމްރާ އަހައިލިއެވެ.
“ހޫމް..މަންމަ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން
ވެގެން..މިހާރު ދަރިފުޅު 21 އަހަތުވެފަ ތިހުރީ
ކިޔަވާނެ ވަރަކަށް ކިޔަވާވެސް ނިމިފަ..މަންމަ
ބުނަން މިއުޅެނީ ދަރިފުޅު މިހާރު ދިރިއުޅުމެއް
ފަށަން ވީނުންހޭ..މަންމައާއި ބައްޕަ ވަރަށް
ބޭނުން ދަރިފުޅު އުފާވެރި ދިރިއުޅުމެއް އުޅޭތަން
ދެކެން..ކީކޭ ބުނާނީ މިކަމާ.؟”ޒުމްރާގެ މޫނަށް
ފުންނަޒަރެއް ދެމުން ޖުމައްޔާ ވާހަކަދެއްކިއެވެ.
އެއާއިއެކު ޒުމްރާ ބޯޖަހައިލަމުން އިސްޖަހައިލީ
ޒާއިޝްގެ ނަން ހިތަށް ވެރިވުމުންނެވެ.
އެއާއިއެކު އެނދުގައި އޮތް ފޯން އޭނަގެ
ލޮލުގައި އަޅައިގަތެވެ.އަދިވެސް ޒާއިޝްގެ
ފޯން ކޯލް ނުކެޑި އޮތުމުން ހިތުގައި އުފާވެރިކަމުގެ
ރާޅުބާންޏެއް ދުވެލިއެވެ.”ދަރިފުޅަށް ވަރަށް އެކަށޭނެ
ހޮވުމެއް މަންމަ ހޮވައިފިން..މިރޭ އެމީހުން މިގެޔަށް
އަންނާނެ ދަރިފުޅު ދެކެލަން..އެހެންވީމާ ބީ ރެޑީ އިނގޭ.”
ޒުމްރާގެ ބޮލުގައި ފިރުމައިލަމުން ޖުމައްޔާ އެތަނުން
ދިޔައިރުގައިވެސް ޖެހި ބުދެއްހެން އޭނައަށް
އިނދެވުނީއެވެ.ބަރުހެލިކޮށް ހިނގަމުންގޮސް އެނދުމަތީގައި
އޮތްފޯން ނަގައި ކަންފަތުގައި ޖަހައިލެވުނީ މަޔޫސީ
ގޮތަކަށްށެވެ.”ޒާއިޝް” ކުރެކިފައިވި އަޑަކުން ޒުމްރާ
އެހެން ބުނެލިއިރު އެދެލޮލުން ހުއްޓުމެއް ނެތި ކަރުނަ
އަންނަމުން ދިޔައެވެ.ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު
އިވިގެންދިޔައީ ޒާއިޝް ފުންނޭވާއެއް ދޫކޮށްލިއަޑެވެ.
އޭރުވެސް އަނގަމަތީގައި އަތް އަޅައިގެން އޮވެ
ޒުމްރާ ރޮނީއެވެ. ކުއްލިޔަކަށް ޒާއިޝް ފޯން ކަނޑައިލުމާއިއެކު
ޒުމްރާއަށް ފޯނަށް ބަލައިލެވުނީ ސިހިފައިވި ހިތަކާއިއެކުއެވެ.
އަނގަ މަތީގައި އަތްއަޅައިލަމުން ޒުމްރާ އެނދުމައްޗަށް
ބަންޑުން ވެއްޓިގަތެވެ.
ރޭގަނޑު 8ޖެހުމާއި ދާދި ގާތްވެފައިވަނިކޮށް ޒުމްރާ
ފާހާނައިން ނުކުތީ ފެންވަރައިލުމަށްފަހުއެވެ.
މެންދުރަށްފަހު ޒާއިޝްގެ އެއްވެސް ހަބަރެއް ނުވުމުން
އޭނަގެ މުޅި ވުޖޫދަށްވެރިވެފައިވަނީ މަރުފފަދަ ހިމޭން
ކަމެކެވެ.އެތަކެއްފަހަރު ގުޅުމުންވެސް ފޯން ނިވައިލައިފައި
އޮތުމުން އޭނަގެ ހިތްވަރު އެލެން ފަށައިފިއެވެ.
އެހެންނަމަވެސް އޭނަ މި ކައިވެނި ހުއްޓުވާނެއެވެ.
ޒާއިޝްއާއި ދުރުގައި އެންމެ ހިނދުކޮޅަކަށްވެސް ދެން
އޭނައަކަށް ކެތެއްނުވާނެއެވެ.އަމުދުން ޒާއިޝް ނޫން
އެހެން މީހެއްގެ ހައްގަކަށް ވާހާ ހިތްވަރެއް މިއަދު
އޭނަގެ ގަޔަކުނެތެވެ.ސިކުނޑި ތެރޭ މޮޅު ޙިޔާލުތައް
ރާވަމުން ޒުމްރާ ތައްޔާރުވެ ނިއްމައިލިއެވެ.
ކުރިމަތިން ފެންނަން ހުރި އޭނަގެ އަމިއްލަ ސޫރައަށް
ޒުމްރާއަށް ބަލައިލެވުނީ އަސަރެއް ނެތްގޮތަކަށްށެވެ.
އާރމީ ގްރީން ކުލައިގެ އަތްދިގު ކަކުލާއި ހަމައަށް
އަންނަ ހެނދުން ލައިގެން ހުރި ކަޅު ޓައިޓާއި
ނުހަނު ގުޅެއެވެ.ބުޅި އިސްތަށިގަނޑު ފަހަތަށް
ދޫކޮށްލެވިފައިވިއިރު މޫނުމަތީގައި މޭކަޕްގެ އެއްވެސް
އަސަރެއް ފެންނާކަށްނެތެވެ.ޙިޔާލުތަކުގެ ފުންކަނޑަށް
ގެނބެމުންދިޔަ ޒުމަރާއަށް ހޭވެރިކަންވީ ފަހަތުންއައި
ޖުމައްޔާ އޭނަގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ.
ޒުމްރާ ބަލައިލުމާއިއެކު ހިނިތުންވުމަކާއިއެކު
ޖުމައްޔާ ބޯޖަހައިލިއެވެ.އެއާއިއެކު ޒުމްރާ
އިސްޖަހައިލަމުން ޖުމައްޔާއާއިއެކު ކުރިޔަށް
ހިނގައިގަތީ އިސްނުއުފުލުމަށް ހިތާހިތުން ވައުދު
ވަމުންނެވެ.ޒުމައްޔާ ގޮސް ވަކިން އިން ސޯފާއެއްގައި
އޭނަ ބެއިންދިއިރުވެސް އެންމެ ފަހަރަކުވެސް އޭނަ
އިސްއުފުލާއި ބަލައިނުލައެވެ.އެކަކުވެސް އެއްވެސް
ވާހަކައެއް ނުދައްކާ 10 ވަރަކަށް މިނެޓް ވެގެން
ދިޔަ ފަހުން ކޮންމެވެސް މީހަކު އޭނައާއި ދިމާލަށް
އަންނަހެން ޒުމްރާއަށް ހީވިއެވެ. ދެއަތް ޖޯޑު
ކޮށްލަމުން އޭނައަށް ނޭވާ ހިފަހައްޓައިލެވުނީ
އެމީހަކު އޭނައާއި ނުހަނު ގާތުގައި ހުއްޓިލުމުންނެވެ.
“ވިލް ޔޫ މެރީ މީ؟”އެއަޑާއި އެކު ސިހިފައި
ޒުމްރާއަށް ކުރިޔަށް ބަލައިލެވުނެވެ.

“ނުނިމޭ”

66

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.