Skip to content
އެސްފިޔަ

މިދެލޯ ފުހެލަ ދޭށޭ ލޯބިން 24 (ފަހުބައި)

“ހޫމް އެއްކަލަ މީހާ ފެށީ ދޯ. ދެން އޯކޭ ވީ ކަމެއްވީ. ކާކާ މެރީ ކުރަނީ؟” މަންހާ އަހާލިއެވެ.ސާރާ ގެ ދުލުން ހަޝްމާ އޭބުނެވުނު އިރު ނައިނާމެނެގެ ލޭ ކެކިއްޖެއެވެ.” މިރޭ ހަމަ ހުވާ ކޮށްފަ މިބުނީ ތި ހަޝްމާއެއްގެ ކައިވެނި ވޭތޯ ބަލާނަން. ބަލާބަލަ އެންމެން ކުރިމަތީ ރަގަޅު ހެދިލާފަ ކުރި ކަންތައް. އަދި ޝާއިފް ވެސް ސާރާ އަށް ދަރިޔަކު—” ޕްލީޒް ނާން. ތިއީ އަހަންނަށް އަޑު އަހަން ކަމުދާ ޖުމްލަ ތަކެއް ނޫން.” ނައިނާބުނަން އޮތް ބަސް މެދުކަނޑާލީ ސާރާ އެވެ. އެންމެން ވެސް އެއަށް ފަހު އެކި ވާހަކަ ތަކަށް އެނބުރި ދިޔައެވެ. އެހެންނަމަވެސް ސާރާ ގެ ހިތުގައި އެނބުރެމުން ދިޔަ ސުވާލު ތަކަށް ނިމުމެއްނައެވެ. މިރޭ ހަޝްމާ އާއި ޝާއިފް ގެ ކައިވެނި ކުރެވޭނެ ބާއެވެ؟ މިރެޔަށް ފަހު ސާރާ ގެ ދިރިއުޅުމަށް ވާނީ ކިހިނެއްބާއެވެ؟

މިޚިޔާލުތަކުން ސާރާ އަށް ބޭރުވެވުނީ ތަން ހަލަބޮލި ވުމުންނެވެ. އޭރު ކައިވެނި ކުރުމަށް ވަގުތު އޮތުމާއިއެކު ހަޝްމާ ސަމީހާ އާއި އެކު ވޮޝް ރޫމް އާއި ދިމާލަށް ދިޔައެވެ. ކޮޅަށް ހުރި ސާރާ އަށް އިށީންދެވުނީ ބޯއަނބުރަން ފެށުމުންނެވެ.މިމަންޒަރު ޝާއިފް އަށް ފެނުނު ނަމަވެސް ކައިރިވާން ނުކެރުނީ އެހެން މީހުންވެސް ތިބުމުންނެވެ. އެވަގުތު ނައިނާ އަށް އިޝާރާތް ކޮށްލުމުން ސާރާ ގާތު ކިހިނެއް ވީތޯ އަހާލިއެވެ. ” ނޭނގެ، މިދުވަސް ކޮޅު ހުންނަނީ ބޯ އަނބުރާ ގޮތް ވެފަ އަނެއްކާ މިހާރު ކޮންމެކޮންމެ އެއްޗެއްވެސް ނުކެވޭ. މިހިތަށް އަރަނީ އަނެއްކާ..” ސާރާ މިހިސާބަށް ބުނުމަށްފަހު އެންމެންގެ މޫނަށް  ބަލާލިއެވެ. ދެވަނަ ސިކުންތުގައި ޝިޔާރާ އާއި މަންހާ އަދި ނައިނާ ސާރާ ގައިގައި އޮޅުލައިގަތެވެ. ” ވާއު. މިއީ އެންމެ އުފާވެރި ހަބަރު.އަޅެ ހިނގާބަ ޔަގީންކުރަން.” ކެތްމަދުވެފައި ހުރެ މަންހާ ބުނެލިއެވެ. ” މިހާރު؟” ސާރާ ބުނެލިއެވެ. ” އާން މިހާރު !! އޭރުން ޔަގީން ވީމަ ހަޝްމާގެ ފަތިފުއް ހާމަ ވާނެ ދޯ. ހިނގާބަލަ.ސާރާ ދެރަނުވެޔޭ ބުންޔަސް އިނގެޔޭ ދެރަ ވާނެކަން. ކާކުތަ އަމިއްލަ ފިރިމީހާ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން ރުހޭނީ.ހިނގާބަލަ.”ނައިނާ ކުސް ތަޅަން ފެށުމާއި އެކު ސާރާ އެއްބަސް ވިއެވެ. ސާރާއަށް ނަތީޖާ ފެނުމާއި އެކު އުފަލުން ދެލޯ ތެމިގެން ދިޔައެވެ. ﷲ ގެ އިރާދަ ފުޅުން އޭނަވެސް މަންމަ އަކަށް ވުމުގެ ނަސީބު ދެއްވައިފިއެވެ. ނައިނާ މެންނަށް ދެއްކުމުގެ ކުރިންވެސް ސާރާ ބޭނުންވީ ޝާއިފް އަށް ދައްކާށެވެ. އެހެންކަމުން ސާރާ ނިކުތް އިރު ވޮޝް ރޫމް އިން އަންހެނަކާއި ފިރިހެނަކު  ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އޭރު ޝާއިފް ވެސް ނައިނާ މެންނާއި އެކު އެތަނުގައި މަޑު ކޮށްލަނީއެވެ.

” މަ ކޯއްޗެއްތަ ނުދީ އޮތީ؟!ކަލޭބުނި އެއްމިލިއަން ވަގުތުން ވަގުތަށް ދީފަ އޮންނާނީ. ކަލެޔަށް އަދިވެސް މަ މަސައްކަތް ހަވާލު ކުރާނަމޭ ބުނިން ދޯ.ފުރަތަމަ މަ ބުނީ ލިފްޓް ތެރެއިން އެސާރާގެ ދުވަސް ދުއްވާލަން . ނުވިއެއްނު އެކަމެއް! ދެން މަ ބުނީ އޭނަ އަށް އުދަގޫ ކުރާށޭ! ދެމީހުން ދޭތެރޭގައި މައްސަލަ އުފެދޭ ވަރަށް. އެކަންވެސް ނުވި އެކަމަކު ކަލޭ ބުނި ކޮންމެކަމެއް ކޮށްދިނިން.” ހަޝްމާގެ މިވާހަކަ ތައް އަޑު އަހަން ހުރި ޝާއިފް ގެ ދެއަތް މުއްކެވިގެން ދިޔައެވެ. އެވަގުތު ގާޒީ އައުމާއި އެކު ޝާއިފް މެން ހޯދަމުން އައި ޝާއިރާ އާއި ޝިޒާވެސް އެހިސާބަށް އަރާ ހަމަ ވަނީއެވެ. ” މަ މިބުނަނީ މިކަން މަށަށް ކޮށްދޭށޭ. އޭރުން ކަލޭ ދުވަހަކުވެސް ނުދެކޭހާ ބައިވަރު ފައިސާ ލިބޭނެ.ކޮންމެ ގޮތެއް ވިޔަސް މިރޭ ޝާއިފް އާއި ކައިވެނި ކުރުމަށް ފަހު މަށަށް އެގޭގެ ރަނިކަން ލިބޭނެ.ދެން އޮތީ ސާރާ އެގެއިން ނެރެލުން ދެން އެ ނިމުނީނުން. މިރޭ ދެން ތިކަންވެސް ވާނެ.”

“ހަޝްމާ!” ޝާއިފްގެ އަޑުން މުޅި ވޮޝް ރޫމް ގުގުމައިގެން ދިޔައެވެ. އެވަގުތު ހަޝްމާ ސިއްސައިގެން ދިޔަވަރުން އަތުގައި ހުރި ބިއްލޫރި ފުޅިއެއްގައި ހުރި އެއްޗެއް އޭނާގެ ފަޔަށް ތަޅައިގެން ދިޔައެވެ. އެވަގުތު ފައިން އަރައިގެން ދިޔަ ދިލައިން މީހާގެމޫނަށް އަދިރިވެގެން ދިޔައެވެ. ” މަގޭ ދަރިފުޅު! ނޫން! ނޫން!” ސަމީހާ ރޮމުން އައިސް ހަޝްމާގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު ސާރާ އާއި ނައިނާވެސް ޑޮކްޓަރެއްގެ ވަޒީފާ އަދާ ކުރުމަށް އަވަސް ވެގަތެވެ. ނަމަވެސް އެދެމީހުން ހުއްޓުވީ ޝާއިފްއެވެ. ” އެކަހަލަ އަނިޔާވެރިޔަކަށް އެކަން ހައްގެއް ނޫން.” މިހެން ޝާއިފް ބުނުމާއި  އެކު ސާރާމެން ބަލައިލީ ރަމީޒް އާއި ދިމާލަށެވެ. ރަމީޒްވެސް ޝާއިފް އެބުނީ ތެދެކޭ ބުނާފަދައިން ބޯޖަހާލިއެވެ.

އޭރު ޝާއިރާވެސް ޕޮލިހަށް ގުޅައިގެން ހުއްޓެވެ.

އިރުކޮޅެއްފަހުން ޕޮލިހުން އައުމުން އެތާގައި ހުރި ފިރިހެން މީހާ ފިލަން ދުއްވައިގަތެވެ. އެއަށް ވުރެ އަވަހަށް ކައިރީގައި ހުރި ޝަފްރާޒް އާއި ޔުނާން ވެގެން އެފިރިހެން މީހާ ހިފެހެއްޓިއެވެ.ފުލުހުންގެ ފަރާތުން އެނގުނު ގޮތުގައި އެފިރިހެން މީހާ އަކީ މަސްތުވާ ތަކެއްޗާއި މީހުން މެރުމުގެ ތުހުމަތުގައި ހޯދަމުން އަންނަ މީހެކެވެ. އެވަގުތު މައްސަލަ ބޮޑުނުކުރުމަށް ޓަކައި އެކަކުވެސް ހަޝްމާގެ ވާހަކަ އެއް ނުބުނެއެވެ. ޕޮލިހުން ދިޔުމާއި އެކު ހަޝްމާ އާއި ދިމާލަށް އެންމެން އެނބުރުނެވެ.

“ހަޝްމާ މިހުރީ ކާކު؟ މިއީ ކޮންކަމެއް؟ އޭން!” ޝާއިފް ހަޝްމާ އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ސާރާ ވެސް ދިޔައީ ސިއްސައިގެނެވެ. މިއީ ޝާއިފް އެހާ ރުޅިއައިސްފައި ހުއްޓާ ދެކުނު ފުރަތަމަ ފަހަރެވެ.

” ޝާ-ޝާއިފް.ހޮސްޕިޓަލަށް– ޕްލީޒް” ފައިގައި ހުރި ދިލައިގެ ސަބަބުން ހަޝްމާއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.

އެހެންކަމުން ރަމީޒްވެސް އިރުޝާދުދިނީ ހޮސްޕިޓަލަށް ދިއުމަށެވެ.

ހޮސްޕިޓަލަށް ގޮސް އެމެޖެންސީ ރޫމް އަށް މީގެ ގަޑިއިރެއްކުރިން ވެއްދި ހަޝްމާގެ ހަބަރެއް ނުވެއެވެ.އެތެރޭގައި ނައިނާ އާއި ސާރާ ހުރުމުން ހުރިހާ ކަމެއްވެސް ދާނީ ރަގަޅަށް ކަން އެނގޭތީވެ އެންެންވެސް ސަމީހާ އަށް ހިތްވަރު ލައިދިނުމުގައި އުޅުނެވެ. އެވަގުތު ސާރާ ނުކުތެވެ. ” ހަޝްމާގެ ފަޔަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ފައިގެ ކުޑަ ހުޅުން ތިރި ޖެހޭނީ ބުރިކޮށްލަން. އަދި އެ އެސިޑަކީ ކޮންސެންޓްރޭޓެޑް އެއްޗަކަށް ވީމައި ލެޔަށްވެސް އަސަރުކުރުމަކީ އެކަށީގެން ވާކަމެއް. އަދި ވަރަށް ހިތާމަވެރި ހަބަރެއް އެބައޮތް. މިހާތަނަށް ލިބުނު ޓެސްޓުގެ ނަތީޖާއިން ދައްކާ ގޮތުގައި ހަޝްމާ ވަނީ އެޗް.އައި.ވީ އަށް ޕޮޒިޓިވް ވެފައި. އަޅުގަނޑު  އިރުޝާދެ ދޭނީ ރާއްޖޭން ބޭރަށް ވީހާވެސް އަވަހަށް ދިއުމަށް. އެއީ ރާއްޖޭގައި އެހާ ބޮޑު ފަރުވާއެއްދެވެން ނެތީމަ.އިރުކޮޅެއްފަހުން ހަޝްމާ ވޯޑަށް ބަދަލު ކުރެވޭނެ.ނުވަަތަ ޕްރައިވެޓް ރޫމްއެއްހަމަ ޖެއްސިޔަސް މައްސަލަ އެއްނެތް” އެވަގުތު ސާރާ އަށް އެތެރެއިން ގޮވާލުމުން ދިޔައެވެ.

ހަޝްމާ ބަދަލުކުރެވުނީ ޕްރައިވެޓް ރޫމް އަކަށެވެ. ހަޝްމާ ހޭނައްތާލާފައި އޮތުމުން އެންމެން ބޭރަށް ނުކުތެވެ.އެވަގުތު ސާރާ އެދުނީ ޝާއިފް ގާތު ގައި ޕޯޓިކޯ އަށް ނުކުތުމަށެވެ. އެހެން ބުނެ ނައިނާ މެންނާއި އެކު ސާރާ އެދިމާލަށް މިސްރާބު ޖެހިއެވެ.

ޝާއިފް ދިޔައިރު ސާރާ ޝާއިފް އާއި ފުރަގަސް ވާގޮތަށް އެނބުރިގެން ހުއްޓެވެ. ޝާއިފް ގޮސް ސާރާ ގެ ލޫޅާފަތި އުނަގަނޑުގައި ހިފުމަށް ފަހު އޭނަ އާއި ދިމާލަށް އަނބުރާލިއެވެ. ” އައިއެމް ސޯ ސޮރީ. ޕްލީޒް ސާރާ . އަހަރެން ދޫކޮށްފައި ނުދައްޗޭ. އަހަރެން މޮޔަވެދާނެ.” ސާރާ ގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ސާރާ ގެ ކަނދުރާގައި ޝާއިފް ގެ މޫނު ފޮރުވާލަމުން ބުނެލިއެވެ.”އައެމް ސޯސޮރީ” އަނެއްކާވެސް ސާރާ ގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ވައިއަޑަކުން ބުނެލިއެވެ.އެވަގުތު ސާރާ އަށް އެއްމިޔަކަނުން ހިނިތުންވެވުނެވެ.

” ޝާއިފް ބަލާލަބަލަ ސާރާ އާއި ދިމާލަށް. ޝާއިފް ބުނާނެ ސާރާ ރޯ ވާހަކަ. އެކަަމަކު ބަލާބަލަ މިހިރަ ބޮޑުފިރިހެނެއް.ބައްޕަ އަކަށް ވީމަވެސް ތީތަ އުޅޭގޮތް؟” ސާރާ މިހެން ބުނެ ޝާއިފް މޫނު ދެއަތުގެ ތެރޭގައި ހިފަހައްޓާލިއެވެ.އެވަގުތު ޝާއިފް ހުރީ ދެލޯ ބޮޑުވެފައެވެ. ” ސާރާ؟” “ޔެސް . އައިއެމް ޕްރެގްނެންޓް.” ހިނިތުންވުމަކާއި އެކު ސާރާ މިހެން ބުނެލުމާއި އެކު ލުއިފަތެއް އުފުލާލާ ފަދައިން ސާރާގެ އުނަގަނޑުގައި ހިފާ ޝާއިފް އުުފުލާލިއެވެ. ” ތެންކިއު ސޯ ސޯ މަޗް.” ސާރާ ގެ ނިއްކުރިއަށް ބޮސް ދެމުން ބުނެލިއެވެ.

“އެހެމް އެހެމް. މިދެމީހުންގެ ރޮމޭންސް ހުއްޓޭނެބާ މާމަ ކާފަ ކިޔާއިރުވެސް.އަދި ވެސް މަންމަ ބައްޕަ ކީމަވެސް ތީ ވިއްޔާ އުޅޭގޮތް.” “މިކަމެއް ނުހުއްޓޭނެ. ބަލާނަމޭ ނައިނާ އަށް ވާގޮތް އަޅެ ހަމަ މިދުވަސް އައީމަ. އެއްޗެކޭ ތިބުނީ އިނގޭ.” ޝާއިފް މިހެން ބުނެލުމާއި އެކު މުޅިމާހައުލުގައި ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ. އެއަށްފަހު އިރުކޮޅަކު އެތާ ތިބުމަށްފަހު އެތެރެޔަށް މިސްރާބު ޖެހިއެވެ.

ޝާއިފްމެނަށް އެތެރެޔަށް ވަދެވުނުއިރު ހަޝްމާވެސް ހޭއަރައިފިއެވެ. އެނދުގައި ރީތިކޮށް އިށީންދެގެން އިން ހަޝްމާގެ މޫނު މަތި ބަނަވިއެވެ. ބިންފަޅާފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށްއެރިއެވެ.

“ހަޝްމާ!މިއީ ހަމަ ހަޝްމާގެ ކަމެއްތަ؟ ތިއީ ކީއްވެ ކުރިކަމެއް އޭން!؟ ޖަވާބު ދީބަލަ!” ޝާއިފް އައި ގޮތަށް އައިސް ހަޝްމާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން ބުނެލިއެވެ.

” އާނ! އަހަރެން ތިކަން ކުރީ. ފުރަތަމަ ލިފްޓް ތެރެއިން ސާރާ ބިރުގެންނެވީ. ދެން ފޯން ކޯލް ތައް ކުރުވީ. ތިދެމީހުން ދޭތެރޭގައި މައްަލަ އުފެދޭވަރަށް. އެވަރުންވެސް ކަލޭމެންދުރުވާކަށް ނޫޅުން. ދެން މިހިރަ އަންހެނާގެ ރިޕޯޓް ބަދަލު ކޮށްލީ. އާނ! ސާރާ ގެ ރިޕޯޓާއި އަހަރެންގެ ރިޕޯޓުގެ މައުލޫމާތު އޮޅުވާލީ. ދެން އަހަރެން ބޭނުންވީ ސާރާ ގެ ވަސްވެސް—” މިހިސާބަށް ހަޝްމާއަށް ބުނެވުނު އިރު ކޯތާފަތް މަތީގައި އަތުން ހިފަހައްޓާލީ ނެގި ދިލައަކުންނެވެ. ” ހަނދާން ކުރާތި ސާރާ އާއި ދެކޮޅަށް އެންމެ ލަފްޒެއްވެސް ކަލޭގެ ތިމުޑުދާރު އަގައިން ނެރެގެން ނުވާނެ.  އެއީ އަހަރެންގެ ދަރިފުޅުގެ މަންމަ.ކިތައް ފިރިހެނުންގެ ދާން ފަޅުފިލުވައި ދީފަކަމެއް ނޭނގެ މަގޭ އުގުތެރެއަށް ވެއްޓި ގަންނަން އުޅުނީ.” ރުޅިއައިސްފައި ހުރިވަރުން ޝާއިފް ތުރު ތުރު އަޅައެވެ.

“މީގެ ފަހުން ކަލޭމެން ދެމައިންނަށް އަހަރެމެން ގެ ފަރާތުން ދިން އެހީތައް ނިމުނީ. ކާން ދިން އަތުގައި ދަތް އެޅުނު އިރުވެސް ނޭނގުން ދޯ.” ޝާއިރާ ސަމީހާ އާއި ދިމާލަށް މިހެން ބުނުމަށްފަހު ސާރާ އާއި ދިމާލަށް އެނބުރުނެވެ. ” ދަރިފުޅާ މަންމައަށް މައާފު ކުރޭ. ދަޅައަކަށް ހެއްލެވުނީ މި މަންމައަށް ތި ލޯބި ލޯބި ދަރިފުޅު ނިކަމެތި ކޮށްލާފަ. ” ޝާއިރާގެ ދެލޮލުން ކަރުނަ އޮހޭހާލު ބުނެލިއެވެ. އެވަގުތު ސާރާ އެ ކަރުނަތައް ފޮހެލައިދިނުމަށްފަހު ޝާއިރާގެ ގައިގައި ބައްދާލިއެވެ.

 

*5 އަހަރު ފަސް*

” ދަރިފުޅާ އާދެބަލަ ބޫޓަށް އަރަން! ތިހެން ބާރަށް ދުވަނިކޮށް ވެއްޓިދާނޭ.” ދުވެ ދުވެ ހުރި 4 އަހަރުގެ ލޯބި ލޯބި ފުއްގަނޑެއްފަދަ ޔާނާގެ ފަހަތުން އަންނަމުން ސާރާ ބުނެލިއެވެ. އެހެންނަމަވެސް ސާރާ އަށް ހިފެހެއްޓުމުގެ ކުރިން ޔާނާ ގޮސް ޝާއިފް ގެ ހިމާޔަތުގެ ދަށަށް ވަނެވެ.” ބައްޕަ އަތުން ދޯ އަރާނީ.”  މިހެން ބުނެ ޔާނާ ބޫޓަށް އެރުވުމަށް ފަހު ޝާއފް ތެދުވެ ހިންދެމިލިއެވެ. ސާރާ އައިސް ޝާއިފް ގެ ޓައި ރަނގަޅު ކޮށްދޭން އުޅުމާއި އެކު ސާރާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލިއެވެ. ” މައި ވައިފް ލުކްސް ސޯ ބިއުޓިފުލް. މާޝާ ﷲ.” މިހެން ބުނުމާއި އެކު ސާރާ ލަދުން ޝާއިފް ގެ މޭމަތީގައި މޫނު ފޮރުވާލިއެވެ. އެވަގުތު ސާރާ މެން ދުރުވީ އެމީހުންގެ ލޯބި ލޯބި ދަރިފުޅުގެ އަޑާއެކުއެވެ.

އެލޯބި ލޯބި އާއިލާ މިސްރާބު ޖެހީ ނަސަންދުރަ އަށެވެ. އެވަގުތު އެތަނަށް ވަނުމަށްޓަކައި ނައިނާ އާއި ޔުނާން ވެސް ކުޑަ ކުޑަ ސައިފް ގޮވައިގެން އައިސް ހުއްޓެނީއެވެ. އޭރު އެމީހުންލަސްވެގެން ތިންފަހަރަށް ޝިޔާރާ ގުޅައިފިއެވެ.

“ވާއު ވާއު. މާޝާ ﷲ. ސިސް ވެސް މަން ވެސް ހާދަ ލޮއެއްބޭ!” ދެމީހުން ގައިގައި ބައްދާލަމުން ނައިނާ ބުނެލިއެވެ. މިރޭ މަންހާ އާއި ޝިޔާރާ ގެ ކައިވެނި އެކީގައި ކުރެވިގެން ދަނީއެވެ. ދެފަރާތުގެ އާއިލާއަކީ ތިމާގެ ބައެއްކަމުން އެކީގައި ކުރަން ނިންމީއެވެ.

“ފެށުނިންސުރެވެސް އަދި އަދަށް ދަންދެންވެސް ވީ އާ ބެސްޓީސް ދޯ. ކޭން ޔޫ ބިލީވް އިޓް. އަދިވެސް އަހަރެމެން މިގޮތުގައި މިތިބީ. އައި ލަވް ޔޫ ގާއިސް އަލޮޓް.!” ސާރާ މިހެން ބުނުމަށް ފަހު އެންމެން ގައިގައި ބައްދާލިއެވެ.

“މިތަނަށް އައިމަ ހަނދާން ވަނީ އަހަރެމެންގެ ކައިވެނީގައި ސާރާ އުޅުން ގޮތް.” ސާރާ ގެ ކަންފަތް ކައިރިޔަށް ގުދުވެ ސާރާ ލަދުގަންނަވާލުމަށް ޓަކައި ޝާއިފް ބުނެލިއެވެ. އަދި އެކަން ކާމިޔާބު ވެސް ވިއެވެ.

” ސާރާ އާ ނުލާ ނޭނގެ މިހާރު އަހަރެންނަށް ވާނެ ގޮތެއްވެސް. ” ސާރާ ގެ އުނަގަނޑު ގައި ހިފާލަމުން ޝާއިފް ލޮއެއްބާއި އެކު ބުނެލިއެވެ. އެއަށް ފަހު އެދެމަފިރިންގެ ލޯބި ލޯބި ދަރިފުލާއި ދިމާލަށް ބަލާލިއެވެ.

ކުރިޔަށް އޮތީ އުފާވެރި ދަތުރެކެވެ. އަމާން މަންޒިލެކެވެ.

*********************************************************************************

ނޯޓް: އަޅުގަނޑުގެ މިވާހަކަ ކިޔުއްވައި ރަނގަޅު ކުރަންވީ ކަންކަން ބުނެދިން އެންމެހާ ކިޔުންތެރިންނަށް ޝުކުރިއްޔާ! އަޅުގަނޑު ވާހަކަ ލިޔުމަށް ހިތްވަރުދިން މަންމަ އާއި ދޮންތަ އަދި ޔޫފޯރިއާ އަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި އަޅުގަނޑަށް އެއްބާރުލުން ދިން އެހެން މީހުނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! އުންމީދު ކުރަނީ މިވާހަކަ އަށް ލިބުނު ސަޕޯޓް އަޅުގަނޑު ދެން ލިޔުމަށް ހަމަޖެހިފައިވާ ވާހަކަ އަށް ލިބޭނެ ކަމަށް! ބީ ސޭފް! ސްޓޭ އެޓް ހޯމް! ލަވް ޔޫ އޯލް!

 

Comments (38)

  1. Aikko

    Alhe vhk hama vrh reethi?❤️tc❤️b safe❤️Lym dear❤️

    1. vanteKTH
      Aikko

      alheyyy thank u sooooo much darl… yes you toooo!!!! lymmmmmm

  2. ?Ril?

    ❤❤❤Masha Allah ????????
    ❤Last part❤ dhw vrh sali ????
    ❤Hama vrh❤ reethi ending adhi ehvure perfect.?????????
    ❤❤??And vrh ufaavi hashmaa kantha❤????? falaaerymaa and their marriage❤❤ ves stop veemaa ❤❤❤❤❤❤heheheh?????
    ❤❤❤And saaraa aa ❤??shaif ves guluny maa ❤❤
    ??Thank uuuu?? sooo much sis for this wonderful stry???????
    ??Mikahala reethi vaahaka eh???????? kiyaalanlibuny maa vrh ufaavehje thankuuu ?????
    ???❤❤And sis liyaa hurihaa vaahaka eh gaa I will support ISA?
    waiting for ur new stry ❤❤??❤
    ❤❤Luv uuuu alot ❤❤❤❤❤
    ❤❤❤Stay safe sis❤

    1. vanteKTH
      ?Ril?

      heyyyy ril darl… thnk u soooooooooooo much… awwnnnnn im flattering rn… hehe.. dhwwww…and thank u sooo much for supporting me.. u have been really special reader to me… its my pleasure… awnnn thnk u soo much.. im soooo happy rn… luv u moreeee…. you tooo

    2. ?Ril?
      ?Ril?

      Awwnnn Thankx sis for making me a special reader
      I love uuu sooo much

  3. naal

    omg i cant beleive mi stry nimuneema.. alheyyy.. and yes saaraa and shaaif got together!!! hehe.. hashma ge plan ves flop v dhwww.. and i will supprot you sis.. since you r my fav.. whn will the next stry be??

    1. vanteKTH
      naal

      hehe.. yes nimunee eyh hama… yes dhwww.. awwnnn thnks darl.. awnn im so glad and honored rn… soon ingeyyy

  4. rauna?

    oh sis im gonna miss yaaaaa.. i mean mi stry.. hope we will meet in next stry.. lysssmmm… and vvvvvvv reethi mi vhk.. one of my fav and always will be.. be safe sis ????

    1. vanteKTH
      rauna?

      awnnn will miss ya moreeeeee…. hehe… yes i hope the same… lymmmmmmmmmm.. thnk u dear…. u tooooooo

  5. sama

    Wait what?!?!
    Kihineh mi vee?
    Emme furathama part ga veegothun she was kidnapped ennu
    dhen hiyaaluge therwinnennu maazee kiyaadhinee
    ahannah olhejje
    can you explain it to me?

    1. SHABAKKO10
      sama

      Dhw
      Same too
      ^_^Vii gotheh naangunu

    2. her
      sama

      hey actually wht happened was she posted iulaan saying that that prt is changed with the new part 1.. but it was not posted but ep 2 was so.. she che could not post that ..

    3. shimmi
      sama

      yeah okay now clear.. its okay sis.. anyways this stry is habeys.. and always will be.. dont be dissappointed

    4. zaalin
      sama

      oh okay… i was gonna ask that .. its ok sis

    5. vanteKTH
      sama

      aslu v gothakee first prt up kohfa nerun iulaaneh with updated first part.. ekm ebai up nuve ulhenikoh second prt v…. sorry for the misunderstanding

    6. vanteKTH
      sama

      ummm @SHABAKKO10 do i knw you??

    7. vanteKTH
      sama

      @her yes true indeed.. thnku

  6. unknown queen

    Vvv salhi Hama best♥️♥️♥️♥️?????????

    1. vanteKTH
      unknown queen

      thank uuu

  7. shimmi

    wooooooaaaahhhh… vvvvvvv reethi… loved this!! thedheh sis what happened???

    1. vanteKTH
      shimmi

      thank uuu

    2. vanteKTH
      shimmi

      first part ragalhu kohfa up kohfa indaa e bai up nuve second prt up v

  8. shifkko

    woooooaaaahhhhhh!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! alheyyyyy nimuneetha hama.. so sadu.. ilysssssm…. will miss this perfect stry….

    1. vanteKTH
      shifkko

      thnk u.. hehehe.. yes!!! dhwwww… ilymmmmm…. awwnn im flattered

  9. thaaraa?✨

    alheyyyyy sissoooo nudheybala… thaaraa is sooo sad… anyways vvvvvvvvvvvvvvvvvvv reethi mi stry.. will always be my fav author and stry

    1. vanteKTH
      thaaraa?✨

      alheyyy thaaraa sisoo eh nudhameeyyyy… sis adhi annaanameyh.. inshallah… thnk u soooo much…. awwwnnn

  10. fai??????

    omggggggg vvvv reethi!!! im speechless…thnk u sooooo much for this wonderful stry.. will miss this..ilysssssm… waiting for the next stry

    1. vanteKTH
      fai??????

      awnnn thank uu sooooo much…. hehe… lymmmmmmmm..

  11. shiya_ra

    heyyyy sis mi prt ves hama habeys ingeyy…❤❤❤❤❤❤❤❤❤❤❤❤❤ im speechless.. thiswill always be my fav.????????. and will miss that hashma..?????? thank god saaraa and shaaif is together!!!!!! ?ilyssssssm..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ be safe.✨✨✨✨✨✨✨✨✨✨✨????????????????????????????????????????????????. waiting for the next stry.??????????????????????????

    1. vanteKTH
      shiya_ra

      heyyy shiya_ra… awnnnn thank u sooo much for this lovely comment.. awnnn… heheh.. arn dhww.. i will miss her too… ilymmmmm…yes you tooo

  12. zaalin

    heyyyyyyyyyyyyyyyyyyy sisyyyy mi last prt dhwww… so sadu.. will miss ya.. THE BEST AUTHOR in esfiya..❤❤❤❤❤❤❤❤❤❤❤❤❤ u r truly talanted.. lyssssssssssssssssm.. be safe.. waiting for next stry..❤

    1. meeheh
      zaalin

      ????????Are you a girl or a boy

    2. zaalin
      zaalin

      alheyyy miss girl ekey.. kihineh v?? any problem??

    3. meeheh
      zaalin

      Hehe no dear….?Name in gothun hiivii boy eh hen… Dhen Comment in gothun Hii vii girl eh comment kohffa in hen…. Hehe Pls Don’t mind…. Hama Yageen kohllan ahaalii

  13. xaa

    ooooooh.. mi prt kiyaalaafa v kiyaa hiy vehje mi stry

  14. Fathun

    V nice MashaAllah ❤️❤️

  15. euphoria

    maasha allah maasha allah ethah faharaku kiyas nufudheyne kanne… hama ehaa reethi mi stry… stry mathin vvv miss vaane… knme part akah cmmnt nukurevunas hama regular koh kiyan knme part ehvs… hama bunaaniiii vvvv reehchey…. BUNIN DHW THNK YUH NUBUNAANEY BARABOLA…. insha allah abadhuvs help vedheynan knme kamehga vs…. again vvv salhi ngey last part…. stay safe darllllll….. lyssssmmm

  16. Loabi

    Haadha nice eye I love it

Comments are closed.