މާމާ
ގޮވާލަން ސަލާމް ފެންނަ ހިނދު ލޯބި އަޑަކުން
އޮމާން ނޫނަކަސް މާމަހާ ތުއި އެ އަޑަކުން
އެދެމެ ހާލު މާމަގެ ކޮބައިތޯ ބަލައިލަން
ނުދެކިމާމަ އެތަކެއް ދުވަސްވީތި ގުނަމުން
ގުޅައި ނުލެވެނީ ފޯނުގައި ލާރި ނެތުމުން
ގުޅައިލަން އެދޭ ހިތް ވަރަށް ދުރުގަ ހުރުމުން
ހަވީރަށް ވެޔޭ ފޫހި ދެން މާމަ ނެތުމުން
ހަވީރަށް ގެއިން ދެވެޔެ މާމާ ނުފެނުމުން
ވެޔޭ އަސްލު އުނދަގޫ އެ ފެންނަންމެ ނެތުމުން
ވެޔޭ ހަނދުމަ ބޮލުގައިމެ ފިރުމީތި ދެއަތުން
ތިޔޭ އުފަލަކީ ލޯބި ދީފައި ވުމުން ދެން
ވެޔޭ ޚާއްސަ އަދި ކަނބިލި ހޯދީތި އެކަމުން
8 Comments!
Comments are closed.

ވަރަށް ރީތި ޅެމެއް 🙂
ޝުކުރިއްޔާ ☺️?
Masha Allah…. Vvvvvv reethi lhemeh❣️❣️❣️ love it. Aish ves Varah lhen kiyaa hiy vey….. Ehen lhemeh neredhevi dhaane thr☺️
Jazakillah khaira. V avahah in sha Allah … ☺️
Masha Allah.. ibna keep up❤️❤️❤️❤️??????
Jazakillah khaira… ??❤️❤️❤️
ވަރަށް ރީތި ޅެމެއް
ޝުކުރިއްޔާ ??