Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާޔަށް އެދޭތީ..20

Cherrychoppers Level 3100 Login10 Stories100 Comments
July 20, 2020 3 Mins Read
7 Comments

އެވަގުތު އޭނަގެ ތަލިން ކުޅު
ހިކިގެންދިޔައީ ފެނުނު ބުރިސޫރަ
ރީތި ފަތްމިންޏެއްގެ ސަބަބުންނެވެ.
ދޮން ހަންގަނޑެކެވެ. ލައިގެންހުރި
ކަޅު ކުލައިގެ ހެދުމުން އެ ބައްޓަން
ރީތި ހަށިގަނޑު ފާޅުކަންބޮޑު
ގޮތެއްގައި ފެންނަން ހުއްޓެވެ.
ބުޅި އިސްތަށިގަނޑުން ރީތި ގޮތަކަށް
ހުޅިއެެއް ޖަހާލެވިފައިވީއިރު ބަސްނާހާ
ކުދި އިސްތަށިތައް އެ ދޮން މޫނާ
ކަނދުރާގައި ހުއްޓުމެއް ނެތި ބީހެމުން
ދިޔައެވެ. އެވަގުތު ޒާއިޝްއަށް
ހިފަހައްޓައިގެން ހުރި ތަށްޓަށް
ބާރު ކޮއްލެވުނީ ހުދު ބޯކިރު ކޮޅެއް
ފަދަ އެ ދަތްތައް ދައްކާލަމުން
އެ ޖިންސް ލަތީފް ހަދިޔާ ކޮއްލި
ހިނިތުންވުންދެކިއެވެ. އިރުކޮޅެއްފަހުން
ކަޔާންއާއިއެކު ޒުމްރާ އަންނަތަން
ފެނި ޒާއިޝް ކައިރީގައި ތިބި
އެކުވެރިންނާ ދުރަށް ޖެހިލިއެވެ.
” ޒުމް.. ހަނދާންވޭތަ ޒާޝް..
ހާމިދުބެމެންގޭ..” ހިނިތުންވެލަމުން
ކަޔާން އެހެން ބުނެލިއެވެ. ދެލޯ
ހަނިކޮއްލަމުން ޒުމްރާ ޒާއިޝްއަށް
ބަލާލީ ހީވާގޮތުން ކަމެއް ހަނދާން
ކުރުމަށެވެ. ” ހައި..ޒޮމްބީ..މިހާރު
އެނގިޖެތަ؟” އެއްމިޔަކަނިން ޒާއިޝް
ހިނިތުންވެލިއެވެ. “އޯހްހް.. ޔާ ޔާ”
ހީލަމުން ޒުމްރާ ދެފަރާތަށް ބޯ
ހަލުވައިލިއެވެ. އެވަގުތު އާދިލް
ގޮވަންފެށުމުން ކަޔާން ދިޔައެެވެ.
އެއާއެކު ޒާއިޝްއާއި ޒުމްރާ
އެތަނުގައި އެކަނިވިއެވެ. އިރުއިރުކޮޅާ
ޒާއިޝް ވައްކަޅިން ޒުމްރާއަށް
ބަލާލައެވެ. ދެއަތް ދެއަތާ މޮޑެން
ޒުމްރާ ހުރިއިރު އެދެމެދަށް ވެރި
ވެފައިވަނީ ހިމޭންކަމެވެ. ” ސޯ
ޒޮމްބީ މިކޮޅުގަ މަޑުކުރަންތަ ތި
އައީ؟”ޖީބަށް އަތް ޖަހާލަމުން
ޒާއިޝް ބުމަ އަރުވައިލިއެވެ.
ޒުމްރާ ދެލޯ ހަނިކޮއްލީ އެނަމުން
އޭނައާ މުޚާތަބުކުރީމައިކަން ޒާއިޝް
އަށް އެނގުނުނަމަވެސް އޭނަ
އެނގޭ ކަމަކަށް ނުހެދިއެވެ.
ހޫމްއެެއް އަޅުވާލަމުން ޒުމްރާ
ހަށަން ބަނދެލިއެވެ. އެވަގުތު
އިވިގެންދިޔަ މަޑު މިއުޒިކާ
އެއްވަރަށް ޓެރަސްގައިތިބި ޖޯޑުތައް
ކަޕުލް ޑާންސްކުރަން ފެށިއެވެ.
” ގަސްތުގާ..ކިޔައިދެމޭ ހިތް އެދޭތީ
ޚަބަރް..ދެރަވަނީ ހީވެފާ ނުރުހިދާނޭ
މިތުރް..ހިތާމޭ ފިނިވަނީ ދިމާވީމާ
ނަޒަރް..ވަނީ ގުޅިފާލެއާ.. ނުދާހެން
ތިޔަ އަސަރް” ޒާއިޝް ޒުމްރާއަށް
އަތް ދިއްކޮއްލިއެވެ. މަޑުމަޑުން
ޒުމްރާ އެ އަތުގައި ހިފުމުން
ޒާއިޝް އެ އަތުގައި ބޮސްދިނެވެ.
ޒުމްރާގެ މޫނުން ލަދުވެތިކަމުގެ
އަސަރު ފާޅުވާންފެށިއިރު ޒާއިޝްގެ
މޫނުގައިވީ ތަފާތު އަސަރެކެވެ.
ލަވަ ނިމެންދެންވެސް ޒާއިޝްގެ
ނަޒަރު އެންމެ ފަހަރަކުވެސް
ޒުމްރާގެ މޫނުން ނުނައްޓައެވެ.
މަޑުމަޑުން ފަހަތަަށް ޖެހިލަމުން
ޒުމްރާ ޒާއިޝްއަށް ބަލައިލިއެވެ.
އަދި ފަސްދީފައި ހިނގައިގަތްގޮތުން
ޒާއިޝްއަށް ހީލެވުނެވެ. ހަމަގައިމުވެސް
މިރޭގެ ޕާރޓީ އޭނަ ދުވަހަކުވެސް
ހަނދާނެއް ނުނެތޭނެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ.
މާވިލްގޭގެ ކާކޮޓަރިތެރޭގައި
ދެކެވެމުންދަނީ ހާމިދްއާއި
ރަފީގާ ރާއްޖޭން ބޭރަށްދާ ވާހަކައެވެ.
” އޭން.. ކީކޭތޯ؟” ސިއްސައިގެންގޮސް
ޒާއިޝްއަށް އަހައިލެވުނެވެ. ” ބައްޕަ
މި ބުނީ ކިޔާވެސް ގޮވައިގެންނޭ ދާނީ
ދަރިފުޅުވެސް ދާންވީނު؟” ހާމިދު ކުރިން
ބުނި އެއްޗެހި ތަކުރާރުކޮއްލިއެވެ.
” ނޫން.. މީ.ބައްޕަ ދުރުވީމަ
އަޅުގަނޑު އޮފީހާ ހަވާލުވާންޖެހޭނެ
އެއްނު” ޒާއިޝް ބުންޔެވެ. ހާމިދް
ހީލަމުން ކެއުމައިގެން ކުރިއަށްދިޔައެވެ.
” އަމްމް..މިި..ބައްޕާ..އެންމެ ރަނގަޅުތޯ
ބައްޕަމެން ދުރުވީމަ އަޅުގަނޑު
ކަޔާން ކައިރިއަށް ދިޔަޔަސް.”
ޖެހިލުންވެ އިނދެ ޒާއިޝް ބުނެލިއެވެ.
އެވަގުތު ހާމިދް ރަފީގާއަށް
ބަލާލަމުން ބުމައަރުވައިލިއެވެ. ބޮލުގެ
އިޝާރާތުން ހާމިދު އެއްބަސްވުމުން
ޒާއިޝްއަށް އުދުއްސައިނުގަނެވުނީ
ކިރިޔާއެވެ

ފަތިހުގެ ހިތްގައިމު ވަގުތު
ޒާއިޝް ހުއްޓިލައިގެންހުރީ
ބެލްކަނީގައެވެެ. ޖޯޑުގައިއިން
ފަހު ކޯވަރު ދަމާލަމުން އޭނަ
އެތެރެއަށްވަދެ އެނދުގައި ހުރި
ފޮށީގެ ޒިބު ދަމާލަމުން، އެ
ހިފައިގެން ކޮޓަރިން ނިކުތެވެ.
ކިޔާރާ،ހާމިދު އަދި ރަފީގާ
ރާއްޖޭން ފުރައިގެން ދިޔައީ
ރޭގައެވެ. އަތުކުރީގައި އޮތް
ާގަޑިއަށް ބަލައިލަމުން ޒާއިޝް
ކަޔާންމެންގޭގެ ދޮރުގައި ޓަކި
ދިނެވެ. ދެފަހަރަކު ޓަކި
ޖަހާލުމުން ގޭގެ ދޮރު ހުޅުވީ
ގޭގައި ގެންގުޅޭ ބޭރު މީހާއެވެ.
އެތެރެއަށް ވަތްއިރު ސޯފާގައި
އާދިލް އިނެވެ.އޭނަ ފެނުމާއެކު
ސަޔަށް ދައުވަތު ދިނެވެ.
އާދިލްއާއި ވާހަކަ ދައްކާލަން
އިނުމައްފަހު ޒާއިޝް ކަޔާންގެ
ކޮޓަރިއަށްވަނެވެ. އޭރު ލޯގަނޑު
ކައިރީގައި ހުރެގެން ކަޔާން
ރީތި ވަނީއެވެ.
” ޒާޝް.. އޮފީހަށް ނުދަނީތަ؟”
ކަޔާން އެއްސެވެ. ” ނޫން..މިހާރު
ރެޑީވާން މި އުޅެނީ” ޒާއިޝް
އެހެން ބުނެލުމުން ކަޔާން
އޭނަގެ ކޮނޑުގައި ޖަހާލަމުން
ނުކުތެވެ. ފުންނޭވާއެއްލަމުން
ޒާއިޝް ފާހާނާއަށް ވަނެވެ.
ފެންވަރައިގެން ނިކުތް ޒާއިޝް
ސިހުނީ އެނދުގައި ދެފައި
ވައްކޮއްގެން އިން ޒުމްރާ ފެނިފައެވެ.
އެވަގުތު ޒުމްރަާވެސް ފޯނުން ނަޒަރު
ވަކިކޮއްލަމުން ކުރިއަށް ބަލައިލިއެވެ.
ހަމައެކަނި އުނުގައި ތުވާއްޔެއް
އޮޅާލައިގެން ހުރި ޒާއިޝްފެނި
ބޭއިޚްތިޔާރުގައި އޭނަައަށް
ބާރަށް ހަޅޭލަވައި ގަނެވުނެވެ.
ވައިސޫރިއެއްހައި ބާރުމިނުގައިގޮސް
ޒާއިޝް ޒުމްރާގެ އަނގަ މަތީގައި
އަތްއަޅަމުން ދެފަރާތް ބަލައިލިއެވެ.
އަދި އެ ލޮލަށްް ނަޒަރު ހުއްޓާލި
ވަގުތު ޒާއިޝްގެ ތަލިން ކުޅު
ހިކިގެންދިޔައެވެ. ހަމަ
ރަނގަޅައްވެސް އެ ލޮލުގެ ޖާދޫގައި
އޭނަ އޮޔާ ހިނގައްޖެއެވެ. ކުއްލިޔަކަށް
އެނދުގައި އޮތް ޒުމްރާގެ ފޯނު
ރިންގްވާން ފެށުމުން ދެމީހުންނައްވެސް
އެދިމާލަށް ބަލައިލެވިއްޖެއެވެ.
މަޑުމަޑުން ހިންދިރުވާލަމުން
ޒާއިޝް ޒުމްރާގެ މޫނަށް
ބަލައިލިއެވެ.
*******************
އެނދުމަތީގައި އޮތް ފޯނު
އެލާރމްވާން ފެށުމުން
ނިދިފައި އޮތް ޒާއިޝްއަށް
ހޭލެވުނެވެ. އެނދުގެ ފަޑީގައި
ބޯ ޖައްސާލަމުން އޭނަ
ކަނދުރާގައި ފިރުމާލިއެވެ.
ފޯނު ބަލައިލިއިރު ގަޑިން
ފަހެެއް ޖެހުމާ ގާތް ވެފައިވުމުން
އޭނަ ފެންވަރާލާފައި ނަމާދަށް
ދިޔައެވެ. މިސްކިތުން ފައިބަމުން
ދިޔަ ޒާއިޝްގެ ގައިގައި
މީހަކު އަޅައިގަތެވެ. ” ސޮރީ”
ކުރިމަތީގައި ހުރި ޒުވާނާ
އެހެން ބުނެލަމުން ހިނގައިގަތެވެ.
ކޮންމެވެސްތާކުން އެ ޒުވާނާ
ފެނުނު ހަނދާނެއް ވިއެވެ.
އެހެންނަމަވެސް މާބޮޑު ކަމަކަށް
ހަދާނުލާ އޭނަ ސައިކަލަށް
އެރިއެވެ. ކޮޓަރިއައް ވަދެވުމާއެކު
ޒާއިޝް އެނދުގައި އިށީންދެލަމުން
ދެއަތުން މޫނު ފޮރުވައިލިއެވެ.
އެނދުމަތީގައި ނިދިފައިއޮތް
ޒުކާ ފެނި އޭނައަށް ހިނިތުން
ވެލެވުނެވެ. ލައިގެން ހުރި އެއްޗެހި
ބަދަލު ކޮއްލަމުން ޒާއިޝް
ބެލްކަންޔައް ނިކުތެވެ.
ފަތިހުގެ ފިނި ރޯޅިތައް އެއްވެސް
ހުރަހަކާ ނުލާ އެ ހަށިގަނޑުގައި
ބީހެމުންދިޔައެވެ. ސޯޓުގެ ޖީބައް
އަތް ޖަހާލަމުން ރެއިލިންއާއި
ކައިރިވި ޒާއިޝްގެ ދެބުމަ
ގޮއްޖެހިގެންދިޔައީ ފެނުނު
މަންޒަރަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ފިޔަފަތް 6

Next

މަންޒިލް 5

Next
July 20, 2020

މަންޒިލް 5

Previews
July 20, 2020

ފިޔަފަތް 6

7 Comments!

  1. Starlight vixx says:
    July 20, 2020 at 12:21 pm

    Yayyy me first dho anyways varah reethi mi part ves curiously waiting for the next part ☺️☺️☺️☺️

    1. Cherrychoppers says:
      July 20, 2020 at 5:32 pm

      Yaa jazaakillah khairan.. next part insha Allah maadhamaa ?

  2. Cherrychoppers says:
    July 20, 2020 at 5:38 pm

    Salaam dear readers.. here is the 20th part of the story.. hope u all love this episode too.. n btw sorry for the spelling mistakes..?? I did not preview this part before submitting..so there may be many mistakes..n I’ll be very thankful if u all highlight that . thank you for the support n love..much loves??

  3. Shuba... says:
    July 20, 2020 at 6:40 pm

    Vrh reethi… Mi noon ehchekey nukiyey dhw…
    Ehen v ma mifaharu ehen ehchekey bunaanee aslu honestly bunayya vrh kuru… Bt goas kh nunagahchey.
    I just said it in my point of view. Loved your story.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Cherrychoppers says:
      July 21, 2020 at 12:50 am

      Hehe..jazaakillah khairan shuba ? varah ufaavejje dear.. n ehgothakahvx negative kosheh nunagan mi comment eh infact positive koh visnunyy cox maa loabin dhw thi bunelyy hehe..yaa alhugandahvx heevey thihen aslu…insha allah dhen anna parts dhigukohlaanan..☺☺ love yu
      sis n tc ❤❤

  4. A says:
    July 21, 2020 at 12:53 pm

    Cover ga meeni zaaish ge real name bunedhyba

    1. Cherrychoppers says:
      July 21, 2020 at 1:49 pm

      Hehe alvero mel ?

Comments are closed.

Next Episodeހިތް ކަލާޔަށް އެދޭތީ..21←


All Right Reserved!