Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ސިފަ

Raifa Level 1
July 2, 2020 7 Mins Read
0 Comments

އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ނޫރާ ގެއިން ނުކުތީ  ގަޑިޖެހެން އެންމެ ފަސް މިނެންޓަށް ވެފައި ވަނިކޮށްށެވެ. ނޫރާ ނަލަ ވެލައި ކޮޑުގައި ދަބަސް އަޅުވައިގެން ނިކުތީ ކޮލެޖް އަށް ދާންށެވެ. “ގަޑި ޖެހިގެން ދާއިރުވެސް ތިހާ ފަރިނުވީޔާ ނުވަނީތަ ކޮންމެހެން…ކާކަށް ދައްކަން  ކަލޭ ކައިރީ މިހާރު ހާސް ދުވަހު ބުނެއްވިއްޖެ ކަލޭތީ އަންހެންކުއްޖެކޭ ކަލޭ ތިހެން މާ ތުއިވެގެން އުޅެންޔާ މާދަން ނޫންކަން ނޭނގޭ އަހަރުމެންގެ އަގު ވެއްޓޭނީ މި ސިކުނޑީގަ ހަދާންކޮށް މިކަން ބައިންދާތި ދެން އެއްޗެކޭ ބުނާއިރަށް އިނގޭނީ ރޯން ދެންވެސް އަވަހަށް ސައިކަލަށް އަރާބަލަ” ނޫރާ އެ މުއުސޫމް ދެލޯ ފެންކަޅިވީ ނޫރާ ބޭބެ އާޒިމްގެ ހަރުކަށި ބަސްތަކުންނެވެ. އާޒިމް އެއްވެސް ޖެހިލުމެއްނެތި މީހުން ޖާމާވެފައިވާ އެ ބޮޑު މާލޭގެ މަގުމަތީގައި  ނޫރާ ތުންފަތުގައިވާ ލިޕްސްޓިކްތައް އޭނަގެ ޖީބުން ޓިސޫއެއް ނެގުމައްފަހު   ރުޅިވެރިކަމާއެކު  ފޮހެލިއެވެ. ހަގީގަތުގައި ނޫރާ އަކީ އޭނާގެ އުމުރުގެ ކުދިންނެކޭ އެއްފަދައިން އެތަކެއް ފޮނި ހުވަފެންތަކެއް ދެކެމުން އައި ކުއްޖެކެވެ. އަމިއްލަ ފައިމައްޗައް ތެދުވުމުގެ ހުވަފެނެވެ.ނަރުހަކަށް ވުމުގެ ހުވަފެނެވެ.

މިއަދު މި ހުވަފެންތައް ކާމިޔާބު ކުރެވޭނެ ހުރިހާ ދޮރެއް ނޫރާ އަށް ވަނީ ހުޅުވިފައެވެ. ނަމަވެސް ނޫރާ ގެ އޮތީ ހަމަ އެންމެ ކުށެކެވެ. ނޫރާ އަކީ އަންހެން ކުއްޖަކަށް ވުމެވެ. ނޫރާ އަކީ މާލޭގެ ގަދަރުވެރި ތަނަވަސް އާއިލާއަކަށް އުފަން ކުއްޖެކެވެ. ނޫރާގެ އާއިލާގައި ތިބެނީ  4 މެމްބަރުންނެވެ. އެއީ  ނުރާގެ ބޭބެ އާޒިމް އާއި ނޫރާގެ މަންމަ ނާޒިމާ އާއި ބައްޕަ  އިބްރާހިމް އެވެ. ނަމަވެސް މި ތަހުޒީބީ ޒަމާނުގެ ތަހުޒީބީ ވިސްނުމަށް ފެތިފައި ވިއަސް އޭނާގެ މައިންބަފައިންގެ ވެސް ހުންނަނީ ކުރީ ޒަމާނުގެ ކަޓު ވިސްނުމެވެ. ނޫރާގެ މައިންބަފައިން ދެކެނީ ނޫރާ އަކީ އެމީހުންގެ ބަލިފައިކަމުގައެވެ. ބޭބެ އަށް ވެސް ވިސްނިފަ އޮންނަނީ އެހެންނެވެ. ނޫރާ އަކީ އަމިއްލަ ވެށީގައި އެއްވެސް މިނިވަންކަމެއް ނެތި   ޖަލެއްގައި ބަންދުވެފައިވާ ކުއްޖެކެވެ. ނޫރާ އަށް އަމިއްލަ އިޙްތިޔާރުގައި އެއްވެސް ކަމެއް ނުކުރެވެއެވެ. އިތުރަށް ކިޔަވަން ފުރުސަތު ލިބުނީ ވެސް މަންމަމެން ކާރީ ރޮއި  އާދޭސްކޮށްގެންނެވެ. ސުކޫލް ދައުރު ނިމުނީ އިރަށް ނޫރާ ގެ މަންމަމެން ބޭނުންވީ ނޫރާ މީހަކާ ކައިވެނި ކުރުމައްށެވެ. އަދި ނޫރާގެ މަންމަމެން މީހާރު ހުރީ ނޫރާ ކައިވެނިކުރަން މީހަކު ވެސް ހޯދާފައެވެ. ނޫރާ އަށް ކިޔެވެން ވެސް އޮތީ އެއްމެއަހަރަކުއެވެ. އެއީ ހަމައެކަނި ނާރސިންގެ އެޑްވާންސް      ހަދަން އެއްއަހަރު ދުވަހެވެ. އެޔަށްފަހު އިތުރަކަށް ނޫރާ ޔަކަށް ނުކިޔެވޭނެއެވެ. އަދި ކިޔެވުން ދޫކޮށް މީހަކާ އިންނަން އޭނާއާށް މިއަދު ވަނީ މަޖުބޫރުވެފައެވެ.

އާދައިގެ މަތިން ކޮލެޖްނިންމާފަ ނޫރާ ގޭޓުން ނިކުނަން މިސްރާބު ޖެހީ އޭނާގެ ހަމައެކަނި ހުރި ރަހުމަތްތެރިޔާ ލީނާ އާ އެކުގައެވެ. ނޫރާ އޭނާގެ ހުރިހާ ވާހަކަ އެއްވެސް ހިއްސާ ކުރަނީ ލީނާ އާ އެވެ. ލީނާ އަކީ ހަގީގަތުގައިވެސް ވަރަށް ހެޔޮލަފާ ރަނގަޅު ރަހްމަތްތެރިއެކެވެ. ނޫރާ އާށް ލިބުނު ނަސީބެކޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.ލީނާ އާށް ނޫރާ ގެ ހުރިހާ ކަމެއްވެސް އިނގޭނެއެވެ. އަދި ނޫރާ ތަހައްމަލް ކުރަމުން ދާ ހުރިހާ ކަމެއްވެސް ނޫރާ ހިއްސާކުރަނީ ލީނާ އާ އެވެ. ނޫރާ ދެކެނީ ލީނާ  އަކީ އަމިއްލަ އެއްބަނޑު އެއްބަފާ މީހެއްގޮތުގައެވެ. ދެ ރަހްމަތްތެރިން ނަށް ހަމަ އެކަނި ވާހަކަ ދެއްކެނީ ކޮލެޖުންނެވެ.ނޫރާ އަތު ކުޑަމިނުން ފޯނެއްވެސް ނޯވެއެވެ. އަދި މަންމަ މެންވެސް އޮންނަނީ ލީނާ ޔާ އެކު ބޭރަށް ހިގާލަން ދިއުން ވެސް މަނާ ކޮށްފައެވެ. ލީނާ ނޫރާ އާ ވާހަކަ ދައްކަން ފެށިއެވެ. “ނޫރާ  ތިހެން ނޫރާއަށް ކިހާ ދުވަހަކު އުޅެވޭނެ؟ ނޫރާ އަށް ވެސް އަމިއްލަ ހައްގުތަކެއް ވެއޭ އެޓްލީސްޓް ކުޑަވެސް އިތުބާރެއް ނޫރާ އާށް ނޫރާ މަންމަ މެން ކުރަންޖެހޭނެ ދޯ އެމީހުން ނޫރާ ދެކެ އެވަނީ ލޯބިތަ..؟ ތިހިރީ ނޫރާ ގެ ނިތްކުރިއަތް ކޮން އަނިޔާއެއް ލިބިފަ ދައްކަބާ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފަ މީނީ… އިގިއްޖެ މިއީ އޭނަ އަނިޔާ ކޮށްފަ ދޯ މީ އެ ފައިސަލް ކުރިކަމެއް ދޯ އަޅޭ އަނެއްކާ އޭނަ ނޫރާ ގަޔަށް…*ސީރިއަސްލީ ޝިޓްޓްޓް… ޓް ނޫރާ ދެން އަރެންނަކަށް ކެތެއްނުވާނެ ނޫރާ އަށް ތިވާގޮތް ބަލަން ހުންނާކަށް އަހަރެން ބޭނުން ނޫރާ ތިކަމުން ސަލާމަތް ކުރަން އަހަރެން  ތިކަން ރިޕޯރޓް ކުރާނަން” ލީނާ ގެ އެބަސްތަކުން ނޫރާ ގެ ދެލޯ ބޮޑުވިއެވެ.

“ޕުލީޒް ލީނާ އަހަރެންނަށް ޓަކާ ކަމެއްކޮށް ދެންޔާ ތިކަން ނުކުރައްޗޭ ޕުލީޒް….އަހަރެންގެ މަންމަ މެން އަހަރެންދެކެ ވަރަށް ލޯބިވެއޭ.. އަހަރެން ފައިސަލްގެ ހަގީގަތް މަންމަމެން ކުރިމައްޗަށް ހާމަކުރާނަމޭ.. އޭރަށް މަންމަ މެންނަށް ވެސް ވިސްނޭނެ ލީނާ އަހަރެން މިކަމުން ސަލާމަތް ވޭތޯ ދުއާކޮށްދެއްޗޭ ދެން ދަނީ އެއޮތް އައީ ބޭބެ ބާއި”

ނޫރާ އަކީ ހަމައެކަނި އަމިއްލަ މިނިވަންކަން ގެއްލިފައިވާ ކުއްޖެއް ނޫންނެވެ. އޭނާ އަށް ދިޔައީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެތަކެއް އަނިޔާތަކެއް  ލިބެމުންނެވެ. ފައިސަލް އަކީ ނޫރާ މަންމަ މެންއަށް ކަމުގޮސްގެން ނޫރާ އާ ކައިވެނި ކުރަން ހަމަޖެހިފައިވާ މީހާއެވެ. އެނާ އަކީވެސް މާލޭގެ ގަދަރުވެރި އާއިލާއެއްގެ މުއްސަންޖެކެވެ. ނޫރާ އަށް ވުރެން އެތައް އަހަރެއް ބޮޑު ފިރިހެނެކެވެ. ނޫރާ ގެ މަންމަ މެން ގަބޫލް ކުރާ ގޮތުގައި ފައިސަލް އަކީ ހަމަ ޖަވާހިރެކެވެ. އެނޫން ދެވަނަ މީހެއް ނޫރާ އަށް އެކަށީގެންވެސް ނުވެއެވެ. ނޫރާ ސުކޫލް ދައުރު ނިމިގެން ދިޔައިރު ނޫރާ އަށް ކަމުދާ ވަރަށް ރަނގަޅު ފިރިހެން ރައްޓެއްސެއް ހުއްޓެވެ. އެއީ އަކްރަމް އެވެ. ނަމަވެސް ބެބޭ ގެ ނަޒަރުން އަކްރަމް ސަލާމަތެއް ނުވިއެވެ. ނޫރާ އާ އަކްރަމް ވާހަކަ ދައްކާކަން އެގުމުން އަކްރަމް އަށް އެތަކެއް އިންޒާރުތަކެއް ދީ އޭނާއަށް ބިރު ދެއްކިއެވެ. އެއީ ހަމަ އެކަނި ނޫރައާ ވާހަކަ ދައްކާ ކަމަށް ޓަކައެވެ. އޭގެ ފަހުން އަކްރަމް ކަހަލަ ރަނގަޅު ރަހްމަތްތެރި އެއްވެސް ނޫރާ އަށް ގެއްލުނީއެވެ. މިއަދު ނޫރާއަށް ނުކުރާ އިތުބާރެއް ނޫރާގެ ބޭބެއާއި އޭނަގެ މާބަފައިން ފައިސަލް އަށް ކުރެއެވެ. ދުރުހިލޭ ފިރިހެނެއްގެ އަތްމަށްޗަށް ނޫރާ ދޫކޮށްލަނީ އެއްވެސް ބިރެއް ޖެހިލުމެއްނެތިއެވެ.ވާހަކަ ދައްކަން އެކަންޔެއްނޫންނެވެ. ނޫރާ މަންމަމެން ގޭ ނޫޅޭ ގަޑީވެސް ގެއަށް އަންނަން ފައިސަލް އަށް އޮންނަނީ ހުއްދަ ދީފައެވެ. ނޫރާ މަންމަ މެން ކުރިމަތީ ފައިސަލް ކިތަންމެ މާތްވެގެން އުޅުނަސް ފަރުދާގެ ފުރަގަހުގައި ފޮރުވެފައިވާ އެ ނުލަފާ އިންސާނާގެ ސިފަ ނޫރާ އަކަށް ވަންހަނާ ވެގެންނެއް ނުވެއެވެ.

އެތަކެއް ދުވަހެއްގެ މަތިން ފައިސަލް ދިޔައީ ނޫރާގެ އެ މައުސޫމް ކަމާ ނިކަމެތި ކަމުގެ ފައިދާ ނަގަމުންނެވެ. ނޫރާގެ ހަށިގަނޑަށް އޭނަ ބަލަމުން ދިޔައީ މިނިކާ ޖަނަވާރެއް ފަދައިންނެވެ. ނޫރާގެ ހަށިގަނޑުން ފައިސަލް ބޭނުންވާ އުފާތައް ހާސިލްކުރަމުން ދިޔައީ އެއްވެސް ރަހުމެއް ނެތިއެވެ.ނޫރާ ދިޔައީ ދުވަހެއް ދުވަހެއް ގެ މަތިން ފައިސަލް ގެ އެ ވަކިތަކުގެ ޝިކާރައަކަށް ވަމުންނެވެ. ނޫރާ އެތަކެއް ދުވަހަކު މަންމަ މެންނަށް ފައިސަލް ކޮށްފައިވާ އަނިޔާ ތަށް ދައްކާ މަންމަ މެން ކުރިމައްޗަށް ފައިސަލްގެ ހަގީގަތް ހާމަ ކުރެވޭތޯ ވަރަށް މަސަކަތްކުރިއެވެ.ނަމަވެސް ނޫރާ މަންމަމެންނަށް އޭގެން އެއްވެސް އަސަރެއް ނުކުރިއެވެ.އޭގެ ބަދަލުގައި ނޫރާ މަންމަމެން ގަބޫލުކުރީ އެއީ ނޫރާ އަމިއްލައަށް ފައިސަލް އާ ދުރުވާން ނޫރާގެ ހަށިގަނޑަށް  ދޭ އަނިޔާކަމުގައެވެ. ނަމަވެސް ތަކުދީރުގެ ނިޔާ އެޔަށް ވުރެން މާ ފުރިހަމައެވެ.ނޫރާ އެތަކެއް ދުވަހަކު ކުރި ދުއާތައް މާތް ރަސްކަނލާގެ އިޖާބަކުރެއްވިއެވެ.

އާދައިގެ މަތިން އެރެޔަކީ މަންމަ އާއި ބައްޕަ އާއި ބޭބެ ސޮޕިން ކުރަން ބޭރަށް  ދިޔަ ރެއެކެވެ.ހަމަ އެޔާއެކު ފައިސަލް އެދަނޑިވަޅު ބަލާފައި ގެޔަށް އައެވެ. ނޫރާ ހުރީ ސިޓިންރޫމް ގައި ފެންބޮވާގަނެގެން ތައްޓަކަށް ފެން އަޅަންށެވެ. ފައިސަލް ދޮރު ހުޅުވާފައި އެތެރެއަށް ވަތް މަންޒަރު ފެނުމާއެކު ނުރާ ދިޔައީ ސިއްސައިގެނެވެ. އަދި ނޫރާގެ އަތުގައި އޮތް ބިއްލޫރި ތަށި މުށިތައް މައްޗައް ވެއްޓި ތަޅައިގެން ދިޔައެވެ.ފައިސަލް ވަނީ ނޫރާ އަށް ވުރެން ބޮޑަށް ނޫރާ ގެ ހަށިގނޑު ގެ އަރާމަށް ފެންބޮވާ ގަނެފައެވެ. ޝިކާރަ ކުރާ މިނިކާވަގެން ހެން ކުއްލިއަކަށް އޭނާ ނޫރާ ކާރިއަށް ޖެހިގަތެވެ.އަދި ނޫރާ ގެ ގައިގައި ހިފައި ނޫރާ ސޯފާ ގެ ކާރިއަށް ކޮއްޕާލިއެވެ.  އަދި ފައިސަލް ގެ ރަހުމުކުޑަ އެދެއަތުން ނޫރާގެ އިސްތަށިގަނޑު ގައި ހިފައި ނަގައި ސޯފާގައި ބޭންދިއެވެ. އަދި ނޫރާ ގެ ގަޔާ ފައިސަލް ކާރިވާން ފެށިއެވެ. ނޫރާ އަށް އެރޭ ކުޑަނަމަވެސް ހިތްވަރެއް ލިބުނެވެ. ނޫރާ އާ އިތުރަށް ކެއްނުވެގެން ނޫރާ ފައިސަލް ކާރިވާން މަސައްކަތް ކުރުމުން ފައިސަލް ގެ މޫނަށް ކުޅު ޖެހިއެވެ. އެޔާއެކު ކުޅުތައް ފައިސަލް ގެ މޫނަށް ބުރާގެން ދިޔައެވެ. ފައިސަލް އިތުރައް ރުޅި ގަދަވިއެވެ. ނަމަވެސް ދެން އޭނަ ފެއްޓީ ހޭންށެވެ. ނޫރާ ކުޑަކޮށް ހައިރާން ވިއެވެ. އެޔަށްފަހު ފައިސަލް ނޫރާގެ މޫނުގައި ހޫނުގަދަ އެތިފަހަރެއް އަޅުވާލިއެވެ. އަދި ކުރިއަށް ވުރެން ބާރަށް ނޫރާގެ އިސްތަށިގަނޑުގައި ހިފައި ނޫރާގެ މޫނު ފައިސަލް އާ ދިމާލަށް ކާރި ކޮށް ފައިސަލް ގެ އަނެއް އަތުން ނޫރާ ގެ ކޮލުގައި ހިފައި ބާރު ކޮށްލިއެވެ.. ” އޯ އައިއެމް ސޯ ސޮރީ ނޫރާ މައި ލަވް ވަރަށް ތަދުވެއްޖެ ދޯ ތިގޮތައް ބަސްނާހާ ނޫޅެބަލަ އިނގެޔެއްނު ބަސްނާހާފީޔާ ވާ ގޮތް އަހަރެން ނޫރާ ދެކެ ވަރަށް ލޯބިވޭ އޭ ތީ މަގޭ ފުރާނައެއްނު …އެކަމު މިރޭ މަގޭ ލޯބި ގަނޑު ހާދަ ހިތްވަރު ގަދަ ވެއްޖޭ ދޯ …މިހާރު މަށަށް ވުރެން ވެސް ބާރުގަދަ ވާން ފަށާފި.. އެކަމަކު އައި ލައިކް އިޓް ނޫރާ ގެ ތި ސިފަ އަހަރެން ނަށް ވަރަށް ކަމުގޮއްސި..އެކަމަކު ދެން ތިހެން މަގޭގަޔަށް ކުޅު ޖަހާފީޔާ މިކޯ ގަނޑު އެއްކޮށް ފިތާލާނަން ހަދާން ކުރާތި”

ފައިސަލް އެހެން ބުނުމަށްފަހު ނޫރާގެ ކޮލުން އޭނާގެ އަތް ދޫކޮށްލިއެވެ.”ކަލޭ އަހަރެން ދެކެ ތި ވަނީ ލޯބިތަ ކަލޭ އަހަރެން ދެކެ އެއްވެސް ލޯބެއްނުވޭ ކަލޭ ލޯބި ވަނީ ހަމައެކަނި އަހަރެންގެ ހަށިގަނޑު ދެކެ ކަލޭ އަހަރެން ފާރާތުން އެއްކަމެއް ހަދާން ބަހައްޓާތި ކަލޭގެ ތި މުޑުދާރު ސިފަ އަހަރެންގެ މައިންބަފާންގެ ކުރިމައްޗަށް ގެންނާނަން… ކަލޭ އަށް އަބަދަކު އަހަރެންގެ ނިކަމެތި ކަމުގެ ފައިދާއެއް ނުނެގޭނެ..”

ނޫރާ ގެ އެ ރުޅި ވެރި އަޑުގައި ވަނީ ހިތްވަރެވެ.ޖިންސީ ޝިކާރައަކަށް ވަމުން އައި ކުއްޖެއްގެ ހިއްވަރެވެ.މިނިވަން ކަން ނިގުޅައިގަނެފައިވާ ކުއްޖެއްގެ ހިއްވަރެވެ.އަނިޔާތަކާ ވޭނުންފުރިފައިވާ ކުއްޖެއްގެ ހިއްވަރެވެ.ނޫރާ ގެ އެރުޅި ވެރި ބަސްތަކުން ފައިސަލް އަށް ހަމަ އެއްވެސް އަސަރެއް ނުކުރިއެވެ.

“ހަހަހަހަ އާން މަށެއް ނޫރާ ދެކެ ލޯބެއްނުވޭ އަހަރެން ބޭނުމީ ނޫރާގެ ތި ލޯބި ހަށިގަނޑު ..  ދެން ތިބުނީ މައިންބަފައިނޭ އެއީ ނޫރާގެ މައިންބަފައިންތަ އެމީހުން މަދެކެ މާ ލޯބިވާނެ އެމީހުނައް މަމީ ހަމަ ތެދު އަލިފެއްނު މަ ޖަހާ ކޮންމެ ބެރަކަށް އެމީހުން ތިބޭނީ ނަށަން ތައްޔާރަށް ހުރިހާ ބާރެއްވެސް މިއޮތީ ހަމަ މައަތުގައި މާދަމާވެސް މަ ނޫރާ އާ ކައިވެނި ނުކުރާނަމޭ ބުނެފީޔާ ބުނާނެ އެއީ ނޫރާ ގެ ކުށެކޭ ރަނގަޅަށްށޭ ހަމަ އެބުނަނީ ނޫރާ ޖެހޭނު އަހަރެން އުފާ ކޮށްދެން ހަހަހަހަ…ދެންވެސް ކާމިޔާބު ނުވާނެ ކަމެއް ކާމިޔާބު ކުރަން ތިއުޅެނީ ނުވާނެ ތިކަމެއް ..  އާދެބާ އަހަރެން ކާރިއަށް ބޭކާރު އަނގަ ނުތަޅާ” ފައިސަލް އެހެން ބުނުމާއެކު ނޫރާ ފައިސަލްގެ މޫނުމަތީ ބާރު އެތިފަހަރެއް އަޅާފައި ސަލާމަތްވާން ދުއްވައިގަތެވެ.ހަމަ އެޔާއެކު ފައިސަލް ބާރު ދުވެލީގައި އައިސް ނުރާގެ ގައިގައި ބައްދައިލިއެވެ. އަދި ސޯފަގެ ތެރެއަށް ޖެހިގަނެ ނޫރާގައިގައި އޮޅުލަންފެށިއެވެ. ނުރާ އޭރު ދިޔައީ ރޮއި ހޭރެމުންނެވެ.

ތަކުދީރު ނިޔާކުރި ގޮތުން ނޫރާގެ މަންމަމެންނަށް ގެއަށް އާދެވުނީ ހަމަ އެގަޑީގައެވެ.ނޫރާގެ މަންމައާއި ނޫރާގެ ބައްޕަ އާއި ބޭބެ ދޮރު ހުޅުވާލީއިރު ނޫރާ ވަނީ ފައިސަލްގެ ވަކިތަކުގެ ދަށުގައެވެ. ކުއްލިއަކަށް ފައިސަލް ނޫރާގެ ގަޔާ ދުރަށް ޖެހުނެވެ. އަދި ބާރުގަދަ ކަމަށް ދެކިގެން އުޅޭ އެނުލަފާ އިންސާނާގެ މޫނުމަތިން ފެނަމުން ދިޔައީ ހާސްކަމާއި ބިރުވެރި ކަމެވެ.ނޫރާ މަންމަ ނާޒިމާގެ ލޯ އެ މަންޒަރު ފެނިފައި ފެންކަޅިވިއެވެ. މައިވަންތަކަމުގެ ލޯބި އުތުރި އެރި ކަހަލައެވެ.ނޫރާ ކާރިއަށް ގޮސް ނޫރާ ގެ ގައިގައި ދަރިފުޅާ އޭ ކިޔައި ބާރަށް ބައްދާލިއެވެ.ނޫރާ ގެ ބޭބެ އަށް މާބޮޑުވަރުވިއެވެ.ނޫރާ ގެ ބޭބެ އާޒިމް ބާރު ހިގުމެއްގައި ގޮސް ފައިސަލް ގެ ގަމީހުގެ ގިރުވާނުގައި ހިފައި މުށިތައް މަށްޗަށް ވައްޓާލިއެވެ.”މިހިރަ ޖަނަވާރާ ކަލޭ އަށް އަމިއްލަ ކޮއްކޮއަށް ނުކުރާވަރަށް އިތުބާރު ކުރިން …މިއަދު މަގޭ އަތުން މަގޭ ކޮއްކޮގެ ހަޔާތް މި ބަރުބާދުވީ ހަމަ ކަލޭއާ ހެދި .. ކަލޭގެ ގޮތްކުޑަ ކަން ދެކިބަލަ..މިރޭ މަގޭ އަތުން  ކަލޭ މަރުވާނެ”

އާޒިމް ރުޅިވެރިކަމާއެކު ދިޔައީ   ފައިސަލް އަށް އެކިވަރުގެ އަނިޔާތައް ދެމުންނެވެ.ނޫރާ އިނީ އެމަންޒަރު ރޮމުން                   އުފާވެރިކަމާއެކު ބަލާންށެވެ. އެނުލަފާ އިންސާނާ ނޫރާ އަ ދިން އަނިޔާ ތަކުގެ ބަދަލުގައި އެއީ އެއްވެސް އެއްޗެއް ނޫންނެވެ. ނޫރާ ގެ ބައްޕަ އިބްރާހިމް ދިޔައީ  އާޒިމް ހުއްޓުވޭތޯ ވަރަށް މަސަކަތް ކުރަމުންނެވެ. ނަމަވެސް އާޒިމް އަކަށް އޭގެން އެއްވެސް ފަރުވާލެއް ނެތެވެ. އާޒިމް މޭޒުމަތީ ބަހައްޓާފަ ހުރި ވަޅިތަކުގެ ތެރޭން ވަޅިއެއް ނަގައި ފައިސަލް ގެ ގައިގެ އެކި ތަންތަނަށް ވަޅި ޖަހައި ޒަހަމް ކޮށްލިއެވެ. މާ ލަސްތަކެއް ނުވެ ލޭގެ ބޮޑު ކޯރެއް ބަންޑުން ވެގެން ދިޔައެވެ.މިހާރު ނޫރާ ގެ ކުރިމަތީ އޮތީ އެނުލަފާ ނުބައި ޖާހިލު އިންސާނާގެ ފުރާނަ ނެތް މަސްގަނޑެވެ. އެންމެން ދިޔައީ ބާރަށް ގިސްލައި ރޮމުންނެވެ. އާޒިމް ގެ ގައިވަނީ ލެއިން ފޯވެފައެވެ. އާޒިމް މާޔޫސްކަމާއި މޮޅިވެރިކަމާއެކު މަޑުމަޑުން ނޫރާ ކާރިއަށް އައެވެ. އަދި ނޫރާގެ ބޮލުގައި ފިރުމާލިއެވެ. އަދި ރޮމުން ވާހަކަ ދެއްކިއެވެ. “ނޫރާ ދޮންބެއަށް މާފު ކުރޭ ދޮންބެއަށް ނޫރާ އާ ދޭތެރެ ކަންތައް ކުރެވުނީ ވަރަށް ވެސް ގޯސްކޮށް … ދޮންބެ މީ ނޫރާ ގެ ކުއްވެރިއެއް ..ދޮންބެ އެކަންޔެއް ނޫން މި އެއްމެންވެސް.. މިއަދު އަހަރެމެންގެ ސަބަބުން މަންމާ ބައްޕާ …..ކޮއްކޮ ބަރުބާދު ވެއްޖެ..ނޫރާ ދެން ކޮއްކޮ ބޭނުން ކަމެއް ލައިފް ގަ ކުރޭ ކޮއްކޮ ބޭނުން ތާކަށް ދޭ ދޮންބެ ނުހުންނާނެ މަނާ ކުރާކަށް އަދި މަންމަ އެއްވެސް ބައްޕަ އެއްވެސް ނުކުރާނެ އެންޑް އިޓްސް އަ ޕުރޮމިސް… ކޮއްކޮ ކިޔާވާތި އަދި ރަނގަޅު ކުއްޖަކަށް ވާތި .. ދޮންބެ ނޫރާ އަށް ޓަކާ ޖަލަށް ދަންވެސް މިހިރީ ތައްޔާރަށް އެއީ ދޮންބެގެ ސަޒާ އަކީ ބައްޕާ ޕޮލިހަށް ގުޅާ..” އެ ރެޔަކީ ނޫރާގެ ހަޔާތުގައި ލިޔެވިގެން ދިޔަ ކަޅު ސޮފްޙާއެކެވެ. އެރެޔަށްފަހު ނޫރާ ގެ އެ އަދިރިވެރި ހަޔާތައް އުފާވެރިކަމާއި އުޖާލާކަން ވެރިވެގެން ދިޔައެވެ. ކޮށީގައި ގިނަދުވަހު ބަންދު ކޮށްފައި އިން ދޫންޔަކަށް މިނިވަންކަމާ އެކު ޖައްވުގެ  ތެރޭގައި އުދުހެވޭ މިސާލުންނެވެ. މިހާރު ނޫރާ އަކީ ފަހުރުވެރިކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ކުއްޖެކެވެ. ނޫރާ އަކީ  މިހާރު އަމިއްލަ ހުވަފެން ހިތްވަރާއެކު ކާމިޔާބު ކޮށްފައިވާ ކުއްޖެކެވެ. ނޫރާ އަކީ އައީޖީ އެމް އެޗް ގައި ވަޒީފާ އަދާ ކުރަމުން އަންނަ ނަރުހެކެވެ. ނޫރާ އެދެނީ ނޫރާ އަށް ވީފަދަ ގޮތެއް އެއްވެސް އަންހެން ކުއްޖަކަށް ނުވުމެވެ. އަންހެން ކުއްޖަކަށް ވުމަކީ ކުށެއް ނޫންނެވެ. ކުށަކަށް ހަދަނީ މީހުން ގެ ނަޒަރެވެ. މީހުން ދެކޭގޮތެވެ. ދިރިއުޅުމުގައި އިތުބާރަކީ ވަރަށް މުހިއްމު އެއްޗެކެވެ.  އިތުބާރުވެސް ކުރަން ޖެހޭނެއެވެ.ނަމަވެސް ފެންނަ ކޮންމެ މީހަކަށް އިތުބާރު ކުރުމަކީ ބުއްދިވެރި ގޮތެއްނޫންނެވެ. ކޮންމެ އިންސާނެއްގެ ވެސް ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ ސިފަ އެއްވާނެ ކަން އަބަދުވެސް ގަބޫލުކުރަން ޖެހޭނެއެވެ.

 

 

 

Share Article

Follow Me Written By

Raifa

Level 1

Other Articles

Previous

ލަމްހާ – 2

Next

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 16

Next
July 2, 2020

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 16

Previews
June 30, 2020

ލަމްހާ – 2



All Right Reserved!