Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ދެވަނަ ބައި )

ñëřF Level 1
June 30, 2020 3 Mins Read
6 Comments

އެސޫރައަށް އެހިތުން ދެވިފައިވާ ޖާގައަށް ކުޑަވެސް އުނިކަމެއް އަތުވެދާނެ ހެއްޔެވެ؟ އެއީ އޭނާގެ ހުރިހާ އުފަލަކާއި ހިތާމައެއްގައި އެއް ހަށިގަނޑެއް ފަދައިން ބައިވެރިވި އޭނާގެ ލޯބިވެރިޔާ އެވެ. ކޮންމެފަދަ ހާލެއްގައިވެސް އެކުގައި ވަކިނުވެ އުޅުމަށް ވަޢުދުވީ ބައިވެރިޔާއެވެ. އުމުރުން މިވީ 25 އަަހަރުތެރޭ އެހެން އަންހެންކުއްޖަކަށް އެފަދަ ނަޒަރަކުން ބަލައިނުލީވެސް ހަމަ އެލޯބިވެރިޔާ އަށް ވީ ވަޢުދު އޭނާ ދެމެހެއްޓުމަަށް ޓަކައެވެ. އޭގެ ދެވަނަ ސިކުންތުގައި އެވަޢުދުތަކާއި ޚިލާފް އަމާނާ ކަން ހަނދާންވުމުން ތުންފަތަށް މާޔޫސީ ހިނިތުންވުމެއް ވެރިވިއެވެ. ވިސްނާފިކުރުކުރުމުގެ ފުންކަނޑެއްގައި ގެނބި ޣަރަޤުވަމުން ދިޔަ އަލާއުއަށް ސިހުން ގެނުވީ އޭނާގެ ނަން ތަކުރާރު ކޮށްލުމުންނެވެ. ކުރިމަތީގައި އިން އަމާނާއަށް ހިތި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ގޮނޑީގައި އިށީނެވެ. އަމާނާ ކުރަމުން ދިޔަ ސުވާލުތަކަށް އަލާއު ޖަވާބުދެމުން ގެންދިޔައީ ހުޝިޔާރުވެ އިނދެއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ! ޖޮބް ލިބިއްޖެނަމަ މިކޮޅުން އަންގާލާނަން. ދެން އެންމެ ރަނގަޅު ދުރުވިޔަސް”- އަމާނާ ބުނެލިއެވެ. އަލާއު އަސަރެއް ނެތް ހިނިތުންވުމެއް އަމާނާއަށް ދެމުން ބޯޖަހާލިއެވެ. އަލާއު ކޮޓަރިން ނުކުމެގެން ދިޔަތަން ބަލަން އަމާނާއަށް އިނދެވުނީ ކުށްވެރިކަމުގެ އިހްސާސަކާއި އެކުގައެވެ. ވަގުތުން އެދެލޮލުން ހިފެެހެއްޓުމެތް ނެތް ކަރުނަތައް އޮހެން ފެށިއެވެ.
* * * * *
އަލާއުގެ ޙާލަކީ ތޯއެވެ. 7 އަހަރު ފަހުން އެހިތުގެ ރާނީ ފެނުމުން ހިތުގެ ކަނެއްގައި ފަސްއަޅައި ފޮރުވާފައިވި އިހްސާސްތައް ހޭލައްވާލި ކަހަލައެވެ. އެ ތޫލި ހިތްގައިމު އަޑެވެ. އެތުނިތުނި ތުންފަތެވެ. މައުސޫމު ދެލޮލެވެ. އެހުންނަ ލަދުވެތި ކަމެވެ. މިއަދު އަލާއު ދަންނަ މީހަކަށްވެސް ހަދައިނުލާ މާތް ބަހުން ވާހަކަ ދެއްކުމުން އެހިތަށް ލިބުނު ކެކުޅުމާއި ވޭން ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެެވެ. ނަމަވެސް އަމާނާ އެހިތަށް ޝިފާ ނުލިބޭނެފަދަ ޒަޚަމްތަކެއް އެހިތުގައި ލައްވާލައިފިއެވެ. ދެން އިތުރަށް އަމާނާއަށްޓަކައި އެންމެ ކަރުނަތިއްކެއް ވެސް ނުއޮހޮރުމަށް އަޒުމް ކަނޑައެޅިއެވެ، ގެއަށް އައިސް ވަން އަލާއުގެ އިންތިޒާރުގައި އެންމެން ތިއްބެެވެ. “ކޮބާ ކިހިނެއް ދިޔައީ؟” އާޒިމާ އަހާލިއެވެ. ބޮޑުވާއިނގިލި ދައްކާލުމަށްފަހު ގަދަކަމުން ހިނިތުންވެލާފައި ދިޔައެެވެ. މިއަދު އަމާނާ ފެނުނު ފަހުން އެހިތުގެ ހަމަޖެހުންވަނީ ނަގާލާފައެވެ. 7 އަހަރުކުރީގެ އުފާވެރި އަދި ހިތި ހަނދާންތައް އާލާވާންފެށިއެވެ. ދެފަރާތަށް ބޯހަލުވާލީ އެހަނދާންތަކުން ދުރުވެލުމުގެ ބޭނުމުގައެވެ. ގަމީސްބާލާ ކޮނޑުގައި އަޅުވާލުމަށްފަހު އެނދުގައި އޮށޯތެވެ. އެކަސްރަތީ ހަށިގަނޑުގެ މަސްތައް ފެނި އަންހެންކުދިންގެ ހިތް އަވަސްކުރުވާނެ ކަމީ ޝައްކެއްނެތް ކަމެކެވެ. އެއަށްފަހު ފޯނުންއާދައިގެ މަތިން “ދުރުވާކަށް ތިލޯތްބަށް މަ ނޭދެން” ލަވަ ޖަހާލިއެވެ. އެލަވަ އަކީ އޭނާގެ ހަޔާތާއި ގުޅިފައިވާ ލަވަޔަކަށް ވާތީ ހަަމަ އިޚްތިޔާރުން ބޭރުގައިވެސް އެލަވަ ބެލެނީއެވެ.
ާ*ދުރުވާކަށް ތިލޯތްބަށް މަނޭދެން*
*ދުރުގައިވާން ހިތެއް އަދު މަނޭދެން*
*ހުރުމަށް އަރިހުގައި ލޯބިވާ އަދު ބޭނުންވޭ ވުމަށް ގާތުގަައި*
*އާދޭތޯ އިންނާނަން ލޯބިން ތިޔަ އިންތިޒާރުގައި*
*ލިބިދޭތޯ އިންނާނަން ލޯބިން ތިޔަ އިންތިހާ އުފާ*
ކޮޓަރި ދޮރުގައި ޓަކި ޖަހާލުމަށް އަތްނެގި އާޒިމާއަށް ހުއްޓެން މަޖުބޫރުކުރުވީ އަލާއުގެ ހިތްގައިމު އަޑުން ކިޔަމުން ދިޔަ ލަވައެވެ. އެއަޑުގައިވި ރިހުން އާޒިމާ އަކަށް ވަންހަނާއެއް ނުވިއެވެ. ބޮޑުވެފައިހުރި ދަރިޔަކު ހިތާމަކުރާތަން ދެކެން މަޔަކަށް ކެތްވާނެ ހެއްޔެވެ؟ އަލާއުއަށް ނުގޮވާ އާޒިމާ ދިޔައީ އެދަރިފުޅުގެ އުދާސްތައް ބޭރުކޮށްލުމުގެ ފުރުސަތު ދިނުމުގެގޮތުންނެވެ.
* * * * *
ބެލްކަނީގެ އުނދޯލީގައި އިނދެ އަލާއު ހޮޓްޗޮކްލެޓެއް ބޮމުން ދިޔަ އަލާއުގެ ހަންދާންތައް މިސްރާބުޖަހަމުން ދިޔައީ މީގެ ފަސްއަހަރު ކުރިއަށެވެ. ހަމަ ބެލްކަނީގެ އުނދޯއްޔެއްގައި އަލާއު އާއި އަމާނާ ހޮޓްޗޮކްލެޓެއް ބުއި ހަނދާނެވެ. މަޖަލަކަށް ހަދާފައި އަލާއު ޝަހާދުއިނގިލިން ހޮޓްޗޮކްލެޓްކޮޅެއް ނަގާ އަމާނާގެ މޫނުމަތީ އުނގުޅާލި ހަނދާނެެވެ. އެއަށްފަހު ދެމީހުން ޖެހި ސަަކަރާތެވެ. ވާރޭ ވެހުމުން ވާރޭގައި ތެމުނު ގޮތެވެ. އެހަނދާންތައް އާލާވުމުން ހިތުގައި ރިހުމެއް އުފެދުނެވެ. ދުލުން މަޑުމަޑު އާހެއް ބޭރުކޮށްލެވުނެވެ. އަލާއުގެ ކޮޓަރިއަށް އާޒިމާވަންއިރު ބެލްކަނީގެ ހުޅުވާފައި ހުރި ދޮރުގެ ދޭތެރެއިން އަލާއުގެ މަޑުމަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެެވެ. އާޒިމާގެ ހިތުގައި ވެސް ރިއްސާލިއެެވެ. މަޑުހިނގުމެއްގައި ގޮސް އަލާއުކައިރީ އިށީނދެ އޭނާގެ ބޮލުގައި ފިރުމާލިއެވެ. އާޒިމާގެ އޯގާތެރިކަމުން އަލާއުއަށް އިތުރަށް ރޮވުނީ އެވެ. އާޒިމާގެ އުނގުގައި އަލާއު ބޯ އަޅާލުމުން އަލާއުގެ ކަރުނަތައް އާޒިމާ ފޮހެދޭންފެށިއެވެ. “ކީއްވެތަ މަންމާ؟ އަމާނާވެސް މިންހާވެސް ޒުހާވެސް އަހަރެން ދޫކޮށްލީ؟ އަހަރެންކުރި ކޮންކުށެއްގެ ސަޒާތަ މިދުނިޔެމަތީން އަހަރެންނަށް މިލިބެނީ!” އަލާއުގެ ހިތުގެ ހާލު އެދުލުން ބަޔާންކުރުމުން އެ ދަރިފުޅުގެ ކަރުނަތައް ފޮހެލުން ނޫންކަމެއް އާޒިމާ އަށް ނުކުރެވުނެވެ.
* * * * *
ރޭގަނޑުގެ ރާނީ ކަމުގައިވާ ހަނދު ފަޚުރުވެރިކަމާއިއެކު މެދު އުޑުގައި ރަނިކަންކުރަމުން ގެންދިޔަވަގުތެވެ. އަލާއު ޢިޝާނަމާދު ކޮށްލައިގެން އައިސް އުނދޯލީގައި ޖައްސާލިއެެވެ. ކަމެއް ނުކޮށް އިންނަން ފެށުމުން އަނެއްކާވެސް އަމާނާގެ ޚިޔާލުތަކުން ސިކުނޑި ފުރިބާރުވާންފެށިއެވެ. އަމާނާއަށްޓަކައި އެންމެ ކަރުނަތިއްކެއްވެސް ނުއޮހޮރުވަން އަޒުމް ކަނޑައެޅިނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ. އަމާނާގެ ސަބަބުން އެހިތުގައި މިޔަތޫނު ހަންޖަރަކުން އެތައް ޒަޚަމެއް ލިބިފައިވެއެވެ. އަމާނާ ނޫން ފަރާތަކަށް އެޒަޚަމްތަކަށް ފަރުވާއެއް ނުދެވޭނެއެވެ. ރައްޓެހި ވި ކުދިން ތެރެއިން އެންމެ މަތިވެރި ލޯތްބެއް ވެވުނީ އަމާނާ ދެކެއެވެ. އެލޯތްބާއި އިތުބާރުވެސް ނެތިކޮށްލީ ހަމަ އެ އަމާނާއެވެ. ދެން ދުވަހަކުވެސް އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭނެކަމެއް ނޭނގެއެވެ. ނަމަވެސް އަލާއުއަށް ނޭނގުނުކަމަކީ އަމާނާވެސް ހަމަ އެހިތާމަ ކުރަމުން ދާކަމެވެ. އަލާއު އާއި ދުރުވުމަށް ކޮންމެވެސް މަޖުބޫރީއެއް ވާ ކަމެވެ. އެކަމުގައި އެތަކެއް ސިއްރުތަކެއް ވާ ކަމެވެ. ހުރިހާ ކަމެއް ބޭޒާރުވެ ފަޅާއަރާކަށް ދެން މާ ގިނަ ދުވަހެއް ނެތް ކަމެވެ .
ޢަޒީމް ގުޅާފައި ދިން ޚަބަރަކުން އަލާއުއަށް އުފަލުން ބައްތިރީސް ދަތް ދައްކާލެވުނެވެ. އަލާއުއަށް ވަޒީފާ ހަމަޖެހުނީއެވެ. އެންމެ ފުރަތަމަވެސް މި ޚަބަރު ލަންޑަންގައި ހުރި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ އަޔާންއަށް ދިނެވެ. ނަވްލީނަށް ގުޅަން އުޅެފައިވެސް ޚިޔާލު ބަދަލުވުމުން ފޯނު ބޭއްވިއެެވެ. ލަސްނުކޮށް ނިދީ މާދަމާއަކީ ވަޒީފާއަށް ދާ ފުރަތަމަ ދުވަސް ކަމުންނެވެ.
(ނުނިމޭ)
ނޯޓް: އަޅުގަނޑު ވަަރަށް ބޮޑަށް ހުންއައިސްގެން އުޅޭތީ މިބައި ދިގު ނުކޮޢްލެވުނީއެެވެ. މިބައިވެސް ކިޔުންތެެރިން ހިތްހަމަ ނުޖެހިދާނެތީ މިހާ ކުރުކޮށް ވެސް ގެނެސްދިނީއެވެ. އެކަމަށް ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. ދެން އޮތް އެޕިސޯޑް އިންޝާﷲ ދިގު ކޮށްލާނަމެވެ. ވާހަކަ އަށް ތިދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. މިބައިވެސް ކަމުދާނެކަމަށް ހީކުރަމެވެ،. ދެން އޮތްބައި އިންޝާﷲ އަންނަ ހަފްތާގެ ހޯމަ ދުވަހު. އިންތިޒާރުކޮށްލައްވާ!

Share Article

Follow Me Written By

ñëřF

Level 1

Other Articles

Previous

ޒާޔާ (ސާދަވަނަ ބައި)

Next

ނުފިލާނޭ މިހިތަކުން… 19

Next
June 30, 2020

ނުފިލާނޭ މިހިތަކުން… 19

Previews
June 30, 2020

ޒާޔާ (ސާދަވަނަ ބައި)

6 Comments!

  1. ??Naju?? says:
    June 30, 2020 at 2:55 pm

    Masha allah ❤️ v reethi mi part… Gws dear ?

    1. ñëřF says:
      July 1, 2020 at 12:19 pm

      Thankyou naju. story kiyaaleethy. ??? now I feel better thnx

  2. Aar.Aa says:
    June 30, 2020 at 8:42 pm

    Shafakahllah

    1. ñëřF says:
      July 1, 2020 at 12:20 pm

      alhamdhulillah now I’m feeling better thanks aar. aa

  3. Anaaya anaa says:
    July 1, 2020 at 11:37 am

    Nice mashaallah ☺️☺️☺️☺️whn nxt prt ❤️❤️❤️❤️☺️❤️☺️☺️❤️☺️❤️❤️❤️❤️❤️❤️☺️☺️love you take care

    1. ñëřF says:
      July 1, 2020 at 12:23 pm

      thanks a lot anaaya. daily reader eh! Anaayaaage faraathun libey support ah shukuriyyaa. it helps, me a lot. next part Monday ga weekehga parteh. love you too stay safe wash hands and if itsnt necessary stay at home take care. ?????

Comments are closed.



All Right Reserved!