އެސޫރައަށް އެހިތުން ދެވިފައިވާ ޖާގައަށް ކުޑަވެސް އުނިކަމެއް އަތުވެދާނެ ހެއްޔެވެ؟ އެއީ އޭނާގެ ހުރިހާ އުފަލަކާއި ހިތާމައެއްގައި އެއް ހަށިގަނޑެއް ފަދައިން ބައިވެރިވި އޭނާގެ ލޯބިވެރިޔާ އެވެ. ކޮންމެފަދަ ހާލެއްގައިވެސް އެކުގައި ވަކިނުވެ އުޅުމަށް ވަޢުދުވީ ބައިވެރިޔާއެވެ. އުމުރުން މިވީ 25 އަަހަރުތެރޭ އެހެން އަންހެންކުއްޖަކަށް އެފަދަ ނަޒަރަކުން ބަލައިނުލީވެސް ހަމަ އެލޯބިވެރިޔާ އަށް ވީ ވަޢުދު އޭނާ ދެމެހެއްޓުމަަށް ޓަކައެވެ. އޭގެ ދެވަނަ ސިކުންތުގައި އެވަޢުދުތަކާއި ޚިލާފް އަމާނާ ކަން ހަނދާންވުމުން ތުންފަތަށް މާޔޫސީ ހިނިތުންވުމެއް […]
6 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެރޕޯޓްގެ ރަންވޭގައި ލަންޑަނުން އައި ބޯޓު ޖެއްސިއެވެ. މިހުރިހާއިރު ނުތަނަވަސްކަން ފެންނަމުން ދިޔަ މޫނުތަކުން ހިތްހަމަޖެހުން ފެންނަން ފަށައިފިއެވެ. ބޯޓުން ނުކުންނަން ހުއްދަ ދިނުމުން ހިނިހޮރު ތަކަކުން ހިނިތަކެއް ނިކުންނަހެން މީހުންތައް ނިކުންނަން ފެށިއެވެ. އަލާއު ވެސް ބޯޓުން ފައިބައިގެން ދުވެލާފަ ގޮސް ޓާމިނަލަށް ވަނެެވެ،. ގޮސް އޭނާގެ ލަގެޖު ނެގުމަށްފަހު ޓްރޮލީ އަަކަށް އަރުވައިގެން ޓެކްސީ ކިޔުއަށް ދިޔައެވެ. ޓެކްސީއެއް ހުއްޓުވައިގެން އޭނާގެ މަންޒިލް ކަމަށްވާ ހުޅުމާލެއަށް […]
އިރުއޮއްސެމުން އައި ވަގުތު ކަޅު ވިލާތަކުން ހަތަރުފަރާތް ވަނީ ބައްދާލާފައެވެ. މާގިނައިރަކު ވިލާތަަަކަށްވެސް ކެތެއް ނުކުރެވުނެވެ. ވާރޭގެ ރަހުމެއްނެތް ހަަަމަލާތަުގެ އަމާޒުފަތްގަނޑަކަށް ބިން ވެއްޖެއެވެ. އުޑުމައްޗަށް ނަޒަރު ހިންގާލި ނަމަވެސް ފެންނަނީ މިއިން އިރަކު ވާރޭ ނުހުއްޓާނެ ކަމުގެ ކޮޅުމައްޗެވެ. މި ތޫފާނީ ވަގުތުކޮޅު ލަންޑަންގެ ހީތްރޯ އެއަރޕޯޓްގެ ރަންވޭ އިން އުދުއްސާލި މަތިންދާބޯޓު ތެރޭ ތިބި މީހުންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެެވެ. މިފަދަ ދުވަހަކު ދަތުރުކުރަން ޖެހުމުން ވާނީވެސް އެހެންނޫންހެއްޔެވެ؟ ވިދާލާ ކޮންމެ ފަހަރަކު […]