Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ލަމްހާ – 1

Hawwa jabeela Level 110 Stories
June 30, 2020 2 Mins Read
1 Comment

ލަމްހާ ސިހުނީ ފޯނު ރިންގުވާ އަޑަށެވެ.
********************
ލަމްހާ އަށް ދެލޯ ބޮޑުކޮށްލެވުނީ ފޯނަށް އަރާފައި އިން ނަންބަރު ފެނުމުން ނެވެ. އެވަގުތު ލަމްހާގެ ސިކުނޑި މާޒީގެ ތެރެއަށް ގެނބިގެން ދިޔަ އެވެ.
***
ވަރަށް ވިއްސާރަ ރެއެކެވެ. ވިދާ ގުގުރަމުން ދިޔައެވެ. ލަމްހާ އޮތީ އޭނާގެ ކޮޓަރީގައި ނިދޭތޯ ލޯމަރާ ލައިގެން ނެވެ. އޭރު އަނެއް ކޮޓަރީގައި އޭނަގެ ދައްތަ ލަހުފާ ކުކުރާ އަޑު އިވެއެވެ. މިހާރު ލަހުފާ ހުން އައިސް ގެން ފަރުވާ ނުދެވި ހަފްތާ އެއް ވަރު ވަނީއެވެ. މަންމަ އާއި ބައްޕަ ލަހުފާގެ ކޮޓަރި ތެރޭގައި އުޅޭ އަޑު އިވެއެވެ. ނަމަވެސް ލަމްހާ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.
***
ލަމްހާ ސިއްސައިގެން ދިޔައީ ދެ ވަނަ ފަހަރަށް ފޯނު ރިންގުވި އަޑަށެވެ. ފޯނު ނެގުމަށްފަހު ކަންފަތުގައި ޖެހުމާއެކު އަޑު އިވުނެވެ.” ލަމް. ކޮންތާކު ތިހުރީ؟ ނުކުމެ ބަލަ ބޭރަށް.” އެހެން ބުނުމާއެކު ލަމްހާ ބުނެލި އެވެ.” އާ މިދަނީ ދައްތާ.” ލަމްހާ އަވަހަށް ތައްޔާރުވެލައިގެން ނިކުތެވެ. އޭރު ލަމްހާގެ ދައްތަ ލަހުފާ ސައިކަލުގައި އިނެވެ. ލަސްނުކޮށް ލަމްހާ ސައިކަލު ފަހަތަށް އެރިއެވެ. ލަމްހާ އެރުމާއެކު ލަހުފާ ސައިކަލު ދުއްވާލިއެވެ.
އެމީހުން ދިޔައީ އެރަށުން މަޝްހޫރުކަން ހޯދަމުން އަންނަ ރެސްޓޯރެންޓަކަށެވެ. އޭރު އެތަނުގައި ވަރަށް މީހުން އޮތެވެ. ލަހުފާ ގޮސް ކައިރިތަނެއްގައި ސައިކަލު ޕާކު ކޮށްފައި ލަމްހާ ގޮވައިގެން އެތަނަށް ވަނެވެ. ދެމީހުން ވެސް އަވަހަށް ކައިލައިގެން ބޭރަށް ނިކުތެވެ. އޭރު ލަމްހާ އޮފީހަށް ދާ ގަޑި ޖެހެނީއެވެ. އެހެންކަމުން ލަމްހާ ލަހުފާ ކައިރީގައި ބުންޏެވެ.” ދައްތާ. އަހަރެން އޮފީހަށް ދާ ގަޑި ޖެހެނީ. ހިނގާ އަވަހަށް ގެއަށް ދާން.” އެހެންބުނުމުން ލަހުފާ ލަމްހާ ގެއަށް ލައިފައި ލަހުފާ ވެސް ގެއަށް ވަނެވެ. ލަމްހާ އަވަހަށް ތައްޔާރުވެލައިގެން އޮފީހަށް ދިޔައެވެ. އޭރު އިނީ ގަޑި ޖެހެން ދެ މިނެޓެވެ.
ލަމްހާ އަށް ގެއަށް އާދެވުނުއިރު ހަވީރު ވެއްޖެއެވެ. އޭރު ލަހުފާ ސައި ހަދާފައި ހުއްޓެވެ. ސައި ބޮއިގެން ލަމްހާ ކޮޓަރިއަށް ވަނެވެ. ވެފައިވާ ވަރުބަލިން މޭޒުމަތީގައި ދަބަސް ބާއްވައިފައި ލަމްހާ ފެންވަރައިލައިގެން ނިކުމެ ގޭގައި އާންމުކޮށް ލާ ހަރުވާޅާ ޓީޝާޓް ލައިގެން އެނދުމަތީގައި އޮށޯތެވެ. އިރުކޮޅެއް ނުވެ ލަމްހާ މާޒީގެ ތެރެއަށް ގެނބިގެން ދިޔައީ ދައްތަގެ ހެޔޮކޮށް ހަނދާން ވުމުންނެވެ.
***
ލަމްހާ ހެނދުނު ހޭލައިގެން ފެންވަރައިގެން ނިކުތްތަނާ މަންމަ ކާގެއިން ގޮވާ އަޑު އިވުނެވެ. ލަމްހާ މަޑުމަޑުން ހިނގާފައި ގޮސް ކާގެއަށް ވަނެވެ. އޭރު މަންމަ އަތުގައި ފަސް ރުފިޔާ އޮތެވެ. އޭތި ދެމުން މަންމަ ބުންޏެވެ.” ލަމްހާ. ދޭބަލަ ވަރަށް އަވަހަށް މިއަށް ބޭސް ގުޅައެއް ގަނެގެން އަންނަން. ދައްތަގެ ހާލު ބޮޑުވާތީ މިއުޅެނީ.” އޭހެންބުނި އިރު މަންމަ ހުރީ ހާސްވެ ކަންބޮޑުވެފަކަން އިނގެއެވެ.
އެހެންބުނުމުން ލަމްހާ ފަސް ރުފިޔާ ހިފައިގެން ހިނގައިގަތީ ފުސްމޫނު ހަދައިގެން ފިހާރައާ ދިމާއަށެވެ. ފިހާރައަށް ނުވަދެވި އުޅެނިކޮށް މީހަކު ލަމްހާގެ ކޮނޑުގައި ޖަހާލިއެވެ.
ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

ހުދާއްކޮ 11

Next

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(2)

Next
June 30, 2020

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(2)

Previews
June 28, 2020

ހުދާއްކޮ 11

One Comment

  1. Ram says:
    June 30, 2020 at 9:12 pm

    Maasha Allah V reethi haadakury tankolhe dhigukohlaa.

Comments are closed.

Next Episodeލަމްހާ – 2←


All Right Reserved!