އިމްތިޙާން 10
މިއީ ދުވަހަކުވެސް އަންހެނެއްގެ ފަރާތުން ސަމީރަށް ފެނިފައި ނުވާ ސިފައެކެވެ. އަފީފާ ހިތްވަރުގަދައީއެވެ.
ޖެހިލުން ކުޑައީއެވެ. މޭގެ ތެރޭގައި ފޮރުވިފައިވާ ސަމީރުގެ ހިތް ތެޅިފޮޅެންފަށައިފިއެވެ. ސަމީރުގެ ހިތްބުނާކަހަލައެވެ. މީއަނެއްކާ ކޮންފަދަ ކަމެއްބާއެވެ؟ ވިސްނަންވީ އަމިއްލަ ފައިދާއަށް ހެއްޔެވެ؟ ނޫނީ ކުދިންގެ މުސްތަޤްބަލަށް ހެއްޔެވެ؟ މިއީ ޙަޔާތަށް އަންނަން އުޅޭ ތޫފާނެއްބާއެވެ؟ ނޫނީ ހަމަ ހިމޭންކަމުގެ އައްސޭރިއަކަށް ދެވެން އުޅެނީބާއެވެ؟
“އަފީފާ! ތީ އަހަންނަށްވުރެ އުމުރުން ހަގު މީހެއް. އަހަންނަކީ ކޮންފެންވަރެއްގެ ކާކުކަންވެސް ރަށުގެ އެންމެނަށް އިނގޭނެ. ހިޔެއްނުކުރަން އެއްވެސް މީހަކު އަހަންނާ އިންނަން ބޭނުންވާނެ ކަމަށް. އެހެންނޫނަސް އަފީފާގެ އާއިލާއަކީ އަހަންނަށް ވުރެ ތަނަވަސް އާއިލާއެއްނު. އަހަރުމެން ދެމީހުން ކިހިނެއް ހަމަހަމަ ވާނީ؟ ތިކަން ކޮށްފިއްޔާ މުޅިރަށް އަހަންނަށް މަލާމާތް ކުރާނެ. އަފީފާއަށްވެސް ރައްޓެހިންނާ އާއިލާގެ މީހުން ގެއްލިދާނެ.” ހިމޭންކަމުގެ ތެރޭން ސަމީރު ބުނެލިއެވެ.
“ސަމީރު. ތަނަވަސް ކަމަކީ ހަށިގަނޑުގެ ގުނަވަނެއް ނޫނެއްނު.
އަހަރެން ދާތާކަށް ތަނަވަސްކަން ދާނީ އެއީ ހަށިގަނޑުގެ ގުނަވަނެއްނަމަތާ! އަހަރެންގެ ހިތުގެ އިޙްސާސްތައް ހިނގަނީ މި ހަށިގަނޑުތެރޭ. އެހެންވީމަ އެ އިޙްސާސްތައް އަބަދުވެސް އަހަންނާއެކުވާނެ. މާދަމާވެސް ތަނަވަސްކަން ނެތި ފަނާވެދާނެ.
އެކަމަކު މި އިޙްސާސްތަކާ ޖަޒްބާތުތައް އެހާ ފަސޭހައިން ނެތިދާނެހެން ހިޔެއްނުވޭ. އަހަރެން ގަބޫލުކުރާގޮތުގަ ތަނަވަސް ކަމަކީ ބާރުގަދަ އެއްޗެއްނޫން. ވިސްނަބަލަ! ތަނަވަސްކަމުގަ އުދުހޭ ކިތައް މީހުން ފަޤީރުންދެކެ ލޯބިވަނީ… ބައެއް މީހުން އެމީހުންގެ މުދަލާ ފައިސާ ދޫކޮށްފަ އެލޯބި ހޯދަން މަސައްކަތް ކުރަނީ… ސަމީރު! މުއްސަނދިކަމަކީ އަގެއްހުރި އެއްޗެއްކަމަށް ހީކުރަނީތަ؟ އަހަންނަށް ޔަޤީން ޙަޔާތެއްގެ އުފާވެރިކަން އަންނަނީ ތަނަވަސް ލޯތްބެއް އޮވެގެން.”
އަފީފާގެ މާނަފުން ބަސްތަކުން ސަމީރުގެ ބަސްނާހާ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ސަމީރަށް ވިސްނޭގޮތުގައި އަފީފާ އެބުނީ ވަރަށް ބުއްދިވެރި ވާހަކައެކެވެ. ސަމީރު އެވާހަކަތައް ޤަބޫލު ނުކުރަނީއެއްނޫނެވެ. އެހެންނަމަވެސް މިއީއަދި އެހާފަސޭހައިން އެއްބަސް ވެވޭވަރުގެ ކަމަކަށް ނުވަނީއެވެ. ދަރިންނަށް ދޮންމަންމައެއް ހޯދައިދިނުމަކީ ފަހަރެއްގައި ސަމީރުގެ އަތުން ދަރިންނަށް ދެވޭ އަނިޔާއަކަށް ވެދާނެތީއެވެ.
“އަފީފާ ކޮންއިރަކު އަހަންނާ ދޭތެރޭ ވިސްނަންފެށީ؟” ސަމީރުގެ ހިތް އަފީފާއަށް ލެނބިފައެއް ނުވެއެވެ. އެހެނަސް އަފީފާގެ ހިތް ސަމީރަށްޓަކައި ވިންދު ޖަހަންފެށީ ކޮންއިރަކުތޯ ބެލުމުގެ ގޮތުން ސަމީރު އަހާލިއެވެ.
“ތުގާ ވިހޭދުވަހު… އެދުވަހު ތިދެމަފިރިން ދެއްކި ވާހަކަ އަހަރެން ވަރަށް ރަނގަޅަށް އަޑުއެހިން. ސަމީރަށް ކުރި އަސަރު އެންމެ ކައިރިން ފެނުން މީހަކީ އަހަރެން. ސަމީރުގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީމަ އެކަމަށް އެންމެ ފުރަތަމަ ޙަމްދަރްދީ ވީ މީހަކީވެސް އަހަރެން. ސަމީރަށް ބަރުދާސްތު ކުރަން އުނދަގޫ އެތައް ކަމެއްދިމާވެއްޖެ. އެކަންކަމަށް އެންމެ ކައިރިން ވިސްނަމުންވެސް މިދަނީ އަހަރެން. މިހާރުވެސް ގިނަދުވަސް ދުވަހު،ގަސްތައް ކައިރި ފިލައިގެން ހުރެ އަޑުއަހަން ސަމީރު ކޮންމެ ދުވަހަކު ކުދިން ގޮވައިން އިންނަވަގުތު އުނދޯލީގަ ކިޔާލަވަ. އެކަމުގެ ސަބަބުންވެސް އަހަންނަށް އިނގޭ ސަމީރު އެހެން މީހެއްގެ އެހީ ބޭނުންވާކަން.” ދޮލަނގުގައި އޮތް ސަމީރުގެ އަތުގައި އަތްޖައްސާލަމުން އަފީފާ ވާހަކަ ދެއްކިއެވެ.
“މޫސާ! މިއަދު ދާންވީނު ފާއިދު ޑޮކްޓަރަށް ދައްކާލަން. އަހަރެން ބޭނުން އެސޮރު ސްކޫލަށް ފޮނުވަން. އެކަމު،ފުރަތަމަ ބޭނުންވަނީ ޑޮކްޓަރަށް ދައްކައިން ބޭސްކުރަން. އަހަންނަށް ވިސްނެނީ އެވެދާނެއޭ ޞިއްޙީ މައްސަލައަކަށްވެސް.” ތުގާ ރީތިކުރަން އިނދެ ސީމާ ބުނެލިއެވެ.
“އާނ! ތިބުނީވެސް ތެދެއް. އަދި ބުނަން؟ ސްކޫލަށް ފޮނުވުމުގެ ކުރިން އަހަރެން މިބަލަނީ ފާއިދަށް ޤުރްއާން ކިޔަވާށާ ނަމާދު ކުރަން ދަސްކޮށްދެވޭތޯ. ސީމާވެސް ތުގާގެ ކަންކަމުގަ ނުލާހިކު ބުރަކޮށް ތިއުޅެނީ. އެހެންވެ ހިތަށްއެރީ، އަހަންނޭ މިކަން ކޮށްދޭނީ… ދެން އަހަރެން އަތަށް ތުގާދީފަ ފާއިދު ރީތިކޮށްލަންދޭ.” ތުގާ އުރާލަމުން މޫސާ ބުނެލިއެވެ.
“އަހަންނާ ގުޅެން ބޭނުންވާކަން ތިއާއިލާއަށް އެނގޭތަ؟”
ޒާތަކަށް ޖެހިލުންވެ އިނދެ ސަމީރު އަހާލިއެވެ.
“އާނ! އެންމެނަށްވެސް އިނގޭ. އަހަރެން މިކަން ބޭނުންކަން.
މަދުމީހަކު ނުގަބޫލު. އެކަމު އެހެންމީހުން ނަސޭޙަތްދިނީ. ބުނީ ވިސްނާށޭ. ސަމީރަކީ ނިކަމެއްޗެއްކަން. ތިކައިވެނި ވެވުނިއްޔާ ދެންވާނީ ދޮން މަންމަ އަކަށްށޯ. ސަމީރުގެ ދަރިންނަށާ ސަމީރަށް ހެޔޮކޮށް ހިތަން ނޫނީ ސަމީރާ ނުގުޅޭށޯ.” އަފީފާ އާއިލާގެ ޙިޔާލާ މަޝްވަރާ ނިމިފާ ވާގޮތް ސަމީރަށް ކިޔާދިނެވެ.
” އަފީފާ! ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗެއް ނޫން. އެއީ ވަރަށް ބޮޑު ހަނގުރާމައެއް. އެހެންވީމަ ތިކަމަށް ވިސްނަން އަހަންނަށް ވަރަށް ވަގުތު ބޭނުން.” ސަމީރުގެ ދުލުގާ މިވަގުތު އަފީފާއަށް ދޭނެ ޖަވާބެއްނެތެވެ. އެހެން ދިރިއުޅުމެއް ފެށުމަށް ސަމީރު އަދި ތައްޔާރެއްނޫނެވެ.
ޑޮކްޓަރުގެ ކޮޓަރީގައި ވަނީ ހަމަހިމޭންކަމެވެ. ޑޮކްޓަރުގެ ޢިރުޝާދަށް ފަރުދާގެ ފުރަގަހުގައިވާ އެނދެއްގައި ފާއިދު އޮށޯއްވެލައިން އޮތުމަށްފަހު ގޮނޑީގާ އައިސް އިށީންދެލިއެވެ.
“އަޅުގަނޑު ބޭނުން ފާއިދުގެ ބައްޕައާ ސުވާލެއްކުރަން.. ފާއިދުގެ އުމުރުން ދިހަ އަހަރުވީއިރުވެސް ކީއްވެތޯ ހިތާނު ނުކޮށްހުރީ؟” ގޮނޑީގައި އިށީންދެލުމަށްފަހު މޭޒުމަތީ އޮތް ގަނޑުތަކަށް ބަލަން އިނދެ ޑޮކްޓަރ މޫސައަށް ސުވާލުކޮށްލިއެވެ.
ނުނިމެ –
—————***********—————
އަޅުގަނޑުގެ ވާހަކައިގެ ފުރަތަމަ 10 ޕާރޓް ކިޔުއްވުމުގައި ތިހޭދަކޮށްދެއްވި ވަގުތުތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދިވެސް ހުރިހާ ކިޔުންތެރިން ތިގޮތުގައި ތިއްބަވާނެ ކަމަށް އުންމީދުކުރަން. ހުރިހާ ކިޔުންތެރިން ދެކެ ލޯބިވާ ޝަލީން?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.







Maasha allaah.. mipartves vvv reethi..ekam mifaharu thankolheh kuruhen heevey.. dhen parteh miahvure dhiguvaanekamah ummeedhu kuran. keep it up. Tvgc. LYSM
alhamdhu lillah
Thank you ingey Halle!
ya. Ummeedhu kuravva part 11 miahvuren dhiguvaane kamah in sha allah.
V bodah thanks adhives
Abadhuves comment eh kohdhevvaathyve
Maasha allaah.. vvv reethi. Tc.
thank you Reethi!
Alhamdhu lillah .
Ma sha allah.
heheh
Maasha Allaah. Shaleenge mivaahaka v salhi. Keep it up dear..luv u n ur family..stay safe..
Thanks Asluves!
alhamdhu lillah
Nidhi nagaalaafaves kiyuntherin thikuravva hihvarah hama saabas dheven othy hama Asluves himeneyhen ingey . Hehehe.
Alhugandhuves miothy nunidhaa reply kuran mirey ingeytho
Hehehe
OMG! Just awesome?. Masha allah. Vrh reethi nikamethi and mussan’dhi meehunnaa beheygothun afeefa ge in dialogue?. Just hoping best for Sameer and Seemamen. Stay safe and Take care. Waiting for the next very curiously. LYSM♥️.
Lots of luv♥️
Lil sis.
oh thank you Lil sis thi kurevvi comment ah.
Asluves shaleen.hithahves eri afeefa haadha rangalhu vaahakaekey ebuni dho.
Dhen mikahala dialogue thakun kiyuntherin ibrai haasil kuravvaa.
Adhives kuriah huree v surprising vaahaka thah ingey
Kuriyah huri baithah v shauguveri vaane kamah ummydhu kuravvaa.
Lysm
Thnks
Hlw dear. Totally amazing hama. Masha allah. Kiyamundhiya iru vrh alhaigan shaleen beynunkollaafa hunna reethi basthah like bas naahaa hiyy kahala bas thah. Mi part in vx sameeru javaabeh nudhin dhw. Anekkaa vx waiting for next part sameeru ge javaabeh balailan. Seema mn Faaidhu ah vx haadha rangalhey dhw. Thugaa ah vx dhn e meehun faraathun lwbi n alhaalun libenyaa dhn hama vrh ufaa vaane. Waiting for next part. Luv u sissy
No.1 fan!!!
Komme faharaku mihaaru comment pending ga innany dho. Shaleen ah heevany aslu baeh device ge massalaeh hen ei. Ehn namaves bunelan othy pending ga inas hama baraabarah thi dhevvaa feedbacks v ufalunney mi balaigannany.
V bodah shukuriyya No.1 fan alhugandahtakaa thigothuga hunnavaathyves. Hama v miss vey komme part eh publish vaa hisaabun thikudhinkolhu mathin ingey.
Vhk ge foari gadhavun adhi hama othy kuriyah.
Sameeruge javaabah hama inthizaaru kurun othy dho.
Inthizaaraki ehaa kuru ehcheives noon dhw hehehe
in sha allah.
awesome story shaleen. Omg adhi mihira salhi dialogues thahves. Hama bunelaany heevany filmy manzareiihenney. Shaleen ge thi liyuntherikamah hama saabas ingey
Ekam 10 yrs eyna hithaana nukoh ?
Doctor ah ves nengenythaa faaidhge bappakanves thee?
kobaatha sameeruge javaabu alhey.
Waiting ga mi hunnany ingey
V touching vhk eh
thank you koimalaa.
V ufaavejje.
Koimalaaves thigothah hama comment kollaathy shaleen hama v ufaavey . V missvey komme part eh submit koffa hurihaa commenters mathinves
yes wasn’t me!!
vhk kiyaalamun dhaan fesheema dhen ingeynee mivamun dhaagoi.. v gina suvaaluthah hunnaane javaabu beynuvaa dho? hinagaa kuriyah dhamaa shaleen ge fahathun. Eyrah ingeynethaa mivamun dhaagoi.
V ufaavejje hama wasn’t me ge comment eh shaleen aa hama ah genes dhineema ingey
Thanks
Haadhahavaa reechey shaleen mivaahaka.. ma sha allaah.. v interest vejje..
haadhahaavaa rangalheyy comment kolleema ingey,
Alhamdhu lillah.
Adhives interest kolleveytho mi balany
Thank you
Real Me!
whr are you?