
ރަތްދަކާ އަވީގައި ދަލުން ތަތްތެޅިގެން ގޭގެ މައި ގޭޓް ކައިރީ މަޑުކޮށްގެން ނައިއަލް ހުރީ ކާރުގެ އިންތިޒާރުގައެވެ. ފަނަރަ ވަރަކަށް މިނެޓު ވީއިރުވެސް ކާރު ނައުމުން އިންޓަވިއުއަށް ލަސްވާނެއޭ ހިތާ ދުއްވައިގަތީ، ބެލްޓެއްގެ އެހީއެއް ނެތް ފަޓުލޫނު، ފައިބާވަރުން އަރުވާޖަހަމުންނެވެ. ބެލްޓު އަޅަން ހަނދާން ނެތުނީ ކަމެއް ނުވަތަ ކަންފަސޭހަކޮށްލާފައި ނޭޅީކަމެއް ނޭންގެއެވެ.
ގެއާއި މާދުރު ނޫން ހިސާބެއްގައި ހަދާފައި ހުރި އެ ދިހަ ބުރީގެ އިމާރާތުގެ ކުރިމައްޗަށް ނައިއަލް އެރި އިރު މައި ދޮރާށި ކުރިމަތި ވަނީ ތޮއްޖެހިފައެވެ. ކަޅުކުލައިގެ ޕްރައިވެޓް ކާރެއް ޕާކު ކޮށްފައިވާއިރު، ކަޅު ކޯޓު ފަޓުލޫނެއްގައި ހުރި ކުރު އިސްތަށިގަނޑެއްގެ ވެރި އަންހެނެއް ވަދެގެން ދިޔަކަން ނައިއަލްގެ ދެލޯ ހެކިދޭނެއެވެ. ނޭވާތަށް ހަމައަކަށް އަޅުވަމުން ލައިގެން ހުރި ގަދަ ނޫކުލައިގެ ކޯޓު ރީތި ކޮށްލުމަށްފަހު، އުނަގަނޑުން ސޮހެމުންދިޔަ ފަޓުލޫނު އަނެއްކާވެސް ހިއްލައިލި ނައިއަލް، އެ ބިލްޑިންގ ތެރެއަށް ވަދެގެން ދިޔައެވެ. ދާންވީ ދިމާލެއް ކަނޑަނޭޅިގެން އުޅުނު ގޮތުން ހީވީ ތުއްތުކުއްޖަކަށް ޕްލަސް ސައިޒް ޖަންގިޔަލެއް ދިނުމުން އޭގެ ތެރެއަށް އެރިގެން ވާނުވާ ނޭނގިގެން އުޅުނުހެނެވެ.
“ވައްލާ! ރަނާ ރިހީގެ ފާހަނަތަށި ހުންނަންޏާ މަ މުޅި އުމުރަށް މިތާނގަ އުޅޭނަން.” ނައިއަލްގެ ހިތް ބުނީ އެތަނުގެ ޝާހީކަން ފެނިފައެވެ. ފެންވަރުގެ ލެދާރ ސޯފާތަކާއިއެކު، ހަތަރު ފަރާތުގައިވާ ބިއްލޫރިން ވަންނަ އިރުގެ އަލިކަން ފަނޑުނުވާތާންގައި ރޭގަނޑު ދިއްލަން ޗާންދަލިޔާތައްވެސް އެލުވާފައި، ގަނޑުވަރެއްގެ ފެންވަރަށް ހުރި ގްރައުންޑް ފްލޯގެ ތެރެއިން، ކަނެއްގައި ބަހައްޓާފައި ހުރި ރިސެޕްޝަން ދޮށުގައި އިން ކުރު އަންހެން ކުއްޖާގެ ބޯ ނައިއަލްގެ ލޮލުގައި އަޅައިގަންނަން ދެތިން މިނެޓު ނެގިއެވެ.
“ބޮޑީގާރޑް އިންޓަވިއު އޮތީ ކޮން ފްލޯއެއްގަތޯ؟” އަދަބުވެރިކަމާއެކު ވާހަކަ ދައްކަން ފަރިތަކޮށްގެން އާދެވުނުކަން ނަސީބެކޭ ނައިއަލް ހިތަށް އެރި މިއީ ފުރަތަމަ ފަހަރު ކަންނޭނގެއެވެ. ދާންވީ ތަންވެސް ނޭންގުނީ، ހަނީފް ދިން މައުލޫމާތެއް ނެތީތީއެވެ.
“ނުވަ ވަނަ ފްލޯރގަ.” ހިނިތުންވެލަމުން ރިސެޕްޝަނިސްޓް ބުނެލިއެވެ. ބޯ ޖަހާލާފައި ނައިއަލް ލިފްޓުތަކާއި ދިމާލަށް ހިނގައިގަތީ އެ އެއްޗިހީގެ އަޖުމަ ބަލައިލަން ކެތްމަދުވެ ހުރެއެވެ. އެތެރޭގައި ލޯގަނޑެއް ނެތިއްޔާ އޭނާގެ ހިތުގައި މި އިމާރާތަށް ދެވިފައި އޮތް ފަސް ތަރި ވަރަށް ފަސޭހައިން މަދުވެދާނެއެވެ. ލިފްޓުގެ ލޯގަނޑަކީ ރީތިވެލުމަށް މީހާ ހުއްޓިލާ އެންމެ ފަހު މަންޒިލުކަން ގަބޫލުނުކުރާނެ މީހަކު ނޫޅޭނެއެވެ.
ކުރިމަތީ އިން ބިޔަ ފިރިހެން ސޮރަށް ކަޅިއެއް އެއްލި އީމާގެ އެއްބުމަ ހިއްލުނުގޮތުން ފިރިހެންސޮރު ދާހިއްލައިލިއެވެ. އެއްވެސް ސުވާލަކާއި ނުލައި ފައިލް ހުޅުވާލައިފައި، އެ ސޮރުގެ ވަނަވަރަށް އީމާ ބަލައިލިއެވެ. އޭރު ދަތްކުނޑި ވިކިފައި އިންލެއް ބާރުކަމުން ދަތްތަށް ބިނދިގެން ނުފޭބީ ކިރިޔާއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ނުލަފާ އަދި އެހާމެ ލާނެއް ވައްތަރަކަށް އީމާ ހިނިތުންވެލިއެވެ. އޭނާގެ ކުރިމަތީ އިން ފިރިހެން މީހާއަށް ބަލާލީ ވަހުޝީ ކުލައެއް ފާޅުކޮށްލަމުންނެވެ. އޭނާގެ އެކްޓު ކުރުމުގެ ހުނަރަށް އެއްވަނަ ދޭވަރުވެއެވެ. ގަމީހުގެ އެންމެ މަތީ ގޮށް ނައްޓައިލާފައި، އަށްޑިހަ އަށެއް އަޅަމުން ގޮސް އެ މީހާ ކުރިމަތީ ހުއްޓި، އޭނާ އިން ގޮނޑީގެ އަތްގަނޑުގައި އަތް ވިއްދައިލިއެވެ mi blog. ދެލޯ ބޮޑުވެފައި، ހިންދިރުވާލި އެ މީހާގެ މޫނު ފެންނަ މީހަކު ފަކުރުން ހޮޑުލާވަރުވެއެވެ. އޭނާ މަސަތްކަތް ކުރަމުން ދިޔައީ އުތުރި އަރަމުންދިޔަ އިހްސާސްތަށް ކޮންޓްރޯލް ކުރާށެވެ. ފަހަތުގައި ތިބި ދެ ޑައިރެކްޓަރުން ހައިރާންވެފައި އެދިމާއަށް ބަލަހައްޓައިގެން ތިބީ، ބޮސް އެންމެ ފަހުން ހަމަ މުޅިން ބޯގޮވީބާއޭ ހިތަށް އަރާފައެވެ.
ކުއްލިއަކަށް ނެރުން ދިމާލެއް ނޭންގި އީމާ ދިއްކޮށްލީ ބަޑިއެކެވެ. އެއީ އަސްލު އެއްޗެއް ނޫންކަން ވިސްނައިގަތުމުގެ ކުޅަދާނަކަމެއްވެސް އެ ވަގުތު އެ ސޮރަށް ލިބިގެންނުވިއެވެ. ބަލާބެލުމުން ފަންސަވީހަކަށް އަހަރުގެ އެ ޒުވާނާގެ ބޮލުގައި ބަޑި ޖެއްސުމުން އޭނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ކުއްލިއަކަށް ހުރިހާ ޝަހުވާނީ އެދުންތަކެއް ހަވައަށް އެރިކަހަލައެވެ.
“ތިހެން ނަހައްދަވާ، އަޅުގަނޑު މިތަނަށް އައީ އިންޓަވިއުއަށް!” މި އިނދެވުނީ ދިވެހިރާއްޖޭގައި ކަމާއި، އެއީ ކުޅޭކުޅޭ ބަޑިއެއްކަން ވިސްނުމަށްފަހުވެސް މި ދަތި ހާލަތުގެ ސަބަބުން އެ މީހާ އިނީ ދާހިއްލާ ފޯވެފައެވެ.
“ބޮޑީގާޑަކަށް ވެވޭނީ މިކަހަލަ ސިޗުއޭޝަންއަކުން ސަލާމަތްވާން އިނގިގެންދޯ.” އީމާ އެއްމިޔަކުން ހީލަމުން ހިނިގަނޑެއް ޖަހާލިއެވެ.
“މިވާހަކަ އިންޓަނެޓުގަ ފަތުރާލާނަން. ވަރަށް ރީތި ނަމެއް ލިބޭނެ އޭރަށް.” ޒުވާނާ ޚިޔާރުކުރީ ގަދަހެދުމަށް އިންޒާރެއް ދިނުމެވެ.
“އޭގެ ކުރިން ތީނަ އަހަރެންގެ ގޭ ފާރުބުރިމަތިން އަރަން އުޅުނުކަމުގެ ސީސީޓީވީ ފުޓޭޖް ޕޮލިހަށް ދައްކާފަ އިންޓަނެޓަށްވެސް ލީކުކުރާނަން. އޭރަށް ހިނގާ ބަލަން ކާކުގެތޯ އަގުވެއްޓެނީ.” އީމާގެ ރައްދުން ޒުވާނާ މުޅިން ބެދިއްޖެއެވެ. ގަނެވުނު ލަދާއިހެދި ކެތްނުވެގެން އީމާ ކޮއްޕައިލާފައި ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ދޮރުން ދެމިގަނެވުމުގެ ކުރިން ވަރަށް ހުޝިޔާރުކަމާއިއެކު އެ ކުޅޭ ކުޅޭ ބަޑިން އީމާ ދޫކޮށްލި ފަސްއޮށަކަށްވުރެ ކުޑަ ރީންދޫ ބޯޅަ ގޮސް ޖެހުނީ އެ ޒުވާނާގެ ފުށްކިބައިގެ މެދަށެވެ. ބޮލުގައި އަތްއަޅަމުން ދޮރު ހުޅުވައިލި އެމީހާއަށް މަރުހަބާކީ ދެ ސެކިއުރިޓީ ގާޑުންނެވެ. ދެ ފަޅިން ދެ މީހުން އޭނާ ހިފައިގަނެގެން ގެންދިޔަ މަންޒަރު ބަލަން ނުހުރެ އީމާ ގޮސް ގޮނޑީގައި އިށީނެވެ.
“ކިހިނެތް އެ ވީ؟” ވާނުވާގައި އިން ޑައިރެކްޓަރު އަހައިލިއެވެ.
“ތި މީހުން ކައިރިއަކު ނާންގާތަ؟ އެއީ ކުރީ ދުވަހެއްގަ މަގޭ ގެއަށް ވަދެގަންނަން އުޅުނު މީހެއް. މަށާ ގާތްވާންވެގެންކަންނެ މި މަގާމަށް ހުށައެޅީވެސް އެ. އޭނައަށް އިންޓަވިއުއަށް ކީ އިންޓަވިއު ނަގާކަން ނޫން. ޕޮލިހާ ހަވާލުކުރަން.” އީމާ ވަރަށް ހަމަޖެހިލާފައި އިނދެ ބުންޏެވެ. “ދެން ހިނގާ އިންޓަވިއު ފަށަން.”
ނުވަވަނަ ފްލޯރއަށް ލިފްޓް ހުއްޓުމާއެކު ނައިއަލްއަށް އޭގެން ފޭބުނީ، އަދި އެއްފަހަރު އެއަށް އެރެންދެން މި ދުނިޔޭގައި އޭނާ ލަހައްޓަވާނެ ކަމަށް ދުޢާ ކުރަމުންނެވެ. އޭގެ ތިން ފަރާތް ފުރާ ލޯގަނޑު ހުރުމުން ނައިއަލްއަށް ހީވީ އޭނާގެ ގޭ ވޯކްއިން ކްލޯޒެޓްއަށްވުރެ ފެންވަރު މަތީ ތަނަކަށް ވަދެވުނުހެނެވެ. ބަލައިލާ ކޮންމެ ދިމާލަކުން ތިމާގެ ހިތްގައިމު ސޫރަ ފެނުނީތީ، ތިމާ ހައްދަވާފައިވާލެއް ފުރިހަމަކަން ތިންގުނައަށް އިހުސާސު ކުރުވައިދިން އެ ލިފްޓުދެކެ ހީކުރި ވަރަށްވުރެ ބޮޑަށް ލޯބިވެއްވިއްޖެކަން ނައިއަލްއަށް ޔަޤީނާއި ގާތްވިއެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ ސޮހެމުން ދިޔަ ފަޓުލޫނު މައްޗަށް ނަގަމުން އޭނާ ގޮސް އެ ފްލޯރގައި ހުރި އިންޓަވިއު ރޫމް ދޮރުމަތީ އަތުރާފައި ހުރި ގޮނޑިބަރީގައި އިށީނެވެ. އެތާނގައި އޭނާ ފިޔަވައި އިތުރު ނުވަ މީހުން ތިއްބެވެ. ފަހަރަކު މީހެއްގެ ނަން ގޮވަމުން ގޮސް ދިގު އިންތިޒާރުގެ ނިމުން އައިއިރު ނައިއަލް އިނީ އެންމެ ފަހު މީހާއަށެވެ.
“ނެތޭ ހަމަ ރަނގަޅު އެކަކުވެސް! ނުވަ މީހުން ވަތްއިރު ތާހިރު އެކަކުވެސް ނެތް! އެކަކު ކައިރީ، މީހަކު ތޫނު އެއްޗެއް ދިއްކޮށްފިއްޔާ ހަދާނީ ކިހިނެތްހޭ އެހީމަ އެހެރަ ބުނެލީ ބިމަށް ތިރިވެ ބައޯ ޖަހާނިއްޔޯ! ހީވަނީ ސަކަރާތަކަށް މިތަނަށް އައިސް އިންހެން. އެންމެ ރަނގަޅަށް ހުރި މީހާ ދެ މިނެޓު ތެރޭ މަގޭ ނަން ހަނދާން ނެތިއްޖެއޯ. އެހާ ހަނދާން ބަލި، ފަރުވާކުޑަ މީހަކަށް ކިހިނެތް މަސައްކަތެއް ކުރެވޭނީ؟!” އީމާގެ ރުޅިގަނޑު މައްޗަށް އަރާކަށް މާ ގިނައިރެއް ނުނެގިއެވެ.
“ނައިއަލް މުހައްމަދު ހަނީފްދެއްތޯ؟ އެތެރެއަށް ވަންނަވާ.” ދޮރު ކުރިމަތީގައި ހުރި އަންހެން ކުއްޖާ ހިނިތުންވެލެމަން ދޮރު ހުޅުވާލަދިނީ ނައިއަލްގެ އާނބަހަށެވެ. ދޮރާއި ދިމާލުން ނުވަ ފޫޓު ދުރުގައި ބަހައްޓާފައި ހުރީ ފުޅާމިނަށް ދިގު މޭޒެކެވެ. މޭޒުދޮށުގައި ތިބި ވަރަށް އަރިމަތީ ޝަހުސިއްޔަތުން ވައްތަރުޖަހާ ދެމީހުންގެ އިތުރުން މެދުގައި، މުހިއްމު ޝަހުސިއްޔަތެއް އިންނަ ވައްތަރު ޖަހާ އޮފީސް ގޮނޑިއެއް ހުއްޓެވެ. އެ ގޮނޑި ފަހަތަށް އަނބުރާފައި ހުރި ނަމަވެސް އޭގައި މީހަކު އިށީނދެގެން އިންކަން ނައިއަލްގެ ސިކުނޑި ދެނެގަތެވެ. ކުއްލިއަކަށް މޭޒާއިވީ ފަޅިއަށް އެ ގޮނޑި އަނބުރާލި ވަގުތު ނައިއަލްގެ ހިތް ހުއްޓުނު ކަންނޭންގެއެވެ. ލާން އުޅުނު ނޭވާ ހަމަ ގައިމުވެސް ކަރުގައި ތާށިވިއެވެ.
“އަމައްޔާއި…” ބޭއިޚްތިޔާރުގައި ނައިއަލްއަށް އަޑުހަރުކޮށް ކިޔައިލެވުނެވެ. ނައިއަލް ފެނުމުން އީމާވެސް އިނީ ކުޑަ ޝޮކެއްގައެވެ.
ދެވަނަ ސިކުންތުގައި ނައިއަލްގެ ހައިރާންކަން ކެނޑުނެވެ. ހަނދާނަށް އައީ އޮޅިގެން ފޯނު ނެގުން ދުވަހު އީމާ ލެވި ހަޅޭކެވެ. މިހާ ހަރުކަށި، ރުޅިގަދަ މީހެއްގެ ދަށުގައި މަސައްކަތްކުރަން ކެތްވާނެބާއޭ ހިތަށްއެރުމުން ހިތަށް ވަނީ ބިރެކެވެ.
އަނގަ ޗޭވެފައި އިން އީމާ ހިންދިރުވާލިއެވެ. އަނެއް ހަ ކަންތަކޭ ހިތަށް އެރިއެވެ. ފުޅާ ހިނިތުންވުމެއް ރައްދުކޮށްލަމުން އައިސް ނައިއަލް އިށީނެވެ. އަދިވެސް ޤަބޫލުކުރަން ދަތިވެފައި އިން އީމާގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ އޭނާގެ ނައިއަލް އެ އައީ އޭނާ ހޯދަން ކަމަށެވެ. ނަމަވެސް އީމާއަށް ނޭނގުނު ހަޤީޤަތަކީ މިއީ ތަޤުދީރުގެ އިއްތިފާގެއްކަމެވެ. ނައިއަލް އެ އައީ ޖެއްސުމަކަށްތޯ ނުވަތަ ހަމަ އިންޓަވިއުއަށްތޯ ޔަޤީންކުރަން ފައިލު ހާވަައިގަތްފައި ނައިއަލްގެ ވަނަވަރު ފޯމު ބަލައިލި އީމާއަށް ހިތާހިތުން އުފާކުރެވުނު ނަމަވެސް އޭނާ އިނީ ނުރުހިފައިކަން ނައިއަލްއަށް ދައްކަން މަސައްކަތްކޮށްގެނެވެ.
“މީހަކު ދެން މީހެއްދެކެ ލޯބިވާނީ ތިހާވަރަކަށްނު. މިހާރު މި ކުންފުނި ހޯދައިގެން މިތަނަށްވެސް އައީ ދޯ މަ ހޯދަން. މަސައްކަތަށް ކޮލިފައި ވޭތަ އަނެއްކާ؟” ތުން އަނބުރާލަމުން އީމާ އަހައިލުމުން ކައިރީގައި ތިބި ދެ ޑައިރްކްޓަރުން ފާޑަކަށް ބަލައިލީ މި ނައިއަލް މީ އަނެއްކާ ކާކުބާއޭ ހިތަށްއަރާފައެވެ. ނައިއަލް ކަޅި އަނބުރާލިއެވެ. އޭނާގެ ސިކުނޑި ފުރިފައިވަނީ ހައިޖާނުންނެވެ. އީމާއަށް ދޭނެ ރަނގަޅު ރައްދެއްވެސް އެހެން ފަހަރުތަކާއި ޚިލާފަށް ނުވިސްނުނެވެ.
“މީނަގެ ދަށުން މަަސައްކަތް ކުރަން ޖެހިއްޖެއްޔާ މަގޭ ދުވަސްދާނެ! އެކަމު ބައްޕަ ބުނިހެން ނަހަދައިފިއްޔާވެސް ނޯންނާނެ ސަލާމަތެއް!” ހަނީފްގެ ބަސްތަށް ނައިއަލްގެ ހިތަށް ގޯނާކުރަމުން ދިޔައީ އިންތިހާއަށެވެ. ހުވަފެނުން ދުއް އަމިއްލަ އެޕާރޓްމެންޓްގެ ދަހިވެތިކަންވެސް ކުޑަވާ ގޮތެއް ނުވިއެވެ. އޭނާއާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުގެ ފަހަތުގައި ވަނީ މި އަންހެންކުއްޖާ ކަމެއް ކުރިން އޭނާ ނުދެނަހުއްޓެވެ.
“އޭތް. މީނަ ވެއްޖިއްޔާ ފަސޭހަ ތަންކޮޅެއްވެސް އޮންނާނެ ދޯ. މި މަންޖެ ހީކުރަނީ މަ މީ ދަންނަ މީހެއް ކަމަށް. އެ މީހާއަށް ވެގެން އުޅުނީމަ ވަރަށް ފަސޭހަވާނެ… ކަންނެ…..” ކުއްލިއަކަށް އަލިމަގެއް ފެނުނު ނައިއަލްގެ ހިތަށް އެރިއެވެ. “ދެން ކުރިޔަށް ދާވަރަކަށް ބަލަމާ ހިނގާ ދޯ… ލެޓްސް ގޯ ވިތް ދަ ފްލޯރ.” ނައިއަލް އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
“ހަަމަ އެހާ ބިރުންތަ ތީނީ؟ ގޯސް ގޮތެއް ނުވާނެޔޭ، ހާސްނުވޭ.” ނައިއަލްގެ ނުތަނަވަސްކަން ފެނިފައި ފަތަހައިގެ ހިނިތުންވުމެއް ރައްދުކޮށްލަމުން އީމާ ބުނެލި ގޮތުން ހީވީ ދެންމެ ދެންމެ ވަޒީފާއަށް ހޮވާފާނެހެންނެވެ. އެ ގޮނޑީގައި އިން މީހަކު ހާސްނުވާން މެދުވެރިވާނީ ވަޒީފާ ހަމަޖެހުމުންތާއެވެ. ނައިއަލް ބޯ ކަހައިލިއެވެ.
“ހަމަ އެ ސޮރު ރީތިވީމަ އެއުޅެނީ.” ޑައިރެކްޓަރަކު ތުންތަޅުވާލަމުން ބުނެލި ވާހަކަ އީމާއަށް ވަރަށް ސާފުކޮށް އަޑުއިވުނެވެ.
“ރީތިކަން ދެން ލޯ ހުރި މީހަކަށް ފެންނާނެދޯ.” އީމާ ހިނިތުންވެލިއެވެ. “އެކަމު ވަޒީފާ ދިނުމުގަ ބަލާނީ ހުނަރަށް މީހާގެ ރީތިކަމަކަށް ނޫން. ޓޭކް ނޯޓްސް.” ބުދެއްގެ ކަރު އަނބުރާލާހެން އެ މީހާއާއި ދިމާލަށް އެނބުރިފައި އީމާ ވަރަށް ސާދާކޮށް ބުނެލިއެވެ.
“ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ… ޓައިކްވޮންޑޯވ ބްލެކް ބެލްޓް… ޖޫޑޯ ބްލެކް ބެލްޓް… އައިކީޑޯވ ބެލެކް ބެލްޓް…” ލިސްޓު ކިޔަމުންދިޔަ ވަރަކަށް ހައިރާނުގެ ސަބަބުން އަޑު މަޑުވަމުންދިޔަ އީމާ، މި މަޤާމަށް ނައިއަލް ކުފޫ ހަމަވެފައިވީލެއް ފުރިހަމަކަން ފެނިފައި ހުތްވެއްޖެއެވެ. ބިރުންހޭ އިނީ ނައިއަލް ކައިރީ އެހި މީހާ ބިރުގަންނަން ފެށީ، މިއޮއްހާ ދުވަހު މޮޔައެއްކަމަށް ހީކުރެވުނީ އާދައިގެ މޮޔައަކަށް ނޫންކަން ފާޅުވުމުންނެވެ. “ގޯހެއް ނޫން…” ކަޑަނުވާންވެގެން އީމާ ބުނެލިއެވެ. ޑައިރެކްޓަރުންވެސް ތިބީ ހިސާބަކަށް ހައިރާންވެފައެވެ. އެއަށްފަހު ނައިއަލްއާއި ކުރި ހުރިހާ ސުވާލަކަށްވެސް އޭނާ ދިނީ ވަރަށް ފުރިހަމަ ޖަވާބުތަކެކެވެ.
“ނައިއަލް މުހައްމަދު ހަނީފް؟ އަނެއްކާ އެލް.ވީ.އީ ހަނީފްގެ ދަރިއެއްތަ ތީ؟” ޑައިރެކްޓަރަކު ކުއްލިއަކަށް ބުނި އެތިން ނައިއަލްއަށް ހިންދިރުވާލެވުނެވެ. ދެބުމަ އިތުރަށް ގާތްވެފައި، އެހެން ބުނި ޑައިރެކްޓަރާއި ދިމާލަށް އީމާ ބަލައިލިއެވެ.
“އެލް.ވީ.އީ ހަނީފްގެ ހުންނާނީ އެންމެ ދަރިއެއް. އެއީ އެ ކޮމްޕެނީގެ ވާންއުޅޭ ސީއީއޯގެ ނަމުގަ މަޝްހޫރު ކުއްޖެއް. ކުރިމަތީ ކާމިޔާބީގެ މަގު ތަނަވަސްވެފަ އޮއްވަ، ދޫކޮށްފަ ކީއްވެ މި ތަނަށް އަންނަންވީ؟” އަނެއް ޑައިރެކްޓަރު ޚިޔާލު ފާޅުކޮށްލިއެވެ.
“އަނެއްކާ… ތީ؟” އީމާ ނައިއަލްއަށް ބަލައިލިއެވެ.
(ނުނިމޭ)
18 Comments!
Comments are closed.
Woww…Varah varah reethi mi bai vx??….curiously waiting for the nxt part….lysm…be safe
thank you for the support kairaaa ❤❤ Next part will be submitted very soon insha allah. We love u too. Stay safe ?
Varah reethi mi part ves? alhey kihineh mihaa reethi koh vaahaka liyanee? I am a huge fan of u both? LYSSM❤
Stay home
Stay safe
shy! We can’t thank you enough for the outstanding comment ❤ its almighty’s blessings which gave us this talent to make u all smile ?? much love. Stay healthy
Wowwwwwwwwwwwwwwwww???????????????????
Maasha Allah varah varah varah varah reethi mi bai ves♥️♥️♥️♥️♥️♥️♥️
Hama heehee halaaku???
Thidhekudhinnah varah bodah shukuriyya lockdown ga mihen foohi vefa thibey iru mi kahala majaa, loabi vaahaka eh genesdheythee?☺️
Stay safe?
We appreciate ur kind comments as usual shaakko❤️ we r glad we r able to make ur day better ? stay ? stay safe ?
Salaam all of u ! We want to address and appreciate the support yall readers have been giving us for the past days. Ur support seriously deserves al lot more than just a thank you. We believe you all r the main reason why we get motivatated to take our laptops and dive into typing for many hrs ❤ we hope u all love this part too. Do let us know if u have a request question or prediction! Keep smiling stay safe n have a blessed day ?
mi prt vv salhi hama…aslu v curious veyba thi ninmaaly hisaabun…vv majaa mi prt vx….keep it up u guyz
THANK youuuuu ?❤ we wanted to make u all curious haha! Keep waiting will upload asap insha allah. We appreciate ur patience too ?
mi part vvv salhi…keep it up afnaarj..❤❤ i am reading this story becaz.. one of my frnd reccomended it to me.. now i am sad that.. i didnt read this story earlier?❤?
To lillys lovely pending comment.? we r very happy to know that you like our stry that much. We r indeed proud to have a kind fan like u too ❤ thanks in bunches to u and ur frend ?
Oops.hama habyes mi part vx. Ibaaraai kurun varah fashuvi. varah dhuvas vehjje dhw comment eh kohnuevythaa. Hehe. kudakoh busy koh ulhuneeba. btw whn next? Curiously waiting. This is one of my fav stories now! Keep going like that. Insha allah you 2 will be a good writer in the future. I enjoyed this part too. i love naial. just joking. heh. #stay home . be safe
Sorry for the late reply lysh ❤ and thank you so much for the support. We r very very happy to see ur comment even after a few days . Even though u don’t comment on every part we r always motivated knowing that u love every part and u do read it ?❤ Ur new stry “fohivegen nudhaaney”..it’s start is as amazin as ever we r very curious to read it further more. Keep up the good work ? naial is meant to be loved haha ? keep loving him. Stay safe
THANK YOUUU guyss for up this part❤❤hama hithah aruvaalaaa irah kiyaalan liyefa mi ohnanee?hehe. Vaahaka vrh rythi ngeyy. I wonder wat is gonna b happen next?Take careee.Stay ? stay safee✨l
Thnk u for reading this prt magnumm❤️ we try our best to submit as soon as possible so that u can read when u feel like reading?? look forward to next prt ly?
OMG !! this story is soooooooooooo NICE !! Made me laugh again u 2.. 🙂 Keep up the splendid work ! superbbbb!!
Your laughs makes us want to make u laugh more Hope ull stay with us till the end luv ya?❤️❤️
Maasha allah … this story is sooo gooood … i laughed a lot while reading this … all i wann say is you guys are amazing writers♥️♥️