Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފޮނި ފާރޮށި 10

afnaarj Level 2100 Login10 Stories100 Comments
May 11, 2020 6 Mins Read
16 Comments

“ކަންނެޔޮހެން ހުންނަނަމަތާ މަށާ އެކީ ގެންދެވޭނީވެސް ބޮޑު ފޮއްޓަށް ލައިގެން ދޯ!” އައިޝްވަރިޔާގެ ކޮނޑުގައި ޖަހާލަމުން ނައިއަލް މަލާމަތް ކޮށްލިއެވެ. “މެޑަމް ބުނީ ކާން އަންނާށޯ…… މަ ބަދު ދުޢާ ކުރާނަން ތި ޖޮބެއް ނުލިބޭތޯ!” ކުދިކިޔަމުން އައިޝްވަރިޔާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނައިއަލް ބާރު ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ ހުނުމުގެ އަޑާ އެކުވީ ފޯނު ރިންގުވާ ފެށި އަޑެވެ.

“ޖައިނޯމަސް ބަފަލޯ.” އަނގަމަތީ އަތް އަޅައިލަމުން ނައިއަލް އޭނާގެ ފޯނު ކަންފަތުގައި ޖައްސާލުމުން ވަގުތުން އޭނާގެ ދެލޯ ތަގުޅިވިއެވެ.

**************************

“ކޮންގްރެޗުލޭޝަންންންންންންންސްސްސްސްްްސްސްސް” ނައިއަލްގެ ކަންފަތުގައި ގުގުމާލީ ދޫންޏެއްގެ އަޑަށްވުރެ ތޫލި އަންހެން އަޑެކެވެ. އެއީ އީމާގެ އަޑުކަން އޭނާއަށް ޔަޤީންވާން ސިކުންތެއްވެސް ނުނެގިއެވެ. ނައިއަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކަންފަތަށް އަރައިގެންދިޔަ ތޫނު ތަދުގެ އަސަރު ބޮލަށް ފޯރާ ތުރާވިއެއްކަމަކު އޭނާގެ ޡަމީރު ނިންމީ އީމާއާއި އެއްބައިވުމަށެވެ.

“ހޮވުނީ ދޯ!!!! އާހަހަހަހަހަހަހަހަހަހަހަހަހަ” ނައިއަލް ހުނީ ކަމެއް ނުވަތަ ޖަނަވާރެއްގެ އަޑު ލައްވަން މަސައްކަތް ކުރީ ކަމެއް ސާފެއް ނުވިއެވެ. އޭނާގެ ހަޤީޤީ ނިޔަތަށްވީ އެކްޓުކުރުން ނަމަވެސް ވަކި ހިސާބަކުން އަމިއްލައަކަށް މަޖާވެގަތީއެވެ.

“ހައްހައްހައްހައްހައްހައް” ބައްތިރީސް ދަތް ދައްކާފައި އީމާވެސް ހެމުން ގެންދިޔައެވެ. އެއްވެސް ސަބަބެއް ނެތްނަމަވެސް ފަސް މިނެޓަށް ދެމިގެންދިޔަ މާނައެއް ނެތް ސަކަރާތްގަނޑުގެ ސަބަބުން ދެހިތުގައި އެވަގުތު ލެއްވިހާ އުދާހެއް ނެތިގޮސް ހަމަޖެހުން ލިބިގެންދިޔައެވެ. އެއާއި ވިދިގެން އައި ތިރީސް ސިކުންތުގެ ސުކޫތަށްފަހު އީމާ ކަރުކެހެލިއެވެ.

“މާދަމާ ހުކުރެއްނު… ދެން އަންނަ އާދިއްތަ ދުވަހު ކޮންޓްރެކްޓްގަ ސޮއިކުރާ ގޮތަށް ހަދާނީ. އޯހ ޔެސް އެންޑް މިގެއިން ލިބޭނެ ރޫމްއެއް. ބުނީމެންނު ގެއިން ނެރެލީއޭ… މިހާރު ކޮންތާކު ތިއުޅެނީ؟ މަގުމަތީގަތަ؟” އީމާ ވަރަށް ޝައުގުވެރިވެފައި އެއްސެވެ.

“ނޫން ކަނޑު އަޑީގަ.” ނައިއަލް ތުންއަނބުރާލިއެވެ.

“ކޮންއިރަކު އާދެވޭނީ؟ އާދިއްތަ ދުވަހުގެ ކުރިން ވިޔަސް އެންމެ ރަނގަޅު. މިރޭވިޔަސް އޯކޭ.” ސުވާލަކަށް ވުރެ ބޮޑަށް އީމާ ހީވީ ހުށަހެޅުމެއް ހުށަހެޅިހެނެވެ. އަޑަށް ލީ ބާރުން މިރޭ އަވަހަށް އަންނާށޭ ބުނިހެން ނައިއަލްއަށް މާނަ ނެގުނެވެ.

“މިރޭ ވިޔަސް އޯކޭ.” އެހާ އަވަސް ގަޑިއެއް ބުނެވުނީ ކީއްވެކަމެއް ޚުދު ނައިއަލްއަކަށްވެސް ނޭންގުނެވެ. މިއޮށްހާއިރު ހީވީ ދާހިތްނުވެގެން އުޅުންހެނެވެ.

“ހުމްމް އެހެންވީމަ ކަނޑުއަޑީގަ ތިއުޅޭ ދިމާލުގެ އެޑްރެސް ފޮނުވާލާ އޭރަށް ފޮށިތަންމަތި އުފުލަންށާ މީހާ އަރައިގެން އަންނަން ތިން ގަޑިއިރު ފަހުން ފޮނުވާނަން ބާރަށް ފީނާ މަސްކޮޅަކާ ސަބްމެރީނަކާ.” އީމާ އޭނާ ކިޔަން ބޭނުންވާ ހުރިހާ އެއްޗެއް ކިޔުމަށްފަހު ފޯނު ކަނޑާލިއެވެ.

ޗޮކެއް ކަނޑާލަމުން ނައިއަލް އޭނާގެ ގެއާ އެންމެ ކައިރީގައި އިންނަ ގެސްޓް ހައުސްގެ އެޑްރެސް ފޮނުވާލިއެވެ. އަދި އަވަސްވެގަތީ ފޮށި ތަންމަތި ތައްޔާރުކޮށްގެން އެ ގެސްޓް ހައުސް ކުރިމައްޗަށް ތިން ގަޑިއިރު ތެރޭ ދިއުމަށެވެ. ގެއިން ނެރެލި މީހަކު އުޅޭނީ ގެ ނޫން ތަނެއްގަތާއެވެ. އެހާ އަވަހަށް ތައްޔާރުވާން ޖެހުމުން އުނދަގޫވި ނަމަވެސް އޭނާއަށް ހިތްހަމަނުޖެހުމުގެ ޖާގައެއް ނުލިބުނީ ކީއްވެބާއެވެ. ފޯނު ކެނޑުމާއެކު އީމާވެސް އަވަސްވެގަތީ ނައިއަލްއަށްޓަކައި ވޭންއެއް ތައްޔާރު ކުރުމަށެވެ.

ފިލަން ގަސްތުވެސް ނުކުރި ނިދިގަނޑާއިއެކު ހަތަރެސްފަޔަށް ވަރެއް ނުލެވޭ ހާލު، ބޮޑު ދެ ކަޅު ފޮއްޓާއި ކާޑްބޯޑް ފޮށިގަނޑު ސިޑިން ބާލާ ނިމުންއިރު ނައިއަލްގެ ހަށީގައި ހޭހުރިކަން އެއީ އާދަޔާޚިލާފު އަޖައިބެކެވެ. ސިޓިންގ ރޫމުގައި ލަތީފާ ފެންނަން ނެތްކަން ނަސީބެކޭ ހިތަށްއެރިއެވެ. މަންމަގެ ހިތް ރުއްސަން ދައްކާނެ މޫނެއް އޭނާއަކަށް ނޭނގޭ ވިއްޔާއެވެ. ތަނަވަސް ސިޓިންގ ރޫމުގެ ކަނެއްގައި ބަހައްޓާފައި އޮތް ބީންބޭގްގައި، ލެޕްޓޮޕުން އޮފީސް މަސަތްކަތް ކުރަން ގުޅައަކަށް އޮތް ހަނީފް އިސް އުފުލާލަމުން ނައިއަލްއަށް ބަލައިލިއެވެ.

“ލިބުނީދޯ ވަޒީފާ.” އޭނާގެ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ނައިއަލް އަސަރެއް ނެތް ގޮތަކަށް ބޯ ޖަހާލިއެވެ. އޭނާގެ މޫނުމަތީގައިވި ފަރުވާކުޑަކަން ހަނީފަށް ފާހަގަވީ ކަންނޭނގެއެވެ. “މަނީ…މަނީ..” އަތް ތަތްތަތް ލަވައިގެން އުޅޭކަހަލަ ގޮތަކަށް ހަނީފް އިނގިލިތައް ހަރަކާތްކޮށްލީ ފައިސާތަކެއް ދައްކުވައިދިނުމަށެވެ. ނައިއަލްގެ މޫނުމަތި ވަގުތުން އުޖާލާވިއެވެ. އޭނާ ބޯ ޖަހާލަމުން އަވަސްވެގަތީ ފޮށިތަންމަތި ގެއިން ނެރުމަށެވެ. ފިޔާ ކޮށަމުން ކަރުނަ ފޮހެން ހުރި އައިޝްވަރިޔާއަކަށް ކެތެއް ނުވިއެވެ. އޭނާގެ މަސްތަކުގައި ހުރި ބާރު އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ނައިއަލްއަށް ފޯރުކޮށްދޭނަމޭ ބުނާ އުސޫލުން އެ ބުރަ އުފުލުމުގައި ނައިއަލްއާއިއެކު މަސްއޫލުވިއެވެ. ގޭގެ މައި ދޮރާށިން ބޭރަށް ނިކުންނަން އަޅައިލި އެންމެ ފަހު ފިޔަވަޅާއެކު ނައިއަލް ފަސްއެނބުރި ބަލައިލި މަތީ ބުރިން މީހަކު ފެނުންހެން ހީވެގެންނެވެ.

“ނައިއަލް!” ހިމޭން ރޭގަނޑުގެ ފަޒާގައި ހިފާލީ، ބާތް ރޯބް އޮޅައިގެން ހުރެ އިސްތަށިގަނޑު ހިއްކަމުން ހިއްކަމުން ބެލްކަނިން ބޯ ދިއްކޮށްލި ލަތީފާގެ އަޑެވެ. ނައިއަލް ހިނިގަނޑެއް ޖަހައިލަމުން މަންމައަށް ހަނާ އަޅައިލިއެވެ. “ބަލައިގެން އުޅޭތި!” ލަތީފާ ނުސީދާކޮށް ނަސޭހަތްތެރިވީ އީމާއާއި ގާތްނުވުމަށެވެ. ހަނީފުގެ މޮޅުކަމާއޭ ނައިއަލްގެ ހިތަށް އެރިއެވެ. އޭނާގެ ހިތް ރުއްސާފައި ލާރި ހޯދަން ފޮނުވި ފަދައިން ލަތީފާ ރުއްސުމުގައިވެސް ދެވަނައެެއް ނެތް ތަރިއެެކެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ކުދިކުދި ތަރިތަށްވެސް ހަނީފުގެ ހުނަރުވެރިކަމަށް ތަޢުރީފް ކުރާނެކަން ގައިމެވެ.

ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުރި ގެސްޓް ހައުސްއެއްގެ ދޮރުމަތީގައި ފޮށިތަންމަތި އަތުރައިލާފައި އޭގެން އެއް ފޮށިގަނޑު މަތީ ނައިއަލް ޖައްސާލިއެެވެ. ބަލާބެލުމަށް ހަމަ ދެންމެ އެ ގެސްޓް ހައުސްއިން ނުކުތް މީހެކެވެ. ފިނިގަދަ ރެއެއްކަމުން އީމާގެ ސަބްމެރިން ފޮނުވަން ހަމަޖެހިފައި އޮތް ގަޑިއަށްވުރެ އިތުރަށް ގަޑިއިރެއް ފާއިތުވެ ދިޔައިރު، ތުރުތުރު އަޅަމުންދިޔަ ނައިއަލްގެ ދަތްދޮޅި އޭގެ އެންމެ ބާރު ސްޕީޑުގައި ނަށަމުންދިޔައެވެ. އީމާއަށް ގުޅަން ހިތަށްއަރާފައިވެސް އެ ޚިޔާލު ދޫކޮށްލީ، ކެތްތެރިކަމެއް ނެތޭ އަނެއް އެއްޗެކޭ ކިޔައި އީމާ ފަށާނެ  ތަޤުރީރުގަނޑު އަޑުއަހަން ތޫރީގައި ވަރު ނެތީތީއެވެ.

“ކޮބާތަ ދެން؟ އަމިއްލަޔަށް ނައިސް އަޅުން ފޮނުވަންޏާ ވާނީ މިހެނެއްނު. މަސްކޮޅަކާ ސަބްމެރީނާޔޯ! ހުއް! ޓެކްސީއެއްގަ ދިޔަނަމަ މިހާރު ދެވޭހާއިރު ވެއްޖެއޭ!” ނައިއަލްގެ ކުދިކިޔުން ފެށުނީ ކެތްތެރިކަން ކޮޅުންލުމުންނެވެ.

“އޭނަ މިހާރު އިންނާނީ އަޅުން ނުފޮނުވައިގެން. އަޅުންގެ ބަދަލުގަ މަ ދިޔައިމަ ކީކޭބާ ބުނާނީ؟” ޓްރެކްސޫޓަކާއި ހުޑީއެއްގައި ހުރި އީމާ، ބޮޑު ކަޅު އަވި އައިނެއް އަޅައިލަމުން ލޯގަނޑު ކުރިމަތީގައި ހުއްޓި ޖައްބާރު ގޮތަކަށް ދެއަތް އުފުލައިލިއެވެ. ރޭގަނޑަކަސް އަވިއައިނު އަޅާހިތްވެއްޖިއްޔާ އަޅާނީތާއެވެ. އަވި އޮތްތޯ ނެތްތޯ މުހިއްމެއް ނޫނެވެ. ހުޑީގެ އަތުކުރި ހިއްލައިލަމުން އަތުކުރީ ގަޑިއަށް ބަލައިލާފައި ދުއްވައިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަރައިގެން ހުރި އިސްޓާކީނުގެ ސަބަބުން ތަޅުގަނޑު މައްޗަށް ކައްސާލައިގެން ވެއްޓި ބިމުގައި އަނގަމަތި ޖެހުނީ އިންޒާރަކާއި ނުލައެވެ. އިރުކޮޅަކު ބުރާންތި އަރާފައި އޮވެފައި ތެދުވެ ތުންފަތުން ބޮކި ޖަހައިގަތް ލޭތައް ފޮހެލިއެވެ.

“ޕުއާރ ނައިއަލް؟ ނޯ ނޯ ޕުއާރ މީ..” ލަސްވެގެން ނައިއަލް އުޅޭނެއޭ ހިތަށްއެރުމުން ވެވުނު ހަމްދަރުދީއަށްވުރެ ތިމާއަށް ވެވުނު ހަމްދަރުދީ މާ ބޮޑެވެ.

“އަނގަމަތީ މަލަން އަޅާތަ މީހުން؟… ހުއް، ވަޓްއެވާރ އެެހެން މީހުން ނޭޅިއަސް މަށަށް އެޅިދާނެއެންނު.” އަނގަމަތީގައި އަޅާފައިވާ މަލަންގަނޑަށް ލޯގަނޑުން ނަޒަރު ހިންގާލަމުން އީމާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދާން ބުނި ގަޑިއަށް ވުރެ ގަޑިއިރެއް ލަސްވެފައިވީތީ ގަރާޖުން ވޭން ނެރެން އޭނާ އަވަސްވެގަތެވެ.

ނިދިތާއްޔާ ޖެހިފައި އިން ނައިއަލް ކުރިމަތީގައި މަޑުކޮށްލީ ވޭނެކެވެ. މީހަކު އަތްލުމެއްނެތި އެ ވޭނުގެ ދޮރު ހުޅުވުނެވެ. އީމާގެ ކޮމްޕެނީގެ ނަން ޖަހާފައި އިނުމުން އެއީ އޭނާއަށްޓަކައި އައި އެއްޗެއްކަން ނައިއަލްއަށް އިނގުނެވެ.

“މީނަ ފޮނުވި މަސްތަށް ކަންނެތް ކަމުން ނުވެސް ފަތާތަ؟” ހިންދެމިލަމުން ވޭންތެރެއަށް ފޮށިތަށް އެރުވި ނައިއަލް އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. އަނގަމަތީ އަޅާފައި އިން މަލަންގަނޑުގެ ސަބަބުން އީމާއަށް ދަތްކުނޑި ވިކައިލެވުނީ ވަރަށް ހާލުންނެވެ.

“އޯ މައި….” އެއްޗެކޭ ބުނަން އުޅެފައި އަދި މަޑުން އިންނާނީއޭ ހިތައި އަޑު ބަންދުކުރަންވެގެން އަނގަމަތީ އަތް އަޅައިލެވުމުން ތުންފަތުން ދިލަނެގުން ނޫންކަމެއް ނުވިއެވެ.

“އެންމެ މީހެއް…” ފަހަތު ސީޓުގައި ހަމަޖެހިލި ނައިއަލް ކުރީ ސީޓުގައި ޑްރައިވަރު އެކަނި އިނުމުން ހިތާހިތުން މަލާމަތްކޮށްލިއެވެ. މަސްކޮޅެކޭ ބުނިއިރު މީނީ ފަތަންވެސް ނޭންގޭ އެންމެ މަހެކެވެ. “އަސްލު ތި މީހުންގެ ބޮސް އެއީ ވަރަށް ފޮނި މީހެއް ދޯ! ވާހަކައިން ހީވީ މަ ބަލައި ބޮޑު ފައުޖެއް ފޮނުވަން އުޅުންހެން.” ހިނިގަނޑެއް ޖަހާލަމުން ނައިއަލް ހިތުން އޭނާއަށް އެހުނީ އީމާ ފޮނުވި ޑްރައިވަރެއް ކައިރީގައެވެ rxcare.net/.

“އަނެއްކާ ހަޅޭއްލަވާލާއިރު ހީވަނީ ގޮވާފަ އޮތް އިންޖީނެއް ޖައްސާހެން. ބޭބޭ، ކިހިނެތް ތި ހިފަހައްޓާލަނީ އެހާ ރުޅިމަޑު މީހެއް ކައިރީ؟” ވަށްބަހުން ޖަހައިލަމުން ނައިއަލް، އީމާގެ މަސްކެއުމުގެ ސެޝަން ކުރިއަށް ގެންދިޔައެވެ.

އަޑު ބަރުކޮށްލާފައި އިންޖީނެއްގެ އަޑު ނެރެލި އީމާގެ އަޑަށް ނައިއަލްގެ މުޅި ހަށިގަނޑު ގުޑުންއަރާ ވަރަށް ސިހުނީ އެއީ އީމާހެން ހީވެގެންނެވެ. ކުރީ ސީޓުގައި އިން އީމާ އަވިއައިނު ނަގަމުން އޭނާގެ ޚާއްސަ ރޮބޮޓް ސްޓައިލުގައި ފަހަތަށް ކަރު އަނބުރާލިއެވެ. އީމާގެ ކަތި ނަޒަރު އަމާޒުވުމާއެކު ނައިއަލްގެ ހަށިގަނޑުގައި ލެއްވި ހުރިހާ ގުނަވަނަކަށް ތޫނު ހަންޖަރެއް ހަރާލިހެން ހީވިއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ.

“ރަހަ ބަލާލާފަ ވާހަކަ ދައްކަމާ ހިނގާދޯ. ފޮނި ރަހަ ނުލާފާނެއެންނު.” އަނގަމަތީ އަޅާފައިވާ ބޭސް މަލަގަނޑާއެކު އީމާއަށް ވާހަކަ ދެއްކުނީ ވަރަށް ހާލުންނެވެ. އަނގަ ހުޅުވަން ތަންކޮޅެއް ދޫކޮށްފައި އެޅުންކަން ރަނގަޅެވެ. އަނގަމަތީ ބޭސްމަލަން އަޅާފައި ހުރުމުން ނައިއަލްއަށް ނުހެވުނީ ކިރިޔާއެވެ. ނަމަވެސް ކެތްކޮށްލާފައި، ކުރީ ދެ ސީޓުގެ ލެނގޭ ބައިގައި އަތް އަޅުވައިލާފައި އީމާއާއި ގާތްވެލި ނައިއަލް އަނގަ ޗޭކޮށްލިއެވެ.

“ބޭސް މަލަމުގަ ފޮނި ރަހަ ލާތަ؟” މަލާމަތް ކޮށްލާފައި ނައިއަލް އޭނާ އިން ސީޓަށް އަނބުރާ ވެޑުވުނީ އީމާގެ ފަރާތުން ޖަވާބެއް ނައުމުންނެވެ. ނިކަން ހުތްވެފައި އީމާވެސް އެނބުރިފައި ދުއްވަން ފެށީ މި ފަހަރު ނައިއަލް ކަޑަކުރަން އުޅެވުނު މޮޔަ ހިތަށް އަރާފައެވެ. ނައިއަލްއަށް ނުފެންނާނެހެން މަލަންގަނޑު އުފުރައިލާފައި ބޮނޑިކޮށްލަމުން ޓްރެކްސޫޓުގެ ޖީބަށް ކޮއްޕާލިއެވެ. އީމާގެ އަނގަ ބަންދުކޮށްލެވުނީތީ ނައިއަލް އިނީ ވަރަށް ފޮނިވެފައެވެ.

ބާރު ދުވެލީގައި އެ ވޭން ދުއްވަމުން ދިޔައިރު އެތެރޭގައި ތިބި ދެ ޒުވާނުން ދޭތެރޭގައި ވީ ހިމޭންކަމުގެ ފަރުދާއެކެވެ. ފޮށިތަކުގެ ދެމެދުގައި އިންސާނުންގެ ކަންފަތްތަކަށް ނީވޭ ވާހަކަތަކެއް ބަދަލުކުރެވެމުން ދިޔައީ މި މަޢުލޫއާއި ބެހޭގޮތުން ކަމަށްވެސް ވެދާނެއެވެ. އެއް ފޮށިގަނޑު އިންތަނުން މަޑުމަޑުން ކެހެމުން ގޮސް އަނެއް ފޮށިގަނޑުގައި ޖެހި ޚިޔާލު ފާޅުކުރަމުން ދިޔައިރު ސީޓުގައި ދެލޯ މަރައިގެން އިން ނައިއަލް ދެ ފޮށި ދެމެދަށް ފައި ހުރަސްކޮށްލީ، ތިމާއަށް ލޯބިވެރިއެއް ނުފެނިގެން އުޅެނިކޮށް ގެންގުޅޭ ފޮށިތަކަކަށް މާ ފޮޅުވުމުގެ ފުރުސަތެއް ނުދޭނަމޭ ހިތަށްއެރުމުން ވަތް ހަސަދަވެރިކަމުގެ ސަބަބުންނެވެ. ކުޅި ބަލަން ހުރި ކާޑްބޯޑް ފޮށިގަނޑު ހުރީ ނައިއަލްއާއި އެއްކޮޅަށެވެ.

“ކަލޭހާ ހަލަނި ވީމަ ދޯ އެ އެއްޗެހިވެސް އެއްތާކު ނުުހުރެވިގެން އެ ދުވަނީ.” ކުރީ ލޯގަނޑުން ބަލައިލި އީމާ ކަރުކެހިލަމުން ވެރިވެފައިވާ ހަމަހިމޭންކަން ފިލުވާލިއެވެ. ނިދިޖެހިފައި އިން ނައިއަލްގެ ކަންފަތަށް އީމާގެ އަޑު ފޯރީ ކެނޑި ކެނޑިގެންނެވެ. އޭނާ ހިތުން އީމާ އޭނާގެ އާންމު ކުދިކިޔުން ފެށީއެވެ.

“ކުދިކިޔާ މީހުން މުސްކުޅިވާނެ އަވަހަށް.” ނައިއަލް ބުނެލިއެވެ. ކުރީ ލޯގަނޑުން ފެނުނު ނައިއަލްގެ ސޫރައާއި ދިމާލަށް އީމާ ލޯއަޅައިލިއެވެ.

“އަނގަގަދަ މީހުން އަވަހަށް މުސްކުޅިވާނެއޭ ކިޔަނީ. ނޭންގޭ އެއްޗިހި ނުކިޔަބަލަ.” އީމާ ހިނިގަނޑެއް ޖަހައިލިއެވެ. އީމާ އެއްލި ބަހުގެ ހިލަމެއްވެސް ނުވެ ނައިއަލް ހުވަފެނުގެ އާލަމަށް ދަތުރުކޮށްފިއެވެ.

ގޭގެ މައި ގޭޓު ކުރިމަތީގައި ވޭން މަޑުކޮށްލުމާއެކު އަތުގައި އޮތް ރިމޯޓަށް އީމާ ފިއްތާލިއެވެ. ގޭޓުގެ ދެފަރާތް އެތެރެއަށް ހުޅުވިގެން ދިޔުމުން ވިނަ ކާޕެޓުގަނޑުގެ މެދުގައި ހަދާފައިވާ މަގުން ދުއްވާފައި ގޮސް ވޭން ހުއްޓާލީ ރިމޯޓެއްގެ އެހީގައި ހުޅުވުނު ގަރާޖު ތެރެއަށެވެ. އީމާ ވޭނުން ފައިބާފައި އަވަސްވެގަތީ ނައިއަލްގެ ފޮށިތަށް ބޭލުމަށެވެ. އެއްވެސް ޝަކުވާއެއް ނެތި އެކަން ކޮށްދެވުނީ ނިދި ގެއްލުމުން ކުރެވޭ އިޙްސާސް އޭނާއަށް ވުރެ ރަނގަޅަށް އިނގޭނެ މީހަކު ނެތީތީއެވެ.

ހުރިހާ އެއްޗެއް ބާލައި ނިމުމުން ނައިއަލް އާއި ދިމާލަށް އީމާ ބަލައިލިއެވެ. އޭނާ ހަމަ ގުގުރި ދަމަނީއެވެ. ވެރިވެފައިވާ ވަރުބަލިކަން އެއްފަރާތް ކޮށްލަމުން އެއްމިޔަކުން ހިނިތުންވެެލެވުނީ ނައިއަލްގެ މޫނު ހިތްގައިމު ކަމަކުން ނޫނެވެ. ނަމަވެސް ހުޅުވިފައިވާ އަނގަޔާއި ބޮޑުވެފައިވާ ނޭފަތާއެކު އޭނާ ލައްވަމުން ދިޔަ ގުގުރީގެ އަޑު ހަމަ މަޖަލިއްޔެވެ. ދެވަނަ ސިކުންތުގައި އީމާގެ ސިކުނޑި ހިޞާރު ކޮށްލީ އެ މޫނުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އޭނާއަށް ކުރިމަތިވެފައިވާ ކަންތައްތަކެވެ. އެތަށް އަހަރެއް ވަންދެން އަމިއްލަ ނަފްސަށްވެސް ފޮރުވައިގެން ގެންގުޅުން ހަނދާންތައް ހިފައިގެން އައި ނައިއަލްގެ ސަބަބުން އީމާގެ ހަޔާތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

“އޭތް ހޭލަންއުޅޭ! މިއޮއް އާދެވުނީ!” އީމާ ނައިއަލްގެ ގައިގައި ކޮއްޓައިލިއެވެ. ނަމަވެސް ކަމެއްވިހެންވެސް ނައިއަލްއަށް ހީނުވިއެވެ. “ތެދުވާށޭ!” އީމާ ތަންކޮޅެއް ބާރަށް ގޮވައިލާފައި ނައިއަލްގެ މޫނުގައި ޖަހައިލިއެވެ. ނަމަވެސް އަނގަ ކާލާފައި އަނެއްކާވެސް ގުގުރިދެމުން ކުރިއަށް ގެންދިޔުން ނޫން ހަރަކާތެއް ނައިއަލް ނުކުރިއެވެ.

“މީ ކިހާ ދެރަކަމެއް އަނެއްކާ؟” އީމާ އަމިއްލައަކަށް ކިޔައިލިއެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ކުނި މޫނު ހަދާލަމުން އީމާ ނައިއަލްގެ ދެ އަތް އަމިއްލަ ކޮނޑުމައްޗަށް ވާގޮތަށް ނަގައި ހިފަހައްޓައިލިއެވެ. މުޅި މިހާ އުފުލައި ނުލެވުނު ނަމަވެސް ދެއަތަށް ދަމަމުން ސީޓުގައި ކާއްތާފައި ކޮޅަށް ނެގުނީ ބޮޑު ސާރިދޯޅެއް ބުރަކައްޓަށް ލައިގެން އުޅޭ ހާލުގައެވެ. ނައިއަލް ބުރަކަށްޓަށް ލައިގެން ގުދަށް އޮވެ އީމާ ހިނގައިގަތްއިރު ނައިއަލްގެ ދެފައިތިލަ ބިންމަތީގައި ކޭއްތެމުން ދިޔައީ އޭނާގެ އިސްކޮޅު ދިގުކަމުންނެވެ. އޭނާގެ ދެލޯ އެވަރުންވެސް ނުހުޅުވުނެވެ.

“ޗިމްޕާ ދެން ނުހިނގަބަލަ…” ނިދީގައި ތުންތަޅުވާލާފައި ނައިއަލް ހިތުން ބައްދައިގަނެވުނީ ކަންނެޔޮލުގައެވެ. ނުރައްކާތެރި ވިސްނުމެއް ނުގެންގުޅެން ނަފްސަށް ވިސްނައިދެމުން، އީމާ އެތެރެގެއާއި ދިމާލަށް ދިޔައެވެ. ދޮރާއި ހަމައަށް އަރާފައި އިނގިލީގެ ނިޝާނުން ދޮރު ހުޅުވަން ނައިއަލްގެ އެއް އަތުން އަތް ދޫކޮށްލަން ޖެހުމުން ނައިއަލް ވެއްޓުނަ ނުދޭން އިތުރަށް ގުދުވާން އީމާއަށް ޖެހުނެވެ.

ނިޝާން ޖަހަން ޚާއްސަ ކުރެވުފައިވާ ތަނުގައި ބޮޑުވާއިނގިލި ޖައްސައިލުމާއެކު ދެފަޅިއަށް ބިއްލޫރި ދޮރު ކެހުނުވެ. އެވަގުތު ވީ އީމާގެ ދެފައި އޭނާއަށް ބޭވަފާތެރިވި ވަގުތަށެވެ. ދޮރުން އެތެރެއަށް ބަންޑުން ވެއްޓި ނައިއަލްގެ ގައިދަށުވެއްޖެއެވެ. ނައިއަލްއަށް އެހީ ވެވުނު ކަމަށްޓަކައި އަމިއްލަ ނަފްސަށް އީމާއަށް މަލާމަތްކުރެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ނައިއަލް ގައިދަށުން ދެމިގަނެ، މުށިގަނޑު މަތީ އިށީންދެފައި އަތް ދަމައި ނައިއަލްގެ ފުއްކިބައިގައި އެތިފަހަރެއް އަޅައިލިއެވެ. ކުއްލިއަކަށް ލޯ ހުޅުވައިލެވުނު ނަައިއަލް ދިޔައީ ތަރިބުރައިގެންނެވެ.

“ކަލެއަށް އެހީވާ ކޮންމެ ފަހަރަކު ވަނީ ހަމަ މިހެނޭ. ފޮށިތަށް ހިފައިގެން އާދޭ ކޮޓަރި ދައްކާނަން.” ވެފައި ހުރި ވަރުބަލި ކަމާއިއެކު އީމާ ޖޯޝެއް ނެތް އަޑަކުން ބުންޏެވެ. ވާނުވާ ރޭކާލާން ނައިއަލްއަށް ހިނދުކޮޅެއް ނެގިއެވެ. ކަންނެތް ހިނިތުންވުމަކުން އޭނާ ހިނިތުންވެލިއެވެ. ކޮޅަށް ތެދުވަން އެހީއަކަށް ނައިއަލް ހިފައިގަތީ ކުރިޔަށް ހިނގައިގަތް އީމާ ލައިގެން ހުރި ހުޑީގެ ހޫޑްގައެވެ. މޮޔަ ވިސްނުން ބުނި ގޮތުގައި ނަަމަ އެ ފަހާފައިި ހުރީ އޭނާގެ ބަރުމިނަށް ބަލި ނުވާނެ ރޮއްޖަކުންނެވެ. ފަހަތަށް ވެއްޓުނަ ނުދޭން އީމާއަށް ހިފަހައްޓާލެވުނީ އެތާ އިން މާ ވަށިގަނޑެއްގައެވެ. ނައިއަލްގެ ދެފައި ބިންމަތީގައި ކޮޅަށް ހަރުލިއިރު ގޮވި ހިތާމަވެރި އަޑަކާއިއެކު ހޫޑް ފަތިން އިރިގެން އައީ އަތަށެވެ. އެއްފަހަރު އަތުގައި އޮތް ފޮތިކޮޅަށް، އަނެއް ފަހަރު ފަހަތަށް ބަލައިލި އީމާގެ މޫނަށް ބަލައިލާފައި ނައިއަލް ދައްކައިލީ ޖެހިލުންވުމުން ފުރިގެންވީ މަސްނޫއީ ހިނިތުންވުމެކެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

afnaarj

Level 2100 Login10 Stories100 Comments

We hope you like our first story ‘foni faaroshi’. This story is written by two writters. We welcome both positive and negetive opinions of readers.

Other Articles

Previous

ކިއަރާ ( 1 ވަނަބައި)..

Next

ވާލޯބި އެނގޭނަމަ…(3)

Next
May 11, 2020

ވާލޯބި އެނގޭނަމަ…(3)

Previews
May 11, 2020

ކިއަރާ ( 1 ވަނަބައި)..

16 Comments!

  1. m-z-o-n-a says:
    May 11, 2020 at 1:16 pm

    varah salhi ingeyyy… LOL 🙂

    1. afnaarj says:
      May 11, 2020 at 8:40 pm

      Thank youuuuu for the support ?❤?

  2. No one says:
    May 11, 2020 at 1:27 pm

    Guys!! Mi part ves varah varah reethi ingey!!??? Mivareneh Hama!!! Curiously waiting for the nxt part!!BTW when next part???? Varah reethi vaane kamah mibalany nxt part ves!!! Luv ya !!! Stay ?!! Stay safe!!!

    1. afnaarj says:
      May 11, 2020 at 8:49 pm

      Awwwwwww ❤❤ Thank you soooooooooooo much! We will never get tired of thanking you all enough ?. We will try our best to reach ur expectations ?insha allah. Much love stay safe ♥

  3. magnumm says:
    May 11, 2020 at 1:35 pm

    Wow afnaarj❤! Sooooooooo amazinnn.. also hama ehaa majaaa??hehe.btw waitinnn for da nextu.much lavssss??

    1. afnaarj says:
      May 11, 2020 at 8:51 pm

      Thank youuuuu in bunches magnumm! ❤? keep making us hungry for mangumms and supporting us that way ?! We luv u too ? nxt part soon insha allah

  4. shaiiii says:
    May 11, 2020 at 2:53 pm

    heyy mi part vv salhi….curiously waiting for next part….lav u the most…..

    1. afnaarj says:
      May 11, 2020 at 9:40 pm

      Thank you very much shaiiiiiiiiiiiii ❤❤? u motivate us alot much love from us too ??

  5. Shaakko says:
    May 11, 2020 at 3:57 pm

    Hahahahahha????????????????? Huvaa heehee halaaku??? mi vaahakaige konme part eh kiyaafa ves hee ninmenee eggadi iru fahun❤️❤️❤️❤️❤️♥️♥️♥️♥️♥️
    Huvaa hama bas husvejje☺️☺️☺️☺️
    Mihaathanah nukiyey kanneynge mihaa majaa mihaa loabi vaahaka eh?????
    Masha Allah♥️♥️♥️♥️♥️♥️ mee hama 100kaige vaahaka eh????????????
    Dhen in part adhi varah majaa vaane kanneynge??? Naial Eema ge geyga ulheyne goi hithah eriyas hevey???
    Sorry comment dhiguveema?‍♀️?☺️??
    Ekam hama reethi veema vaa gothey eii♥️?

    1. afnaarj says:
      May 12, 2020 at 12:17 am

      ???hahaha! We always laugh wen we hear about how much ya’ll laugh after every ep. It’s honestly an unexplainable pleasure to make you all smile every day ❤❤ Thank you so much for the sweet words. I’ve never met such supportive and selfless ppl till all of ur readers popped in ?? itll sure be better and more funny in the future parts insha allah ?no worries we love long n short comments ❤❤

  6. afnaarj says:
    May 11, 2020 at 4:04 pm

    Salaam everyone! We hope u enjoy is part like all other parts ?❤ we r kind of surprised to see no negative comments but we would love it if you give ur negative reviews and improvement points so that we can improve ?? much love. Have a nice day ! We will be doing our very best to reply to all of the comments insha allah ♥

  7. Shy❤ says:
    May 11, 2020 at 4:55 pm

    Hey varah reethi mi part ves ? and varah majaa hama hee hee badah thadhu vehji mihaaru ? i think eema and naial will fall in love with each other and haneef buni thanthah naial eh nukuraane hen.? this is my opinion? BTW whn next part? Curiously waiting? Luv u afnaarj❤
    STAY HOME
    STAY SAFE ?

    1. afnaarj says:
      May 12, 2020 at 12:25 am

      ??? nice guess shy that’s possible too but we can’t keep things too simple either ?so let’s see what’ll hppn next ?❤ n thank you veyyyryyyyy much for every single one of ur comments n the time u take for this ?? may u be rewarded well. Next part will be submitted tmr insha allah ? much love stay safe ❤❤

  8. Kairaa says:
    May 12, 2020 at 6:09 pm

    Wowww….mi part kiyaafa hama heehee halaaku….haaadha reehchey mi story kuriyah gendhaa goii??…masha allah….speeeechleessss????…..thi dhekudhin haaaaadha molhey….masha allah…curiously waiting for the nxt part……lysmmm….be safe

    1. afnaarj says:
      May 12, 2020 at 8:20 pm

      Awwwwn thank you for your lovely wordsss kairaa ❤? it made us feel very motivated loved happy and supported ? we love seeing ur comment and thanks alot ? much love stay safe ♥

  9. Imkko says:
    May 14, 2020 at 6:58 pm

    Maasha allah … mi baives hama OMG .. ??? naial and eema e geyga ulheyne goi hitha aruvaafa ves heehee halaaku vey … i really naial and eema would fall in love … ehn vekje aa kihaa majaa vaane … ??♥️♥️♥️

Comments are closed.


All Right Reserved!