
“ކަލެއަށް އެހީވާ ކޮންމެ ފަހަރަކު ވަނީ ހަމަ މިހެނޭ. ފޮށިތަށް ހިފައިގެން އާދޭ ކޮޓަރި ދައްކާނަން.” ވެފައި ހުރި ވަރުބަލި ކަމާއިއެކު އީމާ ޖޯޝެއް ނެތް އަޑަކުން ބުންޏެވެ. ވާނުވާ ރޭކާލާން ނައިއަލްއަށް ހިނދުކޮޅެއް ނެގިއެވެ. ކަންނެތް ހިނިތުންވުމަކުން އޭނާ ހިނިތުންވެލިއެވެ. ކޮޅަށް ތެދުވަން އެހީއަކަށް ނައިއަލް ހިފައިގަތީ ކުރިޔަށް ހިނގައިގަތް އީމާ ލައިގެން ހުރި ހުޑީގެ ހޫޑްގައެވެ. މޮޔަ ވިސްނުން ބުނި ގޮތުގައި ނަަމަ އެ ފަހާފައިި ހުރީ އޭނާގެ ބަރުމިނަށް ބަލި ނުވާނެ ރޮއްޖަކުންނެވެ. ފަހަތަށް ވެއްޓުނަ ނުދޭން އީމާއަށް ހިފަހައްޓާލެވުނީ އެތާ އިން މާ ވަށިގަނޑެއްގައެވެ. ނައިއަލްގެ ދެފައި ބިންމަތީގައި ކޮޅަށް ހަރުލިއިރު ގޮވި ހިތާމަވެރި އަޑަކާއިއެކު ހޫޑް ފަތިން އިރިގެން އައީ އަތަށެވެ. އެއްފަހަރު އަތުގައި އޮތް ފޮތިކޮޅަށް، އަނެއް ފަހަރު ފަހަތަށް ބަލައިލި އީމާގެ މޫނަށް ބަލައިލާފައި ނައިއަލް ދައްކައިލީ ޖެހިލުންވުމުން ފުރިގެންވީ މަސްނޫއީ ހިނިތުންވުމެކެވެ.
***************************
އީމާ ރުޅިއަންނާނެ ކަމަށް ހީކޮށް ނައިއަލްއަށް ދިފާއުގައި ދެއަތް ހިއްލައިލެވުނުއިރު ހީވީ ބޮކްސިންގ މެޗަކަށް ތައްޔާރުވިހެނެވެ. ނަމަވެސް ނައިއަލްއާއި އެއްވެސް ވައްތަރެއްގެ މެޗެއް ފެށުމުގެ ޝައުގެއް އީމާގެ އެ ވަގުތު ނެތެވެ. އޭނާ ހުރީ އެއަށްވުރެ މާ ވަރުބަލި ވެފައެވެ.
“ފަ…ފަ…ފަހުން ގަތްދޭނަން ތި…ތި…ތީގެ ހުޑީއެއް.” ނައިއަލް އަދިވެސް އުޅުނީ އީމާގެ ރުޅިން ސަލާމަތްވެވޭތޯއެވެ.
“އާނ ގަތްދޭތި…” އީމާ މައްސަލަ ކުރުކޮށްލާފައި ނައިއަލް ހުންނަން ހަމަޖެހިފައިވާ ކޮޓަރިއާއި ހަމައަށް އޭނާ ގެންގޮސްދިނެވެ. ދިޔަ މަގުމަތީގައި ގޭތެރެ އޮތް ތަރުތީބެއް ނެތް ހާލު ފެނިފައި ސާފުކުރާ ހިތުން ނައިއަލްއަށް ކެތްކޮށްލެވުނީ ކިރިޔާއެވެ.
“ރަޖާ އޮންނާނެ ކަބަޑުތެރޭގަ. ބަނޑުހައި ވެއްޖިއްޔާ ފްރިޖުން އެއްޗެއް ނެގިޔަސް އޯކޭ.” ކޮޓަރި ހުޅުވައިދީފައި، ނައިއަލް އަތަށް ތަޅުދަނޑި ދީފައި އީމާ ބުންޏެވެ. ފޮށިތައް ވައްދާފައި ކޮޓަރި ދޮރު ލައްޕައިލުމުގެ ކުރިން، އާފުރެމުން ސިޑިން އަރަމުންދިޔަ އީމާއަށް ނައިއަލް ބަލައިލިއެވެ. މިއޮއް ބޮޑު ހަވޭލީގައި އީމާ އުޅެނީ އެކަނި މާއެކަނި ބާއޭ ނައިއަލްގެ ހިތަށްއެރިއެވެ. އަދި އެއާއިއެކު އޭނާއަށް ހިސާބަކަށް ހަސަދަވެރިވެސް ވެވުނެވެ. ކިހާ ބޮލަށް ފަސޭހަވާނެހެއްޔޭ ހިތަށް އެރުމުންނެވެ. އީމާގެ ހަޔާތުގައިވީ ފުން އެކަނިވެރިކަން އަންދާޒާ ކުރެވުނުނަމަ އެފަދައިން ހިތަށް ނާރާނެއެވެ.
ހޫނު ފެނުން ފެންވަރައިގެން އައިސް އެނދަށް ބޮނޑިވެގަތް އީމާއެކޭ އެއްފަދައިން، ތިރީ ބުރީގައި ހުރި ކޮޓަރީގައި އުޅުން ނައިއަލްވެސް އެނދުގައި ޖައްސައިލީ ހަމަ އެވަގުތެވެ. ނަމަވެސް އީމާއާއި ޚިލާފަށް ނައިއަލްގެ ލޮލަށް ނިންޖެއް ނައެވެ. ގަޑިން މެންދަމުން ބާރަ ޖަހައިފިއެވެ. ހުރިހާ އެއްޗެއް ތަރުތީބުކޮށް ހަމައަކަށް އަޅުވާފައިވާ ނައިއަލްގެ ކޮޓަރި، ފަނޑު ރަތް ބޮކީގެ އަލީގައި ފެންނަނީ ހިތްގައިމުކޮށެވެ. ނުނިދިގެން އައި ސިނގު ރުޅިން ކޮޅަށް ތެދުވެ އެނދުގެ މެދުގައި ދެފައި ވަށްކޮށްލިއެވެ.
“މަ ކީއްތަ އަސްލު މި ކުރަނީ މިތާނގަ؟؟!” އޭނާ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އެނދުގެ އެއްފަޅީގައި ނިދާފައި އޮތް ޗިމްޕާއަށް ހިތުގެ ހައިޖާނުގަނޑު ހިއްސާކުރަން އެދެވުނު ނަމަވެސް އަބަދު މީހުންނާ ނުތަނަވަސްކަން ހިއްސާކޮށްގެން ވާނެ ފައިދާއެއް ނޯންނާނެޔޭ ނައިއަލްގެ ސިކުނޑި ބުންޏެވެ. އަމިއްލަޔަށް ވިސްނާ ކުރިމަގު ކޮށުމަށް އެ ހިތް ބުނި ބުނުމަކީ ހަޔާތުގައި ނެގުުނު މަދު ވިސްނުން ތޫނު ފިޔަވަޅު ތަކުގެ ތެރެއިން ފިޔަވަޅެއްކަން ކަށަވަރެވެ.
“ބިޒްނަސް ބަނގުރޫޓުކުރަން ކީއްތަ ކުރަނީ؟” އޭނާއަށް އަމިއްލަ ނަފްސާ ކުރެވުނު އެންމެ ބޮޑު ސުވާލަކީ އެއީއެވެ. “ޔަގީނުންވިއްޔާ އޭނަ… އީމާއަށް ކޮންމެސް ގެއްލުމެއް ދޭން ބައްޕަ އެ ވިސްނަނީ… މަ ދަންނަ މީހެއްވެސް ނޫނެއްނު ދޯ ދެން އެއީ. މަށަށް ކީއް؟… ބައްޕަ އަތުން ލާރިކޮޅެއް ލިބޭނީ އެހާ ހާލުން. ހަނީފުގެ މިލިއަންސް… މަނީ، މަނީ…” ތަސްބީހަ ފައްޗެއްހެން ހިތަށް ވައްދަން އޭނާ ކިޔަމުން ގެންދިޔައެވެ. ލަތީފާގެ ޒީލަގަދަކަމާއި ހެދި މިއޮއްހާ ދުވަހު ކުރާހިތްވާ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމުން މަޚުރޫމްވެފައިވީ ނައިއަލްއަށް މި ކަންތައް ވީ ރަނުގެ ފުރުޞަތަކަށެވެ. ހަނީފްގެ ރޭވުމުގައި ކުރިޔަށް އޮތް ކަމެއް ނޭންގޭތީ ހިތްނުތަނަވަސް ވި ނައިއަލް ނަފްސަށް ވިސްނައިދިނީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށެވެ.
ބޭކާރު ޚިޔާލުތަކެއް ކަމަށް ނައިއަލް ދެކުނު އެ ކަންތަކާއި މެދު ވިސްނުމުން ސިކުނޑި ދުރުކުރުމަށްޓަކައި އޭނާ ނިންމީ މަސައްކަތެއްގައި މަސްޢޫލުވާށެވެ. އީމާގެ ގެ އޮތް ހާލަތު ސިކުނޑީގެ ކަނަކުން ނުފިލިވިއްޔާއެވެ.
ނިދީގައި ތެޅިތެޅި އޮތް އީމާ، ބުރަކަށްޓަށް ކަށްޓެއް ޖަހާލިހެން ފުންމައިގެން ތެދުވިއިރު ނޭވާތަށް ވަނީ ކުރުވެފައެވެ. ހީވާގޮތުން ހުވަފެނެއްގެ ގޯނާއެވެ. އެންމެ ގަޑިއިރެއްގެވެސް ހަމަ ނިދި ނުލިބުނެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ނައިޓް ސްޓޭންޑް މަތިން ފެންފޮދެއް ލިބޭނެކަމުގެ އުންމީދުގައި ބަލައިލިއެވެ. ހުސްވެފައި ހުރި ޖަގު ހިފައިގެން ތެދުވެ އެންމެ ފިޔަވަޅެއްވެސް ނޭޅެނީސް ކުރެވުނީ މަތިންދާ ބޯޓެއްް ޖައްސަން ދާ ވަގުތު ކުރެވޭ މޭނުބައި ކުރާ އިހްސާސެވެ.
ދެލޯ މަރާ ތަގުޅިކޮށްލަމުން އެނދުގައި އިށީނދެވުނެވެ. ބަނޑުން ގޮވާލި އަޑާއި ބޮލަށް އެރި ތަދާއެކު ފާއިތުވީ ސައުއްވީސް ގަޑިއިރު ތެރޭ ހަރު ކާއެއްޗެއް އަރުތެރެއިން ދިރުވާނުލެވޭކަން ހަނދާންވިއެވެ. އަމިއްލަ ނަފްސާމެދު ފަރުވާކުޑަ ކުރެވޭނީ މިވަރަކަށެވެ.
މަޑު ހިނގުމެއްގައި ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ގޮސް ސިޓިންގ ރޫމް ލޮލަށް ފަހުމްވުމުން އޭނާ މަޑުޖެހިލިއެވެ. ފަހަތަށް އެނބުރި ހުރި ނައިއަލް ފިހިގަނޑު ހިފައިގެން ކުނިކަހަމުން، އަތުޖެހޭ އަންނައުނުތަށް ވަށިގަނޑަކަށް އަޅަމުންދިޔަ ގޮތް ނިކަން ހީވާގިއެވެ. ނައިއަލްއަށް ހިލަމެއް ނުވާނޭހެން ގޮސް ބަދިގެއަށް ވަދެ، އައިސް އަލަމާރީގައި ހުރި ނޫޑްލްސް ތަށި ކާން ޖައްސައިލި އީމާ ނައިއަލްގެ ހަރަކާތްތަކަށް ބަަލަން އިނެވެ. އުޖޫރައަކަށް ނޭދި އޭނާއަށް މީހަކު ކަމެއް ކޮށްދޭތަން އެ ފެނުނީ އެތަށް އަހަރެއް ފަހުންނެވެ. ނައިއަލްގެ ނިޔަތުގައި އީމާއަށް އެހީވުމެއް ނެތެވެ. އޭނާ އުޅުނީ ތިމާއަށް ވީ އުނދަގޫ ފަސޭހަކުރެވޭތޯއެވެ. ނަމަވެސް އީމާއަށް އެކަން ވީ މާނަ ފުން ކަމަކަށެވެ.
“މަންމާތް!” ފަހަތަށް އެނބުރުނު ނައިއަލްއަށް، ދުރުގައި ބަލަހައްޓައިގެން އިން އީމާ ފެނުމުން ތޫލި އަޑުން ގޮވައިލެވުނެވެ. އޭނާގެ މަންމައަށް އެ އަޑު އިވުންނަމަ ދުވެފައި އަންނާނެކަން ޔަޤީނެވެ.
“ތީ ކޮންކަމެއް؟” ވަގަށް ބަލަހައްޓައިގެން އިނދެވުނީތީ ލަދުގަތްކަން ފޮރުވަމުން އީމާ އަހައިލިއެވެ.
“ނުފެނޭތަ؟ މިތަން އޮތް ހާލު ހަނދާންވާ ވަރުން ނިދިވެސް ނައޭ. މީ އިންސާނެއް އުޅޭ ތަނެއްތަ؟ އަމިއްލައަށް ސާފުކުރަން ވަގުތު ނުވަންޏާ ސާފުކޮށްދޭނެ މީހަކު ހޯދަން ލާރި ނުހުންނަނީތަ ‘ދަ އީމާ ވަލީދު’ އަތުގަ؟” ސިއްސައިގެން ދިޔަކަން ފޮރުވާލަން ވެގެން ނައިއަލްއަށް ފަތިވަރެއް ދަމައިލެވުނެވެ. އެރޭ އޭނާ ވަނީ އީމާއާއި ބެހޭ މައުލޫމާތު އިންޓަނެޓުން ހޯދާފައެވެ. ހަނީފު ބިރުގަންނަން ހައްޤުވާ ވަރުގެ ވިޔަފާރިވެރިއެއްކަން ނައިއަލްއަށް ޔަޤީންވީ ލިބުނު މަޢުލޫމާތުތަކުންނެވެ.
“ވެކިއުމް ކްލީނާރއެއް އިންނާނެއޭ.” އީމާ މަޢުލޫއު ބަދަލުކޮށްލިއެވެ.
“ފިހިގަނޑުން ކެހީމަ މާ ސެޓިސްފަޔިންއޭ.” ފަސޭހަ ގޮތް އޮއްވާ ނައިއަލް ޚިޔާރު ކުރީ އޭނާއަށް ކަމުދާ ގޮތެވެ.
ނޫޑްލްސް ތަށީގެ ފޫ ކަހައިލާފައި އީމާ ގޮސް ފިހިގަނޑެއް ނެގީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭންގެއެވެ. ނަމަވެސް ކަހަން ފަށާނެ ގޮތެއް ނޭނގުނެވެ. އީމާ ފިހިގަނޑުގައި އެއް އަތުން ހިފަހައްޓާފައި ހުރިއިރު ހީވަނީ މީހެއް ގަޔަށް ހަރަން ވަޅިއެއް ހިފާފައި ހުރިހެނެވެ.
“ވެކިއުމް ކްލީނާރ އެހެރީނު؟” ނުސީދާކޮށް ނައިއަލް ކޮށްލީ ސުވާލެކެވެ. އީމާ ނައިއަލް ކުރިން ބުނި ޖުމުލަ ތަކުރާރުކޮށްލިއެވެ. އޭނާ ބޭނުންވީ ނައިއަލް އުފުލަމުންދިޔަ ތަކުލީފެއް އޭނާވެސް އެކުގައި އެއް ހަމައެއްގައި އުފުލަންށެވެ. ފިހިގަނޑު ކާއްތަންފެށި ގޮތުން ބަލަން ހުރި ނައިއަލް ހިނިގަނޑު ހިފާއްޓާލަން މަސައްކަތް ކުރި ނަމަވެސް މޫނު މަތިން ފާޅުވިއެވެ. އިނގުނު ގޮތަކަށް ކަހަން އުޅުނު އީމާ އިސްއުފުލާ ބަލާލިއެވެ. ލޯ އެޅުމުގެ ހައްގެއް ނެތްތުމުން އޭނާ ދުރު ބަލާލިއެވެ.
ފަހަތުގައި ހުރި ނައިއަލް އީމާގެ އަތުގައި ހިފާފައި، ފިހިގަނޑުގައި ހިފަންވީ ގޮތަށް އަތް ޖައްސައިދިނެވެ. ދެން ފިހިގަނޑު ހަރަކާތް ކޮށްދޭންވެސް ޖެހުނީ ނައިއަލްއަށެވެ. ހީވީ ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން އަކުރު އަޅަން ދަސްކޮށްދޭހެނެވެ. އުނދަގުލުން ނަމަވެސް އީމާއަށް ދަސްވިލެއް އަވަހެވެ. ދެއަތުގައި މަޑުމަޑުން ހިފަހައްޓާފައިވީ ނައިއަލްގެ ދެ އަތްތިލައަށް އީމާއަށް ބަލައިލެވުނެވެ. ހިމަ ދިގު އިނގިލިތަކަކުން ބައްޓަންވެފައިވާ އެ އަތްތިލައިގައި ފިރިހެންވައްތަ ސިފަތަކެއް ވިއެވެ. އެ އަތްތިލައިން އީމާއަށް ހިތްހަމަޖެހުމެއް ގެނުވައިދިނީ ކީއްވެބާއެވެ. ދިހަ އަހަރު ކުރިން އެ އަތެއްގައި ހިފާ ހިފާ އާދަވެފައިވީ އަތެއް ނަމަވެސް ތަފާތު އިހުސާސެއް ކުރެވުނީ ކީއްވެބާއެވެ.
ނައިއަލް އަތް ދޫކޮށްލުމުން ދެއަތަށް ބޯ ހޫރައިލާފައި އީމާ އެ ޚިޔާލުތައް ދޫކޮށްލިއެވެ. އަދި ކުނި ކެހުމަށް ސަމާލުކަން ދިނީ އާ ކަމެއް ދަސްވީތީ ފަޚުރުވެރި ވަމުންނެވެ. މި ވަރު ކަމެއްވެސް ކުރަން ނޭންގުނީ އޭނާ ބަލާބޮޑުކުރި ބޮޑުބޭބެއާއި ބޮޑުބޭބެ އަންހެނުން އޭނާ ދޮންފުތު ކުރި ވަރުންނެވެ. މިހާރު އެ ދެމަފިރިންވެސް ވަނީ މި ދުނިޔެ ދޫކޮށްފައެވެ.
އަވަސް ހަރަކާތްތަކަކާއިއެކު މޮޕު ތެންމާލައިގެން އައިސް ނައިއަލް ފެށީ އީމާ ކުނިކަހަމުން ކުރިއަށް ހިނގާ ވަރަކަށް ފަހަތުން މޮޕު އަޅަންށެވެ. ބަލައިލާ މީހަކަށް އެ ދެމެދުގައި އެއްބައިވަންތަ ކަމެއް ފެނުން ނަމަވެސް ހަޤީޤަތުގައި އެ ދެމެދުގައި ވީ ވާދަވެރިކަމެކެވެ. އީމާ މަސައްކަތް ކުރަމުންދިޔައީ ނައިއަލްއަށް އޭނާއާއި ހަމައަށް ނާދެވޭހާ އަވަހަށް ކުރިއަށް ދިއުމަށެވެ. ނައިއަލް މަސައްކަތް ކުރީ ގޮސް އީމާއާއި އެއްހަމަ ކުރަންށެވެ.
ހިމޭން ބީދައަކުން ފެށުނު ވާދަވެރިކަމަށް ސަކަރާތުގެ ކުލަވަރެއް ޖެހުނީ، މަސައްކަތް ދޫކޮށްފައި އީމާ ދުއްވައިގަތުމުންނެވެ. ނައިއަލްވެސް އީމާ ފަހަތުން ދުއްވައިގަތީ މޮޕު ހޫރަމުން އޭނާ ގައިގައި އެ ހާކާ ތެންމާލުމުގެ ނިޔަތުގައެވެ. ހިސާބަށް ގޮސް އީމާގެ ކުރިބެދުމުން ދިފާއުގައި ހޫރައިގަތީ އަތުގައި އޮތް ފިހިގަނޑެވެ. މޮޕާއި ފިހިގަނޑު ބޭނުންކޮށްގެން ފެށި ކަނޑި ހަނގުރާމަ ނިކަން ހޫނުވެގެން ދިޔައެވެ. ހަނގުރާމަ ނިމުމަކަށް އައީ ކޮންމެސް އެކެއްގެ ކަނޑިން ޖެހިފައި ކުށެއް ނެތް މާ ވަށިގަނޑެއްގެ ފުރާނަ ދުއްވައިލެވުނު ހިސާބުންނެވެ. އެ މައުސޫމް ފުރާނަ ކުދިކުދިވެ ބިމަށް ފޭބި މަންޒަރު ފެނި ސީރިއަސްކަން ވެރިވެފައިވީ ދެ މޫނަށް ހިތާމައިގެ އަސަރު ފާއްދާލިއެވެ.
“މަގޭ ދަރި!” އީމާ ރޮއެގަތެވެ.
“މަގޭ އަނބި!” ނައިއަލްވެސް ރޮއެގަތެވެ.
“އޭނ؟!… ކަލޭ ކޮން އިރަކު މަގޭ ދަރިޔާ އިނީ؟” އީމާގެ ރޮބަޓު ކަރު އެނބުރުމުން ނައިއަލްއާއި ދިމާލަށް ކަރު އަނބުރައިލާފައި އެހީ ހައިރާނުން ފުރިފައި ހުރެއެވެ.
“ދެންމެއަކު. ކަލޭ އޮތީ ނިދާފަކަންނެ. އެއޮއް ސަޅި ވެޑިންގ މިސް ވީ އެންނު.” ނައިއަލް ދެކޮނޑު އަރުވާލާފައި ޗޮކެއް ކަނޑައިލިއެވެ. ޑްރާމާގަނޑު މެދުކަނޑައިލާފައި އީމާއަށާއި ނައިއަލްއަށް ހިނިގަނޑެއް ޖަހައިލެވުނެވެ.
މަޑު ކަފަގަނޑެއްގެ ސިފަޖަހާ އެނދުގެ ފަޑީގައި ލެނގިގެން ޔޫސުފް އޮތީ ފިކުރެއްގައެވެ. ޚިޔާލުގައި ދައުރުވަމުން ދިޔައީ މީގެ ދިހަ އަހަރު ކުރީގެ ހަނދާންތަކެވެ.
“ބޮސް ހަމަ މޮޅިއްޔޭ! އެ ކުއްޖާ އަދިވެސް ހުންނާނީ ހެދިފަކަން ޔަގީން.” ހިނިގަނޑެއް ޖަހާލަމުން ޔޫސުފް އޭނާގެ ލޯބިވާ ބޮސްއާއި މެދު ފަޚުރުވެރިވެލިއެވެ. އޭރު ދެ މީހުން ވެގެން ހައްދާލި، ނައިއަލްގެ އެކުވެރިޔާއަކީ މިހާރުގެ ދުޝްމަން އީމާ ވަލީދުކަމެއް އޭގެން އެކަކަށްވެސް ނޭންގެއެވެ.
ކޮޓަރީގައި ދިއްލާފައިވާ ހުދު ބޮކީގެ އަލި ނިވި މަޑު އޮރެންޖު ކުލައެއްގެ ފަނޑު އައްޔަކަށް ބަދަލުވީ ހިނދުކޮޅެއްގެ ތެރޭގައެވެ. ޔޫސުފް ފުންނޭވާއެއް ދޫކޮށްލިއެވެ. އެ ދިމާލަށް ބަލައިލުމެއް ނެތި އެއީ އޭނާގެ ޒާތްކޮޅު ބޮޑު އަންހެނުންގެ އަމަލެއްކަން ޔޫސުފަށް އިނގުނެވެ. ފަރި ހިނގުމެއްގައި އެނދާއި ދިމާލަށް އައީ ޖަމްޝީދާއެވެ. ސާޅީހުގެ އަހަރުތަށް ގުނަމުން ދާކަން ހާމަކޮށްދިނީ އޭނާ ލާފައި ހުރި ކަޅު ކުލައިގެ ތުނި ނައިޓީގައި އެ ބައްޓަމަށާއި ފާޅުވެފައި ހުރި ވަނާތަކަށް އައިސްފައިވާ ބަދަލުގެ ސަބަބުންނެވެ. ހޭވިފައި އޮތް ދަބަރު ކުލައިގެ އިސްތަށިގަނޑުގައި އަތް މަހާލާފައި މުޅި އަނގަމަތީ ހުރި ލިފްސްޓިކުގައި ޝަހާދަތް އިނގިލި ކާއްތާލިއެވެ. ޔޫސުފަށް ކަމުދާ ކަމަކަށް ނުވިއެވެ. އޭނާ ޖަމްޝީދާއާއި އިނީ އަލަތު އަނބިމީހާ މަރުވުމުން ހަޔާތުގައި ދާނެ ވަކި މިސްރާބެއް ނޭނގި ހުރެ ފޫހި ފިލުވާލުމަށެވެ. އެންމެ އަހަރެއް ވީއިރު އޭނާ ޖަމްޝީދާ މަތިން ފޫހިވީ އެ މިޒާޖުގެ ސަބަބުންނެވެ. ނަމަވެސް ދަރިއެއް ލިބުނީތީ ވަކިވެވޭކަށް ނެތެވެ. އެކުގައި އުޅޭތާ ވިހި އަހަރު ފާއިތުވެފައިވަނީ އެ ފޫހިކަން މަތީގައެވެ.
“ލޯބީ. ކޮން ހިޔާލެއްގަ؟” އައްޑިހަ އަށެއް އަޅަމުން އަންނަން އުޅުނު ޖަމްޝީދާ ފައި ފުރޮޅާލައިގެން ވެއްޓުނީ ޔޫސުފްގެ ގައިމައްޗަށެވެ. ބޯ ހިއްލައިލާފައި އޭނާ ޔޫސުފްގެ މޫނުގައި ފިރުމާލިއެވެ.
“ހަމަ ގައިމުވެސް ކަލޭގެ ހިޔާލަކު ނޫން.” ޖަމްޝީދާގެ އަތް އެއްފަރާތް ކޮށްލަމުން ގައިގައި ރަޖާގަނޑު އަޅައި ޔޫސުފް ނިދަން ތައްޔާރުވެލިއެވެ. ޖަމްޝީދާ ދުލެއް ނުކުރިއެވެ. ޔޫސުފްގެ މެދުހަށި މައްޗަށް އަރައި އިށީންދެލިއެވެ.
“ޗީޑި…” ޔޫސުފްއަށް ބުނެވުނެވެ. “ތި ބޮލުގެ ކުލަވެސް ހަފްތާއަކުން ހަފްތާއަކުން ބަދަލުކުރަން ޖެހޭތަ؟ ޖަހާ ސިފައެއް… ދޭބަލަ އެހެން މީހަކު ފަޅުފިލުވަން. ވާ ވަރަށް ރީތި ފިރިހެނުން ކައިރީ މާބުރެއްހެން އެނބުރިފައެއްނު މަގޭ ކައިރިއަށް ތި އަންނަނީ.” ގަސްތަކާއި ނުލައި ފެށުނީތީ ޔޫސުފް ނިންމީ އިތުރަށް ކުރިޔަށް ގެންދާށެވެ.
“ޔޫސުފް އަޅެ މަށަށް ބަލާލަން ކީއްތަ ވާނީ؟ އެންމެ ރެއެއްވެސް މަށަށް ދީފިއްޔާ ދެން ނުދާނަމޭ އެހެން މީހެއް ކައިރިއަކަށް.” ޖަމްޝީދާ ދެރަވާކަމަށް ހެދުނެވެ. އޭނާ އެހެން ފިރިހެނުން ކައިރިއަށް ދާކަމަށް އެއްބަސްވީ ލަދެއް ހަޔާތެއް ނެތިއެވެ.
“މަށަށް ރަނގަޅީވެސް އެހެން މީހެއް ކައިރިއަށް ގޮސް އޮތިއްޔާ.” ޖަމްޝީދާ ކޮށްޕާލަމުން ޔޫސުފް އެއް އަރިއަކަށް އެނބުރި، ދެލޯ މަރާލިއެވެ. ބަންޑުން ބިންމައްޗަށް ވެއްޓުނުއިރު ފިނދު މަސްގަނޑު ވަކިން އުޑަށް ހިއްލިފައި އޮތް ޖަމްޝީދާގެ ސިކުނޑީގައި ކުރެހުނީ ކުރިން ދުވަހު ދިމާވި ޒުވާނާގެ ތަސްވީރެވެ.
“އާހް ނައިއަލް… މައި ބޯއި…”
ގަޑިން މެންދަމުން އަނބުރައި ދޭއް ޖަހައިފިއެވެ. ސާފުކުރުމުގެ މަސައްކަތް ނިންމާލާފައި ސޯފާގައި ޖައްސައިލި ނައިއަލްއާއި އީމާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޓީވީ ހުޅުވައިގެން ލުއި ކާނާ ސުންކަންޖަހަން ތިބިއިރު ދައްކަމުންދިޔައީ ކޫސަނި ވާހަކައެވެ.
“އަސްލު ކީއްވެތަ ބޮޑީގާރޑްއެއް ބޭނުންވަނީ؟ މީހަކު ގެއްލުމެއް ދޭން އުޅެނީތަ؟” ވާހަކަ ތަކުގެ ތެރެއިން ނައިއަލްގެ ހިތަށް އައި ސުވާލެއް އޭނާ ކޮށްލިއެވެ.
(ނުނިމޭ)
28 Comments!
Comments are closed.
Wowwww Maasha Allah mi part ves varah varah varah varah loabi?????❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️??????????????????????????????????????????????????????????????????☺️
Next part kon irakun?? ?
Whatta nice bunch of emojies and sweet words ?❤ Thank you so much shaakko ? we appreciate u aloott. Next part in a while but soon insha allah ?
Vara varah varah salhi…. I love this story.., Hama hee hee hee goss halaaku vaa varu vefa mihunanne.. lock down ge mi boring dhuvas thakuga mi noon vaahaka eh kiyaa hitheh nuvey., hama ehaa ves entertaining ???? Annie ways Waiting for the next part,, avahah up kohdheythee kiyaa hithun nunidhey ne dhen
Varah varah reethi….waiting for the nxt part….lysm…be safe…
Thank you very much kairaa ❤? next part soon insha allah. We luv u mo ??
Mi part ves varah varah reethi , maasha Allah!!! Curiously Waiting for the nxt part!! ❤️Luv ya!! Stay safe!!!
Awww thankewwww for the support no one ❤? we will submit the next part very soon insha allah ? much love stay safe ?
Salaam everyone! ❤ we hope you r all safe and having a good time even if it’s a rough time ?and we hope this part makes ur bad or gud day better ? let us know wat u all think. We appreciate all of ur sweet comments n any type of opinion. Keep smiling have a nice day! ?
Waaaaoooowww mi part Vvv salhi…. Waiting for next part… Lysssssmmmm?❣️?
Thanks alot shaiii ❤? we were waiting to see u haha! Much love n next part asap insha allah ??
Hey varah reethi mi part ves ☺☺ BTW whn next part?? Curiously waiting??LYSM?❤
STAY HOME
STAY SAFE
Thank u so much for the nice comment shy ☺️❤️stay safe
hellloooo afnaarj?❤m so happy to meet u again with this episode?it was sooooo nice plus really funny?n m so curious to read next. Plx make next one more funnnyyy?hehe!much lavssss?
reply for magnumm’s pending comment: we r happy to meet u too dear❤️ we’ll try to make each prt funnier n interesting then ever luv ya?
reply for m-z-o-n-a’s pending comment: we appreciate ur lovely comment so much? glad we r able to make u happy during these hard times? alheyyy mi vaahaka mathin miss viyas rangalhah nidhachey ingey ehen noony bali vedhaane. Nidhaafa thedhuve vaahaka keema ennu hamajehilaigen kiyaaleveynee so stay healthy??❤️
Dear readers we have decided to take a one week break from uploading this story due to one of us being a bit sick. Hope ull be understanding n wait for the nxt prt patiently. We’ll make sure to come back with a prt more interesting then ever. See you soon ???
Maasha allah … AWESOME hama … naial and eema u guys r too funny … we’ll wait for the next part curiously … hope the one who’s sick will get better soon … stay safe … love this story ❤❤❤❤❤
Thanks a lot imkko ur the best??
❤?i love this story.. it looks like.. non living thingss. are more romantic thn humanss..❤❤ .. anyway.. one of the best.. story…. ❤? LY..
Get well soon the one who r sick☺ will wait very patiently ?
Thnx shy ur so sweet☺️?✨
reply for lilly’s pending comment: we cant thank u enough for loving this stry it makes us rlly happy? non living things’ having romance is a comedy method we love including in this stry hope u like it? luv u more?
Alhey???!!! Get well soon the one whose sick!!! No worries!! We’ll wait!!!
But be healthy ,k ??!! ❤️❤️Luv ya!!! N stay safe!!
Thank u for the kind words noone ❤️ u more!!! ?
hey..when next part???? its very nice….but why cant naial remember eemaa
We’ll submit the next part before next week insha allah. You’ll get to know that later in the story look forward to it ? Hope u’ll keep reading this story till the end ??
Whn nxt part???
mihaaru up vejje