Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 35 (ފަހުބައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
April 14, 2020 11 Mins Read
46 Comments

“ތެންކް ޔޫ… އަހަރެންގެ ލައިފްއަށް އައިސްދިނީތީ…” ޒައިނާ ބުންޏެވެ.

“އައި ލަވް ޔޫ…” އަޒްމަން ޖަވާބުގައި ބުންޏެވެ.

އަޒްމަން ފުރުވަން އަޒްމަންގެ އާއިލާއާ އެކު ޒައިނާވެސް އެއަރޕޯޓަށް ދިޔައެވެ. މާލެއަށް އައިސް ޒައިނާއާ އެކު އާރާ އައީ ޒައިނާމެން ގެޔަށެވެ.

ކާރުން ފައިބާފައި ގެޔަށް ވަންނަން ދިޔަ އިރު، ޒައިނާއާ އާރާއަށް ބްލޫހިލްގޭ ދޮރުމަތީ ހުރި އިޔާދު ފެނުނެވެ. ނުފެންނަ ކަމަށް ހަދާފައި އަނެއް ފަރާތް ބަލާލަމުން ޒައިނާ ވަން އިރު އާރާއަށް ގެޔަށް ވަނުމުގެ ކުރިން ފަހަތަށް ބަލާލެވުނެވެ.

ފާއިތުވި ދުވަސްތަކުގައި އަޒްމަންއާ އެކު ޒައިނާމެން ގެޔަށް އައި ދުވަސްތަކުގައި އެތައް ފަހަރަކު އާރާއަށް ވަނީ އިޔާދު ފެނިފައެވެ. އާރާގެ ހިތުގައި އިޔާދުއާ މެދު ޝައުގުވެރިކަމެއް އުފެދި، އެ ޒުވާނާއާ މެދު ގަޔާވެވެމުން އައީ އެއީ ކާކު ކަން ނޭނގިއެވެ. ޒައިނާ ކައިރީ އެ ވާހަކަ ދައްކާލަން ބޭނުން ވި ނަމަވެސް، ނުކެރިފައި ހުރި އާރާއަށް އެއީ ކާކު ކަން އެނގުނީ އަދާގެ މޫނު ބަލަން އިޔާދު ދިޔުމުންނެވެ.

އެ ދުވަހު އާރާއަށް ލިބުނީ ހީވެސް ކޮށްފައި ނުވާ ވަރުގެ ސިހުމެކެވެ. ފުރަތަމަ ފަހަރަށް ހިތުގައި އުފެދި އާލާވަމުން އައި ލޯތްބަކީ ނާކާމިޔާބުގެ ރަހަ ދެކެން ޖެހިދާނެ ލޯތްބަކަށް ވެދާނެ ކަމަކަށް އާރާ ހިއެއް ނުކުރެއެވެ. އިޔާދުއަކީ އަދާގެ ބައްޕައެވެ. ޒައިނާއަށް ދޮގުހަދާ އޮޅުވާލި ކެހިވެރިޔާއެވެ. އަދާއާ ޒައިނާގެ ކުށްވެރިޔެކެވެ. ވީ އިރު އިޔާދުއާ މެދު އާރާގެ ހިތުގައި އެ ފަދަ އިހުސާސެއް އުފެދުމަކީވެސް ގޯހެކެވެ.

އެ ދުވަހު، އެ ވަގުތު އެ އިހުސާސްތައް ހިތުން ފޮހެލަން އާރާ މަސައްކަތް ފެށިއެވެ. ނަމަވެސް އެކަން ވީ އާރާ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. އެ ޚިޔާލުތަކާ ދުރުވާން މަސައްކަތް ކުރި ވަރަކަށް އާރާއަށް ހީވީ އިޔާދުގެ ޚިޔާލުތައް ހިތުގައި އިތުރަށް ބިންވަޅު ނެގެން ފެށި ހެންނެވެ. ދުވަހެއް ދުވަހަކަށް އެ އިހުސާސްތައް ފުންވަމުން ދިޔަ ހެންނެވެ.

އެހެން މީހަކާ އެ ކަންތައް ހިއްސާ ކުރަން ބޭނުން ވި ނަމަވެސް އެ ވާހަކަ ދައްކާނީ ކާކާ ކަމެއް އާރާއަކަށް ނުވިސްނުނެވެ. އެންމެ ގާތުގައި ތިބި މީހުންނަށް އެނގިއްޖެ ނަމަ ކޮންމެ މީހަކުވެސް އާރާ ކުށްވެރި ކުރާނެއެވެ. ޒައިނާގެ ހަޔާތުގައި ދިމާވި ކޮންމެ ހިތާމައަކާ ހިތްދަތި ކަމެއްގެ ޒިންމާ އުފުލަން ޖެހެނީ އިޔާދުއަށް ވީ އިރު، އެ ފަދަ މީހަކާ މެދު އާރާ އެ ފަދަ ގޮތަކަށް ދެކުމަކީ އެކަކުވެސް ގަބޫލު ވާނެ ކަމެއް ނޫން ކަން އާރާއަށް އެނގެއެވެ. އެހެން ކަމުން އިޔާދު މަތިން ހަނދާން ނައްތާލުމަށް މަސައްކަތް ކުރުން ފިޔަވާ އެހެން ގޮތެއް އާރާއަކަށް ނެތެވެ.

ދެން ދިޔަ ހަތަރު މަސް ދުވަހަކީ ޒައިނާގެ އުމުރުގައިވެސް ކުރަން ޖެހުނު އެންމެ ދިގު އިންތިޒާރު ކުރަން ޖެހުނު ދުވަސްކޮޅެވެ. ކޮންމެ ދުވަހަކު ފޯނުން ވާހަކަ ދެއްކި ނަމަވެސް އެ ވަރުން ޒައިނާ ހިތްހަމައެއް ނުޖެހެއެވެ. ހިތް އެދެނީ އަޒްމަން އަވަހަށް އައުމެވެ. އަޒްމަންގެ މީހަކަށް ޒައިނާ ވުމެވެ. އަޒްމަންގެ ގާތަށް ޒައިނާ ދިޔުމެވެ. ނަމަވެސް އެ ގޮތަށް ކަންތައް ވާން އޮތީ އަޒްމަންއަށް ޗުއްޓީއެއް ލިބިގެން މާލެއަށް އާދެވުމުންނެވެ. އެހެން ކަމުން ޒައިނާ ކެތްތެރިކަމާ އެކު ދުވަސްތައް ގުނަމުން ދިޔައެވެ.

އެ ދުވަސްތަކުގައި ޒައިނާ ބޭނުން ވީ އަޒްމަންއާ ބެހޭ ގޮތުން އެކިއެކި ކަންތައް ދަސްކުރާށެވެ. ނާދިޔާއާ އާރާގެ އެހީގައި އަޒްމަންއަށް ކަމުދާ ކަންތައްތައް ޒައިނާ އޮޅުން ފިލުވިއެވެ. އަޒްމަންއަށް ކަމުދާނެ ކާ އެއްޗެހި ކައްކަން ދަސްކުރިއެވެ. އަޒްމަން ނެތް ނަމަވެސް އެ ގެޔަށް ގޮސް ނާދިޔާއާ ނާޝިދު އަދި އާރާއާ އެކު ވަގުތު ހޭދަ ކުރެއެވެ. އަޒްމަންގެ ހޮވުމާ މެދު ކުރިން ނާދިޔާއާ ނަޝިދުގެ ހިތުގައި ޝައްކެއް ވީ ނަމަވެސް، ޒައިނާގެ އަޚްލާގާ އުޅުން ފެނިފައި އެ ޝައްކު އެ މީހުންގެ ހިތުން ފިލީހެވެ. އާރާއެކޭ އެއް ގޮތަށް އެ ދެމަފިރިން ޒައިނާ ދެކެ ލޯބި ވިއެވެ.

އެއްވެސް މީހަކަށް ނާންގާ އާރާ ދިޔައީ އަމިއްލަ ހިތާ ހަނގުރާމަ ކުރަމުންނެވެ. އެކަމުގެ ސަބަބުން އާރާއަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. ކުރިން އަބަދުވެސް ޒައިނާމެން ގެޔަށް ދާން ބޭނުން ވެގެން އުޅޭ ކުއްޖާ ފަހުން ޒައިނާމެން ގެޔަށް ދިޔުން މަދުކޮށްލިއެވެ. ގިނަ ވަގުތު ކޮޓަރީގައި އެކަނި އޮންނަން ފެށިއެވެ. ކުރިންވެސް އާރާއަކީ ރައްޓެހިންނާއެކު ގިނައިން ބޭރަށް ގޮސް އުޅުނު ކުއްޖެއް ނޫނެވެ. ނަމަވެސް ފަހުން އެ ކަންތައް މުޅިން ހުއްޓާލިއެވެ. ނާދިޔާއާއެކު ބާޒާރު ކުރަން ދާން ބުނެފި ނަމަ އެއްފަހަރުވެސް ދެކޮޅު ނަހަދާ އާރާ، ފަހުން އެކަމަށްވެސް ދެކޮޅު ހަދަން ފެށިއެވެ. އަޒްމަން ގުޅުމުން ކުރިން އަބަދުވެސް ފޯރީގައި ވާހަކަ ދައްކަމުން އައި ނަމަވެސް ފަހުން އަޒްމަންއާ ވާހަކަ ދައްކަނީވެސް ކުޑަ ވަގުތުކޮޅަކަށެވެ.

އާރާއަށް އަންނަމުން ދިޔަ ބަދަލު ނާދިޔާގެ އިތުރުން ޒައިނާއަށްވެސް އެކަން ފާހަގަ ކުރެވުނެވެ. ނާދިޔާއަށް ފުރަތަމަ ހީވީ އާރާ ބަލިވީ ކަމުގައެވެ. ނަމަވެސް އެ ގޮތުގައި މާ ގިނަ ދުވަސް ވާޏް ފެށުމުން ނާދިޔާ ކަންބޮޑު ވުމާއެކު އާރާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ހިތުގައި ކޮންމެވެސް ކަމެއް ވާކަން ނާދިޔާއަށް ޔަގީނެވެ. ނަމަވެސް އެކި ގޮތްގޮތުން މަސައްކަތް ކޮށްގެންވެސް އެ ކަންތައް ހޯދުމުގައި ނާދިޔާއަށް ކާމިޔާބެއް ނުހޯދުނެވެ.

ޒައިނާއަށްވެސް އެކަން ފާހަގަ ކުރެވި، އާރާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. މާ ބޮޑަށް ސުވާލު ކޮށްފި ނަމަ އާރާ ހިތްހަމަ ނުޖެހިދާނެ ހެން ހީވާތީ ޒައިނާ ކޮންމެ ފަހަރަކުވެސް އަހާލާފައި އާރާ ކަމެއް ނުވެޔޭ ބުނުމުން ހުއްޓާލަނީއެވެ. ނަމަވެސް އެ ގޮތުގައި ދެ މަސް ދުވަސް ދިޔަ ފަހުން އެ ގޮތަށް ދޫކށްލަން ޒައިނާ ބޭނުން ނުވަނީ ސޮިއްރުން އާރާ ކޮންމެވެސް ކަމަކާ ހިތާމަ ކުރާހެން ހީވާން ފެށުމުންނެވެ.

ޒައިނާއަށްވެސް އެންމެންނަށް ސިއްރުން ހެދުނީ ގޯހެކެވެ. އެ ފަދަ ކަމެއް އާރާއަށް ކުރެވޭކަށް ޒައިނާ ނޭދެއެވެ. އެހެން ކަމުނ ކޮންމެވެސް ގޮތަކުން އާރާގެ އިތުބާރު ހޯދަން ޒައިނާ ބޭނުން ވިއެވެ.

އެ އަޒުމުގައި ޒައިނާ އާރާމެން ގެޔަށް ދިޔައެވެ. އޭރު ނާދިޔާ އިނީ ހެދުމެއް ފަހާށެވެ.

“އަޒްމަން މަންމާ، އާރާ ކޮބާ؟” ޒައިނާ ވަދެފައި އެހިއެވެ.

“ކޮޓަރީގަ ވެއްޖެ. މިއަދުވެސް ސައި ބޮއެގެން އެރި ގޮތަށް އަދި ނުފައިބާ ތިރިއަކަށް. މެންދުރު ނުވެސް ކައި އެ އޮތީ. މަންމަ މިހާރު އާރާއާ މެދު ކަންބޮޑު ވާ ވަރު ވެއްޖެ. ކިހިނެއްތަ އެ ކުއްޖާ އެ އުޅެނީ؟” އާރާއާ މެދު ނާދިޔާ ކަންބޮޑު ވެފައިވާ ވަރު ޒައިނާއަށްވެސް އެނގެއެވެ.

“އަހަރެންވެސް އަހައިފިން. އެކަމަކު އާރާ ނުބުނޭ އެއްވެސް އެއްޗެއް. އެކަމަކު މިއަދު މި އައީ އެކަން އޮޅުން ފިލުވަން ހިތު ލައިގެން. އިރާދަ ކުރެއްވިއްޔާ މިއަދު އާރާއަށް ވެގެން އުޅޭ ގޮތެއް ހޯދާނަން” ޒައިނާ ބުންޏެވެ.

“އާނ، މަންމަ ކައިރީ ނުބުންޏަސް ފަހަރެއްގަ ޒައި ކައިރީ ބުނެފާނެ ކަންނޭނގެ. ސައިބޯ އެއްޗެހި ހަދާފަ ހުންނާނީ ޒައި ދޭ އާރާ ކައިރިއަށް، މަންމަ އިރުކޮޅަކުން ސައި ގެންގޮސްދޭނަން” ނާދިޔާ ބުންޏެވެ.

“ނޫން، އަހަރެން ދާނަން އެއްޗެހި ހިފައިގެން. އަޒްމަން މަންމަ ފަހަން އިނދޭ” ހިނިތުންވުމަކާ އެކު އެހެން ބުނެފައި ޒައިނާ ބަދިގެއަށް ވަދެ ތަބަކެއްގައި ސައި ތައްޔާރު ކޮށްގެން މައްޗަށް ދިޔައެވެ.

“ހުޅުވާފަ” އާރާގެ ކޮޓަރީ ދޮރުގައި ޒައިނާ ޓަކި ޖަހާލުމުން އާރާގެ ޖަވާބު އައެވެ.

ޒައިނާ ދޮރު ހުޅުވާލާފައި ތަބައް ހިފައިގެން ވަނެވެ.

“ޒައި… ކޮން އިތަކު އައީ؟” ޒައިނާ ފެނުމުންއާރާ އެނދުން ތެދުވެގެން އައިސް ކޭޒުމަތީގައި ތަބައް ބަހައްޓަން ތަން ހުސްކޮށްލިއެވެ.

“ދެންމެއަކު މި އައީ. މިހާރު އާރާ އަހަރުން ގެޔަށް ދަނީކީ ނޫން ވިއްޔަ، ދެން އަހަންނެއްނު އަންނަން ޖެހޭނީ” މޭޒުމަތީ ތަބައް ބަހައްޓާފައި ޒައިނާ ބުންޏެވެ.

އޭގެ ޖަވާބުގައި އާރާ އެއްޗެއް ނުބުނެއެވެ.

“އެހާ ވަރުން މި އެއްޗެހި ހިފައިގެން މައްޗަށް އެރީމަވެސް ސައިވެސް ނުބޯންތަ ތި ހުންނަނީ؟” ޒައިނާ އަހާލިއެވެ.

“ނޫން… އެހާ ބަނޑުހައި ނުވާތީ…” އާރާ ހުރީ ސައިބޯ ހިތް ނުވެފައެވެ.

“އެހެން ވިއްޔާ އަންނާނަން މި ބަހައްޓާފަ. އާރާ ސައި ނުބޮންޏާ އަހަރެންވެސް ނުބޯނަން” ޒައިނާ ތަބަކުގައި ހިފިއެވެ.

“ނޫން ނޫން. ހިނގާ ސައި ބޯން. އާދޭ” ދުރުގައި ހުރި ގޮނޑި ހިފައިގެން އައިސް އާރާ ޒައިނާގެ އަތުގައި ހިފާ ބައިންދާފައި މަގެއް ނަގާ ޒައިނާއަށް ދިނެވެ.

އެކިއެކި ވާހަކަ ދައްކަން ތިބެ ދެ ކުދިން ސައި ބޮއެ ނިންމާލާފައި ދައްކަން ބޭނުންވި ވާހަކަ ފަށާނެ ގޮތަކާ މެދު ޒައިނާ ވިސްނާލިއެވެ.

“އާރާ، އެއްވެސް ކަމެއް ދިމާ ވެގެންތަ ތި އުޅެނީ؟” ސީދަލަށް އެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައި ޒައިނާ އެހިއެވެ.

ސިހިފައި އާރާ ބަލާލިއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ.

“އަހަރެންވެސް އޭރު އުޅުނީ އެއްވެސް މީހެއް ކައިރީ ނުބުނެ. ކުރިން މީހަކާ ޝެއަރ ކުރެވުނު ނަމަ އެ ގޮތަކަށް ކަންތަކެއް ނުވީސް ކަންނޭނގެ. އަހަންނަށް ދިމާ ވި ކަހަލަ ގޮތަކަށް އެހެން މީހަކަށް ވާކަށް ދުވަހަކުވެސް ނޭދެން. އަދި އަމްދުން އާރާއަށް… ޕްލީޒް، ބުނެބަލަ އަހަރެން ކައިރީ…” އާރާގެ އަތްތިލައިގައި ހިފާލަމުން ޒައިނާ އެދުނެވެ.

ދެންވެސް އާރާ އެއްޗެއް ނުބުނެ އިނީއެވެ.

“އެ ވަރަށްވެސް އަހަންނަށް ޓްރަސްޓް ނުކުރެވެނީތަ؟ ކޮންމެ ކަމެއް ވިޔަސް އަހަންނަށް ވީ ވަރަކުން އާރާއަށް ހެލްޕް ވެދޭނަން، އައި ޕްރޮމިސް!” ޒައިނާ ބުންޏެވެ.

“ނޫން، އެކަކަށްވެސް އަހަންނަށް ހެލްޕްއެއް ނުވެވޭނެ، އަދި އަމްދުން ޒައިއަށް… އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް… އަހަރެން މި މަސައްކަތް ކުރަނީ ހަނދާން ނައްތާލަން، ހިތުން ފޮހެލަން. އަހަންނަށް އެނގޭ އެއީ ނުވާނެ ކަމެއް ކަން… ދޮންބެއަށް އެނގިއްޖެއްޔާ ވަރަށް ރުޅި އަންނާނެ… ދުވަހަކުވެސް ދޮންބެއަށް އެނގޭކަށް ބޭނުމެއް ނޫން… އަހަރެން ޓްރައި ކުރަމޭ، އެކަމަކު ކީއްވެތަ ހަނދާން ނައްތާލަން އެހާ އުނދަގުލީ…؟” ވާހަކަ ދައްކަމުން ގޮސް އާރާއަށް ރޮވުނެވެ.

“އާރާ…” ހިތުގައި އުފެދުނު ޝައްކާއެކު ޒައިނާއަށް ބުނެވުނެވެ. ނަމަވެސް އެއްޗެއް ނުބުނެ ޒައިނާ ތެދުވެ އާރާ ގައިގައި ބައްދާލިއެވެ.

އާރާއަށް ހުއްޓާލެވެން ދެން ޒައިނާ އެ ގޮތަށް ހުއްޓެވެ.

“ޒައި. ޕްރޮމިސް މީ ސަމްތިންގް؟” އާރާ ލޯ ފޮހެލަމުން ދުރަށް ޖެހިލާފައި އަހާލިއެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

“މި ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނައްޗޭ. މި ވަގުތު އަހަންނަށް އެންމެ މުހިއްމީ ދޮންބެއާ ޒައި. އެހެން ކޮންމެ ކަމެއްވެސް އޭގެ ފަހުން. ޒައިއަށް ދިމާ ވި ކަންތަކަށް ވުރެ ބޮޑު ކަމެއް އަހަންނަކަށް ދިމައެއް ނުވޭ. އެއްވެސް މީހަކާ މި ކަންތައް ޝެއަރ ކުރަންޏާ ފުރަތަމަވެސް ބުނާނަން ޒައި ކައިރީ. އެކަމަކު މި ހިސާބުން މި ވާހަކަ ނިމުނީ އިނގޭ. އަހަންނަށް އެނގޭ މި ދުވަސްކޮޅު މި އުޅެވެނީ މަންމަމެން ކަންބޮޑު ވާ ގޮތަކަށް ކަން. އެކަމަކު ދެން ނުވާނެ އެހެންނެއް. އަހަންނަށް ތަންކޮޅެއް ސެލްފިޝް ވެވުނީ. ދޮންބެ ކައިރީ ނުބުނައްޗޭ” ޒައިނާގެ އަތުގައި ހިފާލަމުން އާރާ އެދުނީ އާރާ ބުނި އެއްވެސް ވާހަކައެއް އިތުރު މީހަކަށް ނާންގާ ސިއްރު ކޮށްދިނުމެވެ.

“ޕްރޮމިސް!” ޒައިނާ ޔަގީން ކަން ދިނެވެ.

އެ ދުވަހުގެ ފަހުން އާރާ ހުރިހާ ކަމެއް ހިތުގައި ފޮރުވާލީ ނާދިޔާއަށްވެސް ޝައްކެއް ނުވާނެ ފަދައިންނެވެ. ކުރީގައި އުޅުނުހެން އުޅެން މަސައްކަތް ކުރީ އެކަކުވެސް އާރާއާ މެދު ކަންބޮޑުވާން ނޭދޭތީއެވެ.

އަޒްމަން އަންނަން މަހަކަށް ވުމުން ހުރިހާ އެންމެން އަޒްމަންއާ ޒައިނާގެ ކައިވެންޏަށް ތައްޔާރު ވާން ފެށިއެވެ. އަޒްމަން އަންނަތާ ހަފްތާއެއް ވާ ދުވަހު ކައިވެނީގެ ހުރިހާ ކަމެއް ނިންނޭނެ ގޮތަށް ކަންތައް ރާވަމުން ދިޔައީ ވަސީމްއާ ނާޝިދު އެކުގައެވެ. ދެން ހުރި ކަންތައް ހަމަ ޖައްސަމުން ދިޔައީ ނަޝީލާއާ ނާދިޔާ އިސްވެ ތިބެގެންނެވެ.

އަޒްމަންއަށް އާދެވުނީ ހޮނިހިރު ދުވަހެއްގައެވެ. ހަތަރު މަސް ދުވަހަށް ފަހު ބައްދަލު ވުމުން ދެ މީހުންވެސް ތިބީ އެކަނި ވެލާނެ ވަގުތުކޮޅެއްގެ އިންތިޒާރުގައެވެ. ނަމަވެސް އެންމެންވެސް ހީވީ އެ ކަމަށް ތައްޔާރު ވެގެން ތިބި ހެންނެވެ، އަޒްމަން ޒައިނާ މެން ގެޔަށް އަޔަސް، އަދި ޒައިނާ އަޒްމަންމެން ގެޔަށް ދިޔަ ނަމަވެސް ދެ މީހުންނަށް އެކަނި ވެލާނެ ފުރުސަތެއް އެކަކުވެސް ނުދެއެވެ.

ޖެހިގެން އަންނަ ހުކުރު ދުވަހަކީ އަޒްމަންއާ ޒައިނާގެ ކައިވެނި ކުރެވޭ ދުވަހެވެ. އެ ހަ ދުވަސް ހޭދަވީ އެކި ކަންތަކަށް ތައްޔާރު ވުމުގައެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އަޒްމަންއާ ޒައިނާއަށް އެ ދުވަސްތައް ދިގު ވެގެން ދިޔައީ ހުކުރު ދުވަސް އައުން ލަސްވެފައި ތިބުމުންނެވެ.

ހުކުރު ދުވަހުގެ އިޝަ ނަމާދަށް ފަހު ޒައިނާ ތައްޔާރު ވިއެވެ. ޒައިނާ ތައްޔާރު ވުމަށް އެހީ ވެދޭން ދައުހާއާ އާރާ އުޅުނެވެ. ހުރިހާ ކަމެއް ނިމިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލިއެވެ. އެ ހުރިހާ ދުވަހު ނުލިބުނު ފުރުސަތު ދެން ގިނަ އިރެއް ނުވެ ލިބުމުން އަޒްމަން ކަންތައް ކުރާނެ ގޮތަކާ މެދު ވިސްނާލުމާއެކު ޒައިނާގެ މޫނު ރަތްވެގެން ދިޔައެވެ.

“ކީއްވެ ތި ވަރަށް ބްލަޝް ތި ވަނީ؟” ޒައިނާގެ ފަހަތުގައި ހުރި އާރާ އަހާލިއެވެ.

“މިރޭ އަޒްމަންއަށް ކެތް ނުވެގެން އުޅޭނެ ގޮތް ހިތަށް އަރާފަ ކަންނޭނގެއެއްނު؟” އާރާގެ ސުވާލަށް ޖަވާބު ދީފައި ދައުހާ ހީގަތީ ޒައިނާއާ ދިމާ ކޮށްލުމަށެވެ.

“ދެން ދައު…” އިތުރަށް ލަދުގަނެފައި ޒައިނާ އިސް ޖަހާލިއެވެ.

“އެ ދުވަހު މަށާ ދިމާ ކުރި އިރު އަހަރެން ބުނީމެއްނު މި ދުވަސް އައިމަ އަހަރެންވެސް ޒައިއާ ދިމާ ކުރާނަމޭ؟ މިއަދު މިއޮތީ އަހަންނަށް ޗާންސް ލިބިފަ. އެހާ ފަސޭހައިން ދޫކޮށެއް ނުލާނަން” ދައުހާ ބުންޏެވެ.

“ތެދެއް، އަހަރެންވެސް ބޭނުން ދިމާ ކޮށްލަން. އަސްލު ޒައި ވަރަށް ރީތި. ދޮންބެ މޮޔަ ވާނެ ޒައި ފެނުނީމަ. މި ހަފްތާ ތެރޭ ދޮންބެ ހިތްހަމަ ޖައްސާލައިގެން އެ ހުންނަނީ ހަމަ އެކަނި ބަލާލައިގެން. މިރޭ ދޮންބެ ބޭނުން ގޮތެއް ދެން ޒައިއަށް ހެދޭނެއެއްނު؟” ޒައިނާއާ ދިމާ ކުރުމުގައި އާރާވެސް ދައުހާއާ ބައިވެރިވިއެވެ.

“އާރާވެސް މި ދައުއާ ބައިވެރި ވީތަ؟” ރަކިވެފައި ހުރެވެސް ޒައިނާ އެނބުރު ދެ މީހުންނަށް ލޯ އަޅާލިއެވެ.

“ލޯ އެޅިޔަކަސް ބިރެއް ނުގަނޭ. ނަންނައަކަށް މިރޭ އަހަރުމެންގެ ފަރާތުން ސަލާމަތެއް ނުވެވޭނެ. ދެން އަޒްމަން ކައިރިއަށް ކިތަންމެ ދާ ހިތް ވިޔަކަސް އަދި އިރުކޮޅަކު މަޑުކޮށްލަން ޖެހޭނީ. އެހާ އިރު ވަންދެން އަހަރުމެން ކައިރީގަ ތިބެނީ” ދައުހާ ބުންޏެވެ.

ކައިވެނި ކުރާ ވަގުތު ޖެހެން ދެން ދައުހާއާ އާރާ އެ ގޮތަށް ޒައިނާއާ ދިމާ ކޮށްލަކޮށްލާ ތިއްބެވެ. އޭގެ އިތުރުން ޒިދުނާއާ ނަބާހާއާ ހޫރިޔާއާ ސިދްރާވެސް އަންނަ ކޮންމެ ފަހަރަކު ޒައިނާއާ ދިމާ ކޮށްލާފައި ނޫނީ ނުދެއެވެ.

އަޒްމަންއަށް ޒައިނާ ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ. ހުދު ކުލައިގެ ވެޑިންގް ޑްރެސްގައި ހުރި ޒައިނާ، ލަސް ހިނގުމެއްގައި އައިސް އިސް އުފުލާ ބަލާލީ އަޒްމަންއާ އަރާ ހަމަ ވުމުންނެވެ. އެތާ ތިބި އެންމެން ތެރޭގައިވެސް އަޒްމަން ބޭނުން ވީ ޒައިނާ ގައިގައި ބައްދާލާށެވެ. އެ މޫނުގެ އެކި ހިސާބުގައި ބޮސްދޭށެވެ.

އަޒްމަންއާ ދިމާއަށް ބަލާލި ޒައިނާގެ މޫނު ރަތް ވެގެން ދިޔައީ އަޒްމަން ބަލަން ހުރި ގޮތުންނެވެ. ހީވީ އަޒްމަންގެ ހިތަށް އަރަމުން ދިޔަ އެއްޗެހި ޒައިނާއަށް އެނގޭ ހެންނެވެ. އެ ހުރިހާ އިރު ދައުހާއާ އާރާ ދިމާ ކޮށްފައި ބުނަމުން ދިޔަ ބަސްތަކާ އެކު އަޒްމަން ބަލަމުން ދިޔަ ގޮތުން ޒައިނާއަށް ލަދުން އިސް ޖަހާލެވުނެވެ.

ޒައިނާ ކައިރީގައި ތިބި ނާދިޔާއާ ނަޝީލާ ހޭން ފެށުމުން ޒައިނާ އިތުރަށް ލަދުގަތެވެ. އަޒްމަންގެ ބުރަކަށީގައި ޖަހާލަމުން އަޔާން ސިއްރުން ކޮންމެވެސް އެއްޗެއް އަޒްމަންގެ ކަންފަތް ދޮށުގައި ބުނެލުމުން އަޒްމަންވެސް ރަކިވެފައި ހުރެ ހީގަތެވެ.

ކައިވެނި ކުރެވުމުން ދެން ފެށުނީ ޕާޓީއެވެ. އަޒްމަން ކައިރީ ހުއްޓިލައިގެން ހުރި އިރު ޒައިނާ ވަށައިގެން ބަލާލިއެވެ. އިތުރު ބަޔަކު އަދި އައިސްފައި ނުވާ އިރު އެ ތަނުގައި ތިބީ މުޅިންވެސް ޒައިނާ ލޯބި ވާ މީހުންނެވެ. ނަޝީލާއާ ވަސީމް މޭޒެއް ކައިރީ އިށީނދެގެން ތިބި އިރު އެ ދެމީހުންގެ މޫނުމަތީ ވަނީ އުފާވެރި ކަމެވެ. ޒައިނާއަށް ޓަކާ ދުވަސްތަކެއް ވަންދެން އެ މީހުން ހިތާމަ ކުރިއެވެ. ނަމަވެސް މިއަދު އެ ދަރިފުޅު އާ ދިރިއުޅުމެއް ފެށުމުން ހުރިހާ ހިތާމައަކާ ކަންބޮޑުވުމެއް ހިތުން ފިލާފައި ވާ ފަދައެވެ. އެ ދެ މީހުން ކައިރީ ތިބި ނާދިޔާއާ ނާޝިދުގެ މޫނުމަތިންވެސް ހިނިތުންވުން ފިލާ ނުދެއެވެ. އަޒްމަންގެ ކައިވެނި ކުރެވޭނެ ދުވަހަކަށް އެ މީހުން ކުރި އިންތިޒާރުގެ ނިމުން އައީ، އެ މީހުން އެދޭ ފަދަ ޅީ ދަރިފުޅެއް ލިބިގެންނެވެ.

ދައުހާއާ ނިހާންވެސް ތިބީ ވަކި މޭޒެއްގައެވެ. ދައުހާގެ އަތުގައި ހިފާލައިގެން ނިހާން އިން އިރު ދައުހާ އިނީ ނިހާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ހީވަނީ ތިން އަހަރު ވަންދެން ކުރި އިންތިޒާރަށް ފަހު ނިހާންގެ ލޯބި ލިބުމުން އަދިވެސް އެކަން ގަބޫލު ނުކުރެވިފައި އިން ހެންނެވެ. ދައުހާ ބަލަން އިނަދާ ނިހާން ދައުހާގެ މޫނަށް ބަލާލިއެވެ. އެއާއެކު ހިނި އައިސްފައި ނިހާން ބުނެލި އެއްޗަކުން ދައުހާގެ މޫނު ރަތްވެގެން ދިޔަތަން ފެނުމުން ޒައިނާއަށްވެސް ހީލެވުނެވެ. ދައުހާއަށް ޓަކާ ހިތުގެ އަޑިން ޒައިނާ އުފާވެއެވެ. ދުވަސްތަކެއް ވަންދެން އެ ލޯތްބަށް އިންކާރު ކުރަމުން އައި ނަމަވެސް އެއީ ދައުހާ ދެކެ ނިހާން ލޯބި ނުވާތީ ނޫން ކަން އެ ދެމީހުންނަށ ްބަލާލި ކޮންމެ މީހަކަށް އެނގޭހާވެއެވެ.

ނަބާހާއާ ނަވާޒް، އަޔާޒްއާ ހޫރިޔާ، އަދި އާހިލްއާ ސިދްރާ އެއް މޭޒު ކައިރީ ތިބި އިރު އޭރުވެސް އަޔާޒްއާ ނަވާޒްގެ މެދުގައި އޭރުވެސް ކުރެވެމުން ދިޔައީ ކުރިން ވިހާނީ ނަބާހާ ނޫނީ ހޫރިޔާތޯ ކިޔަމުން ދެ މީހުންގެ މެދުގައި އެ ދުވަހު ފެށުނު ޒުވާބެވެ. އެ ދެމީހުންގެ މެދުގައި އިނދެ އާހިލް އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ބުނެލުމާއެކު އަނެއްކާވެސް ދެ މީހުން އެއްފަހަރާ ވާހަކަ ދައްކަން ފަށައެވެ. އެ މަންޒަރު ބަލަން ތިން އަންހެން ކުދިން ހީލަހީލާ ތިއްބެވެ.

ޒިދުނާއާ ނާދިރުވެސް ވަކިން ތިބި އިރު، ޒައިނާއަށް އެހެން މީހުންގެ އެހީ އެންމެ ބޭނުން ވި ދުވަހު، ދުރުގައި އުޅެމުންވެސް އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ދައްތަގެ ފަރާތުން ލިބުނު އެހީތެރިކަން ހަނދާންވެ، ދޮންތައަށް ޓަކާ ޒައިނާގެ ހިތް ލޯބިން ފުރިގެން އައެވެ.

ރާއިދުއާ ރިޔާންއާ އާރާ އަދި އަޔާން ތިބީ ނީލަމްއާ އާއިޝްއާ އީޝަލް ގޮވައިގެން ވަކިންނެވެ. އާރާ ބުނިހެން އެހެން ހުރިހާ ކަމަކަށް ވުރެ އާރާއަށް މުހިއްމު ވީ އަޒްމަންއާ ޒައިނާގެ އުފާ ކަން ހާމަ ކޮށްދެމުން އެ ދަނީ ހިތުގައި ވާ އެއްޗެއް މޫނުމަތިން އެއްވެސް މީހަކަށް ނޭނގޭނެ ފަދައިންނެވެ. ޒައިނާ ދެކެ ދައްތައެއް ފަދައިން އާރާ ލޯބި ވާ ކަމާ މެދު ޒައިނާގެ ހިތުގައި ޝައްކެއްވެސް ނެތެވެ.

ރާއިދުއާ ރިޔާންއާ އާރާއާ އަޔާންގެ ސަކަރާތުން ނީލަމްއާ އާއިޝްއާ އީޝަލް އިރުއިރުކޮޅާ ބާރަށް ހީގަންނަ އަޑު ހޯލްތެރެއަށް ފެތުރިގެން ދެއެވެ. އެ އަޑު އިވުމުން ޒައިނާއަށް އަދާގެ ހަނދާނުން ހިތްދަތިކަމެއް އިހުސާސް ކުރެވުނެވެ. އެހެން ނަމަވެސް އެ ކަން ވިސްނި އަޒްމަން ޒައިނާގެ އަތުގައި ހިފާލިއެވެ. ބަހެއް ނުބުނި ނަމަވެސް އެ ވަގުތު އަޒްމަންގެ ހިތުގައިވެސް ވަނީ އަދާގެ ހަނދާންކަން ޒައިނާއަށް އެނގުނެވެ.

ޕާޓީ ނިމި އަޒްމަންއާ ޒައިނާއަށް އެރޭގެ ހަދިޔާއަކަށް ނާދިޔާއާ ނާޝިދު ބުކްކޮށްދީފައިވާ ރިސޯޓަށް ދެވުނު އިރު ދަންވަރުގެ ދޭއް ޖަހައިފިއެވެ. ނަމަވެސް އެ ހިސާބަށް ދެވުމާއެކު އެންމެ އިރުކޮޅެއްވެސް އެކަކުވެސް ބޭކާރުކޮށެއް ނުލައެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު އަޒްމަން ދެ އަތުގެ ތެރެއަށް ޒައިނާ ގެނެސް އެ ހުރިހާ އިރު ހިތް އެދެމުން ދިޔަ ގޮތަށް ކަންތައް ކުރަން ފެށިއެވެ. ހީވީ ދެން އެންމެ އިރުކޮޅަކަށްވެސް ޒައިނާއާ ދުރުގައި ހުންނަން ކެތް ނުވީ ހެންނެވެ. ދުވަސްތަކެއްގެ އިންތިޒާރުގެ ނިމުން، އާ ފެށުމެއްގެ ގޮތުގައި ޒައިނާއާ އަޒްމަންއަށް އައީ އެންމެ ފޮނިކޮށެވެ.

 

ފަސް އަހަރު ފަސް…

އަޒްމަން ކިޔަވާ ނިމުނު އިރު ޒައިނާވެސް ހުރީ ކިޔަވާ ނިމިގެންނެވެ. އާރާގެ ކިޔެވުން ނުނިމުނު ނަމަވެސް ލިބުނު ޗުއްޓީގައި އެ މީހުންނާއެކު އާރާވެސް މާލެއަށް އައެވެ. ތިން މީހުން ޓަރމިނަލް އިން ނިކުތް އިރު ދެ އާއިލާގެ އެންމެން ކަހަލަ ގޮތަކަށް އެ މީހުން ބަލާ އައިސް ތިއްބެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ދަރިފުޅު ފެނުމުން ނަޝީލާއަކަށް އެންމެ އިރުކޮޅަކުވެސް ދުރުގައެއް ނުހުރެވުނެވެ. ޒައިނާގެ ހަތް މަހުގެ ބަނޑާއެކު ނަޝީލާ ޒައިނާ ގައިގައި ބައްދާލިއެވެ.

“މަންމަގެ ދަރިފުޅު…” ޒައިނާ ގަޔާ ދުރުކޮށްލާފައި ޒައިނާގެ ބޮލުން ފެށިގެން ފަޔަށް ބަލާލި ނަޝީލާ ހުރީ ފެންކަޅި ވެފައެވެ.

“މަގޭވެސް ދަރިފުޅު!” އެ ވަގުތު ނާދިޔާ ކުރިޔަށް ޖެހިލާ ޒައިނާ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެއާއެކު އެހެން މީހުންނާ އެކު ނަޝީލާއަށްވެސް ހެވުނެވެ.

“މިތާ ނުތިބެ ހިނގާ އަވަހަށް ގެޔަށް ދެވޭތޯ ބަލަމާ” ނާޝިދު ބުންޏެވެ.

ދިގު ދަތުރަށް ފަހު ޒައިނާމެން ތިބޭނީ ވަރުބަލިވެފައި ކަން އެނހޭތީ ނަޝީލާ އެދުނީ ޒައިނާ އިހަށް އަޒްމަންމެން ގެޔަށް ދިޔުމަށެވެ. ކައިރީގައި ޒައިނާ ބަހައްޓަން ހިތް އެދުނު ނަމަވެސް އެ ވަގުތަށް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވާތީއެވެ. އެރޭ ގެޔަށް ދާނެ ކަމަށް ބުނެފައި އަޒްމަންމެންނާ އެކު ޒައިނާ ކާރަށް އެރިއެވެ.

އެރޭގެ ކެއުން އޮތީ ނަޝިލާމެން ގޭގައެވެ. އަޒްމަންމެން ގޭ އެންމެންނަށް ކެއުމަށް ދަޢުވަތު ދީފައި އޮތުމުން އެންމެންވެސް ދިޔައެވެ. ދިހައެއް ޖަހަން ދެން އެ ގޭގައި ތިބެފައި ނާދިޔާއާ ނާޝިދު ދިޔައެވެ. އެންމެންނާ އެކު ސަކަރާތް ޖަހަން އުޅެފައި އަޒްމަންއާ ޒައިނާއާ އާރާ ދާން ނިކުތް އިރު ބާރަ ޖަހާ ބޮޑު ވެއްޖެއެވެ.

ބޭރުން އައިސް ގެޔަށް ވަންނަން އުޅުނު އިޔާދުއަށް މަޑުކޮށްލެވުނީ ހެމުން ޒައިނާމެން ގެއިން ނިކުތް ތަން ފެނުމުންނެވެ. އިޔާދުއަށް ޒައިނާ އެ ފެނުނީ ފަސް އަހަރު ފަހުންނެވެ. އަޒްމަންއާ ކައިވެނި ކުރުމަށް ފަހު ރާއްޖެއިން ބޭރަށް ދިޔަ ފަހުން އިޔާދުއަށް ޒައިނާ ފެނިފައެއް ނުވެއެވެ. ޒައިނާމެން ދިޔަތާ ގިނަ ދުވަހެއް ނުވެ އިޔާދުވެސް ކިޔަވަން ދިޔައީތީއެވެ.

ކުރީގެ ވިޔާނުދާ އުޅުން ދޫކޮށްލާ، ހަރުދަނާ މީހަކަށް ވާން އިޔާދު މަސައްކަތް ކުރަން ފެށީ ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ކިހާ މުހިންމު ދުވަހެއް ކަން ވިސްނުމުންނެވެ. އެ ފިލާވަޅު އިޔާދުއަށް ދަސްވީ އަދާގެ ވަކިވުމުންނެވެ. މިއަދު އިޔާދުއަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ ޒިންމާދާރު ޒުވާނެކެވެ. އޭގެ އިތުރުން ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެ ކަމުން ސަލާމަތް ވާން އެހީ ވުމަކީވެސް އިޔާދުއާ އަސަދުގެ އެއް މަސައްކަތެވެ.

އެ ހުރިހާ ކަމެއް ކުރުމަށް އިޔާދުއަށް އެހީ ލިބުނެވެ. އެއީ ކިހާ ބޮޑު ހިތްވަރެއް ކަމެއް ކުރިޔަކުން އިޔާދުއަކަށް އިހުސާސެއް ނުވެއެވެ. ނަމަވެސް ޒައިނާގެ ހަނދާންތަކާ ދުރު ވެވުނު ވަރަކަށް އެ އެހީތެރިކަމަށް އިޔާދު އިތުރަށް ބޭނުން ވާން ފެށިއެވެ. އެއީ އަޒްމަންގެ ކޮއްކޮ ކަން އެނގުނު ދުވަހުން ފެށިގެން އިޔާދު އާރާއާ ވާހަކަ ނުދައްކާ ހުއްޓެވެ. އެ ކަން ބަދަލު ކުރާކަށް އާރާވެސް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ދެ ހަފްތާ ފަހުން އިޔާދު އިސްވެ އާރާއަށް ގުޅި، އެ އަންހެން ކުއްޖާއަކީ އިޔާދުގެ ޙަޔާތުގައި ކިހާ މުހިއްމު ފަރާތެއް ކަން އިހުސާސް ކުރެވުމުންނެވެ.

އެ ގުޅުމަކީ އާރާގެ އާއިލާގެ ރުހުން ހޯދަން އުނދަގޫ ވާނެ ގުޅުމެއް ކަން އިޔާދުއަށް އެނގެއެވެ. ނަމަވެސް އާރާއަށް ޓަކާ އެ އާއިލާގެ ރުހުން ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އިޔާދު ހުރީ ތައްޔާރަށެވެ.

ޒައިނާ ފެނުމުން އިޔާދުގެ ހިތަށް ކުރީގެ ހަނދާންތައް އުނދަގޫ ކޮށްލިއެވެ. ނަމަވެސް އެއީ މާޒީއެވެ. ޒައިނާގެ މާފު އިޔާދުއަށް ލިބުނު ކަމުގެ ހެއްކެއްގެ ގޮތުގައި، އިޔާދުއާ އާރާގެ ގުޅުމަށް ޒައިނާގެ އެހީ ލިބުން ފުދެއެވެ. ޒައިނާގެ ފަހަތުގައި ހުރި އާރާ ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އާރާގެ ފަހަތުން ނިކުތް އަޒްމަން ފެނުމުން އެ ހިނިތުންވުން ފިލިއެވެ. އެހެން މީހަކަށް ފާހަގަ ނުވާނެހެން އަތުން ހަނާ އަޅާލަމުން އިޔާދު ގެޔަށް ވަނެވެ. ޒައިނާ އާރާގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.

“އަޒްމަން، އަހަރެން ވަރަށް ބޮޑު ކަމަކު އެދިއްޖެއްޔާ އަޒްމަން އެކަން ކޮށްދޭނަންތަ؟” އެރޭ ނިދަން އެނދަށް އަރާފައި އަޒްމަންގެ މޭގައި ބޯ އަލާލަމުން ޒައިނާ އަހާލިއެވެ.

“ޒައިއަށް އެނގެއެއްނު ޒައި ބުނެފިއްޔާ އަހަރެން ކޮށްދޭނެކަން؟” ޒައިނާ އެދޭ ކަމަކަށް ނޫނެކޭ ބުނުމަކީ އަޒްމަންއަށް ނުވާނެ ކަމެކެވެ.

ޒައިނާ ތެދުވެ އަޒްމަންއަށް ބަލާލިއެވެ. އަދި އާރާއާ އިޔާދުގެ ވާހަކަ ފެށިގެން ކިޔާދިނެވެ.

“އެއްޗެއް ބުނެބަލަ…” އަޒްމަން އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން ޒައިނާ ބުންޏެވެ.

“ޒައި…” އަޒްމަންއަށް އާރާއާ އިޔާދުގެ ގުޅުމަށް ރުހުން ދިނުން ފަސޭހައެއް ނުވިއެވެ.

“އަޒްމަން. ކޮންމެ މީހަކަށްވެސް އެމީހަކު ލޯބި ވާ މީހަކާ ގުޅުމުގެ ހައްގު އޮންނާނެ. އާރާއަށް އިޔާދު ދެކެ ލޯބި ވެވުނު އިރަކު ނޭނގޭ އަހަންނާ އިޔާދުގެ އެއްވެސް ކަމެއް. އެކަން އެނގުނު ދުވަހުން ފެށިގެން އާރާ މަސައްކަތް ކުރި އެ ލޯބި ހިތުން ފޮހެލަން. އެކަމަކު އޭނައަކަށް އެކަމެއް ނުވި. ފަހުން އަހަރެން ހިތްވަރު ދީގެން އާރާ އިޔާދުއާ ވާހަކަ ދެއްކީ. މިހާރު އެއީ ކުރީގެ އިޔާދުއެއް ނޫން. ނާޒް ދައްތައާ އިނދެގެން އަސަދު ބަދަލު ވީހެން އާރާ ގެ ލޯބިން އިޔާދުވެސް ބަދަލު ވީ. އާރާއަށް އެއްވެސް ދެރައެއް ލިބޭކަށް އަހަރެން ނޭދެން. އެހެންވެ އަހަރެން ބުނިން އިޔާދު ބަދަލު ވިއްޔާ ނޫނީ ވާހަކަ ނުދައްކަން. އެ ގޮތަށް އެކަން ވީވެސް. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ. އެ ކަން ގަބޫލުކޮށް އެ ކަން ރަނގަޅު ކުރަން މަސައްކަތް ކުރާނަމަ އެއީ ރަނގަޅު މީހަކަށް ނުވާނެތަ؟ ޕްލީޒް، އާރާއަށް ޓަކާ ރަނގަޅަށް ވިސްނާފަ އަޒްމަން ގޮތެއް ނިންމައްޗޭ” އަޒްމަންގެ އަތުގައި ހިފާލައިގެން އިނދެ ޒައިނާ ވާހަކަ ދެއްކިއެވެ.

އަޒްމަން ޒައިނާ ގައިގައި ބައްދާލިއެވެ.

“އައި ލަވް ޔޫ!” އަޒްމަން ބުނެލީ ހަމައެކަނި އެހެންނެވެ.

“ސޯ ތި ބުނީ އޯކޭއޭތަ؟” ޒައިނާ އަހާލިއެވެ.

“އަހަންނަށް ވުރެ ބޮޑަށް އަހަރެންގެ ކޮއްކޮއާ މެދު ޒައި ތި ވިސްނީ… އައި އެމް ލަކީ ދެޓް ޔޫ އާރ މައި ވައިފް” އަޒްމަން އެހެން ބުނަމުން ޒައިނާގެ ތުންފަތުގައި ބޮސްދިނެވެ. އެއާއެކު އެދެމެދުގައި ލޯބީގެ ބީހުންތައް ބަދަލު ކުރެވެން ފެށުނެވެ.

 

“ހެޕީ އެނިވަރސަރީ!” ނިދިފައި އޮތް ޝަނާޒްއަށް ހޭލެވުނީ އަސަދު ޝަނާޒްގެ ކޮލުގައި ބޮސް ދިނުމުންނެވެ.

“ހެޕީ އެނިވަރސަރީ އަސަދުއަށްވެސް” އެނބުރިފައި ދެ އަތުން އަސަދުގެ ކަރުގައި އަތް އަޅުވާ ކައިރިއަށް ދަމާލަމުން ޝަނާޒް ޖަވާބުގައި ބުންޏެވެ. އެއަށް ފަހު ދިޔައީ ދެމަފިރިންގެ ލޯބީގެ ވަގުތުކޮޅެކެވެ. އެކަކު އަނެކަކަށް ގެއްލިފައި ތިބި ދެ މީހުން ދުރުވެލީ ފަސް މަހުގެ މަލަކް ހޭލައިގެން ރޮއެލި އަޑަށެވެ.

“މި މަލަކްވެސް އޮންނާނެ ބައްޕައާ މަންމަ ކައިރިވެލާ ވަގުތަކަށް ބަލަބަލާ…” ހިނިއައިސްފައި އެހެން ބުނަމުން އަސަދު ތެދުވެގެން ގޮސް ކުޑަ އެނދުން ދަރިފުޅު ނަގައިގެން އައިސް ޝަނާޒް އަތަށް ދިނެވެ.

“މަލަކް ހޭލާފަވެސް ނިދައެއްނު؟ މާކިން ހޭލަފާނެތީ އަހަރެން މާ ކަންބޮޑުވޭ. އޭނަ ހޭލައިފިއްޔާ ފަތިސް ނުވަނީސް ނުނިދާނެ ވިއްޔަ” ޝަނާޒް ބުންޏެވެ.

ކުޑަކުޑަ މަލަކްއަށް ގާތުން ދޭން އޮތް ޝަނާޒް ކައިރީ އޮށޯވެ އަސަދު ޝަނާޒްއަށް އެކިއެކި ގޯނާ ކުރަމުން ދިޔައެވެ. އަސަދުގެ ސަމާސާތަކުން ޝަނާޒްއަށް ލޯމަރާލެވުނެވެ.

 

ދައުހާގެ ބަނޑުގައި އަތް ޖައްސާލައިގެން ނިހާން އޮތެވެ. ދަރިފުޅު ތޮޅިލާ ކޮންމެ ފަހަރަކު ނިހާންއަށް ހީލެވެއެވެ.

“ނިހާން ހީވަނީ އަލަށް ބޭބީއެއް ލިބެން އުޅޭހެން” ނިހާންއަށް ވާ ގޮތުން ހިނިއައިސްފައި އޮތް ދައުހާ ބުންޏެވެ.

“ތިން ވަނަ ފަހަރަށް ވިޔަސް މީ ކޮންމެ ފަހަރަކުވެސް ހަމަ އާ ކަންތަކޭ. މީ ދައުގެ ކުދިކުދި ނަމޫނާތަކެއް ވިއްޔަ” ދައުހާގެ ބަނޑުން އަތް ނަގަމުން ނިދާފައި ތިބި ހިބާ އަދި ހަނާއަށް ބަލާލަމުން ނިހާން ބުނެލިއެވެ.

“މި ފަހަރު އަންނާނީ ކުޑަ ކުޑަ ނިހާންއެއްނު؟” ނިހާންއާ ވީ ފަރާތަށް އެނބުރިފައި ދައުހާ ބުނެލިއެވެ.

“ހޫދު” ލިބެން އުޅޭ ދަރިފުޅަށް ކިޔަން ނިންމާފައި ވާ ނަން ބުނެލަމުން ނިހާން އަދިވެސް ބޮޑަށް ދައުހާއާ ކައިރިއަށް ޖެހިލަމުން ދައުހާގެ ކަރުގައި ތުންފތް ޖައްސާލިއެވެ. އެއާއެކު ލޯ މެރެމުން ދިޔަ ދައުހާއަށް ނިހާން ގައިގައި ބައްދާލެވުނެވެ.

 

ކޮންމެ ހިތެއްގައި ވަނީ ހަމަޖެހުމެވެ. ލޯބި ލިބުނީތީ އެކަމުގެ އުފަލެވެ. އަނެކަކަށް ޓަކާ ހިތުގައި ވާ ލޯތްބާ އިތުބާރެވެ. އެކުގައި މުޅި އުމުރުގައި ވުމަށް ކުރެވޭ ދުޢާއެވެ. ލިބެމުން އެ ލޯތްބަށް ޓަކާ ޝުކުރެވެ.

ނިމުނީ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކައިރީގައި އެހެނަސް.. ދުރުގައި…11

Next

ޝާޔަން✨ (ތިންވަނަބައި)

Next
April 15, 2020

ޝާޔަން✨ (ތިންވަނަބައި)

Previews
April 13, 2020

ކައިރީގައި އެހެނަސް.. ދުރުގައި…11

46 Comments!

  1. Marie says:
    April 14, 2020 at 9:55 pm

    Me dw first kiyalafa cnmt eh khlaanan

    1. Mar Sha Marsha says:
      April 18, 2020 at 11:14 am

      OK ?

  2. Mar Sha Marsha says:
    April 14, 2020 at 9:57 pm

    Salaam, vaahakaige fahu bai upload kollevijje. Hy kuran mi vaahaka aky kiyuntherinnah kamu dhiya vaahaka eh kamah. InshaAllah Liyun huttaeh nulaanan, ekamaku ihah kuda break eh nagaanan. InshaAllah Dhen vaahaka eh start kuraany roadhaige fahun. Vaahaka ah like viyyaa plz comment ingey. Couldn’t have done this without u all, readers ah varah varah bodah thank u bunela beynun. Love u all ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Kudy?? says:
      April 15, 2020 at 12:06 pm

      V v riythi mi story. V miss vaane sis ? roadha nimunha avahakah annahchey❤

    2. Mar Sha Marsha says:
      April 19, 2020 at 2:11 am

      InshaAllah as soon as possible, thank u ?

  3. Mannu says:
    April 14, 2020 at 10:04 pm

    wowwwwwww…varah ufaa vejje mi part ves neredhinyma…love youuuuu…and ehen vaahaka eh fattaba

    1. Mar Sha Marsha says:
      April 18, 2020 at 11:15 am

      Thank u, will think about it after roadha ?

  4. Umny ??? says:
    April 14, 2020 at 10:06 pm

    Wow it’s amazing and thanks for the great story. Hope we can ge a nice story again

    1. Mar Sha Marsha says:
      April 18, 2020 at 11:16 am

      Thank u Umny, InshaAllah after roadha ?

  5. LAZY_QUEENY says:
    April 14, 2020 at 10:10 pm

    Vvvv reethi mi part vx… But Varah dhera vey last part v ma…. Ummeedhu kuran Marsha ge new vaahaka eh fennaane kamah Varah avahah… Lysm N Marsha you are so talented… Maashaallah ???????

    1. Mar Sha Marsha says:
      April 18, 2020 at 11:17 am

      Thank u so much Queeny, roadha ninmaafa dhen fattaany ?

  6. Kairaa says:
    April 14, 2020 at 11:09 pm

    Wowwwwwwww????….varah varah reethi fahu bai vx……unmeedhu kuran sis ge new story eh varah avahah kiyaalan libeyne kamah……lysm marsha sis….and be safe….

    1. Mar Sha Marsha says:
      April 18, 2020 at 11:18 am

      Thank u Kairaa roadha ninmaafa visnaanan new story akaa medhu ??

  7. Kudu says:
    April 14, 2020 at 11:51 pm

    Vaahaka ah hama neh bunaane ekahcheh ves varah varah varah varah varah varah varah varah reethi مشاء الله Alhey roadhaige fahunney haadha dhigu inthixaarekey, Ramadan Mubarak dhen ehen viyya hehe ???????❤️?❤️?❤️???????
    #Staysafe
    #stayhome

    1. Mar Sha Marsha says:
      April 18, 2020 at 11:20 am

      Ramadan kareem dear, roadha mahu vv busy vaane thy story ah time eh nudheveyne ehnu, ehenve ingey, thank u kudu. ?

  8. Meekkomee says:
    April 15, 2020 at 1:26 am

    Alhyy….siss…..woww…… story varah Varah Reethi……..one of my favourite story ever…….. waiting for new story siss…….. Ramadan Mubarak………..luv yeahhh… stay home….be safe…….don’t forget to wash hand….ttyl❤️❤️??✌️✌️??

    1. Mar Sha Marsha says:
      April 18, 2020 at 11:21 am

      Ramadan kareem, meekko n thank u, ❤️???

  9. Ainth says:
    April 15, 2020 at 1:48 am

    Vaahaka varah reethi ekamu dhaatha n nihaan ehaa dhigu inthizaarakah fahuga gulhuneyma ves ehaaa rom eh nun ….. good luck #thank you# Marsha ????

    1. Mar Sha Marsha says:
      April 18, 2020 at 11:23 am

      Thank u Ainth, baeh readers ah kamaku nudhey rom bai ehaa bodu veema, ehenve nuliyuny, ???

  10. Yalaa says:
    April 15, 2020 at 7:34 am

    ❤❤❤❤❤❤❤❤❤❤❤❤

    1. Mar Sha Marsha says:
      April 18, 2020 at 11:23 am

      Thank u yalaa, ?❤️

  11. Liyaa says:
    April 15, 2020 at 8:00 am

    Mashaa allah v v reethivaahaka kiyaahevaa kahala vaahakayae keep it u n love u. ??❤️

    1. Mar Sha Marsha says:
      April 18, 2020 at 11:24 am

      Thank u liyaa ???

  12. ??? says:
    April 15, 2020 at 9:10 am

    Masha Allah. varah rythi. keep it up sis lysm???

    1. Mar Sha Marsha says:
      April 18, 2020 at 11:25 am

      Thank u ???

  13. Eynaaaa says:
    April 15, 2020 at 10:44 am

    Wow vrh nice kiyaa hithun ninmaaly

    1. Mar Sha Marsha says:
      April 18, 2020 at 11:26 am

      Thank u eynaaaa ?

  14. ? QUEEN ? says:
    April 15, 2020 at 11:01 am

    Story varah reethi ❤️❤️ Can’t wait to read your next story ❤️❤️❤️

    1. Mar Sha Marsha says:
      April 18, 2020 at 11:27 am

      Thank u Queen, ??

  15. Kudy?? says:
    April 15, 2020 at 3:53 pm

    V v riythi mi story. V miss vaane sis ? roadha nimunha avahakah annahchey❤

    1. Mar Sha Marsha says:
      April 19, 2020 at 2:12 am

      Miothy repeat vefa dho? ?

  16. Aish says:
    April 15, 2020 at 4:51 pm

    Huriha kamehves ma details koh gennaathy mahsala aky

    1. Mar Sha Marsha says:
      April 18, 2020 at 11:27 am

      Thank u Aish

  17. Aish 2 says:
    April 17, 2020 at 3:34 pm

    Saadhaa jumla thaka fashuvi ibaaraai thakaa hiy dhamaiganu vaafadha vaahaka thakun 35 vana episode in mi vaahaka ninmaalythy vvvvvv ufaa vehjje ? Dherava vaahaka eh annangna hiyrohvaalaafa lolun karuna niraalaa ? ufaaveri kameh Anna hindhu clap kohllaafa YES ey ves bunevey rulhi An na kameh vaahakaiga ulhey character eh kohfihyaa hithun eyna aa dhimaa ah kudhi kiyaalevey ♥️♥️♥️♥️♥️♥️ OMG Marsha you are so talented ? ? Masha Allah……. Thi kuraa hiy varah Hama saabas ????? mihin dhuruga huregen comment mi kureveny… Hi that araa Marsha kairiyah gos thauryf ge bas thah ohsaaleveyne numa ey??? adhi ves eh faharu bunelan beynun mi vaahaka vvvvv reethi and Dear you are so talented Masha Allah ??? reader’s ah takaa Marsha thikuraa masahkathuge agu vazan kuran…. Ingey mi Varun nufudhey ne kanves ekam mi noon gotheh ves nehthaa hehe☺️?? hama asluves mi buny heevey hiy bunaahen mieee Hama eh vana story ey….. I love you the way I love my best friend and I love this story the way how I love my self
    Love you
    Be safe

    1. Mar Sha Marsha says:
      April 18, 2020 at 11:36 am

      Oh!!! V ufaa vejje mi kahala comment eh libunyma, thank u so much Aish 2, adhi rangalhu kollan v kanthahves faahaga kolla dhin nama vv happy vaane, ummeedhu kuran Aish 2 ge comment thah Marsha dhen liyaa vaahaka thakun ves fennaane kamah ???❤️❤️

  18. Aish 2 says:
    April 18, 2020 at 2:14 pm

    Your welcome ?? rangalhu kohllan jehey kamakah othy Hama emme kameh… E ee kaiveny get kurin loabin kuraa baeh kantha thakaky ziney he kanthah so ekahala vaahaka nugeneun muhinmu but dhurudhurun ekahala kantha genayas ok??

    1. Mar Sha Marsha says:
      April 18, 2020 at 5:55 pm

      Thank u, Insha Allah thi kanthah handhaan bahattaanan dhen liyaa story ehga. ???

    2. Aish 2 says:
      April 21, 2020 at 4:12 pm

      And Hama insh Allah Marsha ge next story ah ves Aish ge full support libeyne ?? maaley gatha ulheny and Hama ahaalaa hiy vey kithah aharu tho and kihineh hee vey hiy bunaahen mi name mi vaahaka ah dhevuny?????

    3. Mar Sha Marsha says:
      April 21, 2020 at 10:03 pm

      Aish send me request on fb, eyrun easily chat kolleveyne ehnu ? Mar Sha innaany

  19. Aish 2 says:
    June 21, 2020 at 2:03 pm

    Marsha koba tha loabi loabi Marsha ❤️❤️❤️❤️❤️
    I miss you sooooooo much?? pls avahah next story neredhyba
    Be safe dear ly

    1. Mar Sha Marsha says:
      July 10, 2020 at 12:00 am

      Trying inge dear.. Miss all my readers ❤️❤️

  20. No one says:
    July 5, 2020 at 1:36 pm

    Suvaaleh Eba oiii

    1. Mar Sha Marsha says:
      July 10, 2020 at 12:01 am

      Koba suvaalaky?

  21. No one says:
    July 19, 2020 at 9:54 pm

    How old are you….. Kon rasheh… Dhn.. Ehchekey hee nukurahchey ingey…. Hama ahaalyy ? Varah reethi vaahaka maasha Allah

  22. It's me says:
    July 28, 2020 at 1:29 pm

    Adhi vx raodha mas nunimeytha

  23. ?LAI? says:
    August 25, 2020 at 3:18 pm

    When are you coming back marsha. I’ll be waiting for nxt stories of ur

Comments are closed.


All Right Reserved!