
” އެއީ ކޮންބައެއް ކަން އެނގުމުން އަހަރެން ވަރަށް ބޮޑަށް މާފަށް އެދުނިން އެމީހުން ކައިރިން… އެމީހުން ބުނީ މާފުލިބޭނީ އެންމެ ގޮތެއްގެ މަތިން ކަމަށް.. އެއީ އެމީހުން ހަދާ ޑީލްއަކާ އަހަރެން އެއްބަސްވާގޮތަށް.. އެޑީލްއަކީ ފަނަރަ އަހަރުދުވަސް ވަންދެން އެގޭގައި ނޯކިރީކުރުން… އެއްވެސް މުސާރައަކާ ނުލާ.. އެހުރިހާ ދުވަހެއް ވަންދެން އެމީހުން އަހަރެންގެ ބައްޕަ ބަލާދޭ ގޮތަށް.. އެކަމަކު އެގޮތާ އެއްބަސް ނުވެއްޖެނަމަ ފަންސަވީސް އަހަރަށް ޖަލަށް ދާންޖެހޭނެ ކަމަށް… … އަހަންނާ ފުލުހުން ސުވާލުވެސް ނުކުރީ ހަމައެމީހުން ބުނިބުނުމަކަށްކަން އެދުވަހު އަހަންނަށް އެނގުނު.. އަހަރެންގެ ބައްޕައަށްޓަކާ އަހަންނަށް ޖެހުނީ އެމީހުން ބުނިގޮތާ އެއްބަސްވާން… އެއީ އެމީހުންގެ ބާރު އަހަންނަށް އެނގޭތީ… އުމުރު ދުވަހަށް ޖަލަށް ދާން ބޭނުން ނުވާތީ.. އަހަރެންގެ ބައްޕައަށްޓަކާ.. ނައިރާއަށްޓަކާ.. ނައިރާ ކައިރީގައި އެހުރިހާ ވާހަކައެއް ދައްކާނެހާ ހިތްވަރެއް އަހަންނަށް ނުލިބުނު… އަހަރެން ބިރުވެސް ގަތީ ނާޝިދުމެންނަށް އަހަރެންގެ އަންބެއް ހުންނަކަށް އެނގިއްޖިއްޔާ އޭނައަށް ގޮތެއް ހަދާފާނެތީ.. އެހެންވެ އަހަންނަށް ނައިރާ ދޫކޮށްލާފަ އަންނަން މަޖުބޫރުވީ.. އަހަރެން ނައިރާ ވަރިނުކޮށް އައީ އަދި އަނބުރާ ނައިރާކައިރިއަށް ދެވޭނެ ކަމުގެ އުއްމީދު އޮތީމަ… އެކަމުގަ އަހަންނަށް އެހީވެދިނީ ޒިވީ… އޭރު އަހަންނަށް އެއީ ނައިރާގެ މައިންބަފައިންކަން އެނގުނުނަމަ ހާލަތު ބަދަލުވީސް ކަންނޭނގެ… ” ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލުމަށްފަހު އާޔަން ފުންނޭވާއެއް ދޫކޮށްލިއެވެ.
ނިޝީ އޭނާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.
” އާޔަން އަހަންނަށްވެސް ފެންނަނީ ނައިރާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން… އޭރުން ނައިރާގެ އެހީތެރިކަން އާޔަން އަށް ލިބޭނެކަން ޔަގީން.. ” އާޔަންއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ނިޝީ ބުންޏެވެ.
” ނިޝީއަށް ހީވޭތަ ނާއިޝް މަރުވީ އަހަރެން އަތުންކަން އެނގިހުރެ ނައިރާ އަހަންނަށް އެހީތެރިވާނެހެން.. ” އާޔަން ސުވާލުކޮށްލިއެވެ.
” ހަޤީޤަތަށް ނައިރާއަށް ކިޔައިދިނުމުން އޭނަ އާޔަންދެކެ ތެދުވެރިން ލޯބިވަންޏާ ޔަގީން އެހީވާނެކަން…” ނިޝީ ވަރަށް ޔަގީން ކަމާއިއެކު ބުންޏެވެ.
” މިހާރު މާލަސް ވެއްޖެ.. އަހަރެން ނައިރާ ވަރިކޮށްފިން… އެހެން ނޫނަސް މިހާރު އެހެން މީހަކާ އިންނަން ނައިރާ އެއްބަސްވެސް ވެއްޖެ…” ބޮލުގައި އަތް ފުނާއަޅާލަމުން އާޔަން ބުންޏެވެ.
” އަދި ލަހެއް ނުވޭ… އަދި އިއްދަވެސް ހަމަނުވާނެ… އަދިވެސް ކައިވެނި ރުޖޫއަ ކުރެވިދާނެ… އާޔަން އަދި ތިކަންތައް ކުރެވެނީ ރަނގަޅަކަށް ނޫން.. ނައިރާ އާޔަންދެކެ ލޯބިވާވަރު އަހަންނަށް ނައިރާގެ މޫނުމަތިން ފެނޭ… އާޔަން ރަނގަޅަށް ވިސްނާތި… އެހެންނޫނީ ވަގުތު ފާއިތުވެދާނެ… ” އެހެން ބުނުމަށްފަހު ނިޝީ އެތަނުން ދިޔައެވެ.
” ވިލީ… އަހަރެން އެބަ އަންނަން ތަނަކަށް ގޮސްލާފަ… އަޔާނީއަށް ބަލާލައްޗެ… މަންމަވެސް މިވަގުތު ނިދާފަ ކަންނޭނގެ އޮތީ… ” އެނދުމަތީގައި ވާހަކަ ފޮތެއް ހިފައިގެން ވިލީޝާއަށް ޑްރެސިންގް ޓޭބަލް ކައިރީގައި ރީތިވާން ހުރި ނައިރާ ބުނެލިއެވެ.
” ވަރަށް މޮޅެއްނު… އަހަރެން ފޫހިވާން ބާއްވާފަ ނައި ތިދަނީ…” ވިލީޝާ ޝަކުވާކޮށްލިއެވެ.
” މިދަނީ އިހުވާން މެންގެއަށް ދާންވެގެން… އަހަރެން ބޭނުން އިހުވާންގެ ކިބައިން މާފަށް އެދެން…” ނައިރާ ބުންޏެވެ.
” އޯވްހް…. އިހުވާން ދޯ.. ވަރަށް ސަޅި ބިޓެއްތަ..” ނައިރާއަށް ޖެއްސުމަށް ވިލީޝާ ބުންޏެވެ.
” ސާބަސް… ވިލީއަށް ސެޓްކޮށްދޭންވީތަ” ނައިރާ ބުންޏެވެ.
” ނޫން އަހަންނަށް އަހަރެންގެ ލިއަމް ފުދޭ” މެލޭޝިޔާގައި ހުރި ލޯބިވެރިޔާ މަތިން ހަނދާންކޮށްލަމުން ވިލީޝާ ބުންޏެވެ.
” ހެހެހެ… އޯކޭ.. ވަރަށް އަވަހަށް އަންނާނަން….” ދަބަސް ހިފައިގެން ނިކުންނަމުން ނައިރާ ބުންޏެވެ.
ދުވަސްތަކެއް ފަހުން ނައިރާ އެގެއިން ފެނުމުން ނާއިފާ ހުރީ ވަރަށް އުފާވެފައެވެ. އަޝްވާވެސް ނައިރާ އެގެއަށް ދިޔަފަހުން އަނގަ ހުއްޓާ ނުލައެވެ.
” އެސޮރު ވެއްޖެ ރައްޓެހި ކުއްޖަކާ އެކު ކޮފީއަކަށް ގޮސްފަ… އިރުކޮޅަކުން އަންނާނެ…” ނައިރާއަށް ސައި ތައްޔާރު ކުރަމުން ނާއިފާ ބުންޏެވެ.
” އިހުވާން ކައިރީ ނުބުނާތި އަހަރެން މިގޭގަ އިންވާހަކަ” ނައިރާ އެދުނެވެ. ނާއިފާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. ނައިރާ އެމީހުންނާ ދޭތެރޭ ކަންތައްކުރީ ރަނގަޅަށް ނޫންކަން އެމީހުންނަށް އެނގޭ އިރުވެސް އެމީހުން ނައިރާއަށް އެހާ ހެޔޮވީތީ ނައިރާ އިނީ ހަމަ އަޖައިބުވެފައެވެ. ނާއިފާވެސް ނައިރާއާއި ވާހަކަ ދައްކަމުން ދިޔައީ މަޔަކު ދަރިއަކާ ވާހަކަދައްކާ ފަދައަކުންނެވެ. އިހުވާންގެ އިންތިޒާރުގައި ނައިރާ އެގޭގައި އެއްގަޑިއިރު ހޭދަވި ފަހުން ގޭގެ ބެލް އަޅާލި އަޑުއިވުނެވެ. އަޝްވާ ދުވަމުން ގޮސް ދޮރުހުޅުވާލިއެވެ.
” އަހަރެން ބެލް ނުޖަހައިގެންތަ ހުރީ” އެތެރެއަށް ވަންނަމުން އިހުވާން ބުންޏެވެ. ސޯފާގައި ނާއިފާ ކައިރީގައި އިން ނައިރާ ފެނުމުން އިހުވާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ނައިރާ އިންތަނުން ތެދުވަމުން ހިނިތުންވެލިއެވެ. އިހުވާންއަށް ހުރީ ހިނިތުންވާންވެސް ނޭނގިފައެވެ. ނައިރާގެ މޫނަށް ބަލަހައްޓައިގެން ހުރުމުން އަޝްވާ ކަރުކެހިލަމުން އިހުވާން ގައިގާ ޖެހިލިއެވެ. އިހުވާން އަށް ހިނިތުންވެލާންވެސް އެނގުނީ ދެނެވެ.
” މިހާ ކުއްލި ގޮތަކަށް ފެނުނީމަ ވަރަށް ސަޕްރައިޒް…ކޮންއިރަކު މިގެއަށް އައީ… ” އެހުރިތާހުރެ އިހުވާން ސުވާލުކޮށްލިއެވެ.
” ދަރިފުޅާ ބައްދަލުކޮށްލަން ނައިރާ އައީ.. މިހާރު ކިހާއިރެއް ނައިރާ މިގޭގަ އިންނަތާ… ” ޖަވާބު ދިނީ ނާއިފާއެވެ.
” މަންމަ އެބައަންނަން އަޝްވާ ގޮވައިގެން ފަހާތަނަށް ގޮސްފަ… ދައްތަ އަންނަންދެން ހުންނައްޗެ ނައިރާ” ނާއިފާ އެދުނެވެ. ނާއިރާ ބޯޖަހާލުމުން ނާއިފާ އަޝްވާ ގޮވައިގެން ބޭރަށް ނިކުތެވެ.
” ވާން… ރަނގަޅުތަ” ނައިރާ އޭނައަށް އާންމުކޮށް ކިޔައި އުޅޭގޮތަށް ގޮތަށް ގޮވާލަމުން އަހާލިއެވެ.
” ރަނގަޅު… ނައިރާ ރަނގަޅުތަ.. ” ސޯފާގައި އިށީންނަމުން އިހުވާން ބުންޏެވެ. ނައިރާވެސް އޭނާ ހުރިދިމާލުން އިށީނެވެ.
” ވަރަށް އުފާވެއްޖެ ވާން ފެނުނީމަ… ” ނައިރާ ބުންޏެވެ.
” ހެޕީ ޓު ސީޔޫ ޓޫ… އަހަރެން ހުރީ ނައިރާ އާއި ބައްދަލުކޮށްލަން ދާންވެގެން” އިހުވާން ބުންޏެވެ.
” އަސްލު އަހަރެން މިއައީ ވާން ކައިރީގައި މާފަށް އެދެން ވެގެން… އަހަންނަށް އިހުވާންއާއި ދޭތެރޭގައި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން..” ނައިރާ އެގެއަށް އައި ބޭނުން ހާމަކުރާމުން ބުންޏެވެ.
” ނޫން އެއްގޮތަކަށްވެސް އެހެން ނުވިސްނާ… މިހުރިހާ ދުވަހު އަހަންނަށް ކުށްވެރި ކުރެވެނީ އަހަރެންގެ އަމިއްލަ ނަފްސު… ނައިރާ އެހެން މީހެއް ދެކެ ލޯބިވާކަން އޭރު އަހަންނަށް އެނގުނު ނަމަ އަހަރެން އެކައިވެންޏަށް އިންކާރުކުރީމުސް.. ނައި އެންމެ ފަހަރަކުވެސް އަހަރެން ކައިރީ ބުނި ނަމަ…” އިހުވާން ބުންޏެވެ.
” އަހަރެން މިހާރު ހިތަށް އަރާ އޭރު އިހުވާން އާއި ކައިވެނި ކުރެވުނު ނަމައޭ.. އޭރުން އަހަރެން މިކުރާ ހިތާމަތައް ކުރާކަށް ނުޖެހުނީސް ކަންނޭނގެ…” ދުރު ބަލާލަމުން ނައިރާ ބުންޏެވެ. ނައިރާ އެހެން ބުނިގޮތުން އޭނާ ދެރަވެފައި އިންވަރު އިހުވާންއަށް އިހުސާސް ކޮށްލެވުނެވެ. ކޮންމެގޮތެއްވިޔަސް ނައިރާ އަކީ އިހުވާން އެންމެ އިހުތިރާމް ކުރާ އެއްފަރާތެވެ. ކުޑައިރުއްސުރެން އެންމެ ގާތް އެކުވެރިޔާއެވެ. އޭރުވެސް ނައިރާ އާއި ކައިވެނި ކުރަން ޤަބޫލުވީ ނައިރާވެސް އެކައިވެންޏާ ރުހޭކަމަށް ބުނެފައި އޮތުމުންނެވެ. އޭރު އިހުވާން އަށް ހާއްސަކުއްޖެއް ނެތެވެ. އެހެންކަމުން އިހުވާން ދެކުނު ގޮތުގައި އެންމެ ގާތް އެކުވެރިޔާ އާއި ކައިވެނިކުރުމުން ލިބޭނެ ގެއްލުމެއް ނެތެވެ. އެކަމަކު މިހާރު އިހުވާންއަށް ވިސްނިއްޖެއެވެ. ހަޔާތުގައި ލޯތްބަކީ ވަރަށް މުހިންމު އެއްޗެކެވެ. އެލޯބި ބޭނުންވާވަރު އިހުވާންއަށް އިހުސާސް ކުރެވެއެވެ. އެވަގުތު ނިޝީގެ ލަދުރަކި ހިނިތުންވުން ލޮލަށް ސިފަވުމުން އިހުވާންއަށް އެއްމިޔަކަނުން ހީލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެރަވެފައި އިން ނައިރާއަށް ސަމާލުކަން ދިނެވެ.
” އަހަރެން ބޭނުން މިވާހަކަތައް ވާންއަށް ކިޔައިދޭން… އަހަރެން ދކޭ ގޮތުގައި ތީ އަދިވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… ” އިހުވާންއަށް ބާލާލަމުން ނައިރާ ބުންޏެވެ.
” ނައިރާ ދައްކާ ކޮންމެ ވާހަކައެއް އަހަރެން މިއިނީ އަޑުއަހަން.. ” ސޯފާގައި ހަމަޖެހިލަމުން އިހުވާން ބުންޏެވެ.
” އޭނަ އަހަރެން މުޅިން ބަރުބާދުކޮށްފި.. އޭނައަށްޓަކާ އަހަރެންގެ އާއިލާ އަހަރެން ދޫކޮށްލީ… އޭނައަށް އިތުބާރުކޮށް އަހަރެންގެ އުފަން ބިންދޫކޮށް މުޅިން އެހެން ޤައުމަކަށް ބަދަލުވީ… އަހަރެންގެ ހުރި ހަމައެކަނި ބޭބެ މަރުވެގެން ދިޔައިރުވެސް މޫނު ބަލާލާކަށްވެސް އަހަންނަކަށް ނާދެވުނު… އެންމެ ފަހުން އޭނަ އަހަރެން ދޫކޮށްލާފަ ދިޔައީ އޭނަގެ ދަރިޔަކަށް އަހަރެން ބަލިވެ އިންދަ.. އެވެސް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ބޭނުންވެގެން… ވިލ ފިޔަވާ އަހަރެން ދަންނަ އެކަކުވެސް އެތަނަކު ނޫޅޭ… އަހަރެންގެ ދަރިފުޅު ގޮވައިގެން އަހަރެން އުޅުނު ނިކަމެތި ހާލު ދެނެވޮޑިގެންވާނީ މާތްﷲ… ” ނައިރާ ރޮމުން ރޮމުން ކިޔައިދިނެވެ.
” އަހަރެން ހީކުރީ އޭނަ ނައިރާ ދޫކޮށްލީމަ ކަމަށް ނައިރާ އެނބުރި އައީ… އެކަމަކު ނައިރާ ތިކިޔައިދިން ގޮތުން އޭނަ ނައިރާ ވަރިކޮށްފަ ދިޔަތާ ކިތަންމެ ދުވަހެއް… ” ވިސްނާލަމުން އިހުވާން ބުންޏެވެ.
” އޭރު އޭނަ ދިޔައީ އަހަރެން ވަރިނުކޮށް… ވަރަށް ފަހުން އޭނަ އަހަރެން ވަރިކުރީ” ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނައިރާ ބުންޏެވެ.
” އެކަމަކު ބައްޕަމެންނަކަށް ނޭނގޭނެ މީގެ ފަސްއަހަރު ކުރިން އޭނަ އަހަރެން ދޫކޮށްލާފަ ދިޔަކަމެއް.. ވާންއަށް މިކިޔައިދިނީ އިތުބާރުކުރާތީ… ” އިހުވާންއާއި ދިމާއަށް ބަލާލަމުން ނައިރާ ބުންޏެވެ.
” އަހަރެންވެސް އެބައޮތް ނައިރާ އާއި ވަރަށް ބޮޑު ސިއްރެއް ހިއްސާ ކުރަންވެފަ.. އެކަމަކު އެއީ ޕާޓީ އޮންނަ ދުވަހު…” ހިނިތުންވެލަމުން އިހުވާން ބުންޏެވެ.
” އޯކޭ.. ވެއިޓިންގ…” ނައިރާވެސް ހީލަމުން ބުންޏެވެ.
ކޮންމެ ދުވަހަކުވެސް ކުލާސް ނިންމާލުމަށްފަހު އިހުވާން ނިޝީ ގޮވައިގެން ދަނީ އާދައިގެ މަތިން އެމީހުން ބައްދަލު ކުރާ އާޓިފިޝަލް ބީޗަށެވެ. އެދެމީހުންގެ ލޯބި ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ވަރިގަދަވަމުންނެވެ. އެމަދު ދުވަސްކޮލުގެ ތެރޭގައި އެތަކެއް އަހުދަކާއި ވައުދެއް ވެވިއްޖެއެވެ. އަބަދުގެ އަބަދަށް ނިޝީ އޭނާގެ މިހަކަށް ހެދުމަށް އިހުވާން ވަނީ ކެތްމަދުވެފައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިހުވާންގެ ހިތުގައި ނިޝީއަށްޓާކައި ވާލޯބި ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
” އަހަރެން ބޭނުން ވަރަށް އަވަހަށް ނިޝީއާއި ކައިވެނި ކުރަން” ދޮންވެލިގނަޑުމަތީގައި އިށީނދެއިން ނިޝީގެ އުނގުމަތީގައި ބޯއަޅާލައިގެން އޮތް އިހުވާން ބުންޏެވެ.
” ކޮންއިރަކުން އިހުވާން މަންމަމެންނާ ބައްދަލުކޮށްދޭނީ” އިހުވާންގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލަމުން ނިޝީ ސުވާލުކޮށްލިއެވެ.
” ހުކުރު ދުވަހު އެބައޮތް ޕާޓީއަކަށްދާން.. މިވިސްނަނީ އެޕާޓީއަށް ނިޝީ ގޮވައިގެންދާން… އެޕާޓީގަ ތިބޭނެ އެންމެ ގާތް މީހުން.. ބޭނުންވަނީ އެހުރިހާ އެންމެންނަށް ނިޝީ ތައާރަފްކޮށްދޭން.. އަހަރެންގެ ވާންއުޅޭ އަނބިމީހާގެ ގޮތުގަ” ނީޝީގެ މޫނުގައި ފިރުމާލަމުން އިހުވާން ބުންޏެވެ.
” ހުކުރު ދުވަހު އަހަރެން އުޅޭ ގޭގަވެސް އެބައޮތް ޕާޓީއެއް… އެކަމަކު އެޕާޓީއަށް އަހަރެން އެހާ ބޭނުމެއްނުވާނެ” ނިޝީ ބުނެލިއެވެ.
” އެކަކު ނިޝީ ބޭނުންނުވިޔަސް އަހަރެން ނިޝީ ބޭނުން…” ސީދާ ނިޝީގެ ދެލޮލަށ ބަލާލަމުން އިހުވާން ބުންޏެވެ. ނިޝީ ހިނިތުންވެލީ ވީއުފަލެއްގެ ބޮޑުކަމުންނެވެ.
” ނިޝީގެ އާއިލާ މީހުން ޤަބޫލުވާނެތަ… ” އިހުވާން ސުވާލުކޮށްލިއެވެ.
” އަހަރެންގެ އާއިލަގަ ތިބީ މަންމައާއި ކޮއްކޮ އެކަނި.. ހިޔެއްނުވޭ އަހަރެންގެ ނިންމުމަކާ މަންމަ ދެކޮޅުވާނެހެންނެއް… އެކަމަކު އިހުވާންވެސް ޖެހޭނެއްނު އެމީހުންނާ ބައްދަލުކޮށްލަން…” ނިޝީ ބުންޏެވެ.
” ނިޝީ އެކަމާ ހާސްނުވޭ… ނިޝީގެ ރަށައް ގޮސްގެންވެސް އަހަރެން ތިކަން ކުރާނަން… ނިޝީއަށްޓަކާ އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން.. ދީނާއި ފުށޫނާރާކަމްށްވަންޏާ… ” އިހުވާން ބުންޏެވެ. ނިޝީ ހިތްހަމަޖެހުނެވެ. އިހުވާން ކަހަލަ އޭނާދެކެ އިންތިހާއަށް ލޯބިވާ މީހަކު ލިބުނު ކަމަށްޓަކައެވެ.
މެންދަމު އެކެއްޖެހިފަހުން ނައިރާއަށް ހޭލެވުނީ ވަރަށް ބޮޑަށް ފެންބޮވައިގެނެގެންނެވެ. ކޮޓަރީގައި ހުރި ފެންފުޅި ހުސްވެފައި ހުރުމުގެ ސަބަބުން ނައިރާއަށް ޖެހުނީ ފުޅި ހިފައިގެން ބަދިގެއަށް ފެންއަޅާން ދާށެވެ. ސިޑިން ފައިބައިގެން ބަދިގެއާއި ދިމާއަށް އައިސް ހުރި ނައިރާއަށް މަޑުޖެހެވުނީ އިވުނު އަޑެއްގެ ސަބަބުންނެވެ. މެންދަމުގެ އެވަގުތުގެ ހަމަހިމޭންކަމުގެ ތެރެއިން ފޭދިގެން އަންނަމުން ދިޔައީ ފިރިހެނެއްގެ ގިސްލުމުގެ އަޑެވެ. އަޑުއަންނަ ދިމާ ޔަގީންކޮށް ހޯދަމުން ދަނިކޮށް ކާމޭޒުކައިރީގައި ފުރަގަސްދީގެން އިން ފިރިހެނަކު ފެނުނެވެ. ގިސްލަމުން ދިޔައީ އެފިރިހެންމީހާކަން ނައިރާއަށް ޔަގީންވިއެވެ. ލަސްލަހުން ފިޔަވަޅު އަޅަމުން ނައިރާ އެދިމާއަށް ދިޔައެވެ. އޭރުވެސް އެމީހާ ހުއްޓުމެއްނެތި ގިސްލަމުން ދިޔައެވެ. ކައިރިއަށް އައިވަރަކަށް އެއަޑު ނައިރާ އަށް އެނގިގެން ދިޔައެވެ. އެތާ އިނދެ އެރޮނީ އާޔަން ނޫން ދެވަނަ މީހެއް ނޫނެވެ. އެރުއިމުން ނައިރާގެ ހިތް މަޑުކަފަކޮޅަކަށް ވެގެން ދިޔައެވެ. ކައިރިވެލަމުން އާޔަންގެ ނަމުން ގޮވާލުމާއިއެކު އާޔަން އެއިންތަނުން ތެދުވެ ނައިރާއަށް ބަލާލިއެވެ. އަނދިރީގެ ތެރެއިންވެސް އާޔަންގެ މާޔޫސްވެފައިވާ މޫނު ނައިރާއަށް ފާހަގަވިއެވެ.
” ކީއްވެ ތިރޮނީ…” އާޔަންއަށް ބަލަންހުރެ ނައިރާ އަހާލިއެވެ. ނައިރާއަށް ކުއްލި ސިހުމެއް ލިބުނީ އަވަސް ހަރަކާތަކާއި އެކު އާޔަން އޭނާ ގައިގާ ބައްދާލުމުންނެވެ. އެއަށްފަހު އާޔަން ހަރުއަޑުން ރޮމުން ދިޔައެވެ.
” އަހަންނަށް މާފުކުރޭ ނައިރާ… އަހަރެން ނައިރާދެކެ ވަރަށް ލޯބިވޭ.. އަހަރެން ނައިރާއާއި ދަރިފުޅު ބޭނުން… އަހަރެން ދޫކޮށްނުދޭ އަހަންނަށް ނައިރާ އާއި ނުލާ ނޫޅެވޭނެ… ނައިރާ އެހެންމީހަކާ އިނިއްޔާ އަހަރެން މަރުވެދާނެ… ޕްލީޒް.. އައި ލަވް ޔޫ އަލޮޓް… ޑޯންޓް ލީވް މީ… އަހަންނަށް އެހީވެދީ… ނައިރާ އަހަރެން ސަލާމަތްކުރޭ… ޕްލީޒް އަހަންނަށް އެހީވެދީ” ރުއިމުގެ ތެރެއިން އާޔަން ކިޔަމުން ދިޔައެވެ. ނައިރާ ހުރީ ބަސްހުއްޓިފައެވެ. އަތެއް ފަޔެއް ގުޑާލަންވެސް ނުކެރިފައެވެ. އާޔަންގެ އެރުއިން ނައިރާގެ ހިތްކަތިލަމުން ދިޔަކަހަލައެވެ.
8 Comments!
Comments are closed.
hi guys! welcome to episode 11. hope you will like it. please feel free to share your views about this episode.. luv you all. take care 🙂
masha allah varah reethi mibaives ekam thakolheh kuru dhow & waiting for the next part
Wow. Varah reethi. Whn nxt prt.axoo you ate the best.???❤❤❤??
Wowww…varah varah reethi mi part vx……curiously waiting for the nxt part…….and whn nxt…
Dhen avahah naira ah hagygah kiyaadheebala Masha Allah
V furihama v salhi?????? ekamak v dheravey maa Latin up dheravey ? vvvvv inthizaaru kurevey… dhuvaalaku ehthah faharak check kurevey ??
Alheyy haadha reechey OMG OMG
Masha Allah keep it up dear??????????????????????
Next pt avahah up kolla dhechey ingey??
Axoo sis. Kon irakun next part nereny.
Curiously waiting ingey