Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީން

Dhontha Level 1
April 12, 2020 5 Mins Read
3 Comments

ޒީން  ތިންވަނަބައި

‘މަޑުކޮށްބަލަ. އަޅެ، މަޑުކޮށްބަލަ.’ ޒީން ހަޅޭލަވަމުން ދުވަމުން ބަސް ސްޓޮޕްއާއި ދިމާޔަށް ދިޔައެވެ. ބަސް ދުއްވަންއިން ޑްރައިވަރަށް އަޑު ނީވުނީއެވެ. ބަހުގެ ދޮރު ލައްޕާލިއެވެ.

‘ނޫން.’ ނޭވާ އަވަސްވެފައިވާ ޒީން ހަޅޭލަވައިގަތެވެ. ބަސް ސްޓޮޕްއާއި ވަރަށް ކައިރިވެފައި ހުއްޓާ ބަސް ނައްޓާލައިފިއެވެ. ދެން އަންނަ ބަހަކަށް އަރަން އިތުރު ދިހަ މިނެޓް ނުވަތަ ފަނަރަ މިނެޓް މަޑުކުރަން ޖެހުނީއެވެ. ޒީން އަށް މިއަދު މަސައްކަތަށް ދެވޭނީ ގަޑި ޖެހިގެންނެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ވިކަމެއް ނޫނެވެ.
ކުރިން ރޭ ވަރުބަލިވެފައި ހުރި ވަރުން ޒީންއަށް މާ ގިނައިން ނިދުނީއެވެ. ގަޑި އެލާރމް ކުރަންވެސް ހަނދާން ނެތުނީއެވެ.

ލަސް ވާނެ ވާހަކަ ބުނަން ނަބީލާ އަށް މެސެޖް ކުރުމުގެ ގޮތުން ޒީން ދަބަހުން ފޯނު ނެގިއެވެ. ފޯނުން ނަބީލާގެ ނަމްބަރު ހޯދަމުން ދަނިކޮށް ޒީން ގެ ލޮލުގައި ޖައިޝަމްގެ ނަމްބަރު އަޅައިގަތެވެ. ގުޅުމުގެ ނިޔަތުގައި ނޫންނަމަވެސް ރޭގައި އޭނާގެ ފޯނުގައި އެ ނަމްބަރު ސޭވް ކުރީއެެވެ.

ޖައިޝަމް އަކީ  ޒީން މާލޭގައިއުޅުންއިރު އަވަށްޓެރި ގެއެއްގައި އުޅުނު ކުއްޖެކެވެ.
ވިސްނުމުގެ ބޭނުންކުރާ، ދީނަށް ލޯބި ކުރާ ކުއްޖެކެވެ.

ޒީންއަށް ދިމާވި އެންމެ ހިތްހެޔޮ އަޅާލާ އެކެކެވެ. ޒީންއަށް ކަމުދާނެ ފިރިހެނެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ޖައިޝަމްގެ ހުރެއެވެ.

ޒީން ފުރާވަރަށްއެރީ ޖައިޝަމް އޭނާގެ ލޯބިވާ ބައިވެރިއެއް ގޮތުގައި ހުރެއެވެ.  އޭނާއަށް ކަންކަމުގައި ލަފާދޭ، އެހީތެރިވާ  ލޯބިވާ އެވެ.
ޒީންގެ ދުނިޔޭގައި ޖައިޝަމްއަކީ  ޒީންގެ ބޯއީފްރެންޑެވެ. ހަމައެކަނި ޒީންއަށެވެ. ޖައިޝަމްއަކަށް މި ކަމެއް ނޭނގެއެވެ.

ޒީން ހުރީ އޭނާގެ ލޯބީގައި މޮޔަ ވެފައެވެ. ޒީން އޭނާދެކެ އެތައް އަހަރެއް ވަންދެން ލޯބިވިއެވެ. ޒީން ބޭނުންވީ ޖައިޝަމްއާއި ކައިވެނި ކުރާށެވެ. ޒީންގެ ފުރަތަމަ ލޯބިވެރިޔާ، ހަޔާތުގެ ބައިވެރިޔާ، ފިރިމީހާ ، ޒީންގެ ހަޔާތުން ހުރިހާ ކަމެއްގެވެސް ފުރަތަމަ މަގާމު ދޭށެވެ.

ނަމަވެސް ޖައިޝަމް ދެކެމުން އައީ  ޒީން އޭނާގެ ކޮއްކޮއެއްގެ ގޮތުގައެވެ. އޭނާގެ ފަހަތުގައި އަބަދު ވިއްދާފަ ހުންނަ ކުޑަ ކުއްޖެއްގެ ގޮތުގައެވެ. އަބަދުވެސް  ޖައިޝަމް ބުނަމުން އައި ވާހަކައަކީ އެއީއެވެ.  ޒީން އާއި އޭނައާއި ފަސް އަހަރުގެ ތަފާތެއް ހުންނާތީ ކަމަށްވެސް ވެދާނެއެވެ.

އެ ދެމީހުން އެންމެ ފަހުން ބައްދަލުވީ މީގެ ދެ އަހަރު ކުރިންނެވެ. އޭރު ޒީންގެ އުމުރުން އަށާރާ އަހަރެވެ. ޒީންގެ ބައްޕަގެ ހާލު އެންމެ ގޯސް ވެފައި ވަނިކޮށެވެ. ޒީންމެންގެ ކާރާއި، ރައްކާ ކޮށްފައިވާ ފައިސާއާއި، ގެ ވެސް އަތުން ބީވެގެން ދިޔައެވެ.
ޒީން ވަރަށް ހިތްވަރުކުރިއެވެ. ޖައިޝަމްވެސް އެކަމުގައި ޒީންއަށް ހިތްވަރުދިނެވެ. ޖައިޝަމް އަކީ ނަރުހެއްކަމުން  ޒީންގެ ބައްޕަގެ ބަލީގެ ހާލަތު ޒީންއަށް ރަނގަޅަށް އޮޅުންފިލުވައި ދިނެވެ.

ޒީން އާއި ޖައިޝަމް އިނީ ބެންޗެއްގައި އިށީންދެއެވެ. ޒީންގެ ބައްޕައާއި ބެހޭގޮތުން ވާހަކަ ދައްކާށެވެ. ޖައިޝަމްގެ އަތްއޮތީ ޒީންގެ ކޮނޑުގައެވެ.  ޒީންގެ ފަން، ރަތްކުލައަކަށްދާ  އިސަތަށިގަނޑުގައި ފިރުމަން ޖައިޝަމް އިނެވެ. ޖައިޝަމް އަށް އެންމެ ރީތ ޒީންގެ އެ ދިގު އިސްތަށިގަނގެވެ. އެ ދެ މީހުން ބައްދަލުވާ ކޮންމެ ފަހަރަކުވެސް ޖައިޝަމް އެ އިސްތަށިގަނޑާއި ކުޅެލާނެއެވެ.  ޖައިޝަމް ވަނަމަކަށް ލޯބިން ޒީން އަށް ގޮވާ ހަދަނީވެސް އިސްތަށިގަނޑުގެ ކުލަޔާ ގުޅުވައި ‘ޖިންޖާ’ ގެ ނަމުންނެވެ.

ޒީން ޖައިޝަމްގެ މޭގައި ބޯއަޅާލިއެވެ. އޭނާގެ ހިތުގެ ތެޅުމުގެ އަޑު އަހާލިއެވެ. އާދައިގެ ވަރަކަށް އެ ހިތުގެ އަޑު ހުއްޓެވެ. ނަމަވެސް ޒީންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ.

ޖައިޝަމްގެ ގައިންވެސް ޒީން އަށް ދުވަނީ ހިތްގައިމު މީރު ވަހެކެވެ. ޖައިޝަމްގެ އަތުގައި ޒީން ބާރަށް ހިފަހައްޓާލިއެވެ. އަދި އޭނާގެ ލޮލަށް ރަނގަޅަށް ބަލާލިއެވެ. އެ ދެ ލޮލުން ޒީން ހޯދަން ބޭނުންވީ ޒީން އާއި މެދު ޖައިޝަމްގެ އަސްލު އިހްސާސްތަކެވެ.

ޖައިޝަމް އާއި ދިމާލަށް ޒީން ބަލަމުން ދިޔަކަން ޖައިޝަމް އަށް ފާހަގަވިއެވެ.  ޖައިޝަމްވެސް ޒީންއާއި ދިމަ ބަލައިލާ  ހީލިއެވެ.

‘ހާސްނުވޭ. ހީލަބަލަ.ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އެކަލާނގެ އަހަރެމެންނަށް ނުައުފުއްލޭވަރުގެ ބުރައެއް ނުޖައްސަވާނެ.، ޖައިޝަމް ޒީންގެ އަތުގައި ފިރުމާލިއެވެ.

ޒީންގެ އަތުން ޖައިޝަމްގެ މޫނު ޒީންގެ މޫނާއި ކައިރި ކޮށްލިއެވެ.
‘އަހަރެން ޝުކުރުވެރިވަން އަހަންނަށް ޖައިޝަމް ލިބުނީތީ. އަހަންނަށް ޖައިޝަމްއާއި ނުލާ ދެން ނޫޅެވޭނެ.’  ޒީން ކައިރިވެލައި ޖައިޝަމްގެ ތުންފަތުގައި ބޮސް ދިނެވެ.

ޖައިޝަމް ރުޅިއައިސް ޒީން ދުރުކޮށްލިއެވެ.

‘ޖިންޖާ. ކީއްތިކުރަނީ. ތިހެން އުޅެން ޖިންޖާ އަދި ކުޑަ.’

ޒީން އިސްޖަހާލިއެވެ.  ‘ކިހިނެއްވީ؟ ކަމުނުދަނީތަ؟’

ޖައިޝަމްގެ މޫނުމަތީގެ ކުލަ ބަދަލުވިއެވެ.
‘ތިކަހަލަ ކަންތަކަށް އަދި ވަގުތު އެބައޮތެއްނު. މާ އަވަހަށް ބޮޑުވާން ނޫޅޭ.’

ޒީން ދެރަވިއެވެ. ޖައިޝަމް އެ ގޮތަށް ކަންތައް ކުރަނީ ކީއްވެބާއޭ ޒީން ހިތަށް އެރިއެވެ. ޒީން ދެކޭ ގޮތުގައި ޖައިޝަމްވެސް ޒީން ދެކެ ލޯބިވެއެވެ. ޖައިޝަމްގެ ލޮލުން ޒީން އެކަން ފާހަގަކުރެއެވެ.  ހަގީގަތް ފޮރުވައި އެކަމަށް އެއްބަސްވާން ނުކެރިގެން ޖައިޝަމް އުޅެނީ ކީއްވެބާއެވެ.

‘ކީކޭ ތި ކިޔަނީ؟ އަހަރެންނަކީ ބޮޑު މީހެއް. އަށާރަ އަހަރު ވެއްޖެ. ބަލާބަލަ އަހަންނަށް. އަހަންނަކީ މިހާރު ކުޑަ ކުއްޖެއް ނޫނޭ.’  ޒީން ހުރީ ގަޔަށް ހެޔޮވަރުގެ ފިޔާތޮށި ކުލައިގެ ގަމީހަކާއި، ނޫ ޖިންސެއް ލައިގެންނެވެ.

‘ދެން އެ ބޮޑުވީކަމަށްތަ ތި ހީ ކުރަނީ؟  އެންމެ ފަހުން އައި އުފަންދުވަހުވެސް އަހަރެން ހަދިޔާއަކަށް ދިނީ ކުޑަ ބާރބީ ބުދެއް. ހަނދާންވޭތަ؟ ‘

ޒީން ފުން ނޭވާއެއްލިއެވެ. ‘ ތިއީ މައްސަލައަކީ. ތީނަ އަދިވެސް ގަބޫލުކުރާކަށް ބޭނުމެއްނުވޭ  އަހަރެން މިއީ މިހާރު ކުޑަ ކުއްޖެއް ނޫންކަން. ‘  ޒީންއަށް ރޮވުނެވެ.
ޒީން އަކީ ކުޑަ ކުއްޖެއްގެ ގޮތުގައި ޖައިޝަމް އަބަދުވެސް ދެކޭތީ ޒީން ރުޅިއާދެއެވެ.

ޖައިޝަމް ކޮޅަށް ތެދުވެ ޒީންގެ އަތުގައި ހިފާލިއެވެ.
‘ ހުއްޓާލަބަ. ދެން ނުރޮއި. ގަބޫލުކޮށްފިން ޖިންޖާ ބޮޑުވެއްޖެ ކަން. އެހެންވެ  ފްލާރޓްކުރަން ތި އިނގެނީ. ‘  ޖައިޝަމް ސަމާސާކޮށްލިއެވެ.

‘އަހަރެން ވަރަށް ރުޅިއާދޭ.’ ޒީން ، ޖައިޝަމް ކޮށްޕާލިއެވެ. ނަމަވެސް ޖައިޝަމްގެ  އަތެއް ޒީން އަތަކުން ދުލެއް ނުވިއެވެ.

‘ޖިންޖާ. އަސްލުވެސް ވަރަށް ރީތ. ވަރަށް ގިނަ މީހުން އަހަރެމެން އެކީ އުޅޭތީ ހަސަދަވެރިވޭ. ކޮންމެސް ދުވަހަކުން ޖިންޖާގެ ހަގީގީ ލޯބިވެރިޔާ ޖިންޖާއަށް ލިބޭނެ.’

‘އަހަރެން އެހެން މީހެއް ބޭނުމެއް ނޫން. އަހަރެން ބޭނުމީ ޖައިޝަމް. އެބަ ވިސްނޭތަ؟ އަހަރެން ލޯބިވަނީ ހަމައެކަނި ތި ޖައިޝަމް ދެކެ.’
ޒީންގެ އިނގިލިން ޖައިޝަމް ގެ މޭގައި ޖަހާލިއެވެ. ޒީންގެ ކޮލަށް ކަރުނަތައް ފައިބަމުން ދިޔައެވެ.

‘ޖިންޖާ އަޑު އަހާބަލަ. އަހަރެން މި އުޅެނީ ދާން… މި ހަފްތާ.’

‘ކީކޭ؟’ އޭނާ ބުނި އެއެްޗެއް ޒީންއަކަށް ސާފެއް ނުވިއެވެ.

‘އަހަރެން މެޑިކަލް ކަމެއްގަ ސައުތް އެފްރިކާއަށް ދާން މި އުޅެނީ.’

‘ކީކޭ؟’ ޒީން އަށް ހުއްޓުން އެރިއެވެ.

‘އިނގޭނެ. މިއީ އަބަދުވެސް އަހަރެން ދެކެމުން އައި ހުވަފެން. ބަލި މީހުންނަށް އެހީ ފޯރުކޮށް ދިނުން. ހާލުގައި ޖެހިފައިވާ މީހުންނަށް އަޅާލުން. އަހަރެން ބޭނުން މިކަން ކުރަން. އެތަނަށް ދާން. ‘

‘ކިތައް ދުވަހަށް؟ އެއް މަސް؟ ‘

ޖައިޝަމް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ތަޅުވާލިއެވެ. ‘އަހަރުތަކެއް.’

ޒީންއަށް ގަބޫލުކުރަން ދަތިވިއެވެ. ޖައިޝަމް އެ ހަފްތާ ސައުތް އެފްރިކާއަށް ދިޔުމަށް ފުރަނީއެވެ. އޭނާ އަކީ އަބަދުވެސް މީހުންނަށް އެހީވާ މީހެކެވެ. ޒީންއަށް އޭނާގެ އެންމެ ކަމުދިޔަ ސިފަ އަކީވެސް އެއީއެވެ.

އެ ދުވަހުން ފެށިގެން ޒީންއާއި ޖައިޝަމް ބައްދަލެއްނުވެއެވެ. ޒީންގެ ބައްޕަ މަރާ ހިނގުރާމަ ކުރަނީއެވެ. ޖައިޝަމް ފުރުމުގެ ކަންތަކުގައި އަވަދިނެތި އުޅުނީއެވެ. ނަމަވެސް ފުރުމުގެ ކުރިން އަލްވަދާއު ކިޔުމުގެ  ގޮތުން ސިޓީއެއް ފޮނުވިއެވެ.

އާހިލްގެ ކާރު ކޮފީ ޝޮޕް ކައިރީ މަޑުކޮށްލިއެވެ. ނިޒާރު އާއި އާހިލް އިއްޔަވެސް އޯޑަރު ދިން ކޮފީއަށް  އޯޑަރު ދިނެވެ.
އާހިލް ކޮފީ ރަހަ ބަލާލިއެވެ. އާހިލްގެ މޫނުމަތިން ހިތްހަމަ ނުޖެހުނުކަން އެނގުނެވެ.
އިއްޔަލީ މީރު ރަހަ ނުލާތީއެވެ. އިއްޔަ އެސްޕްރެސޯގައި އިންކަހަލަ ހިތުގެ އާރޓްއެއްވެސް ނެތެވެ.

‘މި ކޮފީ  އިއްޔަބުއި ކޮފީހާ މީރެއްނޫން.’ އާހިލް ކޮފީ  ރަހަ ބަލައިލާފަ ޖޯޑު ދުރުކޮށްލިއެވެ.

‘އެހެންތަ؟ އަހަރެންގެ ކޮފީގައި ލަނީ އިއްޔަވެސް ލީ ރަހަ. މީރު..’ ނިޒާރު އާހިލް އަށް ބަލާލިއެވެ.

‘އަހަރެންގެ ތަފާތު. އަހަންނަކަށް ކަމަކު ނުދޭ.’

ނިޒާރު ކައުންޓަރަށް ބަލާލިއެވެ. ‘ވެދާނެ މިއަދު ކޮފީ ތައްޔާރުކުރީ އިއްޔަ ކޮފީ ތައްޔާރުކުރި ކުއްޖާ ނޫން ކަމަށް..’

‘ކާކު؟’ އާހިލް ކައުންޓަރަށް ބަލާލުމަށްފަހު ނިޒާރުއާއި ދިމަ ބަލާލިއެވެ.

‘ފާހަގަ އެއް ނުވޭތަ؟ އެ އަންހެންކުއްޖާ މިތާ އެކަނި ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ. ހަނދާންވެއްޖެތަ؟’

‘ނޫން.. ހަނދާނަކަށް ނާދޭ.’

‘ކަޅު އިސްތަށިގަނޑެއް، ބޮޑު އައިނެއް އަޅާފަ ހުއްޓެއްނު…’

‘އަދިވެސް ހަނދާނެއް ނުވޭ.’

‘އަޅާނުލާ. އެކަމަކު އޭނަ އިއްޔަ އަހަރެމެންނަށް ކޮފީ ތައްޔާރުކުރީ.’

އާހިލް ވެއިޓްރެސްއަށް ގޮވާލިއެވެ.
‘އަހަރެން ބޭނުމީ އެހެން ކޮފީއެއް. އައިނު އަޅައިގެން އުޅޭ ކުއްޖާ ލައްވަ މި ފަހަރު ކޮފީ ތައްޔާރުކުރުވާތި.’

‘މައާފްކުރޭ. އޭނާ އަދި ނާދޭ.’ ވެއިޓްރެސް  ބުނެލިއެވެ.

‘ނިމިއްޖެތަ؟ ހިނގާ ދާން’  ނިޒާރުގެ ޖަވާބަކަށް މަޑުނުކޮށް އާހިލް ކޮޅަށް ތެދުވިއެވެ.

ނިޒާރު އިނީ ކޮފީ ބޯށެވެ.
‘އަހަރެން ކާރުގަ މަޑުކުރާނަން.’   އާހިލްގެ ފޯނަށް އައިސް ހުރި މެއިލްތައް ބަލަމުން ހިނގައިގަތެވެ.އާހިލް ކޮފީ ޝޮޕްގެ ދޮރު ހުޅުވާލުމާއެކު މީހެއްގެ ގައިގައި ޖެހުނެވެ.
‘އައުޗް’

‘އޫޕްސް’ އެ އަންހެންކުއްޖާ ތިރިއަށް ވެއްޓުމުގެ ކުރިން އާހިލް އެ ކުއްޖާ ހިފެހެއްޓިއެވެ.

‘ތަދުވިތަ؟ ރަނގަޅުތަ؟’  އާހިލްގެ އަތުން އެ ކުއްޖާގެ ހިމަ  އޮނަގަނޑުގައި  ހިފަހައްޓާލިއެވެ. އެކުއްޖާއޮތީ އާހިލްގެ ކޮނޑުގައި  ބާރަށް ހިފަހައްޓައިގެންނެވެ. އެ ކުއްޖާހުރީ ބިރުގެންފައެވެ.
އެކުއްޖާ އާހިލްއަށް ބަލާލިއެވެ. އެއީ ޒުވާން ކުއްޖެކެވެ. އަދި ފުން ނޭވާއެއްލިއެވެ.  އާހިލް އެ ކުއްޖާގެ  އައިނުގެ ދަށުގައިވާ ލޮލަށް ރަނގަޅަށް ބަލާލިއެވެ. މުށި ކުލައިގެ ރީތި ލޮލެކެވެ. ދަންނަ ކުއްޖެއްހެން އާހިލްއަށް ހީވިއެވެ.

‘ލައްބަ. އަޅުގަނޑު ރަނގަޅު.’

‘ޔަގީންތަ؟ ބަލާލާފަ ވަރުދެރަ ހެން ހީވަނީ..’  އާހިލް އެކުއްޖާގެ ގައިން ދޫކޮށްލިއެވެ.

އެ އަންހެންކުއްޖާ ފަހަތަށް ޖެހިލިއެވެ.

‘ޔަގީން. ތި ހީކުރާ ވަރަށްވުރެ ވަރުގަދަވާނެ.  ހީވާ ހީވުންތަކާ ހަގީގަތާއި ވަރަށް ތަފާތުވާނެ.’

އާހިލް އެ ކުއްޖާ ދިމާއަށް ލޯ އަޅާލިއެވެ.

‘ގަބޫލެއް ނުކުރެވޭ. ހާދަ ހިއްކޭ. އަހަރެންގެ އެންމެ ދެ އިނގިލިން ތި ކަށިތައް ބިންދާލެވޭނެ.’

އެ ކުއްޖާ ފުން ނޭވާއެއްލިއެވެ.
‘ޝުކުރިއްޔާ. އަޅުގަނޑު މި ދަނީ. މިހާރުވެސް ގަޑި ޖެހިއްޖެ.’  އޭނާ ކޮފީ ޝޮޕްގެ ދޮރު ހުޅުވާލިއެވެ. އެކުއްޖާ ހުރީ ހާސްވެފައެވެ.
‘ޔަގީންތަ؟ ހަމަ އޯކޭ ތަ؟’ އާހިލް އެކުއްޖާއަށަް ދިމާކޮށްލިއެވެ.

ފައިން ބިމުގައި ޖަހާލުމަށްފަހު އެ ކުއްޖާ އައިސް އާހިލްގެ ކުރިމައްޗަށް ހުއްޓުނެވެ. ދެ އަތް މައްޗަށް ދަމާލުމަށްފަހު، ދެ އަރިއަށް ތިރިވެލާފައި އެ ކުއްޖާ ފުށްމަން ފެށިއެވެ.  ‘ބަލާބަލަ.
އެއްވެސް ކަމެެއްވެފަ އެބަ ހުރިތަ؟ ނުވޭ. އަހަރެން ހަމަ ބަރާބަރު.’

އާހިލް އަށް އެ ކުއްޖާގެ ހަރަކާތްތައް މަޖާވިއެވެ.

‘އެންމެ ރަނގަޅު. ދެން ފަހަރަކުންވެސް ބަލައިގެން ހިނގާތި.’
އެ ދެ މީހުން އެކަކު އަނެކަކަށް ކަޅި ހަމަކޮށްލިއެވެ.

‘މިތާ ހުރިހާ ކަމެއް ރަނގަޅުތަ؟’ ކޮފީ ޝޮޕުން ނިކުމެގެން އައި ނިޒާރު އާހިލްއާއި ސުވާލުކޮށްލިއެވެ.

‘އާނ. ހިނގާދާން.’ އާހިލްމެން ކާރާދިމާލަށް ދިޔައިރުވެސް އެ އަންހެންކުއްޖާ  ބަލަން ހުއްޓެވެ.

‘އެއީ އިއްޔަ ކޮފީ ގެނެސްދިން ކުއްޖާ.’ ކާރަށްއެރުމާއެކު ނިޒާރު ބުންޏެވެ.

‘އާނ. އަހަރެންނަށް އެނގުނު.’ އާހިލް ކާރު ދުއްވާލިއެވެ.

‘ވަރަށް ދެރަ ދޯ އޭގެ މީރު ކޮފީއެއް މިއަދު ނުލިބުނީމަ.’

‘އާނ. ވަރަށް ދެރަ.’  އާހިލް ކާރު ދުއްވަމުން ދިޔައެވެ.

ފަސް މިނެޓް ހަމަހިމޭން ކަމާއެކު ކާރު ދުއްވަން އިނދެފައި އާހިލް ‘ޔޫ  ޓާރން’ އެއް ނަގައި ކާރު އައި ދިމައަށް އަނބުރާލިއެވެ.

‘ކޮންތާކަށް އަޅުގިނޑުމެން މި ދަނީ؟’

‘އަހަންނަށް ހީވަނީ އަހަރެން އެ ކޮފީ މިއަދުވެސް ކޮންމެހެން ބޯންޖެހޭހެން.’
އާހިލް ހީލިއެވެ.

Share Article

Follow Me Written By

Dhontha

Level 1

Other Articles

Previous

މިހިތުންނުފިލާނޭ…..2

Next

ޝާޔަން ✨ (ދެވަނަބައި)

Next
April 12, 2020

ޝާޔަން ✨ (ދެވަނަބައި)

Previews
April 12, 2020

މިހިތުންނުފިލާނޭ…..2

3 Comments!

  1. Yan♥️ says:
    April 12, 2020 at 5:51 am

    Varah reethi Masha Allah waiting for the next part story mee translation akah viyas nuhutajey mi vaahaka kiyaahivaa meehun ulhey kamugai vanchaa because I want to continue reading.??

  2. ItsMeTheKanfuPanda says:
    April 12, 2020 at 12:44 pm

    Wattpadga in miige original version ge name n authors name plzzz ????

  3. Curious says:
    April 12, 2020 at 9:44 pm

    writer meege coins dheegen gannan jehey chapters thah keen tha?

Comments are closed.


All Right Reserved!