
އިމްތިހާން 3
“ތި ދަރިފުޅު އެހެންމީހަކާ ހަވާލުކުރަން ދާން ދެރައެއް ނުވޭތަ؟… އަހަރެންމީ މިދިޔަ ދުވަސްތަކަށް ތިކުއްޖާގެ ބަނޑު ފުރާދިނުމަށް އެހީތެރިވެދިން މީހާ. އަހަރެންގެ ދަރިއެއް ނޫނަސް އަހަންނާ ވަކިވެގެން ދާތީ އަހަރެން. . އަހަރެން މިއަދު ވަރަށް . . ވަރަށް ދެރަވެއްޖެ.” އާދިލާގެ އަޑަށް ސަމީރުގެ ފިޔަވަޅުތަކަށް ކުއްލި ލޮޅުމެއް އެރި ފަދައެވެ.
އާދިލާގެ އަޑަށް ސަމީރު ހުއްޓުންއެރިއެވެ. އާދިލާއާ ކުރިމަތިލާނެ ހިތްވަރު ނެތުމުން ސަމީރު ވާހަކަ ދައްކަންފެށީ
އާދިލާއަށް ފުރަގަސް ދީގެންހުރެއެވެ.
“މަރުވެފަވާ މީހަކަށް ދިރިހުރި މީހެއްގެ ވަޞިއްޔަތް ފުރިހަމަ ކޮށްދެވޭނެތަ؟ އެކަމެއް ނުވާނެއްނު ؟ މަރުވެގެންދާ މީހެއްގެ ވަޞިއްޔަތް ފުރިހަމަ ކޮށްދޭން ތިބޭބައެއްނު ދިރިތިބީންނަކީ! . . އާދިލާ! އަހަރެންގެ ހަށިގަނޑުގަ މިކަންކުރާނެ ހިތްވަރެއްނެތް. މި ދެފައިގަަ މިކަން ކުރާނެ ބާރެއްވެސްނެތް. އަހަރެންގެ ހިތަކުން މިކަމަށް މުޅިން ރުހެވޭކަށްވެސް ނެތް. މިކަމާ ވިސްނާވިސްނާ އަހަރެން ކަންނޭނގެ މޮޔަވާނީ. އެކަމަކު… އެކަމަކު… ފަރީދާގެ ވަޞިއްޔަތް ފުރިހަމަކޮށް ދިނުމަކީ އަހަންނަށް މިވަގުތު ވާޖިބެއްނު.” ފެންކަޅިވެފާވާ ލޯ ފޮހެލަމުން ސަމީރު ނޭފަތް ދަމާލިއެވެ.
ހެނދުނުގެ ދިލަ އަވިން ރަށުތެރެ ދޮންކުރަމުންދަނީއެވެ. ހަމަހިމޭން ހިނގުމެއްގާ ކުރިޔަށްދާ ސަމީރުގެ ގަޔަށް އިރުގެ ދޯދިތަކުން ހޫނުކުރަމުންދެއެވެ. ޖައްވުގެ ތެރޭގާ ދައުރުވަމުންދާ ފިނި ވައިރޯޅިތަށް އޭނާގެ ގައިގާ ފިރުމަމުންދެއެވެ. އާންމު ދިރިއުޅުމުގާ ސަމީރުގެ ހިނގުން އާދައިގެ ވަރަކަށް ހަލުވިވެފާ
ފިރެހެންވަންތަ ސިފަ ހުރެއެވެ. އެހެނަސް މިއަދަކީ ތަފާތު ދުވަހެކެވެ. މިއަދު އޭނާގެ ހިނގުން ލަސްވެފާ އެހިނގުމުގާ ޖޯޝެއްނެތެވެ. ހީވާގޮތުން ސަމީރާއެކު ނަމަވެސް ތުގާ އެރަށުން ފައިބަން އޭނާ ނޭދެނީއެވެ.
މަގުތަކުގެ ކަންކަން މަތިން ސަމީރުގެ ހަރަކާތްތަށް ބަލަންތިބި މީހުންނަށްވެސް މިއަދު ހީވަނީ ހިތާމައެއް ލިބިފާވާހެނެވެ. ބައެއް މީހުންގެ ނަޒަރުގާ ސަމީރަކީ ބޮޑު މޮޔައެކެވެ. އަނެއް ބައެއްގެ ނަޒަރުގާ ސަމީރަކީ ހިތްވަރުގަދަ ފަހުލަވާނެކެވެ. އެތައް ބައެއް ދެކޭ ގޮތުގާ ސަމީރަކީ ހިތްހެޔޮ ބުއްދިވެރިއެކެވެ. ސަމީރުގެ ހަޔާތަށް ކުރިމަތިވެފައިވާ މިބޮޑު އިމްތިހާންގެ ވާހަކަވަނީ، މިވީ ދެމަސްތެރޭ މުޅިރަށަށް ފެތުރިނިމިފައެވެ.
“ސަމީރު!… ހިތްހެޔޮ ކުރާތި! ތިކުއްޖާ ސަމީރާ ވަކިވާތީ އަހަރެން ހިތާމަކުރަން. ތިވަރުގެ ނިޢުމަތެއް ލިބުނު ދުވަހު ސަމީރުއަތުން އުމުރަށް ތިކުއްޖާ ބީވެގެންދާތީ މިހެން މިބުނެވުނީ. ތީ ކިހާ ނަސީބުދެރަ ކުއްޖެއްދޯ.ހެހެ… އަންހެނުން ބުންޏޭކިޔާފަ ކުރާވަރުކަމެއްތަތީ؟ ބޯގޯސް މީހެއް. ހެހެ…” ދޯންޏަށް އަރަން ދިޔަ ސަމީރަށް ހުއްޓުންއެރީ ރަށު މީހަކު މަލާމާތައް ބުނެލި ހިތާމަވެރި ޖުމްލަތަކުންނެވެ.
“ފަހުދު! ކަލޭމެން ކަހަލަ މީހުންކުރާ ބޭކާރު މަލާމާތްތަކަށް ބޯލަނބާ ފަސްދީފަ ދާވަރަށްވުރެ އަހަރެން ހިތްވަރުގަދަވާނެ. އަހަރެންގެ ދަރިފުޅަކީ އަދިވެސް ވަރަށް ނަސީބުގަދަ ކުއްޖެއް. ކަލެއަށްވުރެ ގިނަ ނިޢުމަތްތަކުން އަހަންނާ އަހަރެންގެ ދަރިފުޅު ވަށާލަފާނެ. ނަސީބު ގަދައީވެސް އަދި ނިޢުމަތްތަށް ގިނައީވެސް ކާކުކަން ކިހިނެތް އިނގެނީ؟ އަހަރެންގެ ދަރިފުޅުގެ ލޯބި ދުވަހަކުވެސް އަހަންނާ ވަތްކެއްނުވާނެ. އަހަރެން މަރުވިޔަސް އަހަރެން ދިރިހުއްޓަސް އަހަންނާ އަހަރެންގެ ތުގާގެ ލޯތްބަކީ ހިތާ ހިތުގެ ގުޅުމެއް. މިކަހަލަ އާދައިގެ ރީތި އަޚްލާޤުތައް އިރުއިރުކޮޅުން ކަލޭމެންނަށް ޖެހޭނީ އެހެންމީހުން ވިސްނައިދޭން. އަހަރެން އަބަދުވެސް ހިތްހެޔޮވާނެ. އެކަމު އެއަށްވުރެކުރިން ކަލޭގެހިތް އަހަންނަށްޓަކާ ހެޔޮކޮށްލަބަލަ. އަހަރެންދަނީ.”
ބިޔަ ކަނޑުގެ ލޮނުގަނޑު ކަފަމުން ދުއްވާފާދާ ދޯނީގެ މިސްރާބުހުރީ ވެރިކަންކުރާ ރަށް މާލެއަށެވެ. ކަނޑު މަޑުވެފާ އާދައިގެ ވަރަކަށް މަޑުމަޑު ވައިރޯޅިތައް ދޭތެރެ ދޭތެރެއިން ޖެހެމުންދެއެވެ. އަމާން ދަތުރެއްނަމަވެސް އިރުގެ ދޯދިތަކުން މުޅިޖައްވުވަނީ ދިލަހޫނުން ލާވަށާލާފައެވެ.
ތިންގަޑިއިރުގެ ނިޔާމަ ދަތުރުމަތީ ސަމީރުގެ އިތުރުން ދެޖިންސުގެ މީހުންތިއްބެވެ. ކުދިބޮޑު މީހުންގެ އިތުރުން މުސްކުޅިންނާ ބަލިހާލުގާވާމީހުން މަދުންނަމަވެސް ފެނެއެވެ. ފުރަތަމަ ދަތުރުގަވެސް ތުގާ މަސަލަސްކުރަމުން ގެންގުޅުމަކީ ސަމީރަށް ފަސޭހަކަމަކަށް ނުވިއެވެ. އެކުޑަކުޑަ ދަރިފުޅުގެ ކުކުރާލުމާ، ރުންކުރު ބޮޑާހޭކުންފަދަ ކަންކަމުން ސަމީރަށް އިތުރު ފިލާވަޅުތަކެއް ދަސްވެއެވެ.
ދޭތެރެ ދޭތެރެއިން ބަނޑުހައިވެގެން ރޯލާ ހިތްދަތުކަމުންނާ ގިސްލުމުގެ އަޑުން ސަމީރު ގޮތްހުސްވެ ހާސްވާންފަށައެވެ. ނިދަން ބޭނުންވެގެން ތުގާ މޫނުމަތީއަތް ހާކަމުން ރޯއިރު ސަމީރުގެ ހިތުގަޖެހެއެވެ. އެމައުސޫމު މޫނުމަތިން ކުޑަނަމަވެސް ހިނިތުންވުމެއް ފެންނަނީ މަދުފަހަރެއްގައެވެ. އެއިން ކޮންމެ ހިނިތުންވުމެއްފެނި ސަމީރުގެ މުޅި ހަށިގަނޑަށް އިތުރު ބާރެއްލިބިދެއެވެ. މާލެ ފަޅުތެރެއަށް ވަދެވެންދެން ސަމީރުގެ ކުޑަކުޑަ ތުގާއަށް އެކިފަހަރުމަތިން އެހީތެރިކަން ފޯރުކޮށްދިނީ ދޯނީގަތިބި މަދު އަންހެންވެރިންނެވެ.
ތޮށްޖެހިފަވާ މާލެއަށް ސަމީރުފޭބީ އެހެން މީހުންނާވެސް ދާދި އެކީއެވެ. ހަލުވިކަމާއެކު ދުއްވާފަދާ ތަފާތު އުޅަނދުތަކުން ޖައްވު ނުސާފުކުރަމުންދަނީ އެއްވެސް ފަރުވާލެއްނެތިއެވެ. މަަގުމަތީގެ ހަލަބޮލިކަން އިހުސާސްވަނީ ތަފާތު އަޑުއަޑުން ގުގުމަމުންދާ ބަރުގަނޑުގެ އަޑުންނެވެ. އާދައިގެ ދުވެއްޔެއްގާ ކަޅުކުލައިގެ ކާރެއްއައިސް ސަމީރު ހުރިހިސާބަށް މަޑުކޮށްލިއެވެ.
“ކޮންތާކަށް ދާން؟” ކާރުގެ ލޯގަނޑު މަޑުމަޑުން ތިރިކޮށްލަމުން ޑްރައިވަރު އަހާލިއެވެ.
“ހެންވޭރު ޑްރީމްސްއަށް.” ޑްރައިވަރުގެ އެދުމުގެމަތިން
ކުޑަކުޑަ ތުގާ ގޮވައިން ސަމީރު ކާރަށްއަރާ ހަމަޖެހިލިއެވެ.
ދުއްވަމުންދިޔަ ކާރުތެރޭ ސަމީރުގެ ނަޒަރު ހުއްޓިފާވަނީ ތުގާ
ކުރަމުންދާ ކުދިކުދި ހަރަކާތްތަކަށެވެ. ސަމީރުގެ ހަޔާތުން ތުގާ ބީވެގެން އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލަން މިއަދު މަޖުބޫރެވެ. އެހެނަސް، ބައްޕައަށް ކުރަމުންދާ އަސަރު އެ ޅަސިކުނޑިއަށް ވިސްނާދޭނެ ގޮތެއް ޚުދު ސަމީރަށްވެސް ނޭންގެއެވެ. ބައްޕައެއްގެ ހައިޞިއްޔަތުން ދަރިފުޅަށް ދޭންބޭނުންވާ އެތައް ނަޞޭޙަތެއް ސަމީރުގެ ދުލުގާވެއެވެ. އެހެނެއްކަމަކު އެކަންކުރާނީ ކީއްހެއްޔެވެ؟ އެވާހަކަތަށް ސަމީރުގެ ދުލުން އިއްވާދެވޭ ވަރަށްވުރެ ތުގާ ކުޑައީއެވެ.
އެންމެ ކުޑަމިނުން ސަމީރުގެ ސިފަ ތުގާއަށް ފެނިލަން އޭނާބޭނުމެވެ. ނަމަވެސް ތުގާގެ ލޮލަށް ސަމީރުގެ ސިފަ ތަޞައްވަރު ކޮށްލެވޭނީ އަމުދުން ކިހިނެއްހެއްޔެވެ؟ ތުގާއަށް ދުވަހަކުވެސް އޭނާގެ ބައްޕަ ފެނުމުގެ ނަސީބު ލިބޭނެބާއެވެ؟
– ނުނިމެ –
—————————————————-
ނޯޓް : إن شآءالله ކޮންމެ ހަފްތާއަކު އެއްދުވަހު މިވާހަކަ އަޕް ކުރާނެ ވާހަކަ ދަންނަވަން. ކިޔުންތެރިން އަޅުގަނޑުގެ މިވާހަކައަށް ދެއްވާ އެއްބާރުލުމުގެ ސަބަބުން، “ހަފްތާގެ މަޤްބޫލު” ވާހަކަތަކުގެ ތެރޭގައި ހިމެނިފާވާތީ، ތިޔަ ކިޔުންތެރިންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.
25 Comments!
Comments are closed.
varah reethi. Dhenvaany kihineibaaey hithah araa. Heevany hama v salhi vaanehen. Shukuriyya shaleen
Shukuriyya shaleen. Ummydhakee kiyuntherin balaiganna fadha vaahaka akah mivaahaka vegen dhiyun
LOIBBAAEKU !!!
Alhuganduge hurihaa akhunnaa ukhthunnah dhannavaalaany, midhandivalhugaa keiitherikamaaeku dhua kuravvaa!! adhi sababga hifaa.
( Sihhee maahirunge irushaadhuthakah thabaavelavvaa. )
Loabivaa ummathahtakaa geygaa madukuramaaa!!!!!
First of all congra hafthaage magboolu vaahaka thaku thereyga mi vhk himenuniima. So happy for u Shaleen. Vrh vrh reethi masha allah. Srsly kiyamun dhiya iru rovey varuvefa inii.Feeling sad for both the baby n dad. Keep up ur hard work insha allah kuriah oiyy thaanga vx Shaleen ge stry ah kurierun libemun dhaane. Gud luck. Luv u Shaleen.curiously waiting for next part ❤❤❤
No.1 fan ge comment thakun v bodah hihvarulibey. Alhuganduge hithuge magboolukanves hoadhamun thidhany no.1 fan…
Vaahakaige asarugadhavaany kiyuntheringe ebbaarulun libumun.
Hurihaa kiyuntherinnah!
Alhuganduge vaahaka magbool kurumugaa thibeyfulhunge eheelibilavvaathy haasfashun shukuriyyaa.
Hurihaa kiyuntherindheke v loabivey.
Stay safe. Stay home ?
Haadha kurey… Thankolheh dhigu kohlabala week aku 1day ga genesdhey iru
Thank you.
In Sha allah ❤️
OMG. Masha allah.hama hiyythakaa kulhelaa varu ge vahaka eh. Varah reethi. ?
thank you 1990,
Swyt swyt wrds from u
Thank you.
In Sha allah ❤️
Vrh reethi..Masha Allah?
Thank you drymmgurrll
Stay home stay safe ?
Mashaallah mi part ves vrh reethi.. And
Congratulations for your story being selected in hafthaage maguboolu vaahaka.. Shaleen ge shauguveri jumlathakun mi vaahaka ithurah furihama kohdhey.. Vaahaka kiyamun dhiya iru heevanii hama kurimathin sifa vaahen.. Baby ah sameeru fennaanii kamehves neynge.. Furathama part kee fahun mee shaleen ge varah bodu fan eh.. Will be waiting for next part..Good luck Shaleen ❤
Real Me thidhevvaa hivvaruge basthakah varah bodah shukuriyya. Alhuganduge fan ehge gothuga abadhuves hunnaanekamah ummydh Kuran. V ufaavejje
Alhamdhu lillah.
Stay home and be safe
Congratulations Shaleen.. Story kee gadeega vrh dheravi, just can’t imagine what will happen next.. Must appreciate your hard work.. Curiously waiting for next part..
Lots of love ❤
Lil sis
Thank you lil sis for the lovely comment. Dheraviyas kehkollamaa. Next part ah inthizaaru kollavva.
Thank you anekkaaves .
Stay home dear❤?
Masha Allah…Vrh reethi?… vaahaka kiyamun dhiya iru varah dheravi…sifa kurun varah furihama adhi ibaraai kurun e ah vure furihama??curiously waiting for the next part?be safe dear?❤Lots of Love?❤
Congrates, kiya hithunn indha nimunii, hyvani hama vahatherey indhevunu henn, v furihama, may Allah bless u wrk, Stay safe, Stay Home.
Waiting for next part, kehmadhuvejje hama
Wow thank you masha9092
Keep supporting dear
Happy wrds frm u
Thank you dear. V ufaavejje this comment kiyaafa. Ummydh Kiran abadhuves alhuganduge fan ehge gothuga dhemihunnaanekamah.
This dhevvaa ebbaarulumah fahfashun shukuriyyaa. ❤?
HPA ge basahaa dua Koh hadhaalahche.
@Datss meh
Maasha Allaah.. v furihama. V reethi. Hama fenkalhi vejje. Inshaa Allah shaleen ah mikamugai kurierun libeyne..with lots of luv..keep it up.???
Alhamdhu lillah
Thank you khaleel for the nice comment. ❤? Stay safe. Stay home. Namadh Koh dua kohdhevvaa
Shaleen. mi story vejje alhugandu ge fav story akah. Kiyamun dhaavarakah mi vhk kiyumah shaugu verikan bodu vey. Komme part ehvx nimenii kiyaalaa hithun indha. Can’t wait for the next part. I really appreciate your hard work n wish you gud luck. Ummeedhu kuran next part vx v avahah up kolla dheybe kamah. I just can’t wait.
Lots of love
Dhiffushi kujjaa
oh thank you Dhiffushi kujja.
V ufaavejje favourite vaahaka akah veethee.
I wil do my best in sha allah
Komme week aku angaara nooni budha dhuvahah inthizaar kuravva