Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަނދިރިކަން _އެއްވަނަ ބައި_

💞Shaa💞 Level 3100 Comments100 Login10 Stories
March 27, 2020 2 Mins Read
1 Comment

ގޮނޑުދޮަށަށް ބިންދާލާ ބޮޑެތި ރަޅުތަކަށް ބަލަން ގެއްލިފައި އިން އަންހެން ކުއްޖާ ފަހަތް ބަލައިލީ އެމީހުންގެ އާއިލާ އުފަލުގައި އުޅޭތަން ބަލާލުމަށެވެ. ކުއްލިއަކަށް އެ އަންހެން ކުއްޖާގެ ދެލޯ ކަރުނުން ފުރިއްޖެވެ. މިއަދު އެއާއިލާން އެ އަންހެން ކުއްޖާ ވަނީ ބާކީ ކޮށްލާފައެވެ. މި ކަމުގެ ސަބަބުން އެ ކުއްޖާގެ ހިތަށް އެތަށް އަަސަރެއް ކުރެއެވެ. ބަނޑު އަޅައި ވިހެއި މާމީހާ ވެސް ވަނީ މި އަންހެން ކުއްޖާ އެތަކެއް ފަހަރު ބާކީ ކޮށް ތަފާތު ކޮށްފައެެވެ.
“ރާޔައްތާ.. ކީއްވެތަ އަބަދު މަަ ދެރަވެފަ ރޮވިފަ ފެމިލީ އާ މާ ދުރުގައި ތި އިންނަނީ..”
އެއީ ރާޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ރީޝަމް އަށް ވިސްނޭ ވަރު ފަހެ މަންމަ އަށް ނުވިސްނެނީ ކީއްވެބާއޭ ރާޔާގެ ހިތަށް އަރައެވެ. ދެން އެއްބަނޑު އެއްބަފާގަ ތިބީ ހުސް ފިރިހެނުންނެވެ. 4 ފިރިހެނުންނާ 2 އަންހެން ކުދިންނެވެ.
ފުރަތަމަ ހުންނަނީ ދޮންބެއެވެ. އެއީ ރާއިފް އެވެ. ދެން ހުންނަނީ ތިއްތި އެވެ. އެ ރާފިއު އެވެ. އެޔަށްފަހު ކުޑަބެ އެވެ. އެޔަކީ ރިޝްފާން އެވެ. ތުއްތު (ރިޝާން) އަކީ ރާޔާއަށް އެންމެ ރަނގަޅު މީހައެވެ. ނަމަވެސް ފަހަކަށް އައިސް ތުއްތު ވެސް އަނބި މީހާގެ އަޑަށް ހެއްލި ރާޔާ އާ ވެސް ދުރުވިއެވެ.
“#އެއްވެސް ކަމެއް ނުވޭ.. ދައްތަ ފޫހިވާތީ…” ރާޔާ ބުނެލިއެވެ.
“ދެން އާދޭ ދައްތާ..” ރީޝަމް ބުނެލިއެވެ. ރާޔާ ރީޝަމްގެ ފަހަތުން މަޑު ފިޔަވަޅު ތަކެއްގައި ދިޔައެވެ. މަންމަ ފެނުމުން ރާޔާގެ ހިތުގާއި ބިރު ވެރި ކަމުގެ ވިންދެއް ޖަހާލިއެވެ. ނަމަވެސް ފަހަތުން އައި އީމާން މެން ފެނި އެ ބިރު ވެރި ކަން ފިލައި ދިޔައެވެ. އީމާން އަކީ ރިޝާންގެ އަންހެނުންގެ ކޮއްކޮއެވެ. މި ދަތުރުގައި ރިޝާންގެ އަންހެނުން އީވާ ބައިވެރި ވާތީ އީމާން ގެންދަން ކުރުނުކޮށް ކިޔަން ފެށުމުން ގެނައީއެވެ. އީމާން އަކީ ރާޔާ އަށް ވުރެ ބޮޑު ނަމަވެސް އެއްކުލާހެއްގައި ކިޔަވަމުން ދާ ކުއްޖެކެވެ. ރާޔާ އަކީ މި އަހަރު ގުރޭޑް 12ގައި ތައުލީމް ހާސިލް ކުރާ ކުއްޖެކެވެ. ބޮޑު ފަޅު ރަށުގެ ތެރޭގައި އާއިލާގެ ހުނުމުގެ އަޑު މުޅި ތަނުގައި ހުއްޓެވެ.
“ރާޔާ…” އީމާން ރާޔާ އަށް ގޮވާލުމާއެކު ފަހަތް ބަލާލިއެވެ.
ދިނީ ޗޮކްލެޓެކެވެ. ރާޔާ އަށް ނޭނގުނު ކަމަކީ އެ ކަމުގެ ފަހަތުގައި ބޮޑު ސިއްރެއް އޮތްކަމެވެ. ރާޔާ އޭގައި ހިފިއެވެ.
އާއިލާ އެ ރަށުތެރެ ބަލާލަން ދިޔާ ރާޔާ އަށް ކަންކަން ހަވާލު ކޮަށްފައެވެ. ނަމަވެސް ރިޝްފާން އާއި ރިޝާން ހުރީ މަސްބާނާށެވެ.
ކުއްލި އަކަށް ވަލުގެ ތެރެއިން ބާރު ބާރު އަޑެއް އިވެން ފެށިއެވެ. ނަމަވެސް މެންދުރު ވަގުތު ޖިންނިއެއްގެ އުނދަގޫ ފޯރާނެ ކަމަށް ގާބޫލް ކުރާނީ ފަހެ ކާކު ހެއްޔެވެ.؟ ނަމަވެސް ދެން އިވެން ފެށީ ބަރު ފިޔަވަޅު ތަކެއްގެ އަޑެވެ. ރާޔާ ބަލައިލީ އީމާން މެނާ ދިމާލަށެވެ. އެއްވެސް ކަހަލަ ކަމެއް އެ މީހުންކަށް ނުވެއެވެ.
ނުނިމޭ

ނޯޓް؛ މިއީ ކުރު ވާހަކަ އެކެވެ. 5 އެޕިސޯޑް އެނ ފަހަރެއްގަ ގިނަ ވެދާނެ.

Share Article

Follow Me Written By

💞Shaa💞

Level 3100 Comments100 Login10 Stories

Writing and reading improve your skills❤ Proud to be a basic author?? Mail: [email protected] inster: _._.BLACKKKK._._

Other Articles

Previous

ވީމޭ ތި ލޯތްބަށްޓަކައި-2

Next

ސިއްރެއް 5

Next
March 27, 2020

ސިއްރެއް 5

Previews
March 27, 2020

ވީމޭ ތި ލޯތްބަށްޓަކައި-2

One Comment

  1. Aishath Limsha queen girl says:
    February 12, 2025 at 7:09 pm

    Masha Allah 😍 vrh reethi

Comments are closed.


All Right Reserved!