Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް (17)

އެލީޝާ ބުނަން އުޅުނު އެތި ޔުއާންއަށް ދޭހަވާން މާ ގިނައިރެއް ނުނެގިއެވެ. ޔުއާން ފުންމައިގެން ތެދުވުމަށް ފަހު ހަމަ އަސްލަށްވެސްހޭ އަހާލިއެވެ.  އެލީޝާ ފުޅާ ހިނިތުންވުމެއް ދެމުން ބޯޖަހާލިއެވެ. ”ޔެސް…..ޔެސް…. އައެމް ގޮނަ ބީ އަ ޑޭޑް……އައެމް ގޮނަ ބީ އަ ފާދާރ….” ޔުއާން ހަޅޭއްލަވައިގަންނަމުން އެލީޝާގައި ބައްދާލިއެވެ. ޔުއާންގެ އަޑަށް ނިދާފައި އޮތް ސަދަފްވެސް ހޭލިއެވެ. ޔުއާން ސަދަފް އޭނާގެ އެދުން ނަގައިގެން އެލީޝާ ކައިރިއަށް އައެވެ. ”ސަދަފް ބޭބެއަކަށް ވަނީ…. މީ މިހާރު ބިގް ބްރަދާ އެކޭ….” ޔުއާން ސަދަފްގެ ކޮލަށް ބޮސްދެމުން ސަދަފްގެ އަތް އެލީޝާގެ ބަނޑުގައި ޖައްސާލިއެވެ. ސަދަފްއަށް ވެގެން އުޅޭގޮތް ނޭންގުނަސް ބައްޕަ އުފާވެފައި ހުރުމުން ދެއަތް ޖަހާލަމުން ހީލީއެވެ. ޔުއާންގެ އަމަލު ހުރިގޮތުން އެލީޝާ ފެންކަޅިވިއެވެ. ޔުއާން އެހާ އުފާވެފައި ހުއްޓާ އަދި އެލީޝާ ނުދެކެއެވެ. ޔުއާން ސަދަފް ގަޔާ ކައިރި ކޮށްލަމުން އެލީޝާގެ ނިތަށް ބޮސްދިނެވެ.

އަނުމް އޮފީހުން އާދެވުނުއިރު ހައެއް ޖަހައިފިއެވެ. އެހެންނޫނީ ހަތަރެއްޖަހާއިރު އާދެވުނަސް މިއަދު މާ ބިޒީވުމުން ލަސްވީއެވެ. އަނުމް ކޮޓަރިއަށް ވަންގޮތަށް އެދަށް ވެއްޓިގަތެވެ. އަދި އޭނާގެ ފޯނުނަގައި އިންސްޓަގްރާމްއަށް ވަނެވެ. އަނުމް ނަމެއް ޖަހާލަމުން ސާޗްކޮށްލިއެވެ. މުޅި ސާޗް ހިސްޓްރީގައި ހުރީ އެނަން އެކި ގޮތްގޮތަށް ޖަހާފައެވެ. މިފަހަރުވެސް ހުރިހާ އަކުރެއް ކެޕިޓަލްކޮށް ‘ރައިސާން’ ޖަހާލިއެވެ. އަސްލު ރައިސާން ފެނުނަސް އަނުމްއަށް ނޭނގޭނެކަން ޔަގީނެވެ. އަނުމްއަށް ދުވަހަކުވެސް ރައިސާންގެ ސޫރަ ފެނިފައެއް ނުވެއެވެ. ނުވެސް ފެންނަ މީހަކު ދެކެ ލޯބިވެވޭނެކަން އަނުމްއަށް ގަބޫލުކުރަންވެސް އުދަގުލެވެ. ނަމަވެސް އަނުމް ރައިސާންދެކެ ލޯބިވާކަން ދޮގުކުރެވޭކަށްވެސް ނެތެވެ. މި ފާއިތުވި ދުވަސްތަކުގައި އެންމެ ދުވަހެއްވެސް ރައިސާންގެ ހަނދާންތަކާ ނުލާ ފާއިތުނުވެއެވެ. އަނުމް އެދުން ތެދުވަމުން ޑްރެސިން ޓޭބަލްމަތީހުރި ސެންޓުފުޅި ނެގިއެވެ. ސެންޓުފުޅި ނޭފަތާ ކައިރިކޮށްލަމުން އަނުމް ހަށިފުރެންދެން ނޭވާއެއްލިއެވެ. ނޭފަތުގައި ޖެހުނުވަހާއެކު އަނުމްއަށް ކާޓޫނެއް ފަދައިން ކުރީގެ ހަދާންތަށް ސިފަކުރެވެންފެށުނެވެ. އަނުމް ސެންޓުފުޅިއަށް ބަލާލަމުން ހިނިތުންވެލުމަށްފަހު އަނެއްކާވެސް އެނދަށް ވެއްޓިގަތެވެ.

ސައިކަލު ދުއްވަމުން ދިޔަ އީލާފް މަގުގެ އެއްފަރާތަކަށް މަޑުކޮށްލީ އޭނާގެ ފޯނު ރިންގުވާން ފެށީމައެވެ. އީލާފް ސްކްރީނުގައި އިން ނަމަށް ބަލައިނުލާ ފޯނުގަމުން ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ވާހަކަދައްކަނީ ރައިސާންކަން އީލާފްއަށް އެނގުނީ ރައިސާން ބުނީމައެވެ. އީލާފް ކިތަންމެ ވާހަކަދައްކާހިތްވެފައި ނެތް ނަމަވެސް އީލާފް ކޮންކަމަކުތޯ އަހާލިއެވެ. ”ބްރޯ.. މަ ވަރަށް ބޮޑަށް ކަރަށް ތަދުވާތީ  މިއުޅެނީ… އެހެންވެ އަސްލު އެހާ އަޑު ތަފާތީވެސް….. ޑޮކްއަށް ގޮސްލަން ކަމަށް އެކަމު މަ މިކޮޅަށް އާ ވީމަ ކުޑަ ހެލްޕެއް ބޭނުންވޭ އެބަ…..ބައްޕަމެންވެސް ރާއްޖެތެރެއަށް ފުރައިފި…….” ރައިސާން ވަރަށް އާދޭހާއެކު ބުނުމުން އީލާފްއަށް ނުދެވޭނޭ ބުނާކަށް ނުކެރުނެވެ. އޭނާވެސް އެދުވަހު ދެން ކުރަންޖެހޭނެ މާ ބޮޑުކަމެއް ނެތުމުން ރައިސާންއާ އެކީ ހޮސްޕިޓަލަށް ދާން އެބަސްވިއެވެ.

އަނާ ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. ‘މިދަނީ ފްރެންޑަކާއެކު ޑޮކްއަށް ދާން…. ދެން އޯކޭ ނަންނި ނުދިޔަސް…..’ ފޯނުން މެސެޖު ކިޔާލުމަށްފަހު އަނާ ފުންނޭވާއެއް ލިއެވެ. ރައިސާންއާ އެކު ހޮސްޕިޓަލަށްދާން އަނާ ބުނީ ކޮންމެހެން ދާހިތަކުން ނޫނެވެ. ނަމަވެސް ރައިސާން އެކަނި ދާން ޖެހޭތީ އަނާވެސް ދާނަމޭ ބުނީއެވެ. ކުރީ އަނާ އިންޑިޔާގައި ފަރުވާ ކުރަން އުޅުންއިރު ރައިސާންއާ ވަނީ ވަރަށް ގުޅުން ބަދަހިވެފައެވެ. ރާއްޖެ އައުމަށްފަހުވެސް އަނާއަދި ރައިސާން މެސެޖުކޮށްހަދައެވެ. ނަމަވެސް ކައިވެނީގެ ވާހަކަ ދެމީހުންނަށް އެގުނުފަހުން މިއަދު އެ މެސެޖުކުރީ ފުރަތަމަ ފަހަރަށެވެ. އަނާ ‘އޯކޭ…ގެޓްވެލްސޫން’ ޖެހުމަށްފަހު މެސެޖު ފޮނުވާލިއެވެ. އަދި ފޯނު އެދުމަތީ ބޭއްވުމަށްފަހު ފާހަނާއަށް ވަދުނެވެ.

ރައިސާން ތިރިއަށް ފައިބަން ލިފްޓަށް އެރި ވަގުތު އަނާގެ މެސެޖްއައެވެ. މެސެޖު އައުމާއެކީ އަތުއޮތް ފޯނުގެ ސްކްރީން ދިލުނެވެ. ރައިސާންއަށް ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ. އަނާގެ މެސެޖު ފެނުމުންނެއްނޫނެވެ. ވޯލްޕޭޕާގައި އިން އަނުމްގެ ފޮޓޯ ފެނުމުންނެވެ. ރައިސާން ނޮޓިފިކޭޝަން އޮފްކޮށްލަމުން ފޯނު ޖީބަށް ލިއެވެ. އަދި ލިފްޓުގެ ހުރި ލޯގަޑަށް ބަލަންހުރެ އޭނާގެ ބޯ ރީތި ކޮށްލިއެވެ. ރައިސާން އެއްގޮތަކަށްވެސް މި ކައިވެނި ކުރާކަށް ބޭނުމެއްނޫނެވެ. މަންމަގެ އާދޭހުން ކައިވެންޔަށް އެއްބަސްވީއެވެ. ބައްޕަވެސް ކުރުނުކޮށް ކިޔަންފެށުމުން ރައިސާންއަށް ދެކޮޅުހަދަން ނުކެރުނީއެވެ. މިއަދުވެސް އަނާއާ ވާހަކަދެއްކީ ރައިހާނާ އަނާއަށް ގުޅުމުންނެވެ. ރައިސާން ކަރަށްތަދުވާ ވާހަކަ ބުނިހާއިރުން ރައިހާނާ އެ ވާހަކަ އަނާގާތު ބުނިއެވެ. އަނާ މިކައިވެންޏަށް ގަބޫލު ނޫންކަމެއް ރައިސާންއަކަށް ނޭނގެއެވެ.

ރައިސާން ބޭރަށް ނިކުތްއިރު ގޭކުރިމަތީ ސައިކްގައި އީލާފް އިނެވެ. އީލާފް އިނީ ފޯނުން ކޮންމެސް ގޭމެއް ކުޅޭށެވެ. ރައިސާން ގޮވާލުމުން އީލާފް ފަޑު ހިނިތުންވުމެއް ދެމުން ފޯނު ޖީބަށް ލިޔެވެ. ”އޭ މަ ބުނީ ގެއަށް ވަދެފަ ދެވޭނީ….. ކުޑަކޮށް ފްރެޝްވެލަން…. އޯކޭ ދޯ…..” އީލާފް ރައިސާން ސައިކަލަށް އެރުމުން ބުނެލިއެވެ. ރައިސާން ރައްދުގައި ‘އެންމެ ރަގަޅޭ’ ބުނެލިއެވެ. ރައިސާންގެ އަޑު ހުރިގޮތުން އީލާފްއަށް ހެވުނެވެ. އަނާގެ ވާން އުޅޭ ފިރިމީހާ ކަމުން އީލާފްހުރީ ރައިސާންއާ ދުރުން އުޅުމަށް ނިންމައިގެނެވެ. ނަމަވެސް އިއްތިފާގުން ދެމީހުން އެވަނީ ރައްޓެހިންނަށްވެފައެވެ. އީލާފް ހޭންފެށުމުން ރައިސާން އަނެއްކާވެސް ވާހަކަދެއްކިއެވެ. ”ބްރޯ ހޭނެކަމެއް ނެތް….. މިހާރު މަގޭ އަޑު ހީވަނީ ހީވަނީ ހިމާރަކު ފުމޭހެން…..” ރައިސާންވެސް ހޭންފެށިއެވެ. ”މީހާ ހިމާރަކަށް ނުވަނީސް އަވަހަށް ޑޮކްޓަރަށް ދައްކަން ހިނގާ…” އީލާފް އަނެއްކާވެސް ހޭންފެށިއެވެ. އީލާފްމެންގެޔަށް އައި މަގުމަތީ ދެމީހުން ހުއަޓާނުލާ ވާހަކަދެއްކިއެވެ.

އަނުމް އިޝާ ކޮށްލައިގެން ފޫހިވެގެން އުޅެފައި ސިޓިންރޫމަށް ނިކުތެވެ. އެއިރު އައިމިނަވެސް ޓީވީ ދޮށު ކޮންމެސް ޑްރާމާއެއް ބަލަން އިނެވެ. އަނުމްއައުމުން އަނުމްއަށް އައިމިނަ ރިމޯޓު ދިނެވެ. އަދި ނިދަން ދަނީކަމަށް ބުނެފައި އައިމިނަ އޭނާގެ ކޮޓަރިއަށް ވަނެވެ. އަނުމް އައިމިނަ ދިއުމުން ސޯފާގައި އިށީންނަމުން ޗެނެލް ބަދަލުކޮށްލިއެވެ. ކަލާސްއަށް ލީ އޭނާ ބަލާ ޑްރާމާ އާދޭތޯ ބަލާށެވެ. ނަމަވެސް އެ ޗެނެލްއިން އެ ވަގުތު ދައްކަނީ ބިގްބޮސް ކިޔާ ޕްރޮގްރާމެކެވެ. އަނުމް ޗުސްތަޅުވާލީ ބިގްބޮސް ދައްކާތީއެވެ. އެމީހުންގެ ކަމަކީ އަބަދު ޒުވާބުކުރުމެވެ. އަނުމް ދެފަރާތަށް ބޯހުރުވަމުން ބަދިގެއަށް ދިޔައެވެ. ބަޑުހައިވެފައި ހުރުމާއެކު ކޮފީއެއް ބޯލާ ހިތުންނެވެ. އަނުމް ކޮފީ ގިރަން ފެން ހުނު ކުރަންޖެއްސިމަށްފަހު ކޮފީ ޕެކެޓެއް ނަގައިގެން މޭޒުކައިރީ އިށީނެވެ.

އީލާފް ގެއަށް ވަންއިރި ޓީވީ ހުޅުވާފައި ސިޓިންރޫމް މީހަކު ނެތުމުން ޗުސްތަޅުވާއެވެ. އަދި ހިތާހިތުން ކުދި ކިޔާލިއެވެ. ” އޭ ބުރޯ އަލަމާރީގަ ހުންނާނެ ފެން….. އެއްޗެކޭ ހިތަށް ނާރުވާ ގޮސް ފެންފޮދެއް ބޮއެލަ……ދެން މީ ބްރޯގެ ގެ ކަމަށް ހިތަށް އަރުވާލާ……” އީލާފް އަވަސް އަރުވާލާފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ރައިސާން ދާން ނުކެރި ހުރެފައިވެސް ފެން ބޮވާފަ ހުރިލެއް ބޮޑުކަމުން ބަދިގެއަށް ވަދުނެވެ. ވަންނަ ދޮރާ ފުރަގަސްދީގެން ހުރުމުން އަނުމްގެ މޫނެއް ރައިސާންއަކަށް ނުފެނެއެވެ. ރައިސާން އަލަމާރި ހުރިދިމާލަށް މަޑުމަޑުން ދިޔައެވެ. ފެން ޖަގު ހިފައިގެން އެބުރުން އަނުމް ނުވިސްނާ ހުރުމުން ފެންޖަގު ރައިސާންގެގައި ޖެހިފައި ރައިސާންގެގަޔަށް ބަންޑުންވިއެވެ. އަނުމްއަށް ހުރިތަންވެސް ނޭނގުނެވެ. އަވަހަށް ތެޅިގަނެފައި ރައިސާން ލައިގެން ހުރި ޓީޝާޓް ގަޔާ ވަކިކޮށްލިއެވެ. އަދި ފާރުގައި އަޅުވާފައި އިން ތުވާލިކޮޅު ނަގައިގެން ރައިސާންގެ ގައިޖައްސާލިއެވެ. ހާސްވެފައި ހުރިވަރުން އަނުމްއަށް ރައިސާންގެ މޫނަށް ބަލަން ވަގުތެއް ނުވިއެވެ.

ރައިސާންއަށް ހުރެވުނީ ހަރަކާތެއްވެސް ކުރަން ނޭނގިފައެވެ. އޭނާ ކުރިމަތީ ހާސްވެފައި އެހުރީ އަނުމް ނޫން އެހެން ކުއްޖެއް ނޫނެވެ. އަނުމްގެ ލޮލަށް ފެންނަކަން އެނގުމުން ﷲއަށް ހަމްދުކުރެވުނެވެ. އަނުމްގެ މޫނު ފެނުމުންވެސް ރައިސާންގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. އަނުމްގެ ގައި ބައްދާލުމަށްފަހު އޭނާގެ ހިތުގެ އަޑު އިއްވާލަން ބޭނުންވިއެވެ. މި ވީހާދުވަހު ހަބަރުނުވުމުން ޝަކުވާކުރަން ބޭނުންވިއެވެ. އަނުމްއާ އެތަށް ސުވާލެއް ކުރަން ބޭނުންވިއެވެ. ނަމަވެސް ރައިސާންއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. Yanaa

    Varah varah varah reethi❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    maa sha Allah ????????????????????
    Curiously waiting waiting waiting?????????????

    1. shiff
      Yanaa

      Thankyou yanaa ❤❤❤

  2. LAZY_QUEENY

    Vvvv reethi mi part vx…… ????Whn is next part…. ????Curiously waiting for next part…. ?????

    1. shiff
      LAZY_QUEENY

      Thankyou❤❤❤ Hopefully this weekend…

  3. Maya

    Shiff mi part Haadha kurey plx Dhn anna part dhigu kohdhehchey… Vvvv reethi Mi part vexx ☺️

    1. shiff
      Maya

      Thankyou maya❤❤❤ yaa thankolheh kuru dhww.. next part miahvure dhigu kuraanan…

  4. Yan♥️

    Varah reethi Masha Allah next part varah avaskoh up kohlabaa curiously waiting for the next part ?

    1. shiff
      Yan♥️

      Thankyou yan❤❤❤ ya i will try to upload it on Friday ?

  5. sama

    Wow varah Reethi mi part ves
    ekam thankolheh lahee up vaaleh and varah kuru dho ehaa lahun up veemaaves
    So when next
    all the best
    Ummeedh kuran Dhen in part varah avahah up vaanekamah
    and mi ah vure dhigukoh up kolladhehchey
    vaahaka v reethi???

    1. shiff
      sama

      Thankyou sama❤❤❤… yes next part will be long… hopefully weekend ga?

  6. Samy

    Hey.. where can i see the first part of the story?

  7. Shau❤️

    Mi part vess vrh vrh reethi ?? Ly shiff ???
    You are a best author ❤️❤️❤️❤️

    1. shiff
      Shau❤️

      Thankyou shau❤❤❤ ly2?❤

  8. shiff

    Hi all readers…
    18 vana episode iyyaga submit kohlaafa innaanee… hope u all enjoy the story ?❤

  9. nash

    adhi vx nufeney

  10. Anonymous

    18 vana pisode adhives nufeney..waiting for that.

  11. Shiffu

    Part 18 adhives nufeney.. ekam mi part ves varah salhi ???

Comments are closed.