Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (14)

shiff Level 110 Stories
March 3, 2020 5 Mins Read
2 Comments

އީލާފް ފޯނު ކަޑާލުމުން އަނާ ފޯނު މޭގައި ޖައްސާލުމަށްފަހު ހީލިއެވެ. އަނެއްކާވެސް މީހަކު ގުޅާތީ އަނާ ބަލާލިއެވެ. އީލާފް ކަމަށް ހީކުރެވުން ނަމަވެސް މިފަހަރު ގުޅަނީ ލާމިއުއެވެ. އަނާ ހިނިތުންވެލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. ލާމިއު ދައްކަމުން ދިޔަ ކޮންމެ ވާހަކަޔަކަށް އަނާ އާ ހޫ ލައްވަމުން ދިޔައެވެ. ”ބައްޕަ ބުނެފިން ލީޝްކައިރީވެސް….. ދަރިފުޅުމެން ގަޑިއަށް އަންނައްޗޭ……” ވާހަކައިގެ ތެރެއިން ލާމިއު ބުނެލިއެވެ. އަނާ ގަޑިއަށް ދާނަމޭ ބުނުމުން ލާމިއު ފޯނު ކަޑާލިއެވެ. އީލާފްގެ ފޯނު ބޭއްވިއިރު ހުރި އުފާވެރިކަމެއް އަނާގެ މޫނުމަތީގައެއް ނެތެވެ. އަނާ ފޯނުން ލަވައެއްޖަހާލަމުން އެދުގައި އޮށޯތެވެ. ޖަހަމުންދިޔަ ލަވައިގެ ރާގާ އެއްވަރަށް ބޯތަޅުވަމުން ދިޔައެވެ. ދެލޯމަރައިގެން އޮތް އަނާ ކޯތާފަތުގައި އަތް ހިންގާލަމުން ލޮލުންވެއްޓުން ކަރުނަތިކި ފުހެލިއެވެ.

ފޯނު އެދުމައްޗަށް އެއްލާލުމަށް ފަހު އީލާފް އެދުމައްޗަށް ވެއްޓިގަތެވެ. އެއިރު މިރޭ ވާނެ ކަންތައްތައް އީލާފްގެ ސިކުޑީގައި ރާވާލިއެވެ. މިރޭ އީލާފް އަނާކައިރީ އިންނަން އަހާނެއެވެ. އަނާއަށް ދުވަހަކުވެސް ދެރެއެއް ނުދޭން ހުވާކުރާނެއެވެ. އިންތިހާއަށް ލޯބިވާކަމަށް އެއްބަސްވާނެއެވެ. އީލާފްއަށް އަނާޔާ ނުލާ ނޫޅެވޭނެކަމަށް ބުނެ ހެކިދައްކާނެއެވެ. އީލާފް އޭނާގެ ޖީބުން އަނގޮޓިއެއް ނެގުމަށްފަހު އަތްހިލާލުމަށް ފަހު ‘ވިލް ޔޫ މެރީ މީ’އޭ ބުނެލިއެވެ. އީލާފްގެ ތުންފަތްމަތީވީ މާނަފުން ހިނިތުންވުމެކެވެ. އީލާފް އަމިއްލަ ނަފްސަށް ހީލުމަށްފަހު އަވަހަށް މިރޭ ލާނެ އެއްޗެއް ހޯދަން އުޅެންފެށިއެވެ. އީލާފް ބޭނުންވަނީ މިރޭ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ރެޔަށް ވާށެވެ.

އިރު އޮއްސުން ވަގުތެވެ. ރައިސާން އިނީ ސުނާމީ ބިނާގައެވެ. އިރު އޮއްސުމުން، އެގަޑީ އެތާތިބި މުސްކުޅި ފުރައިގެ މީހުން ދާންފެށިއެވެ. ނަމަވެސް ޒުވާންކުދިން ގްރޫޕް ހަދާފައި އެ ސަރަހައްދަން އަންނަމުން ދިޔައެވެ. ރައިސާން އޭނާގެ ފޯނު ހުޅުވާލުމަށްފަހު އިރުކޮޅަކު ‘ވޯލްޕޭޕަރ’ އަށް ބަލަންއިނުމަށް ފަހު ގެލެރީ ހުޅުވާލިއެވެ. އަދި ‘ހާޓް’ ޖަހާފައި އިން ފޯލްޑާ ހުޅުވާލިއެވެ. އޭގައި މުޅިންވެސް ހުރީ އަނުމްގެ ފޮޓޯތަކެވެ. އެކި ދުވަސްދުވަހު ރައިސާން ނަގައިފައިވާ ފޮޓޯއެވެ. ރައިސާން އެތަނުން ފޮޓޯއަކަށް ފިއްތާލިއެވެ. އެފޮޓޯއަކީ އޭނާގެ ރައްޓެއްސަކު ނަގާފައިވާ ފޮޓޯއެކެވެ. ރައިސާން މަޖާއެއްޗެއް ބުނުމުން އަނުމް ދިޔައީ ހެމުންނެވެ. ރައިސާން އަނުމްއަށް ބަލަން ހުރިއިރު އެ މޫނުމަތީގައިވީ މާނަ ފުން ހިނިތުންވުމެކެވެ.

ރައިސާން އޭނާގެ ލޮލުން ވެއްޓުން ކަރުނަތިކި އަތުގެ ނުފުށުން ފޮހެލުމަށްފަހު ވަށައިގެންވި މާހައުލަށް ނަޒަރެއް ދިނެވެ. އެއިރު ރައިސާންގެ ދެލޯވެސްވީ ކަރުނުން ފުރިފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާވެސް ރައިސާން ފޯނަށް ނަޒަރެއްދިނެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައިރު ކަރުނައިގެ ތެރެއިން ރައިސާންއަށް ހިނިތުންވެވުނެވެ. ކޮންމެ ފޮޓޯއެއްގައިވެސް އަނުމްގެ ހިނިތުންވުން އެހާ ފުރިހަމައެވެ. ރައިސާން އޭނާގެ ހެޑްސެޓް ފޯނަށް ޖަހާލަމުން އަނުމްގެ އޯޑިއެއް އަޅުވާލިއެވެ. މި އޯޑިއޯތަށް އަޑުއެހުނު ވަރު ހިތަށްވެސް އަރުވާނުލެވެއެވެ. ވީޑިއޯތަކާއި ފޮޓޯތަށް ރައިސާންއަށް ބެލުން އަދަދުވެސް ނޭނގެއެވެ. ”ދެން ރައިސާން……. ތިހެން ދެން ނުކިޔާތި….” ”ނުން ހަމަ ކިޔާނަން….. އަންނު ހީވަނީހަމަ ޕުޑިންކޮޅެއްހެން…. އައިޝަތު ޕުޑިން….” ފޯނަށް ކޯލެއް އައުމުން އޯޑިއޯ ނިވުނެވެ. ގުޅަނީ ރައިސާންގެ ބައްޕަކަމުން ފޯނުނެގުމައްފަހު ރައިސާން ގެއަށް ދިއުމަށް ތެދުވިއެވެ.

” ވާ ވާ……ހާދަ ރީތިވެލައިގެން…. ކިތައް ސެންޓު ފުޅި ހުސްކޮށްލައިގެން ތިއައީ” ކޮޓަރިން ނިކުތް އީލާފް ފެނުމުން އަނުމް ތައުރީފުކޮއްލިއެވެ. އަޅިކުލައިގެ ޓީޝާޓެއް ލައިގެން ހުރިއިރު މަތިން ހުރީ ކަޅުކުލައިގެ ޖެކެޓެއް ލާފައެވެ. އަތުގައި ބްރޭންޑެޑް ގަޑިއެއް އަޅާފައި ހުރިއިރު ތިރިއަށް ލައިގެން އަޅިނުލަކަށްދާ ޖިންސެކެވެ. ބަލާބެލުމަށް ހީވަނީ މޮޑެލްކުރަން ތައްޔާރަށް ހުރިހެނެވެ. އީލާފް އަދި އަނުމްގެ މިޒާޖު އެއްގޮތްވުމުން ދެކުދިން ގުޅެން މާގިނަ އިރުތަކެއް ނުނެގިއެވެ. މިހާރު އެ ދެކުދިންނަކީ ދުވަސްވީ އެކުވެރިންނޭ ނުބުނާނެ މީހަކު ނުހުންނާނެއެވެ. އަނުމް އީލާފްއަށް ތައުރީފްކުރުމުން އީލާފް ހުރިހާދަތެއް ފެންނަވަރަށް ހީލިއެވެ. ”އަދި މިއުޅެނީ އަހަންވެގެން މޮޑެލްކުރަން ދަނީތޯ…. އެކަމު މިހާރު އެގިއްޖެ ކޯލްގެޓް އިސްތިހާރުކުޅެން ދަނީކަން…..” އަނުމް ހެމުން ހެމުން ބުނެލިއެވެ. ”ހޫން…. ސްމައިލް ކުރަންޖެހޭނެއްނުން….. ދެން އެވާހަކައެއް ނޫނޭ…. އަންހެންކުއްޖަކު އެންމެ އުފާވާނީ ކޯއްޗެއް ދިނީމަ…. މިބުނީ ވަރަށް ޝްޕެޝިއަލް…..” އީލާފް އަނުމްއާ ޖެހިގެން ސޯފާގައި އިށީންނަމުން އަހާލިއެވެ. ”ހޫމްމްމްމް….. މީދޯ މިވާގޮތަކީ……ވަރަށް ލިސްޓު ބޮޑުވާނޭ…. ކިޔަންވީ؟” އަނުމް ދިމާކުރާފާޑަކަށް ހެމުން ވާހަކަދެއްކިއެވެ. ރައިސާން ކިޔާށޭ ބުނެލީ ވަރަށްވެސް އަވަހަށެވެ. އަނުމް ހިނިތުންވެލުމަށްފަހު ފުންނޭވާއެއްލިއެވެ.

” އަސްލު އެންމެ ބޭނުންވާނީ ވަގުތު….. ދެން އަންހެކުދިން ނުއެއް ބުނާނެ އެކަމު ބޭނުންވާނެ… ރެޑް ރޯސެސް…. ޗޮކޮލެޓް… ބެއާ… ވަރަށް މަޑުމަޑު ބެއާ ހުރެއެއްނުން…. ދެން…” އަނުމް އަވަސް އަވަހަށް ކިޔަމުން ދިއެވެ. ނަމަވެސް އީލާފް އަނުމް ހުއްޓުވިއެވެ. ”ސާބަސް ފިހާރައެއް އެއްކޮށް ދޯ ތިމީހުން ބޭނުންވަނީ… އަޅާނުލާ…” އީލާފް ސޯފާއިން ތެދުވިއެވެ. އީލާފް ތެދުވުމުން އަނުމް ވެސް ތެދުވިއެވެ. ” އެކަމު އެންމެ މުހިންމު ތަންކޮޅު އަޑުއަހާބަ….. ލައިކް ރިންގްއެއް ބޭނުންވާނެ… ބްރޭސްލެޓް… ނެކްލެސް….” އަނުމް ފުޅާ ހިނިތުން ވުމަކާއެކީ ބުނެލިއެވެ. އީލާފް އަނުމްއަށްވުރެ އަޑު ތުއިކޮށްލަމުން އަނުމް ބުނި ގޮތަށް ތަކުރާރުކޮށްލިއެވެ. އަދި އަވަހަށް ގެއިން ނިކުތެވެ.

އީލާފް ސައިކަލް މަޑުކޮށްލީ ގިފްޓު ޝޮޕްއެއްގެ ކުރިމައްޗަށެވެ. އަނުމް ކީ ގޮތަށް ވަށިގަޑަކަށް އެއްޗެހި އެޅިއެވެ. ރަތް ކުލައިގެ ފިނިފެންމަލަކާއި ފިޔާތޮށިކުލައިގެ ‘ބަނީ’އެއް ވަށިގަޑަށް ލިއެވެ. އަދި އެހެން ދެ ވައްތަރެއްގެ މަލެއް ލުމަށްފަހު ގެލެކްސީ ދެޗޮކޮލެޓް ޕެކެޓާއި މިލްކް ޓްބްލެރޯންއެއް ލިއެވެ. އިލާފް ވަށިގަޑު ކައުންޓަރުގެ ބެހެއްޓުމުން ޕެކްކުރަން އިރުކޮޅެއް ނަގާނެކަމަށް ބުނެލިއެވެ. އީލާފް ރުފިޔާދައްކަން ވޮލެޓް ނަގާފައި އޭނާގެ ފޯނު ވަށިގަޑުމަތީ ބާއްވާލިއެވެ. ރުފިޔާދެއްކުމަށްފަހު މާގިނައިރެއްނުވެ، އެމީހުން ރީތިގޮތަކަށް ވަށިގަނޑު ހަދާލަދިނެވެ. އީލާފް އަވަހަށް އަނާމެންގެއަށް ދިއުމަށް ނިކުތެވެ.

އީލާފް އަނާމެން ގޭކައިރީހުރި ޕާކިން ޒޯނުގައި ސައިކަލް ޕާކްކުރަނިކޮށް މީހަކު އޭނާގެ ނަމުން ގޮވާލިއެވެ. ”އަހަ ރައިސާންތަ؟…… ހީކުރިވަރަށް ވުރެ އަވަހަށްނުން މިދިމާވީ…. މިތާ ކީއްކުރަނީ؟” ކުރިމަތީ ހުރި ރައިސާން ފެނުމުން އީލާފް ހިނިތުންވެލާފައި ވާހަކަދެއްކިއެވެ. ” އާ މާ އަވަހަށް މިދިމާ ވީ…..މިތާ ކައިރީގައޭ އުޅެނީ….” ރައިސާން އީލާފްއާ ސަލާމްކޮށްލަމުން ބުނެލިއެވެ. ”އޭ… މަ ފަހުން ގުޅާނަން މިވަގުތު ކުޑަކޮށް ބިޒީ…..” އީލާފް އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ރައިސާންވެސް ފަހުން ދިމާވަންވާނެދޯހޭ ބުނަމުން ހިގައިގަތެވެ.

އީލާފް އަނާމެން އުޅޭ އެޕާޓްމެންޓުގެ ބެލް އަޅާލިއެވެ. މީގެ ކުރިން އެގެއަށް ނައި ނަމަވެސް އެލީޝާގެ ފަރާތުން އެމީހުން އުޅޭތަން އީލާފްއަށް އެނގުނެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވީ އެލީޝާއެވެ. އެލީޝާ ހުރީ ސަދަފް އުރާލައިގެނެވެ. ”އީލު…… ހާދަ ދުވަހެއް ކޮށްފައޭ ދޯ މިދިމާވީ….. އަހަރުމެން މިދަނީ މަންމަމެން އެޕާޓްމެންޓްއަށް އަނާވީ ކޮޓަރީގަ އޭނާޔާ އެއްކޮށް އާދެ….” އެލީޝާ ހިނިތުންވެލުމަށްފަހު ބުނެލިއެވެ. އަދި އަނާގެ ކޮޓަރި ދައްކާލިއެވެ. އީލާފް ސަދަފްގެ ކޮލުގައި ހިފާލުމަށްފަހު އަނާގެ ކޮޓަރިއަށް ދިޔައެވެ. އީލާފް ކޮޓަރިއަށް ވަންއިރު އަނާ އުޅުނީ ފާހަނާގައެވެ. އީލާފް އޭނާ ގެނައި ވަށިގަޑު އެދުމަތީ ބެހެއްޓުމައްފަހު ކޮޓަރިތެރެއަށް ނަޒަރެއް ދިނެވެ.

އަނާ އޭނާގެ މޫނު ދޮވެލުމަށް ފަހު އަތުއޮތް ޓިޝޫއިން ފެން ފޮހެލިއެވެ. އަދި އަތު އޮތް ފުއްދަޅުން ފުއްޖަހާލުމަށްފަހު އިސްތަށިގަނޑު ރީތި ކޮއްލިއެވެ. އަނާ ލޯގަނޑުން އޭނާގެ އަމިއްލަ ނަފްސައް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަނާ ފާހާއިން ނިކުތުމާއެކު އީލާފް ހަޅޭއްލަވައިގަތެވެ. އަނާ ނުވިސްނާ ހުރުމުން ސިއްސައިގެން ގޮސް އަތުއޮތް ފުއްދަޅު ބިންމައްޗަށް ވެއްޓުނެވެ. އީލާފް ފުއްދަޅު ނަގަން ތިރިވި ވަގުތު އަނާވެސް ތިރިވަންހަދައިގެން ދެމީހުންގެ ބޯޖެހުނެވެ. މާ ބާރަށް ނުޖެހުން ނަމަވެސް ދުޅަވެފައިން ތަނުގައި ޖެހުމުން އީލާފްއަށް ‘އަށްދޯއި’އޭ ބުނެވުނެވެ. އީލާފް ދުރައްޖެހިލަމުން ބޮލުގައި ފިރުމާލިއެވެ.

”އީލު ހަމަ ހެދިގޮތުން ދޯ މިހެންވީ…. ވަރަށް ތަދުވިތަ؟…” އަނާ އީލާފްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އީލާފް އެއްޗެކޭ ބުނަން އުޅުން ނަމަވެސް ހިވީ ދުލުގައި ތަންޑުއަޅުވާފައި ހުރިހެނެވެ. އަނާ އެހާ ކައިރީ އިނުމުން އީލާފްއަށް އޭނަގެ އިހްސާސްތައް ކޮންޓްރޯލުކުރަން އުދަގޫވިއެވެ. އިލާފް މަޑުމަޑުން އަނާގެ މޫނާ ކައިރުވަމުން ދިޔައެވެ. އަނާގެ ސިކުޑި އެކަމަށް ދެކޮޅު ހެދިނަމަވެސް ހިތް ދިނީ އާބަހެވެ. ކުޑައިރުކޮޅަކަށް އެކަން ދެމިދިޔައެވެ. އީލާފް އަނާއާ ދުރުވެލަމުން އޭނާގެ ހިތުގެ އަޑު އިއްވާލިއެވެ. ”ނަންނި…..އައި ލަވް ޔޫ…” އީލާފް އަނާގެ ދެލޮލަށް ބަލަހަށްޓައިގެން އިނދެ ބުނެލިއެވެ. އީލާފް ވާހަކަދެއްކުމުން އަނާއަށް ހޭވެރިކަން ވިއެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ ކުރެވުނު ކަންތައް ރޭކާލުމުންނެވެ. އަނާ އަވަހަށް ކޮޓަރިން ނިކުންނަން ހިގައިގަތެވެ.

ނަމަވެސް އީލަފް އަނާގެ އަތުގައި ހިފިއެވެ. ”ނަންނި… ކޮބާތަ މައްސަލައަކީ…… އަހަރުމެން ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެޔެއްނުން….. މިހާރު ގައިމު ލީޝްވެސް އެ އުޅެނީ އުފަލުގަ….. ދެން ކޮބާ މައްސަލައަކީ؟….” އީލާފް އަނާގެ އަތުން ދޫކޮށްމުން ބުނެލިއެވެ. ”ދެން މިގަޑިޔަކު ނޫން ތި ވާހަކަ ދައްކާނީ…. ބައްޕަމެން މިހާރު ތިބޭނީ ލަސްވެފަ….” އަނާ ކޮޓަރިން ނިކުތެވެ. އީލާފް ވެސް އެއްޗެކޭނުބުނެ އަނާގެ ފަހަތުން ދިޔައެވެ. ދެމީހުން ލިފްޓަށް އެރުމަށްފަހު އެކަކަށް ފިއްތާލިއެވެ. ”ފަހުން މިވާހަކަ ދައްކާނަންދޯ… ޕްރޮމިސް؟…” ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އީލާފް ބުނެލިއެވެ، އީލާފް ދެވަނަފަހަރަށް ތަކުރާރު ކޮށްލުމުން އިސްޖަހައިގެން ހުރި އަނާ މަޑުމަޑުން ބޯޖަހާލިއެވެ.

އަނާމެން އެޕާޓްމެންޓަށް ވަންއިރު އެންމެ ތިބީ ސިޓިން ރޫމްގައެވެ. އަނާ ފެނުމުން އަންހެނަކު އައިސް ބައްދާލުމަށްފަހު ހާލު އަހުވާލު އޮޅުން ފިލުވިއެވެ. އީލާފްއަށް އެ އަންހެން މީހާ ނޭންގޭތީ އެލީޝާ ކުރެން އަހާލިއެވެ. އެލީޝާ އެއްޗެކޭ ނުބުނުމުން އީލާފު އިތުރަށް އަހާކަށް ނަހަދައެވެ. އެލީޝާ ކޮންމެވެސްކަމަކާ ހިންހަމަނުޖެހިފައި ހުރިކަން އީލާފްއަށް ފާހަގަވިއެވެ. ތަޅުންގަޑުމަތީ ކުޅެންތިބި ސަދަފްއާއި ޔާނާ ފެނުމުން އީލާފް އެދިމާލަށް ދިޔައެވެ. އީލާފްއާ ފުރަގަސްދީގެން ފިރިހެނަކު ތަޅުންގަޑުމަތީ އިށީންދެލައިގެން އިނެވެ. އީލާފް ހީކުރީ އެއީ ސަދަފްގެ ބައްޕަކަމަށެވެ. ”ރައިސާން؟…..ރައިސާންގެ ދަރިއެއްވެސް ހުރޭ… އަދި އެވެސް ސަދަފްގެ ބައްޕަ؟” ރައިސާންގެ މޫނު ފެނުމުން އީލާފް ހައިރާންވެފައި ސުވާލުތަށް އަމުނާލިއެވެ. އެމީހުން ތިބީ ތަންކޮޅެއް ދުރުކަމުން އެތާތިބި މީހުންނަން އީލާފް ދެއްކި ވާހަކައެއް އަޑެއް ނީވެއެވެ.

ރައިސާންއަށް އީލަފް ފެނުމުން ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ސަދަފްގެ ބައްޕައޭ ބުނުމުން ހެވުނެވެ. ” ސާބަސް…. އަހަރެން އަދި މީހަކާވެސް ނީންނަން…….މި ގެޔަށް މިއައީ ތި……”ރައިސާން އީލާފްއާ ވާހަކަދައްކަން ފެށިތަނާ ރައިސާންގެ ބައްޕަ ގަފޫރު ރައިސާންގެނަމުން ގޮވާލިއެވެ.  ދަރިފުޅާއޭ ކިޔާ ގޮވާލުމުން އީލާފްއަށް އެތާތިބި ނުދަންނަ ދެމަފިރިންނަކީ ރައިސާންގެ މައިންބަފައިންކަން ނަގައިގަނެވުނެވެ. ރައިސާން ގަފޫރުކައިރިއަށް އައުމުން ގަފޫރު ކައިރީ ސޯފާގައި ބޭންދިއެވެ. އީލާފްވެސް މަޑުމަޑު ހިގާލާފައި ގޮސް ލާމިއު އިން ސޯފާކައިރީ މަޑުކޮށްލިއެވެ. ލާމިއުއަށް އީލާފް ފެނުނީ އެވަގުތުއެވެ. ”އަހަ….. އީލާފް ދަރިފުޅުވެސް އައިސްދޯ ތިއުޅެނީ….. ގަފޫރު މީ އީލާފް އަހަރަމެންނާ ވަރަށް ގާތް ކުއްޖެއް… ހަމަ ދަރިއެކޭ ބުންޏަސް ދޮގަކަށް ނުވާނެ….” ލާމިއު ގަފޫރަށް އީލާފް ތައާރަފް ކޮށްދިނެވެ. ގަފޫރުވެސް އީލާފްއާ ސަލާމްކޮށްލުމަށްފަހު ހާލުއަހާލިއެވެ. އަދި އޭނާގެ ދަރިފުޅު ރައިސާންއާ އަންހެނުން ރައިހާނާވެސް ތައާރަފްކޮށްދިނެވެ.

ވާންއުޅޭގޮތް ނޭނގޭ ހާލު އީލާފް ހުރީ ވަރަށް ހަމަޖެހިފައެވެ. ރައިސާންގެ މައިންބަފައިން ހިތްހެޔޮވުމުން އީލާފް ހުރީ އުފާވެފައެވެ. ހިތާހިތުން އެފަދަ އެކުވެރިއެއް ލިބުނީތީ އުފާކުރިއެވެ. އެހެން މީހުންވެސް ޖޫސްބޯންފެށުމުން އީލާފްވެސް ޖޫސްތަށްޓެއް ނެގިއެވެ. ގަފޫރު ޖޫސްފޮދެއް ބޯލުމަށްފަހު ވާހަކަދެއްކިއެވެ.

”ލާމިއު ދެން މި ކައިވެނި ލަސްކުރާނެކަމެއް ނެތެއްނުން…… ރައިސާން އަދި އަނާގެ ކައިވެނި އަންނަ މަހަށް ހަދަން އަހަންނަށް ފެންނަނީ……”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 5”

Next

މޮޔަ ހިތް މަގޭ…23

Next
March 3, 2020

މޮޔަ ހިތް މަގޭ…23

Previews
March 3, 2020

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 5”

2 Comments!

  1. Yanaa says:
    March 4, 2020 at 12:48 pm

    Varah reethi ❤❤❤
    maasha Allah ?????
    curiously waiting for the next part ???

  2. mishy says:
    March 4, 2020 at 3:10 pm

    when is the next part

Comments are closed.

Next Episodeނޭދެން ވަކިވާކަށް (15)←


All Right Reserved!