Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ**********(22)

DESTINY2020 Level 210 Stories
February 22, 2020 3 Mins Read
6 Comments

(އަމާޒް) ޢާޒިފް

” އައި ލަވް ޔޫ ޢާޒިމް. އައި ރިއަލީ ލަވްޔޫ.” އަހަރެންގެ އަތުގައި ހިފާ އަތްޖޯޑުކޮށްލަމުން، ޝާނާ އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

” އަސްލުވެސްތަ ހަމަ؟” އަހަރެން ބޭނުންވީ ޔަޤީންކަމެވެ.

އަހަރެންގެ ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ. ޝާނާ އަވަހަށް ފޯން ނަގާ ބިޒީކޮށްލިއެވެ. އަހަރެން އަޅައެއް ނުލަމެވެ. އަނެއްކާވެސް ޝިފާ ގުޅަންފެށިއެވެ. ޝާނާ ފޯނަށް ބަލަން ހުރެފައިނ ފޯން ނިއްވާލިއެވެ.

” ކީއްތަ ތިކުރީ؟” އަހަރެން ކުއްލިއަކަށް އަނހާލީމެވެ.

” ފޯން ނިއްވާލީނު. ވެއިޓަރ.” ޝާނާ ވެއިޓަރަކަށް އިޝާރާތް ކޮށްލިއެވެ.

ވެއިޓަރ އައުމާއެކު ޝާނާ އޯޑަރު ދިނެވެ. އަހަންނާއިވެސް ލައިގެންނެވެ. އަހަރެމެން ތިބީ ޝެލްބީންގެ އޯޕަން އޭރިޔާގައެވެ. އެތާނގައި ތިބޭއިރު ވިއު ވަރަށް ފުރިހަމައެވެ. ބޮޑުތަކުރުފާނު މަގާއި އެއަރޕޯޓްގެ ވިއު ރީތިކޮށް ފެނެއެވެ. އަހަރެން މަޑުމަޑުން ބަހެއް ނުބުނެ ހުރީމެވެ. ޝާނާ ފޯނުވެސް ނިއްވާލީއެވެ. ނިއްވާލި ގޮތަށް ފޯނު ލީ އޭނާގެ ހޭންޑް ބޭގަށެވެ. ދެން އިތުރަށް އަހަންނަށް ކުރެވޭނެކަމެއް ނެތެވެ. އެކަމަކު މިހާރު ޝިފާ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ މިވީހާ ތަނަށް ޝިފާ ގުޅައިގެން އަހަރެން ޖަވާބު ނުދީ ހުންނާނީ ވަރަށް މަދު ޙާލަތެއްގައެވެ. ހިތަށް އެރިއެވެ. ޝާނާ ފޯން ނިވާލާފައި، އަދި ފޯން އޭނާގެ ހޭންޑްބޭގަށް ލީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަހަންނަށް އެފޯން ގަނެދިނީ ޝާނާ ބާވައެވެ؟ ކޮށްފައި ނުކުރާނެ ކަންތައްތައްވެސް ހުންނަން ޖެހޭނެއެވެ. ސާމާސާވެސް އިމުން ބޭރުވީމަ ނަތީޖާ ހިތިވާނެއެވެ. އަހަރެން ގާތަށް ކުޑަކޮށް ރުޅިވެސް އައެވެ. ދެން ބަލާލެވުނީ ޝެލްބީން ތެރެއަށެވެ. މުޅިން ތަން އޮތީ މީހުންނާއިގެ ތޮއް ޖެހިފައި ކަހަލަ ގޮތަކަށެވެ. ވީއިރު، އަހަރެން އަޑުގަދަކޮށް ވާހަކަ ދައްކަން ފެއްޓުމުން ވެއްޓޭނީ އަހަރެންގެ އަގެވެ. އަންހެން ކުއްޖަކަށް އަޑުވީއްލާ، މުޙާތަބު ކުރާކަށް ނުވާނެއެވެ. އެހިސާބުން އަހަންނަށްވުރެ ނާތަހުޒީބު މީހަކު ނުހުންނާނެވެ. ޙައްޤެއް އޮތިއްޔާ މިއޮންނަނީ އެމީހުންގެއެވެ.

” ހަލޯ. ކީއްވެތަ ބުދެއްހެން ތިހުންނަނީ؟” އަހަރެންގެ ހަމަހިމޭންކަން ޝާނާއަކަށް ކަމަކު ނުދިޔައެވެ.

” ބައެއް ފަހަރު އެބަޖެހޭ ބުދެއްހެންވެސް ހުންނަން.” އަހަރެން ފަރުވާ ކުޑަގޮތަކަށް ބުނީމެވެ.

” ހިތްހަމަ ނުޖެހުނީތަ ފޯން ނިވާލީމަ؟ ކޮން ޝިފާއެއްތަ އެއީ؟ ކީއްކުރަންތަ އޭނާ އެގުޅާނީ؟ ކުރިން ޝުދޫ. މިހާރު ޝިފާ. ދެން ގުޅާނީ ޝަފާތަ އަނެއްކާ؟ ކިތައް ކުދިންނާއި ރައްޓެހިވެގެންތަ ތި އުޅެނީ؟ އަދިވެސް ނުފެންނަނީތަ ކަމުދާ ކުއްޖަކު؟” ހެމުން ހެމުން ޝާނާ ފައްޗަކަށް އަމުނާލިއެވެ.

” ޝިފާ އެއީ ރައްޓެއްސެއް.” އަހަރެން ދިނީ ކުރު ޖަވާބެކެވެ.

” ކޮންކަހަލަ ރައްޓެއްސެއް؟” ޝާނާވެސް ކުރު ޖުމުލައަކުން ސުވާލެއް ކޮށްލިއެވެ.

” ފެނިފަ ގެއްލޭ ރައްޓެހިން. ކަމެއް ޖެހުނީމަ ގުޅާ ރައްޓެހިން. އެއީއެއް ނޫންތަ މިޒަމާނުގަ ރައްޓެހިކަން އޮންނަ ގޮތަކީ؟” އަހަރެން ބުނީމެވެ.

” އެހެންވެގެން މިބުނަނީ މިހާރު ދެން ހިނގާށޭ ތި ޞަފްޙާ ލައްޕާލަން. ޢާޒިމްވެސް ވެއްޖެއްނުދޯ އަމިއްލަ އަށް ވިސްނާފަ ޙަޔާތުގެ އާ ސަފްޙާއެއް ހުޅުވަން. ޢުމުރު ދުވަހު ތިޙަޔާތުގެ ޞަފްހާގެ ހަމައެކަނި ބޭނުމީ ޝުދޫގެ ނަންތަ ލިޔަން؟ އަހަރެން ވަކި ހުތުރީތަ؟ ހަމަ ޔަޤީން ތިބުނާ ޝުދޫއަށްވުރެ އަހަރެން މިހާރުވެސް މާތީރިވާނެ. އަދި ޢާޒިމްދެކެ މާބޮޑަށް ލޯބިވެސް ވާނެ. ބޭނުންތަ ޔަޤީންކުރަން.” ޝާނާ ވާހަކަ ދައްކަމުން ދިޔައީ ދުވަހަކުވެސް ވާހަކަ ނުދައްކާހާ ސީރިއަސްކޮށެވެ.

” އަހަރެންގެ ހިތަށް އަރަނީ ތީ ޙަޤީޤަތެއް ބާވައޭ. ނޫނީ ހުވަފެނެއް ބާވައޭ؟” އަހަރެން އެހެން ބުނުމުން ޝާނާ އަތްމުށް ކަވާފައި އަހަރެން މޫނުމަތީގައި އެތި ފަހަރެއް ޖެހިއެވެ.

” އައްދޯއި.” އަހަންނަށް ބާރަކަށް ގޮވާލެވުނެވެ. މުޅި ތަނުގައި ތިބި މީހުން އަހަންނާއި ދިމާލަށް ބަލަންފެށިއެވެ.

” މީހުވަފެނެއް ނޫންކަން މި އަންގާލީ.” ޝާނާ ހިނިގަނޑެއް ޖަހާލިއެވެ.

” ވަރަށް ތަދުވެއްޖެ. ދެންވެސް ބުނެފަ ޖަހައްޗޭ. އޭރަށް ދޯ ތައްޔާރުވާން އެނގޭނީ. އަހަރެން ލަދުން ކިރިޔާއެއްނު ހަލާކުނުވީ.” ޝެލްބީން ތެރެއަށް ބަލާލަމުން އަހަރެން ބުނީމެވެ. އެވަގުތު ވޭޓަރު އައިސް އަހަރެމެންގެ އޯޑަރ ސާވްކުރަން ފެށިއެވެ.

ޝާނާ، ދެމީހުންނަށްވެސް ގެނައީ ސްޕެގެޓީއެވެ. ދެން ފްރެޝް އޮރެންޖް ޖޫހެވެ. އަހަރެން މަޑުމަޑުން ކާންފެށީމެވެ.

” ތަދުވިތަ އަސްލުވެސް؟” ޝާނާ ސުވާލުކޮށްލިއެވެ.

” ޔަޕް.” ކުރު ޖުމްލައަކުން އަހަރެން ބުނީމެވެ.

” ތިއީ އަދި އަންހެން ކުއްޖަކު މަޑުމަޑުން ޖަހާލީމަ ވާ ތަދު. އަދި ހިތްހަލާކުވާ ދުވަހަކުން ކިހާވަރެއް ވާނެބާ؟ މީހުން ބުނާތީ އަހަން އިންސާނެއްގެ ހިތުގަ ރިހޭ ރިހުމަށްވުރެ ވަކިން އަނިޔާ ލިބޭ ކަމެއް ނޯންނާނޭ. މައްސަލައަކީ އެ އަނިޔާ ބޭރަށް ފެންނަން ނުހުންނަކަން.” ޝާނާ ބުނީ ވަރަށް ބޮޑު ތެދެކެވެ.

” ދެން އަހަރެންގެ ފޯން ދޭންވީނު.” އަހަރެން ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ.

އަހަރެން އެހެން ބުނިތަނާހެން ޝާނާ ފޯން ދިނެވެ. އަހަރެން ފޯނު ހުޅުވާލީމެވެ. ހުޅުވާލުމާއިއެކު ޝިފާގެ ޓެކްސް މެސެޖެއް އައެވެ. ވަގުތުގެ ގޮތުން އެ ޓެކްސްޓް މެސެޖް ކިޔާކަށް އަހަރެން ބޭނުމެއް ނޫންނެވެ. އިރުކޮޅަކުން އަނެއްކާވެސް ޝިފާ ގުޅަން ފެށިއެވެ. ފޯން ސައިލެންޓް މޯޑަށް އަހަރެން ބަދަލުކޮށްލީމެވެ. ދެން އިރުކޮޅެއް ނުވެ ޝުދޫ ގުޅަންފެށިއެވެ. ދެން ފުލުފުލުން ޝުދޫ ގުޅަންފެށިއެވެ. ދެން އަންނަފެށީ ޝުދޫގެ މެސެޖްތަކެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިއީ ކިހިނެއްވާކަމެއްހެއްޔެވެ؟ މިދެމީހުން ގުޅާ، މެސެޖުވެސް މިކުރަން ޖެހެނީ މިރޭ އެއް ގަޑިޔަކަށް ހެއްޔެވެ؟ މިއީ އަނެއްކާ ކިހިނެއް ވެގެން އުޅޭ ރެއެއް ހެއްޔެވެ؟ އަނެއްކާ އަހަރެން މިތާ ހުރިކަން އެމީހުންނަށް އެނގެނީ ހެއްޔެވެ؟ ނޫނީ އަނެއްކާ މީ ސުހާގެ ކަމެއް ނޫންހެއްޔެވެ؟

” އަސްލު ކަމުނުދަނީތަ ޢާޒިމަށް އަހަރެން؟” އަހަރެންގެ އަތުގައި ހިފާލަމުން ޝާނާ އަނހާލިއެވެ.

” ނޫން.” އަހަރެން ބުނީމެވެ.

” ދެން ކީއްވެގެން ޖަވާބެއް ނުދެވިގެން ތިއުޅެނީ. ޢާޒިމް ބުނެބަލަ މިހާރުވެސް މިތަނުން ފުންމާލާށޭ. އަހަރެން މިހާރުވެސް މިހުރީ ރެޑީގަ ފުންމާލަން.” ޝާނާ ވަރަށް ސީރިއަސްކޮށް ބުނެލިއެވެ.

” އަޅެ ފުންމާލަބަލަ.” އަހަރެން މަޖަލަކަށް އެހެން ބުނީމެވެ.

އަހަރެން އެހެން ބުނި ތަނާހެން ޝާނާ ގޮނޑިން ތެދުވިއެވެ. އަދި ޝެލްބީންގެ ބޮޑުތަކުރުފާނުމަގަށްވާ ފާރުބުރި މައްޗަށް އަރަން، ފާރުގައި އަތްއަޅުވާލިއެވެ.

” އޭތް. މޮޔަވަނީތަ؟” އަހަރެން ތެދުވެގެން ގޮސް ޝާނާގެ އަތުގައި ހިފެހެއްޓީމެވެ.

=ނުނިމޭ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ރާސްތާ2 (40)

Next

ބަކުރުބެގެ ނަޞީބު****(3)

Next
February 23, 2020

ބަކުރުބެގެ ނަޞީބު****(3)

Previews
February 21, 2020

ރާސްތާ2 (40)

6 Comments!

  1. Lol says:
    February 22, 2020 at 1:37 am

    OMG

  2. Janoo#jan says:
    February 22, 2020 at 10:19 am

    This story is adorable. Hama varah salhi. You rocks. Hama varah habeys. ????????????. Waiting for next part.

  3. Yanaa says:
    February 22, 2020 at 1:55 pm

    Nice???
    maa sha Allah ???? waiting

  4. leash says:
    February 22, 2020 at 1:56 pm

    haadha dhuvahehkohffaey 22vana baikiyaalan milibunee kureeɡe baithah hadhɑanehves neiyy mipart hadhaan hutta aneh part kiyaalan libeynebaa mibai ????? ɡood luck

  5. Shudhoo says:
    February 25, 2020 at 4:11 am

    kihaaderakameah… Aneakhaa mi vaahakaa liyan feshytha….. I told you dhow we will never meet face to face in this world…. lol

  6. Secretary's to AmaaZ says:
    February 4, 2025 at 2:07 am

    Next part coming soon

Comments are closed.


All Right Reserved!