Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (10)

shiff Level 110 Stories
February 14, 2020 5 Mins Read
13 Comments

މާހިރާއި ރިއާ ޔުއާންމެން ފުރުވުމަށް ފަހު ގެއަށްދާން ކާރަށް އެރިއެވެ. ޔުއާންމެން ދިއުމުގެ ކުރިން ޔުއާން ހަގީގަތް މާހިރުއަށް ކިޔާދިނެވެ. ސަދަފްއަކީ ސްޓީވެންގެ ދަރިއެއްކަން އެގުމުން މާހިރުގެ އިތުރުން ރިއާވެސް އުފާވިއެވެ. ދަރިފުޅުގެ އެ އަމަލަށް އެލީޝާ އަދި ލާމިއު ގާތުން މާފަށް އެދުނެވެ. މިއަދު ދެން އިތުރަށް ސްޓީވެންދެކެ ރުޅި އައުމުގެ ބޭނުމެއް ނެތްކަން މާހިރު ގަބޫލުކުރިއެވެ. އަދި ޔުއާން އެލީޝާއަށް އެހީވެދިނީތީ އުފާކުރިއެވެ. ޔުއާންގެ މިހާރު ހަގީގަތުގައިވެސް އަންބެއް ހުންނަކަން އެގުމުން އިތުރަށް އުފާވިއެވެ. މާހިރުމެން ދެމަފިރިން އެ ކައިވެންޏަށް މަރުހަބާކީ ވަރަށްވެސް އުފަލުންނެވެ.

ހިޔާލުތަކަށް ގެއްލިފައި އިން މާހިރު ސިއްސައިގެން ދިޔައީ ކާރުގެ ކަނާތް ފަރާތުން ފެންނަން ހުރި ގޯޅިން ފެނުން މަންޒަރަކުންނެވެ. މުމްބާއީގެ މަގުތަކަކީ ކިތަންމެ ބިރުވެރި ތަނެއްނަމަވެސް މާހިރު ކާރު ހުއްޓުވާފައި ކާރުން ނިކުތެވެ. ރިއާއަށް ވަނީ ކިހިނެއްކަން ނޭނގުން ނަމަވެސް ރިއާވެސް ބޭރަށް ނިކުތެވެ. ބޮސް ކާރުން ފޭބުމުން ޑްރައިވަރުވެސް ކާރުން ފޭބީ ވީ ކިހިނެތްތޯ ބަލާލާށެވެ. އޭރު ގޯޅިކޮޅުތެރޭ ތިން  ފިރިހެނުން އަންހެން ކުއްޖަކު ހިފަހަށްޓައިގެން ހުއްޓެވެ. ތަންކޮޅެއް ދޮށީ އުމުރުފުރައިގެ މީހަކު އެއަންހެން ކުއްޖާއަށް އިންޒާރު ދެމުން ދިޔައެވެ.

މާހިރު އެދިމާލަށް އަންނަތަން ފެނުމުން ހުރިހާމީހުން އެ އަންހެން ކުއްޖާ ކޮށްޕާލުމަށް ފަހު ދުއްވައިގަތެވެ. މާހިރު އެމީހުން ފަހަތުން ނުގޮސް އެއަންކުއްޖާ ތެދުވުމަށް އެހީތެރިވިއެވެ. ރިއާވެސް ދުވެފައި އެތަނަށް އައެވެ. ” އަނުމް؟…… ” އަނުމްގެ މޫނު ފެނުމާއެކު މާހިރުއަށް ބުނެވުނެވެ. މާހިރުއާ އަނުމް ދިމާވީ އަނުމް ކިތަންމެ ކުޑައިރު ނަމަވެސް އަނުމް ވަކި ކުރަން މާހިރުއަށް އުނދަގުލެއް ނުވިއެވެ. ރިއާއަށްވެސް ފަސޭހަކަމާއެކު އަނުމް ވަކިކުރަން އެގުނެވެ. އަނުމްގެ މޫނުމަތިން ކުޑައިރާ އެއްވެސް ތަފާތެއް ނެތެވެ.

ހާސްވެފައި ހުރި އަނުމްއަށް އިތުރަށް ވިސްނަން އުނދަގޫވިއެވެ. ކުޑައިރުކޮޅެއްކުރިން ބަޔަކު ދިމާ ކޮއްލުމުން އަނުމް ހުރީ ވަރަށް ބިރު ގެންފައެވެ. ” ކާކު….. ކާކު ތީ….. ” ހާސްވެފައި ހުރި އަނުމް މާހިރު ގެ އަތް ނައްޓާލިއެވެ. އަނުމްގެ އަތުގައި ހިފަހަށްޓައިގެން ހުއްޓާ އަނުމް އޭނާގެ އަތް ނައްޓާލުމަށް ފަހު ދުރު ބަލަން ފެށުމުން މާހިރު ހައިރާންވިއެވެ. ” އަނުމް މީ މާހިރުބެ އޭ…. ހަނދާން ނުވޭތަ….. އަނުމް ކުޑައިރު މަންމައާ އެއްކޮށް އިންޑިޔާއަށް އައީމެއްނުން…. މާހިރުބެ މެން ގޭގައެއްނުން ހުރީ…..” މާހިރު އަނުމްއަށް ހަދާންކޮށްދޭ ފަދައިން ވާހަކަދެއްކިއެވެ. އަނުމްއަށްވެސް މާހިރުބެ އޭ ބުނުމުން ހަނދާންވިއެވެ.

މަންމަ ބަލިވެގެން އިންޑިޔާއަށް އައިސް ހުރީ މާހިރުބެ މެން ގޭގައެވެ. އެއިރު އަނުމް ވަރަށް ކުޑަވާނެއެވެ. ” މާހިރުބެ…. އަނުމްއަށް އެހީ ވެދީ……”އަނުމް މާހިރުގެ މުލަށްދަޑީގައި ހިފަމުން ބުނެލިއެވެ. މާހިރުގެ މުލައްދަޑީގައި ހިފުމަށްފަހު އަނުމް އިސްއުފުލާލިގޮތުން އަނުމްގެ ލޮލުގެ ފެނުން ނެތްކަން މާހިރުއަށް އެނގުނެވެ. އަނުމް މާހިރުއަށް ކަންތަށްތަށް ވެފައި އޮތްގޮތް ކިޔާދިނެވެ. ބައްޕަ މަންމަ ދޫކޮށްފައި ދިޔަ ވާހަކަޔާއި މިހާރު މަންމަވެސް ދުނިޔޭ ނެތްކަމަށް ބުނިއެވެ. އަދި އަނުމްގެ ލޮލުގެ ފެނުން ގެއްލުނު ވާހަކަޔާއި މިއަދު އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާކަމަށް ވެސް ބުނެދިނެވެ.  މާހިރު އަނުމްގެ ވާހަކަ އަޑުއަހާފައި ވަރަށް ދެރަވިއެވެ. ވަގުތުން އަނުމްއަށް ވެވެން އޮތް އެހީއެއް ވެދޭން އަޒުމު ކަނޑައެޅިއެވެ.

އަނުމް ހޮސްޕިޓަލްއަށް ދިޔައީ ރިއާ އަދި މާހިރުއާ އެއްކޮށެވެ. އަނުމް މާހިރުގެ ފޯނުން ސަމާއަށް ގުޅުމަށްފަހު އާއިލާ ބަޔަކާ ދިމާވި ވާހަކަޔާއި މިހާރު ހޮސްޕިޓަލުގައިކަމަށް ބުނިއެވެ. ” އަންނު މިހާރު އޮޕަރޭޝަން ކުރަން ވައްދަނީތަ؟” ސަމާ ވާހަކަ ދެއްކިއެވެ. ” އާ… މިހާރު އެޑްމިޓްވެގެން މިއޮތީ…. ކިހިނެއްވީ؟… ސަމް މިގަޑީ ނާދެވޭނެތަ؟…” އަނުމް އެނދުމަތީ އޮށޯވެލައިގެން އޮވެ ވާހަކަ ދެއްކިއެވެ. އަނުމް ކައިރީ ގޮޑީގައި ރިއާ އިނެވެ. އެއިރު މާހިރު ވީ ކޮންމެވެސް މުހިންމު ވާހަކައެއް ދަށްކަން ޑޮކްޓާރ ރޫމްގައެވެ. ”އަންނު….. އަ…ހަރެން… ސަމްއަށް މިގަޑީގަ ދެވޭކަށް ނެތޭ…. ބުނީމެއްނުން ދައްތައެއް މިކޮޅަށް އެބައާދެއޭ….. އޭނަ…. އޭނަ ވަރަށް ބަލިކޮށް އުޅެނީވެސް…. ފެމެލީ އެހެން މީހަކު ނޫޅޭތީ ސަމްއަށް ޖެހޭނީ އޭނަ ބަލަހަށްޓަން….” ސަމާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ހުއްޓެވެ. ” ސަމް މާ ހާސްވަނީއޭ….. އަންނުއަށް އޯކޭއޭ…. މާހިރުބެމެން އުޅޭނުން…. ދެން ސަމްގެ ދައްތަގެ ހާލު މާ ގޯސްވެއްޖެއްޔާ ބުނަށްޗޭ…. އޯކޭ ބާއްވަނީ…..” އަނުމް ހިނިތުންވެލާފައި ވާހަކަދެއްކިއެވެ. މިހާ ބޮޑު އޮޕަރޭޝަނެއް ކުރާއިރު އެންމެ ގާތް އެކުވެރިޔާ ކައިރީ ނުހުންނާނެކަން އެގޭތީ ދެރަވިއެވެ. ނަމަވެސް މާހިރުބެމެން ތިބީތީ އެކަމާ އަނުމް ޝުކުރުވެރިއެވެ.

އޮޕަރޭޝަނުގެ ކުރިން ރައިސާންއަށް ގުޅަން އަނުމް ވަރަށް ބޭނުންވިއެވެ. ނަމަވެސް ހިތުގައިވީ ނޭނގޭ ބިރުވެރިކަމެކެވެ. ރައިސާންއަށް ގުޅަން ޖެހިލުން ވަނީއެވެ. ރައިސާންއަށް ގުޅަން ހިތަށް އަރާ ކޮންމެ ފަހަރަކު އަނުމްގެ ސިކުނޑި އެކަމަށް ދެކޮޅު ހަދަމުން ދިޔައެވެ. އަނުމް ވަރަށް ވިސްނުމަށްފަހު ރައިސާންއަށް ނުގުޅަން ނިންމިއެވެ. ރައިސާންއާ ވާހަކަ ނުދެއްކި ގިނައިރު ވާންފެށުމުން އަނުމް ދެރަވިއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ.

އަނެއްކޮޅުން ރައިސާންގެ ހާލަކީތޯއެވެ. އަނުމްއަށް ގުޅާ ގުޅާ އަނުމް ފޯނެއް ނުނަގައެވެ. ސަމާއަށް ގުޅާ ކޮންމެ ފަހަރަކު ބިޒީ ކޮއްލައެވެ. އަނެއްކޮޅުން މިހާރު ސަމާގެ ފޯނު އޮތީ ނިއްވާލާފައެވެ. ރައިސާން އެ ހާސްކަމުގައި އުޅެނިކޮށް އޭނާގެ މަންމަ ރައިހާނާ އައެވެ. ”ދަރިފުޅު ކޮންކަމަކާ މާ ހާސްވެފަ ކަމެއް ވީތަ؟…” ރައިހާނާ ރައިސާންގެ ބުރިކަށީ ފިރުމާލިއެވެ. ރައިސާން ދެފަރާތަށް ބޯހޫރާލަމުން ރައިހާނާއަށް ހިނިތުންވެލިއެވެ. ” ހުމް…. މަންމަ ހަދާން ނެތިފަ މިހުރީ….. ކުއްލިއަކަށް ބައްޕަ މެލޭ އަށް ނުދެވޭނެ ވާހަކަ ބުނެފި….. އެކަމު މަންމަ އެބަޖެހޭ ކޮންމެ ހެނެއް ހަދާފަވެސް މިފަހަރު ދާން….. ދަރިފުޅު ދާނަން ދޯ……” ރައިހާނާ ކަމެއް ހަދާންވުމުން ބުނެލިއެވެ. ރައިސާން ފުރަތަމަ މަންމަގެ ނިންމުމަށް ދެކޮޅުހެދިއެވެ. ނަމަވެސް ރައިހާނާ ކުރުނުކޮށް އާދޭސް ކުރަމުން ދިޔައެވެ.

” އެކަމަކު މަންމާ…. ޔާ އޯކޭ….ނެކްސްޓް ވީކްގަ ދޯ؟…” ރައިސާން އެންމެފަހުން ދަތުރުގައި ބައިވެރިވާން އެއްބަސްވިއެވެ. ” ނޫނޭ ދަރިފުޅާ މިރޭ ފުރާނެ….. މިހާރު އަވަސް ކުރިއްޔޭ…. އަވަހަށް ރެޑީވޭ….” ރައިހާނާ ރައިސާންގެ އިތުރު ބަހަކަށް މަޑުނުކޮށް ކޮޓަރިން ނިކުތެވެ. ރައިސާން އިނީ ނިކަށް ހިންހަމަ ނުޖެހިފައެވެ. ނަމަވެސް މި ދަތުރު ނުގޮސްފިއްޔާ މަންމަ މާ ރުޅިގަދަވެދާނެތީ ފޫހިކަމާއެކު ރައިސާން ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. މިވީގޮތުން ދެން އަނުމްއާ ބައްދަލުވެސް ނުކުރެވުނީއެވެ. ރައިސާން ހިތާހިތުން ޝަކުވާ ކުރަމުން ދިޔައެވެ.

 

”ކޮބާ މިތަން ރަނގަޅުތަ؟…. މިތާ ތިރީ ބައިގަ ތިއްތަމެން އުޅޭނީ….ދެން އޭގެތިރީ ބައްޕަމެން އުޅެނީ… ދަރިފުޅުމެން ދެކުދިންނަން އެއް އެޕާޓުމެންޓް މިދިނީ…. ތިކުދިން ބޭނުންވިއްޔާ އަދި ހުންނާނެ މަތީ ފްލޯގަ އެއް އެޕާޓްމެންޓް…..” ލާމިއު އެޕާޓްމެންޓަށް ލަގެޖް ވައްދަމުން ވާހަކަ ދެއްކިއެވެ. އަނާ ހިނިތުނންވެލަމުން ވާހަކަދެއްކިއެވެ. ”ބައްޕާ ނަންނިއާ ލީޝް އުޅޭނީ އެއްކޮށޭ…. އެހެން ނޫނަސް މި އެޕާޓްމެންޓްވެސް ބޮޑެއްނުން ތްރީ ރޫމްވެސް އެބައިން….” އަނާ އެޕާޓްމެންޓްގެ ކޮޓަރިތަށް ބަލަން ފެށިއެވެ. ފަހަރަކު ކޮޓަރިއެއް ބަލަމުން ކޮޓަރީގެ ފުރިހަމަ ކަމުގެ ވާހަކަ ދައްކަމުން ދިޔައެވެ. ޔުއާންއާ އެލީޝާ މި މަންޒަރު ބަލަންތިބީ ހިނިތުން ވެލާފައެވެ. ”ދަރިފުޅާ ޔުއާން…. މި ދެކުދިންނަކީ ބައްޕަގެ ހިތުގެ ވިންދު…. މިކުދިން ރަގަޅަށް ބަލައިދޭތި…. ބައްޕަ ނެތް ދުވަހަކުންވެސް…..އެލީޝާ ސަދަފް އަދި އަނާވެސް ބަލައިދޭތި…”ލާމިއު ޔުއާންގެ ކޮޑުގައި އަތް އަޅުވާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ޔުއާން ބޯޖަހާލީ ތިމަންނައަށް އިތުބާރު ކުރާށޭ ބުނާ ފަދައިންނެވެ. ”އެބަ އަންނަން ދައްތަމެން ގޮވައިގެން…. ވަރަށް ސަޕްރައިޒްވާނެ ނުވެސް ބުނެ މިއައީ…..” ލާމިއު ދިޔައީ ސީލާއާ ސިނާ ބަލައެވެ. ލާމިއު ހުރީ ވަރަށްވެސް އުފަލުންނެވެ.

ލާމިއު ނިކުމެގެން ދިއުމުން އެލީޝާ ސޯފާގައި އިށީނެވެ. އެލީޝާގެ އުނގުގައި އޮތް ސަދަފް އޮތީ އަރާމްކޮށް ނިދާލާފައެވެ. އެލީޝާ ސޯފާގައި އިށީންހާއިރުން އަނާ އެތަނަށް އައެވެ. ”ލީޝް….. ކޮން ކޮޓަރިއެއްތަ ނަގަނީ؟ ހުރިހާ ކޮޓަރިއެއްވެސް ވަރަށް ރީތި….. ޑޮކްޓަރ ކޮން ކޮޓަރިއެއް ބޭނުންވަނީ؟…” އެލީޝާ ޔުއާންއަށް ބަލާލުމުން އަނާ ޔުއާން ކައިރީ ނަގަނީ ކޮން ކޮޓަރިއެއްތޯ އަހާލިއެވެ. ”ހުމް…. އަސްލު ނަންނި ބޭނުން ކޮޓަރިއެއް ނަގާފަ ދެން އަހަރުމެން ނަގާނީ….. އެކަމަކު ދެން ކިޔާނީ ޑޮކްޓަރ އެއް ނޫން…. މިހާރު ފެމެލީއެއްނުން….” ޔުއާން ހިނިތުންވެލާފައި ވާހަކަ ދެއްކިއެވެ. އަނާވެސް ރައްދުގައި ލިނިތުންވެލަމުން ބޯޖަހާލިއެވެ. އަދި އޭނާގެ އެއްޗެހި ހިފައިގެން މެދަށް ހުރި ކޮޓަރިއަށް ވަދުނެވެ.

އެލީޝާއާ ޔުއާން ނެގީ ކަނާތްފަރާތުގައި ހުރި ކޮޓަރިއެވެ. އެ ކޮޓަރިވަނީ ނޫ ކުލަޔާއި ހުދުކުލައިގެ ފަރުނީޗަރެވެ. ކޮޓަރި ޔުއާންގެ ކޮޓަރިހާ ބޮޑު ނޫންނަމަވެސް އެ ކޮޓަރިވެސް ވަރަށް ފުރިހަމައެވެ. އަނާ ނެގި ކޮޓަރީގައި ހުރީ މެރޫން ކުލައިގެ ފަރުނީޗަރެވެ. މަޑު އަޅި ކުލައަކުން ޑިޒައިން ކޮށްފައި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. ތިންވަނައަށް ހުރި ކޮޓަރި އަނެއް ދެކޮޓަރިއަށްވުރެ ކުޑައެވެ. ކުޑަ ކޮޓަރިއެއް ކަމަކު އެ ކޮޓަރީގައިވެސް ބެޑުރޫމް ސެޓެއް ހުއްޓެވެ. އެ ކޮޓަރީގައި ހުރި ފަރުނީޗަރުތައް ހުރީ ފެއްސާއި ހުދުންނެވެ.

އަނާ ކޮޓަރިއަށް ވަން ގޮތަށް އެނދަށް ވެއްޓިގަތެވެ. ޖީބުގައި އޮތް ފޯނުނަގާ ނަންބަރަކަށް ގުޅާލިއެވެ. ދެތިންފަހަރަކު ރިންގްވުމަށްފަހު އެކޮޅުން ފޯނުނެގިއެވެ. އަނާ ފޯނު ކަންފަތު ޖައްސާލުމަށްފަހު ހަލޯއޭ ބުނެލިއެވެ. އެކޮޅުންވެސް ވަގުތުން ހަލޯއޭ ބުނެލިއެވެ. ނަމަވެސް އެ އަޑު ކަންފަތުގައި ޖެހުމުން އަނާގެ ތުންފަތްމަތީވި ހިނިތުންވުން ފަޑުވިއެވެ. ”އީލާފް އެބައުޅޭތަ؟…..” އަނާ މަޑުމަޑުން އަހާލިއެވެ. އެކޮޅުން ވާހަކަދައްމުން ދިޔައީ އަންހެއްކުއްޖެކެވެ. ”ޔާ… އެބައުޅޭ ފާހަނާގަ ވީ…. މީ އީލާފްގެ ޖީއެފް އަމާނީ…. ތީ ލީޝް ދޯ….. އީލާފް ބުނިޔޭ ލީޝްގެ ވާހަކަ…… ކިހިނެއްތަ ހާލު؟…..” އަމާނީ ވަރަށް ފޯރިއާއެކު ވާހަކަދެއްކިއެވެ. ނަމަވެސް އަނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

އީލާފް ކުއްޖަކާ ރައްޓެހިވީކަމެއް އޭނާއަކަށް ނޭނގެއެވެ. އެންމެ ފަހުން ލާމިއުގެ ފޯނުން ވާހަކަ ދެއްކިއިރު ބުނީ މެލޭޝިޔާއަށް ކޯސްހަދަން ގޮސްއުޅޭ ވާހަކައެވެ. އެކަމު ކުއްޖަކާ ރައްޓެހިވި ވާހަކައެއް ނުބުނެއެވެ. އަނާ އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ވާހަކަދެއްކިއެވެ. ”ޔާ… ލީޝް މީ…. ރަގަނޅު…. އޯކޭ ބާއްވަނީ…..” އަނާ ފޯނު ކަޑާލުމަށްފަހު ކައިރީ އޮތް ބާލީހުގައި ބައްދާލިއެވެ. އަނާގެ ގިސްލުމުގެ އަޑު ކޮޓަރިތެރޭ ގުގުމަމުން ދިޔައީ މަޑުރާގެއް ފަދައިންނެވެ. އޭނާގެ ހިތުގައިވީ އީލާފްއަށްޓަކާ ޝަކުވާއެވެ. ”ނަންނި ބަލިއޭ ކިޔާފަ ހަމަ ވާހަކަ ޝެއާރ ކުރަންޖެހޭނެ ދޯ… އަހަރުމެން ބެސްޓީސްއެއްނުން…. ގާރލްފްރެންޑެއް ނަގާއިރު ބުނަންވާނެއްނުން…..” އަނާގެ ސިކުޑި ގޯސް ކުރީ އީލާފް އެ ވާހަކަ ނުބުނުމުންނެވެ. ނަމަވެސް އަނާ އެ ރޮނީ އީލާފް އޭނާ ކައިރީ އެވާހަކަ ނުބުނުމުން ދެރަވެގެނެއްނޫނެވެ. އެއަށްވުރެ ބޮޑަށް އީލާފް އެހެން ކުއްޖަކާ ގުޅުމުން އެ ހިތަށް އަސަރުކޮށްފިއެވެ. ސިކުނޑި ދެކޮޅުހެދަމުން ދިޔައިރު ހިތް ތަކުރާރުކޮށް އަނާ އީލާފް ދެކެ ލޯބިވާކަމަށް ބުނަމުން ދިޔައެވެ.

”ދޮންތީ….. ދީބަލަ ލީޝްގެ ފޯނު…..” އަނާ ހިޔާލުތަކަށް ގެއްލިފައި އޮށްވާ އެލީޝާ ދޮރުގައި ޓަކިޖަހަންފެށިއެވެ. ”ލީޝް ދޮރު ހުޅުވާފައޭ ތިހުރީ….. މިއޮތީ އެނދުމަތީގަ ފޯނު…..” އަނާ ކަންނެތްކަމާއެކު އަނެއްކާވެސް ބާލީހުގައި ބައްދާލަމުން ބުނެލިއެވެ. އަނާ ތެޅިގަނެފައި ތެދުވީ މީހަކު އޭނާގެ ބަނޑުގައި ކޮށްޓާލީމައެވެ. އަނާ ހީކުރީ އެލީޝާގެ ކަމެއްކަމަށެވެ. ނަމަވެސް އެނދުކައިރީ ހިނިއައިސްފައި ހުރި ސިނާ ފެނުމުން ތިއްތާއޭ ކިޔާފައި އަނާ ހަޅޭއްލަވައިގަތެވެ. ދެވަނަ ސިކުންތުގައި ސިނާގައި ބައްދާލުމަށްފަހު ވަރަށް ހަނދާންވިކަމަށް ބުނެލިއެވެ. އެލީޝާވެސް އަނާއަދި ސިނާގައި ބައްދާލަމުން އެހެން ބުނެލީ ހަމަ އަނާ ބުނި ރާގަށެވެ. ދެން އިވުނީ ތިންބެއިންގެ ހުނުމުގެ އަޑެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

ގަބުރުސްތާނު ސަންދޯކު

Next

ވާނަމޭ އުމުރަށް އެކީ ޖާނާ (1)

Next
February 14, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ (1)

Previews
February 14, 2020

ގަބުރުސްތާނު ސަންދޯކު

13 Comments!

  1. Yan♥️ says:
    February 14, 2020 at 11:24 am

    Varah reethi next part konirakun up kurany ???

    1. Ary says:
      February 14, 2020 at 1:50 pm

      Hehhehehehehehehj

    2. shiff says:
      February 14, 2020 at 8:00 pm

      Thankyou yan❤❤❤.. sundayga IA

  2. Ary says:
    February 14, 2020 at 1:49 pm

    Nice

    1. shiff says:
      February 14, 2020 at 8:01 pm

      Thankyou ary❤❤❤

  3. Ibsha says:
    February 14, 2020 at 2:25 pm

    Varah reethi

    1. shiff says:
      February 14, 2020 at 8:02 pm

      Thankyou ibsha❤❤❤

  4. Yanaa says:
    February 14, 2020 at 3:00 pm

    Varah varah reethi❤❤❤❤❤❤
    maa sha Allah ???????
    waiting for the next part???

  5. Yanaa says:
    February 14, 2020 at 3:03 pm

    Varah varah reethi??????
    maa sha Allah❤❤❤❤❤❤❤❤
    waiting for the next part???

    1. shiff says:
      February 14, 2020 at 8:03 pm

      Thankyou yanaa❤❤❤

  6. Meekkomee says:
    February 14, 2020 at 11:21 pm

    Shiff sis story is awesome ???? I love it………can’t wait for Sunday next part kiyan????????ly??❤️❤️??❤️❤️??ttly ❤️❤️

    1. shiff says:
      February 15, 2020 at 12:05 pm

      Thankyou meekko❤❤❤ ly2?❤

  7. ??tweety?? says:
    February 16, 2020 at 1:31 pm

    heii whn next part

Comments are closed.

Next Episodeނޭދެން ވަކިވާކަށް (11)←


All Right Reserved!