ނޭނގޭ ބުނެދޭކަށެއް -1-
މުޅި މަގުމަތީ ފެން ހެދިފައެވެ. ފެން ކޯރުތައް ތަރުތީބެއް ނެތި ހުރުމުން މީހުނަށް ހިނގާ ބިނގާވެ އުޅެން ދައްޗެވެ. ނަމަވެސް އެންމެންވެސް ބެލީ އެމީހަކަށް ދެވޭނެ އެންމެ ފަސޭހަ މަގަކުން ދެވޭތޯއެވެ. އޭގެތެރެއިން މިޒްނާ އަކީ އެކެވެ. ސްކޫލް ހުދު ޔުނީފޯމްގައި ހުރެ އެތަކަެއް ބުރަ އަކާއެކު ސްކޫލާ ހަމައަށް މިޒްނާއަށް ދެވިއްޖެވެ. ކިޔެވުމަކީ ވެސް އެކަހަލަ ކަމެކެވެ. ކިޔެވުމަގައި އެކި ލަނޑުދަނޑި ތަކާއި ކުރިމަތި ލާން ޖެހޭނެވެ.
ކޮންމެ ލަނޑުދަނޑިއެއް ވެސް ފުރިހަމަ ކަމާއެކު ހާސިލް ވެއްޖާ ކިޔެވުމަގައި ކާމިޔާބު ވާނެވެ.
ކުަޑަ އިރުއްސުރެ މިޒްނާގެ އުންމީދަކީ ޓޮޕް ޓެންގެ ޓޮޕް ވަންގައި އޭނާގެ ނަން ފަވާލައި އަދި މުޅި ރާއްޖޭގައި ހުރި އެންމެ މޮޅު ކުއްޖާ އަށް ވުމެވެ.
މަންމަ ބަލި އެނދުގައި އޮވެ ވެސް މިޒްނާ އަށް ދޭ ނަސޭހަތަކީ އެއީއެވެ. މަރީނާގެ އުމުރު ވަނީ ހުސްވާން ވެފައޭ ބުންޔަސް ދޮގަކަށް ނުވާނެވެ. މަރީނާގެ އެންމެ ހަގު ދަރި އަދި ހުރި ހަމަ އެކަނި އަންހެން ދަރި އަކީ މިޒްނާއެވެ. ބޮޑަށް 5 ފިރިހެން ދަރިން ތިބެއެވެ.އެންމެ ފުރަތަމަ ހުންނަނީ މާހިން އާއި މާއިޒްއެވެ.އެޔަކީ އެއްމާބަނޑު ދެކުދިންނެވެ. ދެން ހުންނަނީ މަފާޒެވެ. އެޔަށްފަހު މަޔާން އެވެ. އެންމެ ހަގު ފިރިހެން ދަރިޔަކީ މައިޝާނެވެ.
ސްކޫލްގެ ރަނގަބީލު އެޅުމާއެކު މިޒްނާ ސްކޫލަށް ވަނެވެ. ގުރޭޑް 8 އޭ ކުލާހަށް ގޮސް މިޒްނާ ވަނީ މަޑުމައިތިރި ކަމާއެކު ހުރެއެވެ.
“މިޒްނާ…އޭ އެބޮތް ސިއްރެއް.” އެއީ މިޒްނާގެ އެންމެ ގާތް އެކުވެރިޔާ ޝިފްރާއެވެ. “ހޫމް ކޮން ސިއްރެއް.” މިޒްނާ ބުނެލިއެވެ.
“ހާނ.. މީ.. މަ.. މަ… ރަޒީން އާ ރައްޓެހިވެއްޖާން.”
ޝިފްރާ ބުނެލިއެވެ.
“ލޮލް… މަ ބުނިން ދޯ ތީ އެހާ ރަނގަޅު ކަމެއް ނޫނޭ.. ބޮލުން މައްޗަށް ކާ ވަތެއް ނައިރާގެން އުޅޭ އިރުވެސް ތި އުޅެނީ ފިރިހެނުންނާ ރައްޓެހިވާން. ދެން ކޮބާ ސަލާމަތް…؟ މަށަށް ހީވޭ ގުރޭޑް ބާރަ ނިމޭ އިރު 100 ގުނޭވަރަށް އެކްސް އޮންނާނެ ހެން.”
މިޒްނާ ބުނެލިއެވެ.
“އާން މިޒޫ މީހަކާ ނީންނާނެ ވިޔަ.. މަ މިޒޫ މީހަކާ އިންނަ ދުވަހަކުން ހޯ ގޮވާނަން.”
ޝިފްރާ ބުނެލިއެވެ.
” މަ ނުބުނަމެއްނު މީހަކާ ނީންނާނަމެކޭ… މަ ބުނީ މީހުންނާ ރައްޓެހި ވާ ވާހަކަ… މަ ގުރޭޑް ބާރަ ނިމުނީމަ ނޫނީ މީހަކާ ރައްޓެއްސެއް ނުވާނަން…”
މިޒްނާ ބުނެލިއެވެ.
“ހައްހް… ހިނގާ އެސެންބުލީ އަށް ދަމާ… ”
ޝިފްރާ އަތު ކުރީ އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. އޭރު އެ ކުލާސް އެހެން އަންހެން ކުދިން ލައިން އަށް އަރަމުން ދިޔައެވެ.
***
ސާނިދު ގިޓާ ހިފައިގެން ގޮނޑުދޮށުގައި އައިސް އިށީނދެލީ އިރު އަރާ މަންޒަރު ބަލާށެވެ. ގިޓާ ޖަހަމުން ސާނިދު ކިޔަމުން ދިޔަ ލަވަ ކަމުނުދާނެ އެކަކުވެސް ނޫޅޭނޭ ކަން ގައިމެވެ.
” ކައުނުގާ ނުވާނެހާ ރީތިކަން ތިބާގެ ވާ ބުނެދިނަސް މިސާލުގައި ސުވާލު ހިތުގައި ގިނަވެދޭ… ހީލުމެއްގަ ފީނުވާ ހުވަފެނެއް ފެނުން އުފާ ބީނުވާނެ ހީވެފާ ވުމުން ހިތެއްގެ މިލްކުގާ ދައުރުވާ ދުވަސްތަކައި މި ދުރުނުވާ ހަނދާންތަކާ ހާސް ކަމެއްގަ ފީނަމުން ދުއާ ކުރީ ލިބުން އަދާ… ފާރުވީ އެކު އެކީ ހަގީގަތާއި ވާރުނެތް ހިތެއްގަ ވާ އަނދިރިކަން ފިލާނެބާ…
ކުރީގަ ހެވިފާ ހުރީމެ އެކުގާ… ފަހުން އެދުން ގޮތަށް ގޮސް ހުރީމެ ދުރިގާ ބުނީ މަގާތުގައި މަ ކޮނދުގަ ރޮއިފާ އުޅެން އެކީގަ ބޭނުމޭ ނެތޭ ދެމީހުން އެކުވާން…. ބުނީމެ މި އަތުގާ ހިފާށެ ބާރުލާ… ހިފައިގެން ދާން ހިނގާށެ ދިރިއުޅުން ބިނާކުރަން..”
ހީވާ ގޮތުން އެއީ ސާނިދުގެ ހިތުގެ އުދާހެވެ.ލޯބިވެރިޔާ އާއެކު އުޅުން އުފާވެރި ދުވަސްތަކާއި ވަގުތު ތައް ހަނދާނަށް އަންނަށް ފެށިއެވެ. އެ ވަގުތު ސާނިދުގެ ތުންފަތުގައި ދުވެލީ ހިނިތުން ވުމެކެވެ. ނަމަވެސް އެ ހިނިތުން ފަނޑުވާން ނެނގީ މަދު ސިކުންތު ކޮޅެކެވެ.އެއީ ލޯބިވެރިޔާ އޭނައަށްވި ބޭވަފާއެވެ.
*-*-*-*-*-*-
އެސެންބްލީ ނިންމާ ކުލާހަށް މިޒްނާ މެން ދިޔައެވެ.”އޭ މިޒޫ. ނައުފާ ނާދޭ ދޯ މިއަދު ސްކޫލަށް. މަށަށް ޔަގީން އޭނަ އެ އުޅެނީ ބޮޑާ ދައްކައިގެން… އަދި އަންނާނެ މޭކަޕް ބޮނޑި މުޅި މޫނުގަ ހާކައިގެން. ހިތުން މީނަ ހާ ރީތި މީހެއް ނޫޅޭނެ. އަދި ސްކޫލް ކެޕްޓަން ކަމަށް ކުރިމަތި ލަނިއްޔޯލަ. މަށަށް ޔަގީން 50 ވޯޓު ވެސް ހަމަ ނުވާނެ ކަން… އެއވައްތަރަށް ތެޅެންޔާ މަށަށް ހީވޭ ޝަމްހާ ވެސް ވޯޓު ނުދޭނެ ހެން. ޝަމްހާ އެއީ އަދި އޭނަ އެންމެ ގާތް މީހާ… ”
ޝިފްރާ ދެއްކީ މުޅިން ތެދު ވާހަކަ ކަން މިޒްނާ ގަބޫލް ކުރެއެވެ.
“ޓޯޓަލީ އެގްރީޑް ވިތް ޔޫ… އެނގޭ.. ބުރުގާ ނާޅައިވެސް ހުންނަނީ ފިރިހެނުންނަށް ތިއްތި ދެކެން.ހުއް އައި ހޭޓް ނައުފާ.” މިޒްނާ ބުނެލިއެވެ.
ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް ފަހު ގަޑި ވެސް ނިމިއްޖެވެ. ސްކޫލްގެ ސެޝަން ނިމުމާއެކު މިޒްނާ އާއި ޝިފްރާ ދިޔައީ ލައިބްރަރީނއަށެވެ.
“އެ ޝިފޫ މޮތަނެކޭ މަސްމާރުކޭޓެކެ އެއްވަރު ހިނގާ ގެއަށް” މިޒްނާ ބުނެލިއެވެ.
“ބައްޔެއް ހުވާ. އެންމެ ހައެއްކަ ކުދިންނޭ ތިބީ ދެން އައިސްބަލަ” ޝިފްރާ ބުނެލިއެވެ.”ދެން އޯކޭ” މިޒްނާ ބުނެލިއެވެ.
ނުނިމޭ…
2 Comments!
Comments are closed.
???
Yh phone halaaku v ????????