“ޕްލީޒް… އަހަރެންގެ އާދޭސްތަކަށް ރަހުމްނުކުރާހާ ހިތްހަރުނުވޭ…” ޔަޒްދާން މޫނު ޝާދީންގެ ކޮނޑުގައި ފޮރުވާލިއިރު އެއަޑު ކުރެހިގެންދިޔައެވެ. އޭރު ޔަޒްދާންގެ އެކުއްލި ހަރަކާތާއި ހިތްހަލާކުކޮށްލާ ފަދަ އާދޭސްތައް އަޑުއިވި ޝާދީންއަށް ހުރެވުނީ ގެންނާނޭ ހަރަކާތެއް ނޭނގިފައެވެ. ޔަޒްދާންގެ ލޮލުން ފައިބަމުންދިޔަ ކޮންމެ ކަރުނައަކާއި އެދުލުން ބޭރުވާ އާދޭސްތައް އޭނަގެ ދެފައިގައި ކަސްތޮޅުއަޅާ އޭނަގެ ހިޔާލުބަދަލުކުރަން މަސައްކަތްކުރަމުންދަނީއެވެ. ފުުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޝާދީން ދެލޯމަރާބާރުކޮށްލިއެވެ. ހިނދުކޮޅަކަށްފަހު އޭނަ ލޯހުޅުވާލަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭރު މިޙުރާންގެ އާއިލާ ފެންނަ ހިސާބުގައި ނެތްއިރު އެދެޒުވާނުންނަށް ނަޒަރު ހުއްޓާލައިގެން ހުރި އަންހެންކުއްޖާ ފެނިފައި ޝާދީންއަށް ޔަޒްދާންއާއި ދުރުވެވުނުގޮތެއްވެސް ނޭނގުނެވެ. ޔަޒްދާންގެ މޭގައި އަތްއަޅާދުރަށް ކޮއްޕާލިގޮތަށް ޝާދީން ފަސްއެނބުރި ދޮރާއިދިމާލަށް ދުއްވައިގަތެވެ.

ލޮލަށް ފެނުނު މަންޒަރު ޤަބޫލުނުކުރެވޭހާލު ބަލަހައްޓައިގެން ހުރުމަށްފަހު މަންހަލް ޔަޒްދާންއަށް ފަސްދެމުން ދުރަށް ހިނގައިގަތްއިރު ދެލޮލަށް ކަރުނަޖަމާވެފައިވެއެވެ. ޔަޒްދާން ފެނިގެން ފަހަތުން މިތަނަށް އާދެވުނީ ޔަޒްދާންގެ ފުށުން އެފަަދަ މަންޒަރެއް ފެންނަންކަމަށް އޭނައަށް ހީކުރެވޭނީވެސް ކިހިނެތްހެއްޔެވެ؟ މިވަގުތުކޮޅާއި ހަމަޔަށް ޔަޒްދާންއަކީ ހަމައެކަނި އޭނަގެ މީހެއްކަމަށް އޭނަ ހީކުރިއެވެ. ޔަޒްދާންއާއިއެކު ދިރިއުޅުމެއް ފަށާނޭދުވަހަކަށް ފޮނި އުއްމީދުތަކެއްކުރިއެވެ. ނަަަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ބިނާކުރަމުން އައި ގަނޑުވަރު ބިމާއި ހަމަވެގެން ދިޔައީއެވެ. ޔަޒްދާންއާއި ޝާދީންގެ ގާތްކަން ހަމަލޮލަށް ފެނުމަށްފަހު އެދެމެދުގައި އޮތް ގުޅުން ޔަގީންކުރާކަށް އޭނަ އިތުރުމީހެއްގެ އެހީއެއް ބޭނުމެއްނުވެއެވެ. މިވޭތުވެދިޔަ އަހަރުތަކުގައި ޔަޒްދާން އެހާލޯބިން އޭނަގެ ހަށިގަނޑުގައި އަތް ޖައްސާލައިފައިވެސް ނުވެއެވެ. އަމުދުން އަމިއްލަ އިސްނެގުމުގައި އެއަތުގެ ތެރޭގައި އެ ހަށިގަނޑު ހިފަހައްޓާލިދުވަހެއް މަންހަލްގެ ހަނދާނަކަށްވެސް ނާދެއެވެ. އެދެމެދުގައި ދުރުމިން ޔަޒްދާން އަންގައިދިން އަމަލުތަކުން އޭނަގެ ހިތުގައި އުފަންކުރުވި ޝައްކުތައް ބިރުވެރި ހުވަފެނެއް ފަދައިން ސީދާވެގެން ހިނގައްޖެއެވެ.

*** *** *** *** *** ***

އެއަރޕޯޓްގެ ޑިޕާރޗަރ ބައިން ލާފައި ގޮސް ޝާދީން ނިވާވިތަން ބަލަހައްޓައިގެން ހުރެފައި ޔަޒްދާން ތަނބުގައި ބޯޖައްސާލިއެވެ. އެންމެފަހުވަގުތު އޭނަގެ ކަރުނަތަކާއި އާދޭސްތަކުން ޝާދީންގެ ނިންމުން ބަދަލުކުރާނެހެން އޭނައަށް ހީވިއެވެ. ޝާދީން އޭނަދެކެ ވާލޯތްބަށް އޭނަ އެވަރުގެ އިތުބާރެއްކުރިއެވެ. ނަމަވެސް ހިލައަށްވުރެ ހިތްހަރުކޮށްގެން ފަސްއެނބުރިބަލާލުމެއްވެސް ނެތި ޝާދީން އެދިޔައީ ޝާދީންގެ ހަޔާތުން އޭނައަށް ކުޑަވެސް ޖާގައެއް ދެވެން ނެތްކަން އަންގައިދީފައެވެ. އޭނަ ކުރަމުންދިޔަ އުއްމީދުތައް އެދެއަތުން ފުޑުފުޑުކޮށްލާފައެވެ.

އަތްތިލައެއްގެ ބަރު ކޮނޑުމަތީ ބޭއްވުނުހެން ހީވެފައި ޔަޒްދާން ފަސްއެނބުރި ބަލާލިއެވެ. އޭރު އޭނަގެ ކޮނޑުމަތީ އަތްއަޅާލިގޮތަށް އެ މޫނަށް ބަލަހައްޓައިގެން ހައިޒަލް ހުއްޓެވެ.

“އުއްމީދު ކަނޑާނުލާ ޔަޒާ… ދޮންތަ ނޫނެކޭ ބުންޏަސް ޔަޒާއަށް މަސައްކަތްކުރެވިދާނެއެއްނު… ހާލަތުގެ ގޮތުން ދޮންތަ އެހެން ބުންޏަސް އެއީ ހިތުގެ އަޑި ބުނާ އެއްޗެއްނޫންކަން އަހަރެމެން އެންމެންނަށްވެސް އިނގޭ… ޝީއިޒް ގޮއިން ތްރޫ އެލޮޓް… އަހަރެން ޔަޒާއަށް އިތުބާރުކުރަން… އެއްވެސް ފިކުރަކާއި ކަންބޮޑުވުމަކާއިނުލާ ދޮންތަ އެފަރާތެއްގެ އަތްމައްޗަށް އަހަރެން ދޫކޮށްލަން ބޭނުންވާ ހަމައެކަނި ފަރާތަކީ ތިއީ…” ލޮލަށް ފެނުނު މަންޒަރުން ޔަޒްދާންއާއި ޝާދީންގެ ދެމެދުގައި އޮތް ގުޅުން ނަގައިގަނެވުނު ހައިޒަލް ވާހަކަދެއްކީ ޔަޒްދާންއަށް އުއްމީދެއްދެމުންނެވެ. ޝާދީން ގުނަމުންދާ ވޭނީ ދުވަސްތަކަށް ނިމުމެއްގެންނަން އޭނަވެސް ބޭނުމެވެ. ދޮންތަގެ އެކަނިވެރިކަމަށް ނިމުމެއް ގެންނަންވެސްމެއެވެ. އެކަމަށްޓަކައި ދޮންތަގެ އަތުގައި ހިފާލަން ތައްޔާރަށް ހުރި ބައިވެރިޔާއަށް އޭނަ އިތުބާރުކުރެއެވެ. ޔަޒްދާންއާއި އެންމެ ފުރަތަމަ ބައްދަލުވީވަގުތު އެދެމެދުގައި ބިންގާއެޅިގެންދިޔަ ގުޅުމާއިއެކު އެވަރުގެ އިތުބާރެއް ޔަޒްދާން ހޯދައިފައިވެއެވެ. އިއްޔެއާއި ޖެހެންދެންް އެއީ އޭނަ އެންމެ އިތުބާރުކުރި އޭނަގެ ލޯޔަރެވެ. މިއަދު އެއީ އޭނަދެކެ ލޯބިވާ ތުއްތުއެވެ. އެ ހަޤީޤަތާއިއެކު ޔަޒްދާން އޭނަގެ ހިތުން މަޤާމެއް ހޯދިކަމީ ދެބަސްވެވެން ނެތް ހަޤީގަތެކެވެ.

*** *** *** *** *** ***

އެއަރޕޯޓްގެ އެތެރޭގައި ގޮނޑިބަރިއެއްގައި އިށީދެގެން އިންއިރުވެސް ޝާދީންއަށް ރޮވެމުންދިޔައެވެ. ހުއްޓުމެއްނެތި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެފުހެ ލޯ ރަތްވެފައިވާއިރުވެސް ކަރުނަތައް ހިފަހައްޓާލުމަކީ ކުރަން ނުކުޅަދާނަކަމަކަށްވެފައިވެއެވެ. އަނގައާއި ދިމާލުން އަތްއަޅާބާރުކޮށްލައިގެން ޝާދީން އިންއިރު އޭނަގެ ހިތް ކުދިކުދިވެ އެތެރެހަށިވެސް ގިރިގެން ފައިބަމުންދަނީހެން އޭނައަށް ހީވިއެވެ. މިނެޓްކޮޅެއްކުރިން ނިންމި ނިންމުމާއިއެކު ދިރިހުއްޓާވެސް އޭނަގެ ދިރިއުޅުމަށް ނިމުމެއް އައިސްފިއެވެ. ޒުވާން އުމުރުގައި ދިރިހުރުމުގެ މަޤްޞަދު ގެެއްލިގެންދިޔައީއެވެ. އޭނަގެ ނަފްސުވެސް އޭނަ ކުށްވެރިކޮށް އެ ނިންމުން އަނބުރާ ގެނައުމަށް އެދެމުންދިޔައެވެ. އެކަމުގެ ސަބަބުން އޭނައަށް ލިބިގެންދާނޭ ވޭންތައް ސިކުނޑިވެސް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“ދަރިފުޅާ… އަމިއްލަ ހިތް ކަތިނުލާބަލަ… ތިގޮތަށް ކަންތައްކުރީމަ ފަހުން ހިތުގައި އަޅާވޭން މާބޮޑުވާނެއޭ… ޝަވާ ޔަޒްދާންދެކެ ލޯބިވެއެއްނު… ދެން ކީއްވެ ތިގޮތަށް ކަންތައްކުރަނީ.. ރިހާނާއާއި އަލްހާންގެ ކުށަކީ ދަރިފުޅުގެ ހަޔާތް ބަރުބާދުކޮށްލަން ޖެހޭ ސަބަބެއްނޫނޭ… ކިތައްފަހަރު މަންމަ މިހެން ބުނަންވީ…” ހައިލާ ގޮނޑީގައި އިށީންގޮތަށް ޝާދީން މޭގައި ލައްކޮށްލިއިރު އެލޮލުގައި ހިސާބަކަށް ކަރުނަވިއެވެ. ޝާދީންގެ ކަރުނަތައް ނުހަނު ބޮޑަށް އޭނަގެ ހިތްދަތިކޮށްލާފައިވެއެވެ. އަމުދުން މިލީނާގެ ފަރާތުން އިނގުނު ވާހަކަތަކަށްފަހު އޭނަގެ ހިތަށް ކެތްނުވާވަރުވެފައިވެއެވެ.

އެކިއެކި ގޮތްގޮތުން ޝާދީންގެ ކުށެއްނުވާކަން އޭނައަށް ވިސްނައިދޭން މަސައްކަތްކުރެވުނު އަދަދެއް ނޭނގެއެވެ. ހައިޒަލްއާއި އޭނަގެ އިންތިހާ ލޯބިންވެސް ޝާދީންގެ ވިސްނުން ބަދަލުކޮށެއްނުލެވުނެވެ. ރިހާނާއާއި އަލްހާންގެ ކުށުން އެހިތުގައި އުފެދިފައިވާ ފާރުގަނޑު ކުޑަ މުއްދަތެއްގެ ތެރޭގައި ފަސޭހަވާވަރަށްވުރެ ބޮޑުވެފައިވެެެއެވެ. އެ ކުށްތައް ޝާދީންގެ އުފާތަކަށް އެޅޭ ހުރަހަކަށް ވެފައިވެއެވެ. އެ ޒަހަމުގެ ފާރުތައް މުޅިއުމުރަށް ޝާދީންގެ އުފާތައް އަނދާއަޅިއަށް ހަދާފާނެކަމުގެ ބިރު ހައިލާގެ ހިތުގައި އުފެދިފައިވަނީ ނުހަނު ބޮޑަށެވެ. ނަމަވެސް ހިތުގައިވާ ބިރުވެރިކަމުގެ މައްޗަށް ހައިލާ ދުއާއިން ހިތްހަމަޖެހުން ހޯދައެވެ. އޭނަގެ އަބަދުގެވެސް ދުއާއަކީ ޝާދީންއަށް ހުރިހާ އުފަލެއް މިންވަރު ކުރެއްވުމެވެ.

*** *** *** *** *** ***

ރޭގަނޑަށް ތަންދެމުން އަނދިރިކަމުގެ ތެރެއަށް ގެއްލެމުންދިޔަ ރަތްވިލާތަކަށް ބަލަހައްޓައިގެން ޓެރެސްގައި މަންހަލް ހުރިއިރު ޖެހެމުންދިޔަ ވައިރޯޅިތަކާއި އެއްވަަރަކަށް އެ ފަން އިސްތަށިގަނޑު ނަށަމުންދިޔައެވެ. އޮއްސެމުންދިޔަ އިރުގެ އެންމެ ފަހު ދޯދިތަކުގެ ތެރެއިން އެ މޫނަށް ވެރިވެފައިވާ ރަންގުކުލަތަކާއިއެކު ލޮލުގައިވީ ކަރުނަތިކިތައްވެސް މުތީތަކެއް ފަދައިން ވިދަމުންދިޔައެވެ. ކޯތާފަތްމަތީން ފާހަގަވަމުންދިޔަ ތެތްކަމާއިއެކު ކަފަކޮޅެއްހާ ހުދުމޫނަށް ރަތްކަމެއްވެރިވެފައިވިއެވެ.

ކަނޑުގެ ސަތަހައިގެ ތެރެއަށް އިރުފޮރުވި އަނދިރީގެ ސާލެއްގެ ތެރެއަށް ދުނިޔެ ގެެއްލިގެންދިޔުމާއިއެކު އެތަނުގައި ހުރުމުގެ ހިޔާލު ދޫކޮށްލަމުން މަންހަލް ޓެރެސްގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭނައަށް ކުރިއަށްއަޅާލެވުނު ދެތިންފިޔަވަޅާއިއެކު ދޮރުމައްޗަށް ހިޔަންޏެއް އެޅިގެންދިޔުމާއިއެކު ހުރި ފިޔަވަޅުމަތީ ހުއްޓުނެވެ. ދެވަނަ ސިކުންތުގައި ދޮރުންވަދެގެން އައި ޒުވާނާ ފެނިފައި މަންހަލްގެ ލޮލުގެ ތެރެއަށް އަލުން ތާޒާ ކަރުނަތައް ގިނަވެގަތެވެ. ވަގުތުން އޭނައާއި ގާތްވަމުންދިޔަ ޔަޒްދާންއަށް ފަސްދެވުނީ އެ ކަރުނަތައް ދައްކަން ބޭނުންނުވާތީއެވެ.

“ސޮރީ…” ކަންފަތުގައި ޖެހިގެންދިޔަ ޔަޒްދާންގެ ފިރިހެންވަންތަ އަޑާއިއެކު މަންހަލްއަށް ލޯމަރާތަގުޅިކޮށްލެވުނެވެ.

“އަހަންނަށް އިނގޭ މަންއަށް ހުރިހާކަމެއް ފެނުނުކަން… ދޮގުހަދާ އޮޅުވާލާކަށް ބޭނުމެއްނޫން… މިހާރުވެސް މާގިނަ ދުވަހު މަން އަނދިރީގައި ހުރެފި….” ޔަޒްދާން ބެލްކަނީގެ ރެއިލިންގައި ލެގިލިގޮތަށް މަންހަލްގެ މޫނަށް ބެލުމެއްވެސްނެތި ދުރުން ފެންނަ އިމާރާތްތަކަށް ނަޒަރު ހުސްކޮށްލިއެވެ.

“ކޮންއިރަކު…” ޔަޒްދާންގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކިތަންމެ ސުވާލެއް ހުއްޓަސް މަންހަލްއަކަށް އެ ހިތްވަރެއްނުކުރެވުނެވެ. ވަކިހިސާބަކުން އޭނަ ޖުމްލަ މެދުކަނޑާލީ ކަރުނައިގެ ސަބަބުން ވާހަކަދައްކަން ދަތިވެގެންނެވެ.

“ކޮލެޖްއިރުއްސުރެ… އަހަރެންގެ ފުރަތަމަ ލޯބި…. އަހަންނަށް މައާފުކުރޭ… ޝާދީންއަށް އަހަރެންގެ ހަޔާތުން ދިން ޖާގަ މަންހަލްއަށް ދިނުމަށްފަހު އަހަރެން ވަރަށް މަސައްކަތްކުރީން މަންދެކެ ލޯބިވެވޭތޯ… އެކަމަކު އަހަންނަކަށް އެކަމެއްނުވި… މިހުރިހާ ދުވަހު މަންއާއިއެކީގައި އުޅުނުއިރުވެސް އަހަރެންގެ ހިތުގައިވީ ޝާދީން… މަންގެ ލޯބިންވެސް އަހަންނަށް ޝާދީންމަތިން ހަނދާންނައްތަލައެއްނުލެވުނު… އަހަންނަށް މިހާރު ޔަޤީންވެއްޖެ ދުވަހަކުވެސް ޝާދީން ނޫން ކުއްޖަކަށްޓަކައި މިހިތުގައި ވިންދުނުޖަހާނެކަން…” ޔަޒްދާންގެ ޖުމްލައާއިއެކު މަންހަލްގެ ލޮލުން ވާރޭގެ މިސާލުގައި ކަރުނަގަނޑު އޮހިގަތްއިރު ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. އެންމެ ލޯބިވާ މީހާގެ ދުލުން އެހެން މީހެެއްދެކެ ލޯބިވާއަޑު އަހަން ހިތެއް ހުރިމީހަކަށް ކެތްވެދާނެ ހެއްޔެވެ؟ އޭނައަށް ޔަޒްދާންއަކީ ހިތުގެ ވިންދެވެ. އެންމެ ފަހުން އެދުލުން ބޭރުކުރި ބަސް އަޑުއިވުމުގެ ކުރީން އޭނަގެ އަޑުއިވުމުގެ ހިއްސު ގެންދެވިނަމައެވެ.

“ސޮރީ… އަހަންނަށް އިނގޭ ކުށަކާއިނުލާ މަންހަލްގެ ހިތްހަލާކުކޮށްލެވެނީކަން… އެކަމަކު ފުރިހަމަނުވާނޭ އުއްމީދެއްދީގެން މަން އިތުރަށް ހިފަހައްޓާކަށް އަހަރެން ބޭނުމެއްނޫން… މިހިސާބުން މިގުޅުން ނިންމާލިއްޔާ ކަންނޭނގެ ރަނގަޅުވާނީ… އަހަންނަށް މައާފުކޮށްދެއްޗޭ… އިނގޭ ލަފްޒުތަކަކުން މަންގެ ހަޔާތުން އަހަންނަށްޓަކައި ބޭކާރުވެގެންދިޔަ ދުވަސްތަކަށް ބަދަލެއްނުދެވޭނެކަން…” ޔަޒްދާންގެ އަޑުގައިވީ ޖެހިލުންވުމާއިއެކު ފަހު ނިންމުން ނިންމިއިރު މަންހަލްއަށް ހީވީ އޭނަގެ ހިތުގެ ވިންދުތަކަށް ނިމުމެއް އަންނަނީހެންނެވެ. ދެކޮޅުހަދާ ޔަޒްދާން ކިބައިން އާދޭސްކުރަން ހިތް އެދެމުންދިޔައިރުވެސް މަންހަލްގެ ދޫމައްޗަށް ލަފްޒެއްހާ ހިސާބުވެސް ނައެވެ. ހުރިހާކަމެއް ހަމަލޮލަށް ފެނުމަށްފަހު ޔަޒްދާން ދިޔަަޔަނުދީ ހިފަހައްޓައިގެން އޭނަގެ ހިތަށް ހަމަޖެހުމެއްލިބިދާނެހެއްޔެވެ؟ އެހެން ފަރާތެއްދެކެ ލޯބިވާކަމަށް ބުނި ވަގުތުންފެށިގެން އޭނައާއި ކިތަންމެ ގާތުގައި ޔަޒްދާން ހުރިނަމަވެސް އޭނައަށްޓަކައި ޔަޒްދާން މާދުރަށްގޮސް ގެއްލިއްޖެއެވެ.

“އަހަރެން އަދިވެސް ދާން ބޭނުން… އަހަރެންގެ ލޯބިން ދާންގެ ހިތްބަދަލުކުރެވޭތޯ މަސައްކަތްކުރަން ބޭނުން… ހަތަރުއަހަރުތެރޭ އަހަންނަށް ކާމިޔާބުނުވީކަމެއް ދެންވެސް ނުވާނެކަން އިނގޭއިރު އަދިވެސް ޤަބޫލުކުރާކަށް އަހަރެންގެ ހިތް ބޭނުމެއްނުވޭ… އަހަރެން ދާންދެކެ ވަރަށް ލޯބިވިން… މިހާރުވެސް…” މަންހަލް ވާހަކަދައްކަމުން ދިޔައިރު އެލޮލާއި ނަޒަރު ހަމަވިގޮތަކުން އެލޮލުގެ ހުރިހާ އަސަރެއް ނަގައިގަންނާކަށް ޔަޒްދާންއަކަށް އުނދަގުލެއްނުވިއެވެ. މަންހަލްއަށްޓަކައި އޭނައަށް ކޮށްދެވޭނެކަމެއް ނެތްކަން ވިސްނިފައި ޔަޒްދާންއަށް އިސްއޮބާލެވުނެވެ.

“މަން… އަހަންނަށް އިނގޭ… އެކަމަކު މަންއަށްޓަކައި އަހަންނަށް ކޮށްދެވޭނެ އެއްވެސް ކަމެއްނެތް… އަހަރެން އަބަދުވެސް ލޯބިވީ ޝާދީންދެކެ… މިހުރިހާދުވަސްވީއިރު އަހަންނަށް އެހެން ފަރާތެއްދެކެ ލޯތްބެއްނުވެވުނު… މަންއަކަށް ކުޑަވެސް އުފަލެއްނުދެވުނު… އަހަންނަށްވުރެ މަންއާއި އަޅާލާނެ މީހަކު މަންއަށްވާނެ…. އަހަރެން އަތުގައި އެހެންމީހަކަށްދޭނެ އެއްޗެއްނެތް…” ޔަޒްދާން ވާހަކަދެއްކިއިރު ލޮލަށް ކަރުނަގިނަވިއެވެ. ލޯބިވާ މީހަކު ނުލިބުމުންނާއި ލޯބި ލިބި އެލޯބި ބީވުމުންކުރާނެ އަސަރު އޭނައަށް ކިތަންމެ ރަނގަޅަކަށްވެސް އިނގެއެވެ. އެކަމުގެ ވޭނަކީ މިހާތަނަށްވެސް އޭނަގެ ހިތާއި ވަކިނުވެވާ ވޭނެކެވެ. މިއަދު އުއްމީދުގެ ދޯދިފަށެއް އެހިތަށް ލިބުނަސް ޝާދީން ވަކިވެގެން އެދިޔައީ އަނދިރިވެފައިވާ އެހަޔާތް އިތުރަށް އަނދިރިކަމަށް ގަންބާލައިފައެވެ. ދުވަހުގެ ކޮޅުންވެސް އެ އަނދިރި ހަޔާތް އަލިކަމުން ރޯޝަންވެދާނެކަމުގެ ޔަޤީންކަމެއްނެތަސް އިންތިޒާރެއްގައި މުޅިއުމުރުވެސް ދުއްވާލަން އޭނަގެ ފަރުވާލެއް ނެތެވެ.

“ސޮރީ… ވެގެންވާނަމަ އަހަންނަށް މައާފުކޮށްދޭތި… މަން ބޭނުންވާ ކޮންމެވަގުތަކު އެހީވާން އެކުވެރިއެއްގެ ގޮތުގައި އަހަރެން ހުންނާނަން…” ހިމޭންކަމާއިއެކު ދެމިގެންދިޔަ ސުކޫންތުތަކަކަށްފަހު މަންހަލްގެ ފަރާތުން ބަހެއް އަޑުނީވޭނެހެން ހީވި ހިނދު ދެ ޖީބަށް އަތްޖަހާލައިގެން ހުރެ ޔަޒްދާން އެތަނުން ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނަގެ ޖީބުން ނެގި އަނގޮއްޓި އެތާގައި އިން ކުޑަ މޭޒުމަތީ ބައިންދާލިއެވެ.

އޭރު ވަރުދޫވެފައިވާ ހަށިގަނޑުގެ ބާރު ރެއިލިންއަށް ދޫކޮށްލައިގެން ކަރުނުން ފުރެމުންދިޔަ ލޮލުން ޔަޒްދާންއާއި ދިމާލަށް ބަލަހައްޓައިގެން މަންހަލް ހުއްޓެވެ. ފަހަތުން ގޮސް ޔަޒްދާން ހުއްޓުވަން ހިތްއެދި ރޮމުންދިޔަޔަސް ޔަޒްދާންގެ އިއުތިރާފް އޭނަގެ ހަށިގަނޑު ގާކޮށްލައިފައިވެއެވެ. އެންމެފަހު ބަަހަކަށްވެސް އެދުލުން ބޭރުވީ އޭނަ އަހަން ނޭދޭފަދަ ބަސްތަކަކެވެ. ޝާދީންދެކެ ޔަޒްދާން ލޯބިވާކަމަށް އެއްބަސް ވުމާއިއެކު ޔަޒްދާންގެ ހަޔާތުން ދެން އޭނައަށް ލިބޭނެ ޖާގައެއްނެތްކަން ކަށަވަރުކޮށްދީފިއެވެ. މިހުރިހާ ދުވަހު އޭނައަށް އުޅެވުނީ ހުވަފެނެއްގައެވެ. ނޭނގިހުއްޓާ އެ ހުވަފެނުން ހޭލެވި މިއަދު ހަޤީގަތާއި ކުރިމަތިލާން ޖެހިއްޖެއެވެ.

“ދާން… ދާންއަށް އުފާވެރިކަން ލިބެން އަހަރެން އެދެން… އަހަންނާއި ނުލާވިޔަސް…” ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތަކާއި މަންހަލް ވާހަކަދެއްކިއަޑުއިވިފައި ހިނދުކޮޅަކަށް ފިޔަވަޅުތައް މަޑުޖައްސާލިޔަސް ޔަޒްދާން އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއްނުލިއެވެ. މަންހަލްގެ ކަރުނަތައް ދެކި ޖަޒުބާތުގައި ޖެހި ނިންމުމެއް ނިންމާކަށް އޭނަ ބޭނުމެއްނުވެއެވެ. މަންހަލްއަށްޓަކައި އޭނައަށް ހޯދައިދެވޭނޭ އުފަލެއްނެތެވެ. ހަލާކުވެފައިވާ ހިތަކުން އެހެން ހިތަކަށް ލޯތްބެއްނުދެވޭނެއެވެ. އަމުދުން ޝާދީން މިލްކުކޮށްލައިފައިވާ އޭނަގެ ހިތް އެހެންފަރާތަކަށް ދެވުމަކީ އޭނަގެ ހަަށީގައި ފުރާނަ ހުރެގެން ކުރެވޭނެކަމެއްނޫނެވެ.

މިއަދު މާޒީ އެހެން ސިފައެއްގައި އިޔާދަވެ ހަތަރު އަހަރުކުރީން އޭނަ ނިންމި ނިންމުން އަލުން ތަކުރާރުކުރަން ޖައްސައިފިއެވެ. އެރޭވެސް ހުރިހާ ގުޅުމެއް ނިންމާލުމަށްފަހު ވަކިވެގެންދިޔައީ އޭނައެވެ. ތަފާތަކީ މަންހަލްދެކެ ނުވި ލޯބި އޭނަ ޝާދީންދެކެވީކަމެވެ. ހާލަތު ނިޔާކުރިގޮތުން އެ ލޯތްބަށް ފުރުސަތެއްދެވެން އޭނައަށް ނެތީއެވެ. އަމިއްލަ އުފަލަށް ވިސްނުމެއްނެތި ޝާދީންގެ އުފާތައް ކުރިއަށްލަމުން އޭނަ ޤުރުބާންވުމުން އަގު ލިބުނީ އަމިއްލަ ކަރުނަތަކުންނެެވެ. ހަޤީގަތް އިނގުމަށްފަހު އެ ހިތުގެ މަލިކާ އަބަދަށްޓަކައި ވަކިވެގެންދިޔައީއެވެ. އެތައް މޭލެއްގެ ދުރުމިނުގައި ޝާދީން ވިޔަސް އޭނަ މުޅި އުމުރަށްވެސް އެ ލޯތްބަށް އިންތިޒާރުކުރާނެއެވެ. ކޮންމެވެސް ދުވަހަކުން އެ ލޯބި ލިބޭނެކަމަށް އޭނަ އުއްމީދުކުރެއެވެ.

*** *** *** *** *** ***

ވައިކަފަމުން ވިލާތަކުގެ މައްޗަށް ބޯޓު އަރައިގެންދިޔައިރު ކުދިވަމުން ކުދިވަމުން ގޮސް މުށްތަކަކަށް ވަމުންދިޔަ ޖަޒީރާ ރަށްތަކަށް ބަލަހައްޓައިގެން ޝާދީން އިންއިރު ބާރެއްނެތި ލޮލުގެ ތެރެއަށް ކަރުނަތައް ބޮޑިވަމުންދިޔައެވެ. އެތައްދުވަހެއްގެ އެނބުރިއައުމަކަށްފަހު އަނެއްކާވެސް އޭނަ އެ ފަސްގަނޑާއި ވަކިވެގެން އެދަނީ އެނބުރި ނާންނަން އަޒުމްކަނޑައަޅައިގެންނެވެ. އުފަންނޭވާ ދޫކޮށްލި ފަސްގަނޑަކީ ދުވަހެއްގެ ކޮޅުންވެސް އޭނަ ފައިޖައްސާލަން ބޭނުންނުވާ މަންޒިލަކަށް ހަދަމުންނެވެ. އެއީ އޭނަގެ މާޒީގެ ސޮފްހާތައް ވަޅުލެވިފައިވާ މަކާނެވެ. އަލުން ހުޅުވުމެއްނެތް ގޮތުގައި އެ ސޮފްހާތައް ވެއްޔާއި އެކުވާން ދޫކޮށްލުމަށްފަހު އޭނަ މިއަދު އެ ފަސްގަނޑާއި ވަކިވެގެން އެދަނީ ދުވަހެއްގެ ކޮޅުންވެސް އެނބުރި އައުމުގެ އުއްމީދު ހިތުންނަގާ އެއްލާލަމުންނެވެ. އޭނަގެ ހިތް އޮތް މަންޒިލްގައި ފުރާނަ ހުރުމުގެ ހައްޤު ނިގުޅައިގަންނަމުންނެވެ. ކޮންމެ ދުވަހަކުން ޔަޒްދާންގެ މިލްކަކަށްވުމަށްކުރި އުއްމީދު އަބަދަށްޓަކައި ހުދު ދޮންވެލި ދަށުގައި ފޮރުވާލަމުންނެވެ.

ހަތަރުމަސް ފަސް

ބޯކިރުކޮޅެއްފަދަ ހުދުކުލައިގެ ފަސްގަނޑު ފޮރުވިފައިވަނީ ހުދުކުލައާއި ރަތްކުލައިގެ ބޮޑެތި ފިނިފެންމާ ފިޔަތަކުންނެވެ. ބިމުގެ މައްޗަށް ކޮޅަށް ތިބި ވަކަރުތަކުގައި މަތިންފެށިގެން ބިމުގައި ޖެހޭވަރަށް ދަމާލެވިފައިވާ އަޅިކުލައިގެ ފޮތިތަކުގައި ހުދުުކުލައިގެ ފިނިފެންމާ ވެޔޮތައް އޮޅިގެންތިބިއިރު ރޫ ޖެއްސިފައިވާ ފޮތިގަނޑު ތަކުގެ މަތިން އެލުވާފައިވާ ޗާންދަލިޔާ ފަށްތަކާއި ރީތި ބައްޓަމަކަށްވާ ރީނދޫބޮކިތައް ދިއްލެމުންދިޔައިރު ލޮލަށް ފިނިކަން ގެނެސްދެއެވެ. ވަށައިގެން ޖަހާލެވިފައިވާ ރިހި ކުލައިގެ ފޮތިތަށް އޮޅާލެވިފައިވާ އެކި ވަރުވަރުގެ ތަނބުތަކުގެ މަތީ ހުދުފިނިފެންމާ ބޯވްލްތަކާއި ޖޭސްމީން އުއްބައްތިތަކެވެ. ބިންގަނޑު ފޮރުވާލެވިފައިވާ ފިނިފެންމާ ފިޔަތަކުގެ މަތީ ބޮޑެތި އުއްބައްތި ތައް ވިރެމުންދިޔައެވެ. ހުދުގޮނޑުދޮށުގައި ކުރެވިގެންދިޔަ ކައިވެންޏަށްފަހު ކައިވެނިކުރެވުނު ޖޯޑު އައިސް އެތަނުގެ ކުރިމައްޗަށްވާގޮތަށް ހުއްޓުމާއިއެކު އަތުގުޅާލައިގެން އައި ލައިޝާއާއި ޝަޔަމް އުފާވެރި ހުނުންތަކާއިއެކު އެދެޒުވާނުންގެ ގައިގައި ހިފައިގަތެވެ.

“ހާދަ ލޯބިއޭ ދޮންބެގެ ޑާރލިން… އައިމް ސޯރ ހެޕީ ފޯރ ޔޫ ބޯތް…. ބޭނުންވާކަމަކާއި ކުރިމަތިލާ ކާމިޔާބު ހޯދާ ޒުވާނަކަށް ނަމޫނާއަކަށް ގައިމުވެސް ޝަލީވާނެ… އިންޝާ ﷲ… މާޒީގައި ކޮއްކޮއަށް ކުރިމަތިވީ ހުރިހާ ހިތާމަތަކަކަށް އުފާތަކުން ބަދަލުލިބިގެންދާނެ…” ޝަޔަމްގެ އަތުގެ ތެރޭގައި ޝަލީން ބަހައްޓާލި ވަގުތުކޮޅަށްފަހު ޝަޔަމް ވާހަކަދައްކަމުންގޮސް ޖަޒުބާތީވީ ވަގުތުކޮޅު ޝަލީންއަށް ޝަަޔަމްގެ އަތުގައި ހިފާލެވުނެވެ. އޭރު އެލޮލުގައި ކަންބޮޑުވުންވިއެވެ.

“ދޮންބެ… އައިމް ސޮރީ… އިޒާ…” ޝަލީންގެ އުފާވެރިކަމަކީ ޝަޔަމްއަށް ވެވޭ ބޭއިންސާފެެއްހެން ހީވިވަގުތު ޝަލީން ވާހަކަދައްކަން އުޅުމާއިއެކު ޝަޔަމް ބޯހޫރާލިއެވެ.

“އެދުވަހުގެ ވާހަކަދެއްކުމުގެ ބޭނުމެއްނެތް.. އިޒާ ނެތަސް ދޮންބެ މިއަދު މިހުރީ ވަރަށް އުފަލުގައި… އިޒާދެކެ ވީ ލޯބީގެ ހައްޤުގައިވެސް ދިރިއުޅުމައިގެން ކުރިއަށްދިޔުން އެއީ ކަންނޭނގެ އިޒްވެސް ބޭނުންވާނެ ގޮތަކީ… އިޒްދެކެ އަދިވެސް ލޯބިވޭ… އެކަމަކު މިއަދު ލައިއާއި ބޭބީއަކީ ދޮންބެގެ މުޅި ދިރިއުޅުން…” ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހަން ހުރެ ލައިޝާ ގެނެސް މޭގައި ޖައްސާލަމުން ޝަޔަމް ބުނެލިއެވެ. އިޒާއާއި އިޒާއާއި ގުޅިފައިވާ ކޮންމެ ދުވަހަކީ އޭނަގެ ހިތުންފިލައިގެން ދިޔުމެއްނެތް ރީތި ހަނދާންތަކެކެވެ. ނަމަވެސް އެހަނދާންތައް ހިތުގައި ފޮރުވާލުމަށްފަހު ލައިޝާގެ އަތުގައި ހިފައިގެން މިއަދު އޭނަ ދަނީ ކުރިއަށްދަމުންނެވެ. މާޒީގައި ހިފަހައްޓައިގެން ތިބުމަށް އިންސާނާގެ އުމުރުވެސް ތަނެއް ނުދެއެވެ.

“ޝަލީގެ އުފާވެރިކަމަކީ ހަމަ ދޮންބެގެވެސް އުފާވެރިކަން… ޔާން ދުވަހުގެ ކޮޅުންވެސް އަހަރެންގެ ކޮއްކޮ ދެރަވާފަދަކަމެއް ނުކުރައްޗޭ… އަަހަރެންގެ ހުރިހަމައެކަނި ކޮއްކޮ ވަރަށް އިތުބާރުކޮށްފައި ޔާންގެ އަތްމައްޗަށް މިދޫކޮށްލަނީ… އެއިތުބާރު ގެއްލޭފަދަކަމެއްނުވުމަށް އަހަރެންއެދެނީ… އަބަދުވެސް ކޮއްކޮގެ މޫނުމަތީން ހިިނިތުންވުން ފެނުމަށް ދޮންބެ އެދެނީ…” ޝަޔަމް ޝަލީންގެ އަތްތިލަ މަޔާންގެ އަތުގެތެރެއަށް ލައްވައިދެމުން މަޔާންގާތުން އެދުނެވެ. ޝަޔަމްގެ އެދުން ފުރިހަމަ ކޮށްދޭން ވައުދުވަމުން މަޔާން ޝަލީންއާއި ދިމާލަށް ބަލާލި ލޯބިން ފުރިގެންވީ ނަޒަރުން ޝަޔަމްގެ ހިތަށް ފިނިކަމެއް އިހުސާސްވިއެވެ. އެތަކެއް ދުވަހެއްގެ އިންތިޒާރަކަށްފަހު އެ ހިތުގެ އުއްމީދުގެ ފުރިހަމަކޮށްދެވޭނެފަދަ ބައިވެރިއަކު އެއަތުގައި ހިފާލައިފިއެވެ. އެއްވެސް ކަންބޮޑުވުމަކާއިނުލާ ކޮއްކޮ އެފަރާތެއްގެ އަތްމައްޗަށް ދޫކޮށްލެވޭފަދަ ފަރާތެއް އޭނަގެ ކުރިމައްޗަށް އައިސްފިއެވެ.

ކައިވެނިކުރެވުނު ޖޯޑަށް ހާއްސަކޮށް ހަދާފައިވާ ބެކްޓްރޮޕް ކުރިމައްޗަށްވާގޮތަށް މަޔާންއާއި ޝަލީން ތިބިއިރު ރީތިކަމުން އެރެއަށް ހާއްސަކޮށް ޕަރީންގެ ދުނިޔެއިން ބިމަށް ތިރިކޮށްލައިގެން ތިބި ރީތިކަން ހުސްކޮށްލައިފައިވާ ޖޯޑެއްހެން ހީވެއެވެ. ކަޅު ކޯޓް ފަޓުލޫނުގައި މަޔާން ހުރިއިރު ފިރިހެންވަންތަކަމުގެ ދެވަނައެއްނުވާފަދައެވެ. ހުދުކުލައިގެ ޖަވާހިރުތަކުން ދަޅައަޅަމުންދިޔަ ހުދު ހެދުމުގައި އަތާއިކަރު ފަޅުފިލުވާލާފައިވާ ގަހަނާތަކުގައި ޝަލީން ވެސް އުޑުގައި ވިދާބަބުޅާ ތަރިއެއްފަދައެވެ. އެއްއަތުން ހުދު އަދި ރިހިކުލައިގެ ފިނިފެންމަލުގެ ގުލްދާސްތާއެއް ހިފަހައްޓާލައިގެން އަނެއް އަތުން މަޔާންގެ އަތުގައި ހިފަހައްޓާލައިގެން ހުރިއިރު އެދޮންމޫނުމަތިވަނީ އުޖާލާވެފައެވެ.

ދުނިޔެވެސް ދިއްލާލަފަދަ ފުރިހަމަ ހިނިތުންވުމެއްގައި ތިބެ ދެޒުވާނުން މެހެމާނުންނާއި ސަލާމްކުރަމުން ދިޔައެވެ. އޭރު އިވެމުންދިޔަ ހިތްގައިމު މިޔުޒިކުން މާހައުލުގެ އުފާވެރިކަން ދެގުނަ ކުރަމުންދިޔައެވެ. ހެޔޮވަރުވަރަކަށް ޖެހެމުންދިޔަ ވައިރޯޅިތަކާއި ފަލަކުގައި ފަރިވަމުންދިޔަ ބުރުހަމަ ހަނދުވެސް ރޭގެ އުފާވެރިކަމުގައި ބައިވެެރިވަމުންދިޔައެވެ. އުޑުމަތީ ދައުރުވަމުންދިޔަ ތުނި ވިލާތައްވެސް ހަނދުގެ ބައިވެރިއަކަށްވަމުންދިޔައެވެ.

ތިންމަސްދުވަސްވާންދެން ޔޫއެސްގައި އުޅެފައި ނައިނާއާއި ހައިލާ މާލެއައީ ޝަލީންއާއި މަޔާންގެ ކައިވެނިކުރެވުނު ރެއަށެވެ. އެއާޕޯރޓުން އައިގޮތަށް ސީދާ ރިޒޯޓަށް އައިސް ޕާޓީގައި ބައިވެރިވެވުނުއިރު މާހައުލުގައި ފޯރި ހިފާލައިފައި އޮތެވެ. އެހާލަހުން އައިތީ މިލީނާ އޮއްސާލި ޝަކުވާތަކާއިއެކު ވަގުތުން ހައިލާ ފަހަތުލައިގެން އުޅެންފެށިއިރު ނައިނާ އުޅުނީ ޝަލީންއާއި މަޔާންގެ ފަސްފަހަތުންނެވެ. ލައިޝާގެ ދެމަފިރިންނާއި އެެއްބައިވެގެން ކައިވެނިކުރެވުނު ދެމަފިރިންނާއި ދިމާކުރަން ފޯރިއައިސްފައި ހުރިއިރުވެސް ނައިނާއަށް ކަމަކަށް އިންތިޒާރުކުރެވެމުންދިޔައެވެ. ދޭތެރެއަކުން އޭނަގެ ކަޅި ދިމަދިމާލަށް ދަތުރުކުރަމުން ދިޔައީ އޭނަ ހޯދަމުންދާ ސޫރަ ލޮލަށް ފެނިދާނެކަމުގެ ޔަޤީންކަމުގައި ހުރެގެންނެވެ. އެންމެފަހުން ވަގުތައް ދިގު ދެމެމުންގޮސް ކެތްކުރަން ދަތިވުމުން ނައިނާ ބަހަނާއެއް ދައްކާލަމުން އެއްފަރާތަކަށް ޖެހިލިއެވެ.

ދުރުދުރަށް ދާންދެން ފަސްގަނޑު ފޮރުވޭވަރަށް ފަތުރާލެވިފައިވާ ރަތްކުލައިގެ ފިނިފެންމަލުގެ ދޫލަ މަތިން ހުސްފަޔާ ފިޔަވަޅުތައް ނަގަމުން އައިސް ނައިނާ ގޮނޑުދޮށަށް ފޭބިއެވެ. އޭރު ރާޅުތަކުގެ ލޮނުގެ އަސަރާއި ވިރެމުންދިޔަ އުއްބައްތިތަކުގެ ލުއި ވަސް އެކުވެގެން ފަޒާގައި ހިތްގައިމު ވަހެއް ހިފާލައިފައިވިއެވެ. ޖެހެމުންދިޔަ ލުއި ރޯޅިތަކާއިއެކު އުއްބައްތިތަކުގެ ހުޅުކޮޅު ނިވެމުންދިޔައީ އަނދިރިކަމަށް މާހައުލު ގަންބާލަމުންނެވެ.

ފައިދަށުން ކަރުދާސް ބޮޑިވާކަހަލަ މުރަނަ އަޑެއް ކިޔަންފެށުމުން ނައިނާގެ ފިޔަވަޅުތައް ހުއްޓޭގޮތްވިއެވެ. ތިރިއަށް ނަޒަރު ހުއްޓާލިއިރު ފިނިފެންމާ ފިޔަތަކުގެ މައްޗަށް އުކާލެވިފައިވާ ހިތުގެ ބައްޓަމަށްވާ ކަރުދާސްކޮޅުތައް ލޮލުގައި އަޅައިގަތުމުން ނައިނާގެ މޫނުން ތަފާތު ކުލައެއް ފެނުނުއިރު ޝައުގުވެރިކަން އެކަމަށް ދެވުނެވެ. އުއްބައްތީގެ އަލި އެޅިގެން ކަރުދާހުގައި ލިޔެވިފައިވާ ރިހި އަކުރުތައް އަނދިރީގެ ތެރެއިން ވިދަމުންދިޔައެވެ. ކުޑަކޮށް ތިރިވެލުމަށްފަހު ނައިނާ އެ ހިތުގެ ބައްޓަމަށްވާ ކަރުދާސްކޮޅުތައް އަތަށްނެގިއެވެ. ކޮންމެ ކަރުދާސްކޮޅެއްގައިވެސް ވިދާ ރިހިކުލައިގެ އަކުރުތަކުން ބަސްކޮޅެއް ލިޔެވިފައިވާއިރު ނައިނާ މަޑުމަޑުން އެބަސްކޮޅު ކިޔާލިއެވެ.

”ބުނެދޭށޭ ރުހެމޭ” އިނގިރޭސި އަކުރުތަކުން ލިޔެފައިވާ ބަސްތަށް ކިޔާލުމާއިއެކު ނައިނާގެ ސިކުނޑި ކަމެއް ހަނދާންކޮށްދިނެވެ. އެ ބަހަކީ އެތަށްފަހަރު ހައިޒަލްގެ ގާތު ނައިނާ ކުރި އާދޭހެއްކަން ހަނދާންވުމުން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.

“އަދިވެސް މިހިތް ގަބޫލެއްނުކުރޭ… ހައިޒަލްގެ ދުުލުން އެލަފްޒުތައް އަޑުއިވުނަސް އެއިން އެންމެ ލަފްޒެއްވެސް މި ނުކިޔަމަންތެރި ހިތް ގަބޫލެއްނުކުރާނެ… އެކަމަކު ހިތުގައި ޝަކުވާއުފެދުނުވަރު ހައިއަށް އިނގޭނެނަމަ…. ޕްލީޒް… ހައިޒަލް…. ބުނެދީބަލަ އަހަންނާއި ރުހެމޭ… އެބަސްތަކަކީ ދޮގަކަށްވިޔަސް… މިހިތަށް ކުޑަވެސް ތަސައްލީއެއް ދީބަލަ…” މާޒީގެ ހަނދާނެއް އާވުމުން ނައިނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.އެވަގުތު ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ނައިނާ ތެދުވެ ފަސްއެނބުރި ބަލާލިއެވެ. ހިނިތުންވެފައިވާ މޫނާއި ހަތަރުކަޅި ހަމަވިއިރު ނައިނާގެ ހަށިގަނޑަށް ފިނިވެގެންދިޔައެވެ.  އެރިއެވެ. ބުދެއްފަދައިން ލޯ ބޮޑުކޮށްލައިގެން ހުރެވުނުއިރު އަނދިރީގެ ތެރެއިން އެ ކަޅި ވިދާލިއެވެ.

އޭނައާއި ދެފޫޓެއްހާ ދުރުގައި ޖީބަށް އަތްޖަހައިލައިގެން އޭނާއަށް ނަޒަރުދީގެން ހުރީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. އޭނާގެ ދެލޯ އެފަރާތެއް ދެކެން ބޭގަރާރުވެފައިވާ އިންސާނާއެވެ. ނައިނާގެ ދުލުން ބަހެއް ބޭރުކުރުމަށް ނުކުޅެދުނުއިރު އެލޮލުގެ ނަޒަރުން އެކަނިވެސް ހައިޒަލްގެ ގާތު އެތަށް ވާހަކައެއް ބުނެދިނެވެ. ދެމަސްދުވަހުގެ އިންތިޒާރުގެ ބޭޤަރާރުކަން އެދެލޮލުންވެސް ފާޅުވެގެންދިޔައެވެ. މަޑުމަޑުން ހައިޒަލްއާއި ގާތަށް ނަގަންފެށި ފިޔަވަޅުތަކާއިއެކު ދެޒުވާނުންގެ ދެމެދުގައިވީ ދުރުމިން ކުޑަވިވަގުތުކޮޅު ހައިޒަލް ދުވެލައިފައި އައިސް ނައިނާ އެއަތުގެ ތެރެއަށްލިއެވެ.

“އައި މިސްޑް ޔޫ…” އެ ތަނަވަސް މޭގެ ތެރޭގައި އެތަށްދުވަހެއްފަހުން ފޮރުވިލަމުން ނައިނާ އިއްވާލިއެވެ.

“އަހަރެން މާބޮޑަށް….” ނައިނާގެ ފަން އިސްތަށިގަނޑު ތެރޭ ހައިޒަލްގެ މޫނު ފޮރުވާލިއިރު ތަކުރާރުކޮށް ދުލުން އެބަސްތައް ބޭރުވިއެވެ. އެއާއިއެކު ނައިނާގެ ހަށިގަނޑުވަށާލެވިފައިވާ ދެއަތް އިތުރަށް ބާރުކުރީ ދުވަހަކު ނައިނާ ދޫނުކޮށްލާނޭ ފަދައިންނެވެ.

ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަށްފަހު ނައިނާ އިސްއުފުލާ ހައިޒަލްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެ ހިނިތުންވުމަށްވެސް ހައިޒަލްގެ ހިތް ފިދާވިއެވެ. މަޑުމަޑު ނައިނާގެ ކަނދުރާގައި ދެއަތުން ހިފަހައްޓާލަމުން އެ ރީތި ދެލޮލާއި މޫނަށް ހައިޒަލް ބޮސްދިނެވެ. ބަސްބުނުމަކާއިނުލާ ދެވަނަ ފަަހަރަށް އެކަކު އަނެކަކުގެ އަތުގެ ތެރެއަށް ބޮޑިވެވުނީއެވެ.

ލުއި ލުއި ގޮތަކަށް ވެލިގަނޑަށް ބޮސްދެމުންދިޔަ ރާޅުތަކާއި ފިޔަވަޅުތައް ހަވާލުކުރަމުން ދެޒުވާނުން އަތުގުޅުވައިލައިގެން ތިބެ ކުރިއަށް ހިނގަމުންދިޔައެވެ. ހުސްފަޔާއި ހިނގަމުންދިޔައިރު ފިޔަވަޅާއިއެކު ރީތި ގޮތަކަށް ނައިނާގެ ހެދުމުގެ ފަސްބައި ބިންމަތީ ދެމެމުންދިޔައެވެ. ފަހަތުން ރޮގަކަށް ފެންނަމުންދިޔައީ ހައިޒަލްއާއި ނައިނާގެ ފިޔަޅުތަކުގެ ނިޝާންތަކެވެ. އެވަގުތުކޮޅު ވޭތުވެދިޔަ ހުރިހާ ދުވަސްތަކެއްގައި ކަންތައްވެގެންދިޔަ ގޮތް ހައިޒަލް ނައިނާއާއި ހިއްސާކުރިއެވެ. ނައިނާގެ ނަޒަރު ހައިޒަލްއަށް ހުއްޓުނުއިރު އެ މޫނުމަތިން ފެނުނު އަސަރަކުން ނައިނާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. އެތަށް ހިތާމަތަކެއް ބަރުދާސްތުކުރުމަށްފަހު އެ ހިނިތުންވުން ފެނުމުން ނައިނާގެ ހިތަށް ތަސައްލީއެއް ލިބުނެވެ.

“ވަގުތާއިއެކީ ހުރިހާކަމެއް ހަމަޖެހިގެން ގޮސްފި…. ބައްޕަގެ ހުވަފެން ހާސިލްކުރުމަށް އަހަރެން ފުރަތަމަ ފިޔަވަޅު އަޅައިފިން… ދޮންތަ ބައްޕަގެ އިރުގައި ބްލޫސްގެ ބައްޕަގެ މަކާން ހަލާކުވެގެންދާން ދޫކޮށްލިޔަސް އަހަރެން ބައްޕަގެ ހަނދާން ދިރުވަން ބޭނުން….”  އެ ވާހަކަ ބުނެލިއިރު ހައިޒަލްގެ މޫނު އަލިވެގެންދިޔަގޮތުން އެކަމާއި އުފާކުރާވަރު ހާމަވިއެވެ. ބްލޫސްގެ ތިންވަނަ ފަންގިފިލާރއާއި އަޒްހާންއާއި އޮތް ގުޅުން އިނގުމަށްފަހު ހައިޒަލް ހުރީ އެބައި އަލުން އާރާސްތުކުރަން ނިންމައިގެންނެވެ. އޭނަގެ ޗެއަރމަންކަމުގައި އޭނައަށް ހާއްސަ ބައެއްކަމުގައި ހަމަޖެހޭނޭބައެއް ގައިމުވެސް އެ ނޫނީ ނެތެވެ.

އާއިލާ ދޫކޮށްލުމަށްފަހު ހައިޒަލް އައިސް މާލޭގައި ހޭދަކުރި ދެމަސްދުވަހުގެ ވާހަކަތައް ހިއްސާކުރެވުނުއިރު ދެ ހިތަށްވެސް ފިނިކަމެއް ލިބުނެވެ. ހަނދުވަރުދޭ ރީތި މަންޒަރު ބަލަހައްޓައިގެން ދެޒުވާނުން ހިނިތުންވެލައިގެން ތިބެފައި ނައިނާއާއި ހައިޒަލް އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ކެތްތެރިކަން ކުޑަވެފައިވާ ނަޒަރަކުންނެވެ. އެ ނަޒަރުންވެސް އެކަކު އަނެކަކަށް ބޭނުންވާވަރު އަންގައިދިނެވެ.

“ނެއިން… ތިއީ އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ހާއްސަ ކުއްޖާ…. ނެއިންދެކެ އަހަންނަށް ލޯބިވެވުނީ އަހަންނަށްވެސް ނޭނގި.. ލޯތްބަށް އަހަރެން ފިލަން މަސައްކަތްކުރިނަމަވެސް އަހަރެން ހިތުގެ މިސްރާބު ނެއިންއާއި ދުރަށް އަނބުރައެއް ނުލެވުނު… އަހަރެންގެ ލޯތްބަކީ ނެއިންގެ ފުރާނައަ ނުރައްކަލަށް ހުށަހެޅޭނެކަމެއްކަން އަހަންނަށް އިނގުނު ހިސާބުން އަހަރެން ނިންމިން ދުރުގައި އުޅެން… ނެއިންގެ ހިތް ހަލާކުކޮށްލައިފައި އަހަރެން ދުރަށް ދިޔައިން… އޭރު ހިތަށް އެރި ދުވަހަކު ނައިނާގެ ލޯތްބެއް ދެން ނުލިބޭނޭ… އެކަމަކު އެތަށް އުނދަގޫތަކަކަށްފަހު އަހަންނަށް ނައިނާއާއި ގާތަށް އާދެވިއްޖެ…. މިހާރު މިދެމެދުގައި ހުރަސްތަކެއް ނެތްއިރު އިންތިޒާރު ކުރުމުގެ ބޭނުމެއްނެތް…” ހައިޒަލްގެ ރީތި ހިނިތުންވުން ނައިނާގެ ހިތުގެ ތެޅުން އަވަސްކުރުވިއެވެ.

“އަހަރެން އަބަދުވެސް ނެއިންއާއި ރުހެން… އެންމެފުރަތަމަ ދުވަހުއްސުރެ… ނެއިން އެތަށްފަހަރަކު އެބަސްތައް ބުނިނަމަވެސް އަހަންނަށް އެބަސްތައް ބުނާނެހާ ހިތްވަރެއް ނުލިބުނު… އަހަންނަށް އެކަން ހާމަކުރެވުނީ މާލަސްވީފަހުން… އެހެން މީހެއްގެ ހައްޤެއްގެ ގޮތުގައި ހުރެ… މިއަދު ނެއިންގެ ހައިގެ ގޮތުގައި ހުރެ ބުނަން ބޭނުން… އަހަރެން ނެއިންދެކެ ލޯބިވަން… ތިނޫނީ އަަހަރެން ލޯބިވާނޭ ފަރާތެއް ނާންނާނެ… އައި ލަވް ޔޫ ބޭބީ…”  ހައިޒަލްގެ ޖުމްލަތަކާއިއެކު ނައިނާގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ކުޅެލިއެވެ. އަނދިރީގެ ތެރޭ އެދެލޯ ޖަވާހިރެއް ފަދައިން ވިދައިގަތެވެ. ދުނިޔޭގެ ހުރިހާ އުފަލެއް މިލްކުވިކަމުގެ އިހުސާސްކުރެވުނުއިރު އެ އިހުސާސް ފާޅުކުރާނެގޮތެއްވެސް ނޭނގުނެވެ. އެބަސްތައް ހައިޒަލްގެ ދުލުން އަޑުއެހުމަށް އޭނަ ހާދަ ދިގު އިންތިޒާރެއްކުރިއެވެ. އެބަސްތައް އިވޭތޯ ސިކުނޑި ބޭގަރާރުވިއެވެ.

“ބުނެބަލަ ނެއިން… މުޅި އުމުރަށް އަހަރެންގެ މީހަކަށް ވާނަންތަ؟ އަހަރެންދެކެ ރުހެމޭ ބުނެދޭނަންތަ؟ ހައިޒަލް ތިރިވެ ބިންމަތީގައި އެއްކަކޫ ޖައްސާލަމުން ހިތުގެ ބައްޓަމަށްވާ ރަތްކުލައިގެ މަހުމާ ފޮއްޓެއް ނައިނާއަށް ދިއްކޮށްލިއެވެ. އަނދިރީގެ ތެރެއިންވެސް ހުދުރަނުގެ އެ އަނގޮއްޓި މުތެއް ފަދައިން ވިދައިގަތެެވެ.

“ހައި….” ނައިނާ ސަޕްރައިޒްވިވަރުން އަނގަމަތީ އަތްއަޅާލެވުނުއިރު މަޑުމަޑުން ހައިޒަލްގެ ނަން ދުލުން ބޭރުވިއެވެ. އެއާއިއެކު އުފާވެރިކަމުގެ ކަރުނަތައް ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ދެމެންފެށިއެވެ.

“ނޫނެކޭ ނުބުނައްޗޭ ލަވް… އެެހެން މީހުންހެން ޑްރާމަޓިކްކޮށް ލޯބިވެއޭ ބުނެލަދޭން އަހަންނަށް ނޭނގިދާނެ… އެކަމަކު އަހަރެން ބުނެލާނީ އަހަރެންގެ ވިންދަކީ ތިއޭ… އަހަރެންގެ ރުހުން ހޯދި ހަމައެކަނި އަހަރެންގެ ލޯބި ލޯބި ނައިނާ… އަހަރެންގެ މުޅި ދިރިއުުޅުން ދިއްލާދީ މުޅި ދިރިއުޅުން ބަދަލުކޮށްދިން ހުޅުކޮޅު…” ހައިޒަލްގެ އަތުގެ ތެރޭގައި އޮތް ނައިނާގެ އަތްތިލައަށް ބޮސްދެމުން ހައިޒަލް އިއްވާލިއެވެ. އެއާއިއެކު ލޮލަށް ގިނަވަމުން އައި ކަރުނަތައް ކޯތާފަތްމައްޗަށް ބަންޑުންވާން ދޫކޮށްލައިގެން ހުރެފައި ނައިނާ ބޯޖަހާލިއެވެ. ހައިޒަލްގެ އަތުގެ ތެރެއިން ނެގި އަނގޮއްޓި ނައިނާގެ އިނގިލީގައި އަޅުވާލިވަގުތުކޮޅު ހަށިގަނޑު ސީދާކޮށްލިގޮތަށް ނައިނާ ގެނެސް މޭގައި ޖައްސާލިއެވެ.

“ޕްރޮމިސްމީ… ދުވަހުގެ މިއަނގޮއްޓި ނެއިންއާއި ވަކިނުކުރައްޗޭ… ނެއިންގެ ފަރާތުން އަހަރެންގެ ހައްޤުވެރިކަން ހޯދާނޭ މީހަކު ދެންނާންނާނެ… މިއީ ބައްޕަގެ ހަނދާން… މަންމަމެންގެ ކައިވެނީގެ ހަދިޔާ… ޓްރެޝަރކުރައްޗޭ…” ނައިނާގެ އަތުގައި ހިފަހައްޓާލައިގެން ހައިޒަލް އެ އޮމާން ކޯތާފަތުގައި އެއްއަތުން ފިރުމާލިއެވެ. އެއާއިއެކު ނައިނާ ގެނެސް އޭނަގެ އަތުތެރޭ ހައްޔަރުކޮށްލީ އެއީ ހަމައެކަނި އޭނަގެ ހައްޤެއްގެ ގޮތުގައި ދުނިޔެއަށް އިއުލާންކުރާފަދަގޮތަކަށެވެ. ދުނިޔެ ބަދަލުވެގެންދިޔަސް އޭނައާއި ނައިނާ ދެން ވަކިކުރެވޭނޭ ބާރެއް ނާންނާނެއެވެ. މަރުފިޔަވައެވެ. ހައިޒަލްގެ ދުއާއަކީ މަރުވެގެންވެސް ދެމީހުން އެކީ ވެލީގެ ދާނުގައި ނިދާލުމެވެ.

މަޑުމަޑުން މެހެމާނުންތައް މަދުވާންފެށުމާއިއެކު ވަރުބަލި ފިލުވާލަންވެގެން ރާޅުގެ އަޑު ހުރަހަކާއިނުލާ އިވޭ ހިސާބުގައި ޖަހާފައިވާ މޭޒުތަކުން މޭޒެއްގައި އިޝާރުއާއި މިޙުރާންގެ ދެމަފިރީން އިށީދެލައިގެން ތިބިއިރު ކޮންމެ ދެމަފިރިއެއްގެ ނަޒަރުވެސް ސީދާވެފައިވަނީ އެ މީހުންގެ ދަރިފުޅަށެވެ. ލޮލުގެ ނޫރުފަދައިން ބަލާބޮޑުކޮށްފައިވާ ދެދަރީންގެ މޫނުމަތީން ފާޅުވަމުންދާ ހިނިތުންވުމަކީ ކޮންމެ މަންމައަކާއި ބައްޕަގެ ހިތުގެ ފިނިކަމަށް ވިއެވެ. ހާއްސަކޮށް އިޝާރުއަށެވެ. ދަރިފުޅާއި އާއިލާއާއިއެކު ހޭދަކުރަން ލިބުނު ކުޑަވަގުތުކޮޅު ދަރިފުޅުގެ ފަރާތުން ފެންނަމުންދިޔަ އުފާވެރިކަމުން ވޭތުވެދިޔަ ދުވަސްތަކުގެ ހުރިހާ ގިލަންތަކެއް އެހިތުން ފިލައިގެންދިޔަފަދައެވެ. އެހިނިތުންވުންތައް އޭނައަށް އެ ފެނުނީ ހާދަ ދުވަހެއްފަހުންނެވެ. މަޖުބޫރުން ޝަލީންގެ ކައިވެނިކުރުވި ދުވަހުން ފެށިގެން އެގޮތަށް ހިނިތުންވެ އުޅުމަކީ ޝަލީން ދަންނަ ކަމެއްވެސް ނޫނެވެ. މަދުފަހަރެއްގައި އެ މޫނަށް ވެރިކުރުވާ ހިނިތުންވުމުގެ ފަހަތުގައި ފޮރުވާ ހިތާމަތައް އޭނައަށް ކިތަންމެ ފަހަރަކު ފެނުނެވެ. ނަމަވެސް އިނގިހުރެ ނޭނގޭކަމަށް ހެދީއެވެ. އެކަމާއި މިއަދު އޭނަ ހިތާމަކުރެއެވެ. މަޔާންފަދަ ޖަވާހިރަކާއި އަމިއްލަ ދަރިފުޅު ވަކިކުރުވުމަކީ އޭނައަށް ކުރެވުނު މޮޔަކަމެކެވެ. އޭނާގެ މާޒީ ދަރިފުޅުގެ ހުރިހާ އުުފަލެއް ފެނަށް ހެދުމުގެ ކުރީން އޭނަަައަށް ވިސްނުނުކަމީ ލެއްވި ރަހްމަތެކެވެ.

އިޝާރު ފުރަތަމަ ފަހަރަށް އިސްވެ މިޙުރާންގެ ފަރާތުން މިރޭ މައާފަށް އެދުނެވެ. އެދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ދުޝްމިނުކަމުގައި މިޙުރާންގެ ކުށެއްނެތެވެ. އޭނަގެ ވިސްނުމުގައި ހުރި އުނިކަމުގެ ސަބަބުން އެކަން ޤަބޫލުކުރަން ބޭނުންނުވީއެވެ. ހައްޤަށް މިޙުރާން ކުރަމުންދިޔަ މަސައްކަތަކީ ބަލައިގަނެވޭވަރުކަމަކަށްނުވީއެވެ. ހަމަވިސްނުން ލިބުމާއިއެކު މިޙުރާންގެ ޤަބޫލުކުރުންތަކަށް އޭނައަށްވެސް ތަބާވެވިއްޖެއެވެ. މިޙުރާންގެ ކުރިމަތީ އިސްއޮބާލަން ޖެހިއްޖެއެވެ. މިޙުރާންއަކީ އޭނަ ހީކުރިވަރަށްވުރެ ހަރުދަނާ މާތް ސަޙްޝިއްޔަތެކެވެ. އޭނަގެ ފަރާތުން މިޙުރާންއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމަށްފަހު ދަރިއެއްގެ ގޮތުގައި ޝަލީން ޤަބޫލުކުރުމަކީ އެކަމުގެ ހެއްކެކެވެ. އަދި ހިތުގައި އެއްވެސް ބުރަކަމެއް ނުބާއްވާ އިޝާރުއަށް މައާފުކުރިގޮތުން ހާމަވީ މިޙުރާންގެ ހިތްތިރިކަމެވެ.

އެތަށް އަހަރުތަކަކަށްފަހު އިޝާރު އިޔާނާއާއިއެކުވެސް ހިތުންނުފިލާފަދަ ވަގުތުކޮޅެއް ހޭދަކުރިއެވެ. އަނބުރާ ލޯބިވާ އަނބިމީހާއާއި ދަރީންގެ ގާތަށް އާދެވޭނެކަމުގެ އުއްމީދުނެތްއިރު އޭނައަށް ލިބިފައިވާ ކުޑަވަގުތުކޮޅުގައި އޭނަގެ ކުޑައާއިލާގެ ހިތްތައް އުފަލުން ފުރާލަދޭން އޭނަ އަޒުމްކަނޑައަޅާފައިވެއެވެ. ޝަޔަމްއާއިއެކު ހޭދަވިވަގުތުކޮޅަށްފަހު އިޔާނާއާއިއެކު އިޝާރު އެކަހެރިވެލިވަގުތުކޮޅު އެދެމެދުގައި ދެކެވިގެންދިޔަ ވާހަކައަކުން އިޔާނާގެ ލޮލަށް ކަރުނަގިނަވިއެވެ. އޭނައަށްޓަކައި އިޝާރަކީ ހުރިހާ އުފަލެކެވެ. މިއަދު އޭނައާއި ކިތަންމެ ދުރުގައިވިޔަސް އެ ހިތުގައި އިޝާރުގެ މައްޗަށް އޮތް ލޯތްބަކަށް ބަދަލުވުމެއްނެެތެވެ. އިޝާރު ގާތުން މިނިވަންވެގެން އެހެން ހަޔާތެެއް ފެށުމަކީ އޭނަ ދުވަހަކު ކުރަން ހިތަށް އަރުވާނޭ ކަމެއްވެސް ނޫނެވެ. އިޝާރުގެ އިންތިޒާރުގައި ކުދިންގެ ގާތުގައި ހުރެ ނިމިގެންދިޔުމަކީ އޭނަ ބޭނުންވާ ގޮތެވެ. އެއީ އޭނަގެ އެންމެ ކުރީގެ އަދި އެންމެ ފަހުގެ ނިންމުންވެސްމެއެވެ. އިޔާނާގެ އެ ނިންމުމުން އިޝާރު ހައިރާންކޮށްލިއެވެ. އިޔާނާ އޭނަދެކެ ވާ މަތިވެރި ލޯބި އޭނައަށް ހައްޤު ވެގެނެއްނުވެއެެވެ. އިޔާނާއާއިއެކު ހޭދަވިދުވަސްތަކުގައި އޭނައަށް އިޔާނާ ދެވުނުހާވެސް އެއްޗަކީ ހިތާމައާއި ހިތްދަތިކަމެވެ. މިއަދު އެކަމާއިމެދު އިޝާރުއަށް ހިތާމަކުރެވުނެވެ. ފާއިތުވެގެންދިޔަ ވަގުތު އަނބުރާ ގެނެވެންނެތްއިރު އޭނައަށް އޮތީ މުޅިއުމުރު އެކަމާއި ހިތާމަކުރުމެވެ. ވަގުތު ފާއިތުވީފަހުން ވިސްނުނީތީ އަމިއްލަ ނަފްސަށް ލައުނަތްދިނުމެވެ. ނަމަވެސް ހިތާމައާއި ކުށްވެރިކަމުގައި ނިމިގެންދާވަރަށްވުރެ ބޮޑަށް އޭނަގެ އަމިއްލަ ނަފްސުގެ އީމާންތެރިކަން ވަރުގަދަކޮށްފައިވެެއެވެ. ހިދާޔަތު އެ ހިތް އަލިކޮށް ފައިވެއެވެ.

ލޯބިންވެރިން އެކި ދިމާލަށް ގޮސް ހަނދުވަރުގެ އަލިކަމުން އުފާލިބިގަންނަން ދިޔައިރު ޝަޔަމްއާއި ލައިޝާ ތިބީ ރިސޯޓަށް ފޭބޭގޮތަށް އިންނަ ފާލަންކޮޅު މަތީގައެވެ. މިރެއަށްޓަކައި އެތަންވެސް ނުހަނު ބޮޑަށް ޒީނަތްތެރިކޮށްފައިވެއެވެ. ރަތްކުލައިގެ ކާރޕެޓެއް ފާލަންމަތީ ދުއްވާލައިފައިވާއިރު ލެންޓަންތަކުން އެތަންއޮތީ ދިއްލާއަޅާފައެވެ. ވަށައިގެން ޖަހާފައިވާ ލަކުނޑި ރެއިލިންގައި މަލުގެ ވެލެއް އޮޅާފައިވާއިރު ވެލުގެ ތެރެއިން މާތައް ބޯދިއްކޮށްލައިގެން ތިއްބެވެ. ފާލަމުގެ ކޮޅުގައި ލައިޝާ މާ ސިންގާ ކަނޑަށް ނަޒަރުހުއްޓައިލައިގެން ހުރިއިރު ބީހެމުން ދިޔަ ރޯޅިތަކުން ހީކަރުވާގޮތްވިއެވެ. ޝަޔަމް ލައިޝާގެ ގާތުގައި ހުއްޓިލައިގެން ހުރިއިރު ލެންޓަންގެ އަލި އެޅިފައިވާ ލައިޝާގެ ރީތިމޫނަށް ބެލުނު އަދަދެއްވެސް ނޭނގުނެވެ. ގަޔަށް ހިފައިލައިފައިވާ ކަޅުރަތްކުލައިގެ ވިދުންގަދަ ހެދުމުގައި ލައިޝާ ހޫރެއްފަދައެވެ. ހެދުމުގައި ވިދަމުންދިޔަ ޖަވާހިރުތަކުގެ އަލި ލެންޓަންގެ އައްޔާއި އެކުވެގެން މޫނަށް އެޅިފައިވާއިރު ކިތަންމެހާވެސް ފުރިހަމައެވެ. ބަލިވެއިނުމުން އިތުރަށް ފަލަވެލައިފައި ހުރިއިރު މޫނުމަތިވެސް އިތުރަށް އޮމާންކަމަށް ދައްކައެވެ. ހެދުމުގެ ތެރެއިން ހަތަރުމަހުގެ ބަނޑު ފާޅުވާލެއް ރީތިކަމުން ބަލަހައްޓައިގެން ހުރުމަށް ޝަޔަމްގެ ހިތްއެދުނެވެ. ހަތަރުމަހުގެ ބަނޑުކޮޅާއިއެކު ލައިޝާ ފެންނަ ކޮންމެފަހަރަކު ޝަޔަމްގެ ހިތްފުރެއެވެ.

“އަދިވެސް ފައިވް މަންތްސް އެބައޮތްދޯ… ބޭބީ ދެކިލާހިތުން އެބަ މޮޔަވޭ… ހިނގާދޯ ލައިގެ ބަނޑުފަޅާލައިފައި ބޭބީ ނަގަން…” ވާހަކައިގެ ތެރެއިން ޝަޔަމް ސަމާސާއަކަށް ހަދާފައި ބުނެލަމުން ލައިޝާގެ ބަނޑުގައި އަތްޖައްސާލުމާއިއެކު ލައިޝާ ދެލޯބޮޑުކޮށްލައިގެން ހުރެ ޝަޔަމްއާއި ދުރަށްޖެހިލިއެވެ.

“ސާބަހޭ… ތިހާ ކެތްތެރިކަން ކުޑަމީހުންނަށް ބައްޕައަކަށްވެވޭތަ؟” ލައިޝާ މޫނުހަދާލަމުން ޝަޔަމްގެ މޭގައި ގޮށްމުށުން ޖަހާލިއެވެ.

“ކެތްތެރިކަން ކުޑަކަމެއްނޫނީ ނޫންކަމެއް ނޭނގެ.. އަހަންނަށް އިނގެނީ ފަސްމަސްފަހުން ލައިގެ މި ބަނޑުކޮޅުން ގައިމުވެސް އަހަންނަށް ބައްޕަ ކިޔާނެ ދަރިފުޅަކު އުފަންވާނެކަން…” ޝަޔަމް ނުހަނު ބޮޑަށް ހިނިތުންވެލައިގެން ހުރެ ނިއްކުރީން ލައިޝާގެ ނޭފަތުގެ ކޮޅުގައި ޖަހާލިއެވެ.

“ކޮންކަހަލަ ބޭބީއެއް ސެމް ބޭނުންވަނީ…” ވާހަކަދެކެވެންފެށި މައުޞޫއުއާއި ގަޔާވެހުރެ ލައިޝާ ސުވާލުކުރިއެވެ.

“ކޮންމެކަހަލަ ބޭބީއަކަށްވިޔަސް އޯކޭއޭ ލަވްސް… ލައިއަށް ގެއްލުމެއްނުލިބި ހެލްތީކޮށް ބޭބީ އުފަންވަނިކޮށް އެ ނިމުނީ… އެހެންވެ ލައި ކައިރީ އަބަދާއި އަބަދު ހެލްތީ އެއްޗެހި ކާށޭ ބުނަނީ… އެކަމަކު ލައިއަކަށް އަޑެއްނީވޭވިއްޔަދޯ… ހޮނޑުލެވެނީއޭ ކިޔާފައި އެއްޗެއް ނުކައިހުރެދާނެ ކިތަންމެ އިރަކުވެސް… މަންމަވެސް ލައި ދެރަވެދާނެއަތީ ގަދަކަމުންވެސް އެއްޗެއްދޭކަށް ނޫޅޭނެ… މަށަށް ހީވަނީ ލައި ފޮނުވަންވީ ވީން މަންމަ ކައިިރިއަށްހެން…” ޝަޔަމް ވާހަކަދައްކަމުން އައިސްފައި މިހާރު އަބަދުހެން ލައިޝާއާއި ދައްކާ ވާހަކަ ތަކުރާރުކުރިއެވެ.

“މަންމަ މިހާރުވެސް ގުޅައިގެން ބޯގޮވާވަރުކުރޭ… ގެއަށްގޮސްފިއްޔާ ނިދިޔަނުދޭނެއެއްނު… ލައިކައިރީ އަހާފަ ސެމް މަންމައާއި ގުޅައިގެންވެސް ޔަގީންކުރޭވިއްޔަ… އިނގޭތަ… މަންމަ ނުބުންޏަސް ސެމް އާއި މެދު ހިތްހަމަޖެހިފައިހުންނަަކަން އިނގޭ… ލައިގެ ޗޮއިސްއެއްނު… ކަމުނުގޮހެއްނުހުންނާނެއެއްނު…” ލައިޝާ ވާހަކަދައްކަމުން ނުހަނު ބޮޑަށް ހިނިތުންވެލިއެވެ. ވީނާ ފާޅުނުކުރިޔަސް މަޑުމަޑުން ޝަޔަމްއާއިމެދު ވީނާގެ ނަޒަރިއްޔާތު ބަދަލުވަމުން އަންނަކަން ފާހަގަކުރެވުމަކީ ލައިޝާއަށް ލިބިފައިވާ އުފަލެކެވެ. އޭނަގެ ބައްޕައާއި އެއްވަަރަށް މަންމަގެ ހިތުގައިވެސް ޝަޔަމްގެ މައްޗަށް ލޯބި އޮންނަން ލައިޝާ އެދެއެވެ.

“އެހެންވެގެނޭ ބުނަނީ މައި ބޭބީ އަކީ ހަމަ ބެސްޓޭ… މަންމަވެސް އޯކޭކޮށްލީވިއްޔަ… ލަވް ޔޫ ބެބްސް…” ޝަޔަމް ކުޑަ ސަކަރާތެއް ޖަހާލައިފައި ލައިޝާ ގެނެސް އެއަތުގެ ތެރެއަށްލަމުން އެ ކޯތާފަތުގައި ތުންފަތްޖައްސާލިއެވެ. ލައިޝާ ނުބުންޏަސް ވީނާގެ ހިތް އޭނަގެ މައްޗަށް ރަނގަޅުވުމަކީ ލައިޝާގެ މަސައްކަތްކަން އޭނައަށް އިނގެއެވެ. އޭނަގެ ދިރިއުޅުމަށް ލައިޝާ ގެނެސްދޭ އުފާވެރިކަމަށް ޝުކުރުއަދާކުރާނޭގޮތެއް އޭނަައަށްވެސް ނޭނގިފައިވެއެވެ. ލައިޝާއަކީ ނޭނގިހުއްޓާ އޭނައަށް ލިބުނު ޖަވާހިރެކެވެ. ލައިޝާގެ ސަބަބުން ހިތާމަތަކާއި ދުރަށްދެވި އާސްމާނުގައި އުދުހެވެންފަށައިފިއެވެ. އޭނަގެ ބަނަވެފައިވީ ހަޔާތަށް ލައިޝާ އައިކަމީ އޭނަގެ ނަސީބެވެ.

ގޮނޑުދޮށުގައި ހުރެފައި ހައިލާ އެއްގަމަށް އަރައިގެން އައިރު މޭޒުދޮށުގައި އިން އިޝާރުގެ ނަޒަރު ހައިލާގެ މޫނަށް ހުއްޓުނެވެ. އޭނަ ޕާޓީއަށް އައީއްސުރެ އިޝާރުގެ ނަޒަރުތައް އޭނައަށް ހުއްޓެމުންދިޔަކަން އޭނައަށް ސިއްރުވެފައެއްނުވެއެވެ. އެބަލާލުންތަކުން އިޝާރު ބުނަން އުޅޭ ވާހަކަ މޭރުންވިޔަސް ހައިލާ ހުރީ ނުދަނެހުރިކަމަށް ހަދާލައިގެންނެވެ. އޭނަ އިޝާރުއާއި ވާހަކަދައްކަން ޖެހޭ ސަަބަބެއް އޭނަ ޤަބޫލުކުރާގޮތުގައި ނުވެއެވެ.

“ހައިލާ…” ދެވަނަ ފަހަރަށްވެސް އޭނައަށް ފުރުސަތުދިނުމެއްނެތި ހައިލާ ދުރަށް ހިނގައިދާނެހެން ހީވި ހިނދު އިޝާރު ތެދުވެގެން އައިސް ހައިލާއާއި ކުރިމަތިލިއެވެ. ކޯޓުން ހައިލާ ފެނުނީއްސުރެ ހައިލާގެ ފަރާތުން މައާފަށް އެދެން އޭނަ ބޭނުންވެފައިވެއެވެ. ހައިލާގެ މައާފު ނުލިބުނަސް އެބީދައިން ކަންކޮށްގެންވެސް އޭނަގެ ހިތަށް ލުއިކަމެއް ލިބިދާނެއެވެ.

“އާނ ހައިލާ… އެކާވީސް އަހަރުކުރީން ބަޔަކު ޖެހި ނުބައި މަޅިއެއްގައި ޖެހި ލޯމަތީގައި ފިރިމީހާ މަރުވެ ހުވަފެންވެ ދުނިޔެއަށް ބިކަވި ނިކަމެތި އަންހެންކުއްޖާ… ދުނިޔޭގައި ހުރެމެ ދަރިފުޅުގެ ލޯމައްޗަށް މަރުވި މައިމީހާ…” ހައިލާ ވާހަކަދެއްކިއިރު އޭނަގެ ނަޒަރު އިޝާރުގެ ލޮލާއި ސީދާވެފައިވެއެވެ. އެލޮލަށް ބަލަން ނުކުޅެދިގެން އިޝާރު އިސްޖަހާލިއެވެ. އެންމެ ޖުމްލައަކުންވެސް މާޒީގެ އެތައް ހަނދާނެއް ހައިލާ އާކޮށްލަދީފިއެވެ.

“އަހަރެން މައާފަކަށް ނޭދޭނަން… އަހަންނަށް އިނގޭ އަހަންނަކީ މައާފު ހައްޤުވާވަރުގެ މީހެއްނޫންކަން… އަޒްހާން އަހަންނަށް ކުރި އިތުބާރުގެ ފައިދާ އަހަރެން ނެގީ އަޒްހާންގެ ކަރުގައި ހިފާފައި… އަޒްހާންގެ ފުރާނައިން… އެދުވަހު އެގޮތަށް ކަންތައްކުރެވުނީތީ އަހަރެން މިއަދު ދެރަވެ ހިތާމަކުރަން… ހައިލާއާއި ދިމާވުމާއި ހަމަޔަށްވެސް އަހަރެންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބޭ…” އިޝާރު ވާހަކަދައްކަމުން ދިޔައިރު އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލައެއްނުލިއެވެ.

“އެދުވަހު އަހަރެމެންނަށް ރައްކާތެރިކަމެއް ދޭން އިސްނެގި މީހާގެ ދެއަތުން އަހަރެމެން މަރުގެ ތުންފަތްމައްޗަށް ކޮއްޕާލީ… އެވަރުގެ ޝަޒާއެއް ހައްޤުވާން އަޒްހާން ކުރީ ކޮންކުށެއް… އަހަރެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އަހަރެން ދިރިއެބަހުރީމޭ ބުނެ އިޝާރަށް ހަމަޖެހުމެއްދޭކަށް އަހަރެން ނެތީން… ފުރާނަ ސަލާމަތްވިޔަސް އަހަރެންގެ ރޫހު އެދުވަހު އަހަންނާއި ވަކިވީ… ލޯކުރިމަތީ އަޒްހާންގެ މަރު… އާޙް… އަމިއްލަ ދަރިފުޅު ސަލާމަތްނުކުރެވިގެން އަހަރެން އުޅުނު ހާލު މީހަކަށް ނޭނގެ.. އެފަދަ ދުވަހެއް އިޝާރަށް ނުދައްކަވާތޯ އަހަރެން ދުއާކުރާނަން… އަހަރެންގެ ހިތުން ދުވަހެއްގެ ކޮޅުންވެސް އެދުވަސް ފިލައިގެންނުދާނެ… މައާފެއްވެސް ނުދެވޭނެ…” ހައިލާގެ އަޑުގައިވީ ފިނިކަމެވެ. ދުވަހަކު މައާފު ނުދެވޭފަދަ ނަޒަރަކުން ބަލަހައްޓައިގެން ހުރުމަށްފަހު ހައިލާ ދުރަށް ފިޔަވަޅުތައް ނަަގަންފެށިއެވެ. އޭރު އެލޮލަށް ކަރުނަތައް ގިނަވަމުންދިޔައެވެ. އެތައްދުވަހަކަށްފަހުވެސް މާޒީގެ އެ ދިލަ ހަނދާންތައް އޭނަ ހިތުގެ ފާރުގަނޑުގައި އިތުރަށް ރޯކޮށްލައިފިއެވެ. ދުވަސްތައް މާޒީއާއި އެކުވެގެންދިޔަސް ދުވަހަކު އެދުވަހުގެ ހަނދާންތައް އޭނައާއި ވަކިވެގެންދިޔުމެއްނެތެވެ. ލޯކުރިމަތީން ބައިވެރިޔާގެ މަރު އޭނާއަށް ފެނުނީ ދުވަހަކު ހިތުންނުފިލާނޭފަަދަ ގޮތަކަށެވެ. އަދިއަދަށްދާންދެންވެސް އެ މަންޒަރުތައް އޭނަގެ ނިންޖަށް ހުރަސްއަޅައެވެ.

ދިރިހުރެމެ އަލިފާންގަނޑުތެރޭ އަނދައިގެންދިޔުމަށްވުރެ ވޭންދެނެވި މަރެއްވެދާނެހެއްޔެވެ؟ އަޒްހާން ދުނިޔެ ދޫކޮށްދިޔައީ އެންމެ ވޭންދެނިވި ގޮތުގައެވެ. ލަސްމަރަކުން އެތައް ވޭނެއް ތަަހައްމަލުކޮށްފައެވެ. މަރުވެގެންދާ ހާލުވެސް އެ ރޫހަށް ހަމަޖެހުމެއްނުލިބިއެވެ. ވީއިރު އަޒްހާންގެ ޤާތިލުންނަށް ދުވަހުގެ ކޮޅުންވެސް އޭނައަށް މައާފުދެވިދާނެ ހެއްޔެވެ؟

ރޭގެ އުފާވެރި މާހައުލުން ލޯބިވެރިން އުފާހޯދަމުންދިޔައިރު ފާޑަކަށް ބާކީވެފައިހުރީ ޔަޒްދާންއެވެ. ޕާޓީއަށް އަންނަމުންދިޔަ ރައްޓެހިންނާއި ވާހަކަދައްކަން ހުރުމަށްފަހު އެކަނިވެލަން ބޭނުންވެފައި ހުރި ޔަޒްދާން އެއްފަރާތަކަށް ޖެހިލިއެވެ. ވަށައިގެން ގަސްތައް ދުއްވާލެވިފައިވާ ދިގު ލޯވްންމަތީން ހިނގާލައިފައި އައިސް އޭނަ ނިކުމެލީ ރިސޯޓުގެ ވިލާތަކާއި ދިމާލަށެވެ. މީހެއްގެ ހިލަމެއްނެތި މިވަގުތު އެތަން އޮތީ ނުހަނު ހިމޭންކޮށެވެ. ލޯތަރަތަރަ ޖަހާހާ ގަދަ އައްޔަކުން ހުރިހާ ކޮޓަރިތަކެއް ދިއްލާލައިފައިވާއިރު ހުރިހާ އަލިތަކެއް އެކުވެ މެދުގައި އޮތް ސާފުފެންގަނޑު ފެންނަމުންދިޔައީ ސާފު ބިއްލޫރިކޮޅެއްގެ މިސާލުގައެވެ. މަޑުމަޑުން ފެންގަނޑުގައި އޮއެމެމުންދިޔައީ ރިވެލިތައް އުފައްދަމުންނެވެ. ޖީބަށް އަތްޖަހާލައިގެން ހުރެ ޔަޒްދާން ފެންގަނޑާއި ކައިރިވީގޮތަށް ފެންގަނޑަށް ފެބެން އިން ކުޑަ ސިޑީގެ ރެއިލިންއަށް ބުރަކަށިލައްކޮށްލިއެވެ. މަޑުމަޑުން ފިރުކެމުން ބާނީތައް އުފައްދަމުންދާ ފެންގަނޑަށް ބަލަހައްޓައިގެން ހުރެފައި ޔަޒްދާން ލޯމަރާލިއެވެ. އެވަގުތު ފައްތަރުތައްމަތީން އަރައިގެން އައި ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. އޭނަގެ ހިތް އެދޭ ފަރާތް ލޯމައްޗަށް އައުމަކީ ނުވާނޭކަމެއްކަން އިނގޭތީ ލޯހުޅުވާ ބަލާލުމަކީ ޔަޒްދާންއަށް މުހިންމުކަމަކަށްނުވިއެވެ. ވަކިހިސާބަކުން އޭނައާއި ގާތްވެގެންދިޔަ ފިޔަވަޅުތަކުގެ އަޑުކެނޑި އަނެއްކާ މުޅި ތަން ހިމޭންކަމަކަށް ގެނބިގެންދިޔުމާއިއެކު ޔަޒްދާން ލޯހުޅުވާބަލާލިއެވެ. އޭނަގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ މެދުގައި އޮތް ފެންގަނޑަށެވެ. އެ ފެންގަނޑުން ހުރަހަކާއިނުލާ ފެންނަމުންދިޔަ ސޫރަފެނިފައި ޔަޒްދާންއަށް ފަސްއެނބުރިބަލާލެވުނުގޮތެއްވެސް ނޭނގުނެވެ.

“ޝަވާ…” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ޔަޒްދާން ކިޔާލީ ޔަގީންކޮށްލާފަދަގޮތަކަށެވެ. އޭނަގެ ކުރިމަތީން ޝާދީންގެ ސޫރަ ފެނުނަސް އެއީ ޝާދީންކަމަަށް ޤަބޫލުކުރަން އޭނައަށް ދަތިވިއެވެ. އަމިއްލަ އިހްތިޔާރުގައި އޭނަގެ ކުރިމައްޗަށް އައުމަކީ ޝާދީން ނުކުރާނޭކަމަކެވެ. މިހާތަނަށްވެސް އިސްނަގައިގެން ޝާދީންގެ ފަހަތުން އުޅުނުމީހަކީ އޭނައެވެ. އެވަރުންވެސް ޝާދީން އޭނަ ބޭކާރުކޮށްލީއެވެ. އޭނަގެ އާދޭސްތަކަށް ބީރުކަންފަތެއްދީފައި ދުރަށްދިޔައީއެވެ. ހަޤީޤަތް ޔަޒްދާންގެ ލޯމައްޗަށް ގަދަވެގެން އައި ވަގުތުކޮޅު އޭނަ އެހެންދިމާލަކަށް ނަޒަރު ހުއްޓާލިގޮތަށް ޝާދީން ކައިރިންލާފައި ދުރަށް ހިނގައިގަތެވެ.

“ދާން…” ލޮލަށް ބޮނޑިވެގެންއައި ކަރުނަތަކާއިއެކު ޝާދީންއަށް ގޮވާލެވުނެވެ. އޭނަ ދޫކޮށް ޔަޒްދާން ހިނގައިދާނެހެން ހީވި ހިނދު ޝާދީންއަށް ޔަޒްދާންގެ އަތުގައި ހިފަހައްޓާލެވުނެވެ. އެއީ ކުރީން ޔަޒްދާންއާއިމެދު އޭނަ ކަންތައްކުރަމުން އައިގޮތެވެ. އެ ހިމޭންހަަރަކާތުންވެސް ލޯބިވާ ހިތެއް ހިމޭންކޮށްލެވިދާނެކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ.

“އެހާ ދުވަސްފަހުން އަހަރެން އައިމަވެސް އަނގައިންވެސް ނުބުނެ ދާނީތަ… އަހަރެން އައީ ކީއްވެތޯވެސް ނާހާނަންތަ؟” ޝާދީންއަށް ފުރަގަސްވާގޮތަށް ހުރި ޔަޒްދާންގެ ކޮނޑުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލަމުން ޝާދީން ވާހަކަދެއްކިއެވެ.

“އަހަންނަށް އިނގޭ އަހަރެން ދެކެން ބޭނުންވެގެން ޝަވާ ނާންނާނެ… އަހަރެން އުއްމީދުނުކުރާ ވާހަކައެއްނޫނީ ތި ދުލުން ނީވޭނެކަން…” ޔަޒްދާން ޖަވާބުދެމުން ދުރަށް ނަޒަރު ހުއްޓާލިގޮތަށް ޖީބަށް އަތްޖަހާލިއެވެ. ޔަޒްދާންއަށް ނޭނގުނީ އޭނަގެ ވާހަކަތަކުން ޝާދީންގެ ލޮލަށް ކަރުނަގިނަކުރުވިކަމެވެ.

“އަހަންނަށްވެސް އިނގޭ ހަޤީގަތް އަންގައިނުދީ އެގޮތަށް ދުރަށްދިޔުމަކީ އަހަންނަށް ކުރެވުނު ކުށެއްކަން… އެކަމަށް ޝަވާ ބޭނުން އަދަބެއްދީ… އެކަމަކު ކަމާއި ނުގުޅޭކަމެއްގައި ޝަވާ އަމިއްލަ ނަފްސު ކުށްވެރިކޮށްގެން ތިއުޅޭ ސަބަބެއް އަހަންނަކަށް ނޭނގެ… ޝަލީއާއި ޔާން ގުޅުނުއިރު އަހަރެމެންނަށް ނުގުޅެވެންވީ ކީއްވެ… ހުރިހާވެސް ކަމަކީ ޝަވާގެ ނަޒަރިއްޔާތު… އަހަރެން ކިހާވަރަކަށް އާދޭސްކުރާނީ… ދެން ބޭނުމެއްނޫން…. ޝަވާ ބޭނުންގޮތަކަށް ނިންމާ… އެކަމަކު އަހަރެންގެ ދިރިއުޅުމަކީ އަހަރެންގެ ހައްޤެއް… މުޅިއުމުރު މިގޮތުގައި ހުރެ ނިމިދިޔަސް އަހަރެންގެ އަނތްބަކަށް ޝާދީން އަލްހާން ނޫން އަންހެންކުއްޖަކު ނުވާނެ…” ފުރަތަަމަ ފަހަަރަށް ޔަޒްދާންގެ ވާހަކަތަކުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ. އޭނަގެ ކެތްތެރިކަން ޝާދީން އިމްތިހާންކުރަމުންގޮސް މިއަދު ކޮޅުންލައިފިއެވެ. ހިތުގެ އުދާސްތައް ރުޅިވެރިކަމުގައި ބޭރުކުރެވުނީ ހިތަށް ކެތްނުވާވަރުނުވީމައެވެ. ހިތް އޮތީތީ އިންސާނަކަށް ކެތްވާނީ ވަކިވަރަކަށެވެ. އޭނަ އޮހޮރިކަރުނަތަކާއި ކުރި އާދޭސްތަކުގެ އަގެއް ޝާދީން ކުރިމައްޗަކު ނެތެވެ. ވީއިރު އިތުރަށް އާދޭސްކުރުމުގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟

“ތިއީ ދާންތަ؟ ކީއްވެ އަހަންނާއި ތިހާ ދުރުވީ… ނޭނގޭތަ ތިގޮތަށް ވާހަކަދެއްކީމަ އަހަރެން ދެރަވާނެވަރެއް….” ޔަޒްދާންގެ ދުރުކަން ތަހައްމަލްނުކުރެވުނު ޝާދީންގެ އަޑުކުރެހުނެވެ.

“ހިތެއް އޮންނަނީ ޝަވާގެ އެކަންޏެއްނޫނޭ… އަހަރެންގެވެސް އޮންނަނީ ހިތެއްކަން ޝަވާ ދަންނަންތަ؟ އަހަރެންގެ ދުރުކަމަކީ ޝަވާ ބޭނުންވީގޮތެއްނު… ތެދަށް ބުނަން… އަހަންނަކަށް ނޭނގެ ޝަވާ ބޭނުންވަނީ ކޮންގޮތެއްކަމެއް… އިތުރަށް މިވާހަކަނުދެއްކުން ކަން ނޭނގެ ރަނގަޅުވާނީ… އަހަރެން ފަހަރެއްގައިވެސް ބޭނުމެއްނޫން ޝަވާއާއި ދެބަސްވާކަށް…” އަތުގެ މުލައްދަނޑިއާއި ހިސާބުގައި ހިފާލެވިފައިވާ ޝާދީންގެ އިނގިލިތައް ނައްޓުވާލިގޮތަށް ޔަޒްދާން ދުރަށް ހިނގައިގަތެވެ. އޭނައަށް ކުރިއަށް އަޅާލެވުނު ދެތިން ފިޔަވަޅާއިއެކު ޝާދީން ދުވެލައިފައި އައިސް ޔަޒްދާންގެ މެދުހަށީގައި ހިފައިގަތެވެ.

“ޕްލީޒް… ނުދޭ… ދާން ނޫނީ އަހަންނަށް އެހީވާން ހުރީ ކާކު؟ އަހަރެން ޤަބޫލުކުރަން އިންސާނަކު އަނެއް އިންސާނަކަށް އާދޭސްނުކުރާވަރަށް ދާން ލައްވާ އާދޭސްކުރެވުނުކަމަށް…. އަހަންނަށް މައާފުކުރޭ… އަމިއްލަ ހިތުގެ ހާލުވެސް ނަގައިގަނެވޭފަދަ ހާލެއްގައެއްނޫން އަހަރެން ހުރީކީ… މިއަދު އަހަރެން ބޭނުންވާގޮތް އިނގިއްޖެ… އަހަރެން މިއަދު ދާންއަށް ބޭނުންވޭ… އެކަމަކު އަހަރެން އެނބުރިއައިމަވެސް ދާން ތިއުޅެނީ ދާކަށްނު…” ޝާދީންގެ ވާހަކަދައްކަމުން ދިޔައިރު އެއަޑުގައިވީ ޝަކުވާއެވެ. އޭނަގެ ދެކޮޅަށް ކިރެމުންދިޔަ ސިކުނޑިއާއިއެކު އޭނައަށް ފަހު ނިންމުމެއް ނިންމުނީ ނުހަނު އުނދަގުލުންނެވެ. އެ ނިންމުމާއިއެކު އެނބުރި އައުމާއިއެކު ޔަޒްދާން އޭނަ މާޔޫސްކޮށްލައިފިއެވެ.

“ވޭތުވެދިޔަ ތިންމަހު އަހަރެން ކެތްކުރިވަރު މާތްﷲ ދެނެވޮޑިގެންވާނެ… ދާންއާއި ދުރުން އުޅުމަކީ އަހަންނަށްވެސް ފަސޭހަކަމެއްނޫނޭ… އެކަމަކު އަހަރެން ހުރީ އެކަނިވެލަން ބޭނުންވެފައި… އަހަންނަށް ކަމަކާއިމެދު ވިސްނާލާނޭ ފުރުސަތު ލިބުނީ އަދި ކިރިޔާ… އަހަރެންގެ ހިތުގައިވާ ދާންގެ ހަނދާންތައް ތި ނޫން ފަރާތަކާއިމެދު ވިސްނާނޭ އެންމެ ހިނދުކޮޅެއްވެސް އަހަންނަކަށް ނުދޭ… އަހަރެން އަދިވެސް ދާންދެކެ ލޯބިވަން…. މުޅި އުމުރަށްވެސް…” ޝާދީން ވާހަކަދައްކަމުންދިޔައިރު ޔަޒްދާން ހުރީ ޖީބަށް އަތްޖަހާލައިގެން އެ މޫނަށް ނަޒަރުހުއްޓާލައިގެންނެވެ. އެ މޫނުމަތީން ޝާދީންގެ އެންމެ ޖުމްލައެއްހާ މިންވަރުވެސް ގަބޫލުކުރިކަމުގެ އަސަރެއްވެސް ނުފެނުނެވެ. ރަކިކޮށްލާފަދަ ނަޒަރަކުން ޝާދީންއާއި ދިމާލަށް ބަލަަހައްޓައިގެން ހުރެ ވަގުތައް ދެމިގެންދާން ފެށުމާއިއެކު މާޔޫސްވެ ޝާދީންގެ ލޮލަށް ކަރުނަގިނަވާންފެށިއެވެ. އެންމެފަހުން ހިތަށް ކެތްނުވެގެން ކޯތާފަތްމައްޗަށް ކަރުނަތައް ބަންޑުންވެގަތުމާއި އެކު އަނގަމަތީ އަތްއަޅާލައިގެން ހުރެ ޝާދީން ޔަޒްދާންއާއި ދުރަށް ދުއްވައިގަތެވެ.

ހަށިގަނޑުގައި ހުރި ބާރެއްލާފައި ޝާދީންއަށް ދުވެފައި ދެވުނީ ވަކި ހިސާބަކަށެވެ. ވަރުގަދަދެއަތަކުން އޭނަ ބިމުން މައްޗަށް އުފުއްލާލި ވަގުތުކޮޅު ޝާދީންގެ ހިތެއް ލިބުނު ސިހުމުގެ ބޮޑުކަމުން ދެލޯ ބޮޑުކޮށްލަމުން ބަލާލެވުނެވެ. ދާދި ކައިރިން ޔަޒްދާންގެ ފިރިހެންވަންތަ މޫނު ފެނުމާއިއެކު ޝާދީންގެ ކަރުނަތަކަށް ހުއްޓުމެއްއައެވެ. ތުންފަތަށް ވެރިވެގެން އައި ހިނިތުންވުމާއިއެކު ޔަޒްދާންގެ ކަރުގައި ޝާދީން ދެއަތްވަށާލިއެވެ. ޔަޒްދާންއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ޔަޒްދާން ހުރީ ވާހަކަދައްކާކަހަލަ މޫޑެއްގައެއްނޫނެވެ. އޭނަ ބަހެއް ބުނުމެއްނެތި ޝާދީން އަތްދަނޑިމަތީ ބާއްވައިގެން ކުރިއަށް ފިޔަވަޅުތައް ނަގަންފެށިއެވެ.

ޔަޒްދާން މޫނަށް ނަޒަރުހުއްޓާލައިގެން އެ ލޮލަށް ގެއްލިފައި އޮވެވުނު އިރުކޮޅަކަށްފަހު ޔަޒްދާންގެ މިސްރާބު ހުރި ދިމާ އިނގުމާއިއެކު ޝާދީން ހާސްވާގޮތްވިއެވެ. ވަގުތުން ގަދަދައްކާފައި ޔަޒްދާންގެ އަތުތެރެއިން ސަލާމަތްވާން މަސައްކަތްކުރިއެވެ. އޭނަގެ ހަރަކާތަކުން ޔަޒްދާންގެ ހަކަތައިގެ އަތް ގުޑާނުލިއިރު ޝާދީންއަށް ހިމޭންވާން މަޖުބޫރުވިއެވެ. އެންމެފަހުން ޕާޓީ ކުރިއަށްދާ ސަރަހައްދަށް އާދެވުމާއިއެކު އެންމެންގެ ނަޒަރުތައް އެދެޒުވާނުންނާއި ދިމާލަށް ހުއްޓެންފެށުމާއިއެކު ޝާދީން ލަދުން މަރުވާވަރުވިއެވެ. ހުރިހާ މެހެމާނުންތަކެއްހެން ގޮސް އެތަނުގައި އާއިލާ މެންބަރުން އެކަނި ތިބިކަމަކީވެސް ނަސީބެކެވެ. އެވަރުންވެސް މިޙުރާންއާއި މިލީނާ ހުންނާނޭކަން ހަނދާންވެފައި ޝާދީންއަށް ބޯއުފުލާ ބަލާލަންވެސް ނުކެރުނެވެ.

ފެނުނު މަންޒަރަކުން މިލީނާއަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ޔަޒްދާން އެހާ ޖެހިލުންކުޑަވެދާނެކަމަށް އޭނަ ހިޔެއްވެސް ނުކުރެއެވެ. އޭރު މަޔާންއާއި ޝަލީން އެދެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން ތިބީ ނުހަނުބޮޑަށް ހިނިއައިސްފައެވެ. ހައިޒަލް އަދި ލާނެތްވާންވެގެން ކޮންމެވެސް އެއްޗެކޭ ކިޔާލުމުން ނައިނާ ވަގުތުން ހައިޒަލްގެ އަތުގައި ހިފައިގަތެވެ.

“މަންމާ… ހައި އާންޓީ… ޝަވާ ބޭނުމޯ އަޅުގަނޑާއި ކައިވެނިކުރަން…” މިލީނާއާއި އަރާހަމަވެފައި ޔަޒްދާން ވާހަކަދެއްކިގޮތުން އެންމެންގެ ހިނިގަނޑު ހިފަހައްޓާލަން ޖެހުނެވެ. ޝާދީންގެ މޫނު މަލެއްހާ ރަތްވެގެންދިޔައިރު ހިތާ ހިތުން ޔަޒްދާންއާއި ދިމާލަށް އެތިވަރުގޮވައިގަނެވުނެވެ.

“ލަދުގަތަކަސް ނުވާނެދޯ… ބުނެބަލަ މަންމަ ގާތުގައި… ޝަވާއެއްނު މެރީކުރަން ބޭނުންވަނީ… ޖަވާބެއްނުދެނީސް ޝަވާއަށް ދެވުނަކަ ނުދޭނަން.. ހެޔޮ މިރޭ ހަތަރުދަމު މިހެން ހުންނަން ޖެހުނަސް…” ޔަޒްދާންގެ އަޑުގައިވީ ޔަގީންކަމާއިއެކު އެ އަތްދޮށުން ފަސޭހަގޮތެއްގައި ސަލާމަތްނުވެވޭނެހެން ހީވި ހިނދު ޝާދީން ލޯމަރާލިގޮތަށް ބޯޖަހާލިއެވެ. އެވަގުތު ޝާދީންގެ ހަށިގަނޑުގައި ވަށާލެވިފައިވާ ޔަޒްދާންގެ ދެއަތަށް ދޫކަމެއް އައިކަން އިހުސާސްވުމާއިއެކު ފުރުސަތުގެ ބޭނުން ހިފަމުން ޝާދީން ޔަޒްދާންގެ އަތްދަނޑިމަތިން ފުންމާލިއެވެ. އޭނަ ދުވެފައި އައިސް ހައިލާގެ ފުރަގަހަށްވަނެވެ.

“ތިއީ ހަމަ ދަރިފުޅު ބޭނުންވާގޮތްތަ؟ މަންމަ ހާދަ އުފާވެއްޖެއޭ… މާތްﷲ މަންމަގެ މިދަރިފުޅަށް ހުރިހާ އުފަލެއް މިންވަރުކުރައްވާށި…” ހައިލާގެ ފަހަތަށް ވަތް ޝާދީންގެ އަތުގައި ހިފައި ގެނައިގޮތަށް ހައިލާ އެ ހަށިގަނޑު މޭގައި ޖައްސާލިއެވެ. އިރުކޮޅެއްގެ ތެރޭގައި ޝާދީން ދުރުކޮށްލުމާއިއެކު މިލީނާ އެއަތުގައި ހިފައިގެން އައިސް ޔަޒްދާންގެ އަތާއި ގުޅުވާލި ހިނދު ޝާދީން ރަކިގޮތަކަށް އިސްއޮބާލިއެވެ. އެއާއިއެކު ޔަޒްދާންކޮށްލިކަމަކުން ޝާދީންއަށް ލިބުނު ހައިރާންކަމަކުން އިސްއުފުލާލާކަށްވެސް ހަނދާނެއް ނުވިއެވެ.

“ޝަވާ… މުޅިއުމުރަށް އަހަރެންގެ ހައްޤަކަށްވެގެން ދިރިއުޅުމުގެ ބާކީ ދުވަސްތައް އަހަންނާއިއެކީ ހޭދަކުރާނަންތަ… ވިލް ޔޫ ބީ މައި ވައިފް…” ދެކަކޫމައްޗަށް ތިރިވެ އިނދެ ޔަޒްދާން އިއްވާލިހިނދު ޝާދީންގެ ހުރިހާ ހިއްސުތަކަށް ފިނިވެގެންދިޔައެވެ. ދުލުގެ ކުރީގައި ޖަވާބު އޮވެވެސް އުފާވެރިކަމުގެ ކަރުނަތަކަށް ގެނބިގެންދިޔަ ހިނދު ޝަލީންއާއި ނައިނާގެ އަޑު ފަޒާގައި ގުގުމާލިއެވެ. ބަސްބުނުމަށް ނުކުޅެދުނު ހިނދު ޝާދީން ބޯޖަހާލިއެވެ. އެއާއިއެކު ޔަޒްދާންގެ އަތުގެތެރޭގައި ޝާދީންގެ ތުނި ހަށިގަނޑު ބޮޑިކޮށްލިއެވެ.

“ސޮރީ… ޝަވާއަށް ފަސްދިނުމަކީ އަހަރެން ދުވަހަކު ކުރާނެކަމެއްނޫން… އެކަމަކު އެވަރަށް އަހަރެން ތަޅުވާ އިންތިޒާރެއްގައި ބެހެއްޓީތީ އަދަބެއް އޮންނަންޖެހޭކަމަށް އަހަރެން ޤަބޫލުކުރަނީ…” ޔަޒްދާން ދެކެ ލޯބިވާކަމަށް އެދުލުން އެއްބަސްވީވަގުތު ހުރިހާ އުފާތަކެއް ހިތަށް ބަންޑުންވެގަަތަސް ޝާދީން އިމްތިހާންކުރަން ބޭނުންވާތީ އޭނަ ބޭރުފުށުން އަސަރެއްދައްކާނުލީއެވެ. އޭނަގެ ނުސިޔާނު ހިތްވެސް ޝާދީންގެ ފަރާތުން ފޮނި ބަދަލެއް ހިފުމަށް އެެދުނީއެވެ.

ޝާދީންއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައިހުރެވެސް މިލީނާމެން ތިބީތީ ޔަޒްދާން ވަގުތުން ޝާދީންއާއި ދުރުވެލިއެވެ. އޭރުވެސް ޝާދީންގެ އަތްތިލަ އޮތީ ޔަޒްދާންގެ އަތުގެ ތެރޭގައެވެ. އެއަތުން ދޫކޮށްލަން ޖެހޭފަދަ ދުވަހެއް ދެން ނާންނާނޭކަމަށް އޭނަ ޔަޤީންކުރެއެވެ.

ދަންވަމުންދިޔަ ވަރަކަށް ފޯރި ގަދަވެ މަޔާންއާއި ޝަލީން ދިޔަނުދީ ހިފަހައްޓައިގެން ހައިޒަލްއާއި ޔަޒްދާން އުޅުނުއިރު ކުދިވެރިންގެ އެ ސަކަރާތްތައް ދެކެން މިލީނާގެ ދެމަފިރިންނާއި ހައިލާއަށް ހުރީ ހެވިފައެވެ. ހާއްސަކޮށް ހައިލާގެ މޫނުމަތީން މިރޭ ނުފިލާ ހިނިތުންވުމެއްގެ އަސަރު ފާޅުވަމުންދިޔައެވެ. އެތަށްދުުވަސްތަކަށްފަހު ހަޤީޤީ މާނައެއްގައި ހިތަށް މިރޭ ހަމަޖެހުމެއް އިހުސާސްވެއްޖެއެވެ. ހައިޒަލްއާއި ނައިނާގެ ހަރަކާތްތަކަކީ އޭނަގެ ހިތުގެ ހަމަޖެހުންކަމުގައިވެފައިވެއެވެ. ޒުވާން ދަރިފުޅުގެ މޫނުމަތީން ފެންނަ ހިނިތުންވުމާއިއެކު އެ ހަރަކާތްތައް ފެންނަ ކޮންމެ ފަހަރަކު އެ ތުންފަތްމަތީގައިވާ ހިނިތުންވުން ފުންވެގެންދަނީ މަރުހޫމް ފިރިމީހާގެ މަތީން ހަނދާންވެފައެވެ. އެތައް އަހަރަކަށްފަހު އުފަން ދަރިފުޅު އެދަނީ މަންމައާއި ބައްޕަގެ ހަޔާތުގެ ސޮފްހާތަކުގެ މަތީގައި އާ ކުލައަކުން ލިޔަމުންނެވެ. ހިތާމައާއި ވޭނުން ފުރިގެންވީ ސޮފްހާތަކުގައި އެދަރިފުޅުގެ ސަބަބުން އާކުލައެއް ޖެހިގެން ހިނގައްޖެެއެވެ.

ހައިޒަލްއާއި ނައިނާގެ ލޯބި ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިއިރު ހައިލާގެ ހިޔާލުގެ ލޯގަނޑަށް އަޒްހާންގެ ހަނދާންތައް އަރާފޭބިއެވެ. އެ ލާނެތް ހީލުންތަކާއި ހައިލާއަށް ހާއްސަ ނަޒަރުތައް އެތައް އަހަރެއްފަހުންވެސް ހަމަލޮލަށް ފެނިލިފަދައެވެ. މަޑުމަޑުން ލޮލަށް ކަރުނަގިނަވަމުންދިޔައިރުވެސް ހައިލާގެ ތުންފަތްމަތީ ހިނިތުންވުމެއްވިއެވެ. އަޒްހާން ދުނިޔޭގައި ނެތަސް އޭނަ އަދިވެސް ދުނިޔޭގައި އުޅެމުންދަނީ އެ ހަނދާންތަކާއިއެކުގައެވެ. ވިންޓަރ ބްރީޒްއަށް އައުމަށްފަހު އަޒްހާންގެ ހަނދާންތައް އެހެން ސިފައެއްގައި އޭނައަށް ލިބިފައިވެއެވެ. އަޒްހާންގެ ހަނދާންތައް ރައްކާކުރެވިފައި ކޮޓަރިއަކީ މިއަދު އޭނަގެ ދުނިޔެއެވެ. އަޒްހާންގެ ފަރާތުން ލިބުނު ހަމައެކަނި ނިޝާންކަމަށްވާ ދަރިފުޅާއިއެކު އެ ދުނިޔެ އިތުރަށް ފުރިހަމަވެގެން ހިނގައްޖެއެވެ. އޭނަގެ ފަހުނޭވާތައް ގުނުން އޮތީ އޭނަގެ ހަޔާތައް އަލުން އަލިކޮށްލި ދަންމަރެއްފަދަ ދަރިފުޅާއިއެކުގައެވެ. އޭނަގެ ހަޔާތަށް އަތްގަދަކުރިފަދަ ނުބައި އަތްތަކަކުން އެދަރިފުޅުގެ ހަޔާތް ބަރުބާދުވެގެންނުދިޔުމަކީ އޭނަގެ އަބަދުގެވެސް ދުއާއެވެ.

5 އަހަރު ފަސް…

އަހަރުގެ ފަހުކޮޅަށް އެޅިއިރު ފުދޭވަރަކަށް ހޫނުގަދައެވެ. އަވިން ބިންގަނޑު ފިއްސަމުންދާއިރު ގަސްތައް އަބަދާއި އަބަދު ހެލިލަ ހެލިލާ ތިބެނީ އެ އެހޫނުކަން ކުޑަކޮށްދޭންހެން ހީވެއެވެ. ދޭތެރެއަކުން ޖެހިލާ ފިނިފިނި ވައިރޯޅިތަށް މާހައުލަށް ވެރިވެފައި ދިލަކަން ކަނޑުވާލުމުގައި ކާމިޔާބުކުރެއެވެ. ފީރޯޒްކޮޅެއްހާ ސާފު އުޑުގައި ދުވާލުގެ ރާނީ ރަނިކަން ކުރަމުންދާއިރު މާޝްމެލޯކޮޅުތަކެއްހާ ހުދު ވިލާތައް ރޭސްޖަހަމުންދެއެވެ. މޫދަށް އެރިލާ ލޯބިވެރިން ޕިކްނިކް ހަދާލަން އެންމެ ރީތި މޫސުމެވެ. ބިޔަ ގަސްތަކުގެ ތެރެއިން ވާދަޖަހަމުންދާ ވިލާތަށް ދެކެން އޮތުމުންވެސް ހިތަށް ހަމަޖެހުން ލިބޭނެއެވެ. ޖެހިލާ ފިނި ރޯޅިތަކުން ހިތަށް ފިނިކަން ލިއްބައިދޭނެއެވެ.

ހެނދުނުގެ ތާޒާކަމާއިއެކު އިރުގެ ހޫނުކަން ދުނިޔެއަށް އަތްގަދަކުރަމުންދިޔަ ވަގުތު ނައިނާ ހައިޒަލް ތިބީ ޑައިމެންޑްވޭލީގެ ބަގީޗާތެރޭ ކިލްޓް ފަތުރައިލައިގެން އިރުގެ ހޫނުކަން ލިބިގަތުމުގައެވެ. ބަގީޗާތެރޭ ހެނދުނުގެ ސަޔަށް އިންސާފުކުރަންތިބިއިރު ދެމަފިރިންގެ ނަޒަރު ހުއްޓިފައިވަނީ ބަގީޗާތެރޭ ކުޅެން އުޅުނު ތުއްތު ޒެލްގެ ހަރަކާތްތަކަށެވެ. ތިން އަހަރަށްދާ ޒެލްއަކީ ނައިނާއާއި ހައިޒަލްގެ ލޮލުގެ ފިނިކަމެވެ. ޒެލްއަކީ ހައިޒަލްގެ ކާބަން ކޮޕީއެކެވެ. ޒެލްގެ ލޯ ނައިނާ ވައްތަރުވެފައި ދެން ހުރި ސިފަތަށް ވައްތަރީ ހައިޒަލްއާއެވެ. ހުދުކުލައިގެ ޓީޝާޓަކާއި އެކު ޓޭންކުލައިގެ ސޯޓެއް ލައްވާލައިފައި ހުރިއިރު ހައިޒަލްގެ ކުޑައިރުގެ ތަސްވީރެއް ލޯކުރިމަތިން ފެންނަހެން ހީވެއެވެ. އިރުގެ ގަދައަލީގެ ތެރޭ ޒެލް ފެންނަނީ ބުދެއްހާ ލޯބިކޮށެވެ. ކޮނޑާއި ހަމަޔަށް އޮތް ފަން އިސްތަށިގަނޑާއި ރަތްކުލަ ފާއްދާލައިފައިވާ ކޯތާފަތުގެ ސަބަބުން ބޭރު ކުއްޖަކާއި ތަފާތެއްނެތެވެ. ހައިޒަލްގެ ހުރިހާ ސިފަތަކަކާއިއެކު ޒެލްއަށް ތަފާތު ރީތިކަމެއްލިބިފައިވެއެވެ. ޒެލްގެ ލޯބިކަމާއިއެކު ލާނެތް އަދާތަކުން އެހާ ކުޑައިރުވެސް އެންމެންގެ ހިތުން ބައެއް މިލްކުކޮށްލައިފައިވެއެވެ. ޝާދީންއާއި، ޝަލީން އަދި މަޔާންއާއި ޔަޒްދާން ޒެލްގެ އަންކަލްސްއަށާއި އާންޓްސްއަށްވެގެން ތިބެނީ ޒެލްއަށްޓަކައި ފިދާވާން ތައްޔާރަށެވެ. ހައިލާ އަދި ހުންނަނީ ހިތުގައިވާ ހުރިހާ ލޯތްބެއް ޒެލްއަށް މިލްކުކޮށްލަދީގެންނެވެ. ޝާދީން އަދި ޝަލީންގެ ކުދިންނާއިއެކު ޒެލް ބޮޑުވަމުން އައީ އެހާ އުފާވެރިކޮށެވެ. ޒެލް ކުޑަވުމުން އައިކަން އާއި ޔަޝްމް ޒެލްދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ޔަޝްމް އެހާ ކުޑައިރުވެސް ޝާދީންއަށްވެގެން އައިކަންއާއި ޒެލްގެ ކަންތައް ބަލަހައްޓާލަނީ ދައްތައެއް ފަދައިންނެވެ. އައިކަން ހުންނަނީ ޒެލްގެ ބެސްޓީއަށްވެގެން ޒެލްއަށް މުޅިން ގޮސް ހުސްވެގެންނެވެ. މިއަދު އެކުދިން ނުފެންނާތީ ޒެލްގެ ހާސް ޝަކުވާ އަޑުއިވިއްޖެއެވެ.

ޒެލް އޭނާގެ ކުޅޭ ސަމާނު އެއްކޮށްލައިގެން ކުޅުމުގެ ފޯރީގައި ހުރިއިރު ކާންދޭން ޖެހުނީވެސް ގަދަކަމުންނެވެ. ނައިނާ އެތައްވަރަކުން ލައްވާ އެތިކޮޅު ހަފާލަން އެތައް އިރެއް ނަގާފާނެއެވެ. އެތަށްދުވަހަކަށްފަހު ކުޅެލަން ފުރުސަތު ލިބުމުން ޒެލް ހުރީ އެހެންކަމަކަށް ސަމާލުކަންދޭފަދަ ގޮތަކަށް ނޫނެވެ.

“ޑޭޑީ… ޕޫލްއަށް އެރެން…” ޒެލްގެ ދުވެލައިފައި އައިސް ހައިޒަލްގެ ކަރުގައި ހިފާލަމުން މައުސޫމްގޮތަކަށް ބުނެލިއެވެ. ހައިޒަލް ޒެލްގެ މަޑު ކޯތާފަތަށް ބޮސްދެމުން އެ ކުޑަހަށިގަނޑުގައި ބައްދާލިއިރު އެ މަންޒަރުން ހިތަށް ލިބުނު ފިނިކަމުން އެ މަންޒަރު ދެކެން ނައިނާއަށް އިނދެވުނީ ފުން ހިނިތުންވުމަކާއިއެކީގައެވެ. ހައިޒަލް ޒެލްއާއި ހެދިވާވަރު ފެނުމުން ނައިނާގެ ހިތަށް ނޭނގޭފަދަ އުފަލެއް ލިބެއެވެ. ޒެލްއަކީ ހައިޒަލްގެ ހިތުގެ ވިންދުފަދައެވެ. ކޮންމެ އަމަލަކުން ދަރިފުޅުދެކެ ލޯބިވާވަރު އަންގައިދޭއިރު ހައިޒަލް ހުންނަނީ ޒެލްއަށްޓަކައި ހުރިހާ ލޯތްބެއް ބަންޑުންކޮށްލައިގެންނެވެ. ކުޑައިރު އޭނައަށް ނުލިބުނު ލޯބި އޭގެ އެންމެ ފުރިހަމަގޮތުގައި ފުރިހަމައަށް ޒެލްއަށް ދޭން ހައިޒަލް ހުންނަނީ އަތުކުރި އޮޅާލައިގެންނެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް ހަފްތާ ބަންދުދުވަސްތައް ނައިނާއާއި ދަރިފުޅަށް ހާއްސަކޮށްލަދެއެވެ. އެކަމާއިހުރެ ނައިނާއަށްވުރެ ބޮޑަށް ޒެލް ވަރުހުންނަނީ ހައިޒަލްއާއި ހެދިއެވެ.

“ދަރިފުޅު ޗޭންޖްކޮށްގެން އިނގޭ ޕޫލްއަށް އެރޭނީ… އާދޭ މަންމީ ލޯބި…” ނައިނާ ޒެލްއާއި ދިމާލަށް އަތްދިއްކޮށްލުމާއިއެކު ޒެލް ވަގުތުން އެއަތުގެ ތެރެއަށް ވެއްޓިގަތީ ޕޫލަށް އެރެން ބޭނުންވެފައި އިންވަރުންނެވެ. އެހެން ނޫންނަމަ ހައިޒަލްގެ އަތުތެރޭ އިންދާ ޒެލް ނެގުމަކީ ނައިނާއަށްވެސް ކުރެވޭނޭކަމެެއް ނޫނެވެ.

ނައިނާ އިރުކޮޅެއްފަހުން ޒެލް އެއްޗެހި ބަދަލުކުރުވައިގެން އައިރު ސްވިމިން ސޫޓްކޮޅުގައި ޒެލް ފެންނަލެެއް ލޯބިކަމުން ކޮންމެ މީހަކުވެސް ފިދާވާވަރުވާނެއެވެ. ޒެލްގެ އަތާއި ފައި އަދި މޫނުގައި ޝަން ލޯޝަން ލެއްވުމަށްފަހު ރިންގަކަށް އަރުވާފައި ޕޫލްއަށް ބޭލުމާއިއެކު ޒެލް ފެންގަނޑުގައި ފައި ތަޅާގަތީ ހުރިހާ އުފަލެއް ލިބިގެންދިޔަ ފަދައަކުންނެވެ. ހައިޒަލް ޕޫލްގައި ޒެލްއާއި އެއްހަމައެއްގައި އުޅެމުންދިޔައިރު ނައިނާ އިނީ ޕޫލްއަށް ފޭބެން އިންނަ ފައްތަރުކޮޅުގެ މަތީ އިށީދެލައިގެންނެވެ. އިރުގެ އަލިއެޅި މުތެއް ފަދައިން ފެންނަމުން ދިޔަ ފެންގަނޑުތެރޭ ދެބަފައިން ފެންނަލެއް ރީތިކަމާއި އުފާވެރިކަމުން ނައިނާ އެ މަންޒަރު ފޮޓޯތަކެއްގެ ގޮތުގައި ރައްކާކުރިއެވެ.

އޭރު ހައިޒަލް ކޮންމެވެސް ސަކަރާތެއް ގަނެލުމުން ޒެލް ހެމުންދިޔައިރު އެ މޫނުމަތީގައިވީ ވިދުވަރުން ނައިނާގެ ހިތަށް ފިނިކަމެއް ލިއްބައިދިނެވެ. އެ ހިނިތުންވުން މާޒީވެ ދިޔަ ދުވަސްތައް ނައިނާއަށް ހަނދާންކޮށްދިނެވެ. ފަސްއަހަރު އެކުވެގެން ނައިނާއާއި ހައިޒަލްގެ ދިރިއުޅުމަށް ގެނުވި ބަދަލު އަންދާޒާކުރެވޭވަރަށްވުރެވެސް ބޮޑެވެ. ފަސްއަހަރު ތެރޭ އެ ލޯބި އިތުރު ހަރުފަތަކަށް ޖެހިލާ ހައިޒަލް އުއްމީދުގެ ކުރި ބޯއްޓަށް ވާސިލްކޮށްދީފިއެވެ. މާޒީގެ ހުރިހާ ހިތިކަމެއް ހިތުން ފޮހެވިގެންދިޔައިރު ފެހި ކުރިމަގަކަށް ބިންގާ އެޅިގެން ހިނގައްޖެއެވެ.

މިއަދު ނައިނާ ގުނަމުންދާ އުފާވެރިދުވަސްތަކަށް ހޯދުމަށްޓަކައި މިވޭތުވެދިޔަ ފަސްއަހަރު އެދެމަފިރިން އެތަށް ގޮންޖެހުންތަކެއް ކަނޑައްތުކުރަން ޖެހުނެވެ. އެތަށް އަޑިގުނަންތަކުން އަރައިގަންނަން މަސައްކަތްކުރަން ޖެހުނެވެ. އަލްހާންގެ މައްޗަށް ހުކުމް ތަންފީޒުކުރެވިގެންދިޔުމާއި އެކަމުގެ ސަބަބުން ކުންފުންޏަށް އައި ލޮޅުން ހައިޒަލް އުންމީދުކުރިވަރެއްވުރެ އެތަށް ގުނަ ބޮޑެވެ. ހޮޓެލް ވިޔަފާރީގައި ރާއްޖޭގެ އެންމެ ކުރީ ސަފުގައި ފައިތިލި ސާބިތުކުރަމުން އައި ކުންފުނި އަޑިއަޅާލިލެއް ބޮޑުކަމުން އަލުން ހިންދެމިނުލެވޭނެކަމަށް އެންމެންވެސް ހީކުރިއެވެ. ނަމަވެސް ހައިޒަލް ހުރީ އެހާ އަވަހަށް އުއްމީދު ދޫކޮށްލާގޮތަކަށް ނޫނެވެ. ކައިވެންޏަށްފަހު ނައިނާ ކިޔަވަން ފުރައިގެންދިޔުމާއިއެކު ހައިޒަލްގެ ހުރިހާ ވަގުތެއް ކުންފުނީގެ މަސައްކަތައް ހުސްކުރިއެވެ. ނަތީޖާއަކަށްވީ ދެއަހަރުގެ ތެރޭ އިހު ހުރި މަގާމަށް ކުންފުނި ޖެހިލުމެވެ. އަޑިއަޅާލަމުން ދިޔަ ވިޔަފާރި އަލުން ކޮޅަށް ޖެހިގެންދިޔުމެވެ. ނަމޫނާ ޒުވާން ވިޔަފާރިވެރިންގެ ތެރޭ ހައިޒަލްގެ ނަން ވިދާލުމެވެ. ހައިޒަލްގެ ބެލުމުގެ ދަށުން ކުންފުނި އިތުރަށް ފުޅާވެގެންދިޔައީ ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރު ދޮރުތަކެއް ހުޅުވާލަމުންނެވެ. އޭ.އެޗް ފިނޭންޝިއަލްގެ ކުޑައިގެ ދަށުން އެތަށް މަޝްރޫއުތަކެއް ހިންގިގެންދިޔައިރު ހައިޒަލް އޭ.އެޗް ފިނޭންޝިއަލްއިން އިތުރު ގޮތްޕެއް ހުޅުވައިގެން ބައްޕަ(އަޒްހާން)ގެ ދުވަސްވީ ހުވަފެން ހަގީގަތަކަށް ހަދައިދިނެވެ. އަޒްހާންގެ ހަނދާނުގައި އަޒްހާން ދުނިޔެދޫކުރިބިމުގައި ހުޅުވިގެންދިޔަ އޭ(އަޒްހާން) މެމޯރިއަލް ހޮސްޕިޓަލް(އޭ.އެމް.އެޗް) އާއިއެކު ހިތްތަކުގެ އަބަދުގެ އަބަދަށް ކޮންމެވެސް ސިފައެއްގައި އަޒްހާންގެ ހަނދާންތައް އާވެ އާވެ ހުންނާނެއެވެ.

ދެއަހަރުފަހުން ނައިނާ ކިޔަވައިގެން އައިސް ކޮމްޕެނީގެ އެާރ ޑިފާރޓްމެންޓްގެ ހެޑްގެ މަގާމާއި ހަވާލުވީއިރު އުފާވެރި ހަބަރެއް ލިބުނެވެ. ޒެލްއަށް ނައިނާ ބަލިވެއިން ހަބަރަކީ ހައިޒަލްގެ މުޅި އުމުރުވެސް ލިބުނު އެންމެބޮޑު އުފަލެވެ. އެދުވަހު ހައިޒަލްގެ މޫނަށް ވެރިވިކުލަތައް ނައިނާގެ ހިތުން ފުހިވެގެން ނުދާނެއެވެ. އެކަމުގެ އުފަލުގައި ހައިޒަލް ނައިނާއަށް ދިން ސަފްރައިޒްއަކީ ނައިނާއަށް ދުވަހަކުވެސް އުއްމީދުވެސް ކުރެވުނުކަމެއްނޫނެވެ. ގަނޑުވަރެއްހެން ހަދާލެވިފައިވާ ޑައިމެންޑްވޭލީ ފެނުމުން ނައިނާއަށް ހިނދުކޮޅަކަށް ގަބޫލުވެސް ނުކުރެވުނުއިރު ހިނދުކޮޅަކަށް ލޮލަށް ކަރުނަތައް ގިނަވެގަތެވެ. މައިންބަފައިންގެ ހުރިހާ ހަނދާންތަކެއް ރައްކާކުރެވިފައިވާ މަކާން އާރާސްތުވެގެންދިޔުމުން ނައިނާގެ ހިތަށް ލިބުނު ހިތްހަމަޖެހުން ބަޔާންކޮށްދޭނޭގޮތެއްވެސް ނޭނގުނެވެ.

މިއަދު ކުށްވެރިންނަށް ހައްގު އަދަބު ލިބި ހައިޒަލްގެ ދިރިއުޅުން އާރާސްތުވެގެން ހިނގައްޖެއެވެ. ހައިޒަލް އަލްހާނަށް މައާފުކުރިޔަސް މިއަދާއި ހަމަޔަށްވެސް އޭނަގެ ބަހުގައި ހިފަހެއްޓިއެވެ. ޝާދީން ބަރާބަރަށް އަލްހާންއާއި ރިހާނާއަށް ޒިޔާރަތްކުރިނަމަވެސް ހައިޒަލް އެއިން މީހެއްގެ މޫނު ދެކިލަން ގޮސްފައެއްނުވެއެވެ. ހައިޒަލް ދެކޭ ގޮތުގައި ކުށްވެރިންނާއި ހެޔޮހިތުންވާހަކަދެއްކިޔަސް އެއީ ބައްޕައަށް ވެވޭ ބޭއިންސާފެކެވެ. ޝަލީންވެސް ހިތްހަލާކުވެފައި ހުރެވެސް ބައްޕަގެ ވާޖިބުތައް ކަނޑަނޭޅި އަދާކުރުމުގައި މިވޭތުވެދިޔަ އަހަރުތަކުގައި ސާބިތުވެ ހުއްޓެވެ.

*** *** *** *** *** ***

ފެންޑާގައި ތިބެގެން ރޭގަނޑުގެ ކެއުން ނެގުމަށްފަހު ކޮޓަރިން އައިގޮތަށް ނައިނާ އުޅެގަތީ ޒެލް ނިންދެވުމަށެވެ. ޒެލްގެ ގައިދޮއްވާލައިފައި ހެދުން ބަދަލުކުރުވުމަށްފަހު އެނދުމަތީގައި ބާއްވާލުމާއިއެކު ޒެލް އުޅެގަތީ އޭނަގެ އަމިއްލަ ކަންތަކާއިގެންނެވެ. ޒެލް ނިންދެވުމަކީ ނައިނާއަށް ކުރަން އުނދަގޫކަމަކަށްވެފައިވެއެވެ. ހާއްސަކޮށް ހައިޒަލް ފެންނަން ހުންނަ ރެެއެއްގައެވެ. ހައިޒަލް ހުއްޓާ ޒެލް ހިމޭނުންހުރުމަކީ ނުވާނޭކަމެކެވެ. ދެބަަފައިންގެ ސަކަރާތްބޮޑުކަމުން ނައިނާ އަޑުލާންޖެހޭ ކިތަންމެ ފަހަރެއް އާދެއެވެ. ޒެލް ގަދަދައްކާލައިފައި ހުއްޓާ ނައިނާ ޒެލް އުފުލާލިގޮތަށް އެނދަށްލުމާއިއެކު ހައިޒަލް ފޯނެއްގައި ހުރެގެން ކޮޓަރިން ބޭރަށް ނިކުތެވެ.

އުޑުމަތީގައި ވިލާކޮޅެއްވެސް ނެތި އޮމާން ބިއްލޫރިކޮޅެއްފަަދައިން ވިދަވިދާއޮތްއިރު އަލިމަސްތަކެއްފަދަ ތަރިތައް އުޑަށް އަލިކުރަމުންދިޔައެވެ. މެދު އުޑުގައި ބަބުޅަމުންދިޔަ ސާދަވިލޭރޭގެ ހަނދުވެސް އިނީ ނުހަނު ބޮޑަށް ހިނިތުންވެލައިގެންނެވެ. ހަނދުވަރުގެ އަލިން ފެންވަރަމުންދިޔަ ގަސްތައް ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގައި މަލުގެ ވަސް ފަތުރަމުން ލަވަކިޔަމުންދިޔައެވެ.

ފަނަރަވަރަކަށް މިނެޓަށް ދެމިގެންދިޔަ ފޯނު ކޯލަށްފަހު ހައިޒަލް ފޯނު ޖީބަށް ލީގޮތަށް އުސްކޮށްހަދާފައިވާ ފެންޑާއަށް ނިކުތެވެ. ބިމަށްވުރެ ކުޑަކޮށް އުސްކޮށް ހަދާފައިވާ އެތަންކޮޅުގައި ވަށައިގެން ރެއިލިންގެ ޖަހާފައިވާއިރު ބިންމަތީގައިވާ ބޮޑެތި ގަސްމުށިތަކަކީ ތަނުގެ ޒީނަތްތެރިކަމުގެ ބައެއްކަމުގައިވެއެވެ. އަދި މޫސުމް ރީތިކަމުން އެދިމާލުން ފެންނަ މަންޒަރު ބަލާނުލާ ފޫހިނުވާނެއެވެ. ރޭގަނޑުގެ އަނދިރިކަން ފޫދުއްވާލަމުން އުޑުގައި ފިޔަޖަހަމުންދިޔަ ތަރިތަކަށް ހައިޒަލް ނަޒަރު ހުއްޓާލައިގެން ހުރިއިރު ނައިނާ އެ ހަޔާތަށް އައި ގޮތާއިމެދު ވިސްނުނެވެ. އޭނަގެ އަނދިރިކަން ވެރިވެފައިވާ ހަޔާތް އަލިވެގެންދިޔުމަށް މެދުވެރިވި ހުޅުކޮޅަކީ ނައިނާއެވެ. ތަރިތަކަކާއިނުލާ އަނދިރިކަމާއި ފަޅުކަމުގައިވީ އުޑުގައި ތަރިއެއް ފިޔަޖަހާލީ ނައިނާ އެ ހަޔާތަށް އައިފަހުންނެވެ. މިއަދު ނައިނާއާއި ޒެލްއަކީ އޭނަގެ އުޑުގައި ފިޔަޖަހަމުންދާ އެންމެ އަލިގަދަ ދެ ތަރިއެވެ.

ހިޔާލުގެ ކަނޑަކަށް ހައިޒަލް ގެނބެމުންދިޔަ ވަގުތުކޮޅު ޒެލްގެ ތުއްތު ފިޔަވަޅުތަކާއި ލާނެތް ހުނުމުގެ އަޑުއިވިފައި ހައިޒަލް ފަސްއެނބުރިބަލާލިއެވެ. އޭރު ނައިނާއަށް އަތުނުވާންވެގެން ޒެލް ދުވެފައި އައިސް ހައިޒަލްގެ ފައިގައި ހިފަހައްޓާލީއެވެ. ނައިނާ ޒެލްގެ ފަހަތުން ފެންޑާއަށް ނިކުތީ ހެމުން ހެމުންނެވެ.

“ނެއިން… ޒެއްލު ނުނިދަންވެގެންތަ މިދުވަނީ.. ޑެޑީގެ ޝުގަރ..” ޒެލްގެ ފަހަތުން ފެންޑާއަށް ނިކުތް ނައިނާ ބަލާލަމުން ހައިޒަލް ވާހަކަދެއްކިއިރު ޒެލްގެ ކޮލުގައި ހިފާލިއެވެ.

“ޑެޑީއާއި އެކީގަޔޯ ނިދާނީ…” ނައިނާ ހައިޒަލްއަށް ބަލާލަމުން ބުނެލިއެވެ.

“އަވަހަށް އާދޭ ޑެޑީގެ ބޭބީ… މިއީ ޑެޑީގެ ކުއްޖެކޭ…” ހައިޒަލް ޒެލްްއާއި އެއްހަމަޔަކަށް ތެދުވެ ޒެލް އެއްއަތުން އުފުލާލަމުން އެ ވަށް ކޮލުގައި ތުންފަތްޖައްސާލިއެވެ. އެވަގުތު ޒެލް ރަކިގޮތަކަށް ހީލީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭނޭ ފަދައަކުންނެވެ.

ޒެލްގެ ކުޑަހަށިގަނޑުގައި ފިރުމަމުން އައިސް ހައިޒަލް އޮށޯވެލީ ފެންޑާގެ އެއްފަރާތެއްގައި އެލުވާފައިހުރި ހެމޮކްގައެވެ. ޒެލްގެ ހަށިގަނޑާއިއެކު ހެމޮކްގައި ހަމަޖެހިލިވަގުތުކޮޅު އޭނަ އަތްފޯރުވާލިގޮތަށް ނައިނާ ގެނެސް އަނެއްފަރާތުގައި ބާއްވާލިއެވެ.

“ޑެޑީ މިއީ ކޮންކުދިންނެއް؟” ހައިޒަލްގެ އަތުތެރޭ ބޮޑިވެގެންއޮވެފައި ޒެލްގެ އަތުތެރޭއޮތް ފޮޓޯގަނޑު ހައިޒަލްއަށް ދައްކާލަމުން އަހާލިއެވެ. އެއާއިއެކު ހައިޒަލް ޒެލްގެ އަތުން އެ ފޮޓޯގަނޑު ނަގަމުން ބަލާލިއެވެ. އެއީ ހައިލާއާއި އަޒްހާންގެ ޒުވާން ދުވަސްވަރުގެ ފޮޓޯގަނޑެކެވެ. ފޮޓޯގައި އަޒްހާން ޝާދީން އުރާލައިގެން އިންއިރު ހައިޒަލް އޮތީ ހައިލާގެ އަތުތެރޭގައެވެ. ނައިނާ އެހާ ރައްކާކޮށްގެން އުޅެނިކޮށް ޒެލް އެފޮޓޯގަނޑު ހޯދައިގަތްގޮތެއްވެސް ނޭނގެއެވެ.

“މިއީ ދަރިފުޅުގެ ކާފަ… މީ މާމަ… މީ ދޮންތީ… ދެން މާމަ އަތުގައި އޮތް ބޭބީއަކީ ޑެޑީ…” ހައިޒަލް ވަކިވަކިން ކޮންމެ މީހެއްގެ މޫނުގައި އިނގިލި ޖައްސަމުން ޒެލްއަށް ކިޔައިދިނެވެ.

“ކޮބާ މަންމީ؟” ޒެލް ވަރަށް ވިސްނާލައިފައިކޮށްލި ސުވާލު އިވިފައި ހައިޒަލް ހީލިއެވެ.

“އޭރު މަންމީއާއި ޑެޑީ މީޓްއެއްނުވެޔޭ.. މަންމީއަކީ މާފަހުން އައި ކުއްޖެކޭ…” އެވަގުތު ނައިނާއާއި ހައިޒަލްގެ ނަޒަރު ސީދާވެގެންދިޔައިރު ދެޒުވާނުންގެ ދެލޮލުންވެސް ތަފާތު ވިދުމެއް ފެނިލީ މާޒީ ހަނދާންވެފައިހެން ހީވެއެވެ. ހައިޒަލްގެ ތުންފަތްމަތީ އެވަގުތު ކުޅެލި ހިނިތުންވުން ނައިނާ ގާތު އެތަށް ވާހަކަތަކެއް ބުނެދިނެވެ.

“ބައްޕަ އެ އޭޖްގައިވެސް ހައިއާއި ތަފާތެއްނެތެއްނު… ހައިވެސް ހީވަނީ ޒެލްކުޑަކޮށްލާފައި އިންހެން… ބޭބީ ބޮޑުވެގެންވެސް ހުންނާނީ ހަމަ ޑޭޑީހެން…” ނައިނާ ފޮޓޯގަނޑަށް ބަލަހައްޓައިގެން އޮވެ ވާހަކަދެއްކިއެެވެ. އެފޮޓޯ ފެންނަކޮންމެ މީހަކަށްވެސް ހައިޒަލްއަކީ ޒެލްހެން ހީވާނެއެވެ.

ޑޭޑީއާއި ވައްތަރުވާނެއެއްނު… ޒެއްލުއަކީ ޑޭޑީގެ ޕްރިންސެއްނު ދޯ ދަރިފުޅޫ…” ހައިޒަލް ޒެލްގެ ކޯތާފަތުގައި ތުންފަތްޖައްސާލަމުން ފަން އިސްތަށިކޮޅުގައި ފިރުމަންފެށިއެވެ. އޭރު ޒެލް ހައިޒަލްގެ މޭގައި ބޯއަޅާލައިގެން ދެއަތުން ހައިޒަލްގެ ކަރުގައި އަތްއަޅުވާލައިގެން އޮތީ އޭނާގެ ޑެޑީ މުޅިންހެން އަމިއްލަކޮށްލައިގެންނެވެ. އެ ބިސްމޫނުކޮޅު ހައިޒަލްގެ މޫނުމަތީ ޖެހި ޖަސްވެފައިވާ އޮތްއިރު ބަލާބަލާ ފޫހިނުވާނެއެވެ. މަޑުމަޑުން ހެމޮކްހެއްލެމުންދިޔައިރު ޖެހެމުންދިޔަ ވައިރޯޅިތަކުން މާހައުލުގައި ފިނިކަމެއް ހިފާލިއެވެ. ފިންޏާއި އެކު ހަށިގަނޑުގައި ހިފަމުންދާ ކަންނެތްކޮށްލާފަަދަ އަސަރާއިއެކު ޒެލްގެ ކުޑަ ހަށިގަނޑު މަޑުމަޑުން ބަރުވާންފެށިއެވެ. ޒެލް ނުނިދަންވެގެން ލޯބޮޑުކޮށްލައިގެން އޮއްވާވެސް މަޑުމަޑުން ލޯމެރެމެންގޮސް ނިދީގެ ތެރެއަށް ގެނބިގެންދިޔައީ ދާދި އަވަހަށެވެ. އެ ތުއްތު ހަށިގަނޑުގެ ނޭވާތައް ފުންވެ ނިދީގެ އާލަމަކަށް ގެނބިގެންދިޔައިރު ހައިޒަލް އެ ހަށިގަނޑު މޭގައި ޖައްސާލައިގެން ހުރެ ހެމޮކްއިން ތެދުވިއެވެ. އޭރު ހައިޒަލްގެ ކޮނޑުގައި ބޯއަޅާލައިގެން ޒެލް އޮތްއިރު އެ މޫނުމަތީވީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. ނިދީގެ ތެރެއިންވެސް އެ ތުއްތު ދަރިފުޅު ރީތި ހުވަފެނެއް ދެކެމުންދާފަދައެވެ.

ޒެލްއަށް ހާއްސަކޮށްފައި ކޮޓަރީގައި ޒެލް ބާއްވާލުމަށްފަހު ހައިޒަލް ނިކުމެގެން އައިރު ނައިނާ ހުރީ ފެންޑާގެ ރެއިލިންގައި އަތްއަޅުވާލައިގެން ކުރިމަތީން ފެހިކަމުގެ މިސާލެއްގެ ގޮތުގައި ފެންނަމުންދާ ބަގީޗާއަށް ނަޒަރު ހުސްކޮށްލައިގެންނެވެ. މާތަކުގެ ރީތިކަމާއި ވާދަކުރަމުންދިޔަ ނައިނާގެ ރީތިކަން ފެނި ހައިޒަލްއަށް އެެހެން ދިމާލަކަށް ބަލާލަންވެސް ނުކުޅެދުނެވެ. ހުދުކުލައިގެ ތުނި ގަމިހަކާއި ސޯޓެއްގައި ހުރިއިރު ހަނދުވަރުގެ އަލިކަމުގެ ތެރޭގައި އެދޮންކަންވިދަމުންދިޔައެވެ. ރޫޅިގެން އުނަގަނޑަށް ވުރެ ތިރިއަށް ފައިބައިފައިވާ އިސްތަށިގަނޑު ވަޔާއި ހޫރެމުންދިޔައީ އެ އޮމާން މޫނުގައި ފިރުމަމުންނެވެ. އިރުކޮޅެއްވާންދެން ސިހުރެއްފަދަ އެ ރީތިކަމަށް ގެއްލިފައިހުރެފައި ހައިޒަލް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ނައިނާގެ ހަށިގަނޑުގައި ފަހަތުން ބައްދާލިއެވެ. އެއާއިއެކު ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު ތިރިކޮށްލަމުން ނައިނާ ބަލާލީ ނުހަނު ރީތި ހިނިތުންވުމަކާއިއެކީގައެވެ.

“މަންމަ ގުޅީ.. ޒެލް މިސްވަނީއޭ ބުނީ…” ހައިޒަލް ސުވާލުނުކުރަނީސް ނައިނާ އޮޅުންފިލުވައިދިނެވެ.

“އެންމެދުވަހަކަށް ޒެލްގޮވައިގެން އަޔަސް މަންމަ ހުންނަނީ މިސްވާވަރުން މޮޔަވެފައި ދޯ…” ވަޔާއިއެކު ނަށަމުންދާ ނައިނާގެ އިސްތަށިގަނޑާއި ކުޅެމުން ހައިޒަލް ވާހަކަދެއްކިއެވެ.

“މަންމަ ކައިރީ ބުނަމޭ އަންނާށޭ… އެކަމް ބަހަނާއެއް ހޯދާނެ ނާންނަންވެގެން…” ހައިޒަލްގެ ހަށިގަނޑަށް، ހަށިގަނޑު ބުރަދޫކޮށްލަމުން ނައިނާ ލޯމަރާލައިފިއެވެ.

“މަންމަ އަހަރެމެންނަށް ފްރީޑޮމްދޭންވެގެން ހަދާ ގޮތޭ… އެކަމް މަންމަ މަށަށްވެސް ގުޅާލާނަމަ ދޯ… ނެއިންއަށް އެކަނިތަ ގުޅަން ޖެހެނީ… މާ ލޯބިވާ ދަރިއެއް ލިބުނުފަހުން ނުވޭ އަހަރެެން މަތިން ހަނދާނެެއް…” ހައިޒަލް ވާހަކަދައްކަމުން އައިސްފައި ނައިނާގެ ކޮލުގައި ހިފާލިގޮތަށް ގޯނާއެއްކޮށްލިއެވެ.

“ޖޭވީތަ؟” ހައިޒަލްގެ ޖުމްލައާއިއެކު ބޮތްކެއް ފިޔަޖަހާލާހާ ބާރުމިނުގައި ދެލޯ ހުޅުވިގެންދިޔައިރު ނައިނާ ހައިޒަލްގެ މޫނަށް ބަލާލީ ދިމާކޮށްލާފަދަ ނަޒަރަކުންނެވެ.

“ޖޭވާކަން އަންގާލަންތަ؟” ނައިނާގެ ސަމާސާގައި ބައިވެެރިވަމުން ހައިޒަލް ނައިނާގެ ކަންފަތްދަށުގައި ކިޔާލިއެވެ. އެއާއިއެކު ނައިނާ ނުވިސްނާ ހުއްޓާ އަތްދަނޑިމައްޗަށް އެ ލުއި ލުއި ހަށިގަނޑު އުފުލާލިއެވެ.

“ހައިގަނޑާ ތިރިކުރަންވީ އިނގޭ… ހާދަ ލާނެތް ވެގެނޭ ދެން ހައި މިއުޅެނީ…” އެ ކުއްލިއަމަލުން ސިހުނު ނައިނާ ހައިޒަލްގެ މޭގައި ގޮށްމުށުން ތަޅައިގަންނަމުން ސަލާމަތްވާން މަަސައްކަތްކުރިއެވެ. އެއާއިއެކު ދިގު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެންދަމުން ހައިޒަލް ނައިނާއަށް ހިމޭންވާން އެންގިއެވެ. ޒެލް ނިދާފައި އޮތްކަން ހަނދާންކޮށްލަދިނެވެ.

“އަހަރެންގެ ދިރިއުޅުމުގައި މިހާތަނަށް ވީ ކަންތަކުގެ ތެެެރެއިން ރިގްރެޓްނުކުރާކަމަކީ ކޮބައިކަން އިނގޭތަ؟” ފަހަރަކު ސިޑީގެ ހަރުފަތެއް ގިރާކުރަމުން މައްޗަށް އަރަމުން ހައިޒަލް ވާހަކަދެއްކިއެވެ. އޭރު ނައިނާ އޮތީ ހައިޒަލްގެ ކަރުގައި އަތްވަށާލިގޮތަށް ޝައުުގުވެރިކަމުގެ ނަޒަރަކުން އެ މޫނަށް ބަލަހައްޓައިގެންނެވެ.

“އަހަރެންނާއި ނެއިންއާއި އެންމެ ފުރަތަމަ ދިމާވި ދުވަސް… އެދުވަހު ނެއިން ހަޅޭލަވަލަވާއޮތްވާ އެޓްމޯސްފިއާ ހޮޓެލްއަށް ގެންދިޔުން… އެދުވަހު އަހަރެން ނެއިންގެ ޖޮބް އިންޓަރވިއު ކަޓުވާނުލިނަމަ އަހަރެމެން ބްލޫސްއިން ދިމައެއްނުވީސްކަން ނޭނގެ… ޝެެރީލްއާއިއެކީ ހުރި ދުވަހު ޝެރީލްއަށް ދައްކަން ކިސްކުރިއިރުވެސް ހިތަކަށް ނާރާ މީ މަގޭ ވަައިފްއަށްވާނޭ ކުއްޖާއެކޭ… ޖެހިގެން އައި ދުވަހު ހުރީ އިންޓަރވިއު ރޫމްގައި… އައި ވޯޯޒް ޝޮކްޑް… މައި ސެލްފޯން….” ތުންފަތްމައްޗަށްވެރިވެގެން އައި ލާނެތް ހިނިތުންވުމާއިއެކު ހައިޒަލް ނައިނާގެ ބަޓަން ނޭފަތުގައި ހިފާ ރަތްކޮށްލިއެވެ. އޭރު ނައިނާ މޫނު ހަދާލައިގެން އޮތީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ.

“އެދުވަހު ހާދަ ރުޅިއައޭ ހައިދެކެ… ވަރަށް އެއްޗެހިކިޔާލީން… ކާކު ބުނާނީ އެ ފޮނި ބޮޑާ ފިރިހެނާ މަގޭ ހަޒްބެންޑަށް ވާނެއޭ….” ނައިނާވެސް ދޫނުކޮށް ހައިޒަލްއަށް ރައްދުދިނެވެ.

“ވަޓް ފޮނި ބޮޑާ…” އެ ބަސްތައް ހައިޒަލް ކިޔާލީ އަނގަޔަށް ގޮތެއް ހަދާލައިގެން ހުރެއެވެ.

“ޔާ… ހައި ހަމަ އޭރު ވަރަށް ފޮނި… އައި ސޯ ހޭޓެޓް ޔޫ…” ނައިނާ ވާހަކަދައްކަމުންދިޔައިރު ހައިޒަލްގެ މޫނަށް ވެރިވާކުލަވަރު ބަލަން އޮތީ މަޖާވެފައެވެ.

“ހޭޓްކުރަމުންގޮސް ލޯބިވެސްވީނު…” ހައިޒަލްގެ އަޑުގައިވީ ދިމާކުރުމުގެ ރާގާއިއެކުވެސް ނައިނާއާއި ދިމާލަށް ބަލާލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެއާއިއެކު ނައިނާ ބިންމަތީގައި ބަހައްޓާލިއެވެ. އޭރު އެދެޒުވާނުންނަށް ތިބެވުނީ މަތީބައިގެ ކޮޓަރިތަކުން ކޮޓަރިއެއްގެ ދޮރުމަތީގައެވެ. ފަޑުއައްޔަކަށް ގެނބިފައިވާ ދިގު ކޯރިޑޯއަށް ނަޒަރު ހިންގާލުމަށްފަހު ހައިޒަލްއާއި ދިމާލަށް ނައިނާ ބަލާލުމާއިއެކު ދޮރުގެ ފާރަށް ލެގިލަމުން ހައިޒަލް ތަޅަށް އިޝާރާތްކޮށްލިއެވެ. އެ އިޝާރާތުން ދޭހަކޮށްދޭން އުޅޭ އެއްޗެއް މޭރުންނުވެހުރެވެސް ނައިނާ މަޑުމަޑުން ތަޅުގައި ހިފައި ދޮރު އެތެރެއަށްވާގޮތަށް ލައްޕާލިއެވެ. އެއާއިއެކު ނައިނާއަށް އަނގަމަތީ ދެއަތްއަޅާލެވުނެވެ.

ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަން ކުޑަކޮށްދެމުންދިޔައީ މާބްލްސްމަތީ ވިރެމުންދިޔަ ބޮޑެތި އުއްބައްތިތަކުންނެވެ. ދޮރުން ފެށިގެން ހުދުކުލައިގެ ސަނދުވާތައް ދަމާލެވިފައިވާ އެނދާއި ހަމަޔަށް ދެމިފައިވާ ރަތް ފިނިފެންމަލުގެ ދޫލައިން މާބްލްސްތައް ފޮރުވިފައިވެއެވެ. ހުދު ބެޑްޝީޓްމަތީގައިވެސް ރަތްކުލައިގެ ފިނިފެންމާ ފިޔައިން ޝީޓެއް އަޅާލެވިފައިވާފަދައެވެ. އުއްބައްތީގެ ހިތާއިލާމެހިގެންދާ މީރު ވަހުން މުޅި ކޮޓަރިތެރެ އެއްފަސްވަމުންދިޔައެވެ. ހުސްފަޔާ މާތަކުގެ މަތީ ހިނގަމުން ކޮޓަރިއަށް ވަދެގެން އައިރު ނައިނާގެ ހަނދާނުގައި ފިޔަޖަހާލީ ހައިޒަލްގެ އަތުގެތެރޭގައި ހޭދަވެގެންދިޔަ ކައިވެނީގެ ފުރަތަމަ ރެއެވެ. އެއާއިއެކު އެ ދޮންކޯތާފަތަށް ހިސާބެއްގެ ރަތްކަމެއްވެރިވެގެންދިޔައެވެ.

“ހެޕީ އެނިވަރސަރީ ވައިފީ…” ހިތުގެ ތެޅުން އަވަސްވެގެންދިޔަ ހިނދު ކަންފަތްދޮށުގައި ވިރުވާއަޅާލެވުނު ލަފްޒުތަކާއިއެކު ނައިނާއަށް ފަސްއެނބުރިބަލާލެވުނެވެ. އޭރު ހައިޒަލް ހުރީ ނައިނާއާއި ދާދި ގާތުގައި އެއް ޖީބަށް އަތްޖަހާލައިގެން ހިނިތުންވެފައެވެ.

“އަޅެ… ހަނދާންވެސް ނެތް… އެވަރަށް ކައުންޓްކޮށްފައިވެސް…” ހައިޒަލްގެ ދުލުން އިވުނު ބަސްތައް ޔަގީންނުވެފައި ހުރި ވަގުތުކޮޅަކަށްފަހު ނައިނާ ބިންމަތީ ދެފައި ތަޅައިގަތެވެ. ކައިވެންޏަށް އަހަރުފުރޭ ރެއަކީ އޭނަ ނުހަނު އިންތިޒާރުކުރާ ރެއެކެވެ. އެރެއަށްޓަކައި ދެމީހުން އެކަކު އަނެކަކަށް ތައްޔާރުކުރާ ސަޕްރައިޒްތަކުން އެދެމެދުގައި ފޯރިއެއް ހިފާފައި އޮވެއެވެ. މިފަހަރުގެ އެނިވަރސަރީ ހާއްސަކުރަން ނިންމައިގެން ހުއްޓާ އެންމެ ފަހު ވަގުތު އޭނަގެ ހަނދާނުން ކައްސާލީއެވެ.

“ޔޫ ޑޯންޓް ހޭވް ޓު…. އަހަރެމެން އެކީގައި ހޭދަކުރާ ކޮންމެ ރެއަކީ ނެއިންގެ ހިތުން ނުފިލާނޭ ރެއަކަށް އަހަރެން ހަދައިދޭނަން… އައި ލަވް ޔޫ ނައިނާ… އައި ލަވް ޔޫ…” ނައިނާގެ ކޮލުގައި ހިފާދަމާލި ވަގުތުކޮޅަކަށްފަހު އެއަތުގައި ހިފާލިގޮތަށް ހައިޒަލް ގެނެސް ނައިނާ މޭގައި ލައްކޮށްލިއެވެ. އޭރު އުއްބައްތީގެ ފަޑުއަލިކަމުގައި އެލޮލުން ފާޅުވަމުންދިޔައީ ހިތްތައް ކަތިލާފަދަ އަސަރެކެވެ. ކޮޓަރީގައި ވިރެމުންދާ އެތައްހާސް އުއްބައްތިއެއްގެ އަލިކަމުގައި ހައިޒަލް ފެންނަމުންދިޔައީ ހޭނެތޭހާ ފުރިހަމަކޮށެވެ.

“ލަވް ޔޫ ބޭބީ… ޔޫ ކޮމްޕްލީޑެޓްމީ… ނެއިންއާއި އަހަރެމެންގެ ބޭބީ ޒެލްއަކީ އަހަރެންގެ މުޅި ދުނިޔެ…” ހައިޒަލްގެ ލޮލުން ނައިނާއަށް ފެނިގެންދިޔައީ ދުވަހަކު ނިމުމެއްނެތް ލޯބީގެ އަސަރުތަކެވެ. ހިނދުކޮޅަކަށް ބައްދަލުވި ނަޒަރުން ބަސްމޮށުމަކާއިނުލާ ދެހިތުގައިވާ ލޯބި އަންގައިދިނެވެ.

“ހާދަ ލޯބިވެއޭ ހައި… ދުނިޔޭގެ ބޭނުން ހުރިހާކަމެއް ފުރިހަމަވެއްޖެ… އިންޝާ ﷲ އަބަދުވެސް ވާނީ އެކީގައި…” ހައިޒަލްގެ މޭގައި މޫނުފޮރުވާލިވަގުތުކޮޅަކަށްފަހު ނައިނާ އިސްއުފުލާލިގޮތަށް ހައިޒަލްގެ ކަނދުރާގައި ދެއަތްވަށާލަމުން ފިރިހެންވަންތަކަމުގައި ދެވަނައެއްނުވާ މޫނަށް ބޮސްދިނެވެ.

މަޑުމަޑުން ކައިރިވަމުންދިޔަ ނޭވާތަކާއިއެކު ދެހިތުގެ ތެޅުންވެސް ބާރުވިއެވެ. އެކަކު އަނެކަކަށް އެދެވެންފެށީ އިންތިހާއަށެވެ. ހައިޒަލްގެ މެސްމަރައިޒިން ބާރުގަދަ ލޮލުގެ އެންމެ ބަލާލުމަކުން އެލޮލުގެތެރެއަށް ނައިނާ ގެނބޭ ގޮތްވިއެވެ. ނައިނާ އެލޮލުގައި ބޮސްދެމުން ލޯބިވާވަރު ބުނެދިނެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ހިތުގައިވާ ލޯބި ދަނީ އިތުރުވަމުންނެވެ. ދެހިތުން ދެހިތަށް ލޯބި އަންގައިދިން ވަގުތުކޮޅު ހައިޒަލްގެ އަތުތެރެއަށް ރުހުމާއިއެކު ވަދެވުނީ ދުވަހަކު ދުރަށް ނުދާނެކަމަށް ވައުދުވަމުންނެވެ. އޭރު ފަރުދާކަހާލެވިފައިވާ ބިއްލޫރި ބިތުގެ ފުރަގަހުން ހިނިތުންވެލައިގެން އުޑުގައި ރަސްކަންކުރަމުންދިޔަ ހަނދުވެސް ވިލާކޮޅަކާއި ނިވާވެލީ އެދެލޯބިވެރިންނަށް ފުރުސަތުދެމުންނެވެ.

އަންނާށޭ މައެދޭ، މައުޝޫޤާ ތިޔައޭ…

ސާހިބާއޭ ޒަވާޖީ، ދީ ހަޔާތެއް ރޯޝަނީ

ބުނެދޭށޭ ރުހެމޭ، ނޫނީ ދާނީ ދުނިޔެއިން..

ގާތަށް މިއައިސްދީ ބުނޭ……

( ނިމުނީ )

217

88 Comments

 1. dhiraa wish

  November 5, 2019 at 12:10 am

  Hello my dear readers.. haizal aai naina govaigen dhira kiyuntherinaai ekee kuri dhathurah nimumeh aisfa mi othy.. enme furathama kamakah mi part ge cover pic hadhaidhin dhira ge loabi loabi readers kolhah dhirage hithuge adhin shukuru adhaakuran.. varah ufaavehjee mihaa reethi cover eh libuneema.. thankss my dears.. mi vaahaka kuriah gendhiyumuga dhira ah eki goih gothun eheevi hurihaa kudhinah varah haahsa shukureh dhanavan.. hthikudhinge support aai nulaa mihaa bodu kameh nunimunees.. jumla gothehgaa mi vaahaka kee hurihaa kudhinaai comment kohli hurihaa kudhinah dhira ge hithuge funminun shukuriyya.. thi dhehvi loaibaai support ah shukurihyaa.. kiyuntheringe kamudhaa vaahakaige list ah thafaathu vaahaka eh ithuru kurumuge magsadhuga dhira mi genesdhin vaahaka kamudhiyakamuga ummeedhuga vakivelan.. vaahaka aai medhu dhekey goih comment kohlehvun edhen.. enmehaa kiyuntherin nah baahjaveri dhuvasthakah edhen

 2. Sidu

  November 5, 2019 at 12:59 am

  Vaahaka nimunee dho dhera dho.kiyaa laana

  • dhiraa wish

   November 17, 2019 at 8:12 pm

   yes dear vaahaka miothy nimifa

 3. Meekkomee

  November 5, 2019 at 1:25 am

  Masha Allah 😘😘😘😘😘 varah varah Reethi 😍😍😍😍😍vaahaka nimunyyy dhw😭😭😭😭😭😢😢😢😢😥😥😥 waiting for a new story …… 💯💯💯💯One of my favourite story ever 😘😘😘😘😘😘lysssssm❤️❤️❤️❤️❤️❤️❤️

  • dhiraa wish

   November 17, 2019 at 8:14 pm

   thanks dear.. meekommee ge comment thakakee dhira varah kiyaa hithun kee comment thakeh.. vaahaka kamudhiyaima varah ufavehjje.. thanks a lot for the love and support

 4. eekko sau

  November 5, 2019 at 5:07 am

  varah varah reethi emme fahubaii… varah dheravey story nimuneema.. i luv this tory.. dhuvahakuves hadhaanun nufilaane.. thiee eekkeo ge favorite eh author… aslu sis ge vaaahaka thakaa inspire vi varun vaahaka eh liyan feshee ves…ummeedhu kuran ehen story eh ves fenigendhaane kamah.. aslu ves varah reethi story eh.. mi story eekko ah varah special eii miee eekko mi site ah van dhuvahu kiyunu emme furathama story miee….

  • dhiraa wish

   November 17, 2019 at 8:16 pm

   thanks dear.. ehentha.. eekko sau ge story eh fehnaane dhuvahakah dhira varah inthizaaru kuran ingey.. varah ufaavehjje dhirage faraathun inspire veema… alhe.. hama ehaa ufaavehjjje eeko ge fisrt story ah vefa ehaa kamudhiyaima.. thanks a lot dear

 5. eekko sau

  November 5, 2019 at 5:10 am

  gonna miss this story a lot… varah inthizaaaru ves kurin dhw mi vaahakaige part thakah mihaaru e inthizaaru ves nimunee…

  • dhiraa wish

   November 17, 2019 at 8:17 pm

   thanks dear.. dhira ves varah missvaane.. konmekamkahves nimumeh ahnaane dhw dear

 6. Xaaan

  November 5, 2019 at 10:00 am

  Masha Allah mivaahaka vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi vvvvvvvreethi vaahaka nimunyma v dheravejje ummeedhu kurany adhi mikahala reethi reethi story eh dhiraa genesdheyne kamah inthizaar kuraanan dhiraathy syory liyan vv molhukujjeh dhiraa ah ufaaveri dhuvasthakakah edhen

  • dhiraa wish

   November 17, 2019 at 8:18 pm

   thanks dear.. insha allah adhi dhirage vaahaka eh fehnaane.. varah ufaavehjje dhirage furathama masaihkaih kamudhiyaima

 7. Naal.

  November 5, 2019 at 10:06 am

  one of my favorite story.😍😍Thy one of my favorite writer…😍..varah miss vaane dheera wish mathin..Miss you so much.😣😣.Mi part varah varah varah varah varah reethi….Maa sha allah😙😙😙

  • dhiraa wish

   November 17, 2019 at 8:20 pm

   alhe.. im so so happy to hear that.. dhira ves varah miss vaane.. varah varah ufaa vehjje kamudhiyaima.. thanks dear

 8. Jeeshaan

  November 5, 2019 at 10:55 am

  Masha Allah… Vaahaka v v vx furihama😍❤️… Mihaa hisaabah ai iru dhivehi v Gina vaahaka ki ifa hunnaany ekamaku mikahala vaahaka eh nukiye.. this is one of the best story I have I ever read… The way u describe every scene nd the way u unfold the things its was incredibly beautiful.. romance scene eha romance sad scene eha sad.. dhn hama bunaane ehcheh neh… bunan othy hama obinesss to the max ey❤️❤️..mivaahaka kiyan feshuny 54vana episode in fahtaigen e episode reethi vegen vaahaka ekkon kiyan fetty..hiyeh nukuran story miha thafaathu vedhaane kamakah ..v dhigu inthizaareh kuri vaahaka eh mee… Knme dhuwahaku ethah faharaku balaalevey episode up vefa intho… Vaahaka nimunyma v dheravx vey… dhiraa u hv da talent.. nd u can do this… Unmeedhu kuran dhira ge ehn vaahaka eh kiyaalan libeynekamah… laara is my favourite nw ure..Will wait for another story of u… gudluck for ur future dhiraa😍

  • dhiraa wish

   November 17, 2019 at 8:25 pm

   thanks dear… varah ufaavehjje mi vaahaka kamudhiyaima.. mi vaahaka liyan feshi iru dhirage enme bodu aim ee ehen vaahaka thakaa vaahaka thafaathu kuran.. dear ge comment kiyaafa e kan haasil kurevihje kamah gabool kurevihjje.. sifa kurunthakaa storyline kamudhiyaima asluves varah ufaavey.. thanks dear.. vaahaka ehkoh kiyaaleema varah ufaa vehjjje… insha allah dhira ge new story eh adhi fehnaane.. laara akee dhirageves favourite.. laara aaai ehfenvarakah vaahaka liyumakee abadhuves dhekey huvafen neh.. varah ufaavehjjje dhira ge masaihkaih kamugos dear ge fav akah vevuneema.. insha allah liyevunuhaa avahakah next story publish vegen dhaane.. thanks a lot dear.. hope a bright future for you too dear

 9. Mrs:crazy

  November 5, 2019 at 11:39 am

  MashaAllah Vaahaka Varah reethi keep it up Dhiraa darling 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🖤🖤🖤🖤🖤🖤🖤🖤🖤 #Dhiraa✍️✍️ luv u #crazy
  Thank you for writing such a great wonderful perfect beautiful beautiful stry 🤗

  • dhiraa wish

   November 17, 2019 at 8:28 pm

   thank you so much for the colourful comment dear.. alhe lap in ves emoji dheveyne nama eyy hithah araa… thank thank you so much dear.. aslu hurihaa thank you thakeh haqqu vanee dhira ge readers ah.. thikudhin support aai nulaa dhira ah mihaa bura masaikatheh koh kiyuntherin ufaakosheh nudhevunees.. thanks a lot my dear reader

 10. Anonymous

  November 5, 2019 at 11:40 am

  Dhiraa pls 2 vanaiga part eh neckband.. Varah reethi Mi vaahaka

  • dhiraa wish

   November 17, 2019 at 8:31 pm

   thanks dear.. second season dhw.. aslu mi vaahaka akee enme season akah plan kohgen liyefa in vaahaka eh.. ehnenve story line ehkoh ninmaafa miothy.. dhira plan kohggen huree mi vaahakaigai fahu bayah ai kudhi characters thakun eh kuhjaku ehen story eh ge lead akah laigen vaahka eh genesdheyn.. e goih kihineih vaanee??

 11. Anonymous

  November 5, 2019 at 11:41 am

  Dhiraa pls 2 vanaiga part eh nereba .. Varah reethi Mi vaahaka

  • dhiraa wish

   November 17, 2019 at 8:32 pm

   thanks dear

 12. Anonymous

  November 5, 2019 at 1:08 pm

  Dhiraa 2 vanaiga season eh nereykah nuvisnan tha

  • dhiraa wish

   November 17, 2019 at 8:34 pm

   mivaguthu inee dhe vaahaka mix kohgen gehna kahala hiyaaleh.. eyrun dear ufaavaane tha?

 13. Liyaa

  November 5, 2019 at 3:03 pm

  Mashaa allah v v reethi vaahaka fashigen nimanden vas. Unmeedu kuranee adie ithuru vaahaka kiyaalan libayne kamae. 💞❤️😁😀

  • dhiraa wish

   November 17, 2019 at 8:35 pm

   thank you so much dear.. insha allah adhi libeyne inthixaaru kohlaa

 14. Grllllll

  November 5, 2019 at 3:12 pm

  Hey… Dhiraa do you use any social app?
  If yes can you share the name with us… btw the story is obi hama mihaa rythi vaahakaa eh adhi nukiyannn.

  • dhiraa wish

   November 17, 2019 at 8:36 pm

   dhira varah use nukuran social apps thah.. you can contact me through my mail.. thanks dear.. varah varah ufaavehjje

 15. Shaleen 7

  November 5, 2019 at 7:20 pm

  Wawawawa… keekay tha dhen bunan otheee… Hai nd Naina ge enme fahu scene ga real koh ulhecun he heevanee hama…. haadha haa furihama ey.. V avahah ithuru vaahaka eh gensdhehchey Dhiraa darlinggggg…..

  • dhiraa wish

   November 17, 2019 at 8:38 pm

   alheyy.. thanks a loadddd dear.. shaleen bunaane ehjeh ingidhane mayaan ah.. hehehe.. enme fahu scene dhw.. hai ehaaves rom vihyya dhw dear.. yes insha allah dear men thigothuga thibihyaa aa vaahaka thah ves fehnaane… thank you so much dear

 16. Dream

  November 5, 2019 at 9:44 pm

  Mi vaahakaige season 2 neredhee ba plz…. it a big request from all my classmates….

  • Rau

   November 9, 2019 at 9:46 am

   My friends too

  • dhiraa wish

   November 17, 2019 at 8:40 pm

   dream dear ah ingeytha dhira mee vaahaka liyumuga varah aniyaaveri meehekey.. yageenunves 2 vana season eh aisfihya dhira haizal aai naina aai vaki kuruvaane.. e goih okey tha? thanks dream and rau dear.. i will be thinking about it

 17. lily

  November 5, 2019 at 10:13 pm

  mivaahakaves varah reethi.dhiraa ge ithuru reethi vaahaka thakeh kiyaalan libeyne kamah ummeedhu kuran

  • dhiraa wish

   November 17, 2019 at 8:41 pm

   thanks dear.. insha allah aa vaahaka eh fehnaane

 18. Nax

  November 5, 2019 at 10:15 pm

  Alhey nimunee,,, loabi kan. Dhiraa gina dhuvas nukoh mi kahala reethi ehen story eh genes dhechchey ingey

  • dhiraa wish

   November 17, 2019 at 8:42 pm

   thanks dear.. varah ufaavehjje kamudhiyaima.. insha allah i will

 19. Imkko

  November 5, 2019 at 10:32 pm

  Maasha allah ❤❤❤ v reethi …. v furihama …… can’t believe mee last ep kameh ves … v miss vaane dhiraa n mi story mathin … komme part egge sifakurun ves reethi kamun gina faharu hunnaanee rovifa…. imkko lyf ga v gina stroies keem n gina faharu e story e ekoshe dhivahaku ves nukiyan ekm dhiraa ge story mee first story tht imkko first day in feshigen ehaa shauguveri kamaaeku kiyaa … mi story imkko a haadha inthizaaru kuruvaey …. ekm komme part e kiyaafa hunnan jehenee bas huttifa … dhn hama ehaa fabulous story e mee …. dhiraa dhn ehn story e liyan v nun dhw …. v miss vaane dhiraa n your stoties mathin ….. this stoty is gonna be my best and my fav story in my whole lyf …. last …. love u dhiraa n love this story 😭😭😭😭😭😭❤❤❤❤❤❤❤❤

  • dhiraa wish

   November 17, 2019 at 8:44 pm

   thanks dear.. vaahaka nimuneema kamah gabool kuran dhira ah ves dhati vegen ney miulheny.. varah miss vey dear mathinves.. alhe haadha ufaavehjjeyey foohi nuve ehkoh kiyaaleema.. insha allah adhi story eh liyaanan ingey.. im so happy to hear that my dear.. love you too darla.. thanks for the love and support

 20. Aasha

  November 6, 2019 at 9:13 am

  Hi dhiraa sis. Vaahak v v v v v riythi. miy mi site in first kiyan feshi story i love it👏👏. And this is my very first comment to a story. Dhiraa sis ithuru vaahaka eh liyaakah hiyaaleh nukurantha. I’ll be waiting for ur reply dhiraa sis. Lysm😗😗❤❤❤

  • dhiraa wish

   November 17, 2019 at 8:46 pm

   thanks dear.. varah ufaavehjje comment kohleema.. dhira eba raavan ithuru plot eh.. insha allah nimunuhaa avahakah fenigendhaane.. im so sorry for the late reply.. luv you too darla

 21. Iloo

  November 6, 2019 at 11:02 am

  Loved the story. Started reading it a week back. Got so much into the story and was eagerly waiting for this part. When will you start a new story. Can’t wait. And readers please suggest me a nice story like this from the site. Thanks

  • Aasha

   November 6, 2019 at 2:12 pm

   Vindhey loabi thiy edhey is a nice story

  • dhiraa wish

   November 17, 2019 at 8:52 pm

   thank you so much dear… im so keen to hear that.. insha allah i will start uploading when im done with the typing.. keep waiting..

 22. ~☆Ãßý☆~

  November 6, 2019 at 11:03 am

  Superb story! 😙😙😙😙👏👏👏👏👏❤❤❤❤ I kyp reading each n every part of this story comment nukuriyas v v v v v salhi hama…ummydhukuran dhiraage ehn story eh kiyan libeyne kamah!!

  • dhiraa wish

   November 17, 2019 at 9:03 pm

   thanks dear… varah ufaavehjje comment kohleema.. insha allah dhira ge ehne story eh ves fenigen dhaane

 23. Jimoo

  November 6, 2019 at 11:20 am

  This story is super….. Adhi nukiyan mihaa furihama story eh…. Baeh faharu heevaakahala jimoo Eyy eulhenee Eyga…. Evara mivaahaka thereya vadhevifa onnaneee…… Im so proud of you… Keep it dhiraa❤️❤️❤️❤️❤️❤️❤️❤️😘

  • dhiraa wish

   November 17, 2019 at 9:05 pm

   owwnn.. thank you so much dear.. varah ufaavehjje jiomm ah thihaa kamudhiyaima.. dhira ge sifakurunthah reethivefa.. its a pleasure to hear that.. thanks a lot dear

 24. SHAMY

  November 6, 2019 at 1:43 pm

  I LOVE THE STORY… I READ VERY PART.. VARAH MISS VANE MI STORY MATIN…. VARAH FURIHAMA AND LOVED IT.. KEEP IT UP DHIRA <3 <3

  • dhiraa wish

   November 17, 2019 at 9:06 pm

   thanks dear.. varah ufaavehjje ehkoh kiyaaleema and kamudhiyaima… thanks a lot my dear

 25. Nayaa

  November 6, 2019 at 5:46 pm

  Dhiraa sis as usual mi prtt v Salhi. … dear I will miss you and this story… ehen vaahaka eh liyaa kahala khiyaaleh nukurantha??…. you are my favourite writer and this is my favourite story… 😙😘😚😙😘😚😙😘😚😙😘😚😍😚😘😚😙😍

  • dhiraa wish

   November 17, 2019 at 9:08 pm

   thanks dear.. im sp happy to hear.. im gonna miss you more.. your sweet words means a lot to me… dhira ehen vaahaka ehge masahkaih madu madun eba kuran.. owwn.. my dear.. how can express how happy i am to hear that

 26. ކޮއްކޮ

  November 6, 2019 at 7:54 pm

  ދިރާ ދައްތާ…. އަޅުގަނޑު މި ވާހަކަ ކިޔަސްވެސް ކޮމެންޓު މިކުރީ އަލަށް…. ވާހަކައިގެ ހުރިހާ ބައެއްވެސް ވަރަށް ވަރަށް ރީތި…. ތަޢުރީފު ކޮއްލަން ބުނާނެ ބަހެއް ދިވެހި ރަދީފުގަވެސް އޮންނާނެ ހެނެއް ހިޔެއްނުވެ…. ވަރަށް ފުރިހަމަ…. އާދޭސް ކޮށްފަ ބުނަން…. ދިރާއައްތަ ލިޔެދޭން ވީނު ކަން ކަން ތަޙުޤީޤު ކުރާ ކަހަލަ ވާހަކައެއް…. ފުރަތަމަ ނަޒަރުން….

  • dhiraa wish

   November 17, 2019 at 9:10 pm

   alhe.. varah ufaavehjje kokkoge comment eh fenuneema.. hama ehaame ufaavehjje vaahaka reethiveeema… dhira ves varah liyaa hiyaavaa kahala vaahaka eh thee.. masaih kaih kohlaanan ingey thikahala vaahaka eh genesdheyn

 27. ކަލާ 123

  November 7, 2019 at 5:41 pm

  އައްޑިހަ ދެ ބަޔަށް ދެމިގެން ދިޔަ (ގާތްގަނޑަކަށް އޭ5 ގެ 1500-1700 އެއްހައި ސަފުހާ) މިވާހަކަ ލިޔެ ނިންމާލީތީ ޒުވާން އަދި މުރާލި ލިޔުންތެރިޔާ “ދިރާ” އަށް ހާސްހާސް ފަށުން ޝުކުރުއަދާކުރަން. ވަރަށް ހުނަރުވެރި އާ ލިޔުންތެރިންވެސް ވާހަކަތައް ފައްޓާފައި ވަކި ހިސާބަކުން ހުއްޓާލާކަމީ މިސައިޓުގެ އަހުލުވެރީންނަށް އޮޅިފައި އޮންނާނެ ކަމެއް ނޫން.ދިރާގެ ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަސް! ދިރާގެ ސިފަކުރުންތައް ސަޅި. މޫޑު އުފެއްދުންތައް މޮޅު. ވާހަކަލިޔުންތެރިއެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް އުންމީދުކުރަން. މިރޮނގުން ކާމިޔާބީގެ ތާޖު އެދެން

  • dhiraa wish

   November 17, 2019 at 9:13 pm

   sukuriyaa dear.. dhira ah mi vaahaka mi nimunee thifadha kiyuntheringe varah bodu ehee akaai eku.. varah ufaavey dhira kuraa masahkathuge aguvazan kuraa thifadha kiyuntherin thibeethee.. insha allah dhira abadhuves mi roguga kuriah dhaathan fehnaane.. shukurihyaa thi dhevi support aai dhira ah takaa kohdhin heyo dhuvaa thakah

 28. 🌸Hya

  November 8, 2019 at 1:20 pm

  I love ur story💜💜💙💙💙💚💚…..mi vaahaka ah thaureefu hahgu……dhiraa….ur talented.☺️☺️☺️☺️….im so happy that u finished ur story…….i hope for a bright future to u💞💞💞💞💞💞

  • dhiraa wish

   November 17, 2019 at 9:21 pm

   thanks dear.. hama asluvestha? haadha ufaavehjjey… mi vaahaka mi ninumee thikudhinge hiyvarun.. thanks dear.. may allah grand you bright days

 29. Haiiiii

  November 8, 2019 at 4:56 pm

  Maasha allah this story is amazing. Keep it up dear. Dhiraa ge new story akah wait kuraanan insha allah. Good luck dear. Ly dhiraa❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😊😊😊😊😊😊🙊

  • dhiraa wish

   November 17, 2019 at 9:23 pm

   thanks dear.. haii thee hama enme supportive reader… keep waiting dear.. luv you too

 30. Haiiiii

  November 8, 2019 at 5:01 pm

  Sry dhiraa. Mi emoji “🙊” fonuvuny mistakenly.

  • dhiraa wish

   November 17, 2019 at 9:24 pm

   thanks dear

 31. jiji

  November 9, 2019 at 8:23 pm

  Dhiraaaaa😘😘😘😘…awwwnn😱😱😱..I really like this part no whole story too ngeyy💕💕💕💕…its super amazing😍😍😍..I’m just speechless😇😇😇..u r so talented dhiraa💙💙💙..I really appreciate ur work ngey🌸🌸🌸..mi fadha zamaanakah vaahaka liyumah ehme ekasheyna fadha liyuntherin thakuge therein liyuntheri eh dhiraa aky🌻🌻🌻…mi vhk ah dhiraa flim hadhaifiyyaa haadha salhi vaaney😉😉😉…hhehe..n bodu break ah fahu dhw ahnaany😊😊😊..I’ll be waiting ngey..keep going…may god bless u..love youu 🌹🌹🌹

  • dhiraa wish

   November 17, 2019 at 9:27 pm

   owwnn.. thanks dear.. jiji you are one of my best reader.. vaahaka feshunee sure hurihaa part akah comment kuri ehaa supportive.. thans a lot dear… for the unstoppable love and support… varah ufaavehjjje dear ge comment kiyaalaafa.. yes break eh beynunvaaane ehnu ehen story eh fashan dhw.. wait kurahjjey.. luv you too.. may you have wondearful days.

 32. Eekko 11

  November 10, 2019 at 12:16 pm

  Noooo….why this story has finished…i missed it so much….wifi problem akaa hedhi comment nukurevunii…its so awesome varah loabi vaahaka hama habbu but waiting for your another if u write love you too much dhiraa dear

  • dhiraa wish

   November 17, 2019 at 9:29 pm

   dear.. vaahaka eh vihya nimeyne ehnu dhw.. varah ufaavehjje comment kohleema… thank you alot my darla.. insha allah ehen story eh liyaanan ingey

 33. Naina

  November 11, 2019 at 11:07 am

  Dhiraa sis. No reply tha comments ah. Reply kohba please please please. We r waiting for ur reply. Bunedhiyba new story eh liyan hiyaal kurantha eba sis. ur story is awesome. BEST STORY EVER👏👏❤❤😗

  • dhiraa wish

   November 17, 2019 at 9:32 pm

   alhe im sorry dear.. vaahaka nimuneema aslu site aai dhurun miulhevunee.. yes new story eh ge plot boluga baindhaagen ulheythaa dhuvaskolheh vehjje.. thanks dear

 34. Naina

  November 11, 2019 at 11:10 am

  Dhiraa sis bunedhiyba ithuru vaahaka eh genesdheyn ruhemey. Sis please please 🙃😊

  • dhiraa wish

   November 17, 2019 at 9:36 pm

   hehehe haige dailogue kolhutha miothy.. yes dhira ruhen ingey thikamaa

 35. [email protected]

  November 16, 2019 at 1:08 am

  Oh my God ina wait kuri kan finally……. Oh my God…. How can I even thank you for this…… Dhiraa story Liyan feshi dhuvahun feshigen ina mi ai mi storyge komme episode eh kiyamun….. I’m really sorry edhuvas kolhehga comment kohkoh fai then nukurevuniima WiFi sakaraivegennaa Ina rashun beyruga huriima comment nukurevun ekm kommedhuhuku up veytho balaigen kiyan…….. Ur story kinda made me realise that past doesn’t matter… U helped me with moving on with my life…… U gave me big inspirations……… Thanks 4 all of that….. May God bless you……. Someday dhiraa fennaanekamah ummiidhukuran…… Bye….. Hope mi story ge season 2 eh genesdheynekamah………. 😍😍😍😍😍😍😭😭😭😭😭😭😭😭😭😭😭 luv u sooooooooooooooooooooooooooooooooooooo much…….

  • dhiraa wish

   November 17, 2019 at 10:44 pm

   Thanks dear… varah ufaavehjje comment kohleema.. alhey dhirage regular reader eh dhw.. its so nice to meet you… its okey dear.. mi part ah ehaa loabi comment eh kohleema ma ufaavehjje… varah hihhamajehihje dhira story dear ah inspiration akah veema.. yes dear past doesnt matter.. keep moving with your life.. if we are stuck in past we cant go ahead and achieve what we desire… you are most welcome dear.. insha allah we will meet oneday.. dhira thikamaaai medhu visnaanan ingey… thanks once again

  • dhiraa wish

   November 17, 2019 at 10:50 pm

   Thanks dear… varah ufaavehjje comment kohleema.. alhey dhirage regular reader eh dhw.. its so nice to meet you… its okey dear.. mi part ah ehaa loabi comment eh kohleema ma ufaavehjje… varah hihhamajehihje dhira story dear ah inspiration akah veema.. yes dear past doesnt matter.. keep moving with your life.. if we are stuck in past we cant go ahead and achieve what we desire… you are most welcome dear.. insha allah we will meet oneday.. dhira thikamaaai medhu visnaanan ingey… thanks once again and luv u

 36. Shafag

  November 22, 2019 at 1:08 pm

  V loabi vhk eh 😍😍😍😍 mii kanneynge mihaa thanah kiyun emme reethi vhk 💖💖💖💖 ekm mi vhk nimunii dhw 😭😭😭😭 I’m waiting for a new story dhiraa 💓💓💓💓 lysssssssssm 💕💕

  • dhiraa wish

   February 19, 2020 at 11:28 pm

   thanks dear…. insha allah will meet with a new stry

 37. Visha

  November 24, 2019 at 5:18 am

  Mioh hurihaa dhuhu vaahaka kee iru comment nukoh madu kohlee nimendheka.. omg I felt love with you n this story.. wonderful.. film eh gothuga mi story fennan v beynun😍😍😍😭😭❤❤❤❤ life ga mihaathanah kiyun enme best reethi molhu lwbi asaru gadha story thanks boo😍❤

  • dhiraa wish

   February 19, 2020 at 11:29 pm

   thank so much dear… v ufaavehhje comment kohleema…..

 38. Anonymous

  December 5, 2019 at 10:00 pm

  Dhiraa avahah ehen vaahakaeh fashaaba.. Mihaaruves bunedheyshey ruhemey kiyuny kithah faharah kameh vxxxxx neyngey… Mashaa Allah ehaa vxxxxx reethi.. Dhiraa ah Hama thaureefu haggu

  • dhiraa wish

   February 19, 2020 at 11:31 pm

   thikamaa eyy miulheneee dear….. will meet up soon insha allah

 39. Anonymous

  December 5, 2019 at 10:04 pm

  Dhiraa avahah ehen vaahakaeh fashaaba.. Mihaaruves bunedheyshey ruhemey kiyuny kithah faharah kameh vxxxxx neyngey… Mashaa Allah ehaa vxxxxx reethi.. Dhiraa ah Hama thaureefu haggu 😘😘😘😘😘😘

  • dhiraa wish

   February 19, 2020 at 11:32 pm

   thanks dear..

 40. Mariyam jana

  January 13, 2020 at 1:45 pm

  U ge FB id or messenger id libidhaanetha or phone number ves ok please

  • dhiraa wish

   February 19, 2020 at 11:35 pm

   dhiraa fb id ga vx ihnaanee same hama dhiraa wish jahaafa… ekam dhiraa social app tah v use nukurannn.. fb n msnger ah vx v nuvahnan…. dhn numm dww.. mihen publicga num eh nudeveyne ehhnnu sry dear.. bt fb in beynumiyya tlk kureveyne.. dhiraa ah msg fenuniyya hama gaimu vx rpl kuraanan

 41. Dhisha

  February 16, 2020 at 5:21 pm

  Dhiraa ge ehen vaahaka akah vrh inthizaaru kurevey…please ehen vaahaka eh site ga liyahchey…hangout use kuran tha???please gmail dhy bala

  • dhiraa wish

   February 19, 2020 at 11:38 pm

   insha allah will write a stryy. adi visnun huree stry liyann bt future ga vaane gotheh neinge6nw dww ekakahh vx… yh hangout use kurann.. [email protected] is my mail

 42. Mrs:crazy

  February 19, 2020 at 3:50 pm

  Dhiraa ge stry akah Varah eba inthizaaru kuran LUV U #crazy 😘😘😘😘😘😘😘😘

  • dhiraa wish

   February 19, 2020 at 11:40 pm

   digu inthizaaruge nimunn fonivaane eyy muskulhinn bune ulhe ehhnu…. luv you too❤❤

 43. Shina

  March 2, 2020 at 12:04 pm

  Are you going write other stories ill be waiting for your story 😢😢😢😢😢

 44. imkko

  April 2, 2020 at 3:53 pm

  Still Waiting for a new story dhiraa … miss u so much …. just can’t stop reading this story … love this story and love u dhiraa ❤❤❤❤

Comments are closed.