Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އަހަރެން (2 ) ދެވަނަބައި

Ali Shaamil Hassan Level 1
October 28, 2019 One Min Read
2 Comments

މާޒީގެ ޚިޔާލުތަކުގެ އޮއިވަރުގައި އޮޔާލަމުން އަހަރެން ދަނީއެވެ. ހޭވެރިކަން އިޙްސާސް ކުރެވުނު އިރު މާޒީގެ ޞަފްޙާތައް ކަޑައްތުވެ، އޮއިސެއްލަ އަށް ވައިސެއްލައަށް ބެހިގެން އައިސް، ހުސް ޞަފުހާތައް އުކެމުން ދެއެވެ. އަހަރެންނަށް މި އޮވެވުނީ އަދިވެސް ހަރުގޭގެ ޖޯލިފަށްޗަށް ގުޅަވެގެންނެވެ. މިހެން އަހަރެންނަށް އޮވެވުނު އިރެއްވެސް ނޭނގިފައެވެ. ޖީބުގައި އޮތް ސިގިރެޓް ފޮށިން ސިގިރެޓެއް ނަގައި ރޯކޮށްފީމެވެ. އަތުގައި އޮތް ސިގިރެޓަށް ބަލައިލި ވަގުތު، ބީހިލި ފިނި ރޯޅިޔާއެކު ދެލޯ މަރާލެވުނެވެ. އެ ފިނި ފިނި ރޯޅިން ވައި އަޅުވައިލައި، އަހަރެންގެ މާޒީގެ ސަފުހާތަކަށް އެއްލީ، ބޭއިޚްތިޔާރުގައެވެ.
އެއީ މަރިޔަމްގެ ޙަޔާތުން އަހަރެން ވަކިވުމަށްފަހުގައި ހިނގަންފެށި، ޖަޒުބާތީ ހިތާމައިގެ ހަނދާންތަކެވެ. އެ ހިތާމަތަކުން މިންޖުވެ، ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުމަށް އެދި އެދުނު އެދުމުގެ ހަނދާންތަކެވެ.
މަރިޔަމްގެ ޙަޔާތުން ވަކިވުމަށްފަހުގައި، އަހަރެންގެ ނަފްސުގައި އަނިޔާވެރިކަމުގެ ރޫޙެއް އުފެދިފައިވާކަމުގެ އިޙްސާސް ކުރެވެން ފެށުނެވެ. އަހަރެންނަކީ އަނިޔާވެރިއެއް ކަމަށް ޔަޤީންކުރެވެން ފެށުނެވެ.
އަމިއްލަ ނަފްސަށް މަޢާފުނުކުރަން ނިންމައިގެން ހުރީމެވެ. އަހަރެންގެ ހިތުގައިވާ އިޝްޤީ ނާރުތައްވަނީ، އަހަރެންގެ ރައްޓެހިން ބުނާފަދައިން، ބުރި ބުރިވެފައި ކަމަށް ޤަބޫލު ކުރެވުނެވެ. އެންމެ ދެރަވަނީ މަރިޔަމަށް ވާނެ ގޮތަކާމެދު ވިސްނައިލެވުމުންނެވެ. މި ހުރިހާ ވޭންތައް ހިތުގައި ފޮރުވައިގެން އަހަރެން ހަލާކުވެ ނިމެނީއެވެ. މަޑު މަޑު ހިތެއްގައި ބޯ ހާސްކުރުވާފަދަ ހިތާމަތަކެއް ހުރުމަކީ، ހާދަ ވޭނެއް އަޅާ ކަމެކެވެ.

މީހަކު އަހަރެން ގާތުގައި ބުންޏެވެ. ސިގިރެޓަކީ މީހާގެ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލާ އެއްޗެކެވެ. މި ގޮތް ޚިޔާރުކުރަން މަޖުބޫރުވީ، އެހެން ހުރިހާ ގޮތެއް ބަލައި، ފައިދާއެއް ނުކުރުމުންނެވެ. އެއީ ތެދެކެވެ. ސިގިރެޓަކީ ހާސްކަން ފިލުވައިލާ އެއްޗެކެވެ. އޭގެ ސަބަބުން ޖެހޭ ބަލިތަކުގެ ވާހަކަ، އަޑު ހަރުކޮށް ދައްކާ އިރު، އޭގެން ކުރާ ފައިދާތަކުގެ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟
ހިތަށް ހިތްހަމަ ޖެހުން ލިބި ކުރިން ކުރެވުނު ވަހުމުތައް ފިލައިގެން ދިޔައީ، އެދުވަހު އަހަރެން ސިގިރެޓު ބުއިމާ ބާވައޭ، މިހާރު ހިތަށް އަރައެވެ. އެވަހުމުތައް އަހަރެންގެ ހިތުގައި ނުފިލައި ހުރިނަމަ، އަދިވެސް ހުންނާނީ ގިސްލަ ގިސްލާ ތޯއްޗެކެވެ.
މާޒީގެ ގަދަ ކަނޑުގައި އެތައް އިރަކު ފީނުމަށްފަހު، ހަމަހޭވެރިކަން ވީއިރު ގަޑިން ރޭގަނޑު ބާރަޖަހައި ބޮޑުވެއްޖެއެވެ. މޯޅި ފާޑަކަށް ޖޯލިން ތެދުވެ، ގެއާ ދިމާލަށް ދާން މިސްރާބު ޖެހީމެވެ.

Share Article

Follow Me Written By

Ali Shaamil Hassan

Level 1

Poet, Author, Musician

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 15

Next

ލޯބިވެވުނީ 3

Next
October 29, 2019

ލޯބިވެވުނީ 3

Previews
October 28, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 15

2 Comments!

  1. Someone says:
    October 31, 2019 at 7:12 pm

    Masha allah varah reethi?

  2. Eshal says:
    February 15, 2020 at 9:52 pm

    Varah rivethi. 3 vana bayah inthizaarukuran??

Comments are closed.



All Right Reserved!