Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ.. (2ވަނަ ބައި)

Bumbishy Level 1
November 15, 2014 3 Mins Read
12 Comments

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެންވެސް އޭލެވެލް ނިންމާލުމަށްފަހު ރަށަށް ބަދަލުވީމެވެ. ސާމީއާއި ދެމީހުންގެ ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުންނެވެ. ފޯނުން ގުޅައިގެންވެސް ވާހަކަ ދައްކާހަދަމެވެ. ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތައް ދެމީހުންވެސް ހިއްސާ ކުރަމުން ދިޔައިމެވެ. އެހެން އެއްވެސް މީހަކަށް ނުކުރާ އިތުބާރު ސާމީއަށް ކުރެވުނެވެ.އާއިލާގެ ތެރެއިން ލިބުނު އަނިޔާތަށް ދުވަހަކު މީހަކާ ހިއްސާ ނުކުރިނަމަވެސް ސާމީގެ ކުރިމަތީގައި ބަންޑުން ކޮއްލެވުނީ އޭނާއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ކަމެއް ނޫނީ އިންތިހާއަށް ލޯބިވާތީކަމެއް އޭރަކު ބުނެދޭކަށް ނޭނގެއެވެ.އެހެނަސް ސާމީ އަކީ އަހަރެންގެ ހުވަފެންތަކުގައި ކުލަޖައްސާދޭނެ ބައިވެރިއެއް ކަމުގައި ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރީމެވެ. މުސްތަގްބަލާމެދު ކުރެވޭ ފޮނި އުއްމީދުތައް ހަގީގަތަކަށް ވާންއުޅޭކަމުގެ އިހުސާސްތައް އަހަރެންނަށް ކުރެވެންފެށުނެވެ.

އަހަރެންނާއި ސާމީ ދިމާވީ ސޯޝަލް ނެޓްވޯކެއްގެ ތެރެއިން ކަމުން ގާތްގަނޑަކަށް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެކަކު އަނެކަކު ހަމަލޮލުން ދެކެލުމުގެ ފުރުސަތެއް ނުލިބެއެވެ.ހަމަ އެކަނި ފެނިފައިވަނީ އެކަކު އަނެކަކުގެ ފޮޓޯތަކެވެ. އަހަރެން ބޮޑު ޗުއްޓީއެއްގައި ހުއްޓެއްކަމަކު ސާމީ ދިޔައީ އޭނާގެ ޑިގްރީ ކޯހުގެ އެންމެ ފަހުމަރުހަލާތައް ކަޑައްތުކުރަމުންނެވެ. ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރިނަމަވެސް އަހަރެމެންގެ ގުޅުމަށް އޭގެ އެއްވެސް އަސަރެއްނުކުރެއެވެ.

އަހަރެން ފުރާވަރަށް އެރީއްސުރެން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް އޮވެއެވެ. އެއީ ހަރުދަނާ މީހަކު ހަޔާތުގެ ބައިވެރިޔަކަށް ހެދުމެވެ. ސާމީ އާއި ދިމާވުމުން އެ އުއްމީދުވެސް ހާސިލްވީއެވެ. ފޮޓޯތަކުން ފެންނަ އަހަރެންގެ ސާމީ އަކީ ރީތި މީހެކެވެ. އޮފީސް ހެދުމުގައި ހުންނައިރު ވަކިން ޕްރޮފެޝަނަލް ގޮތެއްހުރެއެވެ. ސާމީއާއި މެދު ހިޔާލު ކޮއްލެވޭ ކޮންމެ ފަހަރަކު އަހަރެންގެ ކޮލުދަތްތަކަށް ދާންދެން ސޭލުއަޅުވާލެވެއެވެ. ހިޔާލެއް ފިކުރެއްނެތި އަހަރެންގެ ދިރިއުޅުން ކުރިޔަށް ދިޔައެވެ.

އެއްދުވަހެއްގެ ހަވީރެވެ. އަހަރެމެން ދެމިހުންވެސް ތިބީ އޭރުގެ މަޝްހޫރު ޗެޓް ރޫމެއްގެ ތެރޭގައެވެ. އަހަރެންނަކީ އާނމުކޮށް ރޫމްތަކުގައި ވާހަކަ ދައްކާ މީހެއްނޫނަސް ސާމީ އިނުމުން ޖެހިލުމެއްނެތި ޗެޓް ކުރަމުން ދިޔަިމެވެ. އެހިނދު ފާޑެއްގެ މީހަކު އަހަރެންނާ މައްލަވަ ކުރަން ފެށިއެވެ. އަޅައެއްނުލަމެވެ. އެހެނަސް އެމީހާ ހުއްޓާލާކަށް ނޫޅޫނެވެ. ވާހަކަ ނުދައްކާ މާ ތުއިވެފައި އިންނަންޏާ އަހަރެންގެ ފޮޓޯތަކެއް ލީކުކޮއްލާނެ ކަމުގައި ބުނެލިއެވެ. އައި ރުޅީގައި އަހަރެންވެސް ފަށައި ގަތީމެވެ. ” އޭތް. ކިހިނެއް ވެގެން ތިއުޅެނީ. ހަމަ ތާކުން މީހަކު ފެންނަ އިރަށް ބެހެން ޖެހޭތަ. އަޅެ ތި ހުރި އެއްޗެއް ލީކު ކޮއްލަބަލަ ތިހާ ކެރެންޏާ”. އަހަރެންގެ އެފަދަ އެއްޗެއް އެއްވެސް މީހެއްގެ އަތުގައި ނޯންނާނެކަމުގެ ޔަގީންކަން އަހަރެންނަށް އޮތެވެ. އެހިނދު އެމީހާ ފޮޓޯއެއް އަޕްލޯޑް ކޮއްލިއެވެ.” ތީ.. ތި ކާކު ތި ފޮޓޯ ކަލެޔަށް ދިނީ.”. އެހިނދު އެމީހާ ފޮނިވެލާފައި ބުނެލިއެވެ.” މަ އޭރުވެސް ބުނީމެއްނު ނުފުއްޕާށޭ.! ދެން މި ފޮޓޯ ފެންނާނީ ފޭސްބުކުން. ބަލަން ހުންނާތި. މަށަކީ ނުލަފާ މީހެއްކަން އަންގާލާނަން މިފަހަރު.” އަހަރެންވެސް ދޫދޭކަށް މޭނުމެއް ނުވިއެވެ. ” އަޅެ ނުން.. ހެޔޮނުވާނެ. ތި ލީކު ކޮއްލައިފިއްޔާ އަހަރެން މުޅި ރަށަށް ބަދުނާމުވާނެ. އަހަރެންގެ އާއިލާގެ އެއްވެސް މީހަކަށް މަގެއްމައަޗަށް ނިކިމެލަންވެސް ނުކެރޭނެ. ހިތުގަ ރަހުމެއްވެސް ނެތީތަ..” އަހަރެން ދެރަވާ ޒާތުގެ އިމޯއެއްވެސް ފޮނުވާލީމެވެ. “ހެހެ. ތިހުރީ ތިކަހަލަ އަންހެނުންގެ ފެންވަރު . ހިތުން މާ ރަނގަޅު މީހަކަށް ވެގެން. ނައު ޓައިމް އަޕް. އެފްބީ އަށްވެސް ލައިފިން.” އެ ނުލަފާ މީހާގަނޑު ބުނެލިއެވެ. އެހެނަސް އަހަރެންނަށް ކީއްހެއްޔެވެ.؟ އެއީ އަހަރެންގެ ފޮޓޯއެއްވެސް ނޫނެވެ. އެމީހަކު މާ ބްލެކްމެއިލް ކުރަން ފެށުމުން އެކަމުގައި ބައިވެރިވެލާހިއްވީއެވެ. އެހެން އުޅޭ ފިރިހެނުންނަށް ހީވެފައި އޮންނަނީ އެމީހުންނަކީ އެންމެ މޮޅު ވިސްނުން ދެއްވާފައިވާ މީހުން ކަމުގައެވެ. އެހެނަސް މިފަހަރު ކާމިޔާބު ހޯދީ އަހަރެންނެވެ.

އަހަރެން ދެއްކި ވާހަކަތައް ބަލަން ސާމީ އިންކަމެއްވެސް ހަނދާނެއް ނެތެވެ. އަހަރެންގެ ޖެހިލުން ކުޑަކަންފެނި ސާމީ އިނީ ހައިރާން ވެފައެވެ. އަދި އެމީހާ ދެއްކި ފަދަ ވިޔާނުދާ ސިފައެއް އަހަރެންގެ ކިބައިގައިނެތުމުން އުފާވާ ކަމުގައި ބުނެލިއެވެ. ސާމީގެ އެފަދަ ތައުރީފްތައް އަބަދުވެސް އަހަރެންނަށް ލިބެއެވެ. އެކަމަށްޓަކާ އަބަދުވެސް ޝުކުރުވެރިވަމެވެ.

ބޮޑުޗުއްޓީ އައިސް ބައްދަލުކޮއްލީ ބަސްބުނާހާ ހިނދުންނެވެ. އޭރު އަހަރެންނަށްވެސް އޮތީ ކޯސް ހަމަޖެހިފައެވެ. މާލެއިން ހެދޭ ކޯހެއްކަމުން އަހަރެންގެ ހިތުގެ ރާޖާއާއި ބައްދަލުވުމުގެ ފުރުސަތު ދެން މާގިނަދުވަހެއްނުވެ ލިބިދާނެއެވެ. އަހަރެންގެ ދެފައި މާލޭގެ ފަސްގަނޑުގައި ޖެހުމާއެކު ލަހެއް ފަހެއްނެތި ސާމީއަށް އެޚަބަރު ދިނީމެވެ. އަހަރެން މާލެ އައީ މަންމަމެންނާއެކުގައެވެ. އެހެންކަމުން ސާމީއާއި ބައްދަލުކުރުމަކީވެސް ބޮޑު ގޮންޖެހުމަކަށްވާނެކަން އެނގެއެވެ. ދެލޯފަދައިން ބޮޑުކުރި ދަރިފުޅު ދުވަހަކުވެސް ލޮލަށް ނުފެންނަ މީހަކާ ބަދަހިކުރަމުން އަންނަ ގުޅުމަށް މަރުހަބާކިޔޭނީ ކޮން މަޔަކަށް ހެއްޔެވެ.؟ އަހަރެމެންގެ ބައްދަލުވުން ބާއްވަން ނިންމީ އެރޭގައެވެ.މަންމަ އަށްވެސް ސިއްރުންނެވެ. ދެން މާބޮޑު ބައްދަލުވުމެއްވެސް ނޫނެވެ. ހަމައެކަނި އެކަކު އަނެކަކު ހަމަ ލޮލަށް ފެނިލުމުގެ ނިޔަތުގައެވެ.

އިރުއޮއްސެމުން އައި އިރު އަހަރެންގެ ހިތްވެސް ބިރުގަންނަން ފަށައިފިއެވެ. އަނެއްކާ ސާމީ އަހަރެންނަށް ދިނީ ތެދު މަޢުލޫމާތުބަވައެވެ. އެއީ ހަމަ އޭނާގެ ފޮޓޯބާވައެވެ. ހަމަލޮލަށް ފެންނައިރު ޕާޓޭއެއް އައިސް ކުރިމަތީ ހުއްޓިލައިފިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ދުވެ ފިލާނީއެވެ. ނޫނެކެވެ. ސާމީ އަހަރެންނަށް ދޮގެއްނަހަދާނެއެވެ. އެހެނަސް އެފަދަ ހާދިސާތައް މީހުންނަށް ދިމާވާތީ ހަމަ ބިރުގަންނަނީއެވެ. އަތްފައި ފިނިވަނީއެވެ. އެކަމާމެދު ވިސްނި ވަރަކަށް އަހަރެންގެ ބޯހާސްވަމުން ދިޔައެވެ. އެހެންކަމުން ފޯން ނަގާފައި ސާމީއަށް މެސެޖެއްކޮށްލީމެވެ. “ހެއި.. މިރެޔަކު ނޫންދޯ ދެން. އަހަރެން ވަރަށް ވަރުބަލި. ނިދަން މިއުޅެނީ”. ސިކުންތު ކޮޅެއްތެރޭ ސާމީ ރިޕްލައިވެސް ކޮއްލައިފިއެވެ.އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. “ތިގޭ ދޮރުމަތީގަ މި ހުރީ. ދެން އާދެބަލަ. “. ބޭ އިޚްތިޔާރުގައި” ނެހީ.” އޭކީޔާ ހަޅެއްލަވައިގަނެވުނެވެ. ” ދަރިފުޅާ ތަނެއްގަ ރޯވީތަ.؟ މާ ބާރަކަށް ހަޅޭއް ތި ލަވަނީ”. އޭރުކައިރީގައި މަންމަ އިންކަމެއްވެސް ރޭކާނުލިއެވެ. ފިހާރަޔަކަށް ގޮސްލާފައި އެބައަންނަމޭ ބުނިތަނާ މަންމަ ފެށިއެވެ. ” އާން! ހިނގާ. މަންމަ ވެސް ފިހާރަޔަކަށް ގޮސްލަން ހިތުލައިގެން އިންދާ ދަރިފުޅު ތި ބުނީ”. ކަންތަކާ ޖެހުނީއެވެ. މަންމަ އަހަރެންނާއެކު ނިކުމެއްޖެއްޔާ ވާނެ ގޮތެއްވެސް ނޭނގެއެވެ. ސާމީ އައިސް އެހުރީ ގޭބުޑުގައެވެ. “މަންމާ ކޯޗެއް ގަނެދެންވީ. އަހަރެން ގެނެސްދީފާނަމޭ.” އަހަރެންނަށް ނުހުރެވިގެން ބުނެލީމެވެ. ނަސީބު ރަނގަޅުކަމުން މަންމަ ގޭގައި މަޑުކުރަން އެއްބަސްވިއެވެ. ތެޅިތެޅި އޮއް ހިތަކާއިގެން އަހަރެން ދޮރާށި ހުޅުވާލާފައި ބޯދިއްކޮއްލީމެވެ. ފޮޓޯ ފެނިފައި ހުރުމުން ސާމީ ފެނިއްޖެއްޔާ ފާހަގަ ކުރަން އެގޭނެ ތޯއްޗެވެ. އެހިނދު އަހަރެންގެ ލޮލުގައި އަޅައިގަތީ މަގުގެ އަނެއްފަރާތުގައި ހެވިލާފައި ހުރި ޒުވާނާއަށެވެ. އަހަރެންގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނުހެން ހީވިއެވެ. އާއެކެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއީ ސާމީއެވެ. އެހެނަސް… (ނުނިމޭ)

Share Article

Follow Me Written By

Bumbishy

Level 1

Other Articles

Previous

ޤާޠިލް.. 5 ވަނަ ބައި…

Next

ޤާޠިލް… 06 ވަނަ ބައި…

Next
November 17, 2014

ޤާޠިލް… 06 ވަނަ ބައި…

Previews
November 14, 2014

ޤާޠިލް.. 5 ވަނަ ބައި…

12 Comments!

  1. Bumbishy says:
    November 15, 2014 at 7:29 am

    so..here it is. typing errors might be there, coz im not a good dhivehi typist and sorry for that. 😉 will upload the next part once i get rid of my exams In Sha Allah. have a nice dayyy. taataa

  2. jiji says:
    November 15, 2014 at 11:10 am

    V habbu…. Hope u will upload the story as soon as u can… And best of luck for your exam bumbishy…..

  3. Bumbishy says:
    November 15, 2014 at 11:34 am

    shukurann jiji .. will try my best :*

  4. Aroo says:
    November 15, 2014 at 12:29 pm

    habeys story… kiyamun dhaairu huvany manzaruthah fenna hen.. anyways best of luck for ur exams. and next part kiyaahithun hurevenykynun…. bt have to wait dhw..

  5. love says:
    November 15, 2014 at 4:34 pm

    alhey mi vaahaka vvvv reethi gud luk 4 your exam bumbisy 🙂

  6. me says:
    November 15, 2014 at 5:34 pm

    Its really awesome…. Thaknku Bumbishy… 🙂 & wish you all the best… 😀

  7. maee says:
    November 16, 2014 at 9:50 pm

    Alhey!maee kolli comnt fennakah ney… 🙁 …anyhow,ur 1st story ah balaafa masha allah, vvv kamudhey!!vvvv reethi!!sifa kurumuge bai genesdheyn masahkai koffa hurigoi vx gud….bt ummeedhu kuran dhn anna bayakun sifa kurun miah vuren rangalhu vegen dhaane kamah!!All da best Bumbishy!!n Gud Luck In Ur Xams Dear!!

  8. Bumbishy says:
    November 17, 2014 at 5:23 am

    thankw arooo, me ,love n maee.. will try my best to improve.. n will up the next part Day after tommrw In Sha Allah.. 🙂

  9. lop says:
    November 19, 2014 at 12:56 am

    When is the next episode

  10. maee says:
    November 20, 2014 at 7:05 pm

    Alhey,,bumbishy ge xams adhi vx nunimeytha???cant wait 2 read da nxt prt!!

  11. mmm says:
    December 4, 2014 at 11:39 am

    haadha lahey dhw update vaaleh.

  12. Shadhi says:
    January 1, 2015 at 6:39 pm

    Mivaahakaige anehbai kobaitha? Bumb avaskoh genes dheeba….

Comments are closed.



All Right Reserved!