Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުން

އެހީ ތެރިކަން ބޭނުން ވެފާ

venom Level 210 Stories
August 21, 2019 5 Mins Read
6 Comments

މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަށް ބިނާ ކޮށްފައިވާ ވާހަކައެކެވެ . މި ވާހަކައިން ކޮންމެ ވެސް އިބުރަތެއް ހާސިލް ވާނެ ކަމަ ހީކުރަމެވެ . ލޮބުވެތި އެސްފިޔަ ކިޔުން ތެރިންނަށް … މި ވާހަކައިން ކޮންމެ ވެސް އިބުރަތެއް ހާސިލް ކުރުން އެދެމެވެ .

ދިރިއުޅުމުގެ މައިދާނަކީ ވަރަށް ވެސް އެހެން ކަހަލަ އެއްޗެކެވެ . ބައެއް ފަހަރު އުފާވެރި ކަމާ ހިތާމައިގައި އުޅެން ޖެހެއެވެ . ރޭދުވާ ތަކުރާރު ވެދެއެވެ . އިރު އަރާ އޮއްސެއެވެ . އިރު އޮއްސުމުން ރޭގަނޑު ވެދެއެވެ . އިރު އެރުމާ އެކު އެހެން ދުވަހަކަށް އާދެއެވެ . އާ އުއްމީދު ތަކަކާއެކު އާ ފެށުމާއެކު ކުރިޔަށް ދެއެވެ .  އާ ކަންތައްތަކާ ކުރިމަތި ކުރުވައެވެ . އަދި އާ މީހުންނާ ދިމާވެއެވެ . ދުނިޔެ އަކީ އިމްތިހާނު ގެ ގޮއިއްޗެކެވެ . މީގެއިން ފާސް ވުމުން އުފާވެރި ދިރިއުޅުމަކަށް އާދެވެ .

2015 ވަނަ އަހަރަކީ އަހަރެން ގެ ހަޔާތަށް ވަރަށް ވެސް ހިތާމަ ވެރި އަހަރެއެވެ . ސަބަބަކަށް ވަނީ ކިޔެވުމުގެ މާހައުލުން އަހަރެން އެހެން މުޖުތަމައު އަކަށް ނިކުމެވޭތީއެވެ .އަހަރެން ނާ އެކު ކިޔަވަން އުޅުނު ބައެއް އެކުވެރިންނާ ކުރި މަޖާ ތައް ވެސް ހަދާނުގައި ހުރެއެވެ . ނަމަވެސް އެ ދުވަހެއް ދެން ދުވަހަކުވެސް ނާންނާނެއެވެ .

އަހަރެން އެއްބަނޑު އެއްބަފާ 1 ބޭބެ ހުރެއެވެ . ދެން ހުންނަނީ އަހަންނެއެވެ . އެންމެ ކުޑަ އަށް ހުންނަނީ އަހަންނެއެވެ . އަހަރެން ގެ ކުޑަ އަށް އެއްވެސް މީހަކު ނުހުރެއެވެ .  އަހަރެން ބުނާ ކޮންމެ ކަމެއް އަހަންނަށް ވަރަށް ވެސް ފަސޭހައިން ވެދެއެވެ . އަހަރެންނަށް ހުރިހާ ކަމެއް ވެސް ވަގުތުން ވަގުތަށް ކުރެވެއެވެ . ވަގުތުން ވަގުތަށް ނުވިއެއް ކަމުގައި ވިޔަސް އެއްޗެއް ލިބެއެވެ .

އުމުރުން 17 އަހަރުގައި އަހަރެން ޒުވާނުން ގެ މުޖުތަމައު އަށް ނިކުތީމެއެވެ . އެ މުޖުތަމައު ތެރެއިން ވެސް އަހަރެންނަށް އެކި ކަހަލަ މީހުންނާ ދިމާވެދެއެވެ . ޒުވާނުން ގެ ތެރޭގައި އަހަރެންގެ ނަން ފެތުރުނެއެވެ . އަހަރެން ގެ ރަގަޅު ވާހަކައެކެވެ  . އެކުވެރި ކަމުގެ ވާހަކައެވެ .

އެކަމަކު ވެސް އަހަރެންނަށް އަނެއް ފަރާތް އެހާ ވެސް ރަގަޅެއް ނޫނެއެވެ . އަހަރެން ދެން މަސައްކަތް ކުރަން ފެށީ އަހަރެންގެ އާއިލާ މީހެއްގެ ތަނެއްގައެވެ . އެއީ ވެސް އަހަރެން ގެ އުމުރުން 17 އަހަރުގައެވެ .  އެދުވަސް ވަރު އަހަރެންނަށް އެކި ކަހަލަ އެކުވެރިންނާ ދިމާ ވެދެއެވެ . އެ މީހުންނާ އެހާ އަވަހަށް އިތުބާރު ކުރެވުނެއެވެ . އަދި އެ މީހުން ގެ ބަސް އެހުނެއެވެ . އެދުވަސް ވަރު އަހަރެންގެ އާއިލާ މީހުން ދައްކާ އެއްވެސް ވާހަކައެއް އަޑެއް ނާހަމެއެވެ . އަހަންނަށް އަޑު އިވެމުން ދަނީ އެ މީހުންގެ ބަހެއެވެ .

އަހަރެންގެ އާއިލާ އަކީ ވިޔަފާރި ކުރާ ބައެއް ކަމުން އަހަރެން އުޅުނީ އެ މީހުންނާ އެކުގައެވެ . ރަގަޅަށް މަސައްކަތް ކުރަމުން ދަނިކޮށް އެތަން ހިންގާ ބޮޑުމީހާ  އަހަންނަކީ މުސްކުޅިއެއް ކަމަށް ބުނެ އަހަރެން އެކަމުން ފޫހި ކުރުވިއެވެ . އަދި އަހަރެންނަށް އެތަނުގައި އެއްވެސް މަސައްކަތެއް ކުރަން ނޭންގޭ ވާހަކަ ވެސް ބުންޏެއެވެ . ނުވިތާކަށް އަހަރެން ގެންގުޅެމުން ގެންދަނީ މުސްކުޅިންގެ ހިޔާލު ކަމަށް ވެސް ބުނެއެވެ . އަހަންނަށް އެ އަޑު އިވުނީ އަހަރެންގެ ސްކޫލް ދުވަސް ވަރު އަހަންނާ އެކު ކިޔަވަން އުޅުނު ކުއްޖެއް ކާރީ ގައި ކިޔާ އަޑެއެވެ .

އެކަމަކުވެސް އަހަރެން އެކަމަކަށް އެއްޗެއް ނުބުނަމެއެވެ . އަހަރެން ގަބޫލް ކުރީ އަހަރެންނަކީ ވެސް މުސްކުޅި މީހެއް ކަމެއެވެ . އަހަރެން ކަހަލަ ކިތައް މުސްކުޅިންނެއް އުޅޭނެބާއޭ ހިތައް އެރިއެވެ . އެއްވެސް އެއްޗެކޭ ނުބުނެ އަހަރެން ބެލީ އެއީ ނުވާ ކަމެއްގެ ގޮތުގައެވެ .  އަހަރެން އޭރުން ފެށިގެން ވަނީ ވިޔަފާރި ކަންތައްތައް ކުރުމަށް ފޫހި ވެފައެވެ . އަހަރެން ކުރަން ބޭނުން ނުވެފައެވެ . ނަމަވެސް އަހަރެންގެ މައިންބަފައިންނާ ދެކޮޅަށް އެކަން ކުރަމުން ގެންދަނީއެވެ .

އަހަރެންނަކީވެސް ޒުވާނެއް ކަމުން އަހަރެންނާ ދޭތެރޭގައި އެ ގޮތަށް ކަންތައް ކުރުމުން އަހަރެން ވަރަށް ވެސް ހިތްދަތި ވެގެން ދިޔައެވެ . އުމުރުން އެންމެ 17 އަހަރުގައި އަހަރެންނަކީ މުސްކުޅި އެއް ކަމަށް ބުނެ އަދި މުސްކުޅި ހިޔާލު ގެންގުޅޭ މީހެއް ކަން ބުނެ އެ ގޮތަށް މީހުން ކާރި ބުނުމުން އަހަރެން ވަރަށް ވެސް ދެރަވެގެން ދިޔައެވެ . ނަމަވެސް އަހަރެންގެ މައިންބަފައިންގެ ހިތް ހަލާކު ނުކުރުމުގެ ނިޔަތުގައި އަހަރެން އެކަން ކުރުމުގައި މި އުޅެނީއެވެ .

2015 ވަނަ އަހަރު ވެސް ނިމިގެން ދިޔައީ އެ ހިތް ދަތި ކަމާއެކުއެވެ . އަހަރެންގެ މައިންބަފައިން ކާރި ކިޔަމުން ގެންދިޔައީ އަހަރެން ވިޔަފާރީގެ ތެރެއަށް ނުވެއްދުމަށެއެވެ . އެކަމަކުވެސް އަހަރެން އެކަން ކުރަން މަޖުބޫރު ވުމުން އަހަރެން އެކަން ކުރަނީ އެވެ .

ކޮންމެ އަކަސް 2015 ވަނަ އަހަރަކީ އަހަރެންގެ ހަޔާތް ބަދަލު ކޮށްލި އެއް އަހަރަށް ކަމަށް ވިއެވެ . 2016 ވަނަ އަހަރު ވެސް ފެށިގެން ދިޔައީ އަހަރެންނަށް އުއްމީދު ތަކެއް ކުރުވި އަހަރަކަށެވެ . ނަމަވެސް އަހަރެން ކުރި އުއްމީދު ކުރި ކަންތައްތައް ހާސިލް ވުމަށް ހުރަސް އަޅަނީ ހަމަ އެކަންތައްތަކެވެ . ހަމަ އެ ހިތްދަތި ކަމެއް . އެކަމަކު ވެސް އަހަރެން ނިއްމީ އެކަން ބާވާފައި އާ އަމާޒަކަށް ދިޔުމަށް ކުރެވެއެވެ . 2016 ވަނަ އަހަރު އަހަރެންނަށް ދިމާވީ އެހެން ކަހަލަ ރައްޓެއްސެކެވެ . އަހަރެން ދުވަހަކުވެސް ހީ ނުކުރާ ކަހަލައިގެ ރައްޓެއްސަކާއެވެ

އޭނަގެ ފަރާތުން ވެސް ލިބެމުން ދިޔައީ އެހެން ކަހަލަ ވިސްނުން ތަކެއެވެ . ވިޔާ ނުދާ ކަން ކަން ކުރުމަށް އޭނަ ވެސް އެއްބާރު ލުން ލިބުނެއެވެ . އެދުވަސް ވަރު އަހަރެން ގެ ސިކުނޑި ޅަ ކަމުން އަހަންނަށް އެކަން ވެސް ކުރެވުނެއެވެ . އެ ވިސްނުން ތަކަށް ދެވުނެއެވެ . އޭރުވެސް އަހަރެން އުޅުނީ އަހަރުމެން ގެ އާއިލާ ވިޔަފާރީގައެވެ .  އެކި ގޮތް ގޮތަށް އަހަރެންނަށް އެމީހުން ދިޔައީ އަހަރެން އެހެން މަގަކަށް ވައްދަމުންނެވެ . އަހަރެންނަށް ނޭއްގުނު ކަމުގައި ވިޔަސް އަހަރެން ދިޔައީ އެކަމަށް ހެއްލެމުންނެވެ . އަހަރެންނަށް ވިސްނުނީ އެ މީހުންނަކީ އަހަރެންގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައެވެ . އެހެން އުޅުމުގެ ތެރޭގައި އަހަންނަށް އެހެން ކަމެއް ވެސް ކުރެވުނެއެވެ . އެއީ ކެންސަރ އަށް މަގުފަހިވާ އެކަތި ކަމުގައިވާ ސިގިރެޓް އަށް ދެވި ހިފާފިއެވެ . އެކަން ވެސް ކުރީ ވަގަށެއެވެ . އަހަރެންގެ މައިންބަފައިންނަށް ވަގަށެއެވެ . އަހަރެންގެ މައިންބަފައިންނަށް އެގިދާނެތީ ވެ އެކަން ހާމަ އެއް ނުކުރަމެއެވެ .

ދުވަސް ކޮޅެއްގެ ފަހުން އަހަރެންގެ މައިންބަފައިންނަށް އެކަން ހާމަވެގެން ހިގައްޖެއެވެ . އަހަރެންގެ މައިންބަފައިން އެކަމަށް ދެކޮޅު ހެދިއެވެ . އަދި އަހަރެން ސްކޫލް ދުވަސް ވަރު އެންމެ ގާތް ކޮށް އުޅުނު އެއް އެކުވެރިއެއްގެ މަންމަ އަށް އެތަން ފެނުމުން އެ ވާހަކަ އަހަރެންގެ މައިންބަފައިން ކާރި އެވާހަކަ ބުންޏެއެވެ . ނަމަވެސް އަހަރެން އެކަން ކުރުން ހުއްޓައެއް ނުލަމެއެވެ . އެކަން ކުރުން ދިޔައީ ކުރިޔަށެވެ .

2016 ވަނަ އަހަރު ވެސް ނިމިއްޖެއެވެ . އަހަރެން ކުރި އުއްމީދު އެހެން ގޮތަކަށް ދިޔައެވެ . އަހަރެން އތަނުން ވެސް ކަޑާލެވިއްޖެއެވެ . ސަބަބަކަށް ވަނީ އެ ވިޔާ ނުދާ އެކުވެރިންގެ ސަބަބުންނެވެ .

2017 ވަނަ އަހަރު ފެށިއްޖެއެވެ  އާ އުއްމީދު ތަކުން ފުރިގެން ދިޔައެވެ . އަދި އަހަރެން އެދުވަސް ވަރު ކިޔަވަން އެންމެ ބޭނުން ވީ އެކަތި ކިޔެވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ . އެއީ ފޮޓޯގުރަފީގެ ދާއިރާއިން ކުރިޔަށް ދިޔުމަށެވެ . ނަމަވެސް އަހަރެން އޭގެއިން ކުރިޔަށް ދިޔުމުގެ ފުރުސަތު ނުލިބުނެއެވެ . އަހަރެން ބޭނުން ވީ އެހެން ރަށް ރަށް ގޮސް ރީތި ނަލަ ނަލަ ފޮޓޯ ތައް ނަގައިގެން އުޅުމެއެވެ . ނަމަވެސް އަހަންނަކަށް އެކަމެއް ނުވިއެވެ . އެކަމަކު ވެސް އަހަރެން ވިސްނީ މިކަމުން ކުރިޔަށް ދިޔުމަށެއެވެ . ކޮންމެ ފަދަ ގޮން ޖެހުން ތަކެއް ކުރިމަތި ވިޔަސް އަހަރެންނަށް މިކަމުން ކުރިޔަށް ދިޔުމަށެއެވެ .

އެކަމަކު ވެސް އަހަންނަށް އެކަމަކުން ކުރިޔަކަށް ނުދެވުނެއެވެ .އަހަރެން ހިތް ބޭނުންވާ ކަން ކަމުން އަހަރެންނަށް ޖެހުނީ ފުރަގަސް ދޭށެއެވެ . އެއީ އަހަރެންގެ މައިންބަފައިންގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރުމުގެ ނިޔަތް ނެތީމައެވެ . އަހަރެންނަށް އެއްވެސް އުދަގުލަކާ ނުލާ މިހިސާބަށް އާދެވުނީމައެވެ .

އަހަރެންނަށް ވަނީ ހިތްދަތި ކަން ކަން ވެފައެވެ . އަހަރެންނަށް އެއްވެސް ކަމެއް ނުވާހެން ހީވެފައެވެ . ވިޔަފާރީގައި އެއްވެސް ކަމެއް ކުރާ ހިތް ނުވެފައެވެ . އަހަރެން ގަބޫލް ކުރާ ގޮތުގައި އަހަރެންނަށް މިކަންތައް ތައް މިވަނީ އަހަރެންގެ ރަގަޅަށެއެވެ . އަހަރެންގެ މުހިއްމު ކަން އަހަރެން އަބަދުވެސް ދެނެގަންނަމެވެ . އަހަރެންނަކީ މިޔަދު ގެ ޒުވާނެކެވެ . އެކަމަކުވެސް އަހަރެންނަށް ވަނީ މުސްކުޅިއެއްގެ ލަގަބު ލިބި ފައެވެ . އަހަރެން ޤަބޫލް ކުރާ ގޮތުގައި އަހަރެން ދެކެމުން އަންނަނީ އެއީ ވެސް އަހަރެންނަށް ވެވެން އޮތް ރަގަޅު ކަމެއްގެ ގޮތުގައެވެ .

2018 ވަނަ އަހަރަކީ އަހަރެން ގެ ހަޔާތަށް އައި އެންމެ އުފާވެރި އެއް އަހަރެއެވެ . އެއީ އަހަރެން އަންހެން ކުއްޖަކާ ރައްޓެހި ވީ މައެވެ . ނަމަވެސް އޭގެ އަނެއް ކޮޅުން އަހަންނަށް ލިބުނީ ހިތް ދަތި ކަމެއެވެ . ސަބަބަކަށް ވަނީ އަހަރެން އެވަރަށް ލޯބިވާ ކުއްޖަކު އަހަރެން ދޫ ކޮއްލާފައި ދިޔުމުންނެވެ . އަހަރެން އެކަމަށް ވެސް ކެއްތެރި ވީމެއެވެ . އަހަރެން ދޫ ކޮއްލާފައި ދިޔަ މީހުންނަށް ވަރަށް ވެސް ޝުކުރު ދަންނަވާލަމައެވެ .

އަހަރެންގެ ކަންތައްތައް ކުރަން ވަރަށް ބޭނުމެއެވެ . ރަގަޅު އެކުވެރިން ވެސް ބޭނުމެއެވެ . އަހަރެންނަށް މިކަމުން ސަލާމަތް ވާން ވެސް ބޭނުމެއެވެ . އަހަރެންގެ މައިންބަފައި ރަގަޅެއެވެ . އެކަމަކު އަހަރެން މި އުޅެމުން އަންނަ މާހައުލު ވަރަށް ވެސް ހިތް ދައްޗެއެވެ . ވަރަށް ވެސް ވިޔާ ނުދައެވެ . އަހަރެން ވަރަށް އާދޭސް ކުރަމެއެވެ . މިތަނުން ދިޔުމަށެއެވެ . އެކަމަކު އަހަރެންގެ މައިންބަފައިން އެކަމަށް ވެސް ދެނީ ފުރަގަހެއެވެ . އަހަރެން ނަށް އެއްވެސް ކަހަލައިގެ ހިނިތުން ވުމެއް ނެތެއެވެ . އެއްވެސް ކަހަލައިގެ އެކުވެރި ކަމެއް ނެތެއެވެ . އަބަދު ވެސް ފެނިގެން ދަނީ ނަފުރަތު ގެ ނަޒަރުން ބެލުމާއި އަދި ނުވިތާކަށް މީހުންނަށް ހަސަދަ ލުމެއެވެ . މީހުންގެ މަސް ކެއުމާއި ނުވިތާކަށް ގޮތް ނޭންގޭ ވާޙަކަތައް ފެތުރުމުގައެވެ .

މިއީ ކިހިނެއް އުޅެން އުޅޭ ބައެއް ކަމެއް ވެސް ނޭންގެއެވެ ..

ލޮބުވެތި ބެލެނެވެރިން މިޔަދު ތިޔަ ބެލެނެވެރި ކަމުގައި ތިބި ކުދިންނަށް އެ ކުއްޖަކު ބޭނުންވާ ދާއިރާ އަކުން ދިޔުމުގެ ފުރުސަތު ދެއްވަމާ ތޯއެވެ . ހަރުކަށި ނުވަމާ ތޯއެވެ . ގޯސް މަގަކަށް ދާނަމަ އެ ކުދިންނަށް ރަގަޅު ގޮތް ކިޔާ ދެއްވާ …

ކުއްޖަކާ ރައްޓެހި ވާ އިރު އެއީ ކޮންކަހަލަ ކުއްޖެއް ތޯ ބަލަމާ .. ދީންވެރި ހުލްޤު ހެޔޮ ރަގަޅު ކުއްޖެ ތޯ ބަލަމާ .. އަހަރުން ފަދަ ކިތައް ކުދިން ތޯ މި ހާލުގައި އުޅެމުން ދަނީ ވިސްނާލާ . އެކުދިން ބޭނުން ވަނީ ކޮންކަމެތޯ ސުވާލު ކުރާށެއެވެ . އެ ކުދިންނާ ހީ ސަކަރާތް ޖަހާށެއެވެ ..  އެކުދިން ހަޔާތުގެ ބައިވެރިއެއް ނަގައިފި ނަމަ އެ ކުދިންނަށް ހިތް ވަރު ދޭށެއެވެ . އެކުގައި ވުމަށެއެވެ . އަދި ގޯސް މަގަކުން ނުދިޔުމަށެއެވެ .

ރަގަޅު ކުދިންނާ އެކު އުޅުމަށް ދުޢާ ކުރާށެވެ. އެކުދިންނަށް ހެޔޮ ގޮތާ ނުބާ ގޮތް ދަސް ކުރާށެއެވެ . ހަރުކަށި ނުވެ މަޑު މޮޅި ކަމުގައި އެ ކުދިންނާ ވާހަކަ ދައްކާށެއެވެ . އެކުދިންނަކީ މާދަމާ ގެ ޖީލް އެއެވެ . ޤައުމު ކުރި އަރުވަން އުޅޭ ކުދިންނެވެ .

،މިކަހަލަ ދުވަހެއް އެއްވެސް ކުއްޖަކަށް ނުދައްކަވާށިއެވެ . އުފާވެރި ކަމުގައި ލަހައްޓަވާށިއެވެ އާމީން

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

އިލްޒާމު ޓްރެއިލާ

Next

“އެއްވެސް މީހެއްކައިރީ ނުބުނާތި” (5ވަނަ ބައި)

Next
August 21, 2019

“އެއްވެސް މީހެއްކައިރީ ނުބުނާތި” (5ވަނަ ބައި)

Previews
August 21, 2019

އިލްޒާމު ޓްރެއިލާ

6 Comments!

  1. Shahu says:
    August 21, 2019 at 2:06 am

    Varah reethi ? ❤️ ❤️ ❤️ ❤️ ❤️

  2. Areesha says:
    August 21, 2019 at 7:46 am

    Varah reethi???

  3. Cuty says:
    August 21, 2019 at 11:26 am

    Lol… V reethi

  4. Anonymous says:
    August 21, 2019 at 1:39 pm

    Mikahala muhakah dheyn oh naseyhathakee meehun kiyaa haa echissah nuvisnaashey, don’t think about what others say about you, and try hard to achieve your own dreams, nobody can force you, not even your parents, if your parents don’t support you, then work independently, find a job for yourself, earn and save, and make your dreams come true, don’t trust people or friends. But trust yourself. And be your own best friend. Make some rules for yourself and follow them. And anyone who calls you old, you tell them “yes I’m old, and you all are old too, so what, old is gold.” be cool and be positive. And the most important thing is obey Allah and trust Him. Respect your parents too but ask them to respect your dreams too. If they are against you, still you respect them but don’t let them manipulate you. Don’t let anyone fool you. Only you can change your situation. You only needs your faith and courage.

  5. Jojo says:
    August 22, 2019 at 12:25 am

    ??????

  6. Aho0 says:
    August 23, 2019 at 12:28 am

    Bunelan beynun vany ? meehun kiyaa ehchis ah nuveh, amihla azumeh ga kuri ah dhaashey.. ? mainn bafainn nudheyneh goas nasey hatteh, emeehunnah ihuthiraam kuraashey! ? Ekamaku thimaage gaabil kann huri minvaru vx engeynee hudhu thimaa ah, konmeh meehakah vx harudhanaa meehakah vumah gadha alhaa masai kai kureh veyneh.. ? goas rattehinn genngulhumaky thimaage ithubaaru geh leykameh, rangalhu rattehinn naky thimaa ah rangalhu kankamu gai kuriyah dhiyumah hiyy varudhey ba eh ?❤️.. keii therinn naai eku abadhu vx Allah voddigen vey!!? Allah ah ithubaaru kuraa meehakah vaashey, eyrun kurimagu alivaaneh ?..
    – life is beautiful ?-

Comments are closed.



All Right Reserved!