ކުށަކާ ނުލާ 22
ނަދާއަށް ލޯ ހުޅުވާލެވުމާ އެކީ ފެނުނީ އެނދުގައި ނިދާފައި އޮތް އަޔާޒްއެވެ. ސިހިފައި ނަދާއަށް މޭގައި އަތް ޖައްސާލެވުނީ އަޔާޒް އެހާ ކައިރީގައި އޮތުމުންނެވެ. އެހެން އޮވެފައި އަނެއް ފަރާތަށް އެނބުރުނީ ރޭގެ ކަންތައް ހަނދާން ވުމުންނެވެ. އިޚްތިޔާރަކާ ނުލާ ނަދާއަށް ރޮވުނެވެ. އަޔާޒްއާ މެދު ހިތް ޝަކުވާއިން ފުރިގެން އައެވެ.
މޫނު ފޮހެލާފައި ނަދާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ގައިގެ އެތަން މިތަނުގައި ހުރި ރިހުން ރެއަށް ވުރެ ގަދަވެފައި ވުމުން ތެދުވަން ނަދާއަށް އުނދަގޫ ވިއެވެ. އަނގައިން އާހެއްގެ އަޑު ނިކުތީ ވީ ތަދުންނެވެ.
އެ މަޑު އަޑާއެކު އަޔާޒް ފުންމައިގެން ތެދުވިއެވެ.
“ނަދާ، ކިހިނެއްވީ؟” އެނދުގައި ދެ އަތް ޖައްސައިގެން ގުދަށް އޮތް ނަދާގެ ކޮނޑުގައި ހިފާލަމުން އަޔާޒް އެހިއެވެ.
ނަދާ ޖަވާބެއް ނުދީ އަޔާޒްގެ އަތް ފޮޅުވާލަމުން ތެދުވެ ސީދާ ވެލިއެވެ. އަދި ގައިގައި އޮޅާލާފައި އޮތް ތުވާލި ބާރުކޮށްލަމުން ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ފާހާނާއަށް ވަނެވެ. ގޮތް ހުސްވެފައިވާ މީހެއް ހެން އަޔާޒް ބަލަން ހުއްޓެވެ.
މޫނު ދޮވެ ހަދައިގެން ނަދާ ނިކުތް އިރުވެސް އަޔާޒް ހުރިތާ ހުއްޓެވެ. އަލަމާރި ކައިރިއަށް ގޮސް އެއްޗެހި ނަގައިގެން ނަދާ އެނބުރި އަޔާޒްއާ ދިމާއަށް ބަލާލީ ކޮޓަރިން ނިކުންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
އަޔާޒްއަށް ވިސްނުނެވެ. މަޑުމަޑުން ގޮސް ކޮޓަރިން ނިކުމެ ދޮރު ލައްޕާލާފައި ދޮރު ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.
“ނަދާ ހޭލީތަ؟” ސޯފާގައި އިން މައިހާ އަހާލިއެވެ.
އަޔާޒް ހަމަ އެކަނި ބޯ ޖަހާލިއެވެ.
މައިހާ ތެދުވެގެން ބަދިގެއަށް ވަނީ ސައި ހަދާށެވެ.
ފަސް ވަރަކަށް މިނަޓް ވުމުން އަޔާޒް ދޮރު ހުޅުވާލާފައި ވަނެވެ. އޭރު ނަދާ ޑްރެސިންގ ޓޭބަލް ކައިރީ އިނެވެ. އަޔާޒް ފާހާނާއަށް ވަދެ ފެން ވަރައިގެން ނިކުތް އިރު ނަދާ އިނީ އެ ދިގު އިސްތަށިގަނޑު ގަތާށެވެ.
ނަދާ ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔައެވެ. އަޔާޒް އަވަސް ކޮށްލައިގެން ނަދާގެ ފަހަތުން ނިކުތް އިރު މޭޒުމަތީ ސައި ހަދާފައި ހުއްޓެވެ. ކޮފީއާ، ސޭންޑްވިޗްއާ ބިސްގަނޑު ހުރީ ނަދާއާ އަޔާޒްއާ ދެމީހުންނަށެވެ.
“ނަދާ، އާދޭ ސައި ބޯން، ސައި ބޮއެގެން ބޭސް ކައިގެން ދެން އަރާމު ކޮށްލާ” ނަދާ ފެނުމުން މައިހާ ބުންޏެވެ.
މައިހާއާ ދިމާއަށް ބަލާވެސް ނުލާ ނަދާ ލަސްލަހުން ގޮސް ބަދިގެއަށް ވަނެވެ.
“ނަދާ، މައި އެހެރީ ސައި ހަދާފައެއްނު؟ އާދޭ ސައި ބޯން” ނަދާގެ ފަހަތުން ދަމުން އަޔާޒް ބުންޏެވެ.
އަޔާޒްއަށް ވެސް ޖަވާބެއް ދިނުމެއް ނެތި ނަދާ މަގެއް ނަގާ ކަބަޑު މަތީ ބަހައްޓާފައި ކޮފީ ގިރަން ފެށިއެވެ.
“ގެނޭ އަހަރެން އަތަށް” އަޔާޒް އައިސް ނަދާ އަތުގައި އޮތް ސަމްސާ އަތުލަން އުޅުނެވެ. ނަމަވެސް ނަދާ އަތް ދަމައިގަތް އިރަށް ނަދާގެ އަތުން ޖެހި މަގު ވެއްޓުނެވެ. ނަދާ ތިރިވީ މަގު ނަގާށެވެ. އެ ވަގުތު ބޮލަށް އެނބުރުން އެރުމާއެކު ނަދާ ވެއްޓެން ދިޔައެވެ. ކައިރީގައި ހުރި އަޔާޒް ނަދާގެ ނަމުން ގޮވާލުމާއެކު ނަދާ ހިފެހެއްޓިއެވެ. މައިހާވެސް ކައިރިއަށް އައެވެ.
އަޔާޒްގެ އަތު ތެރޭން ނިކުންނަން ނަދާ ގަދަ ހަދާލިއެވެ. ނަމަވެސް އަޔާޒް ދުލެއް ނުކުރިއެވެ. ރުޅި އައިސްފައި ހުރި ނަދާ ދެ އަތުން އަޔާޒްގެ މޭގައި އަޅާ ކޮއްޕާލިއެވެ.
“ދެންމެވެސް ކިރިޔާ ނުވެއްޓުނީ، އަހަރެން ނަދާ ކޮޓަރިއަށް ގެންގޮސްދީފާނަމޭ” އަޔާޒްވެސް ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ކިހިނެއް ވެގެންތަ ތި އުޅެނީ؟ އަހަންނަކީ ނުކުޅެދޭ މީހެއް ނޫނޭ، އަހަންނަށް އަމިއްލައަށް ހިނގާފަ ދެވޭނެ، އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫން” ކަބަޑުގައި ލެނިލަމުން ނަދާ ބުންޏެވެ.
“ތިހެން ބުންޏަކަސް ދެންމެވެސް އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާ، އަހަރެން ކިހިނެއް ތިހެން ނަދާ އުޅެން ދޫކޮށްލާނީ؟” އަޔާޒް އެހިއެވެ.
އެއާއެކު ނަދާ ކައިރިއަށް އައީ ރުޅިއެވެ.
“މި ހުރިހާ ދުވަހު ދޫކޮށްގެން ހުރިހެން ހުންނާނީ. މިވީ ދިހަ މަސް ތެރޭ އަޔާ ބެލިންތަ އަހަރެން އުޅުނު ގޮތެއް؟ އަހަރެން އުޅެނީ ބަލިވެތޯ، އަހަރެން ހުރީ ކައިގެން ތޯ އެއްފަހަރުވެސް ބަލާލިންތަ؟ މިއަދު ކޮން ކަމެއް ވެގެންތަ އަހަރެން އެކަނި ފިޔަވަޅެއްވެސް އެޅިޔަ ނުދޭން ތިއުޅެނީ؟
އަޔާއާ ކައިވެނި ކުރީ އަހަންނަށްވެސް އެހެން ގޮތެއް ނެތިގެން. އަޔާއަށް އެކަންޏެއް ނޫން މަޖުބޫރު ވީކީ. އަޔާއަށް ވުރެ ބޮޑަށް އަހަންނަށް މަޖުބޫރު ވީ. ކިތައް ދުވަސް ވަންދެން، ކިތައް ފަހަރު އަހަރެން އަޔާއަށް ގުޅިންތަ؟ ކިތައް މެސެޖް ކުރިންތަ؟ އެއް ފަހަރުވެސް އަޔާ ފޯނަށް ޖަވާބު ދިނިންތަ؟ މެސެޖަކަށް ޖަވާބު ދިނިންތަ؟ އެއް ފަހަރުވެސް ހިތަށް އެރިތަ އަހަންނަށްވެސް މަޖުބޫރު ވެދާނެޔޭ؟
ކުޑަ އިރުން ފެށިގެން އެކީގަ އުޅެ ބޮޑުވި އިރު އަޔާއަށް އަހަންނާ މެދު އެ ވަރުގެ ކަމެއްވެސް ނޭނގުނު، ފުރަތަމަވެސް ނިންމީ ހުރިހާ ކަމެއް ގޯސް ކުރީ އަހަރެން ކަމަށް. ބޭބެ އެ ވާހަކަ ފެށީ އަހަރެން އެއްޗެއް ކިޔައިގެން ކަމަށް.
މަންމަ ކަންތައް ކުރާ ގޮތް އެންމެ ރނަގަޅަށް އެނގޭނެ އަޔާއަށް. ދޮންތަ ގެޔަށް އައި ދުވަހުވެސް، ފަހުން ޝާމިލް އައި ދުވަހުވެސް މަންމަގެ ވާހަކަ ހުރި ގޮތް އެނގޭނެ އަޔާއަށް.
އަހަންނެއް ނޫން، މަންމައެއްވެސް ނޫން ފުރަތަމަ އަހަންނާ އަޔާގެ ކައިވެނީގެ ވާހަކަ ދެއްކީ، ބޭބެ އެ ވާހަކަ ފެށީ. އަހަރެން ކައިރީ ނުވެސް ބުނެ ބޭބެ ފުރަތަމަ އަޔާއާ ވާހަކަ ދެއްކީ، އަހަންނަށް އެނގުނީވެސް އަޔާ އެއްބސް ވީ ފަހުން. އަޔާ އެއްބަސް ވި ވާހަކަ ބުނީމަ އަހަންނަށް ގަބޫލެއް ނުކުރެވުނު. އެހެންވެ އެ ވަރަށް އަޔާއަށް ގުޅީ. އެންމެ ފަހުން މައިއާ ދެ މީހުން ވަކިވާން އެއްބަސް ވެގެން ބޭބެ ބުނާ ގޮތެއް ހަދަން އަޔާ ނިންމީ ކަމަށް އަހަރެން ހީކުރި، އެވެސް އެ ދުވަހު އަޔާއާ ގުޅުނީމަ، އަޔާ ގަބޫލެއް ނޫނޭ ހީވާ ކަހަލަ އެއްވެސް އެއްޗެއް އަޔާ ނުބުނީމަ.
ބޭބެ ބުނީތީ ދެކޮޅު ނަހަދަން ވެގެން އަޔާ އާނއެކޭ ބުނެފަ، ހުރިހާ ކަމެއް އެޅުވީ އަހަރެންގެ ބޮލުގަ. އަޔާ ހީކުރީ އަހަރެން އެއްޗެއް ކިޔައިގެން ކަމަށްތަ ބޭބެ އެ ވާހަކަ ދެއްކީ؟ ކިތައް އަހަރު އަހަންނަށް އަޔާއާ މައިހާގެ ކަންތައް އެނގޭތާ؟ އަހަރެން އެއްޗެއް ބުނިންތަ؟ އަޔާ މައިހާ ދެކެ ލޯބިވާ ވަރު އަހަންނަށް އެނގޭ އިރު އަހަރެން ކީއްކުރަން ބޭބެ ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކަންވީ؟ އަހަރެން އަޔާއާ އިންނަން ބޭނުން ވާންވީ އޭރުތަ؟
މި ގެޔަށް ބަޔަކު އަންނަ ކޮންމެ ދުވަހަކު ހިނިއައިސް ހުރެ އަހަރެން ކައިރި ކޮށްގެން އަޔާ ދައްކާ ޑްރާމާތަކުގަ އަހަރެން ބައިވެރިވީ އަޔާއަށް ޓަކާ، އެއްވެސް މީހަކަށް އެއްވެސް ކަމެއް ނާންގާށޭ ކިޔާފަ އަޔާ ކޮންމެ ދުވަހަކު އަހަންނަށް އިންޒާރު ދޭ އިރު އަޔާ ހީކުރީތަ އަހަރެން އެއްވެސް މީހަކަށް މި ކަންތައް އަންގަން ބޭނުން ވާނެޔޭ؟ އެ ހުރިހާ ދުވަހު އަހަރެން އަޔާ ބުނިހާ ގޮތަކަށް ކަންތައް ކުރީ އަޔާއާ ދިމާއަށް އެއްވސް މީހަކު އެއްޗެއް ބުނަން ބޭނުން ނުވާތީ.
އަހަރެން ބޭނުމެއް ނޫން އެ ގޮތަށް އުޅޭކަށް، އަހަރެން ބޭނުން ވީ ދެ މަފިރިން ހެން އުޅޭކަށް ނޫން، ހަމަ އެކަނި ރައްޓެހިކަން އަހަރެން އަބަދުވެސް އަޔާގެ ފަރާތުން ބޭނުން ވީ. އެކަމަކު އަސްނާމެން އައި ރޭ އަޔާ…”
އެ ރޭގެ މަތިން ހަނދާން ވެފައި ނަދާއަށް ރޮވުނެވެ. މޫނުމަތީ ދެ އަތް އަޅާލަމުން ނަދާ ތިރިވެ މުށިތައް މަތީ އިށީނެވެ.
“އަހަރެން އެރޭ ބުނިހާވެސް އެއްޗަކީ އަހަރެން އަޔާގެ ފަރާތުން ތި ނަފްރަތަށް އުންމީދު ނުކުރާ ވާހަކަ. އެކަމކު އަޔާ ނެގީ ކޮން މާނައެއް؟ އަޔާ ހީކުރީ އަހަރެން ބޭނުން ވީ އަޔާއާ އެކީ ދެ މަފިރިން އުޅޭ ހެން އުޅެން ކަމަށްތަ؟ އެހާވެސް ގޮތެއް ނެތް މީހަކަށް އަޔާ އަހަރެން ހަދާލީ. އަހަރެން ބޭނުން ވާ ކަންތައް ކޮށްދޭށޭ ކިޔާފަ އަޔާ…
މިއަދު ކޮން ކަމަކާތަ އަޔާ ދެރަ ވެގެން ތި އުޅެނީ؟ އެރޭ އަޔާ އަހަންނަށް ދޭން އުޅުނު އަނިޔާއެއް ނޫންތަ ރޭގަ އެހެން ބަޔަކު އައިސް އެ ދިނީ؟ އަޔާ ކުރަން އުޅެފަ ނުކޮށް ދިޔަ ކަމެއްނު އެ މީހުން އެ ކުރީ؟ ދެން އަޔާ ވާންވީ އުފަލެއްނު؟ ބާރު ބާރަށް އަހަންނާ ދިމާއަށް ކިޔަން ވީނު އަހަރެން ބޭނުން ވެގެން އުޅުނު ކަންތަކޭ އެވީ؟
އަޅެ އަހަރެން މީ އިންސާނެއް ކަމަށްވެސް އަޔާ ނުދެކެންތަ؟ މައިހާ ކަހަލަ އަންހެން ކުއްޖެކޭ އަހަންނަކީ. އަޔާ ދާނަންތަ މައިހާ އެކަނި ނިދަން އޮއްވާ ގޭ ދޮރު ތަޅު ނުލާ؟ މައިހާ ގުޅާލީތީ އަޔާ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފަ ދިޔަ އިރު އަހަންނާ މެދު ކުޑަކޮށްވެސް ވިސްނާ ނުލާ.
އެކަމަކު ރަނގަޅޭ. އަޔާ ކީއްކުރަން އަހަންނާ މެދު ވިސްނަންވީ؟ އަޔާއާ މައިހާގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާފަ ވިއްޔަ އަހަރެން މިހިރީ. އެ ކުށަށް އަހަންނަށް ކޮންމެ ސަޒާއެއް ލިބުނަސް އެވަރުވެސް ކުޑަ ވާނެ. އެހެން ވީމަ ރަނގަޅަށް އެވީ. މީ ހަމަ އަހަންނަށް ވާންވީ ގޮތް. މި ވަރުވެސް އަދި ކުޑައީ. އަޔާ އަދި ބައި ގަޑި އިރު ކޮށްފަ އައި ނަމަ ދެން ތިބި ދެ މީހުންވެސް އަހަރެންގެ ބޭނުން ކޮށްލީސް. އޭރުން ފަހަރެއްގަ އަހަންނަށް ހައްގު އަދަބު ލިބުނީ ކަމަށް ވެދާނެ”
ނަދާ އެ ވަރަށް ބުނުމާ އެކު އިސް ޖަހައިގެން ނަދާ ކައިރީ އިން އަޔާޒްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަޔާޒް މޫނު ފޮހެލަމުން ލޯ މަރާ ބާރު ކޮށްލިއެވެ. ނަދާގެ ވާހަކަ އަޑު އަހަމުން ދިޔަ ވަރަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަރުން އަޔާޒްއަށް ނަދާއާ ދިމާއަށް ބަލާލަންވެސް ނުކެރުނެވެ.
“އަހަރެން ވަރިއަށް އެދުނީ އަޔާއާ ބޭބެގެ މެދުގަ މައްސަލަތަކެއް ޖައްސާކަށެއް ނޫން، އަޔާއަށް މައިހާއާ ކައިވެނި ކުރަން ފުރުސަތު ހޯދަދެން ވެގެން، އެކަމަކު އެހެން ބުނެގެންވެސް އަޔާ ހީކުރީ އަހަރެން އުޅުނީ އަޔާއާ ބޭބެއާ ޖައްސަން ކަމަށް. ފަހުން ދެ އަނތްބަށް މައިހާއާ ކައިވެނި ކުރާށޭ ބުނީމަވެސް އަހަރެން ގޯސް ވީ. އަޔާ ހީކުރީތަ އަހަރެން އެހެން ބުނީ އަހަންނަށް ވުރެ މައިހާ ދަށްކޮށްލަން ވެގެންނޭ؟ އެ ނޫން ގޮތަކަށް އަޔާއަށް އަހަންނާ މެދު ހީވެސް ނުވެސް ކުރެވޭނެ. އަހަރެން މޮޔަ ކަމުން ދެންވެސް އަޔާއާ މައިހާ ގުޅުވަން މަސައްކަތް ކުރެވުނީ. އަހަރެން ހިއެއް ނުކުރަން އަހަރެން އެ ގޮތަށް ބުނާ ކޮންމެ އެއްޗަކުންވެސް އަޔާ އަހަރެން ދެކެ އިތުރަށް ރުޅި އަންނާނެ ކަމަކަށް.
އެރޭވެސް ދެމީހުން އެކީގަ އުޅެން މަސައްކަތް ކުރެވިދާނެ ވާހަކަ އަހަންނަށް ބުނެވިގެން އަޔާ އަހަންނަށް ހަދަން އުޅުނު ގޮތް… އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ އަޔާ ތީ އެ ކަހަލަ ކަމެއް ކޮށްފާނެ މީހެއް ކަމަކަށް. ތީ މި ދުނިޔޭގަވެސް ހުރި އަހަރެން އެންމެ އިތުބާރު ކުރާ މީހާ. އެރޭވެސް އަހަރެން އަޔާ ދެކެ ބިރެއް ނުގަނޭ… އެކަމަކު އެރޭ އަޔާ އައީ މައިހާ ގޮވައިގެން. އަހަރެން ކުރިމަތީ އަޔާ ބޭނުން ވީ މައިހާ ގޮވައިގެން އުޅެން.
އަހަންނަށް ފެނުނޭ އަޔާގެ އުފަން ދުވަހުގެ ރޭ އަޔާގެ އުނގަށް މައިހާ ލައިގެން އުޅުނު ގޮތް. އަޔާއާ މައިހާ ހީކުރީތަ އަހަންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް؟ އެހެން ވެގެން އަހަރެން ބުނީ އަޔާ މައިހާއާ އިންނާށޭ. އެކަމަކު އަޔާ ހީކުރީ ކީކޭ؟ އަޔާ ބޭނުން ވަނީ ކައިވެންޏެއް ނުކޮށް އެ ހުރިހާ ގޮތަކަށް މައިހާއާ އެކީ އުޅެންތަ؟ އެއީ ދޯ ރީތި ގޮތަކީ؟
އަހަރެން މީ ގޯސް މީހާ، އަހަރެން ކުރާނީވެސް ގޯސް ކަންތައް، އަހަރެން ބުނާ ބަހަކީވެސް ގޯސް ބަސް. އަޔާއާ މައިހާ ކޮށްފޮއްޔާ ކޮންމެ ކަމެއްވެސް ރަނގަޅު.
އަހަރެން ހާދަ ވަރަކަށް ހިތަށް އަރަޔޭ އަހަންނަށް އެ ދުވަހު އާނއެކޭ ނުބުނެވުނު ނަމައޭ… މަންމަ އެ ވަރަށް ކީ އިރުވެސް އަހަރެން ނުބުނަމޭ، އެކަމަކު ބޭބެ އައިސް ބުނީމަ އަހަންނަށް ނޫނެކޭ ބުނަން ނުކެރިގެން އާނއެކޭ ބުނީ. ހިތަކަށް ނާރާ އެ ބަހުގެ ނަތީޖާ މި ގޮތަށް އަހަންނަށް ލިބިދާނެއެކޭ.
އަހަރެން ހާދަ ވަރަކަށް އަޔާއަށް ގޮވީމޭ… އެ މީހުން ކައިރީ އަހަރެން އާދޭސް ކުރިން… އަޔާއަކަށް ނޭނގޭނެ އަހަރެން ގޮވި ވަރެއް… އަހަންނަށް ވީ ތަދެއް ނޭނގޭނެ…” ވާހަކަ ނުދެއްކިގެން ނަދާ ހުއްޓާލިއެވެ. ކައިރީގައި އިން އަޔާޒް ނަދާގެ ބޮލުގައި އަތް ޖައްސާލަން އުޅުނެވެ. ނަމަވެސް ނަދާ ދުރަށް ޖެހުނެވެ. އިސް އުފުލާ އަޔާޒްގެ މޫނަށް ބަލާލަމުން ނަދާ ލޯ ފޮލިއެވެ.
“އަހަރެން ހިތަށް އަރާ ކުރާނެ ކަމެއް ކޯށްފަ އަހަރެން މަރާލާފަ އެ މީހުން ދިޔަ ނަމައޭ. އޭރުން އަޔާއަށް އަހަރެންގެ ފަރާތުން ސަލާމަތް ވެވުނީހެއްނު؟ މަންމައަށްވެސް އޭރުން ދެން އަހަރެންގެ އުނދަގުލެއް ނުޖެހުނީހެއްނު؟ އެއް ފަހަރުން އެންމެންނަށް އަހަރެންގެ އުނދަގުލުން ސަލާމަތް ވެވުނީސް އޭރުން” ހިތުގެ އަޑިން ނަދާ ބުނެލިއެވެ.
އެ އަޑު އިވުމުން ކައިރީގައި ހުރި މައިހާއަށްވެސް ކެތެއް ނުކުރެވުނެވެ. ނަދާގެ ވާހަކަ އަޑު އަހަން ރޮވިފައި ހުރި މައިހާގެ އަނގައިން އަޑެއް ލައްވާލެވުނީ، ނަދާގެ އަޑުގައި ހުރި ވޭން އިހުސާސް ކޮށްލެވުމުންނެވެ.
“މައިހާ ކޮން ކަމަކާ ތި ރޮނީ؟ މައިހާވެސް މިއަދު އުފާ ވާންވީ. އަޔާއާ ދެ މީހުން ދޭ ސެލެބްރޭޓް ކުރަން، އަހަންނަށް އެކަށީގެންވާ ވަރުގެ ސަޒާއެއް ލިބުނީތީ އުފާ ކުރަން ދޭ، އަހަރެން ފަހަތުން އަޔާ މިއަދު ދުވާނެ ކަމެއް ނެތް. ދޭ މައިހާއާ ދެ މީހުން އެކަކު އަނެކަކު އުފާ ކޮށްދޭން. އަހަރެން މި ދަނީ ކޮޓަރިއަށް، ދެ މީހުން ކުރާ ކަމެއް ކުރޭ” މައިހާއާ ދިމާއަށް ބަލާލަމުން ނަދާ ބުނެލިއެވެ. އަދި ތެދުވަން އުޅުނެވެ.
ނަދާ ތެދުވަން އުޅުމުން އަޔާޒް ނަދާއަށް އެހީ ވުމަށް އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް ދެންވެސް ނަދާ އަޔާޒްގެ އެހީއަށް އިންކާރު ކުރިއެވެ.
“އަޔާ، އަހަރެން ގައިގަ އަތް ނުލާތި! އަހަރެން އަޔާގެ އެހީއެއް ބޭނުމެއް ނޫން. އަހަންނަށް ހިނގާފަ ނުދެވުނިއްޔާ މިތާ ދެމެމުން ދިޔަޔަސް އަޔާ އަހަރެން ފަހަތުން އައިސްގެން ނުވާނެ. ކާކަށްވެސް ބޭނުމެއް ނޫން. ބޭހެއްވެސް ބޭނުމެއް ނޫން. މިހެން ހުރެ އަހަރެން މަރު ވެއްޖެއްޔާ އެންމެންނަށްވެސް އެންމެ ރަނގަޅު ވާނީ” އެހެން ބުނެފައި ނަދާ ކަބަޑުގައި ހިފާފައި ތެދުވިއެވެ.
“އަހަންނަށް އެހެން ގޮތެއް ވީހާ އަވަހަކަށް މި ގެއިން ދާނަން. އެހާ ދުވަސް ވަންދެން އަޔާގެ އަނތްބެއްގެ ގޮތުގަ އަހަރެން ހުންނާނީ. އެހެން ނޫނީ މިހާރު އަހަރެން ވަރި ކުރިޔަސް ހެޔޮ. ބޭބެ ކައިރީ ބުނޭ އަހަރެން ބޭނުމެއް ނޫނޭ އަޔާއާ އެކީ އުޅޭކަށް” ބަދިގެއިން ނިކުންނަމުން، އިއްވާލި ފަހު ބަސް ހެން ނަދާ ބުނެލިއެވެ.
ނަދާ ކޮޓަރިއަށް ވަން އިރުވެސް އަޔާޒްއާ މައިހާ ތިބި ގޮތަށް ތިއްބެވެ. ދެ މީހުންވެސް ވިސްނަމުން ދިޔައެވެ. ނަދާއަށް ދިމާވި ކަންތަކުގައި ކޮންމެ މީހަކުވެސް ކުށްވެރި ކުރަމުން ދިޔައީ އަމިއްލަ ނަފްސެވެ.
“އެރޭ… އަހަރެން ހިތަށްވެސް ނާރާ ނަދާއަށް ފެނިދާނެއެކޭ… ކީއްވެތަ އަހަރެން އެ ވަރަށް ނުވިސްނީ؟ ކީއްވެތަ އަހަރެން ރޭގަ ވިސްނާނުލާ ދިޔައީ؟ ދޮރު ތަޅުނުލާ…” އަޔާޒް އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ދިޔަ އިރު ފުރަތަމަ އެ ބުނީ އަޔާޒްގެ އުފަން ދުވަހުގެ ރޭގެ ވާހަކަ ކަން މައިހާއަށް ވިސްނުނެވެ.
“އަހަރެން އެރޭ އަޔާއަށް ފޯސް ނުކުރި ނަމަ… ނަދާ އެ ހީކުރަނީ މި ގެޔަށް އައި ފަހުންވެސް އަހަންނާ އަޔާގެ މެދުގަ އެހެން ކަމަށް ކަންތައް އޮތީ… އިޓްސް އޯލް މައި ފޯލްޓް، އަޔާގެ ލައިފްއަށް އަލުން އައިސް އަހަރެން ވަނީމަ މި ހުރިހާ ކަމެއް މި ވީ. އައިމް ސޮރީ އަޔާ…” މައިހާ ބުންޏެވެ.
އަޔާޒް ޖަވާބެއް ނުދިނެވެ. ވިސްނުމަކަށް ގެއްލިފައި ހުރިހެން ހުރީއެވެ.
“އަޔާ، އަހަރެން ދާން ވީތަ؟” މައިހާ އަހާލިއެވެ.
އަޔާޒް ބޯ ޖަހާލީ އެ ވަގުތު މައިހާ ހުރުމުންވެސް އުނދަގޫ ވެގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.








Eid Mubarik! miothy eid hadhiya, hykuran kamudhaane kamah, mi bai kuru vaane, but 23 dhigu kohleveytho balaanan. kiyaalaafa comment kollahchey, 23 vana bai Insha Allah thursday ga genesdheynan.
gasthaku noonakas ayaage ihmaalunn ekan ehen evee……
Aan, ayaa ves e kan gaboolu kurey, thnx for reading nunnu
dhen anekka nadha preg nukurahcheyy writer
Vaa gotheh balamaa dho, thnx jiloo
Haadha reehchey mi story.. gavaidhun kiyan mi story.. v furihama molhu vaahakaeh.. Marsha haadha molhey maasha Allah… v inthizaar kurevey komme part akahves.. vv salhi.. thank u & Eid mubaarik..
Thnq Hajja
Wowwwwww ? Vrr reethi mi bai vx. Aslu vrr thafaathu mi story binaa kohffa oiygoiy. Good luck always ♥️☺️☺️
Thnq Ainii
Saabas nadhaa ah ???aanmukoh dhivehi vaahaka thakuga kithanme vareh viyas anhehn kujjaa hunaanee hithun echehi kiya kiyaa ? v reethi mi bai
Thnq Ninaa
♥️❤️❣️???????❣️♥️♥️❣️???❤️♥️♥️❤️♥️❤️♥️❤️♥️❤️❣️♥️♥️❣️♥️❣️♥️❣️❣️♥️???❣️?❣️?❣️????Varah reethi ????? waiting for the next part ???? luv your story so much ????????? one of my favourite ?❤️❤️❤️❤️❤️♥️♥️♥️♥️♥️???????????♥️????????♥️♥️?
❤️????????????❤️??????❤️❤️??????Eid Mubarak Marsha ??????❤️❤️????????????❤️❤️????????????❤️
Thnq meekko, eid mubarik to u too dear!
Nadha rape kureema vaahaka hadi! Ayaz aee naha gilhithaa 2mnts thereyga kanneynge,eha avahah rape kureveyne heneh hiyeh nuvey,mihen mibuni gulhi fahun dho emyhun nadha yah aniya kureeves!anyways varah kiyaahithun kiya vaahakaeh mi❤
Thnq faahaga kollaafa bunedhinyma, 21 n 22 edit koffa mirey upload kollaanan,
Kusakaa nulaa dhen nadha balie innany. Varah dhera dhw…v varah reethi
Let’s c dho! Thnx dear
Wooooowww varah salhi ? ? ? ? ? love you marsha sis❤️❤️❤️
Thnq Shahu!
???EID ???Mubarak ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Eid mubarik Ibsha ahves
Kithanme vareh viyas aslu ma kanthah nuvi nama maa reethi vees… Konme haalehga viyas nadhaage magaamu liben jeheynee ayaa ah.. ehen bayakah ehevs sifa ehgaa ekan viya dheegen nuvaane… Kamakee ahremen Muslim dhivehin ge dhiriulhumugaa nuhingaa kanthah veema bunelee.. reethi mi baives
Thnq Anonymous. Vaahaka eh veema konme kameh ves hingaafaane ehnu, story liyan feshi iruves visnaafa oiy gothah mi liyany, ayaa n nadha ah dhen vaa goiy Anonymous ah kamudhaane kamah hykuran, plz read till the end inge
Haadha hynuvey ekahala kameh vee hen,, aee emeehun fenun irah nadhaa ayaa ah gulhy dhw,, 2min vx nuvey ayaa room ah dhiya iru,, v hama nu jehey ne egothah kanthah vehjehyaa
Ya.. mavess hithah eree thihenn.. e dhemedhuga nuhinga bodukameh vaanehaa vagutheh. Ayaa ah gulha irah avahah aii dho.. ai levidhaane . Vahaka kiyaane eki umuruge meehun. Gaboolukurevey gothah liyanvaanee..
Thnq Mary n Nunnu, aan, eii Marsha ah visnaa nulaa liyevifa in gotheh, 21 n 22 edit kollaafa mirey alun upload kollaanan. Dhen ves e kahala mistake eh faahaga kurevijjeyyaa bunela dheythi inge,
Nadha rape kureema kamakunudhey aslu…maa reethivis aya nadha salaamaih kurinama
Ehen vedhaane, mi faharu mihen liyevuny, ekamu Aish vaahaka nimen dhen kiyaalahchey, thnq dear
Vvvv salhi mi part ves ❤️ ❤️ ❤️ keep it up! ? ? ? Love it?????❤️????????
Thnx Mari
Vaahaka v reethi, Asluves nadha rape kureetha emeehaa
Yes, Ehen e vee, thnx Nai