Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 21

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 9, 2019 8 Mins Read
45 Comments

“ނަދާއަށް ކޮންމެސް ކަމެއް ވެއްޖެ!” ކުއްލިއަކަށް އެހެން ބުނުމާ އެކު ނަދާގެ ނަމްބަރަށް ގުޅަމުން އަޔާޒް އެތެރެއަށް ވަނެވެ. ނަދާގެ ފޯން އޮތީ ނިއްވާލާފައި ކަމުގައި ބުނުމުން އަޔާޒް ލިފްޓާ ހަމައަށް ދިޔައީ ދުވެފައެވެ. އޭރުވެސް ނޭނގޭ ހާސްކަމެއް ކަމެއް އަޔާޒްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

އަޝްފާންއާ މައިހާވެސް އެކަކު އަނެކަކަށް ބަލާލާފައި އަޔާޒްގެ ފަހަތުން ވަނެވެ.

ލިފްޓަށް އަރާފައި، އިތުރު ފްލޯރ އަކަށް މަޑު ނުކޮށް ހަވަނަ ފްލޯރއަށް ދާން ނެގި ދިހަ ވަރަކަށް ސިކުންތުވެސް އަޔާޒްއަށް ހީވީ އެތައް އިރެއް ވީ ހެންނެވެ. ލިފްޓުން ނިކުމެ އެޕާޓްމެންޓާ ހަމައަށް ދުވެފައި ގޮސް ތަޅުގައި ހިފާލި އިރު، ތަޅުލާފައި ހުރުމުން އަޔާޒްއަށް ފަހަތުން އައި އަޝްފާންއާ މައިހާއަށް ބަލާލެވުނެވެ. ޖީބުން ތަޅުދަނޑި ނަގާ ދޮރު ހުޅުވާލުމާއެކު ނަދާގެ ރުއިމުގެ އަޑު އަޔާޒްގެ ކަންފަތުގައި ޖެހުނެވެ.

“އަޔާ!!!” ނަދާ ރުއިމުގެ ތެރެއިން ބާރަކަށް އަޔާޒްއަށް ގޮވާލުމާއެކު އަޔާޒް ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އަޔާޒްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

އަޔާޒް ދިޔުމުން ނުނިދިފައި އޮތް ނަދާއަށް ގޭ ދޮރު ހުޅުވާލި އަޑު އިވުމާއެކު މޫނުގައި ބާލީސް ޖައްސާލަމުން ލޯ މަރާލިއެވެ. ނަމަވެސް ވާހަކަ ދައްކާ އަޑު އިވުމުން ނަދާ ހީކުރީ އަނެއްކާވެސް އަޔާޒްއާ އެކު މައިހާ އައީ ކަމަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމުންވެސް ނަދާ އޮތް ގޮތަށް އޮތީއެވެ. އެހެން އޮވެފައި ނަދާ ކުއްލިއަކަށް ތެދުވީ މަޑުމަޑުން ދެ ފިރިހެނަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ.

ނަދާ ތެދުވެ ބަލާލުމާ އެކު، ކޮޓަރީގައި ހުރި މީހާ ކުއްލިއަކަށް ހުއްޓުނެވެ. ގެޔަށް އައީ އަޔާޒް ނޫން ކަން ޔަގީން ވުމުން ނަދާ ބިރުގަތެވެ. ކައިރީގައި އޮތް ފޯން އަތަށް ނެގުމާއެކު ސްޕީޑް ޑައިލް އިން އަޔާޒްގެ ނަމްބަރަށް ގުޅާލަމުން ނަދާ އެނދުން ފައިބައިގެން ދުއްވައިގަތީ ކޮޓަރިން ނިކުންނާށެވެ. ކޮޓަރީގެ ދޮރާ ހަމަ ވީ އިރަށް ކުރިމަތިން އެހެން މީހަކު އައިސް ނަދާ ގައިގައި ހިފެހެއްޓިއެވެ. އެއާއެކު ކޮޓަރީގައި ހުރި މީހާ ނަދާ އަތުން ފޯން އަތުލާފައި ފާރާ ދިމާއަށް ފޯން އެއްލިއެވެ.

“ދޫ ކުރޭ!” ހިފަހައްޓައިގެން ހުރި މީހާގެ އަތުތެރޭން ސަލާމަތް ވާން މަސައްކަތް ކުރަމުން ނަދާ ބުންޏެވެ.

“ޝްޝްޝް” ކުރިމަތީ ހުރި މީހާ ނަދާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބުންޏެވެ.

“އަޔާ!” ނަދާ އަޑުގެ ކޮޅަށް ހަޅޭ ލަވައިގެތެވެ. އެއާއެކު އެ މީހާ ނަދާގެ މޫނުމަތީ އަތްތިލައިން ޖެހިއެވެ. ވީ ތަދުން ބޮލަށް އެނބުރުން އަރައިގެން ދިޔަ ނަދާ ނުވެއްޓުނީ އަނެއް މީހާ ނަދާ ހިފަހައްޓައިގެން ހުރުމުންނެވެ.

“އޭނަގެ އަނގަ ބަންދު ކޮށްބަލަ” ތިން ވަނަ މީހަކު އައިސް ވަންނަމުން ބުންނެވެ.

“ދެންވެސް އަޑެއް ނުލައްވާ ހުންނާތި!” ނަދާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ޖެހި މީހާ ބުނެލިއެވެ.

“ދޫ ކުރޭ!” އަނެއްކާވެސް ނަދާ ބުންޏެވެ.

“ތިހާ ރީތި ކުދިން އެކަނި އުޅޭކަށް ނުވާނެއެއްނު؟” ނަދާގެ މޫނަށް ރަނގަޅަށް ބަލާލަމުން ފަހުން އައި މީހާ ބުންޏެވެ. އަނެއް ދެ މީހުންވެސް އެ ވަގުތު ނަދާގެ މޫނަށް ބަލާލިއެވެ.

ބިރުން ހުރި ނަދާ އަނެއްކާވެސް އެ މީހާގެ އަތްދަށުން ސަލާމަތް ވާން ވެގެން ތެޅިގަތީ އެ މީހުން ނަދާއަށް ބަލަން ފެށި ގޮތުންނެވެ. ނަދާ ހިފަހައްޓައިގެން ހުރި މީހާ ކުއްލިއަކަށް ނަދާ ދޫކޮށްލުމާއެކު ދެން ހުރި މީހާ ނަދާގެ އަތުގައި ހިފައިގެން ގޮސް އެނދަށް ވައްޓާލިއެވެ. އެކަކު އެނދަށް އަރާ ނަދާގެ ދެ އަތުގައި ހިފެހެއްޓިއެވެ. އަނެއް މީހާ ނަދާގެ ފަޔާ ދިމާލުން ހުއްޓިފައި ގުދުވެ ނަދާ ލައިގެން ހުރި ޓީޝާޓްގެ ކަރުގައި ހިފާ ދަމައިގަތް ގޮތަށް ވީދާލިއެވެ. ހަޅޭ ލަވައިގަންނަމުން ނަދާ ފައި ކުރުކޮށްފައި އެ މީހާ ގައިގައި ޖެހިއެވެ. ދެ ވަނަ ފަހަރަށް ނަދާގެ މޫނު މައްޗަށް އެރި ހަމަލާއާއެކު ނަދާގެ ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ރޮއެރޮއެ އޮއްވާ އެ މީހާ ނަދާގެ ހަށިގަނޑުން ހުރިހާ ފޭރާމެއް ވަކިކޮށްލިއެވެ.

“ނޫން… ޕްލީޒް… ދޫކޮށްލާ… އަޔާ!” އެ މީހުންގެ މަގްސަދު ވިސްނި، ސަލާމަތް ވާނެ ގޮތެއް ނެތުމުން އާދޭސް ކުރަމުން ނަދާ އަޔާޒްއަށް ގޮވާލިއެވެ. ލައިގެން ހުރި ޖީންސްގެ ގޮށްތައް ނައްޓަމުން ނަދާއާ ކައިރިއަށް އެ މީހާ އައި އިރު ދެން ހުރި މީހާ، ނޭވާ ލާންވެސް ދަތި ވާނެހެން ނަދާގެ އަނގަޔާ ނޭފަތުގައި އަތް އަޅާ ބާރުކޮށްލިއެވެ. އަޑެއް ލައްވާ ނުލެވޭނެ ހެން ނަދާގެ އަނގަ ބަންދު ކޮށްލިހެން އަނެއް މީހާ ނަދާގެ ދެފައި ހަލުވާ ނުލެވޭނެ ހެން ހިފަހައްޓާލިއެވެ.

ދެން ވާ ގޮތް ނުބަލަން ވެގެން ނަދާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. ނަދާގެ ގައިމައްޗަށް ގުދުވަމުން އެ މީހާ ނަދާގެ ހަށިގަނޑުގައި އަތް ޖައްސާލުމާއެކު ނަދާއަށް ތެޅިގަނެވުނެވެ. ނަދާގެ ދެ ފައިގައި ބާރަށް ހިފާ ދުރުކޮށްލުމާއެކު ނަދާއަށް ހީވީ ހަށިގަނޑުގެ އެތެރެއިން ވީދައިގެން ދިޔަ ހެންނެވެ. ތެޅިގަތުމާއެކު ނަދާގެ އަނގަމަތީ އަލާފައި އޮތް އަތް ދޫވި ވަގުތު ރޮއެ ގަންނަމުން ނަދާއަށް އަޔާޒްގެ ނަމުން ބާރަކަށް ގޮވާލެވުނެވެ.

ކެތް ނުވާ ވަރު ވުމުން ނަދާގެ ލޯ މެރެން އުޅުނެވެ. ނަމަވެސް އެ ވަގުތު ކުއްލިއަކަށް ނަދާގެ ގައިމަތީ އޮތް މީހާގެ ބަރު ލުއި ވިއެވެ. ހަށިގަނޑަށް ދެމުން ދިޔަ އަނިޔާ ހުއްޓުނު ނަމަވެސް ތަދެއް ނުކެނޑެއެވެ. ހިތްވަރުކޮށްފައި ލޯ ހުޅުވާލުމާއެކު އަޔާޒްގެ ސޫރަ ފެނުނެވެ. އެއްޗެއް ބުނެވުމުގެ ކުރިން ނަދާގެ ލޯ މެރުނެވެ.

ކޮޓަރިއަށް ވަދެ ނަދާގެ ގައިމަތީ އޮތް މީހާގެ އިސްތަށިގަނޑުގައި ހިފާ ނެގި ގޮތަށް އަޔާޒް އެ މީހާ ދުރަށް ކޮއްޕާލިއެވެ. އަޔާޒް ފެނުމާ އެކު، ނަދާގެ ދެ އަތުގައި ހިފައިގެން ހުރި މީހާއާ، ދުރުގައި މަންޒަރު ބަލަން ހުރި މީހާ ދުވެފައި ނިކުތެވެ. އަޔާޒް ދުރަށް ކޮއްޕާލި މީހާ ތެދުވެ ލައިގެން ހުރި އެއްޗެހި ރަނގަޅު ކުރަމުން އަޔާޒްއާ ދިމާއަށް ދިޔަ ނަމަވެސް، އެ ވަގުތު މައިހާއާ އަޝްފާން ފެނުމުން ޚިޔާލު ބަދަލުވެ އެ މީހާވެސް ދުވެފައި ނިކުތެވެ. އެ މީހުން ފަހަތުން ދުވެފައި ދާން އުޅުނު އަޝްފާންއަށް ގޭ ދޮރުން ބޭރަށް ނުނިކުމެވެނީސް މައިހާ ބާރަށް ގޮވާލުމުން އަނެއްކާ އެތެރެއަށް ވަނެވެ.

“ނަދާ… ނަދާ…” ނަދާގެ ނޭފަތުންނާ އަނގައިން އައިސްފައި ހުރި ލޭ ފޮހެމުން އަޔާޒް ނަދާގެ ނަމުން ގޮވާލިއެވެ. ނަމަވެސް ނަދާ ލޮލެއް ނުހުޅުވިއެވެ. އެ ވަގުތު ދޮރު މައްޗަށް އެރި މައިހާއަށް އަނގަމަތީ އަތް އަޅާލެވުނީ ނަދާ އޮތް ގޮތް ފެނި، ވީ ގޮތް ވިސްނުމުންނެވެ. އެއާއެކު މައިހާއަށް އަޝްފާންގެ ނަމުން ބާރަށް ގޮވާލެވުނީ އެ ވަގުތު ނަދާއަށް އަޝްފާންގެ އެހީ ބޭނުން ވެދާނެތީއެވެ.

އަޝްފާން ދޮރާ ހަމައަށް ނާންނަނީސް މައިހާ އަޝްފާންގެ އަތުގައި ހިފާ ހުއްޓުވީ، ނަދާ އޮތް ގޮތުންނެވެ.

“ނަދާ…” ނަދާގެ ހާލަށް ކެތް ނުވެގެން އަޔާޒްގެ ލޮލުން ކަރުނަ އައުމާއެކު އަޔާޒް ނަދާ ނަގާ މޭގައި ޖައްސާލިއެވެ.

“މައި!” ނަދާ ދުރަށް ޖައްސާލާފައި ރަޖާގަނޑުން ނަދާގެ ހަށިގަނޑު ފޮރުވާލަމުން އަޔާޒް ގޮވާލިއެވެ.

އަޝްފާން ކައިރީ މަޑުކޮށްލަން ބުނެފައި މައިހާ ކޮޓަރިއަށް ވަނެވެ.

“މައި، ނަދާ ލޮލެއް ނުހުޅުވި…” އަޔާޒް ބުންޏެވެ.

މައިހާ ވަދެ ނަދާ ކައިރީ އިށީނދެފައި ނަދާގެ ވިންދު ބަލާލިއެވެ. ނަރުހެއްގެ ވިސްނުމުން ވިސްނަން ބޭނުންވި ނަމަވެސް އެ ވަގުތު މައިހާއަކަށް އެކަމެއް ނުވިއެވެ.

“އަޔާ، އަޝްފާންއަށް ގޮވަންތަ؟ މި ވަގުތު ނަރުހަކަށް ވުރެ ނަދާއަށް ބޭނުން ވަނީ ޑޮކްޓަރެއްގެ އެހީ” މައިހާ އަޔާޒްގެ ހުއްދައަށް އެދުނެވެ.

އަޔާޒް މަޑުމަޑުން ބޯ ޖަހާލިއެވެ.

މައިހާ ގޮވުމުން އަޝްފާން ވަދެ، ޑޮކްޓަރެއްގެ ހައިސިއްޔަތުން އެ ވަގުތު ކުރެވެން ހުރި ކަމެއް ކުރިއެވެ. ފަނަރަ ވަރަކަށް މިނަޓް ފަހުން އަޝްފާން ކޮޓަރިން ނިކުތީ ދެން ކަންތައް ކުރަން ވީ ގޮތް އަޔާޒްއަށް ކިޔާ ދީފައި، އިތުރަށް ބޭނުން ވާނެ އެއްޗެހި ގަންނަން ދާށެވެ.

އިރުކޮޅެއް ފަހުން ނަދާ ލޯ ހުޅުވާލި އިރުވެސް އޮތީ އަޔާޒްގެ އުނގުގައި ބޯ އަޅައިގެންނެވެ. ލޯ ހުޅުވާލުމާއެކު ނަދާއަށް ރޮވުނެވެ. އަޔާޒް ނަދާ ގެނެސް މޭގައި ޖައްސާލިއެވެ. އިރުކޮޅަކު އަޔާޒްގެ މޭގައި މޫނު ފޮރުވައިގެން އިނދެފައި ނަދާ ދުރަށް ޖެހިލާ، ކަރުނަ އައިސްއައިސް ހުރި ލޮލުން އަޔާޒްގެ މޫނަށް ބަލާލިއެވެ.

“ނަދާ…” އަޔާޒްގެ ދުލުން ނަދާގެ ނަން ބުނެވުމާއެކު ނަދާ ދުރަށް ބަލާލިއެވެ. ދޮރު ކައިރީ ހުރި މައިހާ ނަދާއަށް ފެނުނީ އެ ވަގުތުއެވެ.

ނަދާއަށް ރުޅި އާދެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. މުޅި ހަށިގަނޑުގައި ހުރި ރިހުމަށް ބެލުމެއް ނެތި ނަދާ އަޔާޒްއާ ދުރަށް ޖެހިލިއެވެ.

“ނިކުމޭ!” އަޔާޒްގެ މޭގައި އަތް އަޅާ ދުރަށް ޖެހިލަން މަސައްކަތް ކުރަމުން ނަދާ ބުނެލިއެވެ.

“ނަދާ…” އަޔާޒް ތެދުވެ އެއްޗެއް ބުނަން އުޅުނެވެ.

“ދެ މީހުންވެސް ނިކުމޭ މިތަނުން! މިހާރު ނިކުމޭ!” ނަދާ ބާރަށް ހަޅޭ ލަވައިގަތެވެ.

އެއްޗެއް ނުބުނެ މައިހާ ނިކުމެ ދޮރު ލައްޕާލިއެވެ. ނަމަވެސް އަޔާޒް ހުރިތާ ހުރީއެވެ.

އަޔާޒްއާ ދިމާއަށް ބަލާލާފައި ނަދާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުން ނަދާގެ އަނގައިން އާހެއްގެ އަޑު ނިކުތެވެ.

“ނަދާ…” އަޔާޒް ނަދާއަށް އެހީ ވުމަށް ކައިރިއަށް އައެވެ.

“އަތް ނުލާތި!” ނަދާ ބުނެލިއެވެ. އަދި ލޯ މަރާލަމުން އެނދުން ފޭބިއެވެ. ފާހާނާއާ ދިމާއަށް ދާން އަޅާލި ފުރަތަމަ ފިޔަވަޅާ އެކު ނަދާ ވެއްޓުނެވެ.

އަޔާޒް ބަލަން ނުހުރެ އައިސް ނަދާ ނަގާ އުފުލާލަން އުޅުނެވެ.

“އަތް ނުލާށޭ!” މުށިތައް މަތީ ކޭއްތެމުން ކަހަލަ ގޮތަކަށް ނަދާ އަޔާޒްއާ ދުރަށް ޖެހެމުން ބުނެލީ ރޮމުންނެވެ.

“ނަދާ… ލެޓް މީ ހެލްޕް ޔޫ… ޕްލީޒް…” ނަދާ ކައިރީ އިށީންނަމުން އަޔާޒް އެދުނީ ނަދާ އެ ހާލުގައި ވާތަން ބަލަން ހިތަށް ކެތް ނުވުމުންނެވެ.

ދެންވެސް ނަދާ ޖެހުނީ ދުރަށެވެ. ލޯ މަރާލަމުން ނަދާ ތެދުވިއެވެ. ދެފައި މައްޗަށް ކޮޅަށް ހުރުން އެކަނިވެސް ނަދާއަށް ވީ ކެތް ކުރަން ދަތި ވޭނަކަށެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ދެ އަތުން ރަޖާގަނޑުގައި ހިފާ ބާރުކޮށްގެން ނަދާ ހިނގާފައި ގޮސް ފާހާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. ފެން މާގަނޑު ދޫކޮށްލާފައި ނަދާ ގައިގައި އޮތް ރަޖާ ދޫކޮށްލާފައި މުށިތައް މަތީ އިށީނެވެ.

އެހެން އިނދެ ރޮމުން ދިޔައިރު ނަދާގެ ލޮލުން އައި ކަރުނަ ފެނާ އެކުވެ ފައިބަމުން ދިޔައެވެ. ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔަ އިރު، އެތައް ޝަކުވާއެއްއްވެސް އެ ހިތުގައި އުފެދެމުން ދިޔައެވެ.

އެހެން ނަދާއަށް އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ދޮރުގައި ޓަކި ޖަހާލުމުން ނަދާ ސިހިފައި ބަލާލިއެވެ.

“ނަދާ…؟” އަޔާޒްގެ އަޑު އިވުނެވެ.

އަޔާޒްގެ އަޑުވެސް އަހަން ބޭނުން ނުވެފައި އިން ނަދާ، ދެ ކަންފަތުގައި އަތް އަޅާ ބާރު ކޮށްލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ފާރުގައި ހިފަހައްޓައިގެން ނަދާ ތެދުވިއެވެ. މާގަނޑު ބަންދު ކޮށްފައި ދޮރުފަތުގައި އަޅުވާފައި އިން ތުވާލި ގައިގައި އޮޅާލައިގެން ނަދާ ނިކުތް އިރު ދޮރުމަތީ އަޔާޒް ހުއްޓެވެ.

ހަށިގަނޑުގެ ބޮޑު ބައި ހާމައަށް ހުރި އިރު އަޔާޒްގެ ކުރިމަތީ އެހެން ހުންނަން ނަދާއަށް އުނދަގޫ ވި ނަމަވެސް ގައިގެ އެކި ހިސާބުގައި ހުރި ރިހުމުގެ ސަބަބުން ނަދާއަށް އެހެން ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އަލަމާރި ކައިރިއަށް ނަދާ ދިޔައީ އެއް އަތުން ތުވާލީގައި ހިފަހައްޓައިގެން، އަނެއް އަތް ފާރުގައި ޖައްސަމުން ކުޑަކޮށް ގުދުވެލައިގެން ހުރެއެވެ. ކޮންމެ ފިޔަވަޅެއް ނެގުނީ އެހާ ވޭނާ އެކު ނަމަވެސް އަނގައިން އަޑެއް ލައްވާ ނުލެވޭތޯ މަސައްކަތް ކުރަމުން ދިޔަ ނަދާއަށް އަލަމާރިއާ ހަމައަށް ދެވުނު އިރު ހުރީ ރޮވިފައެވެ.

“ނަދާ…” ނަދާގެ ފަހަތުން އައިސް އަޔާޒް ގޮވާލީ، ނަދާ ހުއްޓިފައި މޫނުގައި އަތް އެޅުމުންނެވެ.

“އެއްޗެހި ލާން ވެއްޖެ…” މޫނު ފޮހެލާފައި ނަދާ ބުނެލީ އަޔާޒްއާ ދިމާއަށް ބަލާވެސް ނުލައެވެ. ނަދާ އެ ބުނީ ކޮޓަރިން ނިކުންނަން ކަން އެނގުނު ނަމަވެސް އަޔާޒް ދުރަކަށް ނުދިޔައެވެ.

ދެވަނަ ފަހަރަށް ނުބުނެ ނަދާ އަލަމާރިން ލާނެ އެއްޗެހި ނަގައިގެން އެނބުރުނެވެ. އެ ވަގުތު އަޔާޒް ދެ އަތް މައްޗަށް ނަދާ އުފުލާލައިގެން ގޮސް އެނދުގައި ބޭންދިއެވެ. ނަދާގެ ހުއްދަ ހޯދުމަކާ ނުލާ އަޔާޒް ނަދާ އަތުން ކުރުތާ އަތުލައިގެން ނަދާގެ ބޮލާ ދިމާއަށް ދިއްކޮށްލީ އެއްޗެހި ލުމަށް ނަދާއަށް އެހީ ވެދޭށެވެ. ނަމަވެސް އަޔާޒްގެ އެހީއަށް ދެކޮޅު ހަދަމުން ނަދާ އަޔާޒް އަތުން ކުރުތާ އަތުލިއެވެ.

“ދުރުގަ ހުރޭ، ކައިރި ނުވާތި! ދުރަށް ދޭ!” އަޔާޒްއާ ދިމާއަށް ބަލާލަމުން ނަދާ ބުނެލީ ރޮމުންނެވެ. އަޔާޒްއަށް އެއްޗެއް ނުބުނެވުނެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނުވެސް އައެވެ. ނަދާއާ ދުރަށް ދެތިން ފިޔަވަޅު އަޅާލާފައި ބަލަން ހުއްޓާ ނަދާ އެނދުގައި އޮށޯވެ މޫނުގައި ބާލީސް އަޅާލިއެވެ. އެހެން ނަމަވެސް ރުއިމުގެ އަޑެއް ނަދާއަކަށް ސިއްރެއް ނުކުރެވުނެވެ. ނަދާ ބާރަށް ރޮމުން ދިޔަ އިރު އެ ރުއިމުގެ އަޑުން އަޔާޒްގެ ހިތް ކުދިކުދި ވަމުން ދިޔަ ކަމެއް ނަދާއަކަށް ނޭނގެއެވެ. މޫނުގައި އަތް އަޅާލަމުން އަޔާޒް ލޯ މަރާލީ ލޮލުން އައި ކަރުނަ ހުއްޓުވާށެވެ. ނަދާއަށް ޓަކާ ހިތް ރޮމުން ދިޔަ ނަމަވެސް އެ ވަގުތު ނަދާއަށް ކޮށްދެވޭނެ ކަމެއް ނެތުމުން އަމިއްލަ ނަފްސު ދެކެވެސް އަޔާޒް ފޫހިވިއެވެ. މޫނުން އަތް ނަގާ ލޯ ފޮހެލާފައި އިރުކޮޅަކު ނަދާއަށް ބަލަން ހުރެފައި އަޔާޒް އަލަމާރިން ރަޖައެއް ނަގައިގެން އައިސް ނަދާގެ ގައިގައި އަޅާލިއެވެ. ދެންވެސް ބަލަން ހުރެވުނީއެވެ. ރޮމުން ދިޔަ ނަދާ ރަޖާގަނޑު ދަށުގައި އިތުރަށް ބޮނޑިވެލިއެވެ.

ނަދާ ބޭނުން ވަނީ އަޔާޒް ކޮޓަރިން ނިކުތުން ކަން އެނގޭ އިރުވެސް ނިކުންނާކަށް އަޔާޒް ބޭނުމެއް ނުވިއެވެ. އަޔާޒްއަށް ނަދާ އެންމެ ބޭނުން ވީ ވަގުތު ކައިރީގައި ނުހުރެވުނު އިރު ދެން އެތާ ހުރުމުގެ ބޭނުމެއް ނެތް ނަމަވެސް އަޔާޒް ހުރީއެވެ.

އަޔާޒްގެ ސަބަބުން ނަދާއަށް އެ ލިބުނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ހުރިހާ ގޮތަކުންވެސް ނަދާ ހުރީ އަޔާޒްގެ ބެލުމުގެ ދަށުގައެވެ. އަޔާޒް އެއީ ނަދާގެ ފިރިމީހާއެވެ. ވީ އިރު ނަދާއާ މެދު އަޔާޒްއަށް އެހާ ފަރުވާ ކުޑަ ކޮށްލެވުނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އަޔާޒްއަށް އެންމެ މުހިންމު ވާން ޖެހޭނީ ނަދާގެ ރައްކާތެރިކަން ނޫން ހެއްޔެވެ؟ ވީ އިރު، ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ވިޔަސް ނަދާ ގޭގައި އޮއްވާ ދޮރު ތަޅު ނުލާ އަޔާޒް ދިޔައީ ކީއްވެ ހެއްޔެވެ؟

ނަދާއަށް އެހެން އެ ދިމާވީ އަޔާޒްގެ އިހުމާލުން ކަން ހިތަށް އެރުމާއެކު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަރުން އަޔާޒްއަށް ހުރި ތަނަށް ތިރިވެވުނެވެ. ލޯ މަރާލުމާ އެކު ފިލްމެއްގެ މަންޒަރެއް ހެން ސިފަ ވެގެން އައީ، އަޔާޒް ކޮޓަރިއަށް ވަން އިރު ނަދާ އޮތް ގޮތެވެ. ހިތަށް ތަދު ވެގެން ގޮސް ކެތް ނުވާ ވަރު ވުމުން އަޔަޒް މުށްކަވާލި އަތުން ތިން ހަތަރު ފަހަރަށް މޭގައި ޖަހާލިއެވެ.

ދޮރުގައި މަޑު މަޑުން ޖަހާލި އަޑު އިވުމުންވެސް އަޔާޒް އިން ގޮތަށް އިނީއެވެ. މައިހާ ދޮރު ހުޅުވާލަމުން އަޔާޒްއަށް ގޮވާލިއެވެ.

އަޔާޒް ތެދުވީ ދެ ފަހަރަކު މައިހާ ގޮވާލުމުންނެވެ.

“އަޝްފާން ބުނީ ނަދާއަށް މި ބޭސް ދޭށޯ” އަތުގައި އޮތް ދެ ގުޅަ ބޭހާއެކު ފެންތައްޓެއް ދިއްކޮށްލަމުން މައިހާ ބުންޏެވެ.

އަޔާޒް މައިހާ ދިން ބޭސް ހިފައިގެން އައިސް އެނދުގެ އެއް ފަރާތުން އިށީނދެ، ސައިޑް ޓޭބަލް މަތީ އެ އެއްޗެހި ބެހެއްޓިއެވެ.

“ނަދާ…” އަޔާޒް ގޮވާލިއެވެ. ނަމަވެސް ނަދާ އެ އަޑު އިވޭ ކަމަކަށް ނުހެދިއެވެ.

“ނަދާ…” ނަދާގެ ކޮނޑުގައި އަތް ޖައްސާލަމުން އަނެއްކާވެސް އަޔާޒް ގޮވާލިއެވެ.

“ގައިގަ އަތް ނުލާށޭ!” ނަދާ ބުނެލި އަޑު އިވުނެވެ.

“މި ބޭސް ކާލައިގެން އޮވޭ، އޭރުން އުނދަގުލެއް ނުކުރާނަން” އަޔާޒް އެދުނެވެ.

“ބޭނުމެއް ނޫން” ނަދާ ޖަވާބު ދިނެވެ.

“ޕްލީޒް ނަދާ…” އަޔާޒް އަނެއްކާވެސް ބުންޏެވެ.

“ބުނެފީމެއްނު ނުކާނަމޭ؟ ކީއްވެތަ ބުނާ އެއްޗެއް އަޑު ނީވިގެން ތި އުޅެނީ؟ އަޔާއާ މައިހާއާ ދެ މީހުން ބޭސްކައިގެން ތިބެބަލަ، އަހަންނެއް ނުކާނަން” ނަދާ ބޯ ހިއްލާލަމުން އަޔާޒްއާ ދިމާއަށް ބަލާލާފައި ބުނެލިއެވެ.

ނަދާ އަނެއްކާވެސް މޫނުގައި ބާލީސް އަޅާ މޫނު ފޮރުވާލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރެފައި އަޔާޒް ސައިޑް ޓޭބަލް މަތީ ބޭހާ ފެންތަށި ބަހައްޓާފައި އައިސް ސޯފާގައި އިށީނެވެ. ނަދާއާ ދިމާއަށް ބަލަން އިނދެފައި އަޔާޒް ދެ އަތުން މޫނު ފޮހެލުމާއެކު އިސްތަށިގަނޑު ތެރޭ ދެ އަތް ތިލަ ހިންގާލިއެވެ. ލޯ މަރާލަމުން ސޯފާގައި ބޯ ޖައްސާލައިގެން އޮތް އިރު އަޔާޒްގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ.

އަޔާޒް ދަމުން ދޮރު ތަޅު ލާފައި ދެވުނު ނަމައޭ ހިތަށް އެރިއެވެ. ތިރިއަށް ގޮސްފައި މަޑު ނުކުރެވުނު ނަމައެވެ. އެރޭ މައިހާ އެ ގެޔަށް ނައި ނަމައެވެ. ފޯން ބަލާ މައްޗަށް އައުމަށް މައިހާ ގާތު ބުނެވުނު ނަމައެވެ.

ހައްތަހާވެސް ނަމައެވެ. އެރޭގެ ހާދިސާއިން ސަލާމަތް ވެވިދާނެ އެތައް ގޮތެއް ވިސްނަމުން ދިޔަ ނަމަވެސް އެއަކުން ވާނެ ފައިދާއެއް ނެތެވެ. އަޔާޒް ކިތަންމެ ބޭނުން ވި ނަމަވެސް އެއީ ނުވާ ކަމަކަށް ދެން ނުހެދޭނެއެވެ. ނަދާއަށް އެ އަނިޔާ ނުލިބޭ ކަމަކަށް ނުވާނެއެވެ.

ރޮއެރޮއެ ވަރުބަލި ވެގެން ނަދާއަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އަޔާޒް ކޮޓަރިން ނުނިކުންނަ ކަން ނަދާއަށް އެނގެއެވެ. އެހެންވެ ބިއްދޮށަށް އެނބުރުނު ގޮތަށް ނަދާ އޮތީއެވެ. ނިދުނު އިރު ބަންގި ނުގޮވާ ކަން ނަދާއަށް އެނގެއެވެ.

މައިހާއާ އަޝްފާން ސިޓިންގރޫމްގައި ތިބީ އަޔާޒް ނިކުމެދާނެ ކަމަށެވެ. ނަމަވެސް އެކެއް ޖަހަން ކައިރި ވުމުން އަޝްފާން ދާން ތެދުވިއެވެ. މައިހާވެސް ދަބަސް ހިފައިގެން ތެދުވިއެވެ.

“މައި މަޑުކޮށްލަން ވީނު؟ ފަހަރެއްގަ އަޔާއަށް ނޫނީ ނަދާއަށް މައިގެ ހެލްޕެއް ބޭނުން ވެދާނެ” އަޝްފާން މައިހާގެ ކޮނޑުގައި ހިފާލަމުން ބުންނެވެ.

“އަޝްފާންއަށް އޯކޭތަ؟” މައިހާ އަހާލިއެވެ.

“އާނ، އަހަރެން ގެޔަށް ގޮސް މަންމަ ކައިރީ ބުނާނަން މައިގެ ފްރެންޑަކަށް ކަމެއް ދިމާ ވެގެން މަޑުކޮށްލަން ޖެހުނީއޭ، އޯކޭނު؟ ވާނުވާ އަންގާލާތި އިނގޭ. ދެން ދާންވީމަ ގުޅާލާ، އަހަރެން އަންނާނަން ބަލާ” މައިހާގެ މޫނުގައި ދެފާރާތުން ހިފާލަމުން އަޝްފާން އެހެން ބުނެފައި މައިހާގެ ނިތްކުރިއަށް ބޮސްދީފައި ނިކުތެވެ.

އަޝްފާން ނިކުތުމުން ދޮރު ތަޅުލާފައި އައިސް މައިހާ ސޯފާގައި އިށީނެވެ.

ފަތިސް ނަމާދަށް ބަންގި ގޮވަން ފެށި އިރު ސޯފާގައި އޮށޯވެލައިގެން އޮތް ނަމަވެސް މައިހާ އޮތީ ނުނިދިފައެވެ. ބަންގި ގޮވުމުން ތެދުވީ ނަމާދު ކޮށްލަން ވެގެންވެވެ. ނަމަވެސް ފާހާނާއަށް ވަދެލަން ބޭނުން ވާތީ މަޑުކޮށްލައިގެން އިނީ އަޔާޒް ތެދުވި ކަމެއް ނޭނގޭތީއެވެ. އެހެން އިނދެފައި ހައެއް ޖަހަން ކައިރި ވުމުން އެންމެ ފަހުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ މަޑުންނެވެ.

ފަތިސް ވީ އިރުވެސް އަޔާޒް އިނީ އެހެންނެވެ. ނަދާ އޮތީ ނިދާފައި ކަމެއް ނޫނީ ހޭލާ ކަމެއް އަޔާޒް އަކަށް ނޭނގެއެވެ. ނަދާއާ ދިމާއަށް ބަލަހައްޓައިގެން އިން އަޔާޒް ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.

“ވުޟޫ ކޮށްލަން ވެގެން…” އަޔާޒް އައިސް ދޮރު ހުޅުވާލުމުން މައިހާ ބުންނެވެ.

އަޔާޒް ބޯ ޖަހާލުމުން މައިހާ ވަނެވެ.

މައިހާ ކޮޓަރިން ނިކުތުމުން އަޔާޒްވެސް ނަމާދު ކޮށްލިއެވެ. ނަމާދުން ނިމިގެން އަޔާޒް އެނދާ ކައިރި ވެލާފައި ނަދާގެ މޫނަށް ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި އަޔާޒް އެނދުގެ މަގަތުން އިށީނެވެ. ނިދި އައިސްފައި ހުރި ވަރުން އަޔާޒްއަށް އެނދުގައި އޮށޯވެވުނީ، އަދި ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

ނަދާއަށް ލޯ ހުޅުވާލެވުމާ އެކީ ފެނުނީ އެނދުގައި ނިދާފައި އޮތް އަޔާޒްއެވެ. ސިހިފައި ނަދާއަށް މޭގައި އަތް ޖައްސާލެވުނީ އަޔާޒް އެހާ ކައިރީގައި އޮތުމުންނެވެ. އެހެން އޮވެފައި އަނެއް ފަރާތަށް އެނބުރުނީ ރޭގެ ކަންތައް ހަނދާން ވުމުންނެވެ. އިޚްތިޔާރަކާ ނުލާ ނަދާއަށް ރޮވުނެވެ. އަޔާޒްއާ މެދު ހިތް ޝަކުވާއިން ފުރިގެން އައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބުނެދޭށޭ ރުހެމޭ 66

Next

ރިހި އަނގޮއްޓި 3 ފަހުބައި

Next
August 9, 2019

ރިހި އަނގޮއްޓި 3 ފަހުބައި

Previews
August 8, 2019

ބުނެދޭށޭ ރުހެމޭ 66

45 Comments!

  1. Aki says:
    August 9, 2019 at 1:15 am

    haadha rangalhey.. thanks..me first

    1. Mar Sha Marsha says:
      August 10, 2019 at 4:17 am

      Yes, u 1st ?

  2. Mar Sha Marsha says:
    August 9, 2019 at 1:20 am

    Hello everyone, here’s part 21. Mihaa lahun ves mi upload kolly readers edhey varun, mi bai thankolheh kuruves vaane, but mee Marsha ah vee varu, kamudhaane kamah hykuran, kiyaalaafa comment kolahchey ingey. Part 22 Insha Allah Monday ga genesdheynan. Bajjaveri hukuru dhuvahakah, adhi hajju dhuvahakah edhen, adhi eid mubarik hurihaa kudhinnah.

  3. Meekkomee says:
    August 9, 2019 at 1:54 am

    Woww?????V v v v reethi ???????? waiting for the next part….Monday ah ???? Eid Mubarak ???❤️❤️❤️❤️❤️luv ur story so much ❤️❤️❤️❤️ ❤️❤️ one of my favourite story ❤️❤️❤️❤️???????

    1. Mar Sha Marsha says:
      August 10, 2019 at 4:18 am

      Thnx meekko ?

  4. Sidu says:
    August 9, 2019 at 2:41 am

    Thanks……varah reethi bajjaveri hajju dhuvahaka aedhen huri haakudhin na vess

    1. Mar Sha Marsha says:
      August 10, 2019 at 4:19 am

      Thnx Sidu

  5. Shahu says:
    August 9, 2019 at 4:42 am

    Wooooooowww ❤️ ❤️ ❤️ ❤️ ❤️ love this part ???

    1. Mar Sha Marsha says:
      August 10, 2019 at 4:19 am

      Thnx shahu

  6. Za says:
    August 9, 2019 at 4:52 am

    V reethi baajaveri hajju dhuvahaka eadhen hurihaa kudhin na vess

    1. Mar Sha Marsha says:
      August 10, 2019 at 4:20 am

      Thnx Za

  7. Ibsha says:
    August 9, 2019 at 5:06 am

    Wow varah reethi varah reethi ekam varah kuru

    1. Mar Sha Marsha says:
      August 10, 2019 at 4:20 am

      Thnx Ibsha

  8. Maiha says:
    August 9, 2019 at 5:08 am

    Masha thank you… nadhaa ah dhera gotheh nuhadhah che
    Anyways vaahaka v reethi

    1. Mar Sha Marsha says:
      August 10, 2019 at 4:21 am

      Thnx Maiha

  9. Shixoo Izkaan Afeef says:
    August 9, 2019 at 7:44 am

    Juwai Ner

    1. Mar Sha Marsha says:
      August 10, 2019 at 4:22 am

      Thnx shixoo

  10. Aish says:
    August 9, 2019 at 7:53 am

    Sad. Nadha ah v gothun

    1. Mar Sha Marsha says:
      August 10, 2019 at 4:23 am

      Aan, me too Aish, thnx

  11. Mary says:
    August 9, 2019 at 8:39 am

    Okk ehaa kurehves noon.. Kuruvias avahan up kuranna okk?…. Waaawawa vv salhi mi part ves ❤️ ❤️ ❤️ ❤️… Ekam nadhaa ah dhimaavigothun…. Vvvv dheravey.. So sad ?… Ekam ves vaahaka hama habeys.. Love it❤️??????????❤️?

    1. Mar Sha Marsha says:
      August 10, 2019 at 4:23 am

      Thnq Mary

  12. NSHY says:
    August 9, 2019 at 11:46 am

    Thank you Marsha eyna thankolhu fenna gothah liye dhineema.. Comment nukuriyas Marsha ge hurihaa story eh kiyan mi site in..I’m a huge fan of yours.& I jst loved ur stories.. Btw reethi mi part vess.. But nadha ah thi hedhi gotheh dhw… Anyways bajjaveri hajju dhuvahakah edhen.. N Eid Mubarak hurihaa kudhinnashaa Marsha ah..?

    1. Mar Sha Marsha says:
      August 10, 2019 at 4:25 am

      Ohh, thnx NSHY, comment ves kohlahchey

  13. Roo says:
    August 9, 2019 at 11:50 am

    Nadha rape kurytha emyhun?? Did those goons did it??? plx someone clear kohdhyba

    1. Mar Sha Marsha says:
      August 10, 2019 at 4:26 am

      Yes Roo, they did!

  14. Nunnu says:
    August 9, 2019 at 3:44 pm

    Alheyy that means rape kuree eyy tha? Writer plxxx answer .. ahannah heevee ehenn

    1. Mar Sha Marsha says:
      August 10, 2019 at 4:27 am

      Yes Nunnu, Ehen e vee

  15. Faina says:
    August 9, 2019 at 3:53 pm

    Gulhaali iarah ayaaz menn dhuvefa aeenu.. ehaa gina iru nuve ehnnu bt they raped her not possible. Im really sad

    1. Mar Sha Marsha says:
      August 10, 2019 at 4:32 am

      Hmm, varah kuda vaguthu kolheh ehge therey hingi kanthah eii,

  16. Ainii says:
    August 9, 2019 at 5:34 pm

    Vrr reethi mi bai vx… ??And kure vx nunn☺️☺️… Eid Mubarak Marsha and Marsha ge vaahaka tha kiyaa hurihaa kudhinna vx ☺️❤️

    1. Mar Sha Marsha says:
      August 10, 2019 at 4:33 am

      Thnx Ainii, eid mubarik!

  17. Yashm says:
    August 9, 2019 at 7:41 pm

    Masha Allah……vv reethi Eid Mubarak….hajj Mubarak

    1. Mar Sha Marsha says:
      August 10, 2019 at 4:34 am

      Thnx Yashm, eid mubarik n hajj mubarik to u too

  18. Butterfly says:
    August 9, 2019 at 8:47 pm

    WOW

    1. Mar Sha Marsha says:
      August 10, 2019 at 4:35 am

      Thnx butterfly!!

  19. jiji says:
    August 9, 2019 at 9:28 pm

    Wow wow wow…Mi bai vec vvv rythi masha allah???..But feeling sad about nadha..Waiting for da next

    1. Mar Sha Marsha says:
      August 10, 2019 at 4:27 am

      Thnx jiji

  20. ?Wolf queen? says:
    August 10, 2019 at 5:50 pm

    VaraVarah reethi, waiting for next part and Eid mubarik ?

    1. Mar Sha Marsha says:
      August 11, 2019 at 10:49 pm

      Thnq Wolf queen

  21. Nasmer says:
    August 10, 2019 at 11:22 pm

    Keep it up ❤️❤️eid mubaarak marsha

    1. Mar Sha Marsha says:
      August 11, 2019 at 10:49 pm

      Thnq Nasmer

  22. Noora says:
    August 10, 2019 at 11:58 pm

    Marsha dear..
    Nei tha eid hadhiya eh ves??
    Waiting???

    1. Mar Sha Marsha says:
      August 11, 2019 at 10:50 pm

      Eid hadhiyaa eh dheyn vaane dho! ?

  23. someone says:
    August 11, 2019 at 9:23 pm

    Dhen rape nuvinama. Like he saved her from that. Wish it was different. Nice eykamvess

    1. Mar Sha Marsha says:
      August 11, 2019 at 10:52 pm

      Thnq someone

Comments are closed.

Next Episodeކުށަކާ ނުލާ 22←


All Right Reserved!