Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް މި ހިތުގައި 2

Rana Level 1
August 7, 2019 3 Mins Read
11 Comments

ސައިކަލް މަޑުކޮށްލުމަށް ފަހު ކުޑޭ ވަނީ ކައިރީ ހުރި ފިހާރައަކަށެވެ. ކުޑޭ އަންނަންދެން އަހަރެން ސައިކަލްމަތީ މަޑުކޮށްލީމެވެ. އަހަރެން ބަލަން ހުރީ ދަނޑާއި ދިމާއަށެވެ.

*******************************************************

ކުއްލިއަކަށް އަންހެން ކުއްޖަކު ދުވެފައި އަންނަތަން ފެނުނެވެ. އިސްކޮޅުން ދިގުވެފައި ހިއްކެވެ. މޫނު ވަށްވެފައި ދޮނެވެ. ރަތްކުލައިގެ ޖާރޒީ އަކާއި ނޫކުލައިގެ ޖިންސެއްލައިފައި ވީއިރު އޭގެ މަތިން ވަނީ އާދައިގެ ކަޅުކުލައިގެ ތިނެސްކަން ބުރުގަލެއް އަޅާފައެވެ. އެ ދޮން ރީތި މޫނުގެ ރީތިކަން އިތުރަށް ފުރިހަމަކޮށް ދެނީ ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތްކުލައިގެ ލިޕުސްޓިކަކުންނާއި ދިގު އެސްފިތަކުންނެވެ.

އެ އަންހެންކުއްޖާ ދުވެފައި އައިސް ހުއްޓުނީ ފިހާރަ ކުރިމަތީގައެވެ. އަހަންނަށް އިންދެވުނީ އެ އަންހެންކުއްޖާ ފެނުނު އިރުންފެށިގެން ވެސް އެކުއްޖާއާއި ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ އެކުއްޖާގެ މޫނަށެވެ. އެ އަންހެންކުއްޖާ އަހަންނަށް ބަލާލުމަށް ފަހު ހިނިތުންވެލިއެވެ. އަހަންނަށް ވެސް ރަކި ގޮތަކަށް ހީލެވުނެވެ. ގެއަށް ދިޔަ މަގުމަތީގައި ވެސް އަހަންނަށް ވިސްނެނީ އެ އަންހެން ކުއްޖާއާއި ދޭތެރޭގައެވެ. އަހަންނަށް ހީވަނީ އަހަރެން މިކުއްޖާ އާއި ގަޔާވާހެންނެވެ.

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދާވަރަށް އަހަރެންވެސް ދަނީ ރަށުތެރެއަށް ހޭނެމުންނެވެ. މިހާރު އަހަންނަކީ ގޭގެ ބޮޑު ފިހާރައިގެ ސޭޓެވެ. އެއީ އަހަރެންގެ ތިއްތިބޭ ހިންގާ ފިހާރައެކެވެ. އެދުވަހު ފެނުނު އަންހެންކުއްޖާއާއި ގަޔާވާ ވާހަކަ އަހަރެން ގޭ މީހުން ގާތުގަޔާއި ކުޑޭގާތު ބުނީމެވެ. ގޭމީހުންނާއި ރައްޓެހިންގެ ފަރާތުން އަހަންނަށް އެކުއްޖާއަށް ކިޔާ ނަމާއި، އެކުއްޖާގެ ފޯން ނަމްބަރާއި ހުރިހާ މަޢުލޫމާތެއް ލިބުނެވެ. އެކުއްޖާއަށް ކިޔަނީ ރާޔާއެވެ.

ފޯނަށް ލާރި އަޅައިގެން އަހަރެން އައިސް ގެ ކައިރީގައި ހުންނަ ޖޯލިފަތިން ޖޯއްޔެއްގައި އިށީނީމެވެ. އެންމެފުރަތަމަ ވެސް އަހަރެން ގުޅާލީ ރާޔަގެ ނަންބަރަށެވެ. އަލަށް ވާހަކަ ދައްކަން އުޅޭތީ އަހަރެން ހުރީ ކުޑަކޮށް ޖެހިލުންވެ ބިރުގަނެފައެވެ. ނަސީބަކުން އަހަންނާ މާގިނައިރުތަކެއް ވަންދެން މަޑު ކުރާކަށް ނުޖެހުނެވެ. ފުރަތަމަ ފަހަރުން ރާޔާ ފޯނުނެގިއެވެ. “އައްސަލާމް އަލައިކުމް… ތިއީ ރާޔާތަ…” އަޑުގައި މަޑު ތުރުތުރެއް ލައްވަމުން އަހަރެން އަހާލީމެވެ. “އާން މިއީ ރާޔާ… ތިއީ ކާކުތަ…. އަނެއް ފަރާތުން ރާޔާ ވާހަކަ ދެއްކިއެވެ. ރަޔާގެ އަޑު ރީތިވެފައި ހިތްގައިމެވެ.” މިއީ ލިޔާން… ކުރިން ދުވަހު ފިހާރަ ކުރިމަތިން ދިމާވެގެން ހީލީމެއްނުން… ރިމެމްބާ…. އައި ވޯޒް އޮން އަ ސައިކް” އަހަރެން ރަޔާއަށް އެދުވަސް ހަނދާން ކޮށްދިނެވެ. “އާން، މިހާރު އެނގިއްޖެ…. ކޮންކަމަކާއި ތި ގުޅާލީ… އެންޑް ކިހިނެއްތަ އަހަރެންގެ ނަންބަރު ލިބުނީ” ރާޔާ ސުވާލުން ފުރިފައިވާ ރާގަކުން އަހާލިއެވެ. “ދެން ހަމަ ރައްޓެއްސެއްގެ އަތުން ނަންބަރު ލިބުނީ…. އަސްލު މި ގުޅާލީ ރާޔާއާއި ވާހަކަ ދައްކާލާހިތުން” އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން އަހަރެން ބުނެލީމެވެ.

މިގޮތަށް ދެމީހުން ދެމެދު އެތައް ވާހަކަތަކެއް ދެކެވުނެވެ. މިހާރު އަހަންނާ ރާޔާއާއި ވާހަކަ ނުދައްކާ ދުވަހެއް ނުދެއެވެ. ބައެއް ފަހަރު ގޭ މީހުން އަހަންނާ ދިމާކޮށް ވެސް ހަދައެވެ. ރާޔާއާއި ރައްޓެހިވާށޭ ކިޔާފައެވެ. މިގޮތުގައި އަހަންނާއި ރާޔާ އުޅޭތާ މިހާރު ދެ މަސް ވެއްޖެއެވެ. ރާޔާ އަހަންނާއި ދިމާ ކުރަނީ އަހަރެން އިންނަ ފިހާރައިންނެވެ. ދުވަސްތައް ބޭކާރުނުކޮށް އަހަރެން ބޭނުންވީ ރާޔާއާއި ގުޅޭށެވެ. ކުރުގޮތަކަށް ބުނާނަމަ ރާޔާ އަހަރެންގެ ޙަޔާތަށް ގެންނާށެވެ.

އެއް ދުވަހެއްގެ ރޭގަނޑު ރާޔާ ގާތުގައި އޭނާއާ ގުޅެން ބޭނުންވާ ވާހަކަ ބުނެ އަހަރެންގެ ލޯބި ހުށަހެޅީމެވެ. “ސޮރީ ލިއާން، އަހަރެން ލޯބި ވަނީ އެހެން ކުއްޖެއްދެކެ… އަދި އެކުއްޖާ ލިބެން ދެން އަހަރެން ހުންނާނީ ކެތްކޮށްގެން” ރާޔާ ގެ މި ބަސް ތަކުން އަހަރެން ރޮއްވާލިއެވެ. އެވަގުތު އަހަންނަށް ހީވީ މީހަކު އަހަރެންގެ ހިތުގައި ހިފާ ބޭރުކޮށްލިހެންނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތުގައި ރާޔާއަށް ދެވިފައިވަނީ ވަރަށް ޙާއްޞަ މަޤާމެކެވެ. އެހެންކަމުން އަހަރެން އުންމީދު ދޫނުކުރަމެވެ.

އޭގެ އެއް ހަފުތާ ފަހުން އަހަރެން އަނެއްކާވެސް ރާޔާ ގާތު ރައްޓެހިވާން އެހީމެވެ. ނަސީބު ދިމާކުރިގޮތުގައި މިފަހަރު ރާޔާ އަހަރެން ހިތް އުފާ ވާކަހަލަ ޖަވާބެކެވެ. “އަހަރެންވެސް މިހާރު ލިއާންއާއި ގުޅެން ބޭނުން” ރާޔާގެ މި ޖަވާބުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އެދުވަހަށް ފަހު އަހަރެންގެ ޙަޔާތަށް ރާޔާ ގެނެވުނެވެ. އަހަރެން ރާޔާއާއި ރައްޓެހިވެގެން އުޅޭތީ ވަރަށް ގިނަ މީހުންގެ ނަފުރަތު އަހަންނަށް ލިބެއެވެ. “ރާޔާއަކީ ވަރަށް ފަސްބައި ހަޑިކުއްޖެއް… އަބަދު އަބަދު އޮންނާނީ މި ރަށުތެރޭގައި އޭނާގެ ވާހަކައެއް… މަރުހެޔޮނުވާނެ އޭނާއާއި ރައްޓެހިވެގެން އުޅޭން… އޭނާއަކީ މަންމައެއް ބައްޕައެއް ނެތި ބޮޑުކޮށްފައި ހުރި ކުއްޖެއް…. އެއީ ވަރަށް ގޯސް ކުއްޖެއް” ރަށުމީހުންގެ ދިމާކުރުންތަކާއި ހުތުރު ބަސްތައް އަހަންނަށް ލިބެމުން ދިޔައެވެ. ކޮންމެ ދުވަހަކު އަހަރެންނާއި ދިމާލަށް ބުނަމުން އަންނަ ހުތުރު ބަސްތައް ދިޔައީ ތަކުރާރުވަމުންނެވެ.

ރަށު މީހުން އަހަންނާއި ދިމާއަށް މިފަދަ ބަސްތައް ބުނާތީ އަހަރެން ވަރަށް ދެރަވެ ރުޅިވެސް އާދޭއެވެ. ބައެއް ފަހަރު ފަހަރު އެކަނިވެލާއިރަށް ހިތަށް އަރަނީ އަހަރެން ރާޔާއާއި ރައްޓެހިވުން އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަމަށެވެ. ފަހަކަށް އައިސް އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަންނަށް ވިސްނެމުން ދިޔައީ ރާޔާއާއި ދުރުވާނެ ގޮތަކާމެދުއެވެ. ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދާ ވަރަކަށް އަހަރެން ރާޔާއާއި ވާހަކަ ދައްކާ މިންވަރާއި މިޒާޖައްވެސް ވެސް ބަދަލު އަންނާން ފެށިއެވެ. އަހަންނަށް ވާގޮތް ޙުދު އަހަންނަށްވެސް ނޭނގެއެވެ. އަހަރެން ދިޔައީ ރާޔާ ކުރާ މެސެޖުތައް އިގްނޯ ކުރަމުންނެވެ. ރާޔާއާއި މަދުން ނަމަވެސް ވާހަކަ ދައްކާ ފަހަރަކު އޭނާއާއި ދިމާއަށް ބެވުމަކީ މިހާރު އަހަރެންގެ އާދައަކަށް ވެއްޖެއެވެ. ރާޔާ ކުރާ މެސެޖުތަށް ސީންކޮށްލާފައި ވެސް ދޫކޮށްލަމެވެ.

އެއް ދުވަހެއްގެ ހަވީރެވެ. އަހަރެން އިނީ ފިހާރަ ތެރޭގައި އަވަދިނެތި ސޭލްސްތައް ނިންމާށެވެ. އެއްލިކަޅިއަކުން އަހަންނަށް ފިހާރަތެރެއަށް ވަދެގެން އައި ރާޔާ ފެނުނެވެ. ރާޔާ އައިއިރުވެސް ހުރީ ފެންކަޅިވެފައެވެ. އަހަރެން ފެންނަ އިރަށް ގިސްލާފައި ރޯން ފެށިއެވެ. ހީވަނީ މިއޮތް ވީހާއިރު ލޮލު ތެރޭގައި ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްފަހަރާ ބޭރުކޮށްލިހެންނެވެ. “ލިއާން ކީއްވެތަ އަހަރެން އިގްނޯ ތިކުރަނީ… އަހަރެންގެ ކުށަކީ ކޮބާ… ބުނެބަލަ ލިއާން، ކީއްވެތަ އަހަންނަށް ތިހެންތި ހަދަނީ…” ރާޔާ ޝަކުވާއިން ފުރިފައިވާ ރާގަކުން އެހިއެވެ. “ހަމަ މިހާރު މި ފިހާރައިން ނުކުމޭތޯ… ކަލޭ އާއި ހެދި މަށަށް ބޮޑު އުނދަގުލަކަށް ވެއްޖެ…. ކަލޭގެ ހުރިހާ ވާހަކައެއް ވެސް މަށަށް އެނގޭ…. ތިއީ ކިހާ ގޮތްކުޑަ އަދި ގޯސް މީހެއްކަން ވެސް މަށަށް އެނގޭ… ކަލޭތީ ކާކު މަ ލޯބިވާން… މަ ބޭނުމެއްނޫން ކަލޭއާއި އެއްކޮށް އުޅެން… އައިއޭމް ޑަން ވިތް ޔޫ” ރުޅިއައިސް ރަތްވެގެން ހުރެ އަހަންނަށް ބުނެވުނެވެ. އަދި އޭގެ އިތުރުން ބޭއަދަބީ ބަސްތަކެއް ވެސް އަހަރެންނަށް ރާޔާއާއި ދިމާލަށް ކިޔުނެވެ. އަދި އެއަށް ފަހު ފިހާރައިން ނުކުމެގެން ދިޔުމަށް ބުނީމެވެ. ރާޔާ ފިހާރައިން ދެން ދުވަހަކުވެސް އަހަންނަށް ބަލައި ވެސް ނުލާނެކަމަށް ވަޢުދުވެފައެވެ. އެކަމަކު އަހަރެން ރާޔާއަށް ބަލާނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. ރާޔާ ފެންނަ ކޮންމެ ފަހަރަކު ޙުދު އަހަންނަށް ވެސް ރޮވޭއެވެ. ހިތް ކުދިކުދި ވާކަހަލައެވެ. ހިތަށް އަރަނީ އެދުވަހު ރާޔާއަށް ކިޔުުނު އެއްޗިއްސާ މެދުގައެވެ. ނަމަަވެސް އަހަރެން މިވަނީ މަޖުބޫޫރުވެފައެވެެ. އަހަންނަށް ރާޔާއާއި ގުުޅުމެއް ބޭއްވޭކަށް  ނެތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rana

Level 1

Other Articles

Previous

ރިހި އަނގޮއްޓި 2

Next

ބުނެދޭށޭ ރުހެމޭ 66

Next
August 8, 2019

ބުނެދޭށޭ ރުހެމޭ 66

Previews
August 7, 2019

ރިހި އަނގޮއްޓި 2

11 Comments!

  1. Naiiikko says:
    August 7, 2019 at 2:32 pm

    Ranaa varah salhi mi vaahaka so proud of u…❤❤
    waiting for the next part??

    1. Puchykko says:
      August 7, 2019 at 3:05 pm

      Thnxxxxxx Naiiikko????LYSM

  2. Queen13 says:
    August 7, 2019 at 2:32 pm

    Vrh rythi keep it up

    1. Puchykko says:
      August 7, 2019 at 3:06 pm

      Thank u?❤️

  3. Shahu says:
    August 7, 2019 at 4:45 pm

    Woooooww varah salhi ? ? ? ?

  4. Azker says:
    August 7, 2019 at 8:05 pm

    Ranaa mah neyge tha ehaa reehchah vaahaka liyaa kameh.. ?????

  5. shimu says:
    August 7, 2019 at 8:30 pm

    When is next part dear? Interesting story..

  6. ®¥N says:
    August 8, 2019 at 7:55 am

    Puchykko.. ❣️❣️❣️ V. Reethi Ingey Mi part ves ???V. Interesting vehje ???

  7. fathmath ziuna says:
    August 8, 2019 at 8:53 pm

    salhi

  8. Butterfly says:
    August 9, 2019 at 8:45 pm

    SALHI

  9. Ashra says:
    August 20, 2019 at 8:41 am

    Mi vaahaka nimuneetha???

Comments are closed.

Next Episodeއަބަދަށް މި ހިތުގައި 3←


All Right Reserved!