“އެއްވެސް މީހެއްކައިރީ ނުބުނާތި” (4ވަނަ ބައި)

- by - 83- August 5, 2019

ދެދުވަސް ފާއިތުވެގެން ދިޔައިރު އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ.  ރޫފަ ރަނގަޅުވެ ގައިގަ ވަރު ޖެހެންފަށައިފިއެވެ. ވަޅުވަދެފައިފާ ކޯވެސް ފުފެންފަށައިފިއެވެ. ހަމުގެ ކުލައަލިވާން ފަށައިފިއެވެ. ދޮންމަންމަ އަހަރެން ފެންނައިރަށް އަހަންނަކީ ހަމަ ފަތްމިންޏެކޭ ބުނެލާނެއެވެ. ބައްޕަވެސް އަހަންނަށް ހަމައެހާ ރަނގަޅެވެ. އަހަރެން ނުބުންޏަސް އަހަންނަށް އައިސްކްރީމްއާއި ޗޮކްލެޓް ގެނެސްދެއެވެ. އެމީހުންގެ އުޅުން މިގޮތަށް ބަދަލުވީ ކީއްވެގެންކަން އަހަރެން ބަލާކަށް ބޭނުމެއްނޫނެވެ. އަހަރެންހުރީ ވަރަށް އުފަލުންނެވެ. ވެއްޓެން މިއުޅޭ އަދަވަޅު އަހަންނަށް ނުފެނުނީ ކީއްވެގެންކަމެއް ނޭގެއެވެ.

އެއީ އަހަރެންގެ 11ވަނަ އުފަންދުވަހެވެ. އަހަންނަށް ދައްތަކިޔާނެ ކުއްޖަކު ގެއަށް އަންނަންއުޅޭ ޚަބަރު ބައްޕަދިނެވެ. އަހަރެންގެ ހިތް ނުތަވަސްވެގެން ދިޔައެވެ. އަހަރެންނަށް ލިބެމުންދިޔަ ލޯބި އެހެންމީހަކާ ހިއްސާކުރާކަށް އެއްވެސް ހާލެއްގައި އަހަރެން ބޭނުމެއްނުވެއެވެ. އަހަންނަށް ކުރެވޭނޭކަމެއް ނުއޮންނާނެތީވެ އަހަރެން އެއްވެސް އެއްޗެއްނުބުނެވަނީ ކޮޓަރިއަށެވެ. އަހަންނަށް ނިދުނީ ކޮންއިރަކުކަމެއް ނޭގެއެވެ. ހޭލެވުނުއިރު ކޮޓަރިތެރެ އަދިރިވުމުން އެއީ ރޭގަނޑުގެ ވަގުތުކަން އެގުނެވެ. އެއްވެސް ޖެހިލުމެއްނެތި އަހަރެން އެދުންތެދުވެގެން ހިގައިގަންނަން ކުރިމަސައްކަތް ވީ ބޭކާރެވެ. އަހަރެންގެ އަތުގައި މީހަކުހިފައި އެދާދިމާލަށް ދަމައިގަތެވެ. އަހަރެންގެ ހިތްތެޅިގެންދިޔައެވެ. މިވާންއުޅެނީ ކިކިނެއްކަން އަހަންނަށް އެގެއެވެ. އަހަންނަށް ރޮއެގަނެވުނީ ވަރަށް ބާރަށެވެ. އެއަޑު އިވުނަސް އެތަނަށްމީހަކު ނާންނާނެކަން އަހަންނަށް އެގެއެވެ. އަހަންނެކޭ ކޮއްޓަކަށް ލައިގެން ގެންގުޅޭ ކުކުޅަކާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ. 3 އިރަށް ކާންދިނީމާކައިގެން ހުރުން ނޫންގޮތެއް ނެތެވެ. ދުވަސް އައިސް ޖެހުމުން އެވީ ކަތިލައިގެން ކާލަންތާއެވެ.

ފެންވަރާ މާގަނޑު ދަށުގައިހުރެ ހިތްފުރެންދެން ރޮވުނީމެވެ. ގައިއުގުޅާ ދާގަނޑުން ގައިގެ ހަންދަންދެން އުގުޅީމެވެ. އެމުޑުދާރު ވަހެއް ނުފިލިއެވެ. މިއީ އަހަރެންގެ ހާލެވެ. ހަފްތާއަކު މަދުވެގެން 2ރޭ ބޮޑުބޭބެ އާދެއެވެ. ބޮޑުބޭބެ އަންނަ ކޮންމެ ރެއަކީ އަހަންނަށް ބިރުވެރިރެއެކެވެ. ވޭނުންފުރިގެންވާ ރެއެކެވެ. އަޑުއަހާނެ މީހަކު ނެތަސް އަހަރެން ބާރަށް ހަޅޭއްލަވާ ރޮމެވެ. ބޮޑުބޭބެ ކޮންމެ ރެއަކު ގެއިން ނުކުންނަމުން ބައްޕައަތަށް ސިޓީއުރައެއް ދެއެވެ. އެވަރުގެ ކުޑައަގަކަށް ބައްޕަ އަހަރެން ވިއްކާލަނީ ކީއްވެގެންބާއެވެ. އަހަރެން ހާދަމޮޔައެވެ. އަގެއްނެތް ނެތް އެއްޗެއް ވީ އެންމެ ކުޑައަގުގައި ނަމަވެސް ވިއްކާލެވޭތޯ އެންމެންވެސް ބަލާނެއެވެ.

އަހަރެމެންގެގެއާ ޖެހިގެން ހުންނަގެއަށް ބަޔަކު އައެވެ. ވަރަށް ހިތްހެޔޮ ދެމަފިރިއެކެވެ. އެމީހުންގެ އަހަންނާ އެއްވަރުގެ އަންހެން ކުއްޖަކު ހުރެއެވެ. އަހަރެން ބޭރަށް ނުކުންނަ ކޮންމެފަހަރަކު އަމްނާއާ ދިމާވެއެވެ. އަމްނާ އަހަންނަށް ވަރަށްގިނަ އެއްޗެހި ކިޔައިދެއެވެ. ދުވަސްތަކަށް ކިޔާ ނަންތަކާއި މަސްތަކަށް ކިޔާނަންތައްވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް ދަސްވިއެވެ. ބައެއް އަކުރުތަކާއި އެއަކުރުތައް ލިޔާގޮތްވެސް ދަސްކުރީމެވެ. އަހަންނާ ބެހޭގޮތުން އަމްނާއަށް އަހަރެން އެއްވެސް އެއްޗެއް ކިޔައެއް ނުދެމެވެ. އަމްނާ އަހަންނާ ވާހަކަދެއްކުން ހުއްޓަލަފާނެ ކަމުގެ ބިރަށެވެ. އަހަރެން ކިޔައި ނުދިނަސް އަހަރެން ތަހަމްމަލްކުރާ ވޭން އަމްނާއަށް އިހުސާސް ވީކަންނޭގެއެވެ. އަމްނާ އަހަންނަށް ވަރަށް ހިތްވަރުދިނެވެ. އަބަދުވެސް ކެއްތެރިވާން ވާނެކަމަށާއި މުސްތަގުބަލުގައި އަހަންނަކީ ވަރަށް ކާމިޔާބު މީހަކަށް ވާނެކަމަށް އަމްނާ އަބަދުވެސް ބުނެއެވެ. ކުޑައިރުއްސުރެން އަހަރެން ވަރަށް ލަވަ އަޑުއަހާ ލަވަ ކިޔާހަދަމެވެ. އެއީ އަހަރެން ވަރަށް ކުރާހިތްވާކަމެކެވެ. އަހަރެން ނުބުނަނީސް އަމްނާއަށް އެކަން އެގުމުން އަހަރެން ހައިރާންވިއެވެ. އަމްނާގެ އެދުމުގެ މަތިން އަހަރެން އަމްނާއަށް ލަވަވެސް ކިޔަދެމެވެ. އަހަރެން ކިޔާ ކޮންމެ ލަވަޔަކީ އަމްނާއަށް ވަރަށްކަމުދާ ލަވައަކަށްވިއެވެ. އަހަރެން ވަރަށް މަޝްހޫރު ލަވަކިޔުންތެރިއަކަށް ވާނެކަމަށް އަމްނާ ބުނާ ކޮންމެފަހަރަކު އަހަރެންގެ ހިތް އުފަލުން ފޮޅެއެވެ.

އަހަރެން އެކަނިވާވަގުތު އަތިރިއަށް ދާވާހަކަ އަމްނާ ކައިރީ ބުނީމެވެ. އަހަރެން ހީކުރީ އެކަމާ ބެހޭގޮތުން އަމްނާ ސުވާލު ކުރާނެކަމަށެވެ. އަހަރެންގެ ހުރިހާ އިހުސާސެއް އަމްނާއަށް އެގޭފަދައެވެ. އަހަރެން ކުރިމަތިލާންޖެހޭ އަދިރި ރޭތަކުގެ ވާހަކަ ކިތަންމެހާވެސް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް އެކަން ބައްޕައަށް އެގޭ ދުވަހަކުން އަހަރެންނަށް ދީފާނެ ގެއްލުމަކަށް އަހަރެން ބިރުގަތެވެ. ބައްޕަ އަހަރެން ގެއިންވެސް ނެރެލަފާނެއެވެ. އެހެންވެއްޖެނަމަ އަހަރެން ދާނީ ކޮންތާކަށް ހެއްޔެވެ. އަމްނާއާ ވާހަކަދައްކާލުމުން އަހަރެންގެ ހިތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ބޮޑުބޭބެ އަހަރެންނަށް އެދޭ އަނިޔާތަކުގެ ޝިފާވެސް ލިބޭކަހަލައެވެ. އަހަންނާ އަމްނާއާ ވާހަކަ ދައްކަން ތިބޭތަން ދޮންމަންނައަށް ފެންނާނެއެވެ. އެކަމާ ބައްޕަވެސް ދޮންމަންމަވެސް ދެކޮޅެއް ނަހަދައެވެ.

މިބީދައިން ދުވަސްތައް ފާއިތުވަމުންގޮސް އަހަންނަށް 12 އަހަރު ފުރުނެވެ. އެއްރެއެއްގެ ދަންވަރު އަހަންނަށް ހޭލެވުނީ އަމްނާ އަހަންނަށް ގޮވާއަޑަށެވެ. އަޑުއައީ ކުޑަދޮރާ ދިމާލުންނެވެ. އަހަރެން މަޑުމަޑުންގޮސް ކުޑަދޮރު ހުޅުވާލީމެވެ. ހުޅުވާލުމާއެކު ކުޑަދޮރުން އެތެރެއަށް އަމްނާވަނެވެ. އަހަރެން އެއްޗެކޭ ނުބުނަނީސް އަމްނާ ވާހަކަދައްކަން ފެށިއެވެ.

“އަމްއަށް އެގޭ ރާއި ނުބުންޏަސް ހުރިހާ ވާހަކައެއް. ރާއީ! ކިހިނެއް އަބަދު ތިހެން އުޅޭނީ. ތިޔަހެން އުޅެގެން ކިހިނެއް ރަނގަޅު މުސްތަގުބަލެއް ލިބޭނީ. އެނގޭ މިހެން ބުންޏަސް ރާއީ ގަބޫލެއް ނުކުރާނެކަން އަމްއަށް އެނގޭކަން. އެކަމް ބުނަން ރާއީ، ތިކަމުން ރާއީ ސަލާމަތް ކޮށްދޭން އިތުރު މީހަކު ނާންނާނެ. ތީގަ އޮންނާނީ ރާއީގެ ހިތްވަރެއް”

އަމްނާގެ ވާހަކަތަކުން އަހަރެން ވަރަށް ބިރުގަތެވެ. އެއްވެސް މީހެއްކައިރީ ނުބުނަން ބައްޕަ ދީފައިވާ އިންޒާރު ހަދާނަށް އައެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ރޮވެން ފެށުނެވެ. އެވާހަކަ އެއްވެސް މީހެއްކައިރީ ނުބުނުމަށްއެދި އާދޭސް ކުރެވެންފެށުނެވެ. އަހަރެން އާދޭސްކުރަން ފެށުމުން އަމްނާ އެއްޗެކޭ ނުބުނެ ހިގައްޖެއެވެ. އަމްނާ ދިއުމުން އެކަން އެގުނުގޮތާމެދު އަހަރެން ވަރަށް ވިސްނީމެވެ. ހަމަ ޔަގީނުންވެސް އަހަރެން އެކަހަލަ ވާހަކައެއް ނުދައްކަމެވެ. އަމްނާ އެދެއްކީވެސް ދޮގު ވާހަކައެއް ނޫނެވެ. އަހަރެން މިކަމުން ސަލާމަތްކޮށްދޭން މީހަކު ނާންނާނެއެވެ. މި އަދަވަޅުން ސަލާމަތްވާން އަހަންނަށް ވަކި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. އަހަންނަށް ކުރެވެން އޮތް ކަންކަމާމެދު އަހަންނަށް އެކިފަހަރުމަތިން ވިސްނުނު އަދަދެއްވެސް ނޭގެއެވެ. ޖެހިގެން އައިދުވަހު އަހަރެން އަމްނާއާ ދިމާވޭތޯ މަގުމައްޗަށް ނުކުތީމެވެ. އަހަރެން ނުކުންނަ ކޮންމެފަހަރަކު ހިނިތުންވެލައިގެން ހުންނަ އަމްނާ މިއަދަކު ފެންނާކަށް ނެތެވެ. އަހަރެންގެ ހިތް މިލާމޯޅިވިއެވެ. އެދުވަހު އަހަރެން އިރުއިރުކޮޅާ ބޭރަށް ނުކުތީމެވެ. އަމްނާގެ ހަބަރެއް ވޭތޯއެވެ. އިރުއޮއްސުނުއިރުވެސް އަމްނާއެއް ނައެވެ. ނާއުންމީދުން ފުރިގެންވާ ހިތަކާއެކު ނިދަންއޮށޯތީމެވެ. އަހަންނަށް ނިދި ޖެހުނުކަމެއްނޭގެއެވެ. ބޮޑުބޭބެ އައިސް ކޮޓަރިއަށްވަނެވެ. އަހަރެންގެ ގައިގައި އަތްނުލުމަށް ކޮންމެރެއަކު ކުރާ އާދޭހަށް ބީރުކަންފަތެއްދޭތީވެ އަހަރެން ހުރީ އަގައިވެސް ނުބުނެ ވޭތޯއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލީ ބާލިސް ތެމެން ހިތްނޭދޭދޭތީއެވެ. އިރުގަނޑަކު އޮތުމަށްފަހު އަހަރެންގެ ކެއްތެރިކަން ކޮޅުންލިއެވެ. ދެންތިހެންނަހަދާށޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ގައިގަހުރި ބާރެއްލައި ބޮޑުބޭބެ ކޮއްޕާލީމެވެ. އަރިއަޅާލައިގެން ބޮޑުބޭބެ މުށިތަކުގެ މައްޗަށް ވެއްޓުނެވެ. ވީތަދުން ބޮޑުބޭބެ ހަޅޭއްލަވައިގަތެވެ. އެއަޑަށް ބައްޕައާއި ދޮންމަންމަ ކޮޓަރިއަށްވަނެވެ. އަހަރެން އަވަސްއަވަހަށް ގައިގައި ބެޑްޝީޓް އޮޅާލައިގެން ގޮސް ފާހާނާއަށް ވަނީމެވެ. ކޮޓަރިތެރޭގައި ތިބެގެން ބައްޕައާ ބޮޑުބޭބެ ވާހަކަދައްކާއަޑު ކޮންމެވެސް ވަރަކަށް އިވެއެވެ. ބައިގަޑިއެއްހާއިރު ފަހުން އަހަރެން ފާހާނާ ދޮރުގައި ކަންފަތް ޖައްސާލީމެވެ. ކޮޓަރިތެރެއިން އެއްވެސް އަޑެއް ނީވުމުން، މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ނުކުތީމެވެ. ކޮޓަރިއަކު އެއްވެސްމީހަކު ނެތެވެ. ދޮރުވެސްހުރީ ލައްޕާފައެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އަހަރެން އެދުގައި އޮށޯތީމެވެ. ސިއްސައިގެން ގޮސްފައި ހޭލެވުނުއިރު އަހަރެންގެ މަގަތުގައި އަމްނާ އިނެވެ. އަހަރެން ހިނިތުންވެލީމެވެ. އޭގެޖަވާބުގައި އަމްނާ އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު އެދުންތެދުވިއެވެ.

“ތިޔަގޮތަށް މިރޭ ސަލާމަތްވެވިދާނެ. އެކަމް އަބަދަކު ނުވާނެ. ރާއި ބޭނުމެއްނުން ތިކަމުން ސަލާމަތްވާން ދޯ؟ ރާއީއަށް އެގެއެއްނުން ރާއީއަށް ވާނެކަންދޯ؟  ރާއީ ތީ ވަރަށް ވިސްނުންތޫނު ކުއްޖެއްނުން. ނަސޭހަތްދޭކަށް އަބަދަކު އަމްއެއް ނުހުންނާނެ”

އަމްނާ ބުނިއެއްޗަކާމެދު ވިސްނަން އަހަންނަށް ވަރަށް ގިނައިރު އޮވެވުނެވެ. އަހަރެންގެ ހިތަށްއަންނަ  ހިޔާލުތަކުން އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެންދެއެވެ. އަހަންނަށް ކޮންމެކަމެއްވެސް ކުރެވިދާނެއެވެ. އެކަމަކު އޭގެ ނަތީޖާއާ ދޭތެރޭވެސް ވިސްނަން ޖެހޭނެތާއެވެ.

ހެދުނު އަރައިގެންއައި އިރާއެކު އަހަރެން ޓީވީކައިރީ އިށީނީމެވެ. އެއީ އަހަރެން ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ބައްޕަ ނުވަތަ ދޮންމަންމަ ޓީވީބަލަން އިންނައިރު ތަންކޮޅެއް ދުރުގައި ބަލަން ހުންނަމެވެ. ދޮންމަންމަ ކިޔާފާނެ އެއްޗަކަށް ފަރުވާލެއް ނެތެވެ. ހިޔާލެއް ފިކުރެއްނެތި އަހަރެން ޓީވީ ހުޅުވާލީމެވެ. އަހަންނަށް ކިޔަން ނޭގޭތީ ފިލްމުގެ ނަން ކިޔާކަށް ނުވެސް އުޅެމެވެ. ޓީވީއިން ފެނުނުމަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަގުމަތިން ހިގަމުން ދިޔަ އަންހެނެކެވެ. އޭނާފަހަތުން އޭނަގެ ވަސްބަލަމުން ފިރިހެނަކު އައެވެ. އެކަހެރި ހިސާބަކަށް ދެވުމުން އަންހެން ކުއްޖާގެ އަތުގައި ހިފިއެވެ. މީހަކު އަންނަންފެށުމުން އެ ފިރިހެންމީހާ އަންހެންމީހާގެ އަގަމަތީގައި އަތް އެޅިއެވެ. އިރުކޮޅަކުން އަންހެންމީހާ ވަރުދޫވެގެން ވެއްޓުނެވެ. އަހަރެން ވަގުތުން ޗެނަލް ބަދަލުކޮށްލީމެވެ. ދެންފެނުނީ ފިރިހެނެކެވެ. ހުރީ ވަޅިއެއްހިފައިގެންނެވެ. އޭނަގެ މޫނެއް ނުފެނެއެވެ. އަންހެންމީހާއޮތީ ބިންމަތީގައެވެ. އިސާހިތަކު ފިރިހެންމީހާ އަންހެންމީހާގެ ބަޑަށް ވަޅި ހަރާލައިފިއެވެ. އަހަންނަށް ކުޑަކޮށް ފަހަތަށްވެސް ޖެހިލެވުނެވެ. ރިމޯޓުގައި އަތްއެޅުނީ ކަންނޭގެއެވެ. ޗެނަލް ބަދަލުވެއްޖެއެވެ. މިފަހަރު ފެންނަނީ ފިރިހެނަކު ކުޑަ އަންހެންކުއްޖަކަށް ގޯނާ ކުރާ މަންޒަރެވެ. ކުއްލިއަކަށް އެއަންހެންކުއްޖާ އެފިރިހެންމީހާގެ ބޮލަށް ވަޅިއެއް ހަރައިފިއެވެ. ފިރިހެންމީހާގެ ބޮލުން ހޯސްލާފައި ލޭފައިބަން ފަށައިފިއެވެ. އިރުކޮޅެއްނުވެ އެމީހާ ހަބަރު ހުސްވެގެން ވެއްޓިއްޖެއެވެ. އަހަރެން ވަގުތުން ޓީވީ ނިއްވާލީމެވެ. ދުވެފައި ގޮސް ކޮޓަރިއަށްވަދެ މުޅިގައިގަ ބެޑްޝީޓް އަޅައިގެން އޮށޯތީމެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އަހަރެން ތެދުވެގެން ބަދިގެއަށް ވަނީމެވެ. ވަޅިސެޓުގައި އޮތް އެންމެ އަތަށްހެޔޮވަރު ވަޅި ނަގައި ހެދުންތެރެއަށްލައި ފޮރުވައިގެން ކޮޓަރިއަށް ވަނީމެވެ. އެދުކައިރިއަށްގޮސް ބާލިސްދަށުގައި ވަޅި ބޭއްވުމަށްފަހު އޮށޯތީމެވެ. އެރޭ  ދަންވަރެވެ. ބޮޑުބޭބެ ކޮޓަރިއަށްވަންއިރު އަހަރެން އޮތީ ނިދާކަމަށް ހެދިގެންނެވެ. ބޮޑުބޭބެއައިސް އަހަރެންގެ މަގަތުގައި އޮށޯތުމުން އަހަރެން މަޑުމަޑުން އަތަށް ވަޅި ހެޔޮވަރުކޮށްލީމެވެ.

(ނުނިމޭ)

83

Angie

.އަޅުގަނޑަކީ އާ ލިޔުންތެރިޔަކީމެވެ. ބިނާކުރަނިވި ފާޑުކިޔުންތަކަކީ އަޅުގަނޑަށްލިބޭ ކުރިއެރުމެކެވެ.

You may also like...

15 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Subhanallah… kihineiy vaanbaa mi ulhenee?? Vaahaka hama v reethi… Waiting for the next part

    ⚠Report!
  2. Eba rangalhuvey, furathama dhuvahuves dhon bappa aa bodubebe ge kuda soru burikollinama onnaanee rangalha. Kudairussure fashaigen aharemen kudadharinnah defence dhaskohdheyn jehey.
    Thankolhe dhigu koh genesdhechey ingey darling next part. Vvvv rythi. 😊

    ⚠Report!

Leave a Reply

Your email address will not be published.