ލޯބި ވީމޭ ސިއްރު ސިއްރުން (30)ވަނަ ބައި (ފަހުބައި..)

- by - 105- January 22, 2020

ކުއްލިއަކަށް ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ވަސީމާ އެ އަޑަށް ސަމާލުކަން ދިނެވެ. އައިސްއަލަމާރިން ނެގި ފެންފުޅި މޭޒުމަތީގައި ބަހައްޓާލުމަށްފަހު ކާގެއިން ނިކުމެ, ހަލުއި ހިނގުމެއްގައި ގޮސް ވަސީމާ ދޮރު ހުޅުވާލިިއެވެ. “އަވަހަށް އާދޭ އެތެރެއަށް…” ދޮރު ހުޅުވާލުުމަށްފަހު, އެތެރެއަށް ވަނުމަށް ދޮރުމަތީީގައި ހުރި ރީޝާއަށްް ހިނިތުން ވުމެއް ރައްދުކޮށްލަމުން ވަސީމާ ބުނެލިއެވެ. ރީޝާގެ އުރުގައި އިން ހަނާޝް ފެނުމުން ވަސީމާގެ ހިތް އުފަލުން ފޮޅިލިއެވެ. “އަވަހަށް އާދޭ މާމަ ގާތަށް…މާމަ މިހުންނަނީ ދަރިފުޅު އުރާލާހިތުން ކެތްމަދުވެފަ…” ހަނާޝް ފެންނަ ކޮންމެ ފަހަރަކު ވަސީމާގެ ހާލަތު ހުންނަނީ އެކަހަލަ ގޮތަކަށެވެ. އެހިތަަށް ނުހަނު ގިނަ ހިތްހަމަޖެހުން އެއްފަހަރާ ލިބިގެންދާާކަހަލައެވެ. “ވަރަށް އުފާވެއްޖެ ރީޝާ އައީމަ…މިވަގުތު އަންނަން ވީމަ އުނދަގޫ ވާނެކަން ވެސް އެނގޭ…އެކަމަކުވެސް…ރީޝާ ގާތު ވާހަކައެއް ދައްކާލަން ބޭނުންވާތީ މިގަޑީގަ އަންނަން ބުނީ…” ބަދަލު އައިސްފައި ނުވާ ލޯތްބާއި އިޚްތިރާމްގެ ސަބަބުން ވަސީމާ ރީޝާއާއި ވާހަކަ ދެއްކީ ނުހަނު މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި އެކުގައެވެ. ހަނާޝް އުރާލުމަށްފަހު, އެވަގުތު ރީޝާ ގާތު އަންނަން ބުނި ސަބަބު, ސޯފާއާއި ދިމާއަށް ހިނގައިގަންނަމުން ވަސީމާ ހާމަކޮށްލިއެވެ. ހާލަތު ބަދަލުވެގެން ގޮސްފައި ވިޔަސް ވަސީމާއާއި ރީޝާގެ ގުޅުން ތާޒާ ވެފައި ބަދަހިކަން ގަދައެވެ. އެ ގުޅުމަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާކަން ވަސީމާގެ ވާހަކައިން ހާމަވާން ހުރިއިރު, ވަސީމާގެ އެންމެ އެދިލުމަކަށް އެވަގުތު ރީޝާ އައިސް ހުރުން އެކަމަށް ހެކިދެއެވެ.

“ރީޝާ އިށީީދޭ…މަންމަ އެބަ އަންނަން…” ވަސީމާ މިހެންބުނެ ހަނާޝް ގޮވައިގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ސޯފާގައި އިށީނުމުގެ ބަދަލުގައި ދާނިޝްގެ ކޮޓަރިއާއި ދިމާއަށް ރީޝާ ނަޒަރު ހިންގާލިއެވެ. އެވަގުތު ރީޝާގެ ހިތަަށް ތަދުކޮށްލިއެވެ. ދާނިޝްގެ ނުރުހުންވުން ހަނދާނަށް އައުމުން ހިތުގައި ޖެހުނެވެ. ރީޝާގެ ހިތް ދާނިޝްގެ މައްޗަށް ސާފުކޮށްލިއިރު, ދާނިޝްގެ ހިތުުގައި ރީޝާއަށްޓަކައި ނުރުހުމާއި ރުޅިވެރިކަން ތަކުރާރު ވެގެންދިއެވެ. ދާނިޝްގެެ ނުރުހުންވުން ނަފުރަތަަށް ބަދަލުވި މަންޒަރު ދެކެފައިވާތީ އެ މަންޒަރު ތަކުރާރު ވުމަކަށް އޭނާގެ ހިތެއް ނޭދެއެވެ. ރީޝާގެ ހިތް އެދިިއެދި ހުރީ އަހަރު ތަކެއް ކުރިއަށް ޖެހިލާށެވެ. ހިނިތުންވުމާއި ހިތްހަމަޖެހުމުގައި ދާނިޝްއާއިއެކު ހޭދަކުރެވުނު އެދުވަސްތައް އަލުން އިޔާދަ ވުމަށް އޭނާގެ ހިތް އެދި ގޮވަމުންދިއެވެ. އެ ލޯބި ފެށި, ހޭދަކުރަމުން ދިއަ އުފާވެރި ދުވަސްތަކަށް ވާސިލް ވުމަށް ރީޝާ ބޭނުންވިއެވެ. އާފެށުމަކުންް އެ ދުވަސްތައް އެނބުރި އަންނާނެ ނަމައޭ އޭނާގެ ހިތަަށް އަރަމުންދިއެވެ. ޝަކުވާއިން އެއްކިބާވެ މަސަލަސްކަންމަތީ ހޭދަ ކުރެވުނު ލޯބީގެ އެ ދުވަސްތައް އިޔާދަވުމަށް އެދިއެދި ހުއްޓަސް, ފާއިތުވި ވަގުތެއް އަނބުރާ ނާންނާނެކަން ރީޝާގެ ވިސްނުމުގައި ހުއްޓެވެ.

ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު, ޖެހިލުންވެފައި ހުރެ ނަމަވެސް ދާނިޝްގެ ކޮޓަރިއާއި ދިމާއަށް ރީޝާ ހިނގައިގަތެވެ. ދެ ޚިޔާލެއްގައި ހުރެ ނަމަވެސް ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާލިއެވެ. ރީޝާ އުއްމީދުކުރި ގޮތަށް އެތެރެއިން ތަޅުނުލައި ހުރުމުން, ދަތިކަމެއްނެތި މަޑުމަޑުން ދޮރު ހުޅުވާލަައިފައި އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ރީޝާގެ ލޮލުގައި އަޅައިގަތްް މަންޒަރުން އޭނާގެ ހިތަށް އިތުރަށް އަސަރު ކޮޮށްލިއެވެ. އެކްސިޑެންޓްގެ ސަބަބުން ދާނިޝްއަށް ލިބުނު އަނިޔާގެ އަސަރު އަދިވެސް ނުފިލައި ހުރީތީ އޭގެ ތަދު އިހްސާސް ކުރެވެމުންދިއަ ހާލުގައި, ދާނިޝް އޭޭނާގެ ކަނާތުގައި ހުރި ފާރުގަނޑުގައި ބޭސް އަޅަން މަސައްކަތް ކުރަަމުންދިއެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރެ އެ މަންޒަރު ބަލަން ހުރުން ރީޝާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ސޯފާގައި އިށީނދެލައިގެން އިނދެ ދަތި ގޮތަކަށް ދާނިޝް ކުރަމުންދިއަ މަސައްކަތްް ކާމިޔާބެެއް ނުވާނެއޭ ހިތަށް އަރުވާލަމުން, ދާނިޝްއާއި ދިމާއަށް ރީޝާ ހިނގައިގަތެވެ.

ކުއްލިއަކަށް ރީޝާ ފެނުމާާއިއެކު ދާނިޝް ސިހުނެވެ. ހައިރާންވެފައި އިރުކޮޅަކު ރީޝާއަށް ބަލަހައްޓައިގެން ދާނިޝްއަށް ހުރެވުނެވެ. އެއީ ހަޤީޤަތެއްކަން ޔަޤީންކޮށްލަަން ދާނިޝްއަށް ވަގުތުކޮޅެއް ބޭނުންވިއެވެ. ކުޑައިރުކޮޅަކު ހުއްޓިލައިގެން ހުރުމަށްފަހު, ދާނިޝްގެ ހައިރާންކަން އެކުލެވިފައިވާ މޫނުން ނަޒަރު އެއްފަރާތް ކޮށްލަމުން ކުރިއަށް ޖެހިލާާފައި ސޯފާގައި ރީޝާ އިށީނެެވެ. އެއަށްފަހު ދާނިޝްގެ އަތުގައި ހުރި ފާރުގަނޑުގައި ބޭސް އަޅައިދިނުމަށް ރީޝާ މަސައްކަތްް ކޮށްލިއެވެ. ނަމަވެސް..ހަމަ އެވަގުތު ދާނިޝް އޭނާގެ އަތް ދުރަށް ޖައްސާލިިއެވެ. ނުރުހުމާއި, ރުޅިވެރިކަމާއި އެކުގައެވެ. “އަހަރެން ރީޝާގެ އެހީތެރިކަމެއް ބޭނުމެއް ނޫން…ރީޝާގެ ހަމްދަރުދީއެއް ވެސް އަހަރެން ބޭނުމެއް ނޫން…” އަތާއި އެކު މޫނުވެސް އެެއްފަރާތް ކޮށްލަމުން ރީޝާގެ އެހީތެރިކަން ބޭނުން ނުވާކަމަށް ނުރުހުމާއިއެކު ދާނިޝް ބުނެލިއެވެ. ރީޝާގެ ސަބަބުން ކުލަވަރު ބަދަލުވެގެންދިއަ ދާނިޝްގެ މޫނުު އެއްފަރާތްކޮށްލި ނަމަވެސް ދާނިޝްގެ އެ ޢަމަލުުން ރީޝާގެ މަޤުސަދަަކަށް ބަދަލެއްނައެވެ. އެއްފަރާތް ކޮށްލި ދާނިޝްގެ އަތުގައި ހިފައި ކައިރިއަށް ދަމާލުމަށްފަހު ދެވަނަ ފަހަރަށް ދާނިޝްގެ އަތުގައި ބޭސް އަޅަން މަސައްކަތް ކޮށްލިއެވެ. ދެންވެސް ދާނިޝް ކަންތައް ކުރީ ހަމަ އެގޮތަށެެވެ. “ކިތައްފަހަރު ބުނަންވީ އަހަރެން ރީޝާގެ އެހީތެރިކަމެއް ބޭނުމެއް ނޫނޭ..ތިކަހަލަ ހިތް ހިލަ މީހެއްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫން…” ފާޅުގައި ނުރުހޭގޮތް ދައްކާލަމުން, ކުޑަމިންވަރަކަށް ވެސް ރީޝާގެ އެހީތެރިކަން ބޭނުން ނުވާކަމަށް, ނުރުހުމާއިއެކު ރީޝާއަށް ބަލަހައްޓައިގެން ހުރެ ދާނިޝް ބުންޏެވެ. އެހެނަސް..ރީޝާވެސް ގޮތްދޫކުރާކަށް ގަސްތެއް ނުކުރިއެވެ. ދާނިޝްގެ ރުޅިވެރިކަމުުގައި ރީޝާގެ މަޤުސަދު ހީނަރުކޮށްލެވޭފަދަ ބާރެއް ނެތްކަހަލައެވެ. ދާނިޝްގެ ނުރުހުމާއި އެކުގައި ނަމަވެސް ކުޑަ ހިތްވަރެއް ކޮށްލާފައި ރީޝާ, ދާނިޝްގެ އަތުގައި ނުހިކި ހުރި ފާރުގަނޑުގައި ބޭސްއަޅައިި ހުދު ބެންޑޭޖްއިން އެ ފާރުގަނޑު ރައްކާތެރި ކޮށްލިއެވެ.

ސިއްރު ސިއްރުން ދާނިޝްގެ މޫނަށް ރީޝާ ނަޒަރު ހިންގާލިއެވެ. އެ މޫނުމަތިިން ނުރުހުމުގެ އަސަރު ކިތަންމެ ރަނގަޅަކަށް ވެސް ރީޝާއަށް ހާމަވާން ހުއްޓެވެ. އެހެނަސް.. ދާނިޝްއަށް އޮޅިފައިވާ ރީޝާގެ ހަޤީޤަތް ހާމަކޮށްދޭން އޭނާ މަސައްކަތް ކޮށްލިއެވެ. “ދާނިޝް…! އަހަރެން…” ރީޝާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ދާނިޝްއަށް އުނދަގޫވި ކަހަލައެވެ. ދާނިޝްގެ މޫނުގައި އަތް ބީއްސާލަަން އުޅުނު ވަގުތު ރީޝާގެ އަތް ފޮޅާލުމަށްފަހު, ކޮޓަރިން ނިކުންނަން ދެތިން ފިޔަވަޅެއް އަޅާލައިފައި ދާނިޝް ހުއްޓުނެވެ.

ހިތަށް އަރާފައިބަމުންދިއަ އެތައް ޝަކުވާތަކެއް, އެތައް އުދާސްތަކެއް ރީޝާއަށް ހާމަކޮށްދޭން ދާނިޝްގެ ވިސްނުމަަށް އައެވެ. އެހެނަސް..ހަމަ އެ ސިކުންތުގައި ދެވަނަ ވިސްނުމަކަށް ދާނިޝް ޖެހިލިއެވެ. އަމިއްލަ ނަފުސަށް ކޮށްފައިވާ ވަޢުދުގެ މަތިން ހަނދާން ވުމުން އެ ހިތުގެެ ގިލަން ހިތުގައި ފޮރުވާލިއެވެ. ދެން އިތުރަށް އެ ހިތުގެ ރިހުން ރީޝާއަށް އަންގައި ދިނުމުގެ ބޭނުމެއް ނެތޭ ހިތަށް އަރުވާލަމުން, ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާާލުމަށްފަހު, ތެމިގެންދިއަ ލޮލުން ވީއްލިގެން އައި ފެންތިކި ސިއްރިޔާތުގައިި ފޮހެލާފައި ކޮޓަރިން ބޭރަށް ދާނިޝް ހިނގައިގަތެވެ. ދާނިޝްއަށް ހާމަ ނުވާ ރީޝާގެ ޙަޤީޤަތް ބުނެދޭން ބޭނުން ވިޔަސް އެ ފުރުސަތު ރީޝާއަށް ދޭން ދާނިޝް ބޭނުން ނުވާކަން ފަސްއެނބުރި ބަލައިވެސް ނުލައި ކޮޓަރިން ނިކުމެގެން ދާނިޝް ދިއަތަން ބަލަން ހުރެ, ރީޝާއަށް ވިސްނުނެވެ.

ކޮޓަރިން ނިކުމެ ދެތިން ފިޔަވަޅެއް ކުރިއަަށް އެޅި ވަގުތު ހަނާޝްގެ ހުނުމުގެ އަޑު ދާނިޝްގެ ކަންފަތުގައި ޖެހުނެވެ. އެވަގުތު ދާނިޝްގެ މޫނުމަތީގަައިވާ ނުރުހުމާއި މާޔޫސްކަން ކުޑަހިނދުކޮޅެއްގެ ތެރޭ ފިލައިގެން ދިއެވެ. ސޯފާގައި އިށީނދެލައިގެން އިން ވަސީމާގެ އުނގުގައި ހުރެ ހަނާޝް ހެމުން ގެންދިއަ މަންޒަރު ފެނި ދާނިޝްގެ މޫނުމަތި ދިލިގެން ދިއެވެ. މަޑުމަޑުން އައިސް ސޯފާގައި އިށީންވަގުތު, ސައި ތައްޔާރުކޮށްފައި ވާކަމަށް ވަސީމާ ބުނެލިއެވެ. ކުޑަ ވަގުތުކޮޅަކުު ހަނާޝްއާއި ސަމާސާ ކޮށްލަން ހުރުމަށްފަހު ހައިހޫނުކަން ފިލުވާލުމަށް ވަސީމާގެ ފަހަތުން ކާގެއާާއި ދިމާއަށް ދާނިޝް ވެސް ހިނގައިގަތެވެ.

ކޮޓަރިން ނިކުމެގެން އައިސް ސިޓިންރޫމްގަައި ރީޝާ މަޑުކޮށްލިި މަންޒަރު ވަސީމާގެ ލޮލުުގައި އަޅައިގަތެވެ. “ރީޝާވެސް އާދޭ ސައިބޯން…” އިތުރު ތައްޓެއް މޭޒުމަތީގައި ބަހައްޓާލަަމުން ވަސީމާ ރީޝާއަށް ގޮވާލިއެވެ. ނަމަވެސް ވަސީމާގެ އަޑު ރީޝާގެ ކަންފަތުގައި ނުޖެހޭ ކަހަލައެވެ. ރީޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން, ރީޝާގެ ގާތަށް ވަސީމާ އައެވެ. “ނުދާނަންތަ..؟” ވަސީމާ ސުވާލުކޮށްލިއެވެ. ސިހިފައި ކަހަލަ ގޮތަކަށް ވަސީމާއަށް ރީޝާ ބަލާލީީ ސުވާލު އުފެދިފައިވާ ނަޒަރަކުންނެވެ. ރީޝާގެ އެ ބަލާލުމުން, އޭނާގެ އަޑު ރީޝާއަށް ނީވޭކަން ވަސީމާއަށް ވިސްނުނެވެ. އެހެންކަމުން ދެވަނަފަހަރަށް ރީޝާ ގާތު ސައިބޯން ދިއުމަށް ވަސީމާ އެދުނެވެ. އެކަމާއި ދެކޮޅު ހަދަން ރީޝާ މަސައްކަތް ކޮށްލިއެވެ. ނަމަވެސް..އެކަމުގައި އިތުރު ބަހަނާއެއް ނުދައްކާށޭ ބުނެ, ރީޝާގެ އަތުގައި ހިފާާލަމުން ކާގެއާއި ދިމާއަށް ވަސީމާ ހިނގައިގަތެވެ.

މޭޒު ދޮށުގައި ހުރި ހުސް ގޮނޑިއެއް ދަމާލާފައި އޭގައި އިށީީނުމަށް ރީޝާ ގާތު ވަސީމާ ބުނެލިއެވެ. ދައްކާނެ މާގިނަ ބަހަނާތަކެއް ނެތުމުން ރީޝާއަށް ޖެހުނީ ވަސީމާގެ ބަސް ޤަބޫލު ކުރާށެވެ. މަޑުމަޑުން ގޮނޑީގައި އިށީނދެލާފައި, ކުރިމަތީގައި އިން ދާނިޝްއަށް ރީޝާ ބަލާލިއެވެ. ނުރުހުންވުން ނޫން އެހެން އެއްޗެއް ދާނިޝްގެ މޫނުމަތީގައި ނުުވާކަން ރީޝާއަށް ފުރިހަމައަށް ދޭހަވާން ހުއްޓެވެ. އެވަގުތު އެތާނގައި އިނުން ދާނިޝްއަށް އަދަބަކަށް ވެފައި ވާކަހަލައެވެ. ޖެހިގެންހުރި ގޮނޑީީގައި އިށީނދެލައިގެން އިން ހަނާޝްގެ މޫނަށް ގަދަކަމުން ކަހަލަ ގޮތަކަށް ބަލާލައިފައި ހިނިތުން ވެލައެވެ. އެވަރުން ދާނިޝްއަށް ފުދުނެވެ. އެންމެ ލަފުޒެއް ވެސް ދުލުން ބޭރު ނުކުރަން ދާނިޝް ކުރި ހިތްވަރަށް ގަސްތަކާއި ނުލައި ހުރަސް އަޅަން ވަސީމާ ކުރި މަސައްކަތް ކާމިޔާބުވީ ވަރަށް ކުޑަ މިންވަރަކަށެވެ. މޭޒުދޮށުގައި އިށީނދެ, ސައިބޯންް ފެށުމަށްފަހު ވަސީމާ ދެއްކި ވާހަކަތަކާއި ކުރި ސުވާލުތަކަށް ދާނިޝް ޖަވާބު ދިނީ ކުރު ގޮތަކަށެވެ. މާގިނައިރު މޭޒުދޮށުގައި ހުރުމުގެ ގަސްތެއް ނެތުމުން, އަވަސްް އަވަހާއި ކައި ނިންމާލުމަށްފަހު އެތަނުން ނިކުތުމަށް ދާނިޝްގެ ހިތުގައި އޮތެވެ. ނަމަވެސް..އޭނާގެ އަތުގެ ރިހުން އެކަމަށް ހުރަސްއެޅިއެވެ.

“ރީޝާ…މަންމަ ރީޝާ ގާތު ކަމަކު އެދެން ބޭނުން…ހީކުރަން މަންމަ މާޔޫސް ނުކުރާނެކަމަށް…” ނާސްތާ ނިންމާލައިފައި މޭޒުމަތިި ސާފުކޮށް ހަދާލުމަށްފަހު, ކާގެއިން ނިކުމެގެން އައިސްް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ހަމަޖެހިިލުމަށްފަހު, ރީޝާގެ އަތުގައި ހިފާލައިފައި ވަސީމާ ވާހަކަ ދައްކަން ފެށިއެވެ. މީގެ ކުޑަ ދުވަސްކޮޅެެއް ކުރިން ވަސީމާގެ ސިކުނޑީގައި އެނބުރެންފެށި ޚިޔާލުތަކުން ބާރު ލިބިގަންނަމުން އެކަމުގެ އަސްލަށް ޖެހިލަން އޭނާ މަސައްކަތް ކޮށްލިއެވެ. “ބުނެބަލަ…! މަންމަ ބުނާ އެއްވެސް ކަމަކާ އަހަރެން ދެކޮޅެއް ނުހަދާނަން…” ވަސީމާގެ ހިތުގައި އޮތް މަޤުސަދު ދެނެގަންނަން ނޭނގުނަސް ވަސީމާގެ އެދިލުމާއި ދެކޮޅު ނުހަދާނެކަމަށް ބުނެ ވަސީމާގެ އަތުގައި ހިފާލަމުން ފުރިހަމަ ޔަޤީންކަން ރީޝާ ދިނެވެ. ރީޝާގެ އެ ޖަވާބުން ވަސީމާގެ ހިތަށް ފިނިކަން ލިބިގެންދިއެވެ. އަދިވެސް ރީޝާގެ ހިތުގައިި އޭނާއަށްޓަކައި ޤަދަރާާއި އިޙްތިރާމް ނުފިލައި ހުރިކަން ޝައްކެއްނެތި ވަސީމާއަށް ޔަޤީން ކުރެވުނެވެ.

“ރީޝާ…މަންމައަށްޓަކައި ނަމަވެސް ދާނިޝްއަށް މަޢާފުކޮށްދީ…! އަހަރެންގެ ދަރިފުޅަށް މަޢާފު ކޮށްދީ…!” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރީޝާއަށް ނަޒަރު ހުއްޓާލަމުން އަސަރާއިއެކު ވަސީމާ ބުނެލިއެވެ. ވަސީމާގެ އެ ޖުމްލަތައް ކަންފަތުގައި ޖެހުމާއިއެކު ރީޝާގެ މޭގަނޑު ގުޑައިގަތެވެ. އެހާމެ ހައިރާންވިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެކަަހަލަ އެއްވެސް ވާހަކައެއް ވަސީމާގެ ދުލުން ބޭރުވެފައި ނުވުމާއިއެކު, ކުއްލިއަކަށް އެ މައުޟޫ ނެގުމުން ރީޝާ ސިހުނެވެ. ފެންކަޅިވި ވަސީމާގެ ލޯ ފެނުމުން ރީޝާގެ ހިތުގައި ޖެހުނެވެ. ދާނިޝްއަށް މަޢާފު ނުކުރަން ރީޝާ ކުރިން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ފުރަތަމަ ފަހަރަށް, ވަސީމާގެ ލޮލުގައި ވިދާލި ކަރުނަ, ރީޝާއަށް ބުނެދިިން ކަހަލައެވެ. “ދާނިޝްގެ ކުށުގެ އަދަބަކީ ރީޝާގެ ނަފުރަތު ކަމުގަ ނުހަދާ…! އާދޭސްކޮށްފަ ބުނަން….އަހަރެންގެ ދަރިފުޅުގެ މައްޗަށް ހިތް ސާފު ކޮށްލަދީ…ދެވަނަ ފަހަރަށް އެ ނިކަމެތި ހާލަތަށް އަހަރެންގެ ދަރިފުޅު ވެއްޓޭ މަންޒަރު ބަލަަން ހުންނާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް…” ހުރި ހަމައެކަނި ދަރިފުޅުގެ ފުރާނަ ސަލާމަތުން ހުރުމަށް ހިތާއި ފުރާނައިން އެދެމުންދިއަ ހާލުގައި އެ ދަރިފުޅުގެ މައްޗަށް ހިތް ޚަލާސް ކޮށްދިނުމަށް, ރުއިމުގެ ތެރެއިން އާދޭހާއިއެކު ރީޝާ ގާތު ވަސީމާ އެދުނެވެ. ވަސީމާގެ އެ ހާލަތު ފެނުމުން ރީޝާގެ ލޯޯވެސް ތެމިގެންދިއެވެ. “އަހަރެން ޤަބޫލު ކުރަން…އަހަރެންގެ ދަރިފުޅަކީ ރީޝާގެ ކުށްވެރިއެއް…ދާނިޝްގެ ފަރާތުން ރީޝާއަށް ލިބުނު އަނިޔާ އަހަރެންގެ ހަނދާނުގަ އެބަހުރި…ރީޝާ, ދާނިޝްއާއިި ވަކިވުމުން ދާނިޝްގެ ހިތުގަ ރީޝާއާއި މެދު އުފެދުނު ނުރުހުމާ ރުޅިވެރިކަން ދިފާޢު ކުރާާކަށް ބޭނުމެއް ނޫން…އެކަމުގެ ވިސްނުމެއްވެސް ނެތް…އެކަމަކު…ރީޝާ އެގޮތަށް ކަންތައްކުރި ސަބަބު އެނގުމުން އަހަރެންގެ ދަރިފުޅު ރުއި ރުއިމާ ކުރި ހިތާމަ އަހަރެން ދުށިން…ސިއްރުން ހުރެ ކަރުނަ އޮހޮރި މަންޒަރު އަހަރެންގެ ލޮލުން ދުށިން…” މޫނު ތެތްމަމުންދިއަ ކަރުނަ ތަކާއިއެކު, ވަސީމާގެ ލޮލަށް ފެނުނު މަންޒަރުތައް ފުރަތަމަ ފަހަރަށް ނަމަވެސް ރީޝާއާއި އޭނާ ހިއްސާކޮށްލިއެވެ. އެތައް ދުވަހެއްގެ ފިކުރުތަކާއި އުދާސްތައް މިއަދު ހާމަ ކުރަން ވަސީމާއަށް މަޖުބޫރުވި ކަހަލައެވެ.

“އެކަމަކު…ދެން އެ މަންޒަރު ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ…އާދޭސްކޮށްފަ ބުނަން…އަހަރެންްގެ ދަރިފުޅުގެ ދިރިއުޅުމަށް އެނބުރިި އާދޭ..! ރީޝާއާއި ވަކިން ދާނިޝް އެ ހޭދަކުރަނީީ އުފާވެރި ދިރިއުޅުމެއް ނޫން…” މަރުގެ ތުންފަތް މައްޗަށް ވެެއްޓިގެންދިއަ ދާނިޝް, އިތުރަށް ހިތާމައިގެ ތެރޭގައި އުޅޭ މަންޒަރު ބަލަން ކެތްނުވާނެކަމަށް ބުނަމުން, ދެވަނަ ފަހަރަށް ދާނިޝްގެ ދިރިއުޅުމަށް އެނބުރި އައުމަށް ބުނެ ވަސީމާ, ރީޝާ ގާތު އާދޭސް ކުރިއެވެ. ރީޝާގެ އަތުގައި ހިފަހައްޓައިގެންހުރެެ ކަރުނައިގެ ތެރެއިން ވަސީމާ އޭނާގެ ހިތުގެ އުދާސްތައް ހާމަކޮށްލިއެވެ. ފުރާނަ ފަދައިން ލޯބިވާ ދަރިފުޅުގެ ދިރިއުޅުމުން އުފާވެރިކަން ނެތިގޮސް, ހިތާމައާއި ތަކުލީފުތައް އެދިރިއުޅުން ވަށާލާފައިވާ މަންޒަރު ޣައިބުވެގެން ނުދާއިރު އޭގެ ހިތިއަސަރު ވަސީމާގެ ނިކަމެތި ހިތަށް ތަދުކުރަމުން ދެއެވެ. އެ ތަދުތަކާއި ވޭނަށް އިތުރަށް ކެތް ނުވުމުން އާދޭހާއިއެކު އެކަމުން މިންޖު ކޮށްދިނުމަށް ރީޝާ ގާތު ވަސީމާ އެދުނެވެ.

“މަންމާ…! އަހަރެންގެ ހިތުުގަ ދާނިޝްއާއި ދޭތެރޭ އެއްވެސް ނަފުރަތުކަމެއް ނެތް…” ވަސީމާގެ އުނގުގައި މަޑުމަޑުން ބޯއަޅާލުމަށްފަހު ރީޝާ ބުނެލިއެވެ. “އަހަރެން ދުވަހަކުވެސް ދާނިޝްއަކަށް ނަފުރަތެެއް ނުކުރަން…އެކަމަކު..އަހަރެންގެ ހިތުގަވެސް ދާނިޝްއާ ދޭތެރޭ ނުރުހުމާ ހިތްހަމަނުޖެހުން އުފެދުނު…” ވަސީމާގެ ވާހަކަތަކަށް އިޚްތިރާމް ކުރުމާއިއެކު, އަމިއްލަ ނަފްސުުގެ ދިފާޢުގައިި ވާހަކަ ދައްކަން ރީޝާ މަސައްކަތްކޮށްލިއެވެ. “ދާނިޝް ނޫން އެހެން މީހެއްގެ ހަޔާތުގެ ބައިވެރިއަކަށް ވާން ނިންމީ ދާނިޝްގެ ކިބައިން ބަދަލު ހިފުމުގެ ނިޔަތުގައެއް ނޫން…އެގޮތަށް އަހަރެން ކަންތައް ކުރީ އަހަރެންގެ ހިތުގަ އުފެދުނު ނުތަނަވަސްކަމާ ނުރުހުމުގެ ސަބަބުން…ދާނިޝްގެ ފަރާތުން ލިބުނު އެކިވަރުގެ އަނިޔާތަކުގެ ސަބަބުން…މަންމައަށް ފެނުނީ ދާނިޝްގެ ރުޅިވެރިކަމުގެ އެންމެފަހުު މަންޒަރު…އޭގެ ކުރިންވެސް އެތައް އަނިޔާތަކެއް ދާނިޝްގެ ފަރާތުން އަހަންނަށް ލިބުނު…ހިތް ކުދިކުދި ވާވަރުގެ ބަސްތައް ބުނެ ރޮއްވައިހެދި…އަހަރެންގެ ލޮލުން ކަރުނަ ނާންނަ ހަމަ އެންމެ ދުވަހެއްވެސް ނުދާނެ…” ކަޅު ވިލާގަނޑެެެެއް ބޯމަތިކޮށްލި މާޒީގެ އެދުވަސްތަކުގެ ހަނދާން އާކޮށްލަމުން, އެދުވަސްތަކުގެ ހަޤީޤީ މަންޒަރު އޮޅުވާލުމެއްނެތި ވަސީމާއަށް ރީޝާ ހާމަކޮށްދިނެވެ. އެ ދުވަސްތައް ހަނދާން ވުމުން, ވަސީމާގެ އުނގުގައި ބޯ އަޅާލައިގެންް އޮވެ ރީޝާއަށް ގިސްލެވެންފެށުނެވެ. އެހެނަސް..ކެތްތެރި ވެލަމުން, ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއްފަރާތް ކޮށްލާފައިި އިތުރަށް ބުނެދޭން ރީޝާ ފެށިއެވެ. “އަހަރެން އެކަންތަައް މަންމައަށް ހާމަ ނުކުރީ މަންމަގެ ހިތް ނުތަނަވަސް ކުރަން ބޭނުން ނުވާތީ…” ރީޝާ އިތުރަށް ބުނެލިއެވެ.

“އެ އަނިޔާ ތަކުގެ ސަބަބުން, އަހަރެންގެ ހިތުގަ ދާނިޝްއަށްޓަކާާ އުފެދިފަވީ ލޯތްބާ ޤަދަރު ކުޑަވާންފެށި…ދާނިޝް މަތިން ހަނދާން ނައްތާލުުމަކީ އެންމެރަނގަޅު ގޮތްކަމަށް އަހަންނަށް ވިސްނުނު…އިޒްހާރުގެ ލޯބި އަހަރެން ޤަބޫލު ކުރީ ދާނިޝްގެ ހަނދާންތަކާ ދުރުވެވެން އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ ކަމަށް ދެކިގެން…” ވަސީމާގެ އުނގުގައި ބޯއަޅާލަައިގެން އޮވެ, ރީޝާ އޭނާގެ ހިތުގެ ހަޤީޤީ ހާލަތު ސާފު ޢިބާރާތުުން ބަޔާންކޮށްދިނެވެ. ދާނިޝްއަށް ދެވަނަ ފުރުސަތެއް ދޭން ބޭނުން ނުވިސަބަބު ފަރުދާކުރުމެއްނެތި ހާމަކޮށްލިއެވެ. “މިއަދު އަހަރެންގެ ހިތް ދާނިޝްގެ މައްޗަށް ސާފުކޮށްފިން…އަހަރެންގެ ހިތުގަ ދާނިޝްއާާއި ދޭތެރޭ އެއްވެސް ނުރުހުމެއްނެތް…އެއްވެސް ކިލަނބުކަމެއް ވެސް ނެތް…އެކަމަކު…މިހާރު ދާނިޝްގެ ހިތްް ކިލަނބުވެއްޖެ…ރުޅިވެރިކަަން ތަކުރާރުވެއްޖެ…މިއަދުވެސް ދާނިޝް އެހުރީ އޮޅުމެއްގެ ތެރޭގަ…ހަޤީޤަތް މިއަދުވެސް ވަނީ ދާނިޝްއަށް ސިއްރުވެފަ…އެ ހަޤީޤަަތް އެނގޭކަށް ވެސް ދާނިޝް ބޭނުމެއް ނުވޭ…އިޒްހާރުއާއި އަހަރެންގެ ކައިވެނި ނުކުރެވޭކަން ދާނިޝްއަށް ވަނީ ސިއްރުވެފަ…އެވާހަކަ ބުނެދޭން ކުރި މަސައްކަތް ވެސް ވީ ބޭކާރު…މިހާރު އަހަރެންގެ އެއްވެސް ވާހަކައެއް އަޑު އަހާކަށް ދާނިޝް ބޭނުމެއް ނުވޭ…” ރީޝާގެ ހިތުގައި ދާނިޝްއަށްޓަކައި އުފެދުނު ނުރުހުމާއި ކިލަނބުކަން ނެތިގެން ގޮސްފައިވާކަމަށް އޭނާ ބުނެެލިއެވެ. ހަމައެހެންމެ މިއަދު ދާނިޝްގެ ހިތް އޮތްގޮތް ވެސް ރީޝާ ހާާމަކޮށްލިއެވެ. “ތިކަމާާ ދެރަނުވޭ…މަންމަ ހުރިހާ ވާހަކައެއް ދާނިޝްއަށް ބުނެދޭނަން…ރީޝާގެ ކައިވެނި އިޒްހާރުއާއި ނުވާކަން ދާނިޝް ގާތު އަހަރެން ބުނާނަން…” ރީޝާގެ ވާހަކަތައް އަޑުއެެހުމަށްފަހު ތެމިފައިވާ ލޯ ފޮހެލާާފައި, ރީޝާގެ ބޮލުގައިި ފިރުމާލަމުން ވަސީމާ ބުންޏެވެ. “ނޫން…މަންމަ ދާނިޝް ގާތު އެއްވެސް ވާހަކައެއް ނުބުނާތި..! ހުރިހާ ވާހަކައެއް އަހަރެން ބުނެދޭނަން…ހުރިހާ ހަޤީޤަތެއް ހާމަކޮށްދޭނަން…އެކަމަކު..މިވަގުތަކު ނޫން…” ވަސީމާގެ އުނގުން ބޯ ހިއްލާލަމުން, ދާނިޝްއަށް ހުރިހާކަމެެެެއް ހާމަކޮށްދޭނެެ ކަމަށް ރީޝާ ބުނެެލިއެވެ. ނަމަވެސް އެކަމަށް ވަގުތު ބޭނުންވާކަމަށް ބުނެ ވަސީމާއަށް ރީޝާ ވިސްނައިދިިނެވެ “އެންމެ ރަނގަޅު…އެކަމަކު..މަންމަ ބޭނުމީ ވީހާވެސް އަވަހަކަށް ވެދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލާފަ އާފެށުމަކުން ތި ދެކުދިން އާ ހަޔާތެއް ފެށުން…” ތެމިފައިވާ ރީޝާގެ ކޯތާފަަތް ފޮހެލަމުން ވަސީމާ ރީޝާގެ އެ އެދިލުމާާާއި އެއްބަސްވިއެވެ. ދާނިޝްއަށް ޙަޤީޤަތް ހާމަކޮށްދޭން ރީޝާއަށް ފުރުސަތު ދެމުން ވަސީމާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. އެދުވަހަކުން ވަސީމާ ނުހަނު އުފާވާނެކަމަށް ވެސް ބުނެލިއެވެ.

އިތުރު ހަފްތާއެއް ފާއިތުވެގެން ދިއައިިރުވެސް ހުރިހާކަމެއްވެސް ހުރީ ހަމަ އެއް ހާލަތެއްގަައެވެ. ހުރިހާ ހަޤީޤަތެެއް ހާމަކުރަން ކިތަންމެ ބޭނުންވިޔަސް ރީޝާއަށް އެ ފުރުސަތު ލިބޭގޮތް ނުވުމުން, އެހިތުގައި ނާއުއްމީދުގެ ސިއްކަޖެހިިފައި ވާކަހަލައެވެ. ދާނިޝްގެ ހާލަތު މުޅިން ރަނގަޅު ވެފަައި ވިޔަސް, އަދިވެސް ރީޝާ ފެންނަ ކޮންމެ ފަހަރަކު ދާނިޝް މޫނު އެއްފަރާތް ކޮށްލައެވެ. ނަޒަރު ބަދަލު ކޮށްލައެވެ. އަނގައިން ބުނަން ހިތަށް ވެސް ނުގެންނަ ފަދައެވެ. ހިތާއި ދެކޮޅަށް ނަމަވެެސް ރީޝާއަށް ވަނީ އެކަން ބަރުދާސްތު ކޮށްގެން ހުންނަން މަޖުބޫރުވެެފައެވެ.

“އަހަރެން ހީކުރީ ރީޝާ ނާންނާނެ ކަމަށް…” ރީޝާގެ ކަރުކެހިލުމުގެ އަޑު ކަންފަތުގައި ޖެހިލުމާއި އެކު ފަސްއެނބުރި ބަލާލަމުން އިޒްހާރު ބުނެލިއެވެ. ކުޑަ ވަގުތުކޮޅަަށް ނަމަވެސް ބައްދަލުކޮށްލަން ބޭނުންވާ ކަމަށް އިޒްހާރު ބުނުމުން, މާގިނަ ބަހަނާތަކެއް ދެއްކުމެއްނެތި އިޒްހާރު ބުނި ތަނަށް, ބުނި ވަގުތަށް, ރީޝާ އައުމުން ޔަޤީން ކުރަން އިޒްހާރުއަށް ވަގުތުކޮޅެއް ބޭނުންވިއެވެ. “ކިހިނެއްވީ…؟ ކޮންކަމަކު އަހަރެން މިތަނަށް ތިގެނައީ..؟” ކަޅި ޖަހައިނުލައި ރީޝާއަށް އިޒްހާރު ބަލަން ހުރުމުން ބައްދަލު ކުރަން ބޭނުންވި ސަބަބު ރީޝާ އަހާލިއެވެ. “ކަމެއްނުވޭ…ހަމަ ރީޝާ ދެކިލާހިތުން…ފަހަރެއްގަ ވެދާނެ މީ އަހަރެމެންގެ އެންމެ ފަހު ފެނިލުން ކަމަށްވެސް…އެންމެފަހު ބައްދަލުވުމަށް ވެސް ވެދާނެ…” ފަރުދާ ކުރުމެއްނެތި އިޒްހާރު އޭނާގެ މަޤުސަދު ހާމަކޮށްލިއެވެ. “ކީއްވެ ތިހެން ތިބުނީ…؟” އިޒްހާރު ބުނަން މަސައްކަތް ކުރި އެއްޗެއް ރަނގަޅަށް ދޭހަ ނުވުމުން ރީޝާ ސުވާލުކޮށްލިއެވެ. “އަހަރެން މިއުޅެނީ ދިރިއުޅުން ބަދަލުކޮށްލަން…ރާއްޖޭން ބޭރަށް…މި ފަސްގަނޑުގަ މިހާރު އުުޅޭކަށް ބޭނުމެއް ނޫން…މިހާރު ބޭނުންވަނީ މި މާޙައުލުން ދުރަށް ދާން…” ރީޝާއަށް ފުރަގަސް ދެމުން އިޒްހާރު އޭނާގެ ފިކުރު ހުރި ގޮތް ބުނެދިއެވެ. އޭނާގެ ވިސްނުމުގައި ހުރީ އެ މައިދާންދޫކޮށް އެކަހެރިވުުންކަމަށް ބުނެލިއެވެ. “ރީޝާއާއި އެކު ހޭދަކުރެވުނު ދުވަސްތައް ހަނދާނުން ފިލާގޮތެެއް ނުވޭ…މަސައްކަތް ކުރިން…އެކަމަކުވެސް…ހިތް އެދެނީ އަދިވެސް ރީޝާގެ ލޯތްބަށް އެދެން..ތި ލޯތްބަށް އެދި އާދޭސްކުރަން…ރީޝާގެ ލޯބި ހާސިލުކޮށް ރީޝާ ތީ އަހަރެންގެ މިލްކަކަށް ހަދަން…އެކަމަކު…އޭޭގެ ނަސީބެއް ނެތްކަން އަހަރެން ޤަބޫލްކުރަން…” އިޒްހާރު އޭނާގެ ނިކަމެތި ހާލަތުގެ ކުޑަމިންވަރެއް ރީޝާއާއި ހިއްސާކޮށްލިއެވެ. ވިރެމުންދިއަަ އެ ހިތުގެ ވޭނީ އާހް ބުނެދެމުންދިއެވެ. “އަހަރެން ދެކެނީ މިތަނުން އަހަރެން ދިއުމަކީ އެންމެ ރަނގަޅުު ގޮތް ކަމަށް…ފަހަރެއްގަ ރީޝާގެ ހަނދާންތައް މަޑުމަޑުން ނެތިގެން ހިނގައިދާނެ…” ކިތަންމެ ހިތްވަރެއް ކުރިއަސް ބޭއިޚުތިޔާރުގައި އިޒްހާރުގެ ލޯ ތެމިގެންދިއެވެ. އިޒްހާރުގެ ކޫރުން އެޅިފައިވާ އަޑު ކަންފަތުގައި ޖެހުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރުވާނެކަން ގައިމެވެ. ރީޝާގެ ހިތުގައި ވެސް ޖެހުނެވެ. ވަކި ނިޔަތަކާއި ނުލައި ނަމަވެސް އިޒްހާރުއަށް ދެރައެއް ދެވިއްޖެ ކަމަށް އޭނާގެ ހިތް ބުނެލިއެވެ.  އެހެނަސް…އެކަން ބަދަލުކުރެވެން ނެތް ކަމަށް ހިތާއިހިތުން ރީޝާ ކިޔާލިއެވެ. ގުޅިލާމެހިފައިވާ ލޯބީގެ އެ ދާސްތާގައި އުފަލާއި ހިތްހަމަ ޖެހުން އެކުވެފައި ވާއިރު ހިތާމައާއި ކެކުޅުން ވެސް ތަޙައްމަަލު ކުރަން ޖެހިފައިވާކަން އެންމެ ރަނގަޅަށް ތަޖުރިބާ ކޮށްފައިވަނީ ރީޝާއެވެ. ރީޝާގެ ހިތް ބޭޒާރުވި ދުވަހު އެ ދެމީހުންގެ ގުޅުުމުގައި ނިމުމުގެ ސިއްކަ ޖެހިގެންދިއެވެ. ރީޝާގެ ދުލުން ކިޔައިދިން ހަޤީޤަަތް އަޑު އިވުނު ވަގުތު އިޒްހާރުގެ ކަންފަތުގައި ހޮނުގުގުރީީގެ އަޑު ގުގުމާލި ކަހަލައެވެ. ރީޝާއާއި ދާނިޝްގެ އެންމެ ފަހު ބައްދަލުވުން, އޭގެ ފުރިހަމަ ތަފްޞީލާާއިއެކު ރީޝާ, އިޒްހާރުއާއި ހިއްސާ ކުރިއެވެ. ހުރިހާ ހަޤީޤަތެއް ހާމަ ކޮށްދިނުމަށްފަހު, އެދުވަހުު އެ ދެމީހުންގެ ގުޅުން އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށްް ހިތާމައާއިއެކު މަޢާފަށް އެދެމުން އިޒްހާރު ގާތު ރީޝާ ބުނެލިއެވެ.

“ހީކުރަން ރީޝާ އަބަދުވެސް އުފަލުގަ އުޅޭނެ ކަމަށް…” ފުސްވެގެން ދިއަ ލޯ ފޮހެލާފައި, ރީޝާއާއި އެއްފަރާތަައް އިޒްހާރު އެނބުރުނެވެ. އެއަށްފަހު ވަދާޢީީ ސަލާމަށް އަތް އުފުލާލިއެވެ. އިޒްހާރުއާއި ހަތަރުކަޅި ހަމަކޮށްލެެވުނު ވަގުތު އިޒްހާރުގެ ހުރިހާ ތަކުލީފު ތަކެއް, ހުރިހާ ރިހުމެއް ރީޝާއަށް އިހްސާސް ކުރެވުުނު ކަހަލައެވެ. އަދިވެސް ރީޝާއަށްޓަކައި އެހިތުގައި އުފެދުނު ލޯތްބަށް ކުޑަވެސް އުނިކަމެއް އައިސްފައި ނުވާކަން ރީޝާއަށް ދެނެގަނެވުނެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ރީޝާވެސް މަޑުމަޑުން އަތް އުފުލާލަމުން, ސަލާމަށް އިޒްހާރު ދިއްކޮށްލި އަތުގައި ހިފާލިއެވެ. “ސޮރީ…” މަޑުމަޑުން ރީޝާގެ ދޫ ހަރަކާތް ކޮށްލިއެވެ. އިޒްހާރުއަށް ގަސްތަކާއި ނުލައި ދެރައެއް ދެވިއްޖެކަން ޤަބޫލުކުރާ ހާލުގައި އެކަމަށް ރީޝާ މަޢާފަަށް އެދުނެެވެ. އޭގެ ޖަވާބުގައި ބުނާނެ ވަކި އެއްޗެއް އެވަގުތު އިޒްހާރުގެ ވިސްނުމަށް އަންނަގޮތެއް ނުވިއެވެ. ލުއި ގޮތަކަށް ހިނިތުން ވެލާާފައި ދަނީއޭ ބުނެެ, ޖޯޑު ކޮށްލެވިފައިވާ ދެ އަތްތިލަ ވަކިކޮށްލުުމަށްފަހު, ހަމަ އެ ވަގުތު އެތަނަށް މަޑުކޮށްލި ޓެކްސީގެ އެހީ ލިބިގަންނަމުން, ރީޝާގެ ނަޒަރު ނުފޯރާ ހިސާބަށް ގޮސް އިޒްހާރު ގެއްލުނެވެ. އެ ވަގުތުކޮޅާއިމެދު ވިސްނާލަން ދެތިން މިނެޓްވަންދެން އެތަނުގައި މަޑުކޮށްލުމަށްފަހު ރީޝާ ވެސް ޓެކްސީއެއްްގެ އެހީ ލިބިގަންނަމުން, ގެއާއި ދިމާއަށް މިސްރާބު ޖަހާލިއެވެ.

އިރު އުދަރެހުން އޮބާލީ ކުލަރީތި އެމަންޒަރު ފެންނަފަށުގައި ދާނިޝް ހުއްޓަައެވެ. ދާނިޝްގެ ކަޅި ހުއްޓިފައި ހުރީ އެދިމާއަށެވެ. ލޮލުގައި ވިދަމުންދިއައީ އެހިތްގައިމު މަންޒަރުގެ ކުލަތަކެވެ. ނަމަވެސް..ދާނިޝްގެ ސިކުނޑީީގައި އެނބުރެމުން ދިއައީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. ތަފާތު ޚިޔާލު ތަކެކެވެ. އެކިއެކި ދުވަސްތަކުގެ ހަނދާންތަކެވެ. އެކިއެކި ވަގުތު ތަކުގެ ހަނދާންތަކެވެ. ރީޝާގެ ފުރަތަމަ ފެނިލުން އަދިވެސް ދާނިޝްގެ ހަނދާނުގައި ހަރުލައި ހުއްޓެވެ. ފުރަތަމަ ބައްދަލުވުން އަދިވެސް އެއަށް އެއްވެސް އުނިކަމެއް އައުމެއްނެތި ދާނިޝްގެ ހަނދާނުގައި ނުފިލައި ހުއްޓެވެ. ރީޝާގެ ޚިޔާލުތައް ސިކުނޑީީގައި އެނބުރެމުންދިއަ ހާލުގައި, އެތައްއިރަކު އެސްފިޔަވެސް ޖަހާނުލައި ހުރުމަށްފަހު, ރަތްވިލާތަކުގެ ތެރެއަށް ވަދެ ދުނިޔެ ކަޅުކޮށްްލާފައި އިރު ޣައިބުވެގެންދިއަަ ސުކޫތުގައި ދާނިޝްއަށް ލޯ މަރާލެވުނެވެ. އެހިނދު ކެތްމަދުވެފައި ތިބި ބަރު ފެންތިކިތައް, މެރިފައިވާ ދާނިޝްގެ ލޯޯ ތެރެއިން ރެކިގެންއައިސް ކޯތާފަތްމައްޗަށް ވެރިވެގަތެވެ. އެހެނަސް..އެ ފެންތިކިތަކަށް އޭގެ ނަސީބު ލިބުނީ ކުޑަ ވަގުތުކޮޅަކަށެެވެ. މަދު ސިކުންތުކޮޅަކަށެވެ. އެމަންޒަރު އިތުރު މީހަކަށް ފެނިދާނެތީ އަވަސް އަވަހަށް ދާނިޝް އޭނާގެ މޫނު ތެތްމާލި ކަރުނަތައް އެއްފަރާތް ކޮށްލިއެވެ. އެކަރުނަތަކަށް ދެވަނަ ފުރުސަތެއް ނެތޭ ބުނާކަހަލަ ގޮތަކަށް އޭގެ ކުޑަވެސް އަސަރެއް ހާމަ ނުވާނެހެން ރަނގަޅަށް މޫނު ފޮހެލާފައި, ފުން ނޭވާއެއްގެ އެހީގައި ހިތާާއި ސިކުނޑި ހަމައަކަށް އަޅުވާލުުމަށްފަހު, ލަސްތަކެއް ނުކޮށް, ދާނިޝް އެ މާހައުލާއި އަލްވަދާޢު ކިޔާލިއެވެ.

ފިކުރުތަކާއި އުދާސްތަކުން ހިތް ނުތަނަވަސްވެފައިވާ ހާލުގައި ކޮޓަރިއަށް ވަދެ ސޯފާތެރެއަށް ޖެހިގަންނަން ރީޝާއަށް މަޖުބޫރުވިި ކަހަލައެވެ. ގަސްތަކާއި ނުލައި ނަމަވެސް އިޒްހާރުގެ ހިތުގައި ޖައްސާލެެވުނީތީ އަމިއްލަ ނަފުސާާއި މެދު ޝަކުވާކޮށްލިއެވެ. އެހެނަސް..އެނޫން ގޮތަކަށް ކަންތައް ކުރެވެން ނެތްކަމަށް ހިތާއިހިތުން ރީޝާ ޤަބޫލުކުރިއެވެ. އިޒްހާރުގެ ލޯތްބާއި އޯގާތެރިކަަން ފުރިހަމައަށް ރީޝާއަށް ލިބުނެވެ. ނަމަވެސް..އެ ލޯބީގެ ސަބަބުންް ދާނިޝްގެ ހަޔާތް ވީރާނާ ކޮށްލެވެން ނެތް ކަމަށް ރީޝާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ސަބަބުތަކާއި އެކުގައި ނަމަވެސް ކޮންމެ ފަހަރަކު ރީޝާއަށް ދާނިޝްގެ ހިތުގައިޖައްސަައި ރޮއްވާލެެވުނެވެ. އެ ހަޔާތުން ދާނިޝް އެއްފަރާތް ކޮށްލެވުނެވެ. ދާނިޝްގެ ހިތް މާޔޫސްކޮށްލައި ބޭކާރު ކޮށްލެވުނެވެ. ދުވަހަކުވެސް ފޮހެވިގެން ނުދާނެފަދަ ވަރުގަދަ ލޯތްބަކުން ދެހިތް ބަނދެލެެވުނު ވަގުތު އެދެމެދަށް ނަފުރަތުގެ ހިޔަނި އެޅުމުގެ ފުރުސަތު ހުޅުވިގެން ދިއައީ ބަދަލުކުރެވެން ނެތްް, ރީޝާގެ ހަމައެންމެ ނިންމުމެއްގެ ސަބަބުންކަން ރީޝާ ޤަބޫލުކޮށްލިއެވެ. އެ ނިންމުމާއި މެދު ފުރަތަމަ ފަހަރަށް ނަމަވެސް ރީޝާ ސުވާލު އުފައްދާލިއެވެ. އެދުވަހު ކަންތައް ކުރެވުނީ ރަނގަޅަށް ބާއޭ ރީޝާގެ ހިތަށް އަރަމުންދިއެވެ. އެޚިޔާލުތަކުން ސިކުނޑި ފުނިޖެހުުނު ވަގުތު ބޮލުގައި ރިއްސާލުމުން, ބޮލުގައި ބާރަށް ހިފަހައްޓާލާާފައި ލޯމަރާލިއެވެ. އެވަގުތު ހަނާޝް ދުވެފައި އައިސް ރީޝާގެ އުނގުތެރެއަށް ޖެހިގަތެވެ. ހަނާޝްގެ އުފާވެރި މޫނު ފެނުމުން ބޮލުގެ ރިހުން ރީޝާގެ ހަނދާނުން ކައްސާލިއެވެ. ހިނިތުންވެލަމުން ނުހަނު ލޯތްބާއިއެކު ހަނާޝް މެޔާލައި ބޮނޑިކޮށްލިއެވެ. އެހިނދު އެހިތަށް ލިބިގެންދިއަ ފިނިކަން, ހުރިހާ ފިކުރުތަކެއް އެއްފަރާތްކޮށްލިއެވެެ. އެ ފިކުރުތަކަށް އިތުރު ފުރުސަތެެއް ނެތޭ ބުނާކަހަލަ ގޮތަކަށް އެޚިޔާލުތަކާާއި ފިކުރުތައް ދޫކޮށްލިއެވެ.

ދަތުރު ނިންމާލާާފައި އަޒީލްއަށް ގެއަށް އާދެވުނުއިރު އެރޭ ދިހައެއް ޖަހައި ބޮޑުވެއްޖެއެވެ. ވެފައި ހުރި ވަރުބަލި ކަމެއްގެ ސަބަބުން ކޮނޑުގައި އޮތްް ދަބަސް ނަގައި އެއްފަރާތެެއްގައި ބަހައްޓާލުމަށްފަހު އެނދުގައި އުއްޑުން އޮށޯތެެވެ. ކުއްލިއަކަށް އެވަގުތު ފޯނު ރިންގުވާން ފެށުމުން, އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު, ދެވަނަފަހަރަށް ރިންގުވާން ފެށުމުން މޭޒުމަތީގައި ބާއްވާލި ފޯނަށް ޖަވާބު ދޭން އަޒީލް އަވަސްވެގަތެވެ. “އަދިވެސް މިކޮޅަށް ނާދެވޭތަ..؟” ފޯނު ކަންފަތުގައި ޖައްސާލުމާއެކު ދާނިޝްގެ އަޑު އަޒީލްގެ ކަންފަތުގައި ޖެހިގެން ދިއެވެ. “ނޫނޭ…ދަތުރު ނިންމާލާފަ އައިސް ހަމަދެންމެ ގެއަށް މިވަނީ…ކިހިނެއްވީ…؟ މިއަދު އަނެއްކާ ކޮންކަމެއް ދިމާވެގެން ތިއުޅެނީ…؟” ދާނިޝްގެ ސުވާލަށް ޖަވާބުދިިނުމަށްފަހު, އެނދުގައި އިށީންނަމުން އަޒީލްވެސް ދާނިޝްއަށް ސުވާލުތަކެއް ހުށައަޅާލިއެވެ. އެެވަގުތު ޝިފްނާ އައިސް ކޮޓަރިއަށް ވަނެެވެ. “އާދޭ ކޮފީއަކަށް…އައީމަ ވީގޮތް ބުނެދޭނަން…” ދާނިޝް ބުނި ގޮތަށް ކަންތައް ކުރަން އެެއްބަސްވަމުން ފޯނު ބާއްވާފައި, ކައިރިއަށް އައުމަށް ޝިފްނާއަަށް އަޒީލް އިޝާރާތް ކޮށްލިއެވެ. “ކާކު ގުޅީ..؟” އަޒީލްގެ އެއްފަރާތުގައި އިށީންނަމުން ޝިފްނާ އަހާލިއެވެ. “ދާނިޝް…މަށަށް އެބަ ހީވޭ ކޮންމެވެސް ކަމެއް ވެއްޖެހެން…މިއަދު ވާހަކަ ދެއްކި ރާގުން ހީވަނީ ކޮންމެވެސް ބޮޑު ކަމެއް ދިމާވެގެން އުޅޭހެން…ވީކީއްކަމެއް ނޭނގެ…އެކަމަކު..ކޮންމެވެސް ކަމެއް ދާނިޝްއަށް ވެއްޖެ…” ޝިފްނާގެ އަތުގައި ހިފާލަމުން ކަންބޮޑުވެފައި ހުރެ އަޒީލް ޝިފްނާގެ ސުވާލަށް ޖަވާބުދިނެވެ. “އެހާބޮޑަށް ހާސްނުވެބަލަ…! އަޒީލް ބުނީމެއްނު އައުމުގެ ކުރިން ރަނގަޅުު ކާއެއްޗެއް ހަދާފަ ބަހައްޓާށޭ…އަހަރެން މިއައީ ކާންހަދާފަ…ފުރަތަމަ ހިނގާ ކާންދާން…ކައިގެން ދާނިޝްގެ ގާތަށް ދާާނީ…” ދާނިޝްއަށް ވީކީއްބާއޭ ހިތަށް އަރާފައި އަޒީލްގެ ކަންބޮޑުވުުން ފެނުމުން, ހާސްވުުމުގެ ބަދަލުގައި ކެތްތެރިކަން އިސްކުރަމުން އަޒީލްއަށް ޝިފްނާ ވިސްނައިދިނެވެ. އެހާއަވަހަށް ހިތް ނުތަނަވަސް ނުކުރަން ޝިފްނާ މަޝްވަރާދިނެވެ. ދާނިޝްއަށް ވީކީއްކަން އެނގެން އަޒީލް ބޭނުންވެފައި ހުރިވަރު ޝިފްނާ ދެނެގަތެވެ. ނަމަވެސް…އޭގެ ކުރިން އަޒީލްއަށް ކާއެއްޗެއް ދިނުން މުހިންމުކަމަށް ޝިފްނާ ވިސްނިއެވެ.

ލަސްތަކެއްނުކޮށް ކައިނިމިގެން އަޒީލް އަވަސްވެގަތީ ދާނިޝްގެ ގާތަށް ދިއުމަށެވެ. ވީ ކީއްކަން ނޭނގޭހާ ހިނދަކު ހިތަށް ހަމަޖެހުމެއް ނުލިބޭނެއޭ ޝިފްނާ ގާތުގައި ބުނެލާާފައި, ގެއިން ނިކުމެ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް ދެމީހުން ވަންނަ ކެފޭއާއި ދިމާއަށް އަޒީލް މިސްރާބު ޖަހާލިއެވެ. ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ތެރޭގައި އަޒީލްއަށް އެ ތަނަށް އާދެވުނުއިރު އަޒީލްގެ އިންތިޒާރުގައި ދާނިޝްއިނެވެ. “ކިހިނެއްވީ…؟ މިއަދު އަނެއްކާ ކޮންކަމެއް ގޯސްކޮށް ހިނގީ..؟ އަހަރެން މިހުންނަނީ ވަރަށް ކަންބޮޑުވެެފަ…ވީގޮތް ކޮންމެވެސް ވަރަކަށް ފޯނުންވެސް ބުނެލިނަމަ…” ދާނިޝް ފެނުމާއިއެކު އަޒީލްއަކަށް މަޑަކުން ނުހުރެވުނެވެ. ވީގޮތް އޮޅުންފިލުވަން އަޒީލް ހުރީ ކެތްމަދުވެފައެވެ. އަޒީލްވެސް ގޮނޑީގައި ހަމަޖެހިލުމުން ކަމުގެ އަސްލަށް ދާނިޝް ވާސިލްވިއެވެ. ދާނިޝްގެ ފުރަތަމަ ޖުމްލައިގައި ވެސް ވީ ޝަކުވާއިން ފުރިފައިވާ ސުވާލެކެވެ. އެ ސުވާލުން އަޒީލްއަށް ހައިރާންކަން ގެނުވިއެވެ. އިރުކޮޅަކު ޖަވާބު ނުދެވިފައި ހުރުމަށްފަހު އަޒީލް ވާހަކަ ދައްކަންފެށިއެވެ. ދާނިޝްގެ ނުތަނަވަސްކަން ދުރުކޮށްލުމަށް އަޒީލް މަސައްކަތް ކޮށްލިއެވެ. ދާނިޝްގެ ސުވާލުތަކާއި ޝަކުވާތަކަށް އަޒީލް ޖަވާބުދާރީވިިއެވެ. ވިސްނުން ތެރިކަމާއިއެކު ދާނިޝްގެ މާޔޫސްވެފައިވާ މޫނުމަތިން އޭގެ އަސަރު ކުޑަކުރެވޭތޯ އަޒީލް ހިތްވަރު ކޮށްލިއެވެ. އެކަން ކޮންމެވެސް މިންވަރަކަށް އަޒީލްއަށް ކާމިޔާބު ކުރެވުނެވެ. ޝަކުވާތައް އެއްފަރާތް ކޮށްލާފައި މަޑުމަޑުން ދާނިޝް ހަމަޖެހިލިއެވެ. އެއަށްފަހު އަޒީލްގެ އިޝާރާތަަކަށް ގެނައި ކޮފީތައްޓަށް, އަޒީލްފަދައިން ދާނިޝް ވެސް ސަމާލުކަންދިނެވެ.

އާދުވަހެކެވެ. އެދުވަހުގެ މެންދުރު ވަގުތު ފަހަނައަޅައި ގޮސް އަސުރަށް އަޅައިގަންނަން ހުރީ ކުޑަވަގުތު ކޮޅެކެވެ. ތުނިތުނިކޮށް ވެހެމުންއައި ވާރޭގެ ކުލަވަރު ކެނޑި, އުޑުމަތި ސާފުކޮށްލި ވަގުތު އަޒީލްގެ ފަހަތުން ގޮސް ޝިފްނާވެސް އަޒީލްގެ ސައިކަލަށް އަރައި ހަމަޖެހިލިއެވެ. އެއާއިއެކު ދެފަރާތަށް ބަލާލުމަށްފަހު ތޮއްޖެހިފައިވާ މަގުުން ކުޑަކުޑަ ހުސް ޖާގައެއް ހޯދާލަމުން އަޒީލް އޭނާގެ ސައިކަލް ކުރިއަށް ދުއްވާލިއެވެ. ވާރޭގެ އަސަރު ކެނޑިފައި ވިޔަސް ވައިގެ ތެތްފިނިކަން ފަޒާ ތެރޭގައި ފެތުރިފައިވިއެވެ. އެކަން އަޒީލްއާއި ޝިފްނާއަށް ވެސް އިހްސާސް ކުރެވެން ހުއްޓެވެ.

ފާއިތުވި ދިހަވަރަކަށް މިނެޓްގެ ތެރޭގައި ބަނދަރުުގެ އެއްފަރާތުގައި އަޒީލް އޭނާގެ ސައިކަލް މަޑު ޖައްސާލިިއެވެ. އެއަށްފަހު ވަށައިގެން ހޯދާލިއެވެ. އެހެނަސް..އަޒީލް ދެކެން ބޭނުންވި މަންޒަރު ލޮލުގައި އަޅައިގަންނަގޮތް ނުވުމުން އެކަން ޝިފްނާއާއި ހިއްސާކޮށްލިއެވެ. “އެކަކުވެސްް ފެންނާކަށް ނެތް…އަނެއްކާ ޝިފްނާ އެމީހުންގާތު ބުނީ މިތަނަށް އަންނާށޭތަ…؟” ފަރާތް ފަރާތަށް ކަޅި އުކަމުން އަޒީލް ޝިފްނާއާއި ސުވާލުކޮށްލިއެވެ. “އާނ…މީދެން މީހަކަށް ނޭނގޭނެ ތަނެއްވެސް ނޫނެއްނު…” ސައިކަލުން ފައިބަމުން ޝިފްނާވެސް އެކި ދިމަދިމާލަށް ނަޒަރު ހިންގަންފެށިއެވެ. އެވަގުުތު މާދުރުނޫން ހިސާބަކަށް މަޑުކޮށްލި ޓެކްސީއިން ރީޝާއާއި އިނާޔާ ފޭބި މަންޒަރު ކުއްލިއަކަށް ޝިފްނާގެ ލޮލުގައި އަޅައިގަތެވެ. “އެއޮތް އައީީ ރީޝާމެން…” އަޒީލްއަށް އެމަންޒަރު ދައްކާލަމުން ޝިފްނާ ބުނެލިއެވެ. “މާ ލަހުން ތި އާދެވުނީ…ތިމީހުންގެ އިންތިޒާރުގަ އަހަރެމެން މިތާނގަ ތިބޭތާ ކޮންއިރެއް…ކޮޅަށް ތިބެތިބެ ފައިގަވެސް ރިއްސަން ފަށައިފި…” ރީޝާމެންގެ ކައިރިއަށް ޖެހިލަމުން އަޒީލް ސަމާސާ ގޮތަކަށް ބުންޏެވެ. “ހުސް ދޮގު…އަހަރެމެން ވެސް މިއައީ ހަމަ ދެންމެ…އަޒީލްއަށް ދޮގެއް ނުހަދާާ ހިތްހަމައެއް ނުޖެހޭނެ…” އަޒީލްގެ ކޮނޑުގައި ޖަހާލަމުން ޝިފްނާ ބުނެލިއެވެ. އެވަގުތު ކޮނޑަަށް ފިސަހަރި ތަދުވާ ކަމަށް ހަދައިފައި ކޮނޑުގައި ފިރުމަން ފެށުމުން އިނާޔާާ އަޒީލްއާއި ދިމާކޮށްލިއެވެ. “އަދިވެސް ދޮގެއް އޮތިއްޔާ ހެދޭތޯ ބަލާތި…! އަޒީލްއަށް ލިބޭނީ ހަަމަ ތިކަހަލަ ލަނޑު…” ހިނިގަނޑަކާއިއެކު އިނާޔާ ބުނެލިއެވެ. “މަށާ ދިމާނުކޮށް ދެންވެސް އަވަހަށް ދާާން ހިނގާބަލަ…ހަތަރެއް ޖަހާއިރު އެހެން ދަތުރެއްވެސް އެބައޮތޭ…މިހާރު ތިނެއް އެ ޖެެެހީ…” އަތުގައި އޮތް އަތުކުރިގަޑިއަށް ކަޅި ހިންގާލަމުން އަޒީލް ބުނެެެެެެެެލިއެވެ. އަޒީލް ބެލީ ވީހާވެސް އަވަހަށް އިނާޔާގެ ބަސްތަކުން ސަލާމަތްވާށެވެ. އިތުރަށް ވާހަކަ ދައްކަން ނުހުރެ, އަވަސް ފިޔަވަޅުތަކެއްގައި ލޯންޗުދޮށާއި ދިމާއަށް އަޒީލް ހިނގައިގަތުމުން އަޒީލްގެ ފަހަތުން އެންމެންވެސް ހިނގައިގަތެވެ.

އޭގެ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ފާއިތުވެގެން ދިޔައިރު މަންޒިލަށް ވާސިލް ވެވުމުން ޝިފްނާގެ ހިތް އުފަލުން ފުރުނު ކަހަލައެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ޝިފްނާއަށް އޭނާގެ މަންމަ ފެނުމުން އެންމެ ފުރަތަމަވެސް އޭނާގެ މަންމައާއި އޮޅުލައިގަތެވެ. ޝިފްނާ ފެނުމުން ދުވެލާފައި އައި ޝިފްނާގެ ކޮއްކޮއާއި ވެސް ހަމައެހާމެ ލޯބިން އޮޅުލައިގަތެވެ. ޢާއިލާއާއި ބައްދަލުވާ ކޮންމެ ފަހަރަކު އުފަލުން ގޮސް ޝިފްނާއަށް ރޮވޭގޮތްވެއެވެ. މިއަދުވެސް ޝިފްނާގެ ހާލު ހަމަ އެފަދައެވެ. ދުރުގައި އުޅުނަސް ޢާއިލާގެ އެންމެންދެކެ ވެސް ޝިފްނާ އިންތިހާއަށް ލޯބިވެއެވެ. އެ ލޯބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެންމެންގެ ހާލުއަހުވާލު އޮޅުންފިލުވުން ޝިފްނާ ދޫކޮށެއް ނުލައެވެ. ޝިފްނާ ފަދައިން އަޒީލް ވެސް ޝިފްނާގެ މަންމައާއި ކޮއްކޮގެ ހާލުއަހުވާލު އަހާލިއެވެ. ޝިފްނާގެ ބައްޕައާއި ބޭބެ އެވަގުތު ގޭގައި ނެތް ކަމަށް ޝިފްނާގެ މަންމަ ބުުުންޏެވެ. “ކީއްވެ ކޮޅަށް ތި ތިބީ…އާދޭ އިށީންނަން…” ރީޝާމެންނަށް ބަލާލާފައި ސޯފާއަށް އިޝާރާތް ކޮށްލަމުން ޝިފްނާގެ މަންމަ ބުނެލިއެވެ. “ތި ދެކުދިންގެ ހާލުއަހުވާލު ކިހިނެއް…؟” ސޯފާގައި އިށީނދެ ހަމަޖެހިލުމުުން ރީޝާމެންގެ ހާލުއަހުވާލު އޮޅުންފިލުވާާލަން ޝިފްނާގެ މަންމަ އަވަސްވެގަތެވެ. އޭގެ ޖަވާބުގައި ހާލު ރަނގަޅުކަމަށް ރީޝާއާއި އިނާޔާ ވެސް ބުނެލިއެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލަން މަޑުކޮށްލުމަށްފަހު ދަތުރުގެ ވާހަކަ ހަނދާން ކޮށްލަމުން އަޒީލް މިސްރާބު ޖަހާލީ ލޯންޗު ދޮށާއި ދިމާއަށެވެ. އަޒީލް ދިއުމުން ޝިފްނާގެ އެދުމުގެ މަތިން ރީޝާއާއި އިނާޔާ, ޝިފްނާގެ ފަހަަަަަަތުން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ޝިފްނާގެ ކޮޓަރިއަށް ވަދެވުމާއި އެކު އެނދުމައްޗަށް ޖެހިގަންނަން އިނާޔާ ހުރީީ ކެތްމަދުވެފައެވެ. ރީޝާ ވެސް އެނދުގެ އެއްފަރާތުގައި އިށީނެވެ. އެހެނަސްް..ޝިފްނާ ނިކުތީ ބެލްކަންޏަށެެވެ. ޝިފްނާގެ މިންނަތް މަސައްކަތުން ޒީނަތްތެރި ކޮށްފައިވާ އެ ބެލްކަންޏަށް ނަޒަރު ހިންގާލި ކޮންމެ މީހެއްގެ ހިތް ވެސް, ޝިފްނާގެ އަތުން ހައްދާފައިވާ މާގަސްތަކުގަަަައި ފޮޅިފައިވާ މާތަށް ފަދައިން އުފަލުން ފޮޅިލާނެކަން ގައިމެވެ. ކޮންމެ ގަހެއްގައި ވެސް ވަކިވަކިން އަތް ބީއްސާލަމުން އޭގެ ރީތިކަމާއި ޝިފްނާގެ މަސައްކަތަށް ރީޝާއާއި އިނާޔާ ތަޢުރީފު ކުރަމުންދިއެވެ. އެކަމަށް ޝުކުރިއްޔާއޭ ބުނެލަމުން ޝިފްނާ ވެސް ރީޝާމެންނާއި އެއްބައިވެލިއެވެ. ގަސްތަކުގެ ރީތިކަން ސިފަކުރުމުގައި ވަގުތުކޮޅެއް  ހޭދަ ކުރުމަށްފަހު, ބަނޑުހައި ވާކަމަށް ބުނެ ކާގެއަށް ވަދެލާފައި އަަަަަަަަަަންނާނަމޭ ބުނެ ޝިފްނާ ހިނގައިގަތުމުން އިނާޔާވެސް ކާއެއްޗެއް ބޭނުންވާކަމަށް ބުނެ ޝިފްނާގެ ފަހަތުން ހިނގައިގަތެވެ. އެވަގުތު އެއްވެސް އެއްޗެއް ބޭނުން ނުވާކަމަށް ބުނެ ރީޝާ އެތާނގައި މަޑުކޮށްލިއެވެ.

“..އަހަރެން ރީޝާގެ އެހީއެއް ބޭނުމެއް ނޫން…ރީޝާގެ ހަމްދަރުދީއެއް ވެސް ބޭނުމެއް ނޫން…” ނުރުހުމާއިއެކު ދާނިޝްގެ ދުލުން ބޭރުކުރި އެ ޖުމްލަތައް ރީޝާގެ ކަންފަތުގައި ގުގުމާލިއެވެ. އެހިނދު ރީޝާއަށް މަޑުމަޑުން ލޯ މަރާލެވުނެވެ. ބެލްކަނީގަައި ހުރަހަށް ވަށާލައިފައިވާ ދަގަނޑު ހޮޅީގައި ހިފަހައްޓައިލަައިގެން ހުރެ, ދާނިޝްގެ ޚިޔާލްތަކަށް ގެބިގެންދިއަ ވަގުތު އިޚްތިޔާރަަކާއި ނުލައި ރީޝާގެ ލޯ ތެމިގެންދިއެވެ. ހިނިތުން ވުމުގެ ކުލަވަރު ކުޑަމިންވަރަކަށް ވެސް ނެތް އެ މޫނުމަތިން ފާޅުވާން ހުރީ ނާއުއްމީދުގެ އަސަރެވެ. އުފާވެރިކަމުގެ އަސަރު ކުޑަވެފައިވާ ދިރިއުޅުމުގެ ހަމަހިމޭންކަމެވެ. ފޮނި އުއްމީދުތަކެއް ކުރި ލޯބީގެ މައިދާނުުގައި ކުރެވުނު ހަލަބޮލި ތަޖުރިބާގެ ކުލަވަރު ފަރުދާއަކާއި ނުލައި ރީޝާގެ މޫނުން ފާޅުވާން ހުއްޓެވެ.

“އެހެންމީހުންގެ ހިތުގަ ޖައްސާފަ ވަކި ރީޝާއަކަށް ވެސް އުފަލެއް ނުލިބުނު ދޯ…” ކުއްލިއަކަށް ކަންފަތުގައި ޖެހުނު އަޑު ރީޝާގެ ހިތް ސިއްސުވާލިއެވެ. ބޭއިޚުތިޔާރުގައި ރީޝާއަށް ލޯ ހުޅުވާލެވުނެވެ. އެވަގުތު ކަރުނައިން ބަރުވެފައިވާ ރީޝާގެ ލޮޮލުން ފޭދިގެން އައި ކަރުނަތައް އޭނާގެ ކޯތާފަތް ތެތްމާލިއެވެ. ރީޝާގެ ކަންފަތުގައި ޖެހުނު އަޑު ޔަޤީން ނުކުރެވޭހާލުގައި ފަސްއެނބުރި ބަލާލިއެވެ. ރީޝާއަށް ހީވީ ހަމަ ރަނގަޅަށެވެ. ރީޝާގެ ކަންފަތުގައި ޖެހުނު އަޑުގެ ވެރިއަކީ ދާނިޝްއެވެ. އެވަގުތު ދާނިޝް ފެނުމުން ޤަބޫލުކުރަން ދަތި ވެފައިވާކަހަލަ ގޮތަކަށް ދާނިޝްއަށް ކަޅި ހުއްޓައިލައިގެން އިރުކޮޅަކު ރީޝާއަށް ހުރެވުނެވެ. ހިތުގައި އުފެދުނު ސުވާލުތަކަަކާއިއެކުު ދާނިޝްއަށްް ބަލަހައްޓައިގެން ހުރުމަށްފަހު, ދާނިޝް ބުނެލި ޖުމްލަ ހަނދާނަށް އައުމުން މޫނު އެއްފަރާތް ކޮށްލިިއެވެ. “އެކަމަކު..ހާދަ އަވަހަކަށްް ރީޝާ ދޫކޮށްލާފަ އިޒްހާރު އެ ދިޔައީ…އެއީތަ ރީޝާދެކެ އިޒްހާރު ވި ލޯތްބަކީ…؟” ދާނިޝް ފެނުމުން ވީ ހައިރާންކަން ކެނޑިގެން ނުދަނީސް ރަކިކުރާ ފާޑަކަށް ދާނިޝް ވާހަކަ ދައްކަން ފެށުމުން ރީޝާ ވަކިން ހައިރާންވިއެވެ. އިހުނަށްވުރެ ބޮޑަށް ނުތަނަވަސްކަން ރީޝާގެ މޫނުމަތިން ފާޅުވެގެން ދިއެވެ. ހަމައެވަގުތު ދާނިޝްއަށް ރައްދު ދިނުމަށް ރީޝާގެ ހިތަށްއެރިއެވެ. ނަމަވެސް..އެއަށްވުރެ އެތަނުން ދިއުން ރަނގަޅުކަމަށް ރީޝާއަށް ވިސްނުނެވެ. އެހެންކަމުން ދާނިޝްއަށް ރައްދު ދިނުމެއްނެތި އެތަނުން ދިއުމަށް ރީޝާ ހިނގައިގަތެެވެ. އެވަގުތުު ހުށިޔާރު ކަމާއިއެކު ރީޝާގެ އަތުގައި ދާނިޝް ހިފާލިއެވެ. “ރީޝާއަކީ ދާނިޝްގެ ޙައްޤެއް…ރީޝާގެ ހިތުގަަވަނީ ދާނިޝްގެ ނަން…އަދިވެސް ރީޝާގެ ހިތުގަ ވިންދު ޖަހަނީ ދާނިޝްއަށްޓަކާ…” ރީޝާގެ އަތުގައި ހިފަަހައްޓައިގެން ހުރެ މީގެ ދެ ދުވަސް ކުރިން ދާނިޝްގެ ކަންފަތުގައި ޖެހުނު ޖުމްލަތައް އޭނާ ރީޝާއަށް އަޑު އިއްވާލިއެވެ. އެ ޖުމްލަތައް ކަންފަތުގައި ޖެހުމާާއިއެކު ހައިރާންވެފައި ދެވަނަފަހަރަށް ދާނިޝްއަށް ރީޝާ ބަލާލިއެެވެ. އެވަގުތު ދާނިޝްގެ މޫނުމަތިން ރީޝާއަށް ފެންނަން ހުރީ ތަފާތު މަންޒަރެކެވެ. ތަފާތު ކުލަވަރެކެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ ރާގު ބަދަލުވެގެންދިއަ, ދާނިޝްގެ އަޑުގައި ހުރި މަޑުމައިތިރިކަން ރީޝާއަށް ފާހަގަ ކުރެވުނެވެ. “މީ ފުރުމުގެ ކުރިން އިޒްހާރުގެ ދުލުން ބޭރުކުރި ޖުމްލަތައް…” ސަމާސާ ރާގު ކަނޑުވާލައިފައި ސީރިއަސް ވެލަމުން އިޒްހާރުގެ ފަރާތުން އިވިގެންދިޔަ ބަސްތައް ރީޝާއާއި ދާނިޝް ހިއްސާކޮށްލިއެވެ. އަމިއްލަ ވަޒަން ދޫކޮށް ދިރިއުޅުން އެހެން މާހައުލަކަށް ބަދަލު ކޮށްލުމުގެ ކުރިން, ރީޝާއަށް ހާމަނުކުރެވުނު ޙަޤީޤަތް އިޒްހާރު ހާމަކޮށްލިއެވެ. ރީޝާއަށް ބުނެނުދެވުނު އެހިތުގެ ހާލަތު ދާނިޝްއަށް އިޒްހާރު ބުނެދިނެވެ. ރީޝާއަކީ އަދިވެސް ދާނިޝްގެ ޙައްޤެއް ކަމަށްބުނެ, ރީޝާއާއި ދާނިޝްގެ ދިރިއުޅުމުން އަބަދަށްޓަކައި އިޒްހާރު އަލްވަދާއު ކިޔާލީީ އެ ދެމީހުންނަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ވާހަކަ ބުނެެލަަމުންނެވެ.

“ކީއްވެ އަހަރެންގެ ގާތު ނުބުނީ…؟ ރީޝާއާއި އިޒްހާރުގެ ކައިވެނި ނުވާކަން ކީއްވެ އަހަންނަށް ނޭންގީ…؟” ރީޝާގެ އަތުގައި ހިފަހައްޓައިލައިގެން ހުރެ ދާނިޝް ސުވާލުކޮށްލިއެވެ. ދާނިޝްއަށް ހަޤީޤަަތާއި ހަމައަށް ވާސިލް ވެވިފައި ހުރުމުން ރީޝާގެ ސިކުނޑިއަށްް ކުޑަވަރެއްގެ ލުޔެއް ލިބިގެންދިއެވެ. ނަމަވެސް..ޝަކުވާކުރާ ކަހަލަ ގޮތަކަށް ދާނިޝް އެސުވާލު ކުރުމުން އިތުރަށް ހިމޭނުން ހުންނާކަށް ރީޝާާ ގަސްތެއް ނުކުރިއެވެ. “ދާނިޝް އެ ފުރުސަތު އަހަންނަށް ދިނިންތަ…؟” ދާނިޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިިން ރީޝާވެސް ކޮށްލީ ސުވާލެކެވެ. “ހަޤީގަތަށް ހުރިހާކަމެއްވެސް ބުނެދޭން އަހަރެން މަސައްކަތްކުރިިން…އެކަމަކު..ދާނިޝްގެ ފަރާތުން އަހަންނަށް ލިބުނީ އަހަރެން އުއްމީދު ކުރި ކަހަލަ ޖަވާބެއް ނޫން…އަހަރެން ފެންނަ ކޮންމެ ފަހަރަކު ރުޅިއައިސްފަ ދާނިޝް މޫނު އެއްފަރާތްކޮށްލީ…ދާނިޝްއާ ވާހަކަ ދައްކަން އަހަރެން މަސައްކަތް ކުރީމަ އަހަންނަށް ފުރަގަސްދީފަަ ދާނިޝް ދިޔައީ…ފަސްއެނބުރި ބަލާވެސްނުލާ, އަހަރެން ބުނަން އުޅުނީ ކީކޭތޯ އަހާލަން ހިތަށް ވެސް ނާރުުވާ ދާނިޝްދިޔައީ…..ދާނިޝްގެ އެކްސިޑެންޓްއަށް ފަހު އަހަރެންގެ ހާލަކީ ކޮބައިކަން އެނގުން ދާނިޝްއަކަށް މުހިންމެެއްނުވި…އަމިއްލައަށް ގޮތް ނިންމާފަ, ފުރަތަމަވެސް މަށާ ދޭތެރޭ ތިހިތުގަ ރުޅިވެރިކަން އުފައްދާލީ…އަހަރެންގެ ދުލުން އެންމެ ލަފްޒެެއްވެސް އަޑުއަހާކަށް ދާނިޝް ބޭނުމެއް ނުވީމެއްނު…” އެކްސިޑެންޓްއަށް ފަހު ދާނިޝްގެ އަމަލުތައް ހުރިގޮތް ދާނިޝްއަށް ރީޝާ ހަނދާން ކޮށްދިނެވެ. ރީޝާގެ ހިތުގައި ވެސް ހުރީ އިންތިހާއަށް ޝަކުވާއެެވެ. އެ ޝަކުވާތަކާއި ދާނިޝް ބުނެލި ތޫނު ބަސްތައް ގުޅުވާލިއެވެ. “މީހެއްގެ ދުލުން އަހަރެންގެ ނަން ބުނެލިއަސް ދާނިޝް ރުޅި އިސްކޮށްފަ އަހަރެންގެ ވާހަކަ ދެއްކުން ހުއްޓާލަން މަޖުބޫރުކުރުވީ…ނޫންތަ…؟ އަޒީލްވެސް މަސައްކަތް ކުރި…އެކަމަކު..އެއަޑު އަހަން ދާނިޝް ބޭނުންނުވީ…” ނުރުހުމާއިއެކު ވާހަކަ ދައްކަމުން ދިއައިރު ރީޝާގެ ހިތަށްވެސް އަސަރުތަކެއް ކޮށްފައިވާކަން ހާމަވާން ހުއްޓެވެ. “އެހެންނޫނަސް..ދާނިޝްއަކަށް އަހަރެންގެ އެހީއެއްް ބޭނުމެއް ނުވާނެ…އަހަރެން ކަހަލަ ހިތް ހިލަ މީހެއްގެ ލޯތްބެއްވެސް, ހަމްދަރުދީއެއް ވެސް ދާނިޝް ބޭނުމެއް ނުވާނެ…” ދާނިޝްގެ އަތުން އަތް ދަމައިގަންނަމުން, ހަފްތާއެއްގެ ކުރިން ދާނިޝް ބުނެލި ބަސްތައް ތަކުރާރު ކޮށްލުމަށްފަހު އެތަނުން ދިއުމަށް ރީޝާ ހިނގައިގަތެެވެ. އެވަގުތު ދާނިޝް އޭނާގެ ކުށް ޤަބޫލުކޮށް އެ ކުށަށް މަޢާފަށް އެދެންފެށިއެވެ. އެހެނަސް..އެ އަޑު ރީޝާގެ ކަންފަތުގައި ނުޖެހޭ ފަދައެވެ. ކިތަންމެ ކައިރީގައި ވިޔަސް ދާނިޝްގެ އާދޭސް ރީޝާގެ ކަންފަތަަށް ފޯރާގޮތެއް ނުވިއެވެ.

ފަސްއެނބުރި ބަލާލަން ހިތަށްވެސް ނާރުވައި ދާނިޝްއަށް ފުރަގަސްދީފައި ރީޝާ ކުރިއަށް އެޅި ފިޔަވަޅުތައް ބަލަން ހުންނާކަށް ދާނިޝްއަކަށް ކުޅަދާނައެއް ނުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ރީޝާގެ ކުރިމައްޗަށް އަރައި ހުއްޓުނެވެ. އެހެންކަމުން ރީޝާއަށް ވެސް ޖެހުނީ ހުރި ފިޔަވަޅުމަތީ މަޑުކޮށްލާށެވެ. ދާނިޝްއާއި ހަތަރުކަޅި ހަމަކޮށްލައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު, ދާނިޝްގެ މޭގައި އަތް އަޅައި ދުރުކޮށްލަން ރީޝާ މަސައްކަތް ކޮޮށްލިއެވެ. ނަމަވެސް..އެކަަން ރީޝާއަށް ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ކުރިން ރީޝާގެ ކޮނޑުގައި ދެއަތުން ހިފާލުުމަށްފަހު, ދާނިޝްގެެ ވާތް ފަރާތުގައި ހުރަސްކޮށްފައި ހުރި ފައިރުގައި ދާނިޝް ރީޝާ ލައްކޮށްލިިއެވެ. “އަހަންނަށް ރުޅި އިސްކުރެވެނީ ސަބަބުތަކެއް ހުރީމަ…ކުރިންވެސް އަހަންނަށް ރުޅި އިސްކުރެވުނީ ސަބަބުތަކަކާއެކު…” އަތުގެ ބަނޑުފުށުން ފައިރުގައި ޖަހާލަމުން ރީޝާއާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ, އެދެމެދުގައި އުފެދުނު ނަފުރަތުގެ ފެށުމަށް ދާނިޝް ޖެހިލިއެވެ. ކެތްތެރިކަންކުޑަވެ, ސިކުނޑި ހަލަބޮލި ވެފައިވާ އެވަގުތު ދާނިޝް އޭނާގެ ނަފްސުގެ ދިފާޢުގައިި ވާހަކަ ދައްކަންފެށިއެވެ. “ރީޝާގެ ދިރިއުޅުމުން އަހަރެން ބޭރުކޮށްލިިއިރު އެންމެ ފަހަރަކު ވެސް އަހަންނާ ދޭތެރޭ ވިސްނާލިންތަ…؟ ރީޝާގެ އެ ނިންމުން އަހަރެންގެ ހިިތް ކުދިކުދި ވާވަރު ކުރުވި…ރީޝާއަށް އެގޭނެ އަހަރެން ރީޝާދެކެ ލޯބިވި މިންވަރު…އަހަރެން ރީޝާދެކެ އިންތިހާއަށް ލޯބިވިން…އެކަމަކު..އެ ލޯބި ނަފުރަތަށް ބަދަލުކޮށްލީ ހަމަ ރީޝާ…” ނުރުހޭގޮތް ދައްކާލަމުން ރީޝާ ދެއްކި ވާހަކަތަކަށް ދާނިޝްވެސް ރައްދުދިނީ ހިތަށްކުރި އަސަރާއިއެކު ހިތްހަމަނުޖެހުން އެކުވެފައިވާ ހާލުގައެވެ. “ހަޤީޤަަތެއް ނެތް ސިފަތަކެެއް ޖައްސާފަ އަހަރެންގެ ކުރިމަތީގަ އަމިއްލަ ނަފްސުގެ އަގު ވައްޓާލީ…ތެދުވެރިކަމާ ވަފާތެރިކަން އެއީ ރީޝާ ދަންނަ އެއްޗެއް ނޫނޭ ބުނެ އަހަރެންގެ ހިތުގަ ރީޝާއާއި ދޭތެރޭ ރުޅިވެރިކަން އުފެއްދީ…ރީޝާއަކީ ހަމަ ޙަޤީޤަތުުގަވެސް މަކަރުވެރި ކެހިވެރިއެއްކަމަށް ޤަބޫލުކުރަން އަހަންނަށް މަޖުބޫރުވި…ޙަޤީޤަތް އަހަންނަށް އެނގުނު އިރުު އަހަންނަށް ވަނީ ކުށްކުރެވިފަ…އަހަންނަށް ވަނީ ރީޝާއަށް އަނިޔާތަކެއް ދެވިފަ…އަހަރެންްގެ ކުށް އަހަރެން ޤަބޫލުކުރިން…އެކަމަށް މަޢާފަށް އެދި ރީޝާ ގާތު އަހަރެެންް އާދޭސްކުރިން…އެކަމަކު…މަޢާފުގެ ބަދަލުގަ އަހަންނަށް ލިބުނީ ރީޝާގެ ނުރުހުންވުން…” ރީޝާއާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ, މާޒީގެ ސަފުހާތަކުން ހަނދާންތަކެއް ދާނިޝް އާކޮށްލިއެވެ. ފެންކަޅި ވެފައިވާ ދާނިޝްގެ ލޮޮލަށް ބަލަހައްޓައިގެން ހުންނަން އެވަގުތު ރީޝާއަށް މަޖުބޫރުވެފައިވާ ކަހަލައެވެ. “އެންމެރަނގަޅު…އެދުވަހު އަަހަންނަށް މައާފު ނުދިންގޮތަށް މިއަދުވެސް ރީޝާއަށްް އެގޮތަށް ކަންތައް ކުރެވިދާނެ…އެކަމަކު..ރީޝާގެ މަޢާފްް ލިބުން އަހަރެންގެ ނަސީބުގަަ ނުވާނަމަ އަހަރެން ދިރި ހުރުމުގެ ބޭނުމެއްނެތް…ދެން އަހަންނަކަށް ކެތެއް ނުވާނެ…ރީޝާއާއި ވަކިން ދެން އަހަންނަކަށް ނޫޅެވޭނެ…މިއަށްވުރެ މަރުވުން ވެސް އަހަންނަށް ރަނގަޅު…” ދާނިޝްގެ ފަހު ޖުމްލައާއިއެކު ލޮލުން ވެއްޓިގެން އައި ފެންތިކި ފޮހެލަމުން ބެލްކަނިިން ބޭރަށް ބަލާލިގޮތުން ރީޝާގެ ހިތަަށް ބިރުވެރިކަން ވަދެ, މޭގަނޑު ތެޅިގަތެވެ.

ޝައްކުގެ ނަޒަރަކުން ދާނިޝްއަށް ބަލަން ހުއްޓައި އެ ޝައްކު ޔަޤީނަަށް ބަދަލުކޮށްލި ދާނިޝްގެ ހަރަކާތަށް ރީޝާ ހުރަސްއެޅިއެވެ. “ދާނިޝް…!” ދާނިޝްގެ އަތުގައި ހިފަހައްޓާލަމުން, ވިސްނާނުލައި ދާނިޝް ކުރަން އުޅުނު ކަންތައް ރީޝާ ހުއްޓުވިއެވެ. ނަމަވެސް..އެގޮތަށް ރީޝާއަށް ކަންތައް ކުރެވުނީ މަދު ސިކުންތު ކޮޅަކަށެވެ. ދާނިޝްގެ ސިކުނޑީީގައި އެ ޚިޔާލު ހަރުލައި ހުރުމުން ދެވަނަ ފަހަރަށް ވެސް އެ މަޤުސަދު ހާސިލް ކުރަން އޭނާ ބޭނުންވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދާނިޝް އޭނާގެ އަތުން ރީޝާގެ އަތް ނައްޓާލައިފައި ދުރުކޮށްލިއެވެ. ދާނިޝްގެ ނުތަނަވަސްވެފައިވާ ސިކުނޑި ބުނަމުން ދިޔައީ އެކައްޗެކެވެ. ޚިޔާލާއި ފިކުރުގައިވީ އެއްކަމެކެވެ. ރީޝާާާއާއި ވަކިން ދިރިއުޅެވެން ނެތްކަމަށް އެވަގުތު އޭނާގެ ހިތާާއި ސިކުނޑި ބުނަމުންދިއެވެެ. ރީޝާއާއި ވަކިވެ އިތުރަށް ހިތާމައާއި ހިތްދަތިކަން ތަޙައްމަލު ނުކުރެވޭނެއޭ ބުނެެލަމުން, ރީޝާގެ ހިތަށް ދުވަހަކުވެސް ނާރުވާފަދަ ހިތްދަތި ގޮތަކަށް ދާނިޝް އޭނާގެ ނަފްސު އެކަމުން މިންޖުކުރަން އަނެއްކާވެސް މަސައްކަތް ކޮށްލިއެވެ. ނަމަވެސް…ދާނިޝްގެ މަޤުސަދަަށް މިފަހަރުވެސް ރީޝާ ހުރަސްއެޅިިއެވެ. އިތުރަށް ދާނިޝްގެ ހިތް ނުތަނަވަސް ކުރުން ރަނގަޅު ނޫންކަމަށް ވިސްނާލަމުން, އެދެމެދުގައިވާ ނުރުހުމާއި ޝަކުވާތައް އެއްފަރާތް ކޮށްލާފައި, މަޢާފަށް އެދެމުން ދާނިޝްގެ ހަށިގަނޑުގައި ރީޝާ ބައްދާލިއެވެ. ވިސްނާލުމެއްނެތި ދާނިޝް ކުރަން އުޅުނު ކަންތަކުން ރީޝާގެ ހިތަށް ތަދުކޮށްލިއެވެ. ހަމަ އެހިނދުކޮޅުގެ ތެރޭގައި ރީޝާގެ ލޯ ކަރުނައިން ތެމިިގެންދިއެވެ. ކަރާއިކަރު މަހާލައިގެން ހުރެ އަމިއްލަ ނަފުުސަށް މަޢާފު ދިނުމަށް އެދެމުން ދާނިޝްގެ ކުށްތަކަށް ރީޝާ މަޢާފު ދިނެވެ. އެ ހިތުގައި ދާނިޝްއާއި މެދު އެއްވެސް ނުރުހުމެއް ޝަކުވާއެއް ނެތްކަމަށް ހަމަ އެ ނޭވާގައި ރީޝާ ބުނެލިއެވެ. ބޭއިޚުތިޔާރުގައި ލޮލުން ކަރުނަ އޮހިިގެންދިއަ ހާލުގައި ރީޝާގެ ބުރަކަށީީގައި ދާނިޝް އަތް ވަށާލިއެވެ. “އާދޭސްކޮށްފަ ބުނަން…ދެން އަހަންނާ ވަކި ނުވާތި…! އަހަރެން އެކަނިކޮށްނުލާތި…!” ރުއިމުގެ ތެރެއިން އާދޭހާއިއެކު ދާނިޝް ބުނެލިއެވެ. “ރީޝާއާއި ވަކިން ދެން އަހަންނަކަށް ނޫޅެވޭނެ…” ދާނިޝް އިތުރަށް ބުނެލިއެވެ. ދާނިޝްގެ ހިތުގެ ތެޅިފޮޅުންތައް ފަރުދާއަކާއި ނުލައި ހާމަވާން ހުރިއިރު, އެއާއިމެދު ރީޝާ ފުންކޮށް ވިސްނާލިއެވެެ. “އަހަރެން ދެން ދުވަހަކުވެސް ދާނިޝްއާއި ވަތްކެއް ނުވާނަން…ދުވަހަކުވެސް ދާނިޝް އެކަނިކޮށެއް ނުލާނަން…” ނުހަނު ލޯތްބާއި އޯގާތެރިކަމާއިއެކު ދާނިޝްގެ އާދޭހަށް ރީޝާ ޖަވާބުދާރީވީީ ކުރިއަށްވުރެ ވެސް ބާރަށް ދާނިޝްގެ ހަށިގަނޑުގައި ބައްދާލަމުންނެވެ. ރީޝާގެ އެ ޖަވާބުން ދާނިޝްގެ ހިތަށް ހަމަޖެހުން ލިބިގެންދިއައެވެ. މަޑުމަޑުން އެ ހިތުގެ ގިލަން ނެތިގޮސް އެހިތަށް ފިނިކަން ލިބިގެންދިއެވެ.

އެތައް ދުވަހެއްގެ ފަހުން ދެހަަށިގަނޑު ގުޅިލާމެހިފައިވާ އެ ވަގުތުކޮޅަަށް ނިމުމެއް ނާންނާނެ ނަމައޭ ދެމީހުންގެ ހިތުުގައި ވެސް އޮތެއެވެ. ނަމަވެސް…ކުޑަވަގުތުކޮޅަކު އެގޮތުގައި ތިބުމަށްފަހު, މަޑުމަޑުން ކޮނޑާކޮނޑު ދުރުކޮށްލިއެވެ. ލޯބިން ފުރިގެންވީ ނަޒަރަކުން އެކަކު އަނެކަކަށް ހިނިތުންވުމާއިއެކުު ބަލަހައްޓައިގެން ތިިިބެ އުފަލުން ފުރިފައިވާ ވަގުތުކޮޅަކަށް ފުރުސަތުދިނެވެ. ނަމަވެސް..އެވަގުތުކޮޅު ކުރުކޮށްލީ ދާނިޝްގެ ޒުވާން ހިތުގައި ކެކެމުންއައި ޖަޒުބާތުތަކެވެ. މަޑުމަޑުން ރީޝާގެ ރަތްވެފައިވާ މޫނުގައި ހިފާލަމުން އެދެމެދަށް ހަމަހިމޭންކަން ވެރިކުރުވި ޖަޒުބާތީ ވަގުތުކޮޅެއް ދާނިޝްގެ މަޢުނަވީ ހަރަކާތުން ގެނުވިއެވެ. ދާނިޝްގެ އެ ހަރަކާތާާއި ދެކޮޅުހެދުމެއްނެތި ރީޝާވެސް އޭގެ ޖާދޫގައި ޖެހިލިއެވެ. އެހެނަސް އެވަގުތުކޮޅު ކިތަންމެހާވެސް ކުރެވެ. ކުއްލިއަކަށް އެވަގުތުކޮޅަަށް އަޒީލްގެ ހުނުމުގެ އަޑު ނިމުމެއް ގެނުވިއެވެ. އަޒީލްގެ ފަހަތުން ޝިފްނާ ވެސް އެތަނަށް އައިސް ހުއްޓުނެވެ. “ސޮރީ…! ގަސްދުގައެއް ނޫން…” ނުސީދާ ގޮތަކަށް ދާނިޝް ބަލަން ހުރުމުން ސަމާސާ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން އަޒީލް ބުނެލިއެވެ. “މީ ޝިފްނާގެ ކަންތައް…މަގޭ ފޯނަށް އައި މެސެޖެއް ނުދެެއްކީމަ އަހަރެންގެ ފަހަތުން އެ ދުވަނީ…” ދާނިޝްއާާއި ރީޝާއަށް ޖަޒުބާތުުގައި ޖެހިލެވުނު ވަގުތު ގަސްތަކާއި ނުލައި އެތަނަށް އާާދެވުނީ ޝިފްނާގެ ސަބަބުން ކަމަށް އަޒީލް ބުނެލިއެވެ. ކުޑަ ވަގުތުކޮޅެެއްގެ ތެރޭ ހުރިހާކަމެއް ޝިފްނާގެ ބޮލުގައި އަޅުވާލަަމުން އަޒީލް އެކަމުން ރެކިގަންނަން މަސައްކަތް ކޮށްލިއެވެ. “ކޮންމެހެން ދޮގުތަކެއް ނުހެދިޔަސް ހެވޭ…ތީ އަހަރެން ދަންނަ މީހެކޭ…ތީ ހަމަ އަޒީލް ރާވައިގެން ކުރި ކަމެއްނު…” އަޒީލްގެ ރޭވުން ދެނެގަންނަަން މާގިނައިރު ތަކެއް ދާނިޝް ބޭނުމެއްނުވިއެވެ. “އަހަންނަށް ރީޝާގެ މަޢާފު ލިބިއްޖެ…” ރީޝާގެ ކޮނޑުގައި ހިފައި ގަޔާއި ކައިރި ކޮށްލަމުން, އެ ދެމީހުން އަލުން ގުޅިފައިވާާ މަންޒަރު އަޒީލްއަށް ދާނިޝް ދައްކާލިއެވެ. “މަރުޙަބާ…ދުުވަހަކުވެސް ވަކިނުވެ އެކުގަ އުޅޭތި…! ތި ދެމީހުން ވަކިވެގެން އުޅުނީމަ މަށަށްވެސް ހާދަ އަސަރެއް ކުރެއޭ…” މޫނުމައްޗަށް ސީރިއަސްކަން ވެރިކުރުވަމުން އަޒީލްް ވާހަކަ ދެއްކިިއިރު ޝިފްނާވެސް އަޒީލްއާއި އެއްބައިވެލިއެވެ. “ތި އުފަލުގަ އަހަރެމެން ބައިވެރިއެއް ނުކުރާނަންތަ…؟” އިޔާޒްއާއި އިނާޔާ ވެސް އެވަގުތު އެތަނަށްް އައިސް އަނގަތަޅުވާލިއެވެ. ދާނިޝްގެ ޚިޔާލަށް ރޭވިގެންދިއަ އެދަތުރުގައި އަޒީލްއާއި ޝިފްނާގެ އިތުރުން އިނާޔާއާއި އިޔާޒްގެ އެހީތެރިކަމާއި އެއްބާރުލުން ދާނިޝްއަށް ފުރިހަމައަށް ލިބިގެންދިއެވެ. “މާލަހުން ތި އާދެވުނީ…ތަންކޮޅެއް ކުރިން އައިނަމަ މިއަށްވުރެ ހިތްގައިމު މަންޒަރެއް ފެނުމުގެ ނަސީބު ލިބުނިސް…” ހިނިގަނޑަކާއިއެކު އަޒީލް ބުނެލިއެވެ. “މަ ބުނީމެއްނު އިޔާޒް ގާތު މަގޭ ފަހަތުން ދުއްވައިގަންނާށޭ…އިޔާޒްއަކަށް ނުކެެެރުނެއްނު…ތިކަހަލަ ފިނޑިންނަކަށް ނުވާނެ ކަމެއް…” ސަމާސާ ރާގު ޖައްސާލަމުން އަޒީލް, އިޔާޒްއާއިި ދިމާކޮށްލިއެވެ. އަޒީލްގެ އެ ދިމާކުރުމާާާާއި ދާނިޝް ވެސް އެއްބައިވެލިއެވެ. “އަޒީލްއަށްވެސް މިފަހަރު ތެދެއްް ބުނެވިއްޖެ…” ދާނިޝްގެ އެ ޖުމްލައާއިއެކު އެންމެންގެ ހުނުމުގެ އަޑު ގުގުމައިގަތެވެެ.

މުޅިމާހައުލުު އުޖާލާވެފައި ޒީނަތްތެރިއެވެ. ވަސްމީރު ވެފައި ހިތްގައިމެެވެ. ކުލަކުލައިގެ ބޮކިތަކުން އެޅިފައިވާ އަލިތައް ފުރިހަމައެވެ. ބަލާލި ކޮންމެ މީހެއްގެ ހިތަށް ފިނިކަން ގެނެސްދިން އެ މާހައުލާއި ވަގުތުގެ ޙަޤީޤަތަަށް ވާސިލް ވެލާނަމެވެ. ކުރިއަށް އެދަނީ ރީޝާއާއި ދާނިޝްގެ ކައިވެނިި ކުރެވި, އޭގެ އުފަލުގައި ބާއްވާލި ޙަފުލާއެވެ. މުޅި މާހައުލުގެ ޒީނަތްތެެރިކަން ހާމަވާން ހުރިއިރު, ރީޝާގެ މޫނުމަތި ވިދާ ބަަބުޅަމުންދިއެވެ. ލައިގެން ހުރި ހެދުމުުގެ ޒީނަތްތެރިކަން އެ މޫނުގެ ކުލަވަރާއި އުޖާލަކަން އިތުރުުކޮށްދިނެވެ. ދާނިޝްވެސް ހަަމަ އެހާމެ ފުރިހަމައެވެ. އުފާވެރިކަމުގެ ކުލަވަރު އެމޫނުމަތިން އިންތިހާއަށް ފާޅުވާން ހުއްޓެވެ. ރީޝާއާއި ދާނިޝްގެ އިތުރުން ޒުލޭޚާއާއި ވަސީމާގެ އުފާވެރިކަން އުތުރި އަރަމުންދިޔަ ކަހަލައެވެެ. ހާމިދުއާއި ރަައީޝްގެ އިތުރުން އާދިލް ވެސް ފެންނަނީ ނުުހަނު އުފަަލުގައި ހުރިތަނެވެ. ދާނިޝްއާއި ރީޝާގެ ލޮލުގެ ކޮއި ކަމުގައިވާ ކުޑަކުޑަ ހަނާޝްވެސް އެ ޙަފްލާގެ ބައިވެރިންގެ ތެރޭގައި ހިމެނެއެވެ. ޢާއިލާގެ އިތުރުން ކޮންމެ ކަމެއްގައި ވެސް އެހީތެރިވި ދާނިޝްއާއި ރީޝާއަށް ހެޔޮ އެދުނު އެކުވެރިންގެ ހާލު އަޖައިބު ކުރުވާފަދައެވެ. ފަރި ހެދުމުގައި ނަލަވެގެން ތިބިއިރު އެމީހުންގެ މޫނުމަތިން ވެސް ފެންނަންހުރީ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އަޒީލްއާއި ޝިފްނާގެ ހިނިތުންވުން ފަނޑުވެގެން ނުދާއިރު އިނާޔާއާއި އިޔާޒްވެސް ހުރީ ހެވިދިލިފައެވެ. އެންމެންގެ އުފާވެރިކަމުން އެ މާހައުލު އެއްވަސްވެެފައިވިއެވެ.

ހިތްތަކަށް އުފާވެރިކަން ގެނައި ކައިވެނީގެ ޙަފުލާ ނިމުުމުން ގެއަށްއައިސް ކޮޓަަރިއަށްވަދެ ޑްރެސިންޓޭބަލްގެ ލޯގަނޑު ކުރިމަތީގައި ރީޝާ ހުއްޓިލިއެވެ. އަދިވެސް ރީޝާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފުރިހަމައަށް ފާޅުވާން ހުއްޓެވެ. “މިރޭ އަހަރެން ވަރަށް އުފާވެއްޖެ…” މަޑުމަޑުން އައިސް ރީޝާގެ އުނަގަނޑުގައި އަތް ވަށާލަމުން ދާނިޝް ބުނެލިއެވެ. ދާނިޝްގެ އެ ހަރަކާތާއި އެ ޖުމްލަ ރީޝާގެ މޫނުމަތީގެ ކުލަވަރަަަށް އިތުރުު ފުރިހަމަ ކަމެއް ގެނުވިއެވެ. “އަހަރެންވެސް ވަރަށް އުފާވެފަ މިހުރީ…” މަޑުމަޑުން ދާނިޝްއާއި އެއްފަރާތަށް އެނބުރިލާފައި ރީޝާ ވެސް އޭނާގެ އިހްސާސްތައް ދާނިޝްއާއި ހިއްސާކޮށްލިއެވެ. “މިދުވަސް އައުން އަހަރެންގެ ނަސީީީީީބުގަ ނެތްކަމަށް އަހަރެން ނިންމިން…އެކަމަކު..” ރީޝާގެ ފަހު ޖުމްލަ މާޒީގެ ދުވަސްތަކުގެެ ކުލަވަރާާއި ގުޅުވާލިއެވެ. “މީ އާ ވަގުތެެއް…އާ ދުވަހެއް…އާފެށުމެެއް…މިދެމެދަށް ދެން އިތުރު މީހަަކަށް ވަނުމުގެ ފުރުސަތެއް ނެތް…މިލޯތްބަށް ނަފުރަތުގެ ހިޔަނި އެޅުމުގެ ފުރުސަތެއް ވެސް ނެތް…” ރީޝާގެ މޫނުގައި ހިފާލަމުން އެލޯތްބާއި އެގުޅުން ކެނޑިގެން ނުދާނެ ކަމުގެ ޔަޤީންކަން ދާނިޝް ދިނެވެ. އެ ގުޅުމަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ދާނިޝް ބުނެލިއެވެ. ދާނިޝްގެ އަތުގައި ހިފާލަމުން, ރީޝާވެސް ހަމައެފަދައިން ބުނެ ދާނިޝްއަށް ވަޢުދުވިއެވެ. އެހިނދު ނުހަނު ލޯތްބާއި އެކު ރީޝާގެެ ނިތްކުރީީީީީީގައި ދާނިޝް ބޮސްދިނެވެ. “މާޒީގެ ދުވަސްތައް ހަނދާން ނައްތާލާ…ދެން ވިސްނަންވީ އަހަރެމެންގެ މުސްތަޤުބަލާއިމެދު…” ރީޝާގެ މޫނުގައި ހިފަހައްޓަައިގެން ހުރެ ދާނިޝްގެ ދުލުން ބޭރުކުރި ފަހު ޖުމްލައާއި އެކު ދާނިޝްގެ މޭގައި ރީޝާ ބޯއަޅާލިއެވެ. ރީޝާގެ އެ ހަރަަކާތަަށް ބަދަލު ދެމުން ނުހަނު ލޯތްބާއިއެކު ދާނިޝްވެސް ރީޝާގެ ބުރަކަށީީގައި އަތްވަށާލާފައި ހިނިތުންވުމާއިއެކުު ހަމަޖެހުމުގެ ނޭވާއެއް ފަޒާތެރެއަށް ދޫކޮށްލިއެވެ.

(ނިމުނީ…)

 

105

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.