Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (އަށާރަވަނަބައި)

InaaSh Level 210 Stories100 Comments
May 24, 2019 4 Mins Read
24 Comments

”އާ…..އާރަވް…..”
”ހޭ….ނައިލް…..ހާދަ ދުވަހެއް ފަހުންނޭ ދޯ މިދިމާވީ…..ކިހިނެއްތަ؟….”
އާރަވް އައިސް މަޑުކޮށްލީ ނައިލްގެ ކުރިމަތީގައެވެ. ނައިލްއަށް ހުރެވުނީ އަދިވެސް ފެންނަމުން މިދާ މަންޒަރު ގަބޫލު ނުކުރެވިފައެވެ.
”މާ ހައިރާންވެފަ ތި ބަލަނީ އޯ…..މީ ހުވަފެނެއް ނޫން އިނގޭ…..އަމް ހިއަރ ފޯ ރިއަލް……”
އާރަވް ނައިލްގެ ލޯކުރިމަތިން ދެފަހަރަކު އަތް ހިންގާލަމުން ބުނެލީ ނުލަފާހިނިތުންވެލުމަކާއި އެކީގައެވެ.
”ސޯ ލެޓް މީ ގެސް……ނައިލް ނިއު ރިލޭޝަންއެއް ފެށީ ދޯ……ކޮންނަމެއް ކިޔާ ކުއްޖެއްތަ އެއީ؟….އޯހް ޔެސް…..ޝާޔަން ދޯ…..ޑޯންޓް ބީ ޓޫ ސަޕްރައިޒްޑް…..އަހަރެން ދުރުގަ ހުއްޓަސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމޭ…..”
އާރަވްގެ ވާހަކަ ތަކުން ނައިލް އިތުރަށް ހާސްވުންނޫންކަމެއް ނުވިއެވެ.
”ނައިލް އެކަމް ޝާޔަންއަށް ތާރާއަށް ހެދިފަދަ ގޮތެއް ނަހަދައްޗޭ……އަނެއްކާ ޝާޔަން ފަކީރަކީ ލޮލަށްވެސް ފެންނަ ކުއްޖެއްނޫން ވީއްޔަ……ހެހެހެ…..”
އާރަވްގެ ވާހަކަ ދެއްކީ މަލާމަތްކުރާ ފާޑަށެވެ. އާރަވް ޝާޔަންގެ ވާހަކަ ފެށުމުން ނައިލްއަށް އިތުރަށް އަނގައިން ނުބުނެ ނުހުރެވުނެވެ.
”އާރަވް ކިހިނެއް ވެގެންތަ ތިއުޅެނީ؟….ޝާޔަންއާ ދުރުގަ ހުންނާތި؟….ނޫނީ އަހަންނަށް ވުރެ ނުބާ މީހެއްނުހުންނާނެ…..އާރަވް ކުރާކަމެއް އަހަންނަށް ކުރޭ…..ޝާޔަން މިކަމުގެ ތެރެއަށް ވެއްދުމުގެ ބޭނުމެއް ނެތެއްނު…..”
”ހެހެ…..ނައިލް ހަމަ ޖެހިބަލަ…..އެން ޝާޔަން ދޯ…..ޝާޔަން ނޫން ދެން ކާކުތަ މި ދޭތެރެއަށް ވައްދަންވީ……ޝީއިޒް ދަ ވަން ހޫ އިޒް ގޮއިންޓޫ ޕޭ……”
ނައިލްގެ ދެއަތް މުށްކެވިގެން ދިޔައީ އައި ރުޅިންނެވެ. ނަމަވެސް ނައިލް ފުންނޭވައެއް ލަމުން ހަމަ ޖެހިލީ ރުޅިއައިސްގެން ވާނެ ފައިދާއެއް ނެތްކަން އިނގޭތީއެވެ.
”އާރަވް ކިހިނެއް ވެގެންތަ ތިއުޅެނީ……އިޓްސް ބީން މޯދެން އަ ޔާރ……ތާރާއަށް ދިމާވި ކަންތައް އެއީ އެކްސިޑެންޓެއް…..އެހެންނޫނަސް ތާރާއެއީ އާރަވް ތި ހީކުރާހާ ރަގަނޅު ކުއްޖެއް ނޫން……އެ ހުރިހާ ކަމެއް ތާރާ ކުރީ ރާވައިގެން…..އަހަންނާ ރާވްއާ ދެމީހުންގެ ދޭތެރެ ޖައްސަންވެގެން…..ތާރާ ވޯޒް ދަވަން ހޫ ވޯޒް ކްރޭޒީ އެބައުޓް މީ…..އަހަންނަށް އޭރުގަވެސް ތާރާއެއީ އެއްގޮތަކަށްވެސް ކަމުދާ ކުއްޖެއްނޫން…..އަހަރެން ތާރާ ގާތުގަ ރަށްޓެހިވަން ނުވެސް އަހަން…..އިޓް ވޯޒް އޯލްހަރ ޑުއިން…..އެހެން ނޫނަށް ތާރާ ވޯޒް މެންޓަލީ އިލް……”
ނައިލްވެސް މިއަދު ހުރީ އާރަވްއަށް ދޫކުރާފަދަ ހިޔާލެއްގައެއް ނޫނެވެ.
”ނައިލް…..”
އާރަވްއައި ރުޅީގައި ގޮސް ހިފީ ނައިލް ލައިގެންހުރި ޓީޝާޓްގެ ކަރުގައެވެ.
”ނައިލް ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ؟….އަހަރެން ނައިލް ކިޔާއެކަށްޗެއް ވެސް ގަބޫލު ކުރާކަށް ބޭނުމެއްނޫން…..ނުވެސް ކުރާނަން…..އައި ހޭވް އޯލްރެޑީ މޭޑްއަޕް މައި މައިންޑް….ތާރާ މަރުވީ ހަމަ ނައިލްއާ ހެދި….ނައިލްތީ އެންމެ ގާތް އެކުވެރިޔާގެ އިހްސާސްތަކަށް ވެސް ގަދަރު ނުކުރި މީހެއް……ތާރާގެ މަރުގެ ބަދަލު އަހަރެން ނައިލްގެ ކިބައިން ހިފާނަން…..އަހަރެން މިވީހާ ހުރިހާދުވަހު މިވިސްނީ ނައިލްގެ ކިބައިން ބަދަލު ހިފާނެ ގޮތަކާ މެދުގަ….ހެހެ…..ނައު ޔޫ ހޭވް އަ ގާރލްފްރެންޑް…..ސޯ އައި ހޭވް ގޮޓް މެނީ އައިޑިއާރސް……”
އާރަވް ނުލަފާ ގޮތަކަށް ހީލަމުން ނައިލްގެ ޓީޝާޓުން ދޫކޮށްލިއެވެ. ނައިލް ހުރީ އާރަވްގެ ވިސްނުން ހުރިގޮތް އިނގި މާޔޫސް ވެފައެވެ. ނަމަވެސް ނައިލް ބޭނުންވީ އާރަވްއަށް ވިސްނައިދޭށެވެ. ނަމަވެސް މިވަގުތު އިތުރަށް ބުނާނެ އެއްޗެއް ނައިލްއަކަށް ނުވިސްނުނެވެ.
”ސީ ޔޫ އެރަންޑް ނައިލް…..”
ނައިލްއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އާރަވް ފަސްއެބުރި ދާން ހިނގާގަތެވެ. އާރަވް ގޮސްއެތާގައި އޮތް ރަތް ކުލައިގެ ކާރަށް އަރަމުން ދުއްވާލީ ނައިލްއަށް އަތުން ހަނައަޅައިލައިފައެވެ. ނައިލް ބައްޕައަށް ގުޅާ އާރަވް އެރަށުގައި އުޅޭ ވާހަކަ ވަގުތުން ބުނެލިއެވެ. އަނިލް އެދުނީ އެވަރަށް އެކަމާ ނުވިސްނާށެވެ. ނަމަވެސް އަދިވެސް ނައިލްއަށް ވިސްނެމުން ދިޔައީ އާރަވް ދެއްކި ވާހަކަތަކާއި މެދުގައެވެ.
”ޕޮއް……”
ނައިލް ސިހިފައި ބަލާލިއިރުގައި ރަޝާ ހެވިފައި ހުއްޓެވެ. ރަޝާގެ ސީދާ ފަހަތުގައި ޝާޔަން ހުރިތަން ފެނި ނައިލް ކުޑަކޮށް ހިތްހަމަ ޖެހުނެވެ. އާރަވްގެ ފަރާތުން ޝާޔަންއަށް އެއްވެސް އަނިޔާއެއް ލިބޭކަށް ނައިލްއެއް ނޭދެއެވެ. ނައިލްގެ ސަބަބުން ޝާޔަންއަށް ކަމެއް ވެއްޖެނަމަ އެއި ނައިލްއަށް ކެއްކުރެވޭނެ ވަރުގެ ކަމެއްނޫނެވެ.
”ހިއާރ އިޒް ޔުއަރ ޖީއެފް……އަހަންނަށް އިނގެޔޭ މިހާރު ޅިޔަންބެ ތިހިރީ ދޮންތަ ނުފެންނަތާ ގިނަ އިރުވެގެން އެކަމާ ދެރަވެފަ ކަން……ޑޯންޓް ވޮރީ ދޮންތަ ގެނާސްފަ މިހިރީ…..އަހަރެން ކުރަންއައި ކަންތައް އެވިއެއްނު…..އެހެންވިމަ ދަނީއޭ ދެން….ސީޔޫ ލޭޓާރ……”
”ހެހެ…..ތެންކްސް ރަޝް……”
ރަޝާއަށް ޝުކުރު އަދާކުރަމުން ނައިލް ޝާޔަންގެ އަތުގައި ހިފައިގެން ހިނގާގަތީ ޖޯލިތަކާއި ދިމާއަށެވެ. ނައިލް ގޮސް ޝާޔަން އެތަނުން ޖޯއްޔެއްގައި ބެއިންދީ ނިކަން ލޯބިންނެވެ.
”ހެހެ ނައިލް މިހާއަވަހަށް މަންމަ މެން ގާތުގަ މިވާހަކަ އެހީތަ؟….މިއަދު މަންމަމެން ދެއްކި ނައިލްގެ ވާހަކަ…..ބުނި އަހަރެން ހޮވާ ކޮންމެ ކުއްޖަކާވެސް މަންމަމެން ގަބުލޭ….ހާއްސަކޮށް ނައިލް ވީމަ މަންމަމެން ތިބީ ވަރަށް ހިތްހަމަ ޖެހިފަ….އެހެންނުވާނީ ނައިލްތީ ބައްޕަގެ ބެސްޓީގެ ދޮށީ ދަރިފުޅު ވީއްޔަ…….”
ޝާޔަން އިނީ ވަރަށް ހިތްހަމަޖެހި އުފާވެފައިކަން ވާހަކަ ދެއްކުމުގެ ރާގުންނާއި މޫނުމަތީގައި ވީ ހިނިތުންވުމުން ބަލާލި ކޮންމެ މީހަކަށް ވެސް އިނގިގެންދާނެ ކަން ޔަގީނެވެ. ނައިލްވެސް ޝާޔަންއަށް ބަލާލީ ހިނިތުންވެލައިގެން އިނދެއެވެ.
”އަހަރެންހާ ހެންޑްސަމް ކިޔުޓް ޑޭޝިން މީހަކާ ގަބުލު ނުވާނީ މޮޔައެއްނު……”
”ހެހެހެ…..ތީ ދޯ ވެގެން އުޅޭ ގޮތަކީ އެހެންވީމަ……”
ޝާޔަންއަށް ހީނގަނެވުނީ ނައިލްގެ ވާހަކަ އަޑުއަހައިފައެވެ.
”ހީލީމަ އަދި ހާދަ ލޯތްބޭ……..ސޯ ބިއުޓިފުލް……”
ނައިލްބުނެލި ޖުމްލައިން ޝާޔަންއަށް ލަދުން އިސްޖަހައިލެވުނެވެ. ދެން ކުޑަ އިރުކޮޅެއް ހޭދަވެގެން ދިޔައި އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
”ނައިލް…..”
”ހޫމް ކީކޭ…..”
”ކީއްވެ ކުއްލިއަކަށް އެއްޗެކޭ ނުބުނެ އަނގަމަޑުން ލައިގެން ތީނީ……ބުނާނެ އެއްޗެހި ހުސްވީތަ؟….”
ނައިލްއެއްވެސް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ޝާޔަންބުނެލިއެވެ. ނައިލް ވިސްނަމުން ދިޔައީ އާރަވްއާއި މެދުގައެވެ. ނައިލް ބޭނުންވީ އެހެންމީހެއްގެ ފަރާތުން ތާރާގެ ވާހަކަ އަޑުއިވުމުގެ ކުރިން ޝާޔަންއަށް ނައިލް އަމިއްލައަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ. އެހެންކަމުން ނައިލް އާރަވްއާއި ދިމާވި ހިސާބުން ފެށިގެން ހުރިހާ ވާހަކައެއް ކިޔާދޭންފެށިއެވެ. ތާރާއާއި ދިމާވި ހިސަބުން ފެށިގެން ތާރާމަރުވުމަށްފަހު ދިމާވި ހުރިހާ ކަމެއްވެސް ނައިލް ޝާޔަންއަށް ކިޔާދިނެވެ. ހުރިހާ ވާހަކައެއް އަޑުއަހަން އިން ޝާޔަން އެއްވެސް އެއްޗެކޭ ނުބުނެ ނައިލް ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަމުން ގެންދިޔައެވެ. ނައިލް ހުރިހާ ވާހަކައެއް ކިޔާދީ ނިންމާލަމުން ޝާޔަންއަށް ބަލާލިއެވެ. ޝާޔަންހަމަ އެއިންގޮތަށް އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ.
”އަހަންނަކަށް ނޭންގެ މިވާހަކަތައް އަޑުއަހާފަ ޝާޔަން އަހަންނާ ދޭތެރޭގަ ދެކޭނީ ކޮންގޮތަކަށް ކަމެއްވެސް……އެކަމް ޝާޔަންއަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވީމަ މިކިޔާދިނީ….އެހެންނޫނަސް އަހަރެން ބޭނުމެއްނޫން އާރަވްގެ ފަރާތުން މިވާހަކަ އެހެން ގޮތަކަށް އިވިގެން ޝާޔަން އަހަރެންދެކެ ފޫހިވެ ރުޅިއަންނަންތަން ދެކޭކަށް…..”
ނައިލް އިސްޖަހާލީ ޝާޔަންގެ ފަރާތުން އެއްވެސް ޖަވާބެއް ނައީމައެވެ. ކުޑައިރުކޮޅެއް ވީފަހުން ނައިލް ސިހިފައި ޝާޔަންއަށް ބަލާލީ ޝާޔަން ނައިލްގެ އަތުގައި ހިފައިލުމުންނެވެ. އޭރު ޝާޔަން ނައިލްއާއި ދިމާއަށް އެބުރިގެން އިނެވެ. ނަމަވެސް ޝާޔަން ކިތަންމެ ބޭނުންވިއަސް ސީދާ ނައިލްގެ މޫނަށް ނަޒަރު ހުއްޓާލުންވީ ނާކާމިޔާބުކަމަކަށެވެ.
”އަހަރެން ވަރަށް އުފާވެއްޖެ ނައިލް އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދިނީތީވެ…..ތާރާއަށް ތިދިމާވި ކަންތަކީ އެކްސިޑެންޓެއް…..އެއީ ނައިލްގެ ސަބަބުން ވީ ކަމެއް ނޫނެއްނު…..ދެން ކީއްވެ އަހަރެން ނައިލްދެކެ ފޫހިވާންވީ……އަދި އިރާދަކުރެއްވިއްޔާ އާރަވްއަށްވެސް ވިސްނޭނެ…..”
ނައިލްއަށް ހިނިތުންވެލެވުނީ ޝާޔަންގެ ވާހަކަ އަޑުއިވިފައެވެ.
”އައި ލަވް ޔޫ…..”
ނައިލް ޝާޔަންގެ ކޮލަށް މަޑުމަޑުން ބޮސްދެމުން ބުނެލިއެވެ. ޝާޔަންއަށް ލިބުނު ސިހުމާއިއެކު ލަދުން އިސްޖަހައިލެވުނެވެ. ޝާޔަންއިނީ މިފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ.
”ނައިލް……”
ޝާޔަން މަޑުމަޑުން ބުނެލިއެވެ.
”ހެހެ……ސޯ ސޮރީ ހަމަ ކޮންޓްރޯލް ނުވީ……ޝާޔަންއަށް އެވާހަކަތައް ކިޔާދެވުނީމަ ހީވަނީ ގައިން ބޮޑު ބުރައެއް ލުއިވެގެން ދިޔަހެން…..އަމް ދަ ލަކިއަސްޓް ގާއި އިންދަ ވޯލްޑް……”
ނައިލްއާއި ޝާޔަން އެތަށް ވާހަކަ ދެއްކުމުގައި ތިބި އިރުގައި ގަޑިދިޔަ ގޮތެއްވެސް ނޭންގުނެވެ.
”ސާބަސް ދޮންބެއަށް…..ދެން ގާރލްފްރެންޑެއް ލިބުނީމަ ގެއަށްވެސް ނުދާންތަ ތިއިންނަނީ….”
ނާއިރާވެސް އައިސް އެތަނުން ޖޯއްޔެއްގައި އިށީންނަމުން ނައިލްއާއި ޝާޔަންގެ ފޮޓޯއެއް ނަގައިލިއެވެ.
”އޯހް އަޅެ…..ދެކުދިން ހާދަ ގުޅެއޭ……”
ނާއިރާ ނެގި ފޮޓޯއަށް ބަލާލަމުން ބުނެލިއެވެ. ނައިލްވެސް ފޮނިވެލަމުން ނައިލްގެ އަތް ޝާޔަންގެ ކޮޑުމަތީގައި ބާއްވައިލަމުން ނާއިރާއަށް އެއްލޯމަރައިލިއެވެ.
”އޯކޭ ނީ ދޭބަ އިނގޭ ޝާޔަން ގެއަށްލާން…..ދޮންބެ މިދަނީ ގެއަށް އިނގޭ…..”
ނައިލް ކުށްލިއަކަށް ފޯނަށްބަލާލަމުން ނާއިރާއަށް ބުނެލިއެވެ. ނައިލް ޝާޔަންގެ ބޮލުގައި ފިރުމާލަމުން ”ސީޔޫލޭޓަރ” އޭ ބުނަމުން ދިޔައީއެވެ. ޝާޔަން ގޮވައިގެން ގެއަށްދިޔަ މަގުމަތީގައި ގެއާއި ހަމައަށް ދެވެންދެން ދެންވެސް ނާއިރާއެކި ވާހަކަދެއްކިއެވެ.
”ގެއަށް އައިފަހަރު އާދޭ ދެން ފިނިއެއްޗެއް ބޯލައިގެން ދާން…..”
ޝާޔަންއާއި އެކީގައި ގެއަށް އައިސްވަތް ނާއިރާ ފެނިފައި ޝާޒިޔާ ބުނެލީ ހިނިތުންވެލަމުންނެވެ. ނާއިރާއަށް ޝާޒިޔާގެ އެދުމާއި ދެކޮޅުހަދަން ނުކެރުނެވެ. އެހެންކަމުން ޝާޒިޔާއާއި އެކީގައި ގެއަށް ވަދެގެން ދިޔައެވެ.
”ދަރިފުޅާ ދޭބަލަ ނާއިރާ ގެއަށް ލާފަ އަންނަން…..”
ޝާއިންއައިސް ގެއަށް ވަތްތަން ފެނިފައި ރިޔާޒް ބުނެލިއެވެ.
”ނޫން އޯކޭ ވާނެ އެކަނި ހިނގާލާފަ ގޮސްފާނަން…..އެހެންނޫނަސް ގެއެހާ ދުރެއްވެސް ނޫނެއްނު….”
ނާއިރާ ހިތާހިތުން ޝާއިންއާއި އެކު ދާން ބޭނުންވިއަސްވެސް ދެކޮޅުހަދާލިއެވެ. ނަމަވެސް ރިޔާޒްއާއި ޝާޒިޔާ ދެވަނަފަހަރަށް އެހެންބުނުމުން ނާއިރާ އެކަމަށް އެއްބަސްވިއެވެ.
”ކީއްވެ އަހަންނާ އެއްކޮށް ނާންނަން ވެގެން އުޅުނީ؟…”
ގެއަށްދިޔަ މަގުމަތީގައި އެންމެފަހުން ޝާއިންއަށް ނުހުރެވިގެން އަހައިލިއެވެ.
”ކަމެއް ވެގެނެެއްނޫން…..”
ނާއިރާ ބުނެލި ޝާއިންއާއި ދިމާއަށް ބަލާލުމެއްވެސް ނެތިއެވެ. ޝާއިން ކުށްލިއަކަށް ނާއިރާގެ އަތުގައި ހިފާ ޝާއިންގެ ގަޔާއި ދިމާއަށް ލުތްކެއްޖަހާ ދަމާލީ ނާއިރާ މިފަދަ ކަމަކަށް ނުވިސްނައި ހުއްޓައެވެ. ނާއިރާ ގޮސް ޖެހުނީ ޝާއިންގެ ގައިގައެވެ. އޭރު ނާއިރާ މެންނަށް ތިބެވުނީ ފެހިވިނަ ގޭގެ ކުރިމަތީގައެވެ.
”ލެޓްސް ސީ…..ކިހާ ދުވަހެއް ވަންދެންތޯ އަހަންނާ ދުރުގަ ހުރެވޭނީ……އަހަންނަށް ހަމަ ގައިމުވެސް ވަރަށް އުނދަގޫ ދުރުގަ ހުންނަން….”
ނާއިރާގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ޝާއިން މަޑުމަޑުން ބުނެލިއެވެ. ނާއިރާއަށް ދެލޯމަރާލަމުން އިސްޖަހިލެވުނީ ގަތް ލަދުންނެވެ. ނާއިރާ ހިނިތުންވެލަމުން ޝާއިންގެ މޭގައި އަޅައި ދުރަށް ކޮށްޕާލަމުން ދުވެފައި ގޮސްގެއަށްވަނެވެ. ޝާއިންވެސް ހިނިތުންވެލަމުން ގެއާއި ދިމާއަށް ހިނގާގަތެވެ. ނާއިރާ ގޭގެ ދޮރާށީގައި ލެގިލައިގެން ހުރިއިރުގައި ހިތްތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. ނާއިރާ ދެފަރާތަށް ބޯހޫރާލަމުން ގެއަށް ވަދެގެން ދިޔައީ ހިނިތުންވެލައިގެންހުރެއެވެ. ހަވީރުގެ ވަގުތެވެ. ޝާޔަން އަތިރިމަތީގައި އިނީ ނައިލްގެ އިންތިޒާރުގައެވެ. ރަޝާ ޝާޔަން އެކަނި އެތާގައި ބައިންދައިފައި ދިޔައީ ވަރަށް އަވަހަށް ތަނަކަށް ދާންޖެހިގެނެވެ. މީ ޝާޔަން އެކަނި އިން ފުރަތަމަ ފަހަރު ނޫންކަމުން ޝާޔަން އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ.
”ހޭ ޝާޔަން……”
އެއިވިގެން ދިޔައީ ޝާޔަންއަށް އެހެންނާ އިވިފައިވާ އަޑެއްނޫނެވެ.
”ކާކު؟….”
”އަމް…..އާރްވް……”
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

މަންޒިލް ހިތް އެދޭ… 3

Next

ބުނާށެ ލޯބި ނުވަނީހޭ….32

Next
May 25, 2019

ބުނާށެ ލޯބި ނުވަނީހޭ….32

Previews
May 24, 2019

މަންޒިލް ހިތް އެދޭ… 3

24 Comments!

  1. Sisis says:
    May 24, 2019 at 6:48 pm

    Reethi❤️

    1. InaaSh says:
      May 24, 2019 at 11:08 pm

      Jazakillah khairan ?

  2. nonni says:
    May 24, 2019 at 6:51 pm

    alhe dhn kihinehbaa vrny? i’m so curios to know that. avahah up kohdhehchey plxx dhn kudakoh dhigu kohla dhehchey.

    1. InaaSh says:
      May 24, 2019 at 11:09 pm

      Insha allah balaanan dhigu kohladheweytho ?

  3. Shix says:
    May 24, 2019 at 6:54 pm

    Mi first dhw… V reethi mi part vxx… Dhn koniraku aneh prt up kuranii.. I am waiting.. ??

    1. InaaSh says:
      May 24, 2019 at 11:09 pm

      Jazakillah khairan ? insha allah vee haa ves awahah up kohladheynan

  4. Ibsha says:
    May 24, 2019 at 9:16 pm

    Varah reethi..alhe dhen kihinehvaany

    1. InaaSh says:
      May 24, 2019 at 11:09 pm

      Jazakillah khairan ?

  5. jiji says:
    May 24, 2019 at 9:44 pm

    I am so so curious❤…vv rythi mi part❤.. n plc avahah upkohdhyba ingey❤..Can’t wait to c wats gonna b happen next❤…I think Naill ais shaayan save kuraanehn❤…Luw yuh

    1. InaaSh says:
      May 24, 2019 at 11:10 pm

      Hehe.. jazakillah khairan ?

  6. ?@m¡n@t#? says:
    May 24, 2019 at 11:25 pm

    When next part☺️☺️Maasha Allah☺️mi part ves Vrh Reethi can’t wait what’s gonna happe☺️

    1. InaaSh says:
      May 26, 2019 at 3:08 pm

      Jazakillah khairan ?
      Insha allah soon

  7. @m¡n@t# says:
    May 24, 2019 at 11:34 pm

    Maasha Allah….. Vrh avahah up kohdheeba next part plx ❤️

    1. InaaSh says:
      May 26, 2019 at 3:08 pm

      Insha allah ?

  8. ފާތުމަތު says:
    May 25, 2019 at 11:16 am

    Aarav ❤❤

    1. InaaSh says:
      May 26, 2019 at 3:09 pm

      ?

  9. Amin says:
    May 25, 2019 at 11:16 am

    Vv reethi baiwes ?

    1. InaaSh says:
      May 26, 2019 at 3:09 pm

      Jazakillah khairan ?

  10. Reader? says:
    May 25, 2019 at 11:17 am

    Cant wait to read next part… please upload it soon…. ?

    1. InaaSh says:
      May 26, 2019 at 3:10 pm

      Insha allah ?

  11. Anonymous says:
    May 25, 2019 at 4:42 pm

    Inaash I know everything thy zidhaan girl friend dhw don’t lie.zidhaan bunny ma kairy…think and think

    1. Noor says:
      May 25, 2019 at 9:49 pm

      Mee dhen wahaka kiya site ehga liyan keekey tha? Thi zidhaan akah bodah igayny… ehen nunas writerge zaathy kanthaka beheny keekuran… ?

  12. eesh says:
    May 26, 2019 at 5:57 am

    loabi ey alhey

    1. InaaSh says:
      May 26, 2019 at 3:10 pm

      Jazakillah khairan ?

Comments are closed.

Next Episodeމާޒީ (ނަވާރަވަނަބައި)←


All Right Reserved!