ޔާރާ – 2
“ރޫމީ ލައިލް… އަހަރެން ދުނިޔޭގަ މިހުރީ މިދުވަސް ދެކެންތަ؟…” މަންމަގެ ރުއިމުގެ އަޑު ޖެހުމާއެކު އަހަން ހުރި ފިޔަވަޅު މަތީގައި ތަތްލި ކަހަލައެވެ.
“ރޫމީއަށް އެނގޭތަ ކީއްވެކަން ހުރިހާ ކަމެއް ގޯސްވީ…”
“ބޭނުމެއް ނޫން ބަލާކަށް… މަށަށް އެނގެނީ ކަލޭ މައިރާއާއި ދޭތެރޭގަ ކަންތައް ކުރީ ރަނގަޅަށް ނޫންކަން…” ރޫމީ އަހަރެން ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ނިކުމެގެން ހިނގައްޖެއެވެ. މައިރާގެ ނަން ބުނުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ރޫމީ ތިރިވެ މަންމަގެ އަތުގައި ހިފައި ނަގަމުން އެތަނުން ނިކުންނަން ހިނގައިގަތެވެ. އަހަރެން އަދިވެސް ހުރީއެވެ. އެންމެން ނިކުމެގެން
ހެނދުނު ހޭލައިގެން އަހަރެން އެންމެ ފުރަތަމަވެސް ދިޔައީ ތިރިއަށެވެ. ނަމަވެސް މަންމަ ވާހަކައެއް ނުދެއްކިއެވެ. މޫނު ހަދައިގެން ހުރެފައި ސައިބޯން އަންނަ ބުންޏެވެ. ނަމަވެސް ރޫމީ އައުމުން އެތަނުން ނިކުމެގެން އައީއެވެ. މިވަގުތު އަހަރެން ރޫމީ ފެންނަ ހިސާބުގައި ހުންނަން ބޭނުމެއް ނޫނެވެ. ހޮސްޕިޓަލްގެ ކުރިމަތީގައި އަހަރެން މަޑުކޮއްލައިގެން ހުރީ މިޝިޔާ އަންނަން ދެނެވެ. މިއަދު ޑިއުޓީ ފެށުމުގެ ކުރިން އަހަރެން ނިންމީ މިޝިޔާއާއިއެކު ކޮފީއަކަށް ދާށެވެ. ޖެހުނު ފުރަތަމަ ވަރިރޯޅިއާއިއެކު އަނެއްކާވެސް އަހަރެންގެ ނޭފަތުގައި ހަރުލީ ކުރިން ދުވަހު ދުވި ވަހެވެ. ތެޅި ގަނެފައި އަހަރެން ވަސް އައި ދިމާލަށް ބަލައިލީމެވެ. އަވި ބާރުކަމުން އަހަރެންނަށް ރަނގަޅަށް ލޯވެސް ނުހުޅުވެއެވެ
ހޮސްޕިޓަލުގެ ގޭޓުން އެތެރެއަށް ވަތް އަންހެން ކުއްޖާގެ އެބުޅި އިސްތަށިގަނޑަށް ނަޒަރު އަހަރެންގެ ސީދާވިއެވެ. ވަގުތުން ދެލޯ ބޮޑުވީ އެމޫނު ފެނިފައެވެ. އެއީ މައިރާ ނޫން ދެވަނަ މީހެއް ނޫނެވެ. ފުރޮޅުލީ ގޮނޑިއެއް ދުއްވަމުން އައި އަންހެން މީހާ އަތުގައި ހިފަހުން މައިރާ ގާތަކުގެ މަތީގައި ކަކޫ ޖަހާލި ގޮތުން އަހަންނަށް ހެވުނެވެ. އަދިވެސް މައިރާގެ އެއާދަ ނުކެނޑެއެވެ. ނަމަވެސް މައިރާ ނަރުހަކަށްވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. މައިރާއަކީ ދޮންކުއްޖެއް ނޫނެވެ. އޮޅަލި ކުލައެއްޖެ ހަންގަނޑެއްގެ ވެރި ކުއްޖެކެވެ. ނޫނެކެވެ. ބޮޑަށް އަހަރެން ބުނާނީ މައިރާ ގައި ހުންނަނީ މާމުއި ކުލައެވެ. މައިރާގެ އެންމެ ރީތި އަނެއް ސިފައަކީ އެދިގުދިގު ބުޅި އިސްތަށިގަނޑެވެ. އަހަންނަށް އެމޫނަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. މައިރާ ކޮޅަށް ތެދުވުމުން އެތަނުގައި ތިބި އެންމެންގެ ލޯ މައިރާއަށް ސީދާވިއެވެ. އެދެކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން އެމޫނު އިތުރަށް ފުރިހަމަ ކުރުވިއެވެ. މައިރާ ފޯނަށް ބަލާލަމުން އެމުސްކުޅި މީހާގެ ބޮލުގައި ފިރުމާލަމުން އެތެރެއަށް ހިނގައި ގަނެއްޖެއެވެ.
އަހަރެން ފިޔަވަޅުތަށް އަވަސް ކޮއްލަމުން މައިރާގެ ފަހަތުން ހިނގައިގަތީމެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން މައިރާ ގޮސް އެރީ އެންމެ ކައިރިން ޖެހިގެން ހުންނަ ލިފްޓަށެވެ. ކަން ދިމާކުރި ގޮތުން ލިފްޓަށް އެއްވެސް މީހަކު ނާރައެވެ. އަހަރެން އިސްޖާހަލައިގެން އިނދެ އައިސް މަޑުކޮއްލީ މައިރާގެ ފުރަގަހުގައެވެ. މައިރާ އެންމެ ފަހަރަކު ފަހަތަށް އެނބުރި ބަލައެއް ނުލައެވެ. ކުރިއަށްވުރެ ހިކިފައި ހުރިއިރު އަދިވެސް އަހަރެން ހިތަށް އަރަނީ މައިރާ ނަރުހަކަށް ވީމައެވެ. މިއީ މައިރާ އެއްވެސް ވަރަކަށް ކުރަން ބޭނުންވި ކަމެއް ނޫނެވެ. ކުރީގެ މައިރާއޭވެސް މީހަކު ނުބުނާނެއެވެ.
“މަމި ހުއްޓު ހޮސްޕިޓަލު ލިފްޓެ…. ފަހުން ގުޅަންނެ…..” (މަމި ހުރީ ހިސްޕިޓަލް ލިފްޓު ފަހުން ގުޅާނަން) މައިރާގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށްއައީ މާމުއި ފަދައިންނެވެ. އެހައިވެސް ފޮނި ކޮންނެވެ. މައިރާ ރަށު ބަހުން އެހެން ބުނެލި ގޮތުން އަހަރެން ހީލީމެވެ. ކުރިން މައިރާ ލާމު ކިޔާ ގޮތުން އަހަރެން ވަރަށް ދިމާކުރީމެވެ.
“ހާނ… މިރޭ ޑިއުޓީ ނިމެންނައު އަޓެއް ޖަހަނެ ވޭލެ….” (މިރޭ ޑިއުޓީ ނިމެނީ އަށެއް ޖާހާއިރު) މައިރާ އަނެއްކާވެސް ރަށު ބަހުން އެހެން ބުނެލުމުން އަހަރެން ހީލީމެވެ. އާންމު ގޮތެއްގައި ރަށުބަހުން މައިރާ ވާހަކަ ދައްކައި އުޅެނީ އޭނާގެ މަންމައާއި ކޮއްކޮއާއި އެކަންޏެވެ.
ފޯނު ތިރިކޮއްލަމުން މައިރާ ގަޑިއަށް ބަލައިލިކަން އަހަންނަށް ފާހަގަ ވިއެވެ. އަހަރެންގެ ނަޒަރު ސީދާވީ މައިރާގެ ބުޅި އިސްތަށިގަނޑަށެވެ. ޗޮކްލެޓް ކުލައިގެ އެ އިސްތަށިގަނޑު މިހާރު ކުރިއަށްވުރެ ދިގެވެ. ފަހަތަށް އައްސާލާފައި ވާގޮތުން އެކަރުމަތީގެ ލޯލިތަށް ފެންނަން ހުއްޓެވެ. ލިފްޓްގެ ދޮރު ހުޅުވުނު އިރުގައިވެސް އަހަންނަށް ނޭނގުނެވެ. ދޮރުމަތީގައި ހުރި މިޝިޔާ މިވަގުތު އަހަންނަށް ފެނުނީ ބިރުވެރި އެއްޗެއް ފެންނަ ގޮތަށެވެ. އެއީ މިޝީޔާ އިން ގޮތުން ހީވަނީ ދެންމެ ދެންމެ އަހަންނަށް ގޮވައިލަ ފާނެ ހެންނެވެ. އެއީ އަހަރެން މިވަގުތު ބޭނުންވާ ގޮތެއް ނޫނެވެ. ހުޅުވިގެން ދިޔަ ދޮރުން މައިރާ ނިކުމެގެން ދިއުމުން އަހަރެން ހިނިތުން ވެލީމެވެ. މިވީ މާރަނގަޅަށެވެ.
“ލައިލް……” މައިރާ މިޝިޔާއާއި އަރައި ހަމަވުމާއެކު މިޝީޔާ ގޮވާލިއެވެ. މައިރާ ހީވީ ހުރި ފިޔަވަޅު މަތީގައި ގަނޑު ވިހެންނެވެ. އަހަރެން ދަތްޕިލަ ޖައްސާ ބާރުކޮއްލަމުން މިޝިޔާއަށް ބަލައިލީ ރުޅިއައިސްފައެވެ. މިޝިޔާ ބުމަ ކައިރި ކޮއްލަމުން ލިފްޓަށް އަރަން ހިނގައިގަތެވެ. މައިރާ ކުއްލިއަކަށް ފަހަތަށް އެނބުރުނު ގޮތުން އަހަރެން ނޭވާ ހާސްވިއެވެ. އެލޮލުން ބަލަންހުރި ގޮތުން ހީވަނީ ޤަބޫލު ނުކުރެވިފައި އިންހެނެވެ. ލިފްޓްގެ ދޮރު ލެއްޕެން ދިއުމާއެކު އަހަރެން ކުރިއަށް ފިޔަވަޅެއް އަޅައިލީމެވެ. ތެޅި ގަނެފައި މައިރާ އަނެއް ފަރާތަށް އެނބުރި ބާރަށް ހިނގައިގަތެވެ.
“ޔާރާ….” އަހަރެން މަޑުމަޑުން ބެލެވުނެވެ. ލިފްޓްގެ ދޮރު ލެއްޕެންދެން އަހަރެން މަޑުކޮއްލައިގެން ހުރީމެވެ. ދެން ފުން ނޭވާއެއް ދޫކޮށްލަމުން މިޝިޔާއަށް ބަލާލަމުން މިޝިޔާގެ އަތް ނައްޓުވައިލީމެވެ.
7 އަހަރު ކުރި
މައިރާ
ބައްޕައާއިއެކު ސުކޫލު ކައިރިއަށް ދެވެންދެން އަހަރެން އިނީ ފިނިވެފައެވެ. ސައިކަލު ފަހަތުގައި އިންއިރުވެސް ބައްޕަ ދޭތެރެއަކުން އަހަންނަށް ބަލާލައެވެ. އަދި ހީލަމުން އެއްވެސް ކަމެއް ނޫން ކަމަށް ބުނެއެވެ. އޭލެވެލް ކިޔަވަން އެހެން ސުކޫލަކަށް އަންނަން ޖެހުމުން އަހަރެން މިއަދު މާ ބޮޑަށް ހިތް ނުތަނަވަސް ވަނީއެވެ. ކުރީގެ ކުލާހުން އަހަރެން ދަންނަ އުޅެނީވެސް އެންމެ ކުއްޖެކެވެ. ދިހައެއް ނިންމާފައި އޭނާ ދިޔައީ ރާއްޖެއިން ބޭރަށެވެ. ބައްޕަ އާދޭސް ކުރުމުންވެސް އަހަރެން މިކޮޅުގައި މަޑުކުރީއެވެ. މަންމަ ގުޅުމުން ފޯނު ނަގާފައި އަހަރެން ވާހަކަ ދައްކާފައި ދަބަހަށް ފޯނު ލީމެވެ. ސައިކަލުން ފައިބައި އަހަރެން ވަށައިގެން ބަލައިލީމެވެ. ކުދިންތައް ގިނަ ކަމުން ގޭޓުވެސް ފެންވަރެއް ނޫނެވެ. އަހަރެން ވަގުތުން ހާސްވިއެވެ. ނަމަވެސް ހުރިހައި ހާސްކަމެއް ފިލައި ދިޔައީ ބައްޕަ ބޮލުގައި އަތް ޖައްސާލުމުންނެވެ.
“މައި…. ދަރިފުޅު ތީ މޮޅު ކުއްޖެއްނު… އޯ.ކޭ ވާނެ….” ބައްޕަ އެހެން ބުނެފައި ހީލައިފިއެވެ.
“ބައްޕަ ތިހެން ބުނާނެ… ބައްޕަތަ ބަލާ އަންނާނީ އަޅުގަނޑު..” ބައްޕަ ބޯ ޖަހާލިތަން ފެނިފައި އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. މަންމަ އަތުވެއްޖެ ނަމަ ކަންތަކާއި ޖެހުނިއެވެ. އެއީ ހަމަ އެއްވަނައިގެ ޑްރާމާ ކްއީންއެވެ.
ފިޔަވަޅުތައް އަވަސް ކޮއްލަމުން އަހަރެން އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. ކުދިން ގިނަކަމުން އަހަރެން ހިނގާފައި ދިޔައީވެސް ވަރަށް މަޑުންނެވެ. އަތުން ދެފޮތް ހިފައިގެން ހުރިއިރު ބައެއް ފަހަރު ކުރިއަށް ދާންވެސް އަހަރެން ބިރުގަނެއެވެ. އެހައިވެސް ކުދިން ގިނައެވެ. ކައިރި ކައިރީގައި ފިޔަވަޅު ނަގަމުން އައިސް އަހަރެން ގޭޓުން ވަންނަމުން ފަހަތަށް ބަލައިލީމެވެ. އޭރު ބައްޕަ ހުރީ އަހަންނަށް ބަލަހައްޓައިގެންނެވެ. މިވީ ސަތާރަ އަހަރު ތެރޭގައި ބައްޕަ އެހެން އަހަރެން ސުކޫލަށް ވަންނަން މަޑުކުރި މީ ފުރަތަމަ ފަހަރެވެ. އަހަރެން ހިނިތުން ވެލުމުން ބައްޕަ ސައިކަލަށް އަރައި ދުއްވާލިއެވެ. ކުއްލިއަކަށް ފަހަތުން އައި ކުއްޖެއް އަހަރެންގެ ގައި ޖެހުމުން އަހަރެންގެ އަތުން ފޮތްތައް ވެއްޓުނީ ބިންމައްޗަށެވެ.
“ފަލަ ވިއަސް ބަލައިގެން އުޅެވި ދާނެ އެއްނު…” ފޮތްތައް ނަގަން ތިރިވިއިރު އެހެން ބުނިއަޑު އަހަންނަށް އިވުނެވެ. އަދި ކުރިމަތީގައި ގައި ފިރިހެން ކުއްޖެއް ހުރިކަންވެސް އަހަންނަށް ފާހަގަވިއެވެ. އަހަރެންގައި ފަންސާން ފަސް ކިލޯ ހުރެފައި ފަސްފޫޓޫ ހުރުމުން އަހަރެން ހީވަނީ އުމުރުގެ އެހެން ކުދިންނަށްވުރެ ފަލަ ކުއްޖެއް ހެންނެވެ. ނަމަވެސް މަންމަ ކިޔާވަރުން މިހާރު އަހަރެން މިދަނީ ޑައިޓް ޕްލޭންނެއް ފަށައިގެންނެވެ.
“ސޮ…” ތެދުވެފައި އަހަރެން އުޅުނީ މާފަށް އެދޭށެވެ. ނަމަވެސް ދުލުން އިތުރަށް އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. ކުރިމަތީގައި ހުރި ފިރިހެން ކުއްޖާއަކީ ފުރިހަމަ ކަމެވެ. ކަޅުކަން ގަދަ އިސްތަށިގަނޑާއި ވަރުގަދަ ބުމައާއި އެއަޅި ކުލައިގެ ކަޅިން އެލޮލުގެ ރީތިކަން އިތުރު ކޮއްދެއެވެ. ދޮންކަމުން ގޮސް އޭނާ ހީވަނީ އަވީގައިވެސް ދިލިފައިވާ ހެންނެވެ. އެހެން ޒުވާނުންނާއި ހިލާފަށް މި ޒުވާނާގެ ބައިމަތި ފުޅަލެވެ. ހީވަނީ ވަރަށް ކަސްރަތު ކުރާހެންނެވެ. ޖީބަށް އަތް ޖަހާލައިގެން ހުރިއިރު އަހަންނަށް ބަލަންހުރީ ރުޅި އައިސްފައެވެ.
“ކަލޭ ނާންނަންތަ ތިހުރީ…” ދުރުން އިތުރު ފިރިހެން ކުއްޖެއް ގޮވަލުމުން ކުރިމަތީގައި ހުރި ފިރިހެން ކުއްޖާ އެދިމާލަށް ހިނގައިގަތެވެ. އަހަންނަށް ބަލަން ހުރި ގޮތުން ހީވަނީ ވަރަށް ރުޅިއައިސް ފައި ހުރިހެންނެވެ. ކީއްވެކަމެއް ނޭނގުނެވެ. ކޮންމެވެސް ސަބަބަކާއިހުރެ މިޒުވާނާ ބައްޕައާއި ވައްތަރު ވެއްޖެއެވެ. ބައްޕަގެވެސް ހުންނަނީ ހަމަ އެކަހަލަގެ ކަޅިއެކެވެ. ނަމަވެސް އެއްވައްތަރު ކަޅި ހުރެދާނެއެވެ. އަހަރެން ބޯ ހޫރާލަމުން ދުރަށް ހިނގައިގަތީމެވެ.
ފުރަތަމަ ގަޑި ނިމުނީމައި އަހަރެންމެން ކުލާހު ކުދިންނަށް ހުސްކޮށް އެއްގަޑީރު ލިބުނެވެ. އަހަރެންވެސް ކުދިންނާއި ނިކުމެ ހޯލުގައި ހުރި ބެންޗް ތަކުގައި އިށީނީމެވެ. ދަބަހުން މައިލޯ ޕެކެޓެއް ނަގަމުން އަހަރެން އޭގައި އިން ހޮޅި ނައްޓާލަން އުޅުނީމެވެ. މާބަރަށް ދަމައި ގަނެވުމުން ހޮޅި އަތަށް ދީފައި ޕަކެޓު ދިޔައީ ބުރައިގެންނެވެ. އަވަހަށް ތެދުވެ އަހަރެން ފަހަތަށް ބަލައިލީމެވެ. ފަހަތުގައި ހުރި އަންހެން ކުއްޖާ ހުރީ އަނގައަށް ގޮތެއް ހަދާލަމުން އައިސް އަހަރެންގެ ކުރިމަތީގައި ހުރި ބައިގައި އިށީނެވެ. އަދި ހިނިތުންވެލިއެވެ. ކުއްޖާ ހިނިތުން ވުމުން އަހަރެން ދެލޯ ބޮޑުކޮއްލީމެވެ. މާޝާﷲ ހާދަ ރީތި ކުއްޖެކެވެ. އަހަރެން ހިނިތުން ވެލުމުން ކުރިމަތީގައި އިން އަންހެން ކުއްޖާ ޕަކެޓު ދިއްކޮށްލަމުން ހީލިއެވެ.
“ފަނާން…” ދުރުން އައި ފިރިހެން ކުއްޖާ ފަނާންގެ ބޮލުގައި ދަބަހުން ޖަހާލަމުން އަހަންނަށް ބަލާލިއެވެ. ކުއްލިއަކަށް އަހަރެންގެ ލޯއަމާޒުވީ ޒުވާނާ ކައިރީގައި ހުރި މީގެ ކުރިން ދެކުން ޒުވާނާއަށެވެ. އޭނާ ހުރީ ހެޑްސެޓް ޖަހައިގެންނެވެ.
“ރޫމީ….” ފަނާން އިސްތަށިގަނޑު ރީތި ކޮއްލަމުން ރޫމީއަށް ލޯއަޅާލިއެވެ. ރޫމީ އަހަރެންނަށް ބަލާލަމުން ހީލިއެވެ. ރައްދުގައި އަހަރެންވެސް ބޮޑަށް ހީލީމެވެ. ވަގުތުން ރޫމީ ހުރިފިޔަވަޅު މަތީގައި ގަނޑުވި ކަހަލައެވެ. ފަނާންއާއި ރޫމީ ދެލޯ ބޮޑުކޮއްލަމުން އަހަންނަށް ބަލާލި ގޮތުން ހީވީ ކުށެއް ކޮއްގެން ބަލަން ތިބި ހެންނެވެ.
“އޯ….ކޭ…. ސީ ޔޫ ފަނާން…” ރޫމީގެ ލޯ އަދިވެސް ހުރީ އަހަރެންގެ މޫނަށެވެ. އަހަރެން އިސް ޖަހާލަމުން ހޮޅީގައި ތުން ޖަހަމުން ފަނާންއަށް ބަލައިލީމެވެ.
ރޫމީއާއި ދެން ހުރި ޒުވާނާ ގޮސް އިށީނީ އަހަރުމެންގެ ކުރިމަތީގައި ހުރި ބެންޗު ތަކުގައެެވެ. އަހަރެން ކުރަހާ ފޮތް ނަގައިގެން ދުރުގައި ހުރި ގަސް ކުރަހަން ފެށީމެވެ. ފަނާން ދެމިނެޓުން ކޮންމެވެސް ވާހަކައެއް ދައްކައެވެ. ވަރަށް ހިތްހެޔޮ ކުއްޖެކެވެ.އަހަރެންވެސް ބެލީ ވީ ވަރަކުން ވާހަކަ ދެއްކޭތޯއެވެ. ކުއްލިއަކަށް އަހަރެންގެ ލޯ ދަތުރު ކޮއްލީ އަހަރެމެން ކައިރިއަށް ހިނގާފައި އައި ރޫމީމެންނަށެވެ. ރޫމީއާއި ދެން ކައިރީގައި ހުރި ފިރިހެންކުއްޖާ ހީވަނީ އެއްމާބަނޑު ދެބެން ހެންނެވެ. ވަރަށް ވައްތަރެވެ. ތަފާތަކީ ރޫމީ ކައިރީގައި ހުރި ފިރިހެން ކުއްޖާގެ ކަޅީގައިވި އަޅި ކުލައެވެ. ރޫމީގެ ހުރީ ކަޅު ކުލައެވެ. އަދިވެސް އޭނާ ހުރީ ހެޑްސެޓް ޖަހައިގެންނެވެ. ފަނާންއަށް ބަލާލަމުން ހީލިއެވެ. އިތުރު މީހަަކަށް ނުބަލައެވެ. ފޮނިވެސް މީހެކެވެ. އަހަރެން އަޅައެއް ނުލަމެވެ. ދެފިރިހެން ކުދިނސް އިށީނީ ފަނާންއާއި ޖެހިގެންނެވެ.
“ލައިލް…. އެއްކަލަ ރޫޑް މީހާގަނޑުމީ….” ފަނާން ލައިލްގެ ކަންފަތުގައި އިން ހެޑްސެޓް ނައްޓާލަމުން ފޯނަށް ދަމާލިއެވެ. ވަގުތުން ލައިލް އެންމެނަށް ބަލާލިއެވެ. ވަގުތުން އަހަރެން ފެނުމުން ލައިލް މޫނު ބަނަވެގެން ދިޔައެވެ.
“ކޮން ނަމެއް ކިޔަނީ…” ރޫމީ ބަލަން ހުރީ އަހަރެންގެ ލޮލަށެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ފަނާންވެސް ހުރީ އަހަރެންގެ ނަން އަޑުއަހަން ކެއްމަދުވެފައެވެ. ފޯނު ކައިރިން ވައިބްރޭޓް ވާން ފެށުމުން އަހަރެން އަވަހަށް ނަގައި ކަންފަތުގައި ޖަހައިލީމެވެ.
” ރައްޓެހީނެގާތު މަމި ހުއްޓު ބެންޗު އިދީރެގެން…މަންމާ……..” (ރައްޓެހިން ގާތު މަމި އިނީ ބެންޗު އިށީދެގެން މަންމާ…) މަންމަ އެކޮޅުން ވާހަކަ ދައްކާތީ އަަހަރެން ބުނެލީ ތަންކޮޅެއް މަޑުންނެވެ.
“އަދަ ދިމާވި މީހެނެ…” (މިއަދު ދިމާވި މިހުންނޭ) މަންމަގެ ސުވާލުތަކަށް ޖާވާބުދެމުން އަހަރެން އިސްއުފުލާ ބަަލައިލިއިރު ލައިލް ހުރީ އަހަންނަށް ބަލާށެވެ. ވަގުތުން އަހަރެން އަޑު ބެދުނު ކަހަލައެވެ.
“ކޮންނަމެއްތަ ކިޔަނީ ނިއު ގަރލް؟….” ރޫމީ ބެންޗުގައި ބަނޑު އަޅާލަމުން އެހެން ބުނެލިއެވެ.
“ޔާ .. މައިރާ….” އަހަރެން އިސް ޖަހާލަމުން އެހެން ބުނީ ލައިލް ބަލަން ހުރި ގޮތުންނެވެ. ލައިލްގެ ބެލުމުން އަހަންނަށް އުނދަގޫ މިވަނީ ކީއްވެ ހެއްޔެވެ؟
“ޔާރާއޭ…” ލައިލް ހީލަމުން އެހެން ބުނެލި ގޮތުން އަހަރެން އެމޫނަށް ބަލައިލީމެވެ. އެހައި ފިރިހެންވަންތަ ޒުވާނެއް ދުވަހަކު ނުދެކެމެވެ.
“ސާބަހޭ… މައިރާއޭ އެބުނީ…” ފަނާން އެހެން ބުނުމުން އަހަރެން ފަނާންއަށް ބަލާލަމުން ހީލީމެވެ. ވަގުތުން ލައިލްގެ މޫޑު ސަކާރަތް ވިއެވެ. ބުމަ ކައިރިކޮއްލަމުން އެތަނުން ތެދުވެގެން ހިނގައްޖެއެވެ. އަހަންނަށް ހީވެސް ނުގަނެެވެނީ ހެއްޔެވެ.
“ޔޫ ހޭވް ޑިމްޕީ….” ރޫމީ އަހަރެންެގެ ކޮލަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. އަދި ހީލި ގޮތުން އަހަރެން ލަދު ގަންނަ ގޮތްވިއެވެ. ކުއްލިއަކަށް ފަހަތުން ލައިލް އައިސް ރޫމީގެ ދަބަހުގައި ހިފައި އެތަނުން ނަގައިގަނެގެން ހިނގައްޖެއެވެ. އަހަންނަށް ހުރެވުނީއެވެ.
“އަޅާނުލާ… ލައިލް ވަރަށް އެފާޑުވާނެ…. އެކަމް ހާދަ ރީއްޗޭ… ދީބަލަ ނަންބަރ” ފޯނު އަހަރެންގެ އަތުން ޖަހައި ގަންނަމުން ފަނާން ބުނެލިއެވ. ފަނާންގެ މޫނުގައިވީ މައުނަވީ ހިނިތުން ވުމެކެވެ. އަހަރެންވެސް ހިނިތުން ވެލަމުން އެތަނުން ތެދުވެގެން ކުލާސް ނިމިގެންވެސް އަހަރެން މަޑުކޮއްނުލައި ނިކުމެގެން ދިޔައީއެވެ. މިއަދު އާ ރަހުމަތްތެރިން ލިބުމުން އުފާވިއެވެ. ފަނާން ހީވަނީ ވަރަށް ހިތްހެޔޮ ކުއްޖެއް ހެންނެވެ. މާދަމައި ސުކޫލަށް ދާއިރު ތަންކޮޅެއް ހިތްހަމަ ޖެހޭނެއެވެ. ގެއަށް ގޮސްފައި އެނދަށް އަރައި އޮށޯތުމާއެކު އަހަރެން ނިދި އަންނަ ގޮތްވިއެވެ. ފޯނަށް ބަލަން އޮއްވައި ނިދުނު އިރެއްވެސް ނޭނގެއެވެ.
“މައިރާ….” އަހަންނަށް ހެނދުނު ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. މޫނު މަތީގައި ބާލީސް އަޅަމުން އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.
“މައިރާ… ތެދުވެގަނެހޭ….” (މައިރާ ތެދުވެބަލަ) އަނެއްކާވެސް މަންމަ ގޮވާލި އަޑު އިވުނެވެ. މިފަހަރު ކުރީ ފަހަރަށްވުރެ ބާރަށެވެ.
“ދޮންތާ ހަތެއް ޖަހައިފިއޭ….. ” ލާރާ އެހެން ބުނުމުން އަހަރެން ގަޑި ބަލާލާފައި އަވަހަށް ފާހާނައައި ދިމާއަށް ހިނގައިގަތީމެވެ. މިއަދު ގަނޑި ޖެހޭނެއެވެ.
“ހޭނ… މިއަވަސް ކެރަންނުއޭ…” (އާ.. މިއަވަސް ކުރަނީއޭ) އަހަރެން ރީތި ވެގެން ތިރިއަށް ފޭބިއިރު ބައްޕަހުރީ ތިރީގައެވެ. ލާރާ ދިޔައީ މަންމައާއި އެކުގައެވެ. މިއަދު އަަހަންނާއިހެދު ބައްޕައަށް ލާރާ ސުކޫލަށް ލާން ނުދެވުނީއެވެ.
ސުކޫލަސް ވަދެގެން އައިއިރު އަހަރެންގެ ނަޒަރު ހުރީ ފޯނަށެވެ. މިއަދު މާބޮޑަށް ލަސްވެއްޖެއެވެ. ކުލާސްގަޑި ފެށިގެން ދިޔައިރު ފަނާންގެ މެސެޖެއް އައިސްފައި އޮތެވެ. ނިމިގެން ގޭޓު ކައިރިން ދިމާކުރަން ބުނެފައި އޮތެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. ކުލާހުން ބޭރަށް ނިކުމެފައި މަންމައަށް މެސެޖް ކޮއްފައި ރައްޓެހިންނާއެކު ދިއުމުގެ ހުއްދަ އަހައިލީމެވެ. ނަމަވެސް ޖަވާބެއް ނައެވެ. އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން ގުޅީ ބައްޕައެވެ. ވަގުތުން ސުވާލުތަކާއި ކުރިމަތިވިއެވެ. ނަމަވެސް ބައްޕަ އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. ޝަރުތަކީ ގެއަށް އައިސް އެއްޗެހި ބަދަލު ކޮއްގެން ދިއުމެވެ.
ކްލާސް ނިމުމުން އަހަރެމެން ނިންމީ ވަކި ހިސާބަކުން ދިމާކުރާށެވެ. ފަނާންދިނީ ގެއެއްގެ އެޑްރެހެވެ. ގެއަށް ގޮސް އަހަރެން އަލަމާރި ހާވާލީ ލާނެ އެއްޗެއް ހޯދާށެވެ. މަންމަ ހުރީ ހުރިހާ އެއްޗެއް ދޮވެ ހިއްކަން އަޅައިފައެެވެ. ތިރީ ކަބަޑުގައި އޮތް ގަދަ ނޫކުލައިގެ ޖިންސަކާއި ރަތް ކުލައިގެ ކަރަށް ރަަބަރު ލައްވާފައިވާ މަތިފާޑުގެ އެއްޗެއް ނަގައިގެން އަހަރެން ތައްޔާރު ވެލީމެވެ. އިސްތަށިގަނޑު ފުނާއަޅާފައި އެއްކޮށް ދޫކޮށްލާފައި އޮތްއިރު މަތިން ކުޑަކޮށް ހިފާލައި ގޮތެއް ހަދާލީމެވެ. މަންމަ ކައިރީގައި ދަނީއޭ ބުނެފައި އަހަރެން ނިކުމެލީ ޓެކްސީގައި ދާން ލާރިވެސް ހިފައެގެންނެވެ. ފަނާން ދިން އެޑްރެހާއި ކައިރިވިއިރު އެގޭގެ ގޭޓު ކައިރީގައި ފަނާން ހުއްޓެވެ. އަހަރެން ފޭބުމުން ފަނާން އަތުގެ އިޝާރާތުން އެތެރެއަށް އައުމަށް ބުނެލިއެވެ. ފަނާން ލައިގެން ހުރީ ކުރު ހެދުމެކެވެ. އަހަރެންވެސް ލައިގެން އިނީ ވަކި މާދިގު ހެދުމެއް ނޫނެވެ. ނަމަވެސް އެހެދުމުން ފަނާންގެ ދޮންފަޔާއި އަތް އޮތީ ހާމައަށެވެ.
ގޭގެ ހަވަނަ ބުރިއަށް އެރުނު އިރު އަހަރެންނަށް މާނޭވާ ލެވެން ފަށައިފިއެވެ. ފަނާން ޓަކި ޖަހާލުމާއެކުހެން ދޮރު ހުޅުވައިލައިގިއެވެ. ދޮރުމަތިގައި އިން މެދު އުމުރުގެ އަންހެން މީހާ ހިނިތުން ވެލަމުން އެތެރެއަށް ވަނުމުގެ ދައުވަތު ދިނެވެ. އެތެެރެއަށް އަޅާލި ދުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ޓީޝާޓަކާއި ސޯޓެއް ލައިގެން ކޮޅަށްހުރި ލައިލް ހީވަނީ އެއްޗަކަށް މޮޑެލް ކުރަން ތައްޔާރަށް ހުރިހެންނެވެ. ފެނުމާއެކު ހީލާފައި އައުމަށް ބުނެލިއެވެ. އަހަންނަށް ބަލާވެސް ނުލިއެވެ. ހިތްވެސް މޮޅު މީހެކެެވެ. ދައިވަތު ނުލިބި އައި މީހެއްހެން ހީވުމުން ހިތުގައި ޖެހުނެވެ. ފަނާން ލައިލްއާއެކު މައްޗަށް ދަމުން އަހަރެންގެ އަތުގައި ހިފައި އެމީހުންގެ ފަހަތުން އެރުވިއެވެ.
“މީތަ ލައިލްގެ ބައި… ވާއު…..” ފަނާން އަތްތިލަ ބަޑި ޖަހާލާފައި އައިސް އަހަރެންގެ ގައި ބައްދާލަމުން ލައިލްއަށް ބަލާލިއެވެ.
“އެބަ އަންނަން ރޫމީ ގޮވައިގެން……” ލައިލް އެހެން ބުނެފައި ތިރިއަށް ދިއުމުން އަހަރެން ބަލައިލީމެވެ. އެމޫނުން އަހަންނަށް ރުޅިވެރިކަން ނޫން އިތުރު އެއްޗެއް ނުފެނުނެވެ.
“ޔާރާ…” ފަހަތުން ރޫމީ އެހެން ގޮވާލުމުން އަހަރެން ސިހިފައި ބަލާލީމެވެ. ކުރިން ދުވަހު ލައިލް އެހެން ބުނިއަޑު އަހަރެން އެހީމެވެ.
“ރޫމީ…” ލައިލް ދަތްކުނޑި ވިކާލިތަން ފެނުމުން އަހަރެން ކުޑަކޮށް ބިރުގަތެވެ. ކުއްލިއަކަށް ފަނާން އަހަރެންގެ ކައިރިއަށް ޖެހި ލައިގެން ހުރި ޖެހުމުގެ ކޮނޑު ތިރިކޮއްލިއެވެ. ސިހުނު ވަރުން އަހަންނަށް ފަހަތަށް ޖެހި ލެވުނީއެވެ.
“އޫނ… ތި ކަހަލަ ހެދުމުގެ ކޮނޑު އިންނާނީ އެހެންނޭ..” ފަނާން ބުނީ ތެދެކެވެ. ނަމަވެސް އަހަރެން އެހެން ނުލާ ކުއްޖެއް ވީމައި ކުޑަކޮށް ލަދުގަންނަ ގޮތްވިއެެވެ. އަހަރެން ފޯނަށް ބަލާލަމުން އަހަރެން ދުރަށް ޖެހިލީމެވެ. ލައިލްގެ ނަޒަރު އަހަންނަށް ހުރކަން ކަން އެނގިގެންނެވެ.
“މައި ކޮން ރަށެއްތަ؟….” ރޫމީއާއި ފަނާން އެއްފަހަރާ އަހާލަމުން ހީލައިފިއެވެ. އަހަރެންވެސް އެމީހުނާއި ބައިވެރިވަމުން ހީލީމެވެ. އޭރުވެސް ލައިލްހުރީ ލޯއަޅައިގެންނެވެ. އަޅެފަހެ މީހަކު އަޖައިބު ނުވާނެ ހެއްޔެވެ.
“ގ.އ. ވިލިނގިލި…” އަހަރެން މަޑުމަޑުން ބުނެލަމުން ހަނދަން ފަށާފައިވާ އެބައިގަ ދެކޮޅަށް ހިނގަން ފެށީމެވެ. އެތަން ހުރީ ވަރަށް ބަންދުކޮށް ހަދާ ކަހަލަ ގޮތަކަށެވެ. ނަމަވެސް ގެ ބޮޑު ކަމުން ރީތިކޮށް ހެދޭނެއެވެ.
“ރޫމީ…. މިތަނުން ބޮޑު ބޮޑު ކުޑަދޮރެއް ހަދަން ވީނު… އޭރުން މުޅި ކޮޓަރި ވަރަށް އަލިވާނެ… ދެން ސިޑިއެއްލާފަ…” އަހަރެން ރޫމީއަށް ބަލާލީމެވެ. ރޫމީ ހުރީ ހުރިހާ ދަތެއް ދައްކާލައިގެންނެވެ. ލައިލްއާއި ރޫމީ ހާދަ ތަފާތެވެ.
“ޔާރާ ބުނި ގޮތެއް ހަމަ….” ރޫމީ ހީލަމުން ލައިލްއަށް ބަލާލިއެވެ.
“ކަލޭގެ ޔާރާއެއް ނޫން އެއީ….” ލައިލްގެ ބަރުއަޑު ކަންފަތުގައި ޖެހުމުން އަހަރެން އެދިމާލަށް ބަލާލީމެވެ. ލައިލް ހުރީ ރޫމީއަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. ރޫމީއާއި ފަނާން މައްޗަށް އަރައިގެން ދިއުމުން އަހަރެން އެތަން ބަލަން ފެށީމެވެ. އަހަރެން ފަހަތުގައި މާބޮޑަށް އަޑުމަޑުހެން ހީވުމުން ފަހަތަށް ބަލާލީމެވެ. ވަގުތުން އަހަރެންގެ ނޭވާ ހާސްވިއެވެ. ލައިލް އައިސް ހުރީ އަހަރެންގެ ފަހަތުގައެވެ.
“ޔާރާ…..” ލައިލް އަހަރެންގެ އިސްތަށުގަނޑަށް އަތް މަހާލުމުން އަހަރެން ފަހަތަށް ޖެހިލެވުނެވެ. ލައިލްމީ ކޮންކަހަލަ މީހެއް ހެއްޔެވެ.
“މައި…. މައިރާ……….” އަހަރެން އުނދަގުލުން އެހެން ބުނެލުމުން ލައިލް ހިނިތުން ވެލިއެވެ. ލައިލް ހީލިއެވެ. އެއަޑު ކަންފަތުގައި ޖެހިލުމުން އަހަރެން ހުރިހާ ހިއްސެއް ހުއްޓުނެވެ.
“ނޫން…. މައިރާ މާދިގު ނަމެއް… ޔޫ އަރ ޔާރާ….” ލައިލް އެހެން ބުނެލުމުން އަހަރެން ފަހަތަށް ޖެހިލީމެވެ. ބިރުން ހުރި ވަރުން އަހަރެން ޖެހުނީ ފާރުގައެވެ. ލައިލް އަހަރެންނާއި ކައިރިވަމުން މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.
“ލަ… ލައި…….” އަހަރެން އުޅުނީ ދުރަށް ޖެހޭށެވެ. ނަމަވެސް ލައިލްގެ އިތުރަށް ކައިރި ވުމުން އަހަރެން އެތެރޭގައި ނޭވާ ހިފަހައްޓާލީމެވެ. މަތިން ރޫމީ ގޮވާލުމުން އަހަރެން ހީލާފައި ރޫމީއަށް ބަލައިލީމެވެ.
“ދޯސް ޑިމްޕަލްސް………..” ލައިލް އެހެން ބުނެފައި އިނގިލި ޖައްސާލީ ކޮލުގެ އަޑިވެފައިވާ ތަނުގައެވެ. އަދި އިތުރަށް އަހަންނާއި ކައިރިވެލިއެވެ. އެހަށިގަނޑުގެ މީރުވަސް އޭރު އަރައެވެ. ކުއްލިއަކަށް ލައިލް އަހަންނާއި ދުރުވެލިއެވެ. އެމޫނުން ފެންނަން ހުރީ މީގެ ކުރިން ފެންނަން ހުރި ރުޅިވެރިކަމެވެ. އަޖައިބެކެވެ. ދެން ލައިލް އަމިއްލައަށް ރުޅި އައިސް އައިސްފައި އުޅުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. ސިޑިން މައްޗަށް އަރައިގެން ދަމުން ލައިލް ފަހަތަށް އެއްފަހަރުވެސް ބަލައެއް ނުލައެވެ.
ނުނިމޭ
13 Comments!
Comments are closed.
Nice wowww perfect hama…?????
When next part???? I can’t waittt
By tha way text pert little long kohlahchey igey??????
Okay i will work on it enge ☺️?
Ninnu finally got the story
❤️
Ninnu dear… vvvv reethi mi prt.. ?????Alhe thankolheh avahah nxt prt up kohdhehchey… waiting??
Awww???????..sweet Ninnu lwbs❤❤???????..vrh vrh rythi mi prt vx..kon irakun nxt prt upkohladheyny sis..I can’t wait anymore..hehe?????
Reethi ^-^ avahah up kurahchey 🙂
Ninnu… This part is also very beautiful… May allah grant u with a bright future…
Ninnu ge hurihaa vaahaka eh vx vrh reethi… Huvafenuge raanee kee iru innan jeheny neyvaa hifahattaa lain..❤❤ninnu ge first vaahaka in vx haa ninnu ge fan akah vejje..???Ma Sha Allah?
No offence inge..but mi vaahaka vaanuvaa eh neynge..ehbai faharaku aharennaky mairaa ah eba vey anehbai faharu aharennanky lail ah ves eba vey..??.. mee kihineh vaa kameh? Plx explain…ehnve kiyamun dhaairu varah varah confuse vey asslu…konmes ekaku aharennah vebala..ehn noonee 3 vana meehaage nazarihyyain vaahaka liyan veenu..eyrun mi vaahaka asslu varah reethi vaane hen heevany. Mihaar oih gothun varah confuse vey..
And plx meega miulhey meehun thah ves explain kohdheebala. I mean with thier relations.. misaalakah roomi and liyal e ee enbandhu enbafaa dhekudhin dhw? And fanaan e ee roomi ge wife right? There is so much confusion in this story..
Dhn anna part eh ga mi kankan rangalhu vaane kamah unmeedh kuran..??
Dear reader,
mi furathama nazarun genes dhey vaahaka eh.. main leads are lail and maira… mi vaahakaiga annaany ehfaharu lail ge nazarun dhen maira ge nazarun.. ekam mairaa nuny lail jahaafa knme faharakuves fashaany.. ekamah kiyamun dhaairu samaal velavva. furathama part ga ingilavvaane roomy and lail akee ehbandu ehbafaa dheben kamaai adhi fanan aki roomy ge wife kan..
However, some secrets are kept secret. Thank you 🙂
v nice……….kiyaa hithun ki ige …good work
Ohh..thankx for clearing my misunderstanding..?? ..dhn kiyaa iru varah balaanan kaaku ge nazariyya akun thw annany..