ހާސިލް ވުމަށް އެދި ހިތް ރޮނީ 26

- by - 47- December 11, 2018

އީން އަށް ހުރީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް އަސަރު ކޮށްފައި ކަން އެނގި އަލްޔާން އީން ހުއްޓުވަން ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެޅި ފިޔަވަޅާއެު ހުއްޓުން އެރީ ދެލޯ މަރާލާއިގެން ހުރެ ފިސްތޯލްގެ ޓްރިގާއަށް އީން ފިތާލުމުންނެވެ…

************

މަޑުމަޑުން ދެލޯ ހުޅުވާލެވުމާއެކު އީން ވަށައިގެން ނަޒަރު ހިންގާލިއެވެ.އަތުގާ ގުޅާފައި ހުރި އައި.ވީ ގެ ސަބަބުން މި އޮވެވުނީ ހޮސްޕިޓަލް ގައިކަން އެނގުނެވެ. އެއާއެކު އީން ގެ ނަޒަރު ހުއްޓުނީ ދާދި ކައިރީގައި އިށީނދެގެން އެނދުގާ ބޯ އަޅާލައިގެން ދެއަތުގެ ތެރެއަށް އީން ގެ އަތް ލައިގެން ނިދިފައި އޮތް އަލްޔާން ގެ މޫނަށެވެ. މެރިފައިވީ އެދެލޮލުގައިވި މުށިކުލަދަ ދިގު އެސްފިޔަ އެހާ ގާތުން ފެނުމުން އީން ގެ ހިތް ލޯބިން ފުރުނެވެ. އަލްޔާން ފެނުނު ފުރަތަމަ ފަހަރުވެސް އީން ގެ ހިތާ ކުޅެލީ އެހެން ފިރިހެނަކަށް ލިބިފައިނުވާ އެ އާދަޔާ ހިލާފް ރީތި ދެލޮލާ ދިގު އެސްފިޔަތަކެވެ. އެދެލޮލުގައި ބާރުގަދަ ޖާދޫއެއް ވާކަން އީން އަށް ގަބޫލްކުރެވެނީ އަލްޔާން އާ ހަތަރުކަޅި ހަމަވާ ކޮންމެ ވަގުތަކު އީން ގެ ހިތަށް އަންނަ ބަދަލްތަކުންނެވެ. ވިންދު ހުއްޓުމަކަށް ގެނެސް މުޅި ޖިސްމު ގައިދު ކޮށްލާ ފަދަ ޖަޒްބާތުތަކެއް އަލްޔާން އާ ގާތްވާ ކޮންމެ ފަހަރަކު އީން އަށް ކުރެވެއެވެ. ހިތުގައި ރައްކާކުރެވިފައިވީ އަލްޔާން ގެ ލޯބި ހަނދާންތަށް އާވަމުން އީން ގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެމުން ދިޔަ އެ ސިކުންތުކޮޅުގެ ގެ ނިމުން އައީ ޒިން ގެ ހަނދާންތަށް އަވާން ފެށުމާއެކުގައެވެ. އޭނާ ކިޑްނެޕް ކޮށްގެން ގޮސް ޒިން ކުރި ހުރިހާކަމަކާ ދެއްކި ހުރިހާ ވާހކަތަކެއް ހަނދާން ވުމާއެކު އީން އަށް ހިވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. އޭނާގެ އަމިއްލަ ޖިސްމު މުޑުދާރުވެފައިވާ ކަމުގެ އިހްސާސް ކުރެވުނު އިރު ކުށެއްނުކުރި ނަމަވެސް ކުށްވެރި ކަމުގެ އަނދިރި ހިޔާލުން ސިކުނޑި ފުރާލިއެވެ. އޭނާ އަކީ މީހަކު ތުންފުއްސެއްހެން ބޭނުންކޮށްފައި ހުރި މީހެއްކަން އަލްޔާން އަށް އެނގޭނަމަ އެހާ ލޯބިން އަތުގައި ހިފައިގެން ނޯންނާނެކަން ހިތަށް އެރުމާއެކު އީން އަށް ބޭއިޚްތިޔާރުގާ އަތް ދަމާއިގަނެވުނެވެ. އަލްޔާން އޭނާ ދެރަކޮށް އެއްލާލުމުގެ ކުރީން އަމިއްލަ އަށް އަލްޔާން އާ ދުރަށް ދާން އީން ބޭނުންވިއެވެ. އެއްވެސް މީހަކަށް މޫނު ނުފެންނާނޭހެން ފޮރުވި މުޅި ދުނިޔެއަށް ވެސް ފިލަން  ބޭނުންވިއެވެ.

“އީން..އާ ޔޫ އޯކޭ..؟” ލިބުނު ސިހުމާއެކު ކުއްލިއަކަށް ލޯ ހުޅުވުމުން އަލްޔާން ކަންބޮޑުވެފާ ހުރެ ފުއްމައިގެން ތެދުވެ އީން އާ ގާތަށް ޖެހިލަމުން ބާލީހުގައި ދެއަތް ވިއްދާލިއެވެ. “އަހަރެން މަރުނުވީ ކީއްވެ؟..އައި ވޯޒް ސަޕޯޒްޑް ޓު ޑައި؟”  މޫނު އެއްފަރާތަކަށް އަނބުރާލަމުން މާޔޫސް ކަމާއެކު އީން ކޮއްލި ޝަކުވާއިން އަލްޔާން ރުޅިގަދަވެ ބާލިހުގައި ޖަހާލެވުނެވެ.” ވައި ޑިޑް ޔޫ ޑޫ ދެޓް އީން؟ އައި މީން ހައު ކުޑް ޔޫ..ނަސީބެއްނު އެ ޒިން އެއަށް ވަޒަނެއް ނުލާ އިންކަން..ނޫންނަމަ އީން ފަހަތުން މަރުވާނެ އަހަރެން..ކީއްވެތަ އީން ވިސްނާވެސް ނުލާ އެހެން ހެދީ؟ އައި ވޯޒް ރައިޓް އިންފްރޮންޓް އޮފް ޔޫ އީން!!..އީން އަށް ކަމެއް ވި ނަމަ…ހިތަށް ވީ ގޮތް އެވަގުތު.. ބުނެދޭން ވެސް ނޭނގޭ..” ކޮށްފާ ހުރި އަސަރުން އަލްޔާން އަށް ވާހަކަ ދައްކަން ވެސް އުނދަގޫ ވިޔެވެ. އެއާއެކު  މަޑުމަޑުން ތިރިވެލާފައި ފަރާތަކަށް ބަލަން އޮތް އީން ގެ މޫނުގައި މޫނުޖައްސާލިއެވެ.

” ނޫން..ސްޓޭ އަވޭ ފްރޮމް މީ..ދުރަށް ދޭ..އަހަންނާ ކައިރި ނުވާތި..ގޯ..!!” ރުޅިވެރިކަމާއެކު ދެއަތުން އަލްޔާން ގެ މޭގާ އަތް އަޅާކޮށްޕަމުން އީން ތެދުވެ އެނދުގައި އިށީނެވެ. އަލްޔާން އޭނަޔާ ގާތް ވުމުން އީން ކަންފަތުގެ ތެރޭގައި ގުގުމާލީ ޒިން ގެ ހުނުމުގެ އަޑެވެ. އޭނާ ބުނި ބަސްތަކެވެ. ހިޔާލަށް އައީ އޭނާ ކުރީމޭ ބުނި ކަންތަކެވެ. އެއާއެކު އީން ގެ އިހްސާސްތަށް އަނެއްކާވެސް ކޮންޓްރޯލުން ނެއްޓި މުޅިގައިގައި ދެއަތް ހާކާ ފޮހެމުން ބާރުބާރަށް ރޯން ފެށިއެވެ. އަތުގާ ގުޅާފައި ހުރި ކެނިއުލާ ވެސް ނަގާ އަތުކޮޅަށް އެއްލާލިއެވެ. އެއާއެކު އަތުން ހޯސްލާފައި ލޭ އަންނަން ފެށިއެވެ. އެތަންފެނި އަލްޔާން ވަގުތުން އީން ގެ އަތުގާ ހިފަން މަސައްކަތް ކުރިއެވެ. އެހެނަސް އީން އަނެއްކާވެސް އަލްޔާން ގެ އަތްފޮޅުވާލިއެވެ. “މިބުނީނު ދުރަށް ދާށޭ! ގައިގަ އަތް ނުލާތި..” ރޮވެމުން ދިޔަ އީން ރުޅިވެރިކަމާއެކު އަލްޔާން އާ ދިމާލަށް ހަލޭއްލަވާގަތެވެ. އީން ގެ އެ ހަރާކާތް ތަކަށް ބަލަން ހައިރާން ކަމާއެކު އަލްޔާން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

އީން އެޑްމިޓް ކޮށްފައި އޮތް ކޮޓަރި ތެރޭ މާ އަޑު ގަދަވުމުން އީތަން ދުވެފައި އެތެރެއަށް ވަނެވެ.އެވަގުތު ފެނުނު މަންޒަރުން ދެލޯ ބޮޑުވެ އީތަން އަވަސް އަވަހަށް ނަރުހުންނަށް ގޮވިއެވެ. ދެ ނަރުހަކާއެކު އެތެރެއަށް ވަން ޑޮކްޓަރު ދުވެފައި އައިސް އީން އަތުގާ ހިފާ ލޭ މަނާ ކުރިއެވެ.އެމީހުން ގެ އަތް ފޮޅުވަން ވެސް ރޮވެމުން ދިޔަ ހާލު އީން ދިޔައީ މަސައްކަތް ކުރަމުންނެވެ. ތަކުރާރުކޮށް އީން ބުނަމުން ދިޔައީ އެކަކުވެސް އޭނާގައިގައި އަތްނުލުމަށާ އެންމެން ދުރަށް ދިޔުމަށެވެ. އެހެން ނަމަވެސް އިތުރު ދެ ނަރުން ގެ އެހީތެރިކަމާއެކު ޑޮކްޓަރު އީން އަށް ނިދާ އިންޖެކްޝަން ދިނެވެ. އެއާ އެކު އިރުކޮޅަކުން އީން ގެ އަޑު މަޑުވެ ނިދުނެވެ. ” ދެޓް ވޯޒް މޮސްޓް ލައިކްލީ  އެ ޕެނިކް އެޓޭކް..ޑޮންޓް ވޮރީ ޝީ ވިލް ބީ ފައިން..” ކަންބޮޑުވެފާ ހުރި އަލްޔާން ގެ ކޮނޑުގާ އަތް ބާއްވަމުން އޯގާތެރިކަމާއެކު އެހެން ބުނަމުން ޑޮކްޓަރ ބޭރަށް ނިކުތެވެ. އޭރުވެސް އީން ގެ މޫނަށް ބަލަން ހުރި އަލްޔާން މަޑުމަޑުން ގޮސް އެނދު ކައިރީ ހުރި ސޯފާގައި އިށީނދެ ބޮލުގާ އަތް އަޅާލިއެވެ. “އީތަން..އީން އަށް ކިހިނެތް މިވަނީ..ވައި އިޒް ޝީ ބިހޭވިން ލައިކް ދެޓް..ވައި އިޒް ޝީ ސޯ އެގްރެސިވް؟؟ އަނެއްކާ އޭނަ ޑްރަގް އެއް އިންޖެކްޓް ކުރީތަ؟” ފުން ނޭވާއެއް ދޫކުރަމުން އަލްޔާން އެހެން އެހިއިރުވެސް އެންމެ ސިކުންތަކަށް ވެސް އޭނާގެ ނަޒަރު އީން ގެ މޫނާ ވަކި ނުކުރެއެވެ. ޒިން އަސްލުވެސް އެކަހަލަ ކަމެއް ކުރީބާވައޭ ހިޔާލަށް އައުމުންވެސް އަލްޔާން ގެ ކުދިކުދިވީކަހަަލައެވެ. އީން ގެ އެ އާދަޔާ ހިލާފް ބިހޭވިޔާ ގެ ސަބަބުން އަލްޔާން ގެ ހިތަށް އުނދަގޫ ވަމުން ދިޔައިރު އިންތިހާއަށް ދެރަވެސް ވިއެވެ. ޒިން ގެ ފަރާުތުން އީން ސަލާމަތް ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނޭ ހިތަށް އަރާ ކުށްވެރިކަމުގެ އިހްސާސް ކުރެވުނެވެ.”އަލްޔާން ތިކަހަލަ އެއްޗިސް ހިތަށް ނާރުވަބަލަ..އީން މާ ބޮޑަށް ބިރުގަތީ އޭ..ރަނގަޅުވާނެ” އަލްޔާން އެކަމާ ވިސްނާނެ ވަރު އެނގޭތީ އީތަން ވާހަކަ ދެއްކީ އަލްޔާން ވެސް ހަމަޖެހޭތޯއެވެ. އެހެން ނަމަވެސް އަމިއްލައަށް މަރުވުން ވަރުގެ ބޮޑުކަމެއް ކުރަން އީން ޖެހިލުން ނުވީ ޒިން ކީއްކުރީމަ ބާވައޭ އީތަން އަށް ވެސް ދިޔައީ ހިތާހިތާ ސުވާލުކުރެވެމުންނެވެ.

 

އެރޭގެ ގިނަ ވަގުތު އަލްޔާން ހުރީ ހޭލައެވެ. ވަރުބަލި ވެގެން ގޮސް ދޭތެރެއަކުން ނިދިޖެހުނު ކަމުގާ ވިޔަސް އިރުއިރި ކޮޅާ އީން ވާނުވާ ބެލެއެވެ. މިފަހަރު އީން ހޭލެވޭ އިރު ހުންނާނީ ހަމައަކަށް އެޅިފާ ކަމަށް އަލްޔާން އަށް އުއްމީދު ކުރެވުނެވެ. އަދި ހަމަޖެހިގެން ވީ ހުރިހާކަމެއް އޮޅުން ފިލުވުމަށް ވެސް އަލްޔާން ހުރީ ނިންމައިގެންނެވެ.އެހެންކަމުން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ އީން އަށް ހޭލެވޭނެ ވަގުތަކަށެވެ. ފަތިހުގެ ހަމަހިމޭން ކަމުގެ ތެރޭ އޭސީގެ ހިތްގައިމު  ފިނިކަމާއެކު ހިސާބަކަށް އަނދިރިކަން ވެރިވެފާ ވީ ކޮތަރި ތެރޭ ފުން ނިންޖަކުން ނިދިފާ އޮތް އަލްޔާން އަށް ހޭލެވުނީ މީހަކު ދޮރު ހުޅުވާލި އަޑަށެވެ. އަވަސް އަވަހަށް ދެތުވެ ބަލާލިއިރު ހެވިފައި ހުރި ނާރސް ގުޑް މޯރނިން، ސޮރީ ޓު ޑިސްޓަރބް ޔޫ..އައިމް ހިޔާ ޓު ނޯޓް ހާ ވައިޓަލްސް އޭ ބުނެ އަލްޔާން އާ މުހާތަބް ކޮށް އޭނާ އައި ބޭނުން ބުނެލިއެވެ. އަލްޔާން ވެސް ކުޑަކޮށް ހިނިތުން ވެލާފައި ތެދުވެ ގަޑި ބަލާލިއެވެ. ގަޑިން ފަތިހު ފަސްގަޑި ބައި ވީ އެވެެ. އޭރުވެސް އަދި ހޭލެވުމުގެ އެއްވެސް އަސަރެއް އީން ގެ ފަރާތަކުން ނުފެނެއެވެ. އަލްޔާން މަޑުމަޑުން ހިނގާފައި ގޮސް ފަރުދާކަހާލުމަށްފަހު ކޮޓަރިން ނިކުމެވެން ހުރި ބެލްކަނީ އަށް ނިކުމެލިއެވެ.އިރުގެ ރަންދޯދިތަކުން ދުނިޔެ އުޖާލާ ކުރުވަމުން ދިޔަ  އެ ފުރިހަމަ މަންޒަރު ބަލަން ހުރެލެވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފަޒާގައިވި ތެތްފިނިކަން އައިސް ވަށާލުމުން ހަށިގަނޑަށް އަރާމުވެ ސިކުނޑި ތާޒާވީ ފަދަ އިހްސާސް އެއް ކުރެވުނެވެ. ރޭގަނޑުގެ އަނދިރިކަން ނެތިގޮސް  އުޑުމަތި ސާފުވެ އަލިކަން ވެރިވަމުން ދިޔަފަދައިން އެނާޔާ އީން ގެ ހަޔާތަށް ދިމާވެފައިވާ ހުރިހާ މުސީބާތް ތަކުން ސަލާމަތްވެ އުފާވެރިވެގެން ދާނެ ދުވަހަކަށް މިއަދު ވުން އެދި ހިތާހިތާ ދުއާކުރެވުނެވެ. ފަނަރަ ވަރަކަށް މިނެޓް އެތާ ހުރުމަށް ފަހު އަލްޔާން އެނބުރި އައި އިރު ނާރސް ވެސް ނެތެވެ.  އަލްޔާން ގޮސް އީން ކައިރީ އިށީންނަމުން މަޑުމަޑުން އަތްނަގާ އީން ގެ ބޮލުގާ ފިރުމާލިއެވެ. މޫނު މަތިން ވަރުބަލިކަން ފާޅުވާން  ހުރިނަމަވެސް  ނިދީގައި އެ ލޯބި މޫނު ފެންނަ ގޮތް ނުލާހިކު މައުސޫމެވެ.”އީން..އެންމެ ހިނދުކޮޅަކަށްވެސް ދެން އަމިއްލަ ނަފްސާ އީން ދުރު ނުކުރާނަން..މާލެ ދެވުނުހާ އަވަހަކަށް މެރީ ކޮށް މުޅި އުމުރަށް އަހަރެންގެ މީހަކަށް ހަދާނަން..ދުނިޔޭގެ ހުރިހާ އުފަލެއް އީން އަށް ހޯދަދޭން މަސައްކަތް ކުރާނަން..ތި ރީތި ދެލޮލުން ކަރުނަ އޮހޭތަން ފެނުމުން މިހިތަށް ކުރާ އަސަރު އީން އަށް ބުނެދޭނީ ކިހިނެތް..އީން އަށް އިހްސާސް ވެސް ނުކުރެވޭހާ ބޮަޑަށް ..ވަރަށް ބޮޑަށް ލޯބިވޭ..” ލަފްޒު ތަކެއްގެ ސިފާގައި ދުލުން ބޭރު ނުކުރި ކަމުގާ ވިޔަސް އަލްޔާން އޭނާގެ ހިތް އީން އާ ވާހަަކަ ދެއްކިއެވެ.

********

ބޮޑީ ގާޑުންނާ ނުލާ އެއްވެސް ތަނަކަށް ނުދިޔުމަށް މަންމަ މަނާކޮށްފައިވީ ނަމަވެސް އެމީހުން ނާ އެކު އީތަން ހޮސްޕިޓަލުގައި ބެހެއްޓުމަށްފަހު އަލްޔާން ދިޔައީ ގެއަށެވެ. ހަތަރު ގާޑުންވެސް ހޮސްޕިޓަލްގައި ބޭތިއްބުމަށްފަހު އަލްޔާން އެކަނި ދިޔައީ އޭނާގެ އަމިއްލަ ނަފްސަށް ވުރެބޮޑަށް އީން ގެ ރައްކާތެރިކަމަށް އެދެވޭތީއެވެ. ގެއަށް ގޮސް އީން ހޭލެވެން ވާއިރަށް އަމިއްލައަށް ބްރެކްފާސްޓް ތައްޔާރު ކުރަން ހިތަށް އެރީ އީން އުފާކުރުމަށެވެ. އެހެންކަމުން ސޭންޑްވިޗް އާއެކު އީން ގެ ފެވާރިޓް ޗީޒް އޮމްލެޓް ތައްޔާރުކޮށް ޕެކް ކުރުމަށް ފަހު ފްރެޝް ވެލައިގެން އަލްޔާން އަވަސްކުރީ އީން އަށް ހޭލެވުމުގެ ކުރީން ހޮސްޕިޓަލަށް ދެވޭތޯއެވެ.

ހިތުގެ ހިނގުން އަވަސްވެފައި ހުރެމެ އަލްޔާން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި އިރު އީން ފެންނަން ނެތުމުން ކަންބޮޑުވެ ހުއްޓުން އެރިއެވެ. “ހޭއި ބްރޯ..ކޫލް ޝި އިޒް  އިން ޓޮއިލެޓް..ކިރިޔާ ދޯ ހިތްނުހުއްޓުނީ” އެތަންފެނި ސޯފާގައި ހުރެފައި ތެދުވެގެން އައިސް އަލްޔާން ގެ ކޮނޑުގައި އަތް އަޅުވަމުން އީތަން ސަމާސާ ރާގަކަށް ބުނެލިއެވެ. “މަޖަލެއްނޫން އިނގޭ..” ދެއަތަކަށް ބޯހޫރާލަމުން އީތަން ގެ އަތް ނަގާފޮޅުވަމުން އަލްޔާން އޭނާ ގެނައި ނާސްތާ ތަބަކުގައި އަތުރާލިއެވެ. “އޯހް..ގުޑްނެސް..ހައު ރޮމޭންޓިކް..” އަނގަ ޒާތަކަށް ހަދަމުން އީތަން އަނެއްކާވެސް އަލްޔާން އާ ދިމާކޮށްލުމުން އަލްޔާން ކަޅިއަޅާލިއެވެ. “ހޫނ ދެން..ސަމާސާ އެއްވެސް ކުރެވެން ނޯވެޔޭ މިހާރަކު..ކަލޭ ކީއްވެތަ މާ ޕްރެޝަރ ހައިވެފަ ތިހުންނަނީ އަަބަދު..ފޮގެޓް އެވްރީތިންގް..އިޒީ ވެބަލަ ތަންކޮޅެއް އެޓް ލީސްޓް އީން ކުރިމަތީ..ކަލޭ ކަޑަވާ ވަރަކަށް އީން ވެސް ސަކަރާތްވާނެ” އަލްޔާން ގެ މިޒާޖު ރަނގަޅަށް އިނގޭއިރުވެސް އީތަން ވާހަކަދެއްކީ އަލްޔާން އަށް ވިސްނާދެވޭތޯއެވެ. “ކިހިނެތް ހަމަޖެހޭނީ..މަހަމަ ލޭ ކެކެނީ  އެ ޑެވިލިޝް އެނިމަލް މަތީން ހަނދާންވިޔަސް..ހުވާ މިބުނީ އިންސާނެކޭ ބުނާވަރުވެސް ނުވޭ..މަ ހިތްހަމަޖެހޭނީ އޭނާ ފަރާތުން ބަދަލް ހިފުނު ދުވަހަކުން..މިހާރު އެއްޗެކޭ ނުބުނެ ހުއްޓަސް އެހާފަސޭހަކޮށް ދުލެއް ނުކުރާނަން ..މަގޭ އީން ގެ ލޮލުން އޮހޮރުނު ކޮންމެ ކަރުނަ ތިއްކެއް ގެ ބަދަލް ހިފާނަން..އައި ސްވެއަރ އައި  ވިލް…” އަލްޔާން ގެ ވާހަކަ ހުއްޓުނީ ފާހާނާ އިން ނިކުތް އީން ފެނުމުންނެވެ.

އަލްޔާން ގެ މޫނަށް ބަލާވެސް ނުލާ ގޮސް އީން އިށީނީ އެނދުގައެވެ.އެ މޫނުމަތީން ރޮއެފާ ހުރިކަމުގެ އަސަރު ފާޅުވާން ހުރުމުން އަލްޔާން ގެ ހިތުގާ ރިއްސާލިއެވެ. އެހެންކަމުން ނާސްތާ ތައްޔާރު ކުރި ތަބަކު ހިފައިގެން ގޮސް އީން ކައިރީ ހުއްޓި ހިނިތުންވެލަމުން ލޯބިން ފުރިގެންވީ އަޑަކުން އީން މިހާރު ކިހިނެތް ހޭ އަހާލިއެވެ. އެއްވެސް ޖަވާބެއް ނުދީ އީން އިސްޖަހައިގެން ހުރުމުން އަލްޔާން އަށް އުނދަގޫ ވިނަމަވެސް  ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. “ހިނގާ ސައިބޯން…އައި ޕްރިޕެއާރޑް ބްރެކްފާސްޓް ފޯ އަސް” އަލްޔާން ގެ ހަރަކާތްތަކުން އީން ގެ ހިތަށް ދިޔައީ ހައްތަހާ އުނދަގޫ ވަމުންނެވެ.އެންމެ ރެއަކުން އޭނާ ވަނީ އަލްޔާން އާ ވަރަށް ދުރަށް ދަތުރުކޮށްފައިކަން ބުނެދޭނީ ކިހިނެތް ކަމެއް އީން އަކަށް ނުވިސްނުނެވެ. އޭނާޔާއެކު “ފަސްޓް ކިސް” ކުރެވުމުން ފަޚްރުވެރިވި އަލްޔާން އަށް މިހާރު އޭނާގެ ޖިސްމުގެ އިއްޒަތާ މީހަކު ހިތުހުރު ގޮތަކަށް ކުޅެފައިވާކަން އެނގުމުން ކުރާނެ ނަފްރަތު އީން ގެ ހިތަށް ތަސައްވަރު ވަމުން ދިޔައެވެ. އެފަދަ ދުވަހެއް އައިސްފި ނަމަ އަލްޔާން ގެ ނަފްރަތު ތަހައްމަލްކުރާނެހާ ހިތްވަރު މިހިތުގާ ނެތޭ އީން ގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އޭނާގެ ވީޑިއޯ ތަކަށް ޒިން ހެދިގޮތް ނޭނގޭތީ އީން ގެ ހިތަށް ހަމަޖެހުމެއްވެސް ނުލިބެއެވެ. ރުޅިގަދަވެ އަމިއްލަނަފްސު ދެކެ ނަފްރަތު ކުރެވުނެވެ. އެ ވީޑިއޯތަށް އަނެއްކާ އަލްޔާން އަށް ފެނިގެން ވެސް އެނގޭކަމަށް ނަހަދާ އޭނާއަށް ސިންޕަތައިޒް ކުރަނީބާވައޭ ވެސް ޝައްކުވިއެވެ.ކޮންމެ ގޮތެއްވިޔަސް އީން ގެ ވިސްނުން އެވަގުތަށް ހުރީ އަލްޔާން އާ ދުރަށް ދިޔުމަށެވެ. އަލްޔާން އޭނާޔާ ގާތްވާން ލޯބިވާކަން ބުނެދޭން މަސައްކަތް ކުރި ވަރަކަށް އީން ގެ ސިކުނޑިއަށް ދިޔައީ ބާރުކުރަމުންނެވެ.

“ޕްލީޒް އަހަންނާ ދުރަށް ދޭ..އައި ޑޯންޓް ވޯންޓް ޓު ހޭވް ބްރެކްފާސްޓް” ހަރުކަށިކަމާއެކު އީން ބުނެލި ބަސްތަކުން އަލްޔާން ދެރަވިއެވެ.އެހެނަސް  ހިންދިރުވާލަމުން އަނެއްކާވެސް ކުރިއަށްވުރެ ލޯބިން އީން އާ ވާހަކަ ދެއްކިއެވެ. ” އީން ..އައިމް ސޮރީ..އިނގޭ އީން އަށް ވަރަށް އަސަރު ކޮށްފައިކަން ތިހިރީ ކަންވީ ގޮތުން..އެކަމް ޕްލީޒް ދެން ހަނދާން ނައްތާލާ ހުރިހާ ކަމެއް މަތީން..މިހާރު އަހަރެން މިހިރީނު ކައިރީ ..ދެން އިރާދަކުރެއްވިޔާމު ދުވަަހަކުވެސް އީން އެކަނި ނުކުރާނަން..މާލެ ދެވުނުހާ އަވަހަކަށް އައި ވިލް މެރީ ޔޫ..” ކައިވެނިކުރާ ވާހަކަ އަލްޔާން ބުނމުން އީން ގެ މޭ ފިނިވެގެން ދިޔައެވެ. “ނޯ..ނެވާ..އަހަރެން ބޭނުމެއްނޫން އަލްޔާން އާ މެރީ ކުރާކަށް..ޖަސްޓް ލީވް މީ އެލޯން..”  ނިތަށް ރޫ އަރުވާލާ ބުމަ ގޮތްޖަހާލަމުން އީން އޭނާގެ ނިންމުން އަޑުއިއްވީ ހަމަކުރީންވެސް ވާހަކަ ދެއްކި ހަރުކަށި ރާގުގައެވެ. އެއާއެކު އަލްޔާން ގެ ކެތްތެރިކަން ކޮޅުންލިއެވެ.” ކޮބާތަ މައްސަލައަކީ އީން؟ ކީއްވެ ތިހެން ވާހަކަ ތި ދައްކަނީ؟ ކިހިނެތް ތަ ވީ؟ ޒިން ކީކޭ ތަ ކިޔައިގެން ތި އުޅެނީ އީން ކައިރީ؟” އަލްޔާން އީން އާ ގާތަށް ޖެހި ދެކޮނޑުގާ ހިފާ އީން ގެ އިސް އުފުލުވަން މަސައްކަތް ކުރިއެވެ.” ބުނެބަލަ އީން ޕްލީޒް..ކިޔާދީބަލަ ސާފުކޮށް ވެގެން އުޅޭ ގޮތެއް..އަހަރެން ހުރިހާކަމެއް ރަނގަޅު ކުރާނަން..ޓްރަސްޓް މީ ޕްލީޒް…ކިތަންމެ ވަރަކަށް ލީވް މީ އެލޯން ބުންޏަސް އަހަރެން އީން ދޫނުކުރާނެކަން ހަމަރަނގަޅަށް އިނގޭނެ”

“ނޫން..ނުކުރެވޭނެ! އަލްޔާން އަށް ދެން އެއްކަމެއްވެސް ރަނގަޅު ނުކުރެވޭނެ..އިތުރު އެއްވެސް ވާހަކަ އެއް ދައްކާކަށް ބޭނުމެެއް ނޫން..އައިމް ބްރޭކިން އަޕް ވިތް ޔޫ..މިގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން..އެންޑް ޑޮންޓް އާސްކް މީ ފޯ ރީޒަންސް..ކޯޒް އައި ޑޯންޓް ވޯންޓް ޓު ޖަސްޓިފައި މައި ޑިސިޝަން” ރަތްވެފައިވީ ދެލޯތެރޭ ބޯވަމުން އައި ކަރުނަތިކި އިނގިލީގެ ކޮޅުން ފޮހެމުން އީން ތެދުވެެ އަލްޔާން އާ ދުރަށް ޖެހިލީ ފުރަގަސްދެމުންނެވެ. އީން ބުނި ބަސްތައް އަލްޔާން ގެ ސިކުނޑިތެރޭ ފަހުމްވާން ކުޑައިރުކޮޅެއްނެގިއެވެ. އެއާއެކު ހީވީ މީހަކު މޫނުމަތީ ބާރު އެތިފަހަރެއް ޖެހިހެންނެވެ. “އާ ޔޫ އިން ޔޯ ސެންސެސް..ބްރޭކް އަޕް އޭ…ނުވާނެ ތިހެން ދުވަހަކުވެސް..” އަލްޔާން އަނެއްކާވެސް  ގޮސް އީން ކުރިމަތީ ހުއްޓެމުން އެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ރުޅިވެރިކަން ދައްކަން އުޅުނަސް އެމޫނުމަތިގައިވި މާޔޫސްކަން ނަގައިގަނެވުމުން އަލްޔާން އަށް ޔަގީންވި އެއް ކަމަކީ އީން ގެ ނިންމުން އެއީ ހިތާ ދެކޮޅަށް މަޖްބޫރު ހާލަތެއްގާ ބުނިއެއްޗެއްކަމެވެ.

“ލުކް..ދޫންޏާ ޕްލީޒް…ޓެލް މީ..އަހަންނަށް އިނގޭ އީން އަހަރެން ދެކެ ލޯބިވާވަރު.. ޔަގީން ތީ ޒިން ބިރުދައްކައިގެން ނުވަތަ ބްލެކްމެއިލް ކޮށްގެން ބުނާ އެއްޗެއް..އޭނަ ބުނީ ދޯ ތިހެން ބުނާށޭ.؟ އެކަމް ބިރުނުގަނެބަލަ..ކޮންމެ ކަމެއް ވިޔަސް..ހެޔޮ ކޮންމެ ވިޔަސް ޖަސްޓް ޓެލް މީ..އެއް ފަހަރު ބުނެބަލަ ވީ ގޮތް..އައި ޕްރޮމިސް އައި ވިލް ފިކްސް އެވްރީތިންގް..” ހިތުގާ އުފެދުނު ހުރިހާ އިހްސާސްތަށް އެއްފަރާތް ކުރަމުން އަލްޔާން ބެލީ އީން އަށް ވިސްނާދެވޭތޯއެވެ. އެހެނީ އީން ގެ ދުލުން އެފަދަ ވާހަކައެއް އަޑު އިވުމަކީ ފަހަރެއްގާ ވެސް އަލްޔާން އުއްމީދު ކުރިކަމެއް ނޫނެވެ. “ކިހިނެތް ބުނާނީ އަލްޔާން…އަލްޔާން ގެ ލޯބިވާ އީން ގެ އިއްޒަތް ވެއްޔާ މޮޑެވިއްޖެ..މި ހަށިގަނޑުން މީހަކު އުފާ ލިބިގަނެގެން ނުވިތާކަށް އެހެން މީހުންނަށް ނީލަން ކިޔަން ވެސް ނިންމައިފި..އިނގޭ އަލްޔާން ވަރަށް ލޯބިވާކަން އެކަމަކު މިހާރު އަހަންނަކީ ތިފަދަ ލޯތްބަކަށް ގާބިލް މީހެއް ނޫން…އަހަރެން ގައިގަ ވައިރޯޅިއެއް ބީހިލިޔަސް އަލްޔާން ޖެލަސް ވޭ..ވީއިރު ޒިން ހިންގި ހުރިހާ ޖަރީމާއެއް އެގިއްޖެ ނަމަ ވާނީ ކިހިނެތް؟  އަދި އޭނަ ހުރިހާ އެއްޗެއް ލީކް ކޮއްފިނަމަ ޔޫ ވިލް ބީ ސޯ އަޝޭމްޑް އޮފް މީ..ހަތަރުކަޅި ހަމަކުރަންވެސް ބޭނުން ނޫވާނެ ކަންނޭގެ އޭރުން…ހަގީގަތް އެނގި އަލްޔާން އަހަރެން ދޫކޮށްލުމުގެ ކުރީން އައި ވޯންޓް ޓު ގޯ އަވޭ ފްރޮމް ޔޫ..ޕްލީޒް ލެޓް މީ ގޯ..” ހިތަށް އަރާ ފައިބަމުން ދިޔަ އެއްވެސް ވާހަކަ އެއް އީން ގެ ދުލުން ބޭރު ނުކުރެވުނެވެ. ދެއަތުން މޫނުގައި އަތް އަޅާ ފޮރުވަމުން އީން އަށް ރޮވެން ފެށިއެވެ. އޭނަގެ ދިރިއުޅުމުގަ މިހާ މަޖްބޫރު ހާލަތެއް ދުވަހަކުވެސް މެދުވެރި ނުވެއެވެ. “އީން ޓޯކް ޓު މީ!!!” އެއްޗެކޭ ނުބުނެ އީން ރުއިމުން އަލްޔާން އަށް ކެތްކުރަން އުނދަގޫ ވަމުން ދިޔައެވެ.

“ނަތިން..ފޯ ގޯޑް ސޭކް ޒިން ނުބުނޭ އެއްވެސް އެއްޗެކޭ…އައިމް ކްރައިން އޮން މައި ފޭޓް..އަލްޔާން ދެކެ ލޯބި ވެވުނީތީ..އަލްޔާން ތިވާ ލޯބިދެކެ މިހާރު ފޫހިވޭ..ނިންމާލަން ބޭނުން މިހުރިހާ ކަމެއް..އައި ވޯންޓް މައި ލައިފް ބެކް..” ރޮވެމުން ދިޔަ ނަމަވެސް ރުޅިވެރި ރާގެއްގާ އީން ވާހަކަ ދެއްކިއެވެ. އެއަޑު އިވި އަލްޔާން އޭނާގެ މޫނުގައި އަތް އަޅަމުން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.ގޮތްދޫނުކޮށް އީން އެގޮތަށް ވާހަކަ ދެއްކުމުން ކުރެވުނު އިހްސާސްތަކުން އަލްޔާން ގެ މުޅި ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެއާއެކު ބާރަށް ގޮސް އީން ގެ އެއްއަތުގާ ހިފާ ގެންގޮސް ފާރާ ތަތްކުރުވަމުން ގާތްވެލިއިރު ވައިރޯޅިއަކަށް ވަދެވޭނެ ޖާގަވެސް އެދޭތެރޭގައި ނެތެވެ. އީން އަށް އެވަގުތު ނޭވާ ހިފަހައްޓާލެވުނެވެ. “ތީ ދޮގު ..ހަމަ ހުސް ދޮގު..ތިހެން ނުވާނެ ދުވަހަކުވެސް..އަހަރެން މިވާ ލޯބި ދެކެ އީން އަކަށްް ނަފްރަތު ނުކުރެވޭނެ…ވިޔަކަ އަހަރެން ނުވެސް ދޭނަން..ބުނޭ ތެދަށް..ވަޓް ޑިޑް ދެޓް ބާސްޓ** ސޭ..ކީއްކުރީތަ އޭނަ؟”  މިފަހަރު އަލްޔާން ގެ ވާހަކާ ދެއްކުމުގައި ވެސް ހަރުކަށި ރާގެއް އެކުލެެވުނެވެ. އަލްޔާން ގެ ފަރާތުން ސަލާމަތް ވޭތޯ އީން ދިޔައީ މަސައްކަތް ކުރަމުންނެވެ. މާގިނަ އިރު އެހެން ހުންނަން ޖެހިއްޖެ ނަމަ އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވި އަލްޔާން ގެ މޭގާ ބޯ އަޅާލެވި ހުރިހާ ކަމެއް ބޭޒާރުވެދާނެތީ އީން ބިރުގަތެވެ.

މަންޒަރުބަލަން ދުރުގައި ހުރި އީތަން އަށް އިތުރަށް ކެތެެއް ނުކުރެވުނެވެ. އަލްޔާން އައިސްފާ ހުރި ރުޅިން އިތުރަށް ކަމެއް ގޯސްވެދާނޭހެން ހީވުމުން އައިސް އަލްޔާން ދުރުކުރުވިއެވެ.” މޭން ޕްލީޒް..ޖަސްޓް ކާމް ޑައުން..ހިނގާބަލަ..” ގަދަކަމުން ކަހަލަ ގޮތަަކަށް އީތަން އަލްޔާން ގޮވައިގެން ބޭރަށް ނިކުތެވެ. ހިތާހިތުން އީތަން އަށް ޝުކުރު އަދާކުރަމުން އީން އަށް ހުރިތަނަށް ތިރިވެވުނެވެ. މިއަދު ފެނިގެން މި ދިޔައީ ދިރިއުޅުމުގާ ދުވަހަކުވެސް ކުރިމަތިވެދާނެޔޭ ހީކުރި ދުވަހެއް ނޫނެވެ. އަދި ކުރިއަށް އޮތީ ކިހާ ބަނަ ދުވަސް ތަކެއް ކަން ހިތަށް އެރުމުން ހިތްހަލާކު ވާވަރުވިއެވެ. އޭނާގެ މަޖްބޫރީ ހާލަތު ކިޔާދޭނީ ކާކަށް ކަމެއް އީން އަށް ނޭގުނެވެ. އަމިއްލަ ނަފްސަށް ވެސް އިތުބާރު ނެތް އިރު އަލްޔާން އަށް ވަކި އިތުބާރު ކުރާނި ކިހިނެތް ހެއްޔެވެ.

“ކީއްވެ އިތުބާރު ނުކުރެވެން ވީ މަށަށް؟؟ ކީއްވެތަ ވެގެން އުޅޭ ގޮތް ނުބުނެވިގެން އުޅެނީ..މަށަށް އިނގޭ ކޮންމެވެސް ބޮޑު ކަންތަށް ގަނޑެއް ހިގައިފިކަން..އެ އުޅެނީ ނުބުނާން ވެގެން..ބްރޭކް އަޕް ވާށޯ..ޑޭމް އިޓް!!” ބޭރަށް ނިކުމެ އައިސްފާ ހުރި ރުޅިގަނޑު އީތަން އަށް ބާލުވަމުން އަލްޔާން ބުނެލިއެވެ. “ބްރޯ..ކޮންޓްރޯލް ޔޯ އިމޯޝަންސް ..ގިވް ހާ ސަމް ޓައިމް އެންޑް ސްޕޭސް…ލެޓް ހާ ބްރީތް..ނުބުނާން އުޅޭނީ ކަމެއް ވީމަދޯ؟ ތިޔޭ ކަލޭގެ މައްސަލައަކީ އަބަދުވެސް..ކެތްތެރިކަމުގެ ކަންފުޅެއްވެސް  ނަހައްދަވާ..ރުޅިއައިސް ގެން ތިގޮތަށް މަޖްބޫރުކުރީމަ އެއްކަމެއްވެސް ރަނގަޅު ނުވާނެ..ވަގުތު ދީ..ޝީ އިޒް ޔޯރސް..ޝީ ވިލް ކަމް ބެކް..ހޭވް ޕޭޝަންސް” އޯގާތެރިކަމާއެކު އީތަން ދެއްކި ވާހަކަ އިން އަލްޔާން ގެ ރުޅި މައިތިރިވެ ސިކުނޑި އިރުކޮޅަކަށް ނަމަވެސް ހަމައަކަށް އެޅުނެވެ. އީތަން ބުނި ހެން ކިޑްނެޕިން ކަހަލަ ބޮޑު ކަންތައްގަނޑަކާ ދިމާވުމުން އީން މާ ބޮޑަށް ބިރުގަނެ ދެރަވީ ކަންނޭގެޔޭ ހިތަށް އަރުވާ އަލްޔާން ހިތްހަމަޖައްސާލިއެވެ.

ހަމަ އެދުވަހު ޑިސްޗާރޖް ވެގެން ގެއަށް ދިޔަ ގޮތަށް އީތަން ގެ ފަރާތުން އީން އެދުނީ ވީހާ ވެސް އަވަހަކަށް އޭނާ އަށް މާލެދެވޭނެ ގޮތެއް ހެދުމަށެވެ. އަދި އަލްޔާން އާއެކު އެކަނި ވާން ބޭނުން ނުވާ ވާހަކަ ބުނެ ހުރިހާ ވަގުތެއްގާ ވެސް ގޭގައި ހުރުމަށް އީތަން ގެ ފަރާތުން އީން އެދުނެވެ. މަސްލަހަތު މިވަގުތަށް އެންމެ ރަނގަޅުވާނެ ގޮތަކީވެސް އެއީ ކަމަށް ވިސްނައި އީން އެދުނުގޮތަށް އީތަން ކަންތަށް ކުރިއެވެ. އަދި އެއްވެސް ކަމަކާ ގުޅޭ ގޮތުން އިތުރު ސުވާލެއްވެސް އީން އާ ނުކުރެއެވެ. އަމިއްލަ އިހްސާސްތަށް ކޮންޓްރޯލް ކޮށް އީތަން އެދުނު ފަދައިން އީން އަށް ވަގުތު ދޭން އަލްޔާން އަށް ކިތަންމެ އުނދަގޫ ވި ނަމަވެސް ކެތް ކުރިއެވެ. އެއް ގެއެއްގައި ދެމީހުން ތިބި އިރު އީން އާ ދުރުގައި ނުވިތާކަށް ވާހަކަ ވެސް ނުދައްކާ ހުންނަން ވުމުން އަލްޔާން ގެ ހިތް ހީވަނީ ކުދިކުދިވެދާނެހެންނެވެ. އީން ނިދިފައި އޮންނަ ގަޑީގައި ސިއްރު ސިއްރުން އެ ކޮޓަރިއަށް ގޮސް ހިތްފުރޭންދެން އީން ގެ މޫނަށް އަލްޔާން ބަލައެވެ. އަދި ތަކުރާރުކޮށް އެތަށް ފަހަރަކު އޭނާ ލޯބިވާ ވާހަކަ ބުނެދެއެވެ. އެފަދަ ހުރިހާ ވަގުތުތަކުގާވެސް އަލްޔާން އަށް ފާހަގަ ކުރެވޭ އެއްކަމަކީ އީން ގެ ދެލޮލާ އެސްފިޔަތަށް އަބަދުވެސް ތެމިފާ ހުންނަ ކަމެވެ. ރުއިމުގެ އަސަރު އެ މޫނުން އަބަދުވެސް ފާޅުވާން ހުރެއެވެ.

ދެދުވަސްފަހުން ފުރަން ޓިކެޓް ހަމަޖެހުނު އިރު އަލްޔާން ގެ ޓިކެޓް އިނުމުން އީތަން ހައިރާންވިއެވެ.” އޭ..ކަލޭ ވެސް ފުރަނީތަ؟ އެބައޮތެއްނު ޑޮކްޓަރސް ރިވިއު ތިން ދުވަސް ފަހުން” ކައުޗްގައި އޮށޯވެގެން މޫނުގައި ބާލީސް އަޅައިގެން އޮތް އަލްޔާން އެ ސުވާލަށް ޖަވާބެއް ނުދިނުމުން އީތަން ގޮސް އަލްޔާން މޫނުގައި އަޅައިގެން އޮތް ބާލީސް ދަމައިގަންނަމުން ބަލަ މަ އެބަ ސުވާލެއް ކުރަމޭ ބުނެލިއެވެ. ” ހޫނ..މަ ދާނަން..ކޮންމެ ގޮތެއްވިޔަސް.. އީން އެކަނި ނުފޮނުވާނަން..އަންނަން ޖެހިއްޖެނަމަ އަންނާނީ އަލުން ރިވިއު އަށް..” އެވަގުތު އީން ސިޑިން ތިރިއަށް ފައިބައިގެން އަންނަ ތަން ފެނުމާއެކު އަލްޔާން ވާހަކައިގެ ރާގު ބަދަލް ކޮށްލިއެވެ.” އެހެން ނޫނަކަސް އެވަރަކުން ރިވިއު ކުރާކަށް މަ ބޭނުމެއްވެސް ނޫން..ގިނަ މީހުންނަށް ރަނގަޅީވެސް މިހާރު މަ މަރުވެއްޖެއްޔާ” ގަސްތުގައި އީން އަށް އަޑު އިއްވުމުގެ ނިޔަތުގާ އަލްޔާން ވާހަކަ ދެއްކީ ވެސް ބާރަށެވެ. އެއަޑު އިވުމާއެކު އީން ތިރިއަށް ނުފައިބާ އަވަހަށް އައި ކޮޅަށް އެނބުރި ދިޔައެވެ. ނުހައްގުން އަލްޔާން ގެ ހިތަށް އެހާ އަނިޔާ ދެވޭތީ އީން ދެރަވިއެވެ. ********

ކުރިމަތީގާ ހުރި ލެޕްޓޮޕް ގެ ސްކްރީން އިން ފެންނަން ހުރި މައިރީން ގެ ތަސްވީރަށް ޒިން ގެ ނަޒަރު ހުއްޓިފާ ހުރިކަމުގާ ވިޔަސް އޭނާގެ ސިކުނޑީގެ ސްކްރީންގައި ވަނީ އީން ގެ ތަސްވީރެވެ. ރޮވިފާ ހުރެ އެއްވެސް ބިރެއް ނެތި ފިސްތޯލް ގެ ޓްރިގާރ އަށް އީން ފިތާލި މަންޒަރެވެ. އެއާއެކު އީން ހޭނެތިގެން ވެއްޓުމުން އަލްޔާން ދެއަތްމައްޗައް އީން ނަގައިގެން ދުވެފައި ދިޔަ މަންޒަރެވެ. ޒިން އަށް ވިސްނެމުން ދިޔައީ އެންމެ ކަމަކާ ދޭތެރޭގައެވެ. އުސޫލެއްގެ ގޮތުން އަލްޔާން ކަންބޮޑުވެ ރޮވުނު ތަން ފެނި އޭނާ އުފާވާންޖެހެއެވެ. އެހެނަސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހާސްވެފައި ހުރި ނަމަވެސް އަލްޔާން ފަރުވާތެރިކަމާ އެކު އީން ގެ ވަރުދޫވެފައިވީ ހަށިގަނޑު ނަގައިގެން ދިޔަ މަންޒަރު ހިތަށް ސިފަވުމުން ހީވަނީ އެތެރެ ހަށީގައި މީހަކު އަލިފާން ރޯކޮށް އޭގެ ދިލަ ހޫނުން ހިތް ފިއްސަމުން ދިޔަހެންނެވެ. އަނެއްކޮޅުން ނިދާފަ އޮތިއްޔާ ހުވަފެނުން ހޭލާ ހުރިއްޔާ ލޯކުރިމަތީން އަބަދު ސިފަވަނީ އީން ގެ ރޮވިފާ ހުރި މޫނެވެ. ” ވަޓް އިޒް ހެޕެނިން ޓު މީ މައި؟ އަހަރެން ބޭނުންވީ މައި ގެ މަރުގެ ބަދަލް ހިފަން..މައި ރުއި ވަރަށް އެދެމީހުން ވެސް ރޮއްވަން..އެކަން ކާމިޔާބު ވެސް ވެއްޖެ..އެކަމަކު އީން ރުއީމަ އަހަރެންގެ ހިތަށް ވަނީ އުނދަގޫ..އީން އަށް ޓަކާ އަލްޔާން ރުއީމަ އަހަރެން ވަނީ ޖެލަސް..ދެން ހަދަންވީ ކިހިނެތް މައި؟ އީން އަށް ވާ ގޮތް ބަލަން ހުންނަން އަސްލު ވަރަށް އުނދަގޫވޭ…އޭޒް ޔޯ ބްރަދާ އައިމް ސަޕޯސްޑް ޓުބީ ހެޕީ ޓު ސީ ޔޯ އެނެމީސް ސަފަރ..އެކަމަކު އެހެން ނުވެގެން މިއުޅެނީ ކީއްވެ؟ އައިމް ސޮރީ މައި..ދުނިޔޭގަ ހުރިއިރު މައިގެ އެދުން ފުރިހަމަ ކޮށްނުދެވުނީތީ އައިމް ރިއަލީ ސޮރީ..ވަގުތު އަނބުރާ އަންނާނެ ނަމަ ކިހާ ރަނގަޅު..” މައިރީން ގެ ތަސްވީރަށް ބަަލަން ހުރެ ލޮލުން ހިލުނު ކަރުނަ ތިކި ޒިން އޭނާގެ އަތުގެ ނުފުށުން ފޮހެލިއެވެ. “ބަޓް ޑޯންޓް ވޮރީ ޕްރިންސެސް..ޔޯ ބްރަދަރ ވޯންޓް ގިވް އަޕް..އަލްޔާން އަށް އީން ހާސިލް ވިޔަ ނުދޭނަން..ނެވާ” މައިރީން ގެ ތަސްވީރާ މުހާތަބް ކޮށް ވާހަކަ ދައްކަމުން ޒިން ލެޕްޓޮޕް ނިވާލުމަށްް ފަހު ފޯން ނަގާ އޭނާގެ ފޯނުން ނެގި ހަމައެކަނި އީން ގެ ތަސްވީރަށް ބަލާލިއެވެ. މެރިފައިވާ އެދެލޮލަށް ބަލާލުމުންވެސް ހިތަށް އެލިބޭ ފިނިކަން ޒިން އަށް ބަޔާންކޮށްދޭން ވެސް ނޭގެއެވެ.

**********

މާލެ އާދެވުމާއެކު އީން އަށް އެންމެ ފުރަތަމަ ވެސް ލިބުނީ ޒިން ބައްދަލް ވުމަށް އެދި ފޮނުވި މެސެޖެކެވެ. “އިޓްސް ޓައިމް ޓު ބާރގެއިން..ސިންފަނީ އެޓް 8″ އޭ ލިޔެ ޒިން ފޮނުވި އެ މެސެޖް ގެ ބޭނުމަކީ ކޮބާކަން އީން އަށް ކިތަންމެ ރަނގަޅަށް ވެސް ވިސްނުނެވެ. އީން ވިސްނަމުން ދިޔައީ ދެން ހަދާނެ ގޮތަކާ ދޭތެރޭގައެވެ. އޭރު އަލްޔާން ގެ ކޯލް ވެސް ފުލުފުލުގައި އަންނަމުން ދިޔައެވެ. އެހެންކަމުން ފޯން ސައިލެންޓް ކުރުމަށް ފަހު ބާލީސް ދަށަށް ލަމުން އެނބުރިލިއިރު އަލްކާ ހުރީ އަވަދިނެތި ޕެކިން ކުރުމުގައެވެ.” ހޭއި ..ތަނަކަށް ދާން ތަ؟ ނުވެސް ބުނޭ” އީން ގެ ސުވާލަށް ޖަވާބު ނުދީ ފުރަތަމަވެސް އަލްކާ ކަޅިއަޅާލިއެވެ. “ކީއްކުރަން ބުނަންވީ؟ މަމީ އީން ގެ ކާކު؟ އީން ގެ ލައިފް ގަ ހިނގާ އެއްވެސް ކަމެއް މަށާ ޝެއާރ އެބަކުރަންތަ؟ ހުރިހާކަމެއް މި އެނގެނީ ދުރުހިލޭ މީހެއްގެ ފަރާތުން” އަލްކާ ތުންދަމާފައި ގޮސް ދުރުގައި އިށީނެވެ. އަލްކާ ހުރީ އަސްލުވެސް ދެރަވެފައިކަން އީން އަށް އެނގުނެވެ. އެހެންކަމުން ޒިން ދެއްކި ވާހަކަތަށް ފިޔަވާ ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް އީން ކިޔާދިނެވެ. އެނާ މިވަގުތަށް ބޭނުންވަނީ އަލްޔާން އާ ޒިން އާ ދެމީހުންނަށް ވެސް ނުފެނި އުޅެންކަމަށް ބުނުމުން އަލްކާ މޮޅު ހިޔާލެއް ދިނެެވެ. ހުޅުމާލޭގައި އުޅޭ އޭނާގެ ވަރަށް ގާތް ރައްޓިއްސެއް ދެމަހަށް ރާއްޖޭން ބޭރަށް ދިޔުމުން އެނާގެ އެޕާރޓްމެންޓް ހުސްކޮށްހުރުމުން އަލްކާ އާއި އެކު އެއްވެސް މީހަކަށް ނާންގާ އެތަނަށް ޝިފްޓް ވުމަށް ބުންޏެވެ.އީން ވެސް އެކަމާ އެއްބަސްވެ ދޮންތަމެން ކައިރީ ހުއްދަހޯދުމަށްފަހު ހަމައެދުވަހު އަލްކާ އާއި އެކު އެގެއަށް ބަދަލްވިއެވެ.ފަސްބުރީގެ އެ އިމާރާތު ގެ ގްރައުންޑް ފްލޯރގައި ހުރި އެ އެޕާރޓްމެންޓް ތަނަވަސް ވެފައި ހިތްގައިމު ވުމުން އީން ހިތްހަމަޖެހުނެވެ. ދެކޮޓަރި ހުރިކަމުގާ ވިޔަސް ދެމީހުން ނިންމީ އެއްކޮޓަރި ޝެއާރ ކުރުމަށެވެ. ވަރުބަލިވެފާ ހުރި ނަމަވެސް ގޭތެރެއާ ބަދިގެ ކުޑަކޮށް ހަމައަކަށް  އަޅުވާލަން އަލްކާ އާއި އެކު މަސައްކަތް ކުރެވުމުން އީން ގެ ސިކުނޑި ހިޔާލްތަކާ ދުރުވެ ތާޒާވިއެވެ.

***************

“އިނގޭތަ ކަލެ އަށް ކިހާ ވަގުތެއް ދެވިއްޖެކަން މިޙާރު މަށަށް..ދެދުވަސް…މުޅި ދެދުވަސް ދެވިއްޖެ..އެއްޗެކޭ ނުބުނެ ލައްކަ ކެތް ކުރެވިއްޖެ މިހާރު..ފޯނައް އާންސާވެސް ނުކުރެޔޭ…އަދިވެސް ކަލޭ ބުނާނެ ސްޕޭސް ދޭށޭ..ކިހާ ވަރަކަށް ދޭންވީ..އެޓްލީސްޓް އަހަރެން ގެ ސުވާލު ތަކުގެ ޖަވާބު ދޭނެ ނަމަ…” ސްޓޫޑިއޯ ގެ ޑެސްކްޓޮޕް ކައިރީ ހެޑްސެޓް އަޅާއިގެން އިން އީތަން އަށް އަލްޔާން ދެއްކި ވާހަކަ އަޑު އިވުނު ނަމަވެސް އިވޭކަމަށް ނެހެދިއެވެ.އީތަން ގެ ޖަވާބެއް ނުލިބުމުން ސޯފާ އަށް ލެނގިލައިގެން ގިޓާ ހިފައިގެން އޮތް އަލްޔާން ރުޅިއައިސް އީތަން ގެ ފަލަމަސްގަޑުގައި ފައިން އަޅުވާލިއެވެ.” އައްދިޔޯ..ބަލ**އެއް..ބަލަ ކަލޭގެ ލަވް ސްޓޯރީ އަޑުއެހުން ފިޔަވާ މަށަށް މިދުނިޔެމަތީ ކުރަން އެހެން ކަންތަށް ވެސް އެބަހުއްޓޭ..މީ އަހަރުން ކާންބޯން ކުރާ މަސައްކަތް..އެކަމަކު މި ޕްރޮޖެކްޓް ޑިއު ކްރޮސް ވީ އިރުވެސް މި އުޅެނީ ނުނިމިގެން..ހެޔޮނުވާނެ މަށަށް ވެސް ސްޕޭސް ދީބަލަ ކަލޭ..ވަރުގަދަ ބަޔަކާ އެކު މި އުޅެވެނީ..އެކަކު ލޯބީގެ ކުޅިގަނޑެއްގަ ހޭބަލިވެގެން..ދެންތިބި ދެ އާލާތނ** ވެސް ދައްކާލީކީއެއް ނޫން..މަށަށް ހުރިހާ މަސައްކަތެއް” އީތަން ރުޅިއައިސް ކުދި ކިޔަން ފެށުމުން އަލްޔާން އަވަސް އަވަހަށް ތެދުވެ އީތަން ގެ ފުއްކިބާގައި ބޮނޑިއެއް އަޅަމުން ނިކުމެގެން ދިޔައެވެ.

****************

ގަޑިން ރޭގަނޑު އަށެއް ޖެހިއިރު ޒިން އިނީ އީން ގެ އިންތިޒާރުގާ ސިންފަނީ ރެސްޓޯރެންޓްގައެވެ. އީން އަންނާނެ ކަމާމެދު އޭނާ އެއްފަހަރުވެސް ޝައްކު ނުކުރެއެވެ.އެހެނަސް ހިތްނުތަނަވަސް ވެ ރުޅިގަދަވީ އޭގެ ފަހުން އެއްގަޑި އިރު ވީ އިރުވެސް އީން ގެ ހަބަރެއް ނުވުމުންނެވެ.ނުވިތާކަށް ޒިން ގެ ކޯލް ތަކަށް ޖަވާބު ނުދޭތީ އިންތިހާއަށް ރުޅިގަދަވިއެވެ. އެހާ ބިރުދެއްކުމުން ވެސް އީން ގޮތްދޫނުކުރުމުން ޒިން ހައިރާންވެސް ވިއެވެ. އެންމެފަހުން ރިޝްވާން އަށް ގުޅާ ދެމީހުން އީން އުޅޭ ގެއަށް ދިޔައެވެ. ދެތިން ފަހަރަކު ބެލް ޖަހާލުމުން އަޝްފާ އައިސް ދޮރު ހުޅުވާލިއެވެ. އެއާއެކު ރިޝްވާން ބާރުބާރަށް ދޮރު ކޮށްޕާލުމުން އަޝްފާ ދިޔައީ ފަހަތަށް ވިއްސާގެންނެވެ. އެމަންޒަރު ފެނި ކާން އިން އަޝްފާ ގެ ފިރިމީހާ ރަމީޒު ދުވެފާ އައެވެ. ޒިން ފެނުމުން އެއީ ކާކުކަން އެނގި ރަމީޒު އަށް ބުމަ ގޮށްޖަހާލެވުނެވެ. “ކޮބާ އީން؟” ހަރުކަށިކަމާއެކު އީން ކޮބާތޯ ޒިން އެހުމުން އަޝްފާ އާ ރަމީޒް އެކަކު އަނެކަކު ގެ މޫނަށް ބަލާލިއެވެ.”މިގެއަކު ނޫޅޭ އީން..ނިކުމޭ ހަމަ މިހާރު” ރަމީޒު ތަންކޮޅެއް ބާރަށް އެހެން ބުނުމުން ޒިން ގެ ރުޅިގަދަވިއެވެ. އޭރު ގޮސް ގޭގެ ދެން ހުރި ކޮޓަރިއަށް ވަން ރިޝްވާން އަތުގެ އިޝާރާތުން އެތާ މީހަކު ނެތްކަމުގައި ބުނެލިއެވެ. އެއާއެކު ބަލާކަށް ނުހުރެ ރަމީޒުގެ ގިރުވާނުގާ ހިފާގެން ދަމާފައި ޒިން ގެންދިޔައީ ބަދިގެ އާ ދިމާލަށެވެ. މޭޒުމަތީގައި ހުރި ނައިފް ހޯލްޑާ ގައި އިން އެންމެ ބޮޑު ވަޅި ނަގާ ރަމީޒު ގެންގޮސް ފާރުގައި ޖައްސާ ކަރަށް ވާން ކުރުމަށް ފަހު ވަޅި ޖެއްސީ ކަންފަތާ ދިމާލުން ކަރުގައެވެ. “މަށަށް އީން ފިލުވަންތަ ކަލޭތި އުޅެނީ.. ބުނޭ ރީތި ގޮތުގަ އޭނަ ވީތަން އެހެން ނޫނީ ކަލޭ ކަރުގަ މި ވަޅި ދުއްވާލަން މަ ޖެހިލުމެއް ނުވާނެ..ބުނޭ!!!” ކަރުގެ ނާރުތައް ފުއްޕާފައި ބާރުބާރަށް ޒިން ހަޅޭއްލެވުމުން ރަމީޒު އަސްލުވެސް ބިރުގަތެވެ. އޭނާގެ ލޮލުގައިވި ނުރައްކާތރިކަން ފެނި މީ ފަހުވަގުތޭވެސް ރަމީޒު ގެ ހިތަށް އެރިއެވެ. އަޝްފާ އަށް އެމަންޒަރު ފެނުމުން ހަޅޭއްލަވަން އުޅުމުން ރިޝްވާން ވަގުތުން އޭނާގެ އަނގަމަތީ އަތް އަޅާ ބާރުކޮށްލިއެވެ. “ނޭ..ނޭނ..ގޭ..ހުޅު..މާ..ލޭ ގެއަ..ކަށް  ބަދަލް..ވި މިއަ..ދު” ކަރަށް ވާން ކޮށްފާ ހުރިވަރުންނާއި ގެންފާހުރި ބިރުން ރަމީޒު އަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ. “ހުޅުމާލެޔޭ ކޮން ގެއަކަށް؟؟” ނިތަށް ރޫއަރުވާލަމުން ހަމަ އެ ހަރުކަށި ރާގުގާ އަނެއްކާވެސް ޒިން އެހާލިއެވެ.”ހުވާ..ކޮށްފަ މި..ބުނަ..ނީ ނޭނގޭ..އެޑް..ރެސް” ރޫރޫ އަޅަމުން ދިޔަ ރަމީޒު ގެ މޫނު މަތީން އޭނާ އެހަދަނީ ތެދުކަން ޒިން އަށް އެނގުނެވެ.އެހެނަސް އެހުރި ގޮތަށް ހުރެ ފޮޓޯއެއް ނަގާ އީން އަށް ވައިބަރ ކޮށްލިއެވެ. ހަމަ އޭގެ ފަަހަތުން ” މީނަގެ މަރުވެފާ އޮތް މަސްގަނޑު ދެކެން ބޭނުން ނޫން ނަމަ ރެސްޕޮންޑް” އޭ ލިޔެ މެސެޖެއްވެސް ކުރިއެވެ.

އަލްޔާން ގެ ކޯލް ތަށް އިގްނޯ ކުރުމަށް ފަހު ފޯނުން ފޮޓޯ ބަަލަން އޮތް އީން އަށް ލިބުނު ވައިބަރ މެސެޖް ފެނުމުން މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. އަވަސް އަވަހަށް ކަމިން އޭ ބުނެ ރިޕްލައި ކޮށްލެވުނީ ދެވަނަ ފަހަރަކު ވިސްނާވެސް ނުލައެވެ. އީން ގެ ރިޕްލައި ހަމަ ވަގުތުން އައުމުން ޒިން އެއްމިޔަކަނުން ހީލިއެވެ. ރަމީޒު ގައިން ދޫކުރަމުން ވަރަށް ހަމަޖެހިފާ އޭނާގެ ކޮނޑުގާ އަތްއަޅުވާލިއެވެ. “މާ ބޮޑަށް ބިރުގަތީތަ؟ އެންމެ ފުރަތަމަ އެހީމަވެސް ޕޮލައިޓްކޮށް ޖަވާބު ދިން ނަމަ މިހެން ނުވީސް..ޔޫ ނޯ..ގިވް ރެސްޕެކްޓް އެންޑް ގެޓް ރެސްޕެކްޓް..”

******

ސިންފަނީ ރެސްޓޯރެންޓްގައި ހަމަކުރީން ވެސް އިށީނދެ އިން މޭޒު ކައިރީ ވަރަށް ހަމަޖެހިލާފައި ޒިން އިށީނދެގެން އިން އިރު މިއީ އިރުގަނޑެއްކުރީން މިހާބޮޑު ޖަރިމާއެއް ހިންގާފައި އައި މީހަކު ހެނެއްވެސް ހީނުވެއެވެ.ކަޅުނޫކުލައިގެ ޑެނިމް ކުރުތާއަކާ އެކު މަޑު ނޫކުލައިގެ ޝޯލްގައި ހުރި އީން ފެނުނުގޮތް ޒިން އަށް ވަރަށް ހިތްގައިމުވިއެވެ. އިރުކޮޅެއްވާންދެން ބަހެއް ނުބުނެ އެމޫނަށް ބަލަން ޒިން އަށް ހުރެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ޒިން ގެ އެ ތޫނު ބެލުމުން އީން އަށް އުނދަގޫވެ ދެލޯ އަޅަމުން ކަރުކެހިލިއެވެ. “ކީއްވެ އަސްލު އީން އެހާ ބަސްނާހަނީ..” ހެވި ދިއްލިފައި ހުރެ ޒިން ކުރި ސުވާލުން އީން ރުޅިގަދަވެ ތުން ފިތާލަމުން ދުރަށް ބަލާލިއެވެ.ޒިން  ތިހާ ހަޔާތްކުޑަވެ ނުލަފާ ވީ ކީއްވެގެން ތޯ ސުވާލު ކޮށްފާނަމޭ އެވަގުތު އީން ހިތަށް ވެސް އެރިއެވެ. އެހެން ނަމަވެސް ޒިން ރުޅިއަރުވާލާއިފިނަމަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ކަން އިނގޭތީ ހިމޭނުން އިނެވެ. “ފޯނަށް އާންސާރ ނުކުރަނީ ކީއްވެ؟ އަހަންނަށް ފިލަންވެގެން ތަ އީން އުޅެނީ؟ އެހެން ގެއަކަށް ޝިފްޓް ވީ ކީއްކުރަން؟ ” ފުލުފުލުގައި ޒިން ކުރަމުން ދިޔަ ސުވާލުތަކުން އީން ގެ ކެތްތެރިކަން ކޮޅުންލާ ބޮލަށް އުނދަގޫވިއެވެ. ވަރުގަދައަކަށް ޒިން އާ ދިމާލަށް ކަޅި އަޅާލިއިރު މޫނުވެސް ރަތްވިއެވެ.”ކިޔު އެންޑް އޭ ސެޝަނަކަށްތަ އެހާ ވަރުން  މިތަނަށް ގެނައީ؟” ޒިން ގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލްގައި ނުރުހުމުގެ ރާގެއްގާ އީން ވެސް ކޮށްލީ ސުވާލެކެވެ.

“ހެހެހެ…ވަރަށް ރުޅިއައިއްސި ދޯ! އެހާ ވަރުން އަހަންނަށް ފިލަން އެހެން ގެއަކަށް ޝިފްޓް ވީމަ ވެސް އިރުކޮޅެއް ނުވެ މިޖެހުނީ ހަމަ އަމިއްލައަށް ކުރިމައްޗައް އަންނަން ވިއްޔަ..ހައިރާންވެއްޖެ ހަމަ..އަހަރެން މިކުރާ ހުރިހާ ކަމެއް އެނގި ހުރެވެސް އީން އަށް ހިވީތަ އަހަންނަށް ފިލައިގެން މި މަލޭ ގަ އުޅެވިދާނެޔޭ..” ނުލަފާ ހިނިގަނޑެއް ޖަހާލަމުން ޒިން އެހެން ބުނުމުން އީން ވަކި އިތުރު އެއްޗެކޭ ނުބުނެ އިނެވެ. “ޑޯންޓް މައިންޑް..ސޮރީ އިނގޭ..ތިކަހަލަ ސިލީ ކަންތައް ކުރީމަ ހަމަ ހިނި އަންނަނީ..އެނީވޭސް ހިނގާ އަސްލު ޓޮޕިކަށް ދާން ދޯ”

އޭގެ ފަހުން ޒިން ރެކޯޑް ކުރި ކަމަށް ބުނާ އީން ގެ ފޮޓޯ ތަކާއި ވީޑިއޯ ތަށް ލީކް ނުކޮށް ބެހެއްޓުމުގެ ބަދަލަކަށް ޒިން އެދުނީ އަލްޔާން އާ ރުޅިވުމަށެވެ. އޭނާގެ މަގްސަދަކީ އަލްޔާން ހިތުގަ ޖެއްސުންކަމާއި އެކަމުގައި ހަތިޔާރަކަށް ބޭނުން ކުރާނީ އީން ކަމުގައި ބުނުމުން އޭނާ ގެ ހިތް ރޯލިއެވެ.އީން އޭނާގެ ފުލް ކޮންޓްރޯލް ގެ ދަށަށް ގެނައުމައްޓަކާ ޒިން އިތުރަށް މަސައްކަތް ކުރިއެވެ.އެގޮތުން އޭނާ އެދޭ ފަދައިން ކަންތަށް ނުކޮށްފިނަމަ ދެން ވެގެން ދާނެގޮތް އޭގެ އެންމެ ނުބައި ގޮތަށް ކިޔާދީ އީން ބިރުގެންނެވިއެވެ. “ޔޫ އާ މާރސިލެސް!!މި ދުނިޔެ މަތީން އަހަރެން އެންމެ ނަފްރަތު ކުރާ އިންސާނަކީ ތީ..އައި ހޭޓް ޔޫ ސޯ މަޗް..ހަމަ އެކަނި ތިމާ ބާރުގަދަ ވީތީ ފައިސާ ހުރީތީ އެއްވެސް ކުށެއްނެތި އަހަންނަށް ތިދޭ އަނިޔާ ގެ ބަދަލް ޒިން އަށް ދައްކަވާ ތޯ އަހަރެން ދުއާ ކުރަން..ދުވަހަކުވެސް މާފެއް ނުކުރާނަން” މަޑުމައިތިރިކަމާއެކު އެހެނަސް ހިތްދަތިކަމުން ފުރިގެންވީ ނަޒަރަކުން ބަލަން ހުރެ އީން ދައްކަމުން ދިޔަ ވާހަކަ ތަކުން ޒިން ގެ ހިތް ކަތިލެވި ޒަޚަމް ވަމުން ދިޔަ ނަމަވެސް މޫނު މަތީން އެ އަސަރެއް ފާޅުނުވެއެވެ. “ދުނިޔޭގަ ހުރިހާކަމެއް އަބަދު އެއްގޮތަކަށް ނުހިގާނެ..އަޑިގަނޑެއް އައިސްފިނަމަ އުސްގަނޑެއްވެސް އަންނާނެ..މިއަދު ހުރިހާ ބާރެއް ތި އޮތީ ޒިން އަތުގަ އެކަމަކު މާދަމާ ވާނީ ކިހިނެތް ކަމެއް އެއްވެސް މީހަކަށް ނޭގޭނެ..ހުވާކޮއްފަ މިބުނަނީ ޒިން ބަދަލް ހިފަން ކަމަށް ބުނެ ތިކުރާ ކަންތަކުން ޒިން ގެ މަރްހޫމް ކޮއްކޮ އަށް އެއްވެސް ފާއިދާއެއް ނުކުރާނެ..” މަޑުތުރުރުތުލުމެއް ވީ އަޑަކުން އީން ދެއްކި ވާހަކަ އަޑުއަހަން  ދަތްދޮޅީގައި އަތް ވިއްދާލައިގެން އިން ޒިން ގެ ހިތުގެ އެންމެ ހިމަނާރަށް ވެސް އަސަރު ކުރުވަމުން ދިޔައެވެ. އޭނާ ކުރަމުން ދިޔަ ކަންތަކާމެދު އެހެން ޕޮއިންޓް އޮފް ވިއު އަކުން ވިސްނާލަން ފުރަތަމަ ފަހަރަށް މަޖްބޫރުވިއެވެ. ޒިން ކުރިމަތީގައި ރޯން ބޭނުން ނުވީތީ އެދުނު ކަންތައް ވާނެ ކަމަށް ބުނެ އީން ތެދުވެގެން ދިޔައެވެ.

**************

ޒިން އާ އެކު ރެސްޓޯރެންޓް ގައި ހުރެފައި އީން ނިކުތްތަން ފެނުނު އަލްޔާން ގެ ގާޑް ވަގުތުން ގުޅާފައި އަލްޔާން ކައިރީ އެވާހަކަ ބުނެލިއެވެ. ލިބުނު ހަބަރުން އަލްޔާން ބޯ ހަލާކު ވާވަރުވިއެވެ. އަވަސް އަވަހަށް ކާރުގައި މިސްރާބު ޖެހީ އީން މެން ގެއާ ދިމާލަށެވެ. ޓެކްސީގައި ގެއަށް ދިޔަ މަގުމަތީ ދޮންތަ މެން ގެއަށް ވަދެ މާފަށް އެދިލަން އީން ބެނުންވިއެވެ. ކާރުން ފޭބި ތަނާހެން އީން އަށް ފެނުނީ ގޭ ކުރިމަތީ ހުރި ގަރާޖް ކައިރީ އަލްޔާން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ތަނެވެ. އަތްދަބަސް ހުޅުވާލުމަށް ފަހު ސައިލެންޓް މޯޑަށް ލާފައި އިން ފޯނަށް ބަލާލިއިރު އަލްޔާން ގެ ކޯލް އަންނަމުން ދިޔައެވެ. އަލްޔާން އާއި ބައްދަލްކުރަން ބޭނުން ނުވީތީ އަވަސް އަވަހަށް އީން އަނެއްކާ ވެސް އެ ކާރަށް އަރައި ދިޔުމަށް އެދުނެވެ. އަލްޔާން އަށް ނުފެންނަ ކަމަށް އީން އަށް ހީވި ކަމުގާ ވިޔަސް އެއްލިކަޅިން އީން ޓެކްސީ އަށް މަންޒަރު އަލްޔާން އަށް ފެނުނެވެ. ހުޅުމާލެ އަށް މިސްރާބު ހުރި އެ ޓެކްސީ ގެ ފަހަތުން އަލްޔާން ވެސް ދިޔައީ ބާރު ސްޕީޑް ގައެވެ. އީން މެން އުޅޭ އެޕާރޓްމެންޓް ހުންނަ ބިލްޑިންގް ކައިރިއަށް ކާރު މަޑުކޮށްލުމާއެކު އީން ފައިބައިގެން ބާރުބާރަށް ހިނގާގަތެވެ. އޭނާ އެހެން ހަދާނެކަން އިނގޭތީ ބާރު  ސްޕީޑްގައި ދުއްވާފައި އައި އަލްޔާން ވެސް އަވަހަށް ކާރުން ފައިބާ ދުވެފައި ގޮސް ހުށިއާރު ކަމާއެކު ގޮސް އީން ކުރިމައްޗައް އަރާ ހުއްޓުވިއެވެ. ” ކޮންތަނަކުން އީން ތި އަންނަނީ؟؟ ކިހިނެތް ވެގެންތަ ތި އުޅެނީ؟” ހަރުކަށިކަމާއެކު ސުވާލުކުރި އަލްޔާން ގެ މޫނުމަތީން ފާޅުވީ ސީރިއަސް ކަމާއި ރުޅިވެރިކަމުން އީން ދެރަވެ ހިސާބަކަށް ބިރުވެސް ގަތެވެ.” މި..ރައްޓިއްސަކާ އެކު ޑިނާރ އަކަށް” އިސްދަށަށް ޖަހާލަމުން އީން ޖަވާުބު ދިނީ އަލްޔާން ގެ މޫނަށް ބަލަން  ބޭނުން ނުވީތީއެވެ.” ވަޓް! ރައްޓިއްސެކޭ!! ނާޒިން އަހްމަދު އީން ގެ ރައްޓިއްސަކަށް ވީ ކޮންއިރަކު؟؟ އަހަރެންގެ ކޯލް އެޓެންޑް ނުކޮށްް އޭނަޔާ ބައްދަލް ކުރަން އީން ދިޔައީ ކީއްވެ؟ އެންޑް މިއީ ކޮންގެއެއް..މިގޭގަތަ މިހާރު އުޅެނީ؟ ޝިފްޓް ވީ ކޮން އިރަކު؟” ހަމަޖެހިލާފައި ހުރެ އީން ދިން ޖަވާބުން އަލްޔާން ގެ ހިތުގާ ޖެހި އިހުނަށް ވުރެ ރުޅިގަދަވިއެވެ. ” އަހަރެންގެ ރައްޓެހިންނާ..ދާހާ ތަނަކާ ކުރާހާ ކަމެއް ބަލަން އަލްޔާން ވަލީދު ތީ ކާކު؟ އައި އޮފިޝަލީ ބޮރޯކް އަޕް ވިތް ޔޫ..ސޯ ވަޓް އައި ޑޫ އިޒް ނަން އޮފް ޔޯ ބިޒްނަސް ނައު” ޒާތަކަށް ހަށަން ބަނދެގެން ހުރެ ސާބިތުކަމާއެކު އީން ދިން ޖަވާބުން އަލްޔާން ހައިރާންވެ އަނގަ ހުޅުވުނެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލައި ތުންފަތުގާ ދަތް އަޅާލެވުނީ ކުރިމަތީ ހުރެ ވާހަކަ ދައްކަމުން މިދަނީ ހަމަ އޭނާގެ ލޯބިވާ އީން ބާވައޭ ޔަގީން ވެސް ނުވުމުންނެވެ.އީން ގެ ވާހަކައިގައި ވި ސީރިއަސް ޓޯން ގެ ސަބަބުން އަލްޔާން ގެ ހިތް ބިރުގަތެވެ. ލޭ ހިނގުން އަވަސް ވެ މޫނުމަތީން ދާތިކިތަށް ވިދަންފެށިއެވެ. “ބްރޭކް އަޕް މައި ފުޓް!! ނުވާނެ ތިހެން..އަހަންނަށް އީން ގެ ހުރިހާ ކަމަކާ ބެހެވޭނެ..ޔޫ އާރ މައިން..ޔޫ ވާ ކޮމިޓެޑް ޓުމީ..އައި ވިލް ނެވާ ލެޓް ޔޫ ގޯ އީން..ޕްލީޒް ހެޔޮނުވާނެ ތި ގޮތް ދޫކޮށްފަ ވެގެން އުޅޭ ގޮތް ކިޔާދީބަލަ..ކާކުތަ މަޖްބޫރު ކުރަނީ އަހަންނާ ވަކިވާން..ކޮބާތަ މައްސަލައަކީ..މިހިތަށް ތިހާ އަނިޔާ ނުދީ..ޑޯންޓް ބީ ސޯ ކްރުއެލް..ޔޫ ނޯ ހައު މަޗް އައި ލަވް ޔޫ..އެއްމެ ފަހަރަކު އޮޅުންފިލުވަދީބަ ވެގެން އުޅޭ ގޮތް” ބާރުބާރަށް ވާހަކަ ދައްކަން ފެށި އަލްޔާން ގެ އަޑު މަޑުވެ އަދޭހުގެ ރާގަށް ބަދަލް ވީ އެއްވެސް އަސަރެއް ފާޅުވާން ނެތް އީން ގެ މޫނު ފެނުމުންނެވެ. މީ ތިމަންނަ ގެ ފަހުގެ ނިންމުމޭ އެ އެދެލޮލުން ބުނަމުން ދިޔަހެން އަލްޔާން އަށް އިހްސާސް ވުމުން ހިތް ފަޅާއިގެން ދިޔަހެން ހީވިއެވެ. “ގުޑް ބައި އަލްޔާން” ޖަޒްބާތުތަށް އިތުރަށް  ކޮންޓްރޯލް ނުކުރެވޭނެކަން އިނގުމުން އީން އަވަސް އަވަހަށް ދުވެފައި ގޮސް ދޮރުހުޅުވާފައި އެތެރެއަށް ވަނެވެ. އީން ފަހަތުން އަލްޔާން އަށް ދެވުނު އިރު އޭނާ ދޮރުލައްޕާ ތަޅުލިއެވެ.” އޮޕެން ދި ޑޭމް ޑޯރ އީން..ހުޅުވަބަ އީން ޕްލީޒް އައި ނީޑް ޓު ޓޯކް..ޔޫ ކާންޓް ލީވް ލައިކް ދިސް” ބާރު ބާރަށް އަލްޔާން ދޮރު ގައި ތަޅަމުން ދިޔައިރު ހީވަނީ ދޮރު ވައްޓާލަފާނެ ހެންނެވެ. އަޑުފަތްގަނޑު ގަދަވުމުން ކޮޓަރީގައި ނިދިފައި އޮތް އަލްކާ ދުވެފައި ބޭރަށް ނިކުތް އިރު ދޮރު ބުޑުގައި އިށީނދެ އިނދެގެން އީން ރޮނީއެވެ. ބޭރަށް އަޑު ނީވޭނެހެން ދެއަތުން އަނގަމަތީ އަތް އަޅާ ބާރު ކޮށްގެން ހުރިއިރު އެއްވެސް ހިފެހެއްޓުމެއް ނެތި އެދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އީން އަށް ކޮއްފާ ހުރި އަސަރުފެނި އަލްކާ އަވަސް އަވަހަށް އައިސް އީން ކައިރީ އިށީނދެ ވީ ކީއްތޯ އަހަން އުޅުމުން އީން ބޮލުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް އެދި ދެއަތަކަށް ބޯ ހޫރާލިއެވެ. އޭރުވެސް މެދުކެނޑިމެއްނެތި އަލްޔާން ދިޔައީ ދޮރުހުޅުވުމަށް އެދި އީން އަށް އާދޭސް ކުރަމުންނެވެ.” އައި ނޯ ޔޫ އާ ރައިޓް ބިހައިނޑް ދިސް ޑޯ އީން..އޮޕެން އިޓް..” އަލްޔާން ގެ އާދޭހުގެ އަޑުން ހީވީ އީން ގެ ކަންފަތް ފަޅާގެން ދަނީހެންނެވެ. ހިތަށް ކެތްކުރަން އުނދަގޫވެ އީން ގެ ނޭވާ ހާސްވާ ގޮތްވިއެވެ. ފުރާނަ ފަދައިން ލޯބިވާ މީހަކަށް ގަސްތުގާ އަނިޔާ ދެވޭ ހިނދު ހިތަށް ކުރާ އަސަރު ފުރަތަމަ ފަހަރަށް އީން އަށް ވެސް ތަހައްމަލް ކުރަން ޖެހުނެވެ. ކެތްރެތިކަން ކޮޅުންލާއިގެން ދާއިރުވެސް ދެއަތާ ދެފައިގެ އިތުރުން ދޫ ވެސް ބަނދެވިފާ ވީ ކަމުގެ އިހްސާސް ކުރެވި އީން އަށް ގިސްލަ ގިސްލަފާއި ރޮވެމުން ދިޔައެވެ. ދޮރުތަޅާ ތަޅާ އަތް ވާޅުވުމުން އަލްޔާން ގެ ހިތްވަރު އެލުނެވެ. މަޑުމަޑުން ދޮރުބުޑުގާ އިށީނދެ ދޮރަށް ލެނގިލިއެވެ. އޭރުވެސް ދޭތެރެއަކުން ބޮލުން ދޮރުގާ ޖަހަމުން އަލްޔާން އީން އަށް ގޮވަމުން ދިޔައެވެ. އީން އޭނާގެ ހަޔާތާ މުޅި އުމުރަށް ވަކިވަނީ ކަމުގެ އިހްސާސް ކުރެވި  ހަތަރެސްފައި ފިނިވިއެވެ. އަލްޔާން ގެ ދެލޮލުން ކަރުނަ ހިލުނު އިރު ހުއްޓުމެއް ނެތި އެހިތް އެދި އާދޭސް ކުރަމުން ދިޔައީ މިހިތްދަތި ވަގުތުގެ ނިމުމަށެވެ. ގަޑިއެއްހާ އިރުވީއިރުވެސް އަލްޔާން ނުދާކަން އެނގި އަލްކާ ގުޅީ އީތަން އަށެވެ. ވެގެން އުޅޭ ގޮތް ކިޔާދިނުމުން އީތަން މިދަނީއޭ ބުނެ ފޯން ކަނޑާލިއެވެ.

” ބްރޯ…” އަލްޔާން ހުރިހާލު ފެނުމާއެކު އީތަން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ބޮލުގައި ދެއަތް އަޅާއިގެން އިށީނދެގެން އިންއިރު މޫނާ ދެލޯ ވަނީ ރަތްވެފައެވެ. އީތަން އަައިސް އިށީނުމާއެކު އަލްޔާން ޝަކުވާ ކުރަން ފެށިއެވެ. ” އީން ގުޅާފަ ބުނީ ދޯ މަ ބަލާ އަންނާށޭ..ނުދާނަން..ކަލޭ ބުނީމެއްނު ޝީ އިޒް މައިން އޭ..އަންނާނެޔޭ..ވަގުތު ދޭށޭ…އެކަމަކު އޭރުވެސް ޝީ ވޯޒް ސިރިއަސް..އަހަންނާ ވަކިވާށޯ ބޭނުމީ..ޝީ އިޒް ނޮޓް ކަމިން ބެކް އެންޑް އައި ކާންޓް ލިވް ވިތައުޓް ހާ..”އެއްނޭވާއިން އަލްޔާން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ހިތްއަވަސް ވެފާ ވީވަރު އީތަން އަށް އަންދާޒާ ކުރެވުނެވެ. “ޑޫޑް ޕްލީޒް ލިސެން ޓު މީ..އަހަރެން އީން އާ ވާހަކަ ދައްކާނަން ފަހުން..މިހާރު ހިނގާ މިތަނުން ދާން”

އީތަން ގެ ވާހަކައިން އޭނާ އައީ އީން ގުޅައިގެންކަން އަލްޔާން އަށް ޔަގީންވިއެވެ. އެހެންކަމުން ތެދުވެ އަނެއްކާވެސް ދޮރުގާ ތަޅަން ފެށިއެވެ.” އީން!!! އަހަރެން މިތާ ހުރެގެން ތިހާ އުނދަގޫ ވަންޏާ ޕޮލިހަށް ގުޅީމަ ވީނު..އޭރުން ގެންގޮސް ގޮޅިއަށް ލީމަ ދުވަހަކުވެސް އީން އަކަށް ނުފެންނާނެ އެއްނު މާ ރަނގަޅެއްނު.. ކީއްކުރަން އީތަން އަށް ގުޅީ..ހަމަ ހުވާ މި ބުނީ ނުދާނަން މިތަނުން މިރޭ އީން އާ ބައްދަލު ނުކޮށް..ހުޅުވާ ދޮރު..”

ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރެއިން މާ އަޑުގަދަވުމުން ޖެހިގެން ހުރި އިމާރާތުގެ ގޭޓް ބަލަހައްޓާ މީހާ އެވަގުތު އައިސް ދެފަހަރަކަށް އެދިމާލަށް ބޯދިއްކޮށްލާފައި ދިޔައެވެ.”އީން ނުގުޅިޔަސް މިހިސާބު މީހުން ޕޮލިހަށް ގުޅާނެ މިރޭ..އަލްޔާން ޓްރަސްޓް މީ..އައި ޕްރޮމިސް މާދަން އީން އާ ބައްދަލް ކުރުވަ ދޭނަން..އަހަރެން ވެސް އީން އާ ވާހަކަ ދައްކާނަން..އެކަމް މި ވަގުތު ހިނގާ ޕްލީޒް ބްރޯ” އަލްޔާން ގެ ގާޑުންނަށް ވެސް ގުޅައިގެން ގެނެސް އީތަން އެތަށް އާދޭހެއް ކުރުމުން އެންމެ ފަހުން އަލްޔާން އެތަނުން ދިޔައީ ވެސް ގަދަކަމުން ކަހަލަ ގޮތަކަށެވެ. *******

ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިތެރެއަށް ވަދެ އެނދުމައްޗައް ވެއްޓި އަލްޔާން އަށް ރޮވެން ފެށިއެވެ. ހިންދިރުވާލަމުން އެނދުމަތީ ހުރި ބާލީސްތަށް ނަގާ ހޫރާލެވުނީ އީން ދެކެ ރުޅިއާދެވުމުންނެވެ. ލެޕްޓޮފާ ގުޅާފައި ހުރި ޓީވީ އޮންކުރުމާއެކު ފެންނަން ފެށި އީން ގެ ތަސްވީރު ތަކުން އަލްޔާން ގެ ހިތް އިތުރަށް ޒަހަމް ވިއެވެ. އީން އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތަށް ހަނދާންވެ ނޭވާލާންވެސް އުނދގޫ ވާހެން ހީވިއެވެ. “ތިހާ ގޮތް ދޫ ނުކުރަނީ ކީއްވެ އީން…ވައި ޑޯންޓް ޔޫ އަންޑަސްޓޭންޑް..އައި ލަވް ޔޫ ސޯ މަޗް”

އަލްޔާން އެކަނިވެލަން ވަގުތު ދިނުމުގެ ގޮތުން ސިޓިންރޫމް ކައުޗް ގައި އިން އީތަން އަށް އިވެން ފެށި ރާގުން މަޑުމަޑުން ތެދުވެ އަލްޔާން ކޮޓަރިއާ ދިމާލަށް ދިޔައެވެ. ހިސާބަކަށް ދޮރު ހުޅުވިފާ ހުރި އިރު އީތަން އަށް ފެނުނީ ކުރިމާތިން ފެންނަން ހުރި އީން ގެ ތަސްވީރަށް ނަޒަރު ހުއްޓާލައިގެން ހުރި އަލްޔާން ގިޓާ ހިފައިގެން ހުރެ ރީތި ޓިއުން އެއް ޖައްސަމުން ދިޔަ މަންޒަރެވެ. އޭނާގެ މޫނުމަތީގައިވި ހިތްދަތިކަމުގެ ޖަޒްބާތު ފެނި އީތަން ވަގުތުން ފޯން ނަގާ އެ މަންޒަރު ރެކޯޑް ކުރަންފެށިއެވެ. ލަވައެއްގެ ސިފާގައި އަލްޔާން އޭނަގެ ހިތުގެ އަޑު ބޭރުކުރަމުން ދިޔައިރު އެއަޑުގާ އާދަޔާ ހިލާފް ޖާދޫއެއް އެކުލެވިގެން ވީ ފަދައެވެ.

 

ބިންމަތީގާ ދިރިހުރީމޭ ދިން ތި ލޯތްބަތްޓަކާ

ކިހިނެތް މަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން

ކޮންމެ ތަނަކުން ކޮންމެ ހިނދަކުން އާވަނީ ތިޔަ ހަނދާން

 

ދިރި ހުންނަންބޭނުމޭ ..ތިޔަ އޯގާތެރިކަމާ

ގެނބެމުން ދާ މީހަކަށް ނޭވާލުން ވާފަދައިން

ތި ހަނދާނާ ތިޔަ އަސަރު..ނުފިލާނޭ މިހިތަކުން

ވެރިވެއްޖޭ އަނދިރިކަން ..ރޮއްވާފާ ހިތްނުދޭ..

 

ބޭނުންވީ ތަސްވީރޭތީ.. އާން އެކުގާ އުޅުމަށް ލޯބިން ހުވަފެންތަށް ދެކެފާވީ އެކީ

ކިހިނެތް މިހިތަށް ކެތްވާނީ ހުވަފެންތަށް ކުދިކުދިވީމާ…އުފަލެއް ދުނިޔޭގާ ދެން ނެތީ

މިއުދާސްތަށް އަޑުއަހަން ތިޔަލޯތްބެއް ދެން ނެތޭ..އެއުފާތަށް ދެން އަލުން އަނބުރާ އައުމެއް ނެތޭ

******

ލަވައިގެ އެހާ ހިސާބުން އަލްޔާން އަށް އިތުރަސް ކުރިއަށް ނުގެންދެވި އިސްޖަހާލެވުނީ ރޮވުމުންނެވެ. އިތުރަށް އެންމެ ލަފްޒެއްވެސް ދުލުން ބޭރުނުކުރެވޭނެހެން ހީވުމުން ގިޓާ ބަހައްޓާފައި ގޮސް އަލްޔާން އެނދުގާ އޮށޯތެވެ. އިރުކޮޅެއްވަންދެން އަލްޔާން އަށް ބަލަން އީތަން އަށް ހުރެވުނީ އޭނާގެ ހާލާމެދު ހަމްދަރްދީވެފައެވެ. އަލްޔާން ކައިރީ އީން ގެންނާނެ ކަމަށް ވައުދުވެވުނު ނަމަވެސް އެކަން ކުރަންވީ ކިހިނެތް ކަމެއް އީތަން އަކަށް ނުވިސްނުނެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ ރެކޯޑް ކުރި ވީޑިއޯ ވައިބަރ އިން އީން އަށް ފޯރވާރޑް ކޮށްލިއެވެ.”އައި ނެވާ ސޯ ހިމް އިން ދިސް ކޮންޑިޝަން..ހީ އިޒް ކޮންމްޕްލީޓްލީ ބްރޯކެން..އަދި އެއްފަހަރު ވިސްނާލާ އީން”

ނުނިދިގެން ދެއަތަށް ފުރޮޅި ފުރޮޅި އޮތް އީން އަށް އީތަން ގެ މެސްޖް ލިބުމާއެކު ކޮޓަރިން ނިކުމެގެން އައިސް އަނދިރިކަން ވެރިވެފާވީ ސިޓިންރޫމް ސޯފާގައި ހަމަޖެހިލަމުން ވީޑިއޯ ޕްލޭކޮށްލިއެވެ. ދިހަ ވަރަކަށް ފަހަރު ތަކުރާރުކޮށް އީން އަށް އެވީޑިއޯ ބެލުނެވެ. އޭނާގެ ސަބަބުން އަލްޔާން ގެ ހިތަށް ކޮށްފާ ހުރި އަސަރު ފެނުމުން އީން ގެ ހިތް ލޭކޮށެވުނެވެ.އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފު ކުރެވޭނެބާއޭ ހިތަށް އަރައި ރޮވުނެވެ. ފޯނުން ފެންނަން ހުރި އަލްޔާން ގެ ތަސްވީރުގައި ފިރުމަ ފިރުމާފައި އެތަށް ފަހަރަކު އީން އަށް ބޮސްދެވުނެވެ. ޔޫޓިއުބް އިން ޑައުލޯޑް ކޮށްފައި އިން އަލްޔާން ގެ ސޯންގް ކަލެކްޝަން ތެރެއިން ސްޓޭޖް ޕާރފޯމެންސް އެއްގާ އަލްޔާން މީގެ ކުރީން ހަމަ އެ ލަވަ ކިޔާފައި އިން ތަން ފެނި އީން އެ ލަވަ ޕްލޭ ކޮށްލިއެވެ. އޭރު އަލްޔާން ގެ އަޑުގަޔާ މޫނުމަތީގައި ވި ޖަޒްބާތް މިހާރާ ހާދަ ތަފާތޭ އީން ގެ ހިތަށް އެރިއެވެ. އަލްޔާން ގެ ދިރިއުޅުމަށް އޭނާ އައި ފަހުން މުޅިންވެސް  ދިމާވީ ހިތްދަތިކަމާ ހިތާމައޭ ވިސްނި އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ހަމައެއާއެކު އަލްޔާން ގެ އަޑުން ކިޔާފައިވި އެ ލަވައިގެ ފަހުބައި އަޑު އިވި އީން ގެ ހިތް ކުދިކުދިވެ ގިސްލަ ގިސްލާފައި ރޮވުނެވެ.

………..

ކާކަށް ހޭ އިއްވައިދޭނީ ޝަކުވާތަށް ހިތުގާ ގިނަވާ..ރޯލާނީ ކޮނޑުގާ ބޯ އަޅާ

ހަމަގައިމޭ ދެން ނާންނާނޭ..ފިރުމާދިން ރޭތަށް ލޯބިން..ފޯވެދަނީ ކަރުނައިންނޭ ދެލޯ

ތިޔަ ޖިސްމާ ތިޔަ ނަމާ ތިޔަ ލޮލުގާ ވާ ނަޒަރު..އެއުފާ ދިން ވަގުތުތަށް ފަހަތަށް ގޮސް ގެއްލުނީ

ތި ހަނދާނާ ތިޔަ އަސަރު ނުފިލާނޭ މިހިތަކުން..ވެރިވެއްޖޭ އަނދިރިކަން ދިރއުޅުމޭ ގެއްލުނީ

ފުން ހިތާމައިން ހިތް ރޮވިއްޖޭ އަދު ކަލާ ބީވުމުން

ކިހިނެތް މަ ދިރިއުޅޭނީ ކަލާ އާ ވަކިން ދެން ……

**********

އެރޭގެ ދަންވަރު ތިނެއް ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ސިކުނޑިއަށް ބުރަވެ ވަރުބަލިވެ ނިދި ޖެހިފާ އޮތް އަލްޔާން އަށް ކުއްލިއަކަށް ހޭލެވުނީ އޭނާގެ ފޯނަށް އަންނަ މެސެޖް ޓޯން ގެ އަޑަށެވެ. ފުލުފުލުގައި މެސެޖްތަށް އަންނަމުން ދިޔުމުން ކަންނެތްކަމާއެކު ފޯން ނަގާ ގަދަކަމުން ދެލޯ ހުޅުވާލިއެވެ. ވައިބާރ އެމެސެޖްތަށް ޑައުންލޯޑްވެ ފެންނަން ފެށުމާއެކު އަލްޔާން ގެ ދެލޯ ފުއްމައިގެން ބޭރަށް ނުނިކުތީ ކިރިޔާއެވެ.

47

You may also like...

23 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Haadhuvaheh vejjey mi reethi vaahaka kiyaahithun hunnathaa.. thank u.. dhen avahah up kuraane kamah ummeedhukuran

    ⚠Report!
    1. Salaam
      M really sorry to keep up all waiting for so long. Due to some circumstances I was unable to upload.
      Emma kehtherikamaa eku mi vahaka ah inthixaar kuri hurihaa lobuvethi kiyintherinnah shukuru adaaa kuran 💖💖😘😘
      Love frm anjal
      insha’Allah next episode sat upload vaane

      ⚠Report!
  2. Alhey haadha interesting ey mi story ..hama ehvanaige vhk eh …haaadha reeiichey …vhk liyan varah molhu ..maasha allah ..kiyaa fooohi nuvey …dhn vaane gotheh balaahithun keii nuvey mihaaru …avahah upkh dhehchey plx plxxx …curiously waiting for the next part dear ❤

    ⚠Report!
  3. After a long time…This part also awesome….Sifa kurun vrh furihama..One of the best story….Waitting for next part…Las nukoh up vaane kamah ummeedhu kuran…

    ⚠Report!
  4. Omg after such a long time… You made us wait for so long… Ekam story hama varah reethi ingey.. Ehaa gina dhuvas kohfa ves Kiyan Hama worth part eh thi genes dhini.. But next part v emme avahakah up kohdhehchey.. Very curious.. Waiting waiting waiting ❤️❤️❤️

    ⚠Report!
  5. I have been waiting for this story😉😏😔missed this story a lot n u 😍😍😘😘😘how’s u???well this is perfect ❤️❤️Story is pretty good, as usual sifakurun vv habeys , emotions thah vs interesting never bored👌👌👌👌☺️☺️☺️☺️😌😌😌😙😙😉😙😙😛😘😘hen ehaa ginadhuhu wait nukuruvahchey 😄😄😁😁😁curiously waiting for the next part 😍😍😘😍😍love yuh n missed yuh😍😘😘😘😘😘😘😘😘😘😘😍😍

    ⚠Report!

Leave a Reply

Your email address will not be published.