ހިތް ލޯބިން ދެވިއްޖޭ 3
“އެކަމު އަހަރުމެން ދެމީހުންގެ ސޯޅަ އަހަރަށް ދާ ދަރިއެއް ހުރޭ” ޝަރީފް ބުނެލި އެތިން އަޝްފާއަށް އިންތަނުން ތެދުވެވުނެވެ. “އޭނނ..މަގޭ ކައިރީ ތަންކޮޅެއް ކުރިން ބުނާކަށް ނޭނގުނުތަ..” ވީ ދެރައިގެ މައްޗަށް އަޝްފަ އިސްކުރީ ރުޅިއެވެ. އިސްދަށަށް ޖަހާލުން ނޫންކަމެއް ޝަރީފަކަށް ނުކުރެވުނެވެ. “ކޮންނަމެއް ކިޔާ ކުއްޖެއް..” އަޝްފާ އެއްސެވެ. “މަ ބޭނުން ތި ކުއްޖަކާ ބައްދަލުކޮށްލަން..އަނެއްކާ އެކުއްޖާއަށް އިނގޭތަ ޝަރީފް ތިއީ އޭނާގެ ބައްޕަކަން..” ޝަރީފްގެ ޖަވާބު އަޑުއިވުމާއެކު އަޝްފާ ބުނެލިއެވެ. “ނޫން އެސޮރަކަށް ނޭނގޭނެ..ހިޔެއް ނުވެ އެސޮރު މަންމަ މަގޭ ކައިރިއަށް އޭނާ ފޮނުވާނެހެންނެއް..” ފުންނޭވާއެއް ދޫކޮށްލަމުން ޝަރީފް ގޮނޑީގައި ލެނގިގަތީ ދެއަތުން މޫނު ފޮރުވާލަމުންނެވެ. އަޝްފާވެސް އިތުރު އެއްޗެއް ނުބުނެ ޓެރަހުން ނިކުމެގެން ދިޔައެވެ.
ގޮނޑިއަށް ވެޑުވެފައި ދެތިން މިނެޓު އެހެން އޮތުމަށްފަހު ޝަރީފް އޭނާގެ ޖީބުން ފޯނު ނެގިއެވެ. އެކެއް ދޭއް ތިނަކަށް ޑައިލްކޮށްލަމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ.
** *** ** *** ** ***
ބަރާކާތްތެރި ހުކުރު ދުވަހަކަށް ރާއްޖެ މަރުހަބާ ކީ މާތް ﷲގެ ހެޔޮ ރަޙުމަތް ފުޅާއެކުގައެވެ. އިރުގެ ދޯދިތަށް ދިވެހި ފަސްގަނޑު އަލިކޮށްލިއިރު މިނިވަންކަމާއެކު ދިވެހި ދިދަ ދިޔައީ ވިހުރެމުންނެވެ. މުޅި ރާއްޖެ އެކީހެން އަރާމު ނިންޖަކުން ނިދާފައިވަނީ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުންނެވެ. މޫދުގެ ލޮނުގަނޑު ވިދަން ފެށީ އިރުގެ އަލިންނެވެ. ވލު ނޫކުލަިއގެ ސާފު އުޑަމަތީގައި އެންމެ ހުދު ވިލާރޮއްޖެއްވެސް ނެތެވެ.
ސިނަމާލެ ބުރިޖު ފެންނަނީ ވަރަށް އަމާންކޮށެެވެ. ދުއްވާ އެއްޗެއް ނުފެންނަތާނގައި މީހެއްގެ ހިލަމެއްވެސް ނުވިއެވެ. ނަމަވެސް މިކަން މާގިނައިރަކަށް ދެމިނޯތެވެ. މަޑު ދުވުމެއްގައި ބުރިޖުގެ ހިނގާ މީހުންނަށް ޙާއްސަކޮށްފައިވާ ފަޅީގައި ދުވަމުން ދިޔަ އަންހެން ކުއްޖާގެ ޙިޔާލު ވަނީ އެ މާހައުލާ މާދުރުގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މާސިނގާ ބޮޑު ކަނޑަށެވެ. އޭނާގެ ކުރު އިސްތަށިގަނޑު މާހައުލުގެ ވަޔަށް ތަބާވަމުން ވިހުރެނީއެވެ. މޭކަޕަކާ ނުލާނަމަވެސް އެމޫނުމަތި ފެންނަނީ އޮމާންކޮށެވެ. ތުންފަތުގައި ލިޕްސްޓިކެއް ޖައްސާފައި ނެތްކަމުގައިވިޔަސް ގުދުރަތުން ލިބިފައިވާ އޮމާންކަމާއި ގަދަ ފިޔާތޮށިކަމަކަށް ބަދަލެއް ނާދެއެވެ. ސުންހާގެ ހިޔާލުގައިވަނީ ހަމަ އެންމެ ސޫރައެކެވެ. މޫދުގެ ލޮނުގަނޑު ތެރެއިންވެސް ޔަމާންގެ ސޫރަ އޭނާއަށް ތަސްވީރުވާފަދައެވެ. ވިލާތަށްވެސް އެ ސިފައިގައި ފެންނަ ކަހަލައެވެ. ސުންހާގެ ތުންފަތްމަތީގައިވާ ނުފިލާ ހިނިތުންވުމުގެ އަސްލަކީވެސް ޔަމާންގެ ޙިޔާލުތަކެވެ. ރޭ ސްކޫލުން ނިކުތްފަހުން ސުންހާގެ ހާލަކީ މީއެވެ. ޔަމާން ދުށުމަށް އެދެލޯ އެދެމުން ދިޔައީ އިންތިހާއަށެވެ. ކީއްވެ ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެެވެ.
މޫދަށް ނަޒަރު ހުއްޓާލައިގެން ހުރި ޔަމާންގެ ޙިޔާލުތަކުގައިވަނީ ސުންހާއެވެ. އެ ސޫރަ ދެކުމަށް ޔަމާންގެ ހިތް ބޭއަރާރްވަމުން ދިޔައެވެ. ސުންހާގެ ލަދުގަންނަވާލުމަށްފަހު އެ މޫނުމައްޗަށް އަރާ ކުލަވަރު ބަލާލަން އޭނާ ކެތްމަަދުވެއެވެ. އެ އަތުތެރޭގައި ސުންހާ ފޮރުވާލުމަށް އެދެވެމުން ދިޔައީ އިންތިހާއަށެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެއީ އޭނާއަށް ލިބިފައިވާ ހައްގެއް ނޫނެވެ. ސުންހާ އޭނާޔާ މެދު ދެކޭނީ ކޮއްކޮއެއްގެ ނަޒަރުންނޭ ހިތަށް އަރާ ކޮންމެ ފަހަރަކު ޔަމާންގެ ހިތުގައި ރިއްސާލައެވެ.
ދެ ޒުވާނުންވެސް ތިބީ މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. ނަމަވެސް އެ ދެހިތުގައި ޖަހަމުން ދަނީ ހަމަ އެންމެ ވިންދެކެވެ. މަގުގެ ދެފަރާތުގައި ކިތަންމެ ދުރުގައި ވީނަމަވެސް ހިތުތެރޭން އެ ދެފުރާނަ ވަނީ ގުޅިފައެވެ. މިއީ މީހުން ކިޔާ އުޅޭ ލޯބި ހެއްޔެވެ؟ އެ ޖަޒުބާތީ އިޙްސާސަކީ މިއީ ހެއްޔެވެ؟ ހިތް މޮޔަކޮށްލަނީ މި ޖާދޫއިން ހެއްޔެވެ؟ ލޯބީގެ ދަރުބާރެއް ހިތުގައި ބިނާކުރެވެނީ މި ޖާޒުބާތުގެ ސަބަބުން ހެއްޔެވެ؟ ފުރަތަމަ ނަޒަރުން ހިތް ވަގަނަގާ ވައްކަމަކީ މިއީ ހެއްޔެވެ؟ ޔަމާންއާއި ސުންހާގެ ހިތުގައި ދަޢުރުވަމުން ދިޔައީ ހަމަ އެއް ސުވާލުތަކެވެ. ޖަވާބު ދޭނީ ކާކު ހެއްޔެވެ؟ ދެމީހުން ކުރެ އެކަކުވެސް މިއީ އެއް އިޙްސާސެއް ކަމަށް އެއްބަސްވާކަށް ނޫޅުނެވެ.
ދެމީހުންނަށްވެސް ޙިޔާލުތަކުން ދުރުވެވުނީ އެ ވަގުތެއްގައެވެ. ހިތާހިތުގެ ގުޅުމަކީ މިއީ ނޫންހެއްޔެވެ؟ ޔަމާން އޭނާގެ ނަންބަރު އައިނު ރަނގަޅުކޮށްލަމުން އިސްދަށަށް ޖަހާލައިގެން ދުވުން ކުރިއަށް ގެންދިޔުމަށްފަހު އިސްއުފުލާލެވުނީ އެ ދެމީހުންނަށްވެސް އެކުއެކީގައެވެ. ދެނަޒަރު ބައްދަލުވި ހިނދު ކަރަންޓު ޝޮކެއް ދެހަށިގަނޑުގައި ދައުރުކޮށްލި ކަހަލައެވެ. ސުންހާގެ ހަރަކާތްތަށް ހުއްޓުނެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރެވުނެވެ. އެޔާޙިލާފަށް ޔަމާންގެ ނަޒަރު ސުންހާގެ ފައިން ފެށިގެން ބޮލާހަމައަށް ދަތުުރުކޮށްލިއެވެ. އޭނާ ލައިގެން ހުރި ބާރު ޓައިޓާއި ގަޔަށް ހިފިފައި ހުރި ޓީޝާރޓުގެ ސަބަބުން ހަށިގަނޑު ވަނާތަށް ރީއްޗަށް ފާޅުވެއެވެ. “ހަވާރ ގްލާސް” ބައްޓަމެއް ލިބިފައިވާ ސުންހާގެ ހަށިގަނޑަށް ޔަމާންގެ ފެންބޮވައިގަތެވެ. އިރުގެ އަލި އެޅިފައިވާ ވުމުގެ ސަބަބުން ރިހި ކުލައިން ވިދަ ވިދަ ހުރި އެ ދޮން ކަނދުރާގައި ތުންފަތް ޖައްސާލާ ހިތްވިއެވެ. ނަމަވެސް ވަހުޝީ ޙިޔާލުތަށް އޭނާ އެއްފަރާތް ކޮށްލީ އޭނާއަށް ހުރެވުނު މަގާމު ހަނދާންވުމުންނެވެ. ޔަމާން އެއްމިޔަކުން ހިނިތުންވެލިއެވެ. އޭނާ އެއްބުމަ އަރުވާލުމާއެކު ސުންހާ ތުންދަމާލީ ލޯބި ގޮތަކަށެވެ.
“މޯނިން.” ކިތަންމެ ދުރުގައި ހުރެފަ ނަމަވެސް އަތްހިއްލާލަމުން ޔަމާން އޭނާއަށްް ޓާޓާ ކިޔާލީ ފިރިހެންވަންތަ ހިނިތުންވުމާއެކުގައެވެ. އޭނާއަށް ނޭނގުނު ކަމަކީ އެ ހިނިތުންވުމުގެ ސަބަބުން ސުންހާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނުކަމެވެ. ހިތުތެރޭގައި އެ އުފާވެރިކަން ރައްކާކޮށްލަމުން ސުންހާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.
“ހުއް..ކިތަންމެ ހަޑި ވައްތަރެއް ޖެއްސިޔަސް ތިއްތި މިސްގެ ތިއްތިކަމަކަށް ބަދަލެއް ނާދެއޭ ދޯ..” ޔަމާން ހިތަށް އެރި އެތީގެ ސަބަބުން އެކަނި ހުރެފައިވެސް އޭނާ ހިނިއެވެ. އެހުރިހާ މަންޒަަރެއް ސުންހާއަށް ފެނުނުކަން އެނގުމުން އޭނާ ހިސާބަކަށް ލަދުގަތެވެ. އިސްޖަހާލަމުން އޭނާގެ ފަންއިސްތަށިގަނޑު އަމިއްލަޔަށް ކުޑަކޮށްހާވާލިއެވެ. ހުރިހާ ކަމެއް ނުވާކަމަކަށް ހަދާލަމުން އޭނާގެ ދުވުން ކުރިއަށް ގެންދިޔައެވެ. ޔަމާން ކަންތަށް ކުރި ފަދައިން ސުންހާވެސް ދުވުން ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ބައެއްފަހަރު ވެރިވާ ސުވާލުތަކުގެ ސަބަބުން ދުވުން މަޑު ޖައްސާލަން ޖެހޭ ފަހަރު މަދެއް ނޫނެވެ. “ދެމީހުން މަގުގެ ދެކޮޅު ދުވެފަ އައިސް ކްލޭޝް ވެއްޖިއްޔާއޯ..” ސުންހާގެ ހިތަށް އެރިއެވެ. އެމަންޒަރު ސިފަކޮށްލެވުމުން އޭނާގާތަށް ހިނިއައެވެ. މިއަށް ކިޔާ އުޅެނީ ޖަޒުބާތުގައި ޖެހުން ނޫންހެއްޔެވެ؟
ކަންވީވެސް ސުންހާ ހީކުރިގޮތަށެވެ. މާހައުލުން އަވި ނިވާލަން ފަށާފައިވުމުން ވައިރޯޅީގެ ފިނި ބޮޑުވިއެވެ. މުޅި މާޙައުލުގަިއ މިހާރު އެ ރޯޅިތަށް ރަސްކަން ކުރަން ފަށައިފިއެވެ. މަގުގެ ދެފަރާތުން އައި ސުންހާޔާއި ޔަމާން މަގުގެ މެދަށް އެއްތަން ވެއްޖެއެވެ. ދެމީހުންގެ ދުވުން ހުއްޓި ފިޔަވަޅުތަށް މަޑުޖެހުނެވެ. އެކަކު އަނެކަކު ހުރަސްކޮށް ދާން އުޅުމުގެ ތެރޭގައި ސުންހާގެ މަޑު އަތްތިލައިގައި ޔަމާން ހިފާއްޓާލިއެވެ. އެ މަޑު ފިނި އަތްތިލައަށް ފިއްތާލަމުން ޔަމާން އެ އަތްތިލައިގައި ތުންފަތް ޖައްސާލިއެވެ. ބެލްކަނިން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ނަމަވެސް އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ޔަމާންގެ އެ ޢަމަލުން އޭނާގެ ހިތް ފުރިގެންދިޔައެވެ. ނޭނގިނަމަވެސް ދެ ޒުވާނުންގެ ޢަމަލުތަކުން ލޯތްބަށް އެއްބަސް ވަމުންދެވުނެވެ. “މިސް…މިފަހަރު ރުޅިއެއް ނާދޭތަ..” ލަދުން ނަމަވެސް ހެވިފައި ހުރި ސުންހާޔަށް ބަލާލަމުން ލާނެއް ގޮތަކަށް ޔަމާން އެއްބުމަ އަރުވާލިއެވެ. ކުރެވުނީ ކީއްކަން ރޭކާލުމުން ސުންހާ އަތް ދަމައިގަތެވެ. މޫނުމަތީ ކުލަވަރު ބަދަލުކޮށްލާ ދެބުމަގޮަށްޖަހާލަމުން އޭނާ އަވަހަށް ދުއްވައިގަތެވެ. ދެފަރާތަށް ބޯ ހަލުވާލަމުން ހިނިގަނޑެއް ޖަހާލަމާއެކު ސުންހާ ލޮލު ކޮޅަށް ފެންނަ ހިސާބަށް ދަންދެން ޔަމާން ހުއްޓެވެ. “ޝި އިޒް ޖަސްޓް ޓޫ ޔުނިކް..” ހިތާހިތުން ޔަމާން ދިޔައީ ސުންހާޔަށް ތަޢުރީފްކުރަމުންނެވެ.
** *** ** *** ** ***
“ސިޓްރޮން” ރެސްޓޯރެންޓު ތެރެ ފެންނަނީ ހަލަބޮލިކޮށެވެ. ކުދި ކުދި ޢާއިލާތަކާއި ބޮޑެތި ޢާއިލާތަކެވެ. ރައްޓެހިންނާއި ލޯބިވެރިންގެ ޖޯޑުތަކެެވެ. ހުކުރު ދުވަހުގެ އުފާވެރިކަން ލިބިގަންނަމުން ދިޔައީ ހެނދުނު ސައި އެކުގައި ހޭދަކޮށްލައިގެންނެވެ. ވެއިޓަރުން ދެކޮޅަށް ދުވަމުން ދިޔައީ އެބައިމީހުންގެ ޙިދުމަތުގައެވެ. ކާއެއްޗެހި ތަށްޓަކަށް އަޅައިގެން އައިސް އިށީނީ މަންމައާކާއި ދަރިއެކެވެ. ކަޅު އަބާޔާއެއްގައި ފަރުދާވެފައި ތިރީހުގެ ފަހު އަހަރުތަށް ގުނަމުން ދާ އައިޝާގެ ދޮން މޫނުމަތީގައިވަނީ ރޫޖެހެން ފަށާފައިއެވެ. ނަމަވެސް އޭނާގެ ކިހި ރީތި ހަށިގަނޑުން ފެންނާނީ ޒުވާންކަމެވެ. ގޮނޑީގައި އިޝީނދެލަމުން އައިޝާގެ އޭނާގެ ކުރިމަތީގައި ކޮފީތަށި ތުންބަށް ޖަހައިގެން އިން ޒުވާން ފިރިހެން ކުއްޖާއަށް ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ހުދު އަތް ދިގު ޓީޝާރޓު އުޅަނބޮށްޓާ ހަމައަށް އޮޅާފައިވާއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ކަަކުލުން މައްޗަށް އަރާ ޖިންސު ފޮތީގެ ސޯޓެކެވެ. އެ ޒުވާނާ މިލްކުކޮށްފައިވަނީ އައީޝާގެ މޫނުމަތީ ހުރިހާ ސިފައެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ އައިޝާގެ ފުރާނައެވެ. އޭނާ މިއަދު ދިރިހުރުމުގެ އަސްލެވެ. މުޅި ދުނިޔެ އޭނާ ބާކީކޮށްލި ދުވަހު އެ ހަޔާތަށް އަލިކަމެއް ގެނެސް ދީ އެކަނިވެރިކަން ފިލުވައިދިނީ އެ ދަރިފުޅެވެ. އެ ދަރިފުޅާއެކު ހޭދަކުރެވުނު ސޯޅައަހަރަކީ އައިޝާގެ ހަޔާތުގެ އެންމެ އުފާވެރި އެހެންނަމަވެސް އެންމެ ބުރަ ސޯޅަ އަރަހޭވެސް ބުނެވިދާނެއެވެ.
އެދަރިފުޅާ އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ދާން ޖެހުން އެއީ އައިޝާގެ ހިތަށް ކެތްވާނެ ވަރުގެ ކަމެއް ނޫނެވެ. ބޭނުންނުވިކަމުގައިވިޔަސް އެއީ ކޮންމެވެސް ދުވަހަކުން ވާނެކަމެއްކަން ހިތަށް އެރުމުން އައިޝާގެ ލޮލަށް ކަރުނަ ބޮނޑިވެގަތެވެ. އޭނާއަކީ ހިތްބަލި މީހެއްކަން އެންމެ ގާތުން ދަންނާނީވެސް އޭނާގެ ދަރިފުޅެވެ.
މަންމަގެ ނަޒަރުގެ ސަބަބުން ކުޑަކޮށްކަށް އުނދަގޫވުމުން އެ ޒުވާނާ އެއްބުމަ އަރުވާލިއެވެ. “ދަރިފުޅާ އާލިމް….މަންމަ ދޫކޮށްލާފަ ނުދައްޗޭ..” ކުރެހިފައިވާ އަޑަކުން އައިޝާ ބުނެލިއެވެ. އޭނާގެ ޒުވާން ދަރިފުޅުގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. “އެއްކަލަ މަންމަ..ތިކަހެއަ ވާހަކަ ނުދައްކާށޭ ބުނީމަވެސް..” ބޮޑުވައި އިނގިލީގެ ކޮޅުން އައިޝާގެ ކޯތާފަތުގައި ބީހުނު ކަރުނަތަށް ފޮހެދެމުން އޭނާ ހިތްހަމަޖައްސައިދޭންވެސް އެ އާލިމް ވަރެއް ހަމަނެތެވެ.
ހިނިތުންވެލަމުން އައިޝާ ފަށައިގަތީ ކިޔެވުމާ ބެހޭގޮތުން ސުވާލުކުރާށެވެ. މި ދެމައިންގެ މެދުގައި ދައްކާނެ ވާހަަކަ ދުވަހަކު ހުސްނުވާނެއެވެ. ނަމަވެސް އެ އޮލަ ވާހަކަ މެދު ކަނޑާލަން ޖެހުނީ މޭޒުމަތީގައި އޮތް އައިޝާގެ ފޯނު ރިންގުވާން ފެށުމުންނެެވެ. ސްކުރީނަށް އަރާފައިވާ ނަންފެނުމުން އައިޝާގެ ދެބުމަ ގޮށްޖެހުނެވެ. “ޝަރީފް..” ފޯނު ހިފައިގެން އައިޝާ ކޮޅަށް ތެދުވިއެވެ. “އެބައަންނަން އިނގޭ..” ފޯނު ހިފައި ފާހާނާއަާ ދިމާލަށް މިސްރާބުޖަހަމުން އައިޝާ ބުނެލިއެވެ. އެއާއެކު އާލިމް ދެބުމަ ކައިރިވިއެވެ. ކަމެއް ގޯސްވެއްޖެކަމުގެ ނިޝާން އޭނާގެ މަންމަގެ މޫނުމަތިން ފެނުމުން އޭނާ ކަންބޮޑުވާ ގޮތްވިއެވެެ.
(ނުނިމޭ)
10 Comments
Comments are closed.
Ohh..so alim aee dho shareef ge dharifulhu…
Exactly ?
Salhi mi part vexx..keep up the good work…
Thanks alot ???❤❤❤ ya insha allah ????
vrh reethi and chech mine man mistake thah k
Thank youuuuu ❤❤❤ but I think you’re always misunderstanding me for someone else ?cux i donno wht ya taking bout dear ?☺
Hi everyone ?? i hope you all like this part ❤❤❤ and the 4th part insha allah I’ll publish today ???oxox and lots of love thanks for the support it really means a lot ???
Story hama vv reethi there are small mistakes hope you wil correct them in the next part ????????❤ still story vvv reethi???????
Thank you so much ❤❤❤❤? yes I’ll keep improving day by day insha allah ??? alheyy so sweet of you ?????
Enguney aalimkan ?