Skip to content
އެސްފިޔަ

ކައިޒީން 3

ޔަގީނެވެ. މިހާރު އޭނަ އާއި ދާއިންގެ ގުޅުން ވާނީ އެނަމެންނަށް އިނގޭ ބޮޑު ސިއްރަކަށެވެ. “ނުދޭނަން” ކައިޒީން ބުނެލީ އެއްވެސް ޖެހިލުމެއްނެތި އެވެ. “މިބުނީނު ދޭށޭ.” ޖާއިންގެ އަޑު ބާރުވަމުން ދިޔައެވެ. ނަމަވެސް ކައިޒީން އަށް ފާހަގަވީ ޖާއިން އޭނާގެ ގަޔަށް ނުބަލަން އުޅޭކަމެވެ. ގަސްތުގައި ހަމަ ޖާއިން ރުޅީއަރުވާލުމަށްޓަކައި ކައިޒީން ޖާއިންގެ ގައިގައި ބާރަށް ބައްދާލިއެވެ. ޖާއިންގެ ގައިގައި ކައިޒީންގެ ފޭރާމެއްނެތް ހަށިގަނޑު ބީހެންފެށުމުން އިޙްތިޔާރުން ބޭރުވާގޮތްވިއެވެ. ނަމަވެސް ޖާއިން ދާދި އަވަހަށް ކައިޒީންގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ދިޔައެވެ. އެވަގުތު ރިންގްވަމުންދިޔަ ކައިޒީންގެ ފޯން ފެނުމާއެކު ދެމީހުންނަށް އެއްފަހަރާ މިސްރާބު ޖެހުނީ ފޯނާ ދިމާލަށެވެ. ނަމަވެސް ފޯން ލިބުނީ ޖާއިން އަށެވެ. ގުޅަނީ “ދާން” އެވެ. އިތުރު އެއްވެސް ތަފްސީލަކާނުލާ ޖާއިން އަށް އެއީ ކާކުކަން ޔަގީން ވިއެވެ. ނަމަވެސް ފޯން ނެގުމުގެ ކުރިން އެކޯލް މިސްވިއެވެ. “މީގެ ލޮކް ކޯޑް ޖަހާދީ.” ޖާއިން އަމުރުކޮއްލިއެވެ.” ނުޖަހާނަން. މަރާލިޔަސް ނުޖަހާނަން” ކައިޒީން އޭނަގެ ގޮތުގައި ހިފާއްޓާލިއެވެ. ނަމަވެސް ހަމައެސިކުންތު ޖާއިން އޭނަގެ ފޯން ނެގުމަށްފަހު ޒިދާން ފޮނުވި ސްކްރީން ށޮޓްތައް ދައްކާލިއެވެ. އެއާއެކު ކައިޒީންގެ ބަސް ހުއްޓުނެވެ. ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. ބިން ފަޅާފައި އަޑިއަށް ހިނގައިދާންމޭވެސް ހިތައް އެރިއެވެ. ނަމަވެސް ތަގްދީރު ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ. ކުއްވެރިއެއް ފަދައިން އިސް ޖަހާލައިގެން ހުރި ކައިޒީންގެ މޫނުމަތީގައިވަނީ ހާސް ކަމެވެ. ތިރީ ތުންފަތުގައި ދައިގަނެގެން ހުރެ އިހުސާސް ތައް ކޮންޓްރޯލް ކުރެވުނީ އިރުކޮޅަކަށެވެ.

“ޒީން އަށް އަހަރެން ނުކޮއްދެނީ ކޮންކަމެއް؟ ނުހޯދައިދެނީ ކޯއްޗެއް؟ ބުނިއްޔާ ބުނިހާ ކަމެއް ކޮއްދިނިން. މީތަ އަހަންނަށް ލިބުނު އިނާމަކީ؟ ޒީ އަހަންނަށް ކީއްތަ ކުރެވުނީ؟….. ބުނެބަލަ….. ވާހަކަ ދައްކަބަލަ ޒީ. ޖާއިން ކައިޒީންގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ބަސް ހުއްޓިފައި ކައި×ޒީން އަށް ހުރެވުނީ ހަރަކާތެއްނެތް ބުދެއްހެންނެވެ. މީ އޭނައަށް ފިރިހެނަކު ރޮނިކޮއް ފެނުނު ފުރަތަމަ ފަހަރުވިއްޔާއެވެ. އަދި އެވެސް އޭނަގެ ފިރިމީހާއެވެ. ޖާއިން ހަމަ އެހާ ހިތް ބަލި ހެއްޔެވެ. ނޫނީ މީ ހުސް އެކްޓް ހެއްޔެވެ؟. ކޮންމެ އެއްޗަކައްވިޔަސް ހެވެވެ. ކައިޒީން ހުންނާނީ އޭނަގެ ގޮތުގައެވެ. މިހާފަސޭހައިން މިކަން ހަމަޔަކަށް  ނުވެސް އެޅޭނެ ވިއްޔާ އެވެ.”ނޭންގެ މަށަކައް.. މަ ނުބުނަމެންނު ޖާއިން މަށައް ކަމެއް ނުކޮއްދެއެކޭ. އެއްޗެހިތަކެއް ނުހޯދާދެއެކޭ. އެކަމް ހަނދާން އެބަހުރިތަ އާޔަން ފިޓުޖެނުހުރޭވެސް އަހަރެން ކިހާވަރަކައް ތިމީހާއަށް ގުޅިން؟ އެންމެ ފަހަރަކުވެސް ފޯންނެގިންތަ؟ ބަލަ އެރޭވެސް އަހަންނަށް އެހީވީ ދާއިން އޭ. އަދި ތިމާވަރެއް ނެތިގެން ތިއުޅެނި. ޖާއިންދެކެ މަ އެންމެ ރުޅިއައީ އެރޭ.” އައިސްފައި ހުރި ރުޅިނ ކައިޒީން އަށް ކިޔޭއެއްޗެއްވެސް ނޭންގޭކަހަލައެވެ. މީ އޭނަ ދުވަހަކުވެސް މީހަކާ މުހާތަބުކުރި ގޮތެއްވެސް ނޫނެވެ. ހެދުން ގަޔަށް މަހާލިގޮތައް ކައިޒީން ވެއްޓިގަތީ ގޮދަޑި މައްޗަށެވެ. ” ކީތްވެތަ އެރޭގެ ވާހަކަ ތިދައްކަނި؟ ކައިޒީން އަށް ހަމަ ރަނގަޅައް އިނގޭނެ އޭގެ ކުރީ ހަފްތާ ބައްޕަ މަރުވެގެން އަހަރެން އުޅުނު ހާލު. 4 ރޭވަންދެން ނުނިދާ ހުރިން.. ނުވެސް ނިދުން. އެހެން އުޅިފަ އަނެއްރޭ އަހަންނަށް ހަމަ ނިދުނުތަނުން ކައިޒީން ގުޅީ. ދެން ފޯން ނުނެގިދާނެ ދޯ. ޕްލީސް ޓްރައި ޓު އަންޑަރސްޓޭންޑް.” އެންމެ ފަހު ޖުމްލަ މަޑުމަޑުން ބުނެލަމުން ޖާއިން ކައިޒީންގެ އަތުގައި ހިފާލިއެވެ.” އަތްނުލާ މަގޭގައިގަ. އަހަރެން ބޭނުމެއްނޫން ދެން އިތުރައް މިގުޅުން ކުރިއަށް ގެންދާކަށް.ނޭންގެ ކިއްވެކަމެއް. އަހަރެން ހަމަ ފޫހިވަނީ ޖާއިން ދެކެ. ބޭނުމެއްނޫން ތި ސޫރަވެސް ދެކޭކައް. ” ކައިޒީން ގެ ޖުމްލަތައް އިވުމުން ޖާއިންއަށް ހީވީ އެ ހިތް ކުދިކުދިވިހެންނެވެ. ބައްޕަގެ މަރައްފަހު އަދި އެއުޅެނީ އެ މޫނުމަތިން ހިނިތުން ވުމެއެއް ނުފެނިއެވެ. އަނެއްކާ އަނެއް ހިތާމައެވެ.” އެކަމް ޒީން ވިސްނާލަބަ. އަހަރުމެންގެ އެބަހުއްޓެންބު ބޭބީ އެއްވެސް.. އެ ދަރިފުޅާމެދު ވިސްނާލަބަ. އާން އައްޓަކާވިޔަސް އަހަރެން ބޭނުން މި މެރިޖް ސޭވް ކުރަން.ޕްލީސް ޒީ” އާދޭހުގެ ރާގެއްގައި ޖާއިން އެދެމުން ދިޔައިރު އެސްފިޔަތަކުގެ ފަހަތުގައި ކަރުނަތައްބޮނޑިވެފައި ހުރީ ޖާއިން ގެ އިޝާރާތެއްލިބޭތޯއެވެ. ނަމަވެސް ކައިޒީން ގެ ހިތް މަޑުކޮއްލުމުގައި އެކަރުނަތައްވީ ބޭކާރެވެ. އޭނަގެ ކުރިމައްޗަކު އެއްވެސް އަގެއްނެތެވެ. އެންމެ ކުޑަމިނުން ބަލާވެސް ނުލިއެވެ.” ހެވޭ.. ކަލެއްށް ނުބެލެންޏާ އަހަރެން އާޔަން ގޮވާގެން ހިނގައިދާނަން.. އަހަރެން ވަރިކުރޭ. ހެޔޮނުވާނެ.. އަހަރެން ވަރިކުރޭ.” ހަޅޭ ލަވަމުން ކައިޒީން ރޯން ފެށިއެވެ. ޖާއިން ގެ ހިތައް އިތުރައް ތަދުވީ “ވަރި” އެ ލަފްޒު އަޑުއިވުމުންނެވެ. ކައިޒީން ހިފާފި ކަމެއް ދޫ  ނުކުރާނެކަން ޖާއިން އައް ރަނގަޅަސް އިނގެއެވެ. އެހެން ވެ އިތުރަށް ޒުވާބުކުރަން ނުހަދާ އެކަމަށް އެއްބަސް ވީ ހިތުގައި ގަނޑުފެން އަޅައިގެންނެވެ.  ކަރުނަތައް ދިރުވާލަމުން އިހުސާސްތައް ކޮންޓޮރޯލް ކުރެވޭތޯ ޖާއިން ވަރަށް މަސައްކަތް ކުރިއެވެ. ” އެންމެ ރަނގަޅު. ކައިޒީން ތިހިރީ ވަރިކޮއްފަ.  އެކަމް އާޔަން އެއް ނުގެންދެވޭނެ. ވަޒީފާއިން ކެނޑިގެންވިޔަސް އަހަރެން އޭނަ ބަލާނަން. މިއަދު އަހަރެން ލަދުގަނޭ ތީ އަހަރެންގެ ދަރިފުޅުގެ މަންމައޭ ބުނަންވެސް. ކައިޒީން އަށް އިނގޭތަ މަޤްބޫލު އުޒުރަކާ ނުލާ ތިހެން ފިރިމީހާގެ ކިބައިން ވަރިއަށް އެދުމަކީ ކިހާ ނުބައި ކަމެއްކަން؟…… ހަމަ އެހާ ތަންދޮރު އޮޅުން ނުފިލަނީތަ؟ ކައިޒީން ހަނދާންކުރާތި ދުވަހަކު ކޮޅުންވެސް ދެން އަހަންނާ އާޔަން ދެކެން ނާންނާތި. ޔޫ އަރ ޑެޑް ފޮރ މީ ނައު.” ޖާއިން ބުނަން ބޭނުންވިއެތި ބުނެލުމައްފަހު ބަންލާފައި ކޮޓަރީގެ ދޮރުޖާހާފައި ނުކުމެގެން ދިޔައެވެ….. މަދު ސިކުންތުކޮޅެއްތެރޭ ހުރިހާކަމެއް ވެގެން ދިޔައިރު އެކަކައްވެސް ނޭންގުނުކަމީ ޖާއިންގެ ގެ ބައްޕަ އެދެކުދިން ދުރުކުރަން ހެދި ސިހުރު ރަނގަޅައްވެސް ކައިޒީންއަށް ޖެހިފައިވާކަމެވެ…….

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. melon

    yayy me first…. story v nice; when next<3

  2. Namee

    Cheedi dhenn kaizeen ulhey gotheh.

  3. Nunnu

    Vahaka varah nice bt kaizeen kada. sihr hedhiyas hiley firiheneh gathah gossgen nuvaane dho.

  4. Sasha

    Thafaathu reethi vaahaka eh
    Dhuru kuran sihuru hedhyma hiley firehenun kairiah dhaane
    firimeehaa mathin ffohi vefa knmes ehen firehenakaa gayaa vaany
    waiting for the next part 🙂

  5. Xai

    Vvvv reethi.. thafaathu story eh.. i love it.. hadi vias kaizee ge kusheh noon aslu hiley firihenun kairiah dhiumakee eii sihr dho

  6. Kai

    Kaizeen kiyaa fiya ulhey vahtharey thee hama thagari baeh

  7. Lesbian

    Kihaa dhera kameh mee bala aee sihuru ge kamekey magey dhahtha akah ves ehn v kaizin akah mi kamugaa ehves baareh nudheh keyne miyoh gamaarun thakaa??‍♀️??‍♀️

  8. Poooper

    Thedhah thi buni…. kaizeen kiyaa meehun kanthah body varah vure. Thimaa vareh nethigen… mashah heevani namuge massala eh hen???

  9. Thiyaa

    thanks melon.. within 2 days next part up vaane

  10. Thiyaa

    thanks name, nunnu, sasha , xai, kai, n lesbian..

  11. Thiyaa

    hehe yh vedhaane dhw namuge gothun kamah ves

  12. aisha

    Hadha kurey thankolhe dhigukoh up kohlaba..btw stry v salhi..?

  13. Thiyaa

    Thanks aisha.. ehaa varah type nukureveny. btw balaanan dhn huri baithah dhiguko genesdheveythw..

  14. Bf

    Kaizeen ge massalaeh nooney eii.. sihr kanthakey…. Thiyaa luv…. V reethi nge… Keep it up

Comments are closed.