ވާނަމޭ އުމުރަށް އެކީ ޖާނާ
މިރޭ މި ކުރެވުނު ކައިވެންޏަކީ މާލޭގެ މުއްސަނދި، ޤަދަރުވެރި ދެމަފިރިއެއްކަމަށްވާ ގ.ތަރި އަބްދުލްޢަޒީޒްއާ އާމިނަތު ޝަފީގާގެ ދެކުދިން ކަމުގައިވާ އަދުހަމް އަބްދުލް ޢަޒީޒާ މިހުރާން އަބްދުލް ޢަޒީޒްގެ ކައިވެންޏެވެ. ކައިވެނީގެ ކަންތައް ޢަޒީޒުމެން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިކަހަލަކަމެއް ކުރެވޭނެ އެންމެ ފުރިހަމައަކަށެވެ.
މުޅި ސަރަހައްދު ތައްޔާރުކޮއްފައި ވާލެއް ފުރިހަމަކަމުން ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުން ތިބީ އާޝޯޚުވެފައެވެ. މުޅި ސަރަހައްދު ޒީނަތްތެރި ކޮއްފައިވަނީ އެކިކުލަކުލައިގެ މާތަކުގެ ފިޔަތަކުންނެވެ. ހީވަނީ މަލުގެ ތޫފާނެއް އައިސްފައިފައި ވާހެންނެވެ. މީހުންތަށް އަންނަން ފެށުމުން ކައިވެނިކުރި ޖޯޑްތަށް އެމީހުން ތިބެން ހަމަޖެހިފައިވާ މާލަމުގައި ހުއްޓިލައިގެން ތިއްބެވެ. މިހުރާން ގަދަ އަޅިކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރު ސަނާޝްހުރީ މަޑުއަޅި ކުލައިގެ ކައިވެނި ހެދުމުގައި މަލުން ގަތާފައިވާ ބޭންޑެއް ބޮލުގައި އަޅާއިގެނެނެވެ. އަދުހަމްވެސްހުރީ ދަނބުކުލައެއްގެ ކޯޓު ފަޓުލޫނުގައެވެ. މައިރާވެސް ހުރީ އެޔާ އެންމެ ގުޅޭނެހެން ހުދުކުލައިގެ ބޮޑު ހެދުމެއްގައެވެ. ކޮންމެ ޖޯޑެއްގެވެސް ޗާލުކަމުގެ ވާހަކަތަށް މިރޭގައި ދައްކާ ހުސްނުވާނެކަން ގައިމެވެ. މިހުރާންމެންނާ އެކުގައި އަދުހަމްމެންވެސް ކައިވެނި ކުރުމަށް ނިންމީ ޝަފީގާމެން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކުމުންނެވެ. ވީހާވެސް އަވަހަށް ކައިވެނު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޒީޒްއަށް ފެނުމުން އެންމެންވެސް އެކަމަށް ތާއީދުކުރިއެވެ. އެންމެން ތިބީ އަދުހަމްމެންވެސް ކައިވެނި ކުރާދުވަހުގައި ބައިވެރިވެލަން ކެއްމަދު ވެފައެވެ.
ހިތާމައިގެ އަހަރުތަކަކަށްފަހު މައިރާގެ ދިރިއުޅުމަށް އުފާވެރިކަން ލިބުމުން އޭނާ ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރު ކުރިއެވެ. އަދުހަމްވެސް ދިޔައީ އޭނާގެ ނަސީބާމެދުގައި ހެއްދެވި ފަރާތަށް ޝުކުރު ކުރާހާލު އެ އުފާވެރިކަން ދަމަހައްޓަވާތޯ ދުޢާ ކުރަމުންނެވެ. މިއަދު އެދިރިއުޅުމުގައި އެވެސް ހިތާމައެއް ނެތެވެ. އެދެމަފިރިން ދުރުކުރާނެ އެކަކުވެސް ނެތެވެ.
” އިނގޭތަ.. މިރޭ މޭއި ހީވަނީ ހަމަ ޕްރިންސަސްއެއްހެން…. ކުރިޔަށްވުރެ މާރީތީ މިރޭ….. އައި ލަވްޔޫ މައި ޕްރިންސަސް…. ވިލް އޯލްވޭސް ކީޕް ޔޫ ހެޕީ… އަބަދުވެސް ތިހެން ހެޕީކޮން ހުރެބަ… އޭރަށް އަދޫ ވަރަށް ހެޕީވާނެ…. ” ހަފްލާއިން މީހުން މަދުވާން ފެށުމުން އަދުހަމްއަށް މައިރާއަށް ތައުރީފް ކޮއްލާނެ ވަގުތުކޮޅެއް ލިބުނެވެ. އަދުހަމްގެ އެލޮބުވެތި ބަސްތަކުން މައިރާ ލަދުން އިސްޖަހާލިއެވެ.
އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އެހެނަސް އެވަގުތު އައިސް ކުރިމައްޗައް އެހުއްޓުނު މީހާގެ ސަބަބުން އެންމެންގެ މޫނުމަތީގަވީ ހިނިތުންވުން ފިލާ ހިނގައްޖެއެވެ. އެވަގުތު އެންމެންގެ މޫނުމަތީގައިވީ ބިރުވެރިކަމެވެ. އަދުހަމްގެ މޫނުމަތިން ފެންނަމުންދަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ. އެވަގުތު ސަނާޝްގެ ހިތައް އެތަކެއް ބިރުވެރި ޚިޔާލުތައް އަންނަމުން ދިޔައެވެ.
” އޭނަ ކީއްކުރަންތަ މިތަނައް އެއައީ؟؟ އަދިވެސް ކުރެވުނު ވަރު މަދުވީތަ؟؟ ކިހާދުވަހެއްވެއްޖެ މިހާރު… ދެން ކީއްކުރަން މިއަދު މިތަނަށް އެ އައީ؟؟ އަނެއްކާ މޮޅު ޕލޭނަކާއިގެން އައީ ކަންނޭގެ. ކީއްވެތަ އަހަރެމެން އުފަލުގަ ހުރީމަ އޭނައަށް ހަޖަމް ނުވަނީ… އަހަރެމެން އޭނައަށް ކީއްކޮށްގެންތަ؟؟؟ އަހަރެމެންނަށް އެނގިހުރެ އޭނައަށް ހަމަ ގައިމުވެސް ދެރައެއް ގެއްލުމެއް ނުދެން…. ދެން ކީއްވެ؟؟ ”
އެއީ މިފަދަ ދުވަހެއްގައި އެތާނގައި ތިބި އެކެއްވެސް ދެކެން ބޭނުންވި މޫނެއް ނޫނެވެ. ސަނާޝްއެކޭ އެއްފަދައިން މައިރާވެސް ހުރީ ބިރުންނެވެ. އޭނާ އަދުހަމްގެ އަތުގައި ހިފާ ބާރުކޮއްލިއެވެ. އަދުހަމް މައިރާއަށް ބަލާލާ ލޮލުގެ އިޝާރާތުން ބިރުނުގަތުމަށް އެދުނެވެ. އެތާގައިތިބި އެހެންމީހުންނަށް ބެލުމެއްނެތި އެމީހާ އައިސް ހުއްޓުނީ މައިރާމެން ކުރިމަތީގައެވެ. ހީވާގޮތުން އެމީހާ އެތާހުރުން އެކެއްވެސް ނޭދޭކަން އޭނާއަށް އެނގުނީއެވެ.
” ދަރިފުޅާ މައިރާ….” އެމީހާއަށް މިހިސާބަށް ބުނެވުނުތަނާހެން އަދުހަމްއާ މިހުރާން އެކީ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ” ޝަޓް އަފް…..މޭއިއާ ނާޝްއާ ގާތްވަން މަސައްކަތްކުރާނެކަމެއް ނެތް… އެހެންނޫނަސް ކޮން ހައިސިއްޔަތަކުން މޭއިއަށް ދަރިފުޅުކިޔާކަށް؟؟؟ ބަލަ މޭއިއަށް އެހުރިހައި ގޮތެއް ހެދިއިރު ހިތަކަށް ނާރާތަ އެއީ ކަލޭގެ ދަރިއެއްކަމެއް.. އެދުވަހުވެސް ކަލެއަށް މުހިއްމުވީ ފައިސާއެއްނު.. ދެން ކޮންމެހެން އަހަރެމެންގެ ދިރިއުޅުމާ ކުޅެން އަންނާނެ ކަމެއް ނެތް.. މޭއިއަށް އެވަރު ކޮއްފަ ނާޝް ވެސް ދޫކޮއްނުލާ… ނުވިތާކަށް އަހަރެންނާ މޭއިއާ ދުރުކުރުވަން ކަލޭ އެހާ މަސައްކަތްކުރި.. އެވެސް ނާޝްއަށް ބްލެކްމެއިލްކޮށްގެން.. ކަލޭކަހަލަ ޑީގްރޭޑް މީހެއް އަދި އަހަންނެއް ނުދެކެން… ހަމަމިހާރު މިތަނުންދޭ.. އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ ހަޔާތަށް ކަލޭގެ ހިޔަނި އެޅޭކަށްވެސް.. ގެޓް އައުޓް ރައިޓް ނައު…” ޕާޓީއަށް އައިސްތިބި އެހެންމީހުންނަށް އަޑު ނީވޭނެހެން އަދުހަމް އެމީހާއާ ދިމާލަށް ބުނެލިއެވެ.. އޭނާ ހުރީ ނުލާހިކު ރުޅިއައިސްފައެވެ..
” ދަރިފުޅާ ބައްޕައަށް މާފްކުރޭ.. ބައްޕަ މިއައީ ދަރިފުޅުގާތުން މާފަށް އެދެން..” އެމީހާ އަދިވެސް އެއްފަހަރު ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.. ” ބަލަ ބުނެފީމެއްނު މިތަނުން ދާށޭ.. ކަލޭ މިވަގުތު މިތަނުން ނުގޮސްފިނަމަ އަހަރެން ޖެހޭނީ ފުލުހުން ގެންނަން.. ލީވް….” މިހުރާން ކުރިޔަށް ޖެހިލާފައި ބުނެލިއެވެ.
އެމީހާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް ސަނާޝްއަށް އެއްޗެއް ނުބުނެ ހުންނަން އުނދަގޫވިއެވެ. ” ބޭބެ ކީއްވެތަ އެގޮތައް ކަންތައްކުރީ؟؟ އަހަރެން ބޭނުން ކަންތައް ހިނގާދިޔަގޮތް އޮޅުން ފިލުވަން… އެކަމަކު…. މިވަގުތު ރަނގަޅީ މިތަނުން ދިޔައިއްޔާ…”
މައިރާ ހުރީ ފެންކަޅިވެފައެވެ. ޕާޓީ އަދި ނުނިމުމާއެކު މީހުންނަށް ފާހަގަވުމުގެ ކުރިޔަށް އަދުހަމް މަސައްކަތް ކުރީ މައިރާ ހަމައަކަށް އެޅުވޭތޯއެވެ. ” މޭއި ދެން އޯކޭވާނެއޭ… އޭނަ އެ ދިޔައީނު… އަދޫ ހުއްޓާ އެއްވެސް މީހަކަށް މޭއިއަށް ގޮތެއް ނެހެދޭނެ.. ނުރޮއްޗޭ ޕްލީޒް… އަދޫ ބޭނުމީ މޭއި އަބަދުވެސް އުފަލުގަ ހުންނަތަން ދެކެން… އަދޫ ވަރަށް ދެރަވޭ މޭއި ތިގޮތަށް ދެރަވެފަ ހުރީމަ… މިއަދުމީ އަހަރެމެންގެ ދިރިއުޅުން އާފެށުމަކުން ފަށާ ދުވަސް.. ދެން ހީލަބަ ޕްލީޒް…”
” ހޫމް.. ދެން ނުރޯނަމޭ.. އޯކޭނު.. މޭކަޕްވެސް ހަޑިވީދޯ.. އަންނާނަން ވޮޝްރޫމްއަށް ގޮއްސަ އިނގޭ…. ދޮންތާ.. ހިނގާބަ އަހަންނާއެކު…” މައިރާ ދެލޯފޮހެލަމުން ބުނެލިއެވެ. ދިހަވަރަކަށް މިނެޓު ފަހުން މައިރާ ތައްޔާރުވެލައިގެން އައިސް އަދުހަމް ގާތު މެހެމާނުންނާ ސަލާން ކުރުމަށް ހުއްޓިލިއެވެ. މައިރާގެ މޫނުމަތި އަދިވެސް ވަނީ މުޅިން މިލާފައެވެ.. މެހެމާނަކު އަންނަ ވަގުތު ހިނުތުން ވެލައިގެން ހުއްޓަސް އޭނާ ހުރީ ވަރަށް ދެރަވެފައެވެ..
އަދުހަމްވެސް ހުރީ މައިރާގެ މިޒާޖަށް އެއައި ބަދަލުގެ ސަބަބުން ކަންބޮޑުވެފައެވެ. މިހުރާންއާ ސަނާޝްއަށް އެކަން ފާހަގަވުމުން އެދެމީހުން ހެއްވާލަން މަސައްކަތްކުރިއެވެ. ” މޭއި ދެން ހީލަބަ.. އަދޫވެސް އެ ބުނީނު ހީލާށޭ.. މޭއިތިހެން ހުރެއްޖެއްޔާ އޭނަވެސް ރޯންފަށާފާނެ.. މިހާރުވެސް ބަލާބަ އޭނަ މޫނަށް.. ނުރޯން ވަރަށް މަސައްކަތްކޮއްގެން އެހުރީ…. ހަމަ ރޮވި ނުރޮވި އެވަރުވެފަ…”
“ތެދެއް މޭއި.. ދޮންބެ ދެރަނުކޮއްބަލަ… ބަލާބަ މިހާރުވެސް އެހެންހުރެ ބަޑި ފަޅައިގެން ގޮސްދާނެ.. ނޭގޭނެ ދާއިރުވެސް… މިރޭ ދެން ދޮންބެއަށް ކަމެއް ނުވެސް ވާނެ މޭއި ތިހެން ހުރިއްޔާ..” މިހުރާންއާ ސަނާޝް އަދުހަމްމެންނާ ދިމާކޮށްލިއެވެ.
މިހުރާން އެހެން ބުނެލުމުން އަދުހަމްއަށް އެކަންވީ މަޖާކަމަކަށެވެ. ” ތެދެއް މޭއި ތިހެން މިރޭ ހުރެއްޖެއްޔާ ބޮޑު ޕަނިޝްމެންޓެއް ދޭން ޖެހިދާނެ އިނގޭ… ތިގޮތަށް އަދޫއަށް ހަދަންޏާ އަދޫވެސް ކަންތައްކުރާނީ ތިހެން އިނގޭ.. އަދޫދެން މޭއިއާ ވާހަކަ ދައްކާނީ ހަދިޔާއެއް ދިނީމަ… އެހެން ނޫނީ އަދޫވެސް ހުންނާނީ ތިހެން މޫނު ހަދާލައިގެން …” އަދުހަމް ވަރަށް ދެރަވެފަ ވާހަކަ ދެއްކިއެވެ. އަދުހަމް މިހުރާންމެން ކުރިމަތީ އެގޮތަށް ވާހަކަ ދެއްކުމުން މައިރާ ހިސާބަކަށް ލަދުގަތެވެ. ނަމަވެސް އެކަން ފޮރުވުމުގެ ގޮތުން އަދުހަމްގެ ސަމާސާގައި ބައިވެރި ވެލިއެވެ.
” ކޯއްޗެއްތަ އަހަރެންގެ ޕްރިންސް ޗާރމިން ބޭނުންވަނީ.. އަދޫ ބުނި އެއްޗެއް މޭއި ދޭނަން.. އޯކޭނު.. ދެން ހީލަބަ.. މޭއިވެސް މި ހީލީނު..” މައިރާ އެހާ ލޯބިން ބުނުމުންވެސް އަދުހަމް ހުރިގޮތަށް ހުރީއެވެ. އޭނާ ބޭނުންވީ އަދިވެސް މައިރާ ތަޅުވާލާށެވެ. ” ދެން އަދޫ.. ޕްލީޒް.. އައިމް ރިއަލީ ސޮރީ… އައި ލަވް ޔޫ ސޯ ސޯ ސޯ މަޗް….. ޕާޓީ ވެސް ނިމުނީއޭ.. ދެން މޭއި އާ ޓޯކް ކޮއްބަ… ޕްލީޒް… ދެން ހިނގާބަ ދާން.. ނާޝްއާ ރެއިން ވެސް އެދިޔައީއޭ ކާން.. އަދޫ އަދި ނުވެސް ކަމެއްނު މިއަދު.. ހިނގާބަ ދާން… ” މައިރާ އެހާ ލޯބިން އާދޭސް ކޮށްލުމުންވެސް އަދުހަމް ހަމަ ހުރީއެވެ. ނުވިތާކަށް މައިރާއާ ދިމާލަށް ބަލާވެސް ނުލިއެވެެ. އޭނާ އަސްލުހުރީ އެތެރެއިން ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. މައިރާ ތަޅުވާލަން ރުޅިއަންނަ ކަމަށް ހެދިގެންނެވެ.
ޕާޓީ ނިމުމާއެކު މިހާރު އެތާނގައި ތިބީ އާއިލާ މީހުން އެކަންޏެވެ. އެހެންކަމުން ލިބުނު ރަން ފުރުސަތުގެ ބޭނުން މައިރާ ހިފާލިއެވެ. މަޑުމަޑުން އައިސް އަދުހަމް ކުރިމަތީ ހުއްޓިލަމުން އަދުހަމް ގައިގައި ބައްދާލިއެވެ. އަދި އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. ” ދެން ހިނގާބަ.. މޭއިވެސް ވަރަށް ބަނޑުހައި ވެއްޖެ… މި ދިނީނު ގިފްޓެއްވެސް.. މޭއިއާ އެކު ގޮސްފިއްޔާ އަދި ފަހުން ގިފްޓެއް ދޭނަން.. ޕްލީޒް… ސޮރީވެސް ބުނެފީމެއްނު…”
މައިރާގެ މިއަމަލުން އަދުހަމް ހައިރާންވިއެވެ. މިކަހަލަ ތަނެއްގައި މިކަހަލަ ކަމެއް މައިރާއަށް ކުރަން ކެރޭނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. މައިރާ އެހާވެސް ލަދުރަތްކެވެ. ނަމަވެސް މައިރާގެ އެއަމަލުންވެސް މައިރާ އަދުހަމްދެކެ ލޯބިވާވަރު އަދުހަމްއަށް ހާމަވިއެވެ. ނަމަވެސް އޭނާ މިޔޮއްހުރިހާއިރު ހިފަހައްޓައިގެން ހުރި ހިނިގަނޑު ކޮންޓްރޯލް ނުވުމުން ޕަކަޕަކަލާފައި ހޭންފެށުނެވެ. އަދުހަމްއަށް ވީގޮތް ފެނިފައި މައިރާ ހައިރާންވިއެވެ. ” އަދޫ ކިއްވެ ތިހެނީ.. މޭއިއަށް މަޖާ އެއްޗެކޭ ބުނެވުނީތަ އަޅެ.. ބުނެބަލަ ދެން ވީގޮތެއް..”
” މޭއިއަށް ހަމަ ނޭގޭތަ އަދޫ މޭއި ދެކެ ދުވަހަކުވެސް ރުޅި ނާންނާނެކަމެއް.. މޭއި މޫޑް އޮފް ވެފަ ހުރީމަ އަދޫ މަޖާކޮއްލީއޭ… އަދޫ ހުރީ ރުޅިއަންނަކަމަށް ހަދައިގެންނޭ… ހެހެހެ.. އެކަމް ނުބުނަނިސް ގިފްޓެއް ލިބުނީނު… ދެން ގިނަގިނައިން ރުޅިއަންނަކަމަށް ހަދާނީ.. އޭރަށް އެކަހަލަ ލޯބިލޯބި ގިފްޓު ލިބޭނެނު…” ” ދެން އަދޫ… ވަރަށް ފޫހިވޭ… އައި ހޭޓް ޔޫ.. ދެން ނުދައްކާނަން ވާހަކައެއް.. މޭއި އެހާ ވަރަށް އާދޭސްކުރިއިރުވެސް އެކްޓު ޖައްސާގެން ހުރީ.. މޭއި މި ދަނީ.. އަދޫ އެކަނިން ހުރޭ މިތާގަ..”
މައިރާ ރުޅިއައިއްސަހުރެ އެތަނުން ދިޔުމަށް ހިގައިގަތެވެ. ނަމަވެސް އަދުހަމް އެޔަށްވުރެ މާހުށިޔާރެވެ. މައިރާގެ އަތުގާ ހިފާ އޭނާއާ ދިމާލަށް ދަމާލައި އެދެއަތުތެރޭ މައިރާ ހައްޔަރުކޮއްލިއެވެ. ” ތިހާ ފަސޭހައަކުން މިހާރު ނުދެވޭނެ އިނގޭ.. ތީ މިހާރު އަދޫގެ ހައްގެއް… އަދި ބުނެފިޔޭ އައި ހޭޓްޔޫއޭ… ޔޫ ނޯ ޔޫ ޑޯންޓް ހޭޓް މީ ބޭބީ.. ޔޫ ލަވް މީ އެންޑް އައި ނޯ އިޓް…” އަދުހަމް ވަރަށް ލޯބިން އެހެން ބުނެލުމަށްފަހު މައިރާގެ ކޯތާފަތުގައި ބޮސްދިނެވެ.
” އަދޫ ގަނޑާ މީހަކަށް ފެނިދާނެއޭ… ދެން ދޫކުރޭ.. ދެން ނުބުނާނަމޭ އެހެނެއް… އައިމް ސޮރީ ބޭބީ… އައި ލަވް ޔޫ އޭ… ދެން ދޫކޮއްބަ..” އަދުހަމް އެތާނގައި އެންމެން ތިއްބަ އެގޮތަށް އަމަލު ކުރުމުން މީހަކަށް ފެނިދާނެތީ މައިރާ ހާސްވިއެވެ. ނަމަވެސް މައިރާ ގައިން ދޫކޮއްލާ ޚިޔާލެއް އަދުހަމް އެއް ނުކުރިއެވެ. ” ހެވޭ އެންމެންނަށް ފެނުނަސް.. އައި ޑޯންޓް ކެއަރ.. ބިސައިޑްސް.. ޔޫ އަރ މައި ލަވްލީ ވައިފް….. އައި ކެން ޑޫ ވަޓްއެވަރ އައި ވޯންޓް ވިތް ޔޫ.. އެންޑް ސޮރީ ނުބުނައްޗޭ ދެން.. އަދޫ ބުނީމެއްނު އެހެން ނުބުނާށޭ…”
އަދުހަމްއާ މައިރާ ތިބީ މުޅިން އަމިއްލަ ދުނިޔެއެއްގައެވެ. މައިރާމެން ސިހުނީ އަދުހަމްގެ ދޮންތަ ޝާޔާ ގޮވާލި އަޑަށެވެ. ” އަދޫ…. ދެން އާދެ މޭއިއާ ދެމީހުން ކާން.. އޭރަށް އަވަހަށް ގެޔަށްދެވޭނީ… މިހާރު އެޔޮއް އެގާރަޖަހަނީ… ރެއިންމެން ނުކައި އެތިބެނީ އަދޫމެން އަންނަންދެނެ… އަވަހަށް އާދެ… ދޮންތަ ދެމީހުންނަށް ކާން ގެންގޮއްސިން ރެއިންމެން ތިބި ޓޭބަލްއަށް… ރަނގަޅަށް ކައްޗޭ.. މިއަދު އަދި އެކައްޗެއްވެސް ނުކައި ދެމީހުން ތިއުޅެނީ…”
” ދޮންތާ… މި ދަނީ އިނގޭ…” މައިރާ އަވަހަށް ޖަވާބު ދިނެވެ. ” އަދޫ ދެންވެސް ހިނގާބަ ދާން… މިހާރު ލަސްވެގެން އެގޮވީ… ނާޝްމެންވެސް މިހާރު ތިބޭނީ ލަސްވެފަ… ނާޝް ނުކާނެ މޭއި ނެތިއްޔަކާ… ހިނގާބަ ދެން ޕްލީޒް…” ” ހޫމް… ހިނގާދޯ ދެން ދާން… ދޮންތައާ ރެއިންއާ ހަދައިގެން ނޯވޭ އަދޫގެ ޕްރިންސަސްއާ އެއްކޮން ލޯބި ކޮއްލެވެންވެސް.. ވަރަށް ފޫހިވޭ..” އަދުހަމް އެންމެ ފަހުން ބުނި ތަންކޮޅު ބުނެލަމުން މޫނަށް ޖެއްސި ވައްތަރު ފެނިފަ މައިރާއަށް ހެވުނެވެ. މައިރާ ހަމައަކަށް އެޅުމުން އަދުހަމްވެސް ހުރީ އުފާވެފައެވެ. ” ހޭނެ ކަމެއް ނެތް މޭއިވެސް.. މިރޭ ރޫމްއަށް ގޮއްސަ ބޮޑު ޕަނިޝްމެންޓެއް ދޭނަން… މިރޭ ދެން ސަލާމަތެއް ނުވެވޭނެ އެހާ ފަސޭހައަކުން މިގަޑީގަ ވެވުނަސް… ލަވް ޔޫ މައި ޕްރިންސެސް…”
އަދުހަމްއާ މައިރާ އަވަސް ހިނގުމެއްގައި މިހުރާންމެން ތިބި މޭޒުކައިރިއަށް ގޮސް އިށީނެވެ. އަދި ކެއުމާއިގެން އެންމެން ކުރިޔަށް ދިޔައެވެ. ކައިނިމިގެން ގެޔަށްދާން އެންމެންއެކީ ގޮސް ކާރުތަކަށް އެރިއެވެ. އަދުހަމްމެންނާ މިހުރާންމެން އެރީ އެއްކާރަކަށެވެ….. ކާރުތެރޭގައިވަނީ ހިމޭންކަމެވެ. އެކަން މިހުރާން އަކަށް ކަމަކު ނުދިޔައެވެ. ބަލާބެލުމަށް މިހުރާން މަޑުމައިތިރިވާނެ ކަމަށް ހީވިޔަސް އޭނާގެ ހުންނަނީ ސަކަ މިޒާޖެކެވެ. އަދި ކާރުތެރޭގައިވީ ހަމަހިމޭންކަން ދުއްވާލާކަށް މާގިނައިރެއް ނުނެގިއެވެ.
” ނާޝް.. މިރޭ ޕާޓީގަ ބައެއް ކުދިން ވަރަށް ރޮމް ކޮއްލިދޯ… ދެން ނޭގޭ އަދި މިރޭވާނެ ގޮތެއްވެސް… ރޮމް ކުރަންވެސް ވަކިތަނެއް ނޯވޭ…” ” އާނ ދޯ.. ނާޝްއަށް ވެސް ފެނުނޭ….. ރެއިން…. އަދޫއާ މޭއި ކިހިނެތްވެފަ މި ތިބެނީ… މޭއި ހީވަނީ ލަދުން ގޮސް މޯޅި ވެދާނެހެން… އަދޫވެސް ހީވަނީ ވައްކަމެއް ކުރިކަން ފަޅާއެރީމަ އެކަމާ ބިރުން އުޅޭހެން… ” ސަނާޝްއާ މިހުރާން އެދިމާކުރަނީ މައިރާމެންނާކަށް އަދުހަމްއާ މައިރާއަށްވެސް އެނގުނެވެ.އަދި އެމީހުން އެވަގުތު ކުރި ހުރިހާކަމެއް މިހުރާންމެންނަށް ފެނުނު ކަންވެސް އިނގުނެވެ.
އަދުހަމްވެސް މިހުރާންއަކަށްވުރެ އަނގައިން ދެރައެއްނޫނެވެ. ” މޭއި.. އިނގޭތަ ބައެއް ކުދިން ވަރަށް ޖޭވޭ ދޯ… އެމީހުންނަށް ކަމެއް ނުކުރެވުނީމަ އަހަރެމެންނާ ދިމާކުރަނީ… ނިކަން ކެރިގެންނޭ ކަމެއް ކުރެވޭނީ ދޯ… ރެއިން އަކަށް ނުކެރޭ ވިއްޔަ ކަމެއް ކޮއްލަންވެސް” ދެން ފެށުނީ އެކަކުއަނެކަކާ ދިމާކޮށް އެކިއެކި ސަމާސާ ކުރުމެވެ. ގެޔާ ހަމަޔަށް ދެވެންދެންވެސް ތިބީ އެކަމުގައެވެ. ގެޔަށް ދެވުމާއެކު އެންމެންވެސް މަސައްކަތްކުރީ އަވަހަށް ކޮޓަރިއަށް ގޮސް ތާޒާ ވެލުމަށެވެ. ޕާޓީގެ އެކި ކަންކަމުގައި އުޅުމުގެ ސަބަބުން އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ.
ގެޔަށް ގޮސް ކޮޓަރިއަށް ވަދެ ހަމަޖެހިލެވުނު އިރު ބާރަ ޖަހައިފިއެވެ. ދެމަފިރިން ކޮޓަރިއަށް ވަނުމާއިއެކު ހުއްޓުން އެރިއެވެ. ކޮޓަރިވަނީ އެހާ ފުރިހަމައަށް ތައްޔާރުކޮށްލައިފައެވެ. މީރުވަސްދުވާ އުށްބައްތިތަކުގެ ހުޅުކޮޅުތައް ނަށަމުން ދިޔައިރު އެނދުވަނީ ފިނިފެންމާ ފިޔަތަކުން ބަރާވެފައެވެ. ސަނާޝް އެނދުމައްޗަށް ވެއްޓިގަންނަމުން ފިޔަތަކުގެ ދާނުގައި ފިޔަތައްމައްޗަށް އުކައުކާފައި އުޅުނުލެއް ލޯބިކަމުން މިހުރާންއަށް އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެވުނެވެ.
” ރީތިކަމުން ބުނާނެ އެއްޗެއްވެސް ނޭގުނު…..” މިހުރާން އެނދުގެ މަގަތުގައި އިށީނެވެ. ރަތްއަލީގައި މިހުރާން ފެންނަލެއް ފުރިހަކަމުން ސަނާޝްގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. އެ ދެލިކޮޅެއްފަދަ ދެލޮލުގައި ހުރިބާރަކުން އިސްޖަހާލަން މަޖުބޫރުކުރުވިއެވެ. ހާދަ ތޫނުދެލޮލެވެ..
ސަނާޝްއަކަށް މިހުރާން ރީއްޗޭ އެބުނީ ސީދާ ސަނާޝްއަށް ކަމަށް ފުރަތަމަ ނުވިސްނުނެވެ. މިހުރާން އެނދުމަތީގައި ހުރި މާފިޔަތައް ސަނާޝްގެ މޫނަށް އޮއްސާލިއެވެ. އެ މަޑު ފިޔަތައް ލުއިކޮށް ސަނާޝްގެ މޫނުގައި ބޮސްދެމުން ދިޔައީ ލޯބިވެރިޔެއްގެ އޯގާތެރި ފިރުމުންތައް ފަދައިންނެވެ. ސަނާޝްއަށް މިހުރާންގެ ލޮލުގެ ބާރަށް ކެތްނުކުރެވިގެން ލަދުންގޮސް މޯޅިވާން ފެށުމުން ދެލޯމަރާ ތަގުޅިކޮށްލައިފިއެވެ. ހީވަނީ ސަނާޝްގެ މޫނަށްވެސް އެ ފިޔަތަކާއި ރަތް އުއްބައްތިތަކުގެ ހިޔަނި އެޅި އިތުރަށް ކުލަ ރީތިކޮށްލައިފިހެންނެވެ. ސަނާޝްވެސް ހީވަނީ ރަތްހުޅުކޮޅެއްހެންނެވެ.
” ރެއިން ތިވަރަށް ބަލާކަށްނުވާނެ…” ސަނާޝް އެންމެފަހުން އެނދުގައިވާ އެތައް ބާލީސްތަކުގެ ތެރޭގައި ފޮރުވިގަންނަމުން ރަކިގޮތަކަށް ބުންޏެވެ. މިހުރާންއަށް އޭނަ ޚާއްސަވަރު މިރޭ ސަނާޝްއަށް އިހުސާސްކުރެވެން ފަށައިފިއެވެ. އެބެލުމުގައިވާ ހިތްދަމައިގަންނަ ގޮތާއި، ޖާދޫއަކީ އެކަނި އޭނަގެއެވެ.
” މިރޭ ބޭނުންވަރަކަށް ބެލިޔަދީ ބޭބީ….” މިހުރާން ސަނާޝްގެ މޫނުގައިވާ ބާލީސްތައް ދަމައިގަންނަން އުޅުމުން ކުޑަ ބާލީސް ހަގުރާމައެއް ހިނގިއެވެ. އެންމެ ފަހުން އެ ސަކަރާތެއްގައި އުޅެމުންގޮސް ދެމީހުން އެކީގައި އެނދުގައިވާ އެތައް ބާލީހަކާއި، މާ ފިޔަތަކުގެ ތެރެއަށް ގެނބުނެވެ. އަދި ސަނާޝްގެ ނާޒުކް ހަށިގަނޑު މިހުރާންއާއި، އެނދުގެ ގޮދަޑިއާއި ދޭތެރޭގައި ފިތިގެން ދިޔައިރު ސަނާޝްއަށް ބުނަން ނޭގޭފަދަ އިހުސާސްތަކެއް ކުރެވުނެވެ. މިހުރާންގެ މޫނުގައި ދުވާ މިންޓު އަދި މަސްކް ގެ ލުއި ވަހާއި، ނޭވާގެ މީރުވަސް ސަނާޝްގެ ސިކުނޑި ތާޒާކުރުވިއެވެ. އަދި އެހާ ކާރިން އެ ރީތި ދެލޮލަށް ބަލާލެވުމުން، ސަނާޝް އެލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ބަސްބުނާހާ ކުޑަހިދުކޮޅެއްގެ ތެރޭގައެވެ. ޑްރަގަކާއި ނުލައިވެސް ސިކުނޑި ރަންވެދާނެ ފަދަ ވަގުތުކޮޅެކެވެ. ދެ ހަށިގަނޑުގައި ވަގުތުން ރޯވެގަތް އަލިފާން ނިވާލަން ދެހިތްވެސް ބޭނުންވީ އިންތިހާއަށެވެ.
މުޅި ރޭ ހޭދަވެގެން ދިޔައިރު އަލަތު ދެމަފިރިންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެހެންނަމަވެސް އަރަމުން އައި އިރާއިއެކު ކުޑަކުޑަ ވަށްބެލްކަނީގެ ދޮރުފޮތިތަކުން ފުރޭނިގެން ކޮޓަރިތެރެއަށް އެޅެމުން ދިޔަ ރަންއަލީގައި މިހުރާންގެ މޫނުމަތިންނާއި އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ސަނާޝްގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމުގެ އަސަރެވެ. ދެމީހުންގެ ތުންފަތަށް ވެރިވެފައިވަނީ ފަނޑުވުމެއްނުވާ ހިނިތުންވުމެކެވެ. މިހުރާން އެއްފަރާތައް ސޮހިގެން ގޮސްފައި އޮތް ރަޖާނަގާ ދެމީހުންގެ ގައިގާ އަޅާލަމުން ދެލޯ މަރާލިއެވެ. އޭރު އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ސަނާޝް ވެސް ވަރުބަލިކަމުގެ ތެރެއިން ނިދީގެ ކަނޑަކަށް ގެނބެމުންދިޔައެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް ޚިޔާލެއް ފިކުރެއްނެތް ފަދަ ގޮތަކަށެވެ. ލޯބިން ދެހިތްފުރިފައި ތިބި ހާލުގައެވެ.
މައިރާގެ ފަހަތުން ކޮޓަރިއަށް ވަދެ އަދުހަމް ދޮރު ތަޅުލާފައި މައިރާ ގައިގަ ބައްދާލިއެވެ. ” ވެޑިންގ ޕްރެޒެންޓެއް ބޭނުންތަ؟ ” އަދުހަމް އަހާލިއެވެ. ” ކޯޗެއް؟ ” މައިރާ ވެސް ކޮށްލީ ސުވާލެކެވެ.” ކްލޯސް ޔުއަރ އައިސް…” އަދުހަމް މައިރާގެ ލޮލުގަ އަތް ޖައްސާލާފައި ބުންޏެވެ. މައިރާ ލޯ މަރާލިއެވެ. އަދުހަމް މައިރާގެ އަތުގަ ހިފާފައި މައިރާގެ ވައަތުގެ ކަށި އިނގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ.” ދެން ލޯހުޅުވިޔަސް ހެޔޮ ” މައިރާ ބުންޏެވެ. މައިރާ ލޯ ހުޅުވާ އަތަށް ބަލާލިއެވެ.” އައި ލަވް ޔޫ މައި ޕްރިންސަސް…” އަދުހަމް ބުންޏެވެ. މައިރާ އަނގޮޓީގައި އިން ހުދު ކުލައިގެ ސަފަޔަރ އަށް ބަލާލާފައި އަދުހަމްއަށް ބަލާލިއެވެ.” އަދޫއަށް ދޭނެ އެއްޗެއް މޭއި ނުވެސް ގަންނަން…” މައިރާ ބުންޏެވެ.” އަދޫ އެންމެ ބޭނުމީ މޭއި… މިރޭ ދެން އިތުރު އެއްޗެއް ބޭނުމެއް ނޫން…” މައިރާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އަދުހަމް ބުންޏެވެ. މައިރާ އަދުހަމްގެ ކަރުގައި ދެއަތް އަޅުވާލާފައި އަދުހަމްއާ ކައިރި ވެލިއެވެ.
އެއާއިއެކު މައިރާއަށް ފެނިގެންދިޔައީ މީގެ ކުރިން އޭނާއަށް އަދި ފެނިފައިނުވާ އަދުހަމްއެކެވެ. އެބާރުގަދަ އަތުގެތެރޭގައި މައިރާ އުފުލާލައިގެން ގެނެސް އެނދުމައްޗަށް ވައްޓާލުމާއިއެކު ހީވީ ދޫނިފަތުގެ ތަންމައްޗަކަށް ވެއްޓެވުނުހެންނެވެ. މައިރާގެ ހަށިގަނޑު އަޑިއަށްވަދެގެން ދިޔަކަން އިޙުސާސްކުރެވުނެވެ. ކޮޓަރީގެ ފިނިކަމުގެތެރޭގައި އަދުހަމްގެ ހަރަކާތްތަކުން މައިރާގެ ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވާ ގޮތްވިއެވެ. އަދުހަމްގެ ކޮންމެ ހަރަކާތަކުން ވެސް އޭނާގެ ކެތްތެރިކަން ކުޑަވަމުންދާ މިންވަރު މައިރާއަށް ދެނެގަނެވުނެވެ. ދެޖިސްމު އެއްވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހަށިގަނޑުގެ ވިންދު އަވަސްކުރުވާފައެވެ. އެކަކު އަނެކަކަށް ބޭނުންވާ މިންވަރު އިތުރުކުރަމުންނެވެ. އަދުހަމްގެ ފުންވެފައިވާ ނޭވާއާއެކު އޭނާގެ އަތުގެތޭރޭ މޫނު ފޮރުވާލައިގެން އޮތް މައިރާއަށް ބަލާލިއެވެ.
“މިރޭ އަހަންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާކަން ޔަޤީން، މޭއީ… މޭއި އަހަނަންށް ތިދިނީ އަންހެންކުއްޖަކަށް އޭނާގެ ފިރިމީހާއަށް ދެވޭނެ އެންމެ ފުރިހަމަ އުފާވެރިކަން، މިރޭ އަހަންނަށް އެނގިއްޖެ، މޭއިގެ ހަޔާތައް އަހަރެން މިހިރަ މަޤާމަށް މިވީހާތަނަށް އެއްވެސް ފިރިހެނަކަށް އާދެވިފައި ނެތްކަން، ތެންކިއު ސޯ މަޗް، އައި ލަވް ޔޫ މައި ލަވްލީ ވައިފް…. ތީ އަދޫގެ ހިތުގެ ވިންދަކީ… އަ ލަވް ޔޫ ސޯ ސޯ މަޗް މައި ޕްރިންސަސް…” ހިނިއައިސްފައި އޮތް އަދުހަމް، މައިރާ ބޮޑަށް ގާތްކޮށްލުމާއިއެކު ރަތްވެފައި އޮތް ކޯތާފަތުގައި ބޮސްދިނެވެ. އެއާއިއެކު މައިރާ ލޯބިން ފުރިގެންވި ނަޒަރަކުން އަދުހަމްއަށް ބަލާލިއެވެ.
އަނެއް ދުވަހު މައިރާއަށް ހޭލެވުނު އިރު އަދުހަމް އޮތީ މައިރާއާ ދިމާއަށް ބަލާށެވެ.” ގުޑް މޯރނިންގ ސަންޝައިން…” މައިރާ ލޯ ހުޅުވާލުމުން އަދުހަމް ބުންޏެވެ.” ހްމްމްމް… މޯރނިންގ…” އަދުހަމްގެ އަތު ތެރޭ އިތުރަށް ބޮނޑިވެލަމުން މައިރާ ބުންޏެވެ.” ކިހާ އިރެއް ވެއްޖެ މިހާރު؟” އިރުކޮޅެއް ފަހުން މައިރާ އަހާލިއެވެ.” ހަތެއް ޖެހީ…” އަދުހަމް ބުންޏެވެ.” އަސްލުވެސްތަ؟” ކުއްލިއަކަށް ތެދު ވަމުން މައިރާާ އަހާލިއެވެ.” ކިހިނެއްވީ؟” މައިރާގެ އަތުގަ ހިފަހައްޓާފައި އަދުހަމް އެހިއެވެ.” މާ ލަސްވެއްޖެ… ދެން ދޫކުރޭ…” މައިރާ ބުންޏެވެ.” ލަހެއް ނުވެޔޭ އަދިއެއް” އަދުހަމް ބުންޏެވެ. ނަމަވެސް މައިރާ ގަދަ ކަމުން ކަހަލަ ގޮތަކަށް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.
********************************************************************************
މިވާހަކައިގެ ޓްރެއިލާގެ ބައެއް ތަންތަންކޮޅު ބަދަލު ކުރެވިފައިވާ ވާހަކަ ބުނެލަން….
10 Comments
Comments are closed.
Dear readers.. This is my first story and I hope all of you like it… Hafthaaaku episode eh up kureveythoa balaanan… And kiyuntherige support libeyne kamah ummeedhu kuran…
Varah reethi???
Ekam hafthaaaku episode eh veema kada.?
Waiting for the next part
Thnkiu Riyaa..❤❤.V bxy koh ulheythyve hafthaa aku episode eh up kuran buny… Bt will try ingey…???
Maira ge nick name inna gothun kiyan vrh undhagu. “Meyi” nukiyaa “mai” kiyaabala.. story nice
Thnkiu Shaii..??.. Meyii aky v special name eh.. So badal kurumaky undhagoo kameh cux varah bodu baeh liyefa onnaany.. Sryy Shaii???
Meyin and naash aky sisters and adhuham and rain aky brothers th… ???…. im lil confused
Maira and Naash aky Besties.. Mihuraan and Adhuham are brothers..
this story is incredible
love it<3
love it
it’s incredile
Thnkiu cutie afuar