Skip to content
އެސްފިޔަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 3

މޫނުމައްޗަށް އެރި ނިޒާމް އަތުގެ ހޫނު ހަމަލާއާއެކު ހުދާއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ދެލޯ ހުޅުވާލިއިރު އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެދިމާލަށް ބާރު ހިނގުމެއްގައި އައި އީމާންއެވެ. އީމާންއައި ބާރުމިނުގައި އެންމެ މިނެޓެއްވެސް ބޭކާރުނުކޮށް ނިޒާމްގެ މޫނު މައްޗަށް އަރުވާލީ ހޫނު އެތިފަހަރެކެވެ. “ހައު ޑެއަރ ޔޫ ހިޓް ހަރ..” އީމާން ހަޅޭއްލަވައިގަތެެވެ. އޭނާގެ ބާރު އަޑު މުޅި މަގުގައި ގުގުމާލީ ހޮނު ގުގުރިއެއް ފަދައިންނެވެ.

ހައިރާންވެފައި ދެލޯ ބޮޑުކޮށްގެން ހުދާ ހުރީ ލޮލު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުނުކުރެވިފައެވެ. ނިޒާމްގެ ދެބުމަ ގޮށްޖެހުނެވެ. “ކަލޭ ތީ ކާކު މިކަމާ ބެހެން..ބުނަން ރަނގަޅު ވާހަކައެއް….ބެހޭ ކަންތަކާ ބެހުނީމަ ހުންނަނީ ރަނގަޅަށް..” އީމާންއަށް ވުރެ ބާރަށް ނިޒާމް ހަޅޭއްލަވަން ކުރި މަސަތްކަތްވީ ބޭކާރެެވެ. މެދުތެރެއިން ކޮށިއެރިއެވެ. “މަށަކީ ކޮންމެ މީހަކަސް ކަލެއަށް ކީއް..މަވެސް ބުނަން ރަނގަޅު ވާހަކައެއް ކަލޭ ދެން އެންމެ ފަހަރަކު ހުދާއަށް ބަލާލިއަސް މަގޭ ހުރި ނުބައިކަން ދައްކާލާނަން..” ނިޒާމްއާ ދިމާލަށް ނުބައި އިނގިއްޔެއް ދިއްކޮށްލަމުން އީމާން ބުނެލީ ބަރު އަޑަކުންނެވެ. ބުނާނެ އެއްޗެއް ނޭނގުމުން އީމާންގެ އިނގިލި ނިޒާމް ތިރިކޮށްލިއެވެ.

އެ ހުރިހާ މަންޒަރެއް ބަލަން ހުދާ ހުރިކަމެއް އީމާންއާއި ނިޒާމްގެ ތެރެއިން އެކަކުވެސް ހަނދާން ނެތް ކަހަލައެވެ. “ހުދާ ވަދޭ ގޭތެރެއަށް..ވީ އަވެއާރ އޮފް ދިސް **..” ހުދާއަށް އިޝާރާތްކޮށް އީމާން ބުނެލިއެވެ. ހަރު ހިނގުމެއްގައި ދެން އޭނާ މިސްރާބުޖެހީ ކާރާ ދިމާލަށެވެ.

ކާރުގެ ދޮރު އަތުގައި ހުރި ބާރަކަށް ޖަހާލިއިރު އޭނާގެ ރުޅި އަދިވެސް މަޑުނުވާކަން މޫނުމަތީ އަސަރުތަކުން ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ކާރުގެ ހުނގާނުގައި ހިފާއްޓާލަމުން އީމާން އޭގައި ބޯ ޖައްސާލީ ރުޅި ގަނޑު މަޑުވޭތޯއެވެ. “ގޯޝް މަށަށް ކިހިނެތްތަ މިވަނީ..އެންމެ ގަޑިއިރެއް ނުވޭ އެ ހުދާ ފެނުުނުތާ..އީމާން ރުޅި މަޑުކޮށްބަލަ..ހުދާ ހިތަށް އަރާނީ ކީކޭތަ..ވަޓް ޑިޑް ޔޫ ޖަސް ޑޫ..” އަމިއްލަ ނަފްސާ އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. އެތަކެއް ސުވާލުތަކެއް އަމިއްލަ ނަފްސާ ކުރަމުން ދިޔައިރު ޖަވާބުދޭނެ މީހެއް ނެތްކަން ރޭކާނުލާ ފަދައެވެ.

އީމާންގެ ކާރު ގޯޅިގަނޑުން ނިކުތްތަށް ފެނުމުން ގޭތެރެއަށް ވަންނަން ހުދާ މިސްރާބުޖެހިއެވެ. ނަމަވެސް އޭގެ ކުރިން ނިޒާމް އޭނާގެ އަތުގައި ހިފޭއްޓިއެވެ. “ހުދާ..އެ ސޮރު އެއީ ކާކު..މަ ބުނިންދޯ ބިޓެއް ނުގެންނުޅެއްޗޭ..ތީ މަގޭ ހައްގެއްކަން ނޭނގޭތަ” ނިޒާމް ބުނެލީ ނުލަފާ ގޮތަކަށެވެ. ޖަވާބެއް ދިނުމެއްނެތި އަތް ފޮޅުވާލާފައި ގޭތެރެއަށް ހުދާ ދުއްވައިގަތެވެ. ނިޒާމްގެ ހިތުތެރޭގައި އުތުރިއަރަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާނަށް ދަރު އަޅާފައެވެ.

** ** ** ** ** **

ފެނުން ތޮޅިލުމަށްފަހު އިރު އަރައިގެން  ދިޔައީ ކޮންމެ މީހެއްގެ ހަޔާތުންވެސް އާ ސަފުހާއެއް ހުޅުވާ އަޅާފައެވެ. މުލުހާލުގެ އަޑުގެ އިތުރުން ދޫނި ސޫފަސޫފީގެ އަޑު ގުގުމާލީ ހިތްގައިމު ގޮތަކަށެވެ. ރެއިއްސުރެ ވެހެމުން ދިޔަ ވިއްސާރައިގެ އަސަރު މަގުަމަތިން ފެންނަމުން ދިޔައިރު ފަޒާގައި ހިފާފައިވާ ތެތް ފިނިކަމަކަށް ބަދަލެއް ނާދެއެވެ. ހޯމަ ދުވަހެއްކަމުން ސްކޫލަށް ދާ ކުދިން ދަތުރު ފެށިއިރު އޮފީސް އޮފީހު މުއައްޒަފުންވެސް މަގުތަށްމަތިން ފެނެއެވެ. ސިނަމާލެ ބްރިޖުމަތިންވެސް ފެންނަމީހުންގެ އަދަދު މަދެއް ނޫނެވެ.

ތުންބުން ފުމެއްމުން ދުވެފައި ސިޑިން ފައިބައިގެން އައި އީމާން އޭނާގެ ކޯޓުގެ ގޮށް އަޅުވާލިއެވެ. ބަދިގެތެރެއަށް ދެމިގަތީ މަންމަ ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. “މަންމަ ދިޔައީ ހޮސްޕިޓަލަށް ބައްޕަ ކައިރިއަށް..” ސިންކު ކައިރީގައި ހުރި އީނާޝް ފަހަތަށް އެނބުރިލިއެވެ. “އެހެންދޯ މަންމަ ކައިރީގައި މަ ރޭގަނޑު ބައްޕަ ކައިރީގައި ބަހައްޓާފަ ގެއަށް ނިދަން އަންނާށޭ ބުނީމަވެސް އަޑެއް ނޭހިއޭ..” އީނާޝް ގިރައިދިން ކޮފީތަށި ތުންބުގައި ޖައްސާލަމުން މަންމައާ މެދު ކަންބޮޑުވާކަން އީމާން ހާމަކޮށްލިއެވެ.

“ޓްރޫ ލަވް..” އީނާޝް ހިނިގަނޑެއް ޖަހާލިއެވެ. “ދެން މަންމަ އެކަނިތަ ބައްޕަ ކައިރީ އޮތީ..” އީމާން އެއްސެވެ. “ނޮޕް..ދޮންބެވެސް..” އީމާންއަށް ވުރެ ދެ އަހަރު ކުޑަ އުމުރުން ފަންސަވީސް އަހަރުގެ އީނާޝް ބުނެލިއެވެ. އެވަގުތު ވެގެން ދިޔައީ އީމާންގެ ދޮންބެ އިނާންގެ އަންހެނުން ޒިވާ ބަދިގެތެރެއަށް ވަތް ވަގުތަށެވެ. “އޯހް..ކުޑަބެގެ ޗޮންޕީ..” ޒިވާގެ އަތުތެރޭގައި އިން ތުއްތު ޔަލްވީއަށް އީމާން އަތްދިއްކޮށްލިއެވެ. ވަރަށް ފަސޭހަކަމާއެކު އޭނާގެ އަތުތެރެއަށް ޔަލްވީ ވެއްޓިގަތެވެ. “ދޮންބެދައްތައަށްވުރެ ކުޑަބެއާވެސް ރައްޓެއްސޭ މި މަންޖެ ދޯ..” ޒިވާ ސަމާސާކޮށްލިއެވެ. އީނާޝްއާއެކު ތަށިތަށް ދޮވުމުގެ މަސަތްކަތް ފެއްޓިއެވެ.

“އާން މީ ކުޑަބެގެ ޗިންޕީއޭ..” ޔަލްވީގެ ކޮލުގައި އީމާން ބޮސްދިނެވެ. “ސާބަސް..އެއްފަހަރު ޗިންޕީ ކިޔާފިއްޔާ އަނެއްފަހަރު ޗޮންޕީ.ތި އެއްނަމެއް ހަރުކުރަން ވެއްޖެއެއްނު..މިހާރު އަހަރެއް ވަނިއްޔޭ..އަދިވެސް ނަމެއް ހަރު ނުވޭ” އީނާޝްގެ ވާހަކަޔާއެކު މުޅި ތަނުގައި ގުގުމާލީ އެންމެންގެ ހުނުމުގެ އަޑެވެ.

“އޭ..ދަނިއްޔޭ..އޮފީސް ގަޑިޖެހެނީ..” އީމާންގެ އަތުގައި އިން ޔަލްވީ އަލުން ޒިވާއަށް ދިނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނިކުންނަން މިސްރާބުޖެހިއެވެ.

** ** ** ** ** **

ބަހުގެ ސީޓުގައި އިށީނދެ ހަމަޖެހިލި އީނާޝްގެ ފޯނު ރިންގުވާން ފެށިއެވެ. ޒިވާގެ ކޯލެކެވެ. “ހަލޯ ނާޝް ކޮންތާކު..” ޒިވާގެ އަޑުގައިވީ ހާސްކަމެވެ. އޭނާގެ ފަހަތުން ޔަލްވީގެ ތުއްތު ހުނުމުގެ އަޑު އިވެމުން ދިޔައެވެ. “މިދަނީ ބައްޕަ ކައިރިއަށް ގޮސްލާފަ އަންނަކަމަށް..އައްސު ވަރަށް އުނދަގުލޭ އައިޖިއަމެޗާ ހިސާބަށް ދާން..އެކަމު ކީއްކުރާނީ މާލޭގަ އެކްސިޑެންޓް ވީމަ ޓްރީ ޓޮޕަށް ނުގެންގޮސް އެގާނގަ ބޭއްވީ ވިއްޔަ..” އީނާޝް ޝަކުވާކޮށްލިއެވެ. ނަމަވެސް އޭނާގެ ހިތުގައި ބުރަކަމެއް ނެތެވެ. ލޯބިވާ ބައްޕަ ވިއްޔާއެވެ. “އާން އޯކޭ..ޔާލްއަށް ބަލާލައްޗޭ..މަގޭ ދިޔައީމަ ދޮންބެ އަންނާނެ ގެއަށް..” އޭނާ ފޯނު ކަނޑާލިއެވެ. ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ މޫދުގެ ހިތްގައިމު މަންޒަރަށް ބަލާލިއެވެ. އަވީގެ ދޯދިތަކުން މޫދުގެ ފެންގަނޑު ރަންކުލައިން ވިދަމުން ދިޔައީ އަޖައިބުކުރުވަނިވި ގޮތަކަށެވެ.

ހިޔާލީ ދުނިޔޭގައި އިން އީނާޝް ސިއްސައިގެން ދިޔައީ އޭނާއާ ޖެހިގެން އިން ސީޓުގައި ފިރިހެނަކު އިށީނުމުންނެވެ. އެ ޒުވާނާ އިނީ ފޯނަށް ގެއްލިފައެވެ. ނަމަވެސް ބަސް އޭގެ ބާރުމިނުގައި ދަތުރު ފެއްޓުމުން އެ ފިރިހެން ކުއްޖާ އީނާޝްއަށް ބަލާލިއެވެ. “ނާއިން..” އީނާޝްގެ ހިތް ހުއްޓުނު ފަދައެވެ. ކަޅި ޖަހާނުލާ ނާއިންވެސް އިނީ އީނާޝްއަށް ގެއްލިފައެވެ.

(ނުނިމޭ)

Comments (23)

  1. Tushaa

    What is this? ?too short and updateis late

    1. EL
      Tushaa

      This is a story dear ☺ well I was sick ehenve kurukoh ves genesdhyni ??

  2. Nunama

    Ya it’s too short. And please upload fast. Nice part

    1. EL
      Nunama

      Thanks❤❤ aslu iyye haveer submit kohlin but up villeh lasvyy I’ve no idea why.yh I’m very sick but I’ll try ???

  3. S7

    Nice. Please upload fast and when next part? This part is too short

    1. EL
      S7

      Thank you ❤❤❤ yes insha allah. I’m srry ???

  4. ham ham

    alheyy..haaadha kurey..ekam ves reethi..but v lahun up vy keehve tha? when next? wait kuran nujassa avahah upp kuraathi kujja fulhaa..hehe

  5. MIROO

    very short and up vaaleh varah las TBH mi part nice eh noon??

  6. naash

    maashaa allah vv nice dear….. vvv lwbi mi part vx.. whn nxt?? ekm thankolheh kurii mi part.. bt its okii …. haalathu niyaa kuraa gothn baeh faharu vane ehn vx???☺☺☺??????????❤❤❤❤❤❤

    1. EL
      naash

      Thank youuuuu so much naash dear ❤❤❤❤ sweet of you . I was sick these two days ekamu mihaaru kudakoh okk so I’ll try varah avahah up kuran ???thanks for understanding ?????

  7. Ann

    Maa sha Allah.. Vrh salhi mi part ves.. Feshunyssure vaahaka kiyamun mi annanee. Miee fist comment. Hurihaa part eh ves Hama Vrh salhi. ?????? Ekam, I think rangalhu kohlan jehey kameh kanneynge aee goas ingiliige vaahaka aa ethanun eeman bunaa word ge vaahaka akee. Ekahala terms thah nugene story kuriyah gengosdheyn vee nu El dear.☺️ Miee hama I ge idea eh. Kudakudhin ves vanna site eh v ma yaa ehkoh. ☺️☺️☺️☺️ Inan boy name eh tha? I kee 2 story ha ves boys ah Inan kiyanee. Ekam I ah ingey dhethin girls ah ves kiyaa e name.. Hehe.. Ehnve hama ahaaly.. ☺️☺️☺️ Good job writer. And keep it up. I ge idea aa gulhey gothun javaabeh dhehchey. ☺️☺️☺️

    1. EL
      Ann

      Awwwwwn so sweet Ann ❤❤vrh ufaavejje comment kohleema dear. ??? thank you so much it means a lot to me. ???? yh I know kudakudhin ves vanna site ehkan but KUDKUDHIN vehjjeya loabigee vaahaka ehkan stry name in inguneema kiyaakah nuvaane kanne. They should actually be checked by a parent……And in my view mikahala love strys kiyaanee ves “bodu kudhin” hehe ?????. Yes inaan is a unisex name I also know inaan kiyaa boy akaa girl akaa. Hehe. Thanks sis ???? yh I wouldn’t use inappropriate stuff if u don’t like ???

  8. Maya

    Inaan and eemaan eii unisex name ehthr???????????? .. Eii maya men rashu girl akah kiyaane inaan.??????? And maya ge cousin sis eh ulheyne girl eh eemaan kiya.???????????? Ehenve just asking ingey.. Story hama awesome… MashaAllah ????????????????bt writer balyma dhw.. Nxt part thankolheh avahah and dhigukohlahchey….. Avas shifakah edhen… Lurv u???????????????

  9. Maya

    And one more thing handhaan nethuny hehhe.. Umm cover ga iny eenaash and naain dhw.. Bt naain is married… Sooo????????????? BTW vv curious…

    1. EL
      Maya

      Yh naain&enaash ?? yes he is married to shiya. hingaa dhen balamaa dho vaagotheh ??

  10. Anonymous

    Inaan Kiya boys ah ves.. me kokko ah kiyany inaan.. story vrh vrh salhi… When next party???

  11. anaan

    maa sha allah mi part vx varah nice.. next part avahaa up kohla dhehchey.. good job dear..

  12. Naax

    Haadha kurey

  13. Star

    Wow..vrh salhi maashaa allah?..when is nxt part???

  14. Mai

    Very interesting keep it up dear well done ??when next part?? Hurry up ❗️❗️❗️

  15. Star

    Alhe haadha lahey up vaaleh…bt still vrh reethi vrhaka…thankolheh avaha up kh dhyba..plx plx plx

  16. maya

    kobea thr nxt part..haadha lahey..bt still waiting..reply kohlaba

  17. Zuha

    Haadha lahea up vaaleh

Comments are closed.