Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދީވާނަ ވެދަނިއްޔޭ…1

shaaf Level 1
July 4, 2018 5 Mins Read
25 Comments

ފެނުން ތޮޅިލުމަށްފަހު ރާއްޖޭގެ ވެރިރަށް މާލެއަށް އިރު އަރައިގެން ދިޔައީ މޫސުން ރީތި އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. އެކި މީހުންގެ ހަޔާތުގައި އެކި ކުލަތަށް ޖައްސަމުންނެވެ. ދުވަހުގެ މޫސުން ބަދަލު ވާކަށް މާގިނަ އިރެއް ނުނެގިއެވެ. ހެނދުނު ހަތެއް ޖެހިއިރު ވިލާތަކުން އުޑުމަތި ބަނަކޮށްލިއެވެ. އިރުގެ ފަރުދާއަކަށް އެ ކަޅު ވިލާތައްވިޔެވެ. މާޔޫސް މާޔޫސް ވެފައިވާ ހާލު އިރު ފަރުދާވީ އަމިއްލަ އެދުންމުން ފޯވެފައިވާ ވިލާތަކަށް ފުރުސަތު ދެމުންނެވެ. ފަނަރަ ވަރަކަށް މިޏެޓުގެ އިންޒާރުތަކަކަށްފަހު ބޯ ވާރޭގެ ކެރިގަނޑެއް އޮއްސާލިއެވެ.

ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫންކަމުން ސުކޫލުތަކާއި އޮފީސްތަކަށް ދާ ގިނަ ބަޔަކު އެމީހުންގެ ދަތުރު ކުރިޔަށްގެންދިއައީ ކާރުގައެވެ. ނަމަވެސް އެންމެން އަރާނެހާ ގިނަ ކާރެއް ނުހުންނާނެ ނޫންހެއްޔެވެ. އެހެންކަމުން ވިއްސާރަ ކޯޓާއި ކުޑައިގެ އެހީވެސް ހޯދިއެވެ.

މާލެ ގަޑިން މެންދުރު ދޭއް ޖެހިއިރުވެސް މޫސުން އޮތީ ވިއްސަރަކޮށެވެ. އިރުއިރުކޮޅާ ވިއްސާރަ ބޯކޮށްލައެވެ.

ގަޑިން ފަތިހު ފަހެއް ޖެހީއެވެ. ނިކްޔަލް އޭނާގެ އަރާމު ނިދިން ތެދުވީ އެއްވެސް މީހެއްގެ އެހީއަކާ ނުލައެވެ. ހިތް ފުރޭ ވަރަށް ނިދުނީ ކަމަށްވެސް ވެދާނެއެވެ. ނިކްޔަލްގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ އޭނާގެ ތަނަވަސް މޭމަތީގައި ނިދާފައި އޮތް އަންހެންކުއްޖާއެށެވެ. މައުސޫމު ކަމާއެކު ނިދާފައި އޮތް އެކުއްޖާގެ އަރާމު ނިންޖަށް ބުރޫއަރާނެ ކަމެއް ނުކުރުމަށްޓަކައި ތެދުވެގެން ގޮސް ފާޙާނާއަށް ވެނެވެ. ބިންމަތީގައި އުކާލާފައި ހުރި އޭނާގެ އަންނައުނު ތަކާވެސް އެކުގައެވެ.  ފެންވަރައިގެން ބޯ ހިއްކަމުން ސޯޓުބުރިއަކާއެކު ނިކުތް އިރު އޭނާގެ ކަސްރަތީ ހަށިގަނޑު ހުރީ ހާމައަށް ފެންނާށެވެ.

ބޮލުގައި ހުރި ހުރިހާ ފެންތަށް ފޮހެ ނިމުމުން ބޮލަށް ޓީޝާރޓު މަހާލަމުން ބެލްކަންޏަށް ނިކުމެލީ ތުވާލި ހިއްކަން އަޅާށެވެ. ގެސްޓު ހައުސް އެއްގެ ބާރަ ވަނަ ފަންގިފިލާއިން ، އިމާރާތްތަށް ގިނަ ނަމަވެސް ނިއު ޔޯކްގެ ހިތްގައިމު މާހައުލު ފެންނަލެއް ވަރަށް ފުރިހަމައެވެ. އިރު އެރުމުގެ ކުލަވަރު ފެންނަށް ފެށިއެވެ. ގުދުރަތީ ހިތްގައިމު މަންޒަރެއްގެ ގޮތުގައެވެ. ކުރެހުންތެރިންގެ ކުރެހުންތަކަށް ގޮންޖަހައިފައިވާ ފަދައެވެ.

ބެލްކަނީގައި ހުރި ނިކްޔަލްގެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް އެމަންޒަރުގެ ސަބަބަބުން ގެނުވައިދިނެވެ. އާޝޯޙު ވެފައި ހުރެވުނީއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމަންޒަރު ފެނުނު ކަމުަގައި ވިޔަސް ހިތުގައި ފޫހިކަމެއް ނުއުފެެދޭނެއެވެ. އެހެންނަމަވެސް މާގިނަ އިރަކު ބެލްކަނީގައި ހުންނާކަށް ނެހެދިއެވެ. ކޮޓަރިން ނިކުމެގެން ބަދިގެއާ ދިމާލަށް މިސްރާބުޖެހީ އޭނާގެ ހިތް އެދޭ އެހެންކަމެއްވެސް އޮތީމައެވެ. އިރު އަރާ މަންޒަރު ބަލަން ފޫހިވެގެންނެއް ނޫނެވެ.

ބިސްގަނޑަކާ ދެ ޓޯސްޓު ތައްޔާރުކޮށްލުމަށްފަހު ކޮފީ ތައްޓެއް ގިރަލިއިރު ނިކްޔަލްގެ އަތްމަތި އަވަހެވެ. އޭނާ ލައިގެން ހުރި ޓީޝާރޓު މަތިން އެޅި އޭޕްރަންގެ ސަބަބުން ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ.

ޓްރޭއެއްގައި އޭނާ ތައްޔާރު ކުރި ބްރޭކް ފާރސްޓު އަތުރާލަމުން ކޮޓަރިއަށް ވަނެވެ. އެނދުކައިރީގައި ލޭމްޕް ބަހައްޓާފައި ހުރި ކަބަޑު ސެޓު މަތީ ޓްރޭ ބަހައްޓާލިއެވެ. ހަމަ އެވަގުތު އެނދުގައި ނިދާފައި އޮތް އަންހެން ކުއްޖާ ހޭލިއެވެ. ހިނިތުން ވުމަކާއެކުއެވެ. ހެނދުނުގު ސައި މޭޒުމަތީގައި ހުރިތަން ފެނުމުން އެ ހިނިތުންވުން އިތުރަށް ފުންވިއެވެ. ” މޯނިން ބޭބީ…” ނިކްޔަލް އޭނާގެ އަލަތު އަނބިމީހާ ނައުރާގެ ނިއްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަށް އެއް ފަރާތް ކޮށްލަމުން ލޯތްބާއެކު ނިއްކުރީގައި ބޮސްދިނެވެ. ދޮން ހަންގަނޑަކާ މުށި ކުލައިގެ ފަން އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖާގެ ފިރިމީހާގެ ގޮތުގައި ފުރަތަމަ ފަހަރަށް ހެނދުނުގެ ސަލާން ކޮށްލަމުންނެވެ. ކައިވެނި ކުރިތާ ސައްވީސް ގަޑިއިރު ނުުވެއެވެ. އެހެންނަމަވެސް ނިކްޔަލްގެ ކިބައިން ލިބެމުން ދަނީ ނިމުމެއް ލޯތްބާ އަޅާލުމެވެ. މުޅި އުމުރަށްވެސް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެމުންނެވެ.

އެނދުގެ ފަޑީގައި ނައުރާ ލެނގިލިއެވެ. ހަމަ އެއާއެކު ގައިގައި އަޅާފައި އޮތް ރަޖާގަނޑުވެސް ވެއްޓުނެވެ. އޭނާ ހަށިގަނޑު ހުރަހެއް ނެތި ހާމަވިއެވެ. ކުއްލި ހަރަކާތާއެކު ނައުރާ އޭނާގެ ހަށިގަނޑު ރަޖާގަނޑުން ނިވާކޮށްލިއެވެ. މޫނުގައި ހުރި ހުރިހާ ލެޔެއް ވަނީ ކޮލަށް ޖަމާވެފައެވެ. ނިކްޔަލް އިނީ ލާނެއް ވައްތަރަކަށް ބަލަހައްޓައިގެންނެވެ. އެއްބުމަ ހިއްލާލައިގެންނެވެ. ދެން ކޮށްލީ ހީވެސް ނުކުރާ ކަމެކެވެ. ނައުރާގެ ގައިމަތީގައި އޮތް ރަޖާގަނޑު ހޫރާލުއެވެ. އެނދުގެ އަނެއް ފަރާތަށެެވެ.

ނައުރާގެ ގައިމައްޗަށް އޭނާ ވެރިވެގަތެވެ. ” މީ ހިތްވެސް ނުފުރޭ ފިރިހެނެއްތަ….ރޭގަވެސް…” ނައުރާ އޭނާގެ ޖުމްލަ މެދުކަނޑާލިއެވެ. ” އޯހް ކަމޯން ދޫންޏާ މަމީ ނިކްޔަލް އޭ…..މަގޭ ހިތެއް ނުފުރޭނެ ދުވަހަކުވެސް…ސްޕެޝަލީ ވެން އިޓް ކަމްސް ޓު ޔޫ…މަވަރަށް ދަހިވާނެ..” ނިކްޔަލް ފޮނިގޮތަކަށް ބުނެލިއެވެ. ނައުރާގެ ތުންފަތް ލޯބިކޮށްލަމުންނެވެ. ” މަށަށްވެސް އިނގޭ ތީ ނިކްޔަލްކަން…” ނައުރާވެސް ދުލެއް ނުކުރިއެވެ. ” ނަސީބެއްނު އިނގޭކަން…” ނިކްޔަލްވެސް މެއެެވެ. ހަނީމޫން ދަތުރުގެ ފުރިހަމަ އުފާ ހާސިލް ކުރަމުން ދިޔަ އެދެމަފިރިންގެ ހިޔާލެއް ފިކުރެއް ނެތެވެ. ސުކޫލު ދައުރުން ފެށިގެން ގެންގުޅު ލޯބިވެރިޔާއާ ކައިވެނިކުރެވުމުން އުފާ ނުވާނީ ކާކުހެއްޔެވެ.

ތައްޔާރު ކޮށްފައި ހުރި ކޮފީ ތަށި ފިނިވިއެވެ. ގެނައިރު އާވިއަރައަރާ ހުރި ތަށީގައި މިހާރު އާވީގެ އަސަރެއްވެސް ނެތެވެ. ނިކަމެތި ވެފައިވާ ކޮފީތަށި ބޯކަށް ނައުރާއާއި ނިކްޔަލްގެ ތެރެއިން އެކަކުވެސް ނޫޅެއެވެ.

***************************************

” މާޓިނޫ..އެކަލަ މަންޖެ ފުރައިފި….އޭނާގެ ބޭބެއަކާ މަ ވާހަކަ ދައްކާފަ މިއައީ…” ދުވެފައި ސިޑިން އަރައިގެން އައިސް އެޕާރޓުމަންޓު ދޮރު ބާރަކަށް ހުޅުވާލި ނިޔާޒު ދިން ހަބަރަކުން ގޮނޑީގައި އިށީނދެގެން އިން މީހާ ގޮނޑިން ވެއްޓުނެވެ. މާނިޝް އިނީ ގޮނޑީގެ ވަރަށް މަގަތުގައެވެ. އެ ޙަބަރުން އޭނާގެ ހިތުގައި ކުޑަ ހައިރާން ކަމެއް އުފެދުނެވެ.

“…ނައުރާތަ…ކޮންތާކަށް އޭނަ ފުރީ..ކާކާ އެކީ…ކޮން އިރަކު އަންނަނީ ” ހާސްވެފައި ހުރި މާނިޝް އޭނާގެ ސުވާލުތަށް ފައްޗަކަށް އަމުނާލިއެވެ.

” އޭނަ މީހަކާ އިނދެގެން ފުރައިފި…ރޭގަ މީހަކާ އިނީ..ދަރުބާރުގޭގަ އޮތް ވެޑިން ނިންމާފަ ދަންވަރުގެ ފްލައިޓުން ނައްޓާލީ ނިއު ޔޯކަށް..ފިރިމީހާ އާއެކީ ހަނީމޫން ހަަދަން ތޯއްޗެއް…ދެން ކަލޭ އެހެން މަންޖެއެއް ސެޓު ކުރަން ހިނގާބަލަ އަދި ތި ނައުރާއެއް ފެނުނުތާ ހަފްތާއެއް ނޫންތަވީ..ނަން ފިޔަވާ އިތުރު އެއްޗެއް ކަލެއަކަށް ނޭނގެއެއްނު..މީހެއްގެ އަންބެއް އަތުކުރަން އުޅުމަކީ މާ ފަސޭހަ ކަމެއް ނޫން..” ނިޔާޒު އެހުރިހާ ސުވާލަކަށް ޖަވާބުދިނީ ހަމަ އެއްފައްޗަކަށެވެ. އެއާއެކު މާނިޝްގެ ހަނދާނަށް އައީ މީގެ ހަފްތާއެއް ކުރިއެވެ.

****************************************

ހަފްތާއެއް ކުރި

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ހުކުރު ދުވަހެއް ކަމުން އާޓިފިޝަލް ބީޗު ސަރަހައްދުގައި އެކި އުމުރުގެ މީހުން މަޖާ ނަގަމުން ދިޔައެވެ. ގިނައީ ކުޑަކުދިންނެވެ. މައުސޫމު ކުދިންތަށް ކުޅެމުން ދިޔަ މަންޒަރުން ގިނަ ބަޔެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދިނެވެ. ބްރޭކް ވޯޓާ ރެސްޓޯރެންޓުން ކޮފީ ބޮއެގެން ނިކުތީ ހަތަރު ފިރިހެނުންވެެ. އެމީހުންގެ ސަބަބުން މުޅި މާހައުލު ދިޔައީ ސިންގެރޭޓު ވަހުން އެއްވަސް ކުރުވަމުންނެވެ. ކުޑަކުދިންވެސް އެ މީހުން ފެނުމުން ދުރަށްޖެހިލައެވެ.

ނައުރާގެ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ލިމްނާ އާއެކު އާޓިފިޝް ބީޗުގެ ވެލިގަނޑު މަތީގައި އިށީނދެލައިގެން ތިބިއިރު އެ ދެމީހުންގެ އޮލަ ވާހަކައަށް ނިމުމެއް ނާދެއެވެ. ހީހީފައި ވާހަކަދައްކަމުން ދިޔައިރު ހިޔާލެއް ފިކުރެއް ނެތެވެ. ” އޭ..އެތާނގަ އެބަ އައިސް ކޯނު ވިއްކާ އަންނާނަން ގަނެގެން އިނގޭ….” ވެލިގަނޑު މަތިން ތެދުވެ ވެލިތަށް ފޮޅާލިއެވެ. ތަންކޮޅެއް ދުރުގަ އައިސް ކޯނު ވިއްކަން ހާއްސަކޮށް ހުޅުވާފައި ހުރި ގާޑިޔާ ދައްކާލަމުން ލިމްނާ އޭނާގެ އެކުވެރިޔާއާ މުޙާތަބުކޮށް ބުނެލިއެވެ. ނައުރާ އެކަމަށް އެއްބަސްވީ ދެންވާނެ ގޮތެއް ނޭނގިއެވެ.

އެއްގަޮތަކަށް މާގިނަ އިރު އިންނަން އުނދަގޫވުމުން ދެފައި ވައްކޮށްލީ މަޑު ނޫކުަލައިގެ މޫދަށް ނަޒަރު ހުއްޓާލަމުންނެވެ. މޫދުގެ އޮއިވަރާއެކު ކުރިއަށްދާއިރު އޭނާގެ ހަޔާތްވެސް ދަނީ ކުރިއަށޭ ހިތަށް އެރިއެވެ. އެންމެ ކުަޑައިރުން ފެށިގެން މިއަދާ ހިސާބަށް ހިނގި ހުރިހާ ކަމެއް ޓްރެއިލާރއެއް ފަދައިން ހިތުގައި ތަސްވީރުކޮށްލިއެވެ. ހަޔާތާ މެދު ވިސްނާލަން އިނދެވުނީ އަމިއްލަ ނަފްސަށް އެކަނި ވަގުތުކޮޅެއް ލިބުމުންނެވެ.

މޫދުގެ ކައިރިފަށުން މާނިޝް އޭނާގެ އެކުވެރިންނާއެކު ހިނގަމުންދިޔައެވެ. ހަތަރު މީހުންވެސް ލައިގެން ތިބީ ސޯޓާ ޓީޝާރުޓުގައި ފެންނަލެއް ފިރިހެން ވަންތައެވެ. މޫދުކައިރިން ލާފައި ދަމުން މޫދުން ފެންނަގައި އެކަކު އަނެކަކު ގަޔަށް ފެންޖަހާ ފަދަ ކަންކަން ކުރަމުން ދިޔައެވެ.

މާޒިން ގަޔަށް ފެންބުރުވާލަމުން މާނިޝް އޭނާގެ އިސްއުފުލާލިއެވެ. ކުރިމަތިން ފެނުނު އަންހެން ކުއްޖާގެ ސަބަުބުން އޭނާގެ ހަރަކާތްތަށް ހުއްޓުމަކަށް ގެނުވިއެވެ. ވެލިގަނޑު މަތީ އިށީނދެގެން މޫދާ ދިމާލަށް ގެއްލިފައި އިނީ ފަތްމިނި ޕަރީއެކެވެ. މަޑު ނޫކުލައިގެ އޮފް ޝޯލަޑާރ ޓޮޕަކާއި ކަޅު ޖިންސެއް ލައިގެންނެވެ. ފަން އިސްތަށިގަނޑު ދިޔައީ މިނިވަން ކަމާއެކު ވިހުރެމުންނެވެ. މޫނު މައްޗަށް އެޅޭ އިސްތަށިތަށް އެއްފަރާތް ކޮށްލާ ގޮތުން އާޝޯޙުވެއެވެ. ބޮޑު ފިޔާތޮށި ކުލައިގެ ތުންފަތަކާ ގަދަ ކަޅުކުލައިގެ ކަޅިރަވައެއްގެ ވެރި ރާނީއާ ދިމާލަށް ބަލަަހައްޓައިގެން މާނިޝްއަށް ހުރެވުނީ ކުޑަ އިރުކޮޅަކުއެވެ. ނިޔާޒް އޭނާގެ އަތް ފުރާ ފެންނެގުމަށްފަހު މާނިޝްގަޔަށް ޖަހާލިއެވެ. މާނިޝް ސިއްސައިގެން ގޮސް ތެޅިގަތެވެ. ” ކޮންއެއްޗެއް ބާ މިކަލޭގެއަށް ފެނުނީ…” މާނިޝް ބަލަމުން ދިޔަ އެއްޗަކަށް ނިޔާޒްވެސް ބަލާލިއެވެ. އޭނާގެ ލޮލުގައި އަޅައގަތީ ހަމަ އެއަންހެން ކުއްޖާއެވެ. މާނިޝަށް ވީވަރެއް އޭނާއަކަށް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަކީ މީހެއްގެ ފިރިއެކެވެ. ޝިޔާނާ ނޫން މީހެއް ދެކެ ދުވަހަކުވެސް ނިޔާޒްއަކަށް ލޯތްބެއް ނުވެވޭނެއެވެ.

” އޭ…ހިނގާބަލަ އެމަންޖެގެ އެކްސްޕްލޯރ ކޮށްލަން މަ ވަރަށް ބޭނުން…ޕްލީސް…” ދުވަހަކުވެސް މީހެއް ގާތު އާދޭސް ނުކުރާ މާނިޝްއޭނާގެ އެކުވެރިން ގާތު އާދޭސް ކުރަން ފެށިއެވެ. ނިޔާޒް ، ލީވާން  އަދި މާޒިންވެސް މާނިޝްގެ އެދުން ފުއްދައިދިނުމަށް އަވަސްވެގަތެވެ.

އިސްނެގީ ލީވާންއެެވެ. އެންމެ ކެރޭ މީހާއެވެ. މާނިޝް ފަދައިން އަންހެންކުދިންނާ ފޮށެން މޮޅު މީހެކެވެ. އޭނާ ކުޑަކޮށް ދުވެލާފައި ނައުރާއާ ދިމާލަށް މިސްރާބުޖެހިއެވެ. ދުރުގައި މަންޒަރުބަލަން ތިން ފިރިހެންނުން ތިއްބެވެ. ދެން ވާނެ ގޮތެއް ނޭނގޭ ހާލު ދެއަތް ދެއަތާއި މޮޑެލަ މޮޑެލައެވެ.

” ހޭ..އެކްސްކިއުޒް..އެކަނިތަ..” ނައުރާ ކައިރީގައި ވެލަގަނޑު މަތީ އިށީނދެލަމުން ލީވާން ދުވާލުކޮށްލިއެވެ. ނައުރާއަށް ފުރަތަމަވެސް ކޮށްލެވުނު ކަމަކީ ނޭފަތް މަތީގައި އަތްއަޅާލުމެވެ. ސިނގެރޭޓު ވަހުން ކޮށިއަރާތީއެވެ. ލީވާންއަށް އެ މަންޒަރު ފެނުނެވެ. އޭނާގެ އަމިއްލަ ގައިން ވަސްބަލާލިއެވެ. ކަމަކުދާކަށް ނެތޭ ހިތަށް އެރިއެވެ. މިހާ ގަދަ ވަހެއް ދުވައިގެން މީހަކު ކޮށި ނާރައިފިއްޔާ ދެރައެއް ނޫންހެއްޔެެވެ.

” އާން..ކީއްވީ..” ތަންކޮޅެއް ދުރަށް ޖެހިލަމުން ނައުރާ ބުނެލިއިރު އޭނާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވިއެވެ. ބީރައްޓެހި ގޮތެކެވެ. ” އޯހް..ތިހާ ރީތި ކުއްޖަކާއެކީ ބިޓެއްވެސް ހުންނާނެ ކަމަށް މަ ހީކުރީ…ކޮން ނަމެއްތޯ ކިޔަނީ އަހާލެވިދާނެތަަ…” ލީވާން ގެ އަޑާ ރާގުގެ މިސްރާބު ބަދަލުވިގޮތުން މީ ރަނގަޅު ނިޔަތެއްގަ އައިސް އުޅޭ މީހެއް ނޫންކަން ވިސްނުންތޫނު ނައުރާގެ ސިކުނޑި ދެނެގަތެވެ. އިތުރު ވާހަކައެއް ނުދައްކާ އިންތަނުން ތެދުވެގެން އެހެން ދިމާލަކަށް ހިނގައިގަތީ އެހެންވެއެވެ. މަންޒަރު ބަލަން ތިބި މާނިޝްއާ އޭނާގެ ދެއެކުވެރިންނަަށް ޗޮކެއް ކަނޑާލެވުނެވެ. ޕްލޭން ފެނަށް ވެދާނެ ކަމަށް ހީކުރެވުމުންނެވެ.

ލީވާން ހިތްވަރު އެލުވައެއް ނުލިއެވެ. އޭނާގެ އެކުވެރިޔާގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި ކުޑަމިނުން އެ އަންހެން ކުއްޖާގެ ނަން ނަމަވެސް އޭނާ ހޯދާނެއެވެ. މޮޅު ހިޔާލެއް ލީވާންގެ ސިކުނޑިއަށް އައުމުން ލަވައެއް ކިޔަންފެށިއެވެ. ނައުރާގެ ފަސްފަހަތުން ހިނގަމުންނެވެ.

މަހި ނޫރެއް ހާ ލޯބިކަމޭ ، ކޮހި ނޫރެއް ހާ ޗާލުކަމޭ

ރިހި ކަނދުރާގެ ރީތިކަމޭ ، ލޮލުގައި ވާތީ ތޫނު ކަމޭ

ލީވާން އަށް ލަވައިގެ އެއްބައި ކިޔާލެވުނެވެ. އެތާނގައި ތިބި ގިނަ ބަޔެއްގެ ނަޒަރު އެދެމީހުންނަށް ވަނީ ހުއްޓިފައެވެ. ލީވާން ފަރުވާލެއް ނުބެހެއްޓިއެވެ. ނަމަވެސް ލަދުން އިސްޖަހާލީ ނައުރާއެވެ. އޭނާގެ ފިޔަވަޅުތަށް ދިޔައީ ކުރިއަށެވެ. ލީވާންގެ ފިޔަވަޅުތަށްވެސް މެއެވެ. ހުރިހާ ކަމެއް ބަލަން ހުރި މާނިޝްއަށް ލީވާންގެ އަމަލުތަކުން ހިތްވަރެއް ލިބުނު ފަދައެވެ. ލީވާން މެންނާ އޭނާ އެއްވަރުކޮށްލިއެވެ. ބާކީ ތިބި ދެފިރިހެނުން ހައިރާން ކުރުވާފައެވެ. ލަވައިގެ ދެން އޮތްބާ މާނިޝް ފުރިހަމަ ކޮށްދިނެވެ. ލަވަ ކުރުކޮށްލުމުގެ ގޮތުން ބަޔެއް ތަންތަންކޮޅު ނުލައެވެ.

ތީ މަގޭ ދުނިޔެހެން ހީވެޔޭ ، ތީ މަގޭ ހިތުގެ ދިރުމޭ އިނގޭ

ކުރަން ސިފަ ގަލަމަކަށް ނޭނގޭ ، ތީ ފަރި ލޯބާވާ މަގޭ………

ހިރިލާ އެރާޅުގެ މިއުޒިކޭ ، ބީހޭ މިރޯޅިން ހިތް ތެޅޭ

ނިންޖާ އަރާމޭ ގެއްލެނީ ، ވިންދާ ހިތާއޭ ވަކިވަނީ….

ތީ މަގޭ ދުނިޔެހެން ހީވެޔޭ ، ތީ މަގޭ ހިތުގެ ދިރުމޭ އިނގޭ

ކުރަން ސިފަ މި ދުލަކަށް ނޭނގޭ ، ތީ ފަރި ލޯބިވާ މަގޭ………

އެދެމޭ ކަލާޔާ ގާތުގައި ވުމަށް ފެންނާތީ ޔާރާގެ މޫނު

ތެދެކޭ ތިއީ ހޫރެއްހޭ ، ފެނުނީއޭ ޖާދޫވީ މޫން

( ނުނިމޭ )

Share Article

Follow Me Written By

shaaf

Level 1

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 21

Next

ކުށަކީ ކޮބާ؟ (2)

Next
July 4, 2018

ކުށަކީ ކޮބާ؟ (2)

Previews
July 3, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 21

25 Comments!

  1. Philomena says:
    July 4, 2018 at 4:24 pm

    Yeyy. Me first.

    1. shaaf says:
      July 5, 2018 at 9:09 pm

      Yayyy!!!Congratulations dear ?❤❤

  2. baby girl says:
    July 4, 2018 at 4:25 pm

    wow vrh nice story eh..awsm….waiting for next part

    1. shaaf says:
      July 4, 2018 at 7:28 pm

      Aww thanks my baby girl ?? i’m glad u liked it…wait kohlachey nge next part ah ❤❤❤

  3. Philomena says:
    July 4, 2018 at 4:32 pm

    V nive. V reethi vaane hen heevany story. Waiting for next part.♥️♥️??

    1. shaaf says:
      July 5, 2018 at 9:10 pm

      Nice ** . Thank you philomena dear ? next part submit kohlaifin nge ❤❤❤

  4. Livee says:
    July 4, 2018 at 4:37 pm

    Wow salhi

    1. shaaf says:
      July 4, 2018 at 7:30 pm

      Ohh thank you dear ? ? ❤❤❤

  5. rifqa says:
    July 4, 2018 at 4:40 pm

    it’s awsm…
    sifa kurun super…
    waiting for the next part

    1. shaaf says:
      July 4, 2018 at 7:41 pm

      Thank you soo much rifuu ? ?ok dhw rifuu kiyas ☺next part vrh avahah genesdheveytho mi try kurani. .and Btw do you know me…cuz shaaf dhanna kuhjeh ulheyne rifaga kiyaa hehe..?

  6. Baby girl ❤ says:
    July 4, 2018 at 6:39 pm

    Sifakurumah hama saabas …. vrh vrh reethi….when next part..curiously waiting…

    1. shaaf says:
      July 4, 2018 at 7:44 pm

      ?? Thank you so mcuh bb gurl ❤❤❤ 2 baby gurls ebaulhey dhw…guess whts gonna happen next ??

  7. shaaf says:
    July 4, 2018 at 7:26 pm

    Salaam all readers ☺ shaaf mi site ah liyaa first story ” DHEEVAANA VEDHANIYEY ” ge first part hurihaa readers ah ves kamudhaane kamah ummedhukuran ? since I’m a very young writer baivaru mistakes huredhaane so I would like you all to point them out for me kameh dhimaa nuvanyaa I will publish every new part on Wednesday, friday, Sunday Tuesday but I’m actually trying to publish a new part every day insha allah…..Thankyou ❤❤❤❤❤❤❤
    WithLove, shaaf ?

  8. Heevaagi says:
    July 4, 2018 at 7:39 pm

    W Two World..lee jong sky ??

    1. shaaf says:
      July 4, 2018 at 7:59 pm

      Dhw…I luv luv him? hehe..my favorite couple ❤❤❤

  9. nukko? says:
    July 4, 2018 at 9:01 pm

    woooooow???omg…sifakurun…aaahhh…..sifakurun hama HABEYSS….vrh vrh vrh vrh reethi….n waiting for the next part…..when will u upload it…nxt part
    shaaf kon school ehge kujje tha…cuz i think i know yuhh…

    1. shaaf says:
      July 5, 2018 at 10:44 pm

      Alhey…? Thank you vrh vrh bodah ?? 2nd part is published now… BTW shaaf nudhanna nukko kiyaa kuhjje ☺ which school r u from dear ❤❤❤❤❤❤

  10. Mee says:
    July 4, 2018 at 9:56 pm

    Waaaaah?❤❤❤ its so amazing…?❤ Are yu a boy or a girl.. n how old are yuh…. ❤❤❤❤❤❤ N plx bunela dhyba mi stry up vaane dhuvas thah❤❤❤?????? luv this stry n yuh so much??????❤❤??????

    1. shaaf says:
      July 5, 2018 at 10:49 pm

      Awwwww…❤❤❤ Thank you so much love ? i’m a gurl n 15 yrs☺ hehe …Wednesday Friday Sunday n Tuesday ga stry up kohdheynan insha allah ekm eahvure avas ves vedhaane nge ???? love you too

  11. Inkoo says:
    July 5, 2018 at 1:59 pm

    Luv u shaaf sis keep up da gud wrk

    1. shaaf says:
      July 5, 2018 at 10:40 pm

      Thank you big sis ❤❤❤❤ luv yuh too ?

  12. maul says:
    July 5, 2018 at 4:41 pm

    ccoooooooooool aka man

  13. Lovely says:
    July 5, 2018 at 7:27 pm

    I love this story. Keep it up

    1. shaaf says:
      July 5, 2018 at 10:49 pm

      Thank you lovely dear ❤❤

  14. naash says:
    July 10, 2018 at 11:48 am

    nice story I love it

Comments are closed.



All Right Reserved!