Skip to content
އެސްފިޔަ

ޙަޔާތް

އަހަރެން ހަނދާން ހުންނަން ފެށީންސުރެ އަހަރެން ބަލަމުން ގެންދިޔައީ އަހަރެންގެ މާމައެވެ. މާމައަކީ އަހަރެންނަށް އަހަރެންގެ މަންމަ އާއި ބައްޕަ އެވެ. އަހަރެން ގުރޭޑް 6 ނިންމި އަހަރު އަހަރެންނަށް އަހަރެންގެ ބައްޕަ ގެއްލުނެވެ. އުމުރުން 1 އަހަރު ވީއިރު މަންމަ ވެސް އަހަރެން ދޫކޮށްލައިފިއެވެ. ނަމަވެސް އޭރު މާމަ އާއިއެކު އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ..

ދުވަސްތައް މާޒީ އާއި އެކުވަމުން ދެއެވެ. އަހަރެން ގުރޭޑް 10 ނިންމީ އެހާ ރަނގަޅު ފާހަކާއި އެކީ އެއް ނޫނެވެ. ނަމަވެސް ވަޒީފާއެއް ލިބޭހާ ވެއެވެ. އެއްދުވަހު މާމަ ކައިރީގައި ބައްޕަ އަށް ގުޅައިދިނުމަށް އެދުނީމެވެ. މާމަ ބައްޕަ އަށް ގުޅައިދިނެެވެ. ބައްޕަ ފޯނު ނެގުމުން އަހަރެން ބުނީމެވެ. ” ބައްޕާ… ކީއްވެތަ މިހުރިހާ އަހަރެއް ވީއިރުވެސް އަހަރެމެންނަށް ނުގުޅީ؟؟ އަހަރެންނާއި މާމަ އާއި ބައްޕަގެ ދައްތަމެން މަތިން ހަަމަ އެއްގޮތަކަށް ވެސް ހަނދާން ނުވަނީތަ؟؟” ބައްޕަ ބުނިހާވެސް އެއްޗަކީ މިއެވެ. ” މިގަޑީގަ ވަރަށް ބިޒީ.. ފަހުން ގުޅާނަން..” ބައްޕަ އެހެން ބުންޏަކަސް ނުގުޅާނެކަން މީ ދުވާލު ފަދައިން އެނގެއެވެ.

މާމަ ކާން ގޮވަ ގޮވާ އޮއްވާ އަހަރެން ގެއިން ނިކުމެގެން ދިޔައީ ބަނޑުހައިނުވާ ކަމަށް ބުނެފައެވެ. ދުވަހަކީ ވިއްސާރަ ދުވަހެއް ކަމުން މީހުން ވަރަށް މަދެވެ. ފިރިހެނަކަސް އަހަރެންނަށް އަޑުން އަޑު ނަގާ ރޮވުނީ އެންމެން އަހަރެން ބާކީ ކޮށްލީ ކަމުގެ އިހުސާސް ކުރެވެން ފެށުމުންނެވެ. ނަމަވެސް އޭރު އަހަރެން ހަނދާން ނެތުނީ މާތް ﷲ އެމީހަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސާނެ ކަމެވެ.

މިހާރު އަހަރެން އެއްވެސް ކަމަކާ ވިސްނާކަށް ބެނުމެއް ނޫނެވެ. މުސްކުޅި ވުމުގެ ކުރިން ޒުވާން ކަމުގެ ފައިދާ ނަގާށޭ ބުނެއޭ ނޫންހެއްޔެވެ؟ އަހަރެން އޭގެ މާނަ ކުރީ އެހެން ގޮތަކަށެވެ. ޖެހުނު ގޯސް ރައްޓެހިންތަކެއްގެ ސަބަބުން މަގުފުރެދުނީއެވެ. ހަމަ އެކަނި އެމީހުންނާއި ހެދި އެއްނޫނެވެ. އަހަރެންގެ އީމާންތެރިކަންވެސް ކުޑައީއެވެ.

އަހަރެން އިތުރަށް ގޯސް ވާންފެށީ މިދުހުގެ ސަބަބުންނެވެ. އެދުހު މަސްތުވެގެން ހުރެ ހޫރެމުން ހޫރެމުން ގޮސް ގެޔަށް ވަނީމެވެ. އެދުހު މާމަގެ ލޮލުން ކަރުނަ ހިލުނެވެ. ވަރަށް ރުޔެވެ. ބައްޕަ އަށް ގުޅައިގެން އެހެން ކިޔެވެ. ބައްޕަ ބުނީ އަހަރެންނަކީ ބައްޕަ ނުބަލަން ދޫކޮށްލާފައިވާ ދަރިއެއް ކަމަށެވެ. އަހަރެން ދާނެ ތަނެއް ނުހުންނާނެތީ މާމަ އަހަރެން އެގޭގާ ބެހެއްޓިއެވެ. އެތައްފަހަރަކު މާމަގެ ތަރުބިއްޔަތަށް އަމިއްލައަށް ވެސް އިނގިލި ދިއްކުރިއެވެ.

ނަމަވެސް މާމަގެ އެ ކަރުނަ ތަކަކުން އަހަރެންގެ ހިލަ ހިތަށް އެއްވެސް  އަސަރެއް ނުކުރިއެވެ. މާމަގެ ގެ ބަހާ ދައްތަމެން ގެޔަށް އަހަރެމެން ބަދަލު ވީމެވެ. ދައްތަވެސް އަހަރެން އެ ގޭގައި ބެހެއްޓިއެވެ. ނަމަވެސް އެގެއިން އަހަރެން ބޭރު ކުރީ އެގެއިން ވައްކަން ކުރީމައެވެ.

އަހަރެން އުޅެމުން ދިޔައީ އެފަދަ ވިޔާނުދާ އުޅުމެކެވެ. އަހަރެން އެތައް ފަހަރަކު ޖަލަށް ވެސް ލިޔެވެ. އަހަރެންގެ ބައްޕަ ހިތަށް އެރިއްޔާ އަހަރެންނަށް ޙަރަދު ކުރެއެވެ. ނޫނީ އަޅައިވަސް ނުލައެވެ. މާމަގެ ހަބަރެއް ވެސް އެފަހުން ނުވެއެވެ.

އަހަރެންނަށް އެއްޗެއް ވިސްނުނީ އަހަރެންނަށް ޑްރަގް ކޯރޓަށް ކީ ދުވަހު އެވެ. އެދުވަހު ފުރަތަމަ ފަހަރަށް ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ވަގުތު ފާއިތު ވެއްޖެއެވެ.

***********************

10 އަހަރު ފަސް

***********************

މިހާރު އަހަރެންގެ އުމުރުން 28 އަހަރެވެ. ޖަލުން މިނިވަން ވެގެން އަހަރެން ރިހެބް އަށް ދިޔައީމެވެ. ދީނުގެ ވާހަކަތައް އަޑުއަހާ ދީން އުނގެނެން ފެށީމެވެ. ރޮވުނެވެ. އެތައް ފަހަރަކު އެވެ. އަހަރެން ކައިވެނި ކުރީމެވެ. އެ ކުއްޖާއަށް ކިޔަނީ ރީމާއެވެ. ރީމާ އަހަރެން ލޮތްބާއެކު ބަލައިގަތެވެ. މާޒީ އަށް އޭނާ އަޅައެއް ނުލައެވެ. 1 އަހަރު ފަހުން ލޯބިލޯބި ދަރިއެއް އަހަރެމެންނަށް ލިބުނެވެ. ނަމަކީ ޒައިކް އެވެ. އަހަރެން ރީމާ އާއި ޒައިކް ގޮވައިގެން މާމަ ކައިރިއަށް ދިޔައީމެވެ. އިއްތިފާގުން އެދުވަހު އެތާ އެންމެން ތިއްބެވެ. ހުރިހާ އެންމެން ކިބައިން އަހަރެން މާފަށް އެދުނީމެވެ. ހުރިހާ އެންމެން ވެސް އަހަރެންނަށް މާފުކޮށް ދެން އެހެން ނޫޅުމަށް ނަސޭހަތްތެރި ވިއެވެ.

މިހާރު އަހަރެން މާތް ﷲ އަށް ޙަމްދު ކުރަމެވެ. ތެދުމަގު ދެއްކެވި ކަމަށްޓަކައެވެ. އަހަރެން ކުރިއަށް މިދަނީ އަހަރެންގެ ޙަޔާތުން ރަނގަޅު ޢިބްރަތެއް ޙާސިލްކުރަމުންނެވެ.

************************************************- ނިމުނީ –

Comments (10)

  1. Amee

    Reethi iburaiytheri vaahaka eh…?

    1. Maaii
      Amee

      Thank u Amee 🙂

  2. unique

    vv reethi moral eh vv reethi

    1. Maaii
      unique

      Thank u unique.. 🙂

  3. Maaii

    Hey guys im Maaii.. N this is my first story on esfiya site.. Pls do read and comment.. If there are mistakes pls point out them too.. I will accept all the comments.. 🙂 🙂 🙂

  4. nunnu

    vv reethi adhi iburaitheri vaahaka eh mee ves

  5. Fathimath

    Varah reethi

  6. Shaaih

    Mi ey varah rangalhu ibrahtheri vaahaka eh

  7. Merl

    v reethi maaii…moreover ibburatheri..

  8. Maaii

    Thank u alll

Comments are closed.