Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދެކޭ ހިތްވޭ ނިކަން…1

rash Level 1
February 21, 2018 3 Mins Read
11 Comments

މަޖީދީމަގުން ބާރުދުވެލީގައި އައި ކާރު ޖެހުނީ މަގުހުރަސްކުރަން އުލުނު 40 ވަރަކަށް އަހަރުގެ މިހެއްގެ ގައިގައެވެ. ދުރުގައި ޔުނީފޯމު އަލައިގެން ހުރި 14 ވަރަކަށް އަހަރުގެ އަންހެން ކުއްޖާ “ބައްޕާ..” އޭ ކިޔާ ބާރަށް ހަލޭލަވައި ގަތެވެ. އެއިރު އެކްސިޑެންޓުވި މީހާ އޮތީ ވީއްސަގެން ގޮސް މަގުގެމެދުގައެވެ. އެއިރު އެމީހާގެ އެތަން މިތަނުން ލޭ އަންނަމުން ދެއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ އެތަނަށް މީހުން ޖަމާވަން ފެށިއެވެ. މަގުމަތިން ދިޔަ ދެ ޕޮލިހުންނިށް މި މަންޒަރުތަށް ފެނި، އެކްސިޑެންޓުވި ކާރު ކައިރިއަށް ގޮސް ބެލިއިރު

ކާރު ދުއްވަން އިންމީހާ އިނީ ހަމަޔަކު ނޫނެވެ. އެއިރު އެމީހާ އިނެގެން ކިޔައެވެ. ” މަގޭ ދަރިފުލު ކައިރިއަށް ދާން ވެއްޖެ.. މަގޭ ދަރިފުލު ކައިރިއަށް ދާން ވެއްޖެ…”

ޔުނީފޯމު ލައިގެން ހުރި އަންހެން ކުއްޖާ، އެކުއްޖާގެ ބައްޕަ ކައިރިއަށް ދިޔައިރު، ބަޔަކުވެގެން އެމީހާ ކާރަކަށް އަރުވަނީއެވެ.

އެއިރު ބައެއްމީހުނަ އެމީހާ ސަލާމަތެއް ނުވާނޭ ހުރެގެން ކިޔައެވެ. މިއަޑު އަހާފައި އެ އަންހެން ކުއްޖާ ރޯންފެށިއެވެ.

އޭގެ އަނެއްދުވަހު ނުކުމި ނޫހެއްގެ ސުރުހީގައި ” އިއްޔެ އެކްސިޑެންޓުވި މީހާ ރޭގެ ވަގުތެއެއްގައި ނިޔާވެއްޖެ.! މަސްތުވާތަކެތި ބޭނުންކޮށް، އަދި ގަސްދުގައި މިހަކު މެރިކަމުގެ މައްސަލާގައި މީހަކު އުމުރަށް ޖަލަށް.!” ލީ ވާހަކާ އޮތެވެ.

***************

5 އަހަރު ފަސް

” ޔަނޫ..ދޮންބެގެ ފުއްގަޑާ، އަވަހަށް ތެދުވެ ބަލަ.. އެއޮށް ސުކޫލައްދާ ގަޑިޖެހެނީއޭ.. ” ލޯބިކޮއް ނިދާލާފައި އޮތް 5 އަހަރުގެ ޔަނާގެ ކޮލުގައި ފިތާލަމުން ލީވާން ބުނެލި އެވެ. މަޑުމަޑުން އެސްފިޔަތަށް ދުރުކޮއްލި ޔަނާގޭ ލޯ ފުރަތަމަވެސް އަމާޒުވީ ލީވާންގެ އަތުގައި އޮޠް މައިލޯ ޕެކެޓަށެވެ. އެއާއެކު އޭނާގެ ތުން ބޮޑުވި އެވެ.

” ޔަނޫ ބުނީމެންނު ދޮންބެ ކައިރީ ޔަނޫއެއް ބޭނުމެއް ނޫނޭ މައިލޯ ޕެކެޓެއް… ޔަނޫއަށް އޯކޭ އޭ ފެންތައްޓެއް ދިނަސް..

ކޮންމެ ދުވަހަކު މައިލޯ ޕެކެޓު ދޭން ކިތަށް ރުޕީ (ޔަނާގެ ބަހުރުވައިން ރުފިޔާ ) ދާނެ..އެއަށްވުރެ ރަނގަޅުވާނެ އެ ރުޕީތަށް ސޭވްކުރިއަށް..” ކުޑަކުޑަ ޔަނާ ދެއްކި ވާހަކައިން ލީވާންއަށް، އެމީހުންގެ ހާލާތު އެ ކުޑަކުޑަ ސިކުނޑިއަށް ވިސްނޭކާން ދޭހަކޮށްދިނެވެ. ޔަނާ ދެއްކި ވާހަކައިން ލީވާން ކުޑަކޮށް ދެރަވި ނަމަވެސް، އެކަން ޔަނާއަށް ނާންގަން ވެގެން އޭނާ ހޭންފެށިއެވެ.

” ޔަނޫ.. މީ ދޮންބެ ގަނެގެން ގެންގުލޭ އެއްޗެއްނޫނޭ.. މީ ދޮންބެ ރައްޓެހި އަފޫ ދިން އެއްޗެކޭ.. ދެން އަވަހަށް ބަސް އަހައިގެން ބޯލާ… އެހެންނޫނި އަފޫ ރުލި އަންނާނެ…” ދޮގުހަދަން ޖެހުމުން ލީވާން ދެރަވިނަމަވެސް، އޭނާ ބޭނުންވަނީ އޭނާގެ ލޯބިވާ ކޮއްކޮ، އެއްވެސް އުނދަގުލެއް ނެތި، އެ އުމުރުފުރާގެ އެހެން ކުދިންނަށް ލިބޭ އެއްޗެހި ލިބިގެން، ބޮޑުވާ ކުއްޖަކަށް ޔަނާ ހެދުމަށެވެ. ލީވާން ގަނި ޢެއްޗެއްކަން އިނގޭނަމަ ޔަނާ ނުބޯނެކަން ލީވާން އިނގޭތީއެއެވެ.

ލީވާންގެ އާއިލާގައި ތިބެނީ 3 މެންބަރުންނެވެ. އެއީ 22 އަހަރުގެ ލީވާނާއި، 19 އަހަރުގެ މިއުނާ އާއި، 5 އަހަރުގެ ޔަނާ އެވެ. ލީވާންމެންގެ ބައްޕަ ވަނީ 5 އަހަރު ކުރިން ދިމާވި އެކްސިޑެންޓުގައި ނިޔާވެފައެވެ. އޭގެ ދެމަސް ފަހުން އެމީހުންގެ މަންމަ ވާނީ ފީލާގެން ގޮހެވެ. މަންމައާއި ބައްޕަގެ ފަރާތު އާއިލާ އެއް ނެތުމުގެ ސަބަބުން އެމީހުން އެކަނި ވިއެވެ. ނަމަވެސް ލީވާން އަމިއްލައަށް ގޭގޭ ހުރިހާ ޖިންމާތަކެއް އަމިއްލަ ބޮލަށް ނަގައި، ހުރިހާ ޒިންމާ ތަކެއް އުފުލަން ފެށިއެވެ. 12 ކިޔަވަމުންވެސް ރުފިޔާ ހޯދުމަށް ޓަކަޢި ވަޒީފާ އަދާކުރަން ފެށިއެވެ. ބައްޕަގެ އަމިއްލަ ގެއެއް މާލޭގައި ހުރުމުގެ ސަބަބުން ބޯހިޔާވަހިކަން ލިބުނެވެ. ބައްޕަ  ސޭވްކޮއްފައި ކުޑަކުޑަ ލާރިކޮލެއް ހުރުމުގެ ސަބަބުން ފުރަތަމަ ދުވަސް ކޮލު އުލެން ފަސޭހަވި ނަމަވެސް 3 މަހުގެ ޔަނާ ބަލަން ވަރަށް އުނދަގޫ ވިއެވެ. ޔަނާ ބަލަން މާބޮޑަށް އުނދަގޫވުމުން މިއުނާގެ ރައްޓެހި ކުއްޖެއްގެ މަންމަ ގެނެސް ޔަނާ ބަލަން ފެށިއެވެ. އެކުއައްޖާގެ މަންމަ ލީވާންމެންނަށް ޔަނާ ބެލުމުގައި އެހީވީ ހެޔޮހިތުންނެވެ. އެއީ އެމީހާއަށްވެސް ލީވާނަމެންގެ ހާލަތު ހުރިގޮތް އިނގޭތީއެވެ. މާގިނަ ދުވަހެއްނުވެ އެންމެން އެމީހެއްގެ އާ ދިރިއުލުމަށް ހޭނުނެވެ. 10އެއް ނިމުމާ އެކު މިއުނާ ވެސް ވަޒީފާއަށް ދާން ފެށިއެވެ. ދެމީހުން ވަޖީފާއަށްދާ އިރު ކޮންމެވެސް އެއްމީހަކު ޔަނާ ކައިރި މަޑުކުރެއެވެ. ދެމީހުން ވަޒީފާއަށް ދާންފެސުމުން ކުޑަ ނަމަވެސް ފައިސާ ކޮލެއް ރައްކާކޮށް ބެހެއްޓެން ފެށުނެވެ. ޔަނާ ބޮޑުވަމުން އައިއިރު އެކުއްޖާއަށްވެސް ގޭގޭ ހާލަތު ވިސްނި، ބައެއް ފަހަރު ބޭނުންވާ އެއްޗެހި ހުރިއިރުވެސް، އެކުއްޖާ ލީވާންމެންގެ ކައިރިއަކު އެވާހަކައެއް ނުބުނެއެވެ.

ޔަނާ މައިލޯޕެކެޓު ބޯން އިންދާ މިއުނާ ޔަނާ ފެންވަރުވަން ކޮޓަރިއަށް އައިސްވަނެވެ. މިއުނާއަށް ފުރަތަމަވެސް ބަލާ ލެވުނީ ލީވާންގެ މޫނަށުވެ. އޭނާއަށް ވަގުތުން ޔަނާ މިއަދުވެސް އެމީހުނަގެ ދިރިއުލުމުގެ ހާލަތުގެ ވާހަކަ ދެއްކީ ކަން ޔަގީން ވިއެވެ.

“އަހާ ޔަނޫ.. އަދިވެސް ނުނިމޭތަ.. އަވަހަށް އާދެ ދޮނާއާއެކު ފެންވަރަން..މިހާރު އެއޮށް 7 ޖެހީ.. އާންޓީ ބުންޏެންނު ޔަނާ ކައިރި މިއަދު އަވަހަށް ސުކޫލަށް އަންނާށޭ..” މިއުނާ އަވަހަށް އައިސް ޔަނާ އުރާލައިގެން ދަމުން ލީވާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. މިއަދު އެމީހުން އެދިރިއުލެވުނީ ލީވާންގެ ހިއްވަރުންކަން އޭނާ ދަނެއެވެ. މަންމަކާއި ބައްޕައަކާ ނުލައި އެދެބެއިން ބަލާދިނީތީ މިއަދު މިއުނާގެ ހިތުގައި އެއްވެސް މީހަކަށް ނުދެވޭނެ ވަރުގެ ލޯތްބާއި ގަދަރު އޭނާގެ ބޭބެއަށް ވެއެވެ. އެލޯބި ދުވަހަކުވެސް ފަނޑުވެގެން ނުދާނޭކަން ޔަގީނެވެ.

މިއުނާ ޔަނާ ގޮވައިގެން ދިއުމާ އެކު ލީވާން ވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ޑިއުޓީ ގަޑި ޖެހޭތީ އަވަހަށް ތައްޔާރުވެގެން ޑިއުޓީ އަށް ދާށެވެ.

****************

“އިރުއިރުކޮލާ އަތުގައި އޮތް ގަޑިއަށް ބަލާލަފާނެ… އަތުގައި އޮތް ރުމާލުން މޫނުމަތީ ހުރި އުދާސްތައް ފޮހެލަފާނެ… ނޫނީ އަތުން އިސްތަށިގަނޑު ރަނގަލު ކޮއްލަފާނެ… ދެން ލޫނާ ތިއިންތިޒާރު ކުރާ މީހަކު ނައެއްނު.. މިހާރު އެއޮށް ޑިއުޓީ ފެށެން 2 މިނެޓައްވީ.. ” ރޫނާ މަގުމަތީ ހުރެ ހުރެ ފޫހިވެގެން ލޫނާއާ ދިމާލަށް ތުންއަނބުރާލަމުން ބުނެލިއެވެ.

” ރޫނާ ހެޔޮ ދިޔައަސް.. މަ ދާނީ މަ ހިތުގެވެރިޔާ އައުމުން..” ލޫނާ މަގުގެ ދެކޮލުބަލާ ލަމުން ބުނެލިއެވެ.

” މަ ނޫލެން މިއަދުވެސް ގަދިޖެހިގެން އޮފީހަޢް ދާކަށް.. ތިހިރީވާ އިޝްގުގަ ޖެހިފަ.. މަ މިދަނީ..” ރޫނާ ހިނގާގަންނަމުން ބުނެލިއެވެ.

ރޫނާދިޔަތާ އިރުކޮލެއް ނުވަނީސް މަޑުހިނގުމެއްގައި ހިނގަމުން އަންނަ ޒުވާނާ ފެނި ލޫނާގެ ހިތްފިނިވާ ގޮތްވެއްޖެއެވެ. މަޑުމަޑުން ބޯތިރި ކޮއްލުމަށް ފަހު ވައްކަލިން ރަކި ހިނިތުނަވުމަކާ އެކު ލޫނާ އެޒުވާނާ އަށް ބަލާލިއެވެ. އެޒުވާނާ އަކީ ލޫނާގެ ހިތުގެ ވިންދެވެ. ލޫނާގެ އަލަތު ލޯތްބެވެ. ލޫނާ އެންމެ ދެކެން ބޭނުންވާ ސޫރައެވެ.

(ނުނިމޭ)

Share Article

Follow Me Written By

rash

Level 1

Other Articles

Previous

ލޯތްބަށްޓަކައި އެދުނީމޭ 1

Next

ތިޔަ އަސަރު 40

Next
February 21, 2018

ތިޔަ އަސަރު 40

Previews
February 21, 2018

ލޯތްބަށްޓަކައި އެދުނީމޭ 1

11 Comments!

  1. ssannwa?❤? says:
    February 21, 2018 at 10:18 pm

    Kalo gayaa? lhaviyani liyaakah neyngeytha rash akah? Shift and laamu liyan fihthaa akurah fithaanee. Eyraj lhaviyani liyeveyne. Aslu lhaviyani hunna thanthaa laamu hury ma undhagoo. Ethankolhu rangalhu kollanikoh okay vaane? vaahaka varah reethi ingey aslu mi bai. Feshun salhi. Nimeyndhen genesdheyne kamah unmeedhu kuran. Next part kon irakun? I can’t wait to read the next part❤❤❤❤???

  2. Friends says:
    February 21, 2018 at 10:46 pm

    Feshun reethi.n vaahaka vess.but ebahuriy mistake ehme bodah faahagavi akuru thah.n stry miahvure dhigukoh genes dheyne kamah ummedhu kuran.adhi v bodah faahaga kuran beynu kiyun therin kuraa com thakah keh theri kamaaeku reply kuraathi.keep it up dear.
    Kon dhuvas thakuga stry upload kurany.waiting 4 next part.gud nyt.???

  3. Twingirl says:
    February 21, 2018 at 11:03 pm

    Vv rythi storyy ge feshun. . Hyvey v rythi vaane henn mi story. . Waiting waiting ?❤

  4. Princess ashly says:
    February 22, 2018 at 12:51 pm

    If you try you can.beginng is very interesting.

  5. click a shot ? says:
    February 22, 2018 at 6:42 pm

    Wow..mi varah interesting story eh hen hyvani….???feshun ves varah salhi.???..varah kiyaahihvaa gotheh hurey…baeh mistakes eba huri misaalakah lhaviyani jahanvi thanthanah laamu jehifa…ekankan rangalhu kohlanikoh ok vaane…thankolheh dhigu koh n daily koh up kohdhechey…n kiyuntheringe comment thakah reply kurima varah ufaa vaane adhi kiyaahihvaa main reason eh ei…don’t take it negetive..buneladhini..btw keep it up n best of luck…waitting..loves????❤️❤️❤️

  6. Ahoo says:
    February 23, 2018 at 9:34 am

    Wow varah salhi good job!

  7. Aisha says:
    February 23, 2018 at 9:35 am

    Nice

  8. thuger says:
    February 23, 2018 at 11:25 pm

    Vrh salhi story ge feshun igey but baeh mistake huri?

  9. Nuoomy says:
    February 24, 2018 at 1:24 am

    Like it? waiting for the next part.

  10. Nakhla says:
    May 14, 2018 at 5:59 pm

    Mee kihineh vaahaka liyaa mee heh tha. First part genes dheefa ba habaru.

  11. Broken?? says:
    November 26, 2018 at 6:48 pm

    Hadha lwbey ?????☺️?

Comments are closed.


All Right Reserved!