ކެތްކުރިން ކުރަން އަދިވެސް ކުރާނަން
ކަނޑުގެ ރާޅުތައް ދެފަޅި ކުރަމުން އައި ލޯންޗު މާލެ އާއި ކައިރި ކޮއްލިއެވެ. މީހުންތައް ފައިބާ ހުސްވުމުން ލައުރާވެސް ލޯންޗުން ފައިބަން ދިޔައެވެ. އޭނާ ހުރީ ދިގު ދަތުރެއްކުރުމުގެ ސަބަބުން ވަރުބަލި ވެފައެވެ. ބޮލުގާވެސް ކޮންމެސް ވަރަކަށް ރިއްސައެވެ.
މަޑުމަޑުން ލޯންޗުން ފައިބާގެން ކާރެއް އަތުޖެހޭތޯ މަގުގެ އެއްފަރާތެއްގައި މަޑު ކޮއްލިއެވެ. ކާރެއް ލިބުނީ މަގުމަތީ ފަސްވަރަކަށް މިނެޓު މަޑުކުރިފަހުންނެވެ. ގޭގެ ނަން ބުނުމަށް ފަހު މާލޭގެ މަގު މައްޗަށް ނަޒަރު ދީގެން އިނެވެ. ގެއާއި ހަމައަށް ދެވުމުން ކާރުން ފައިބާ މަގުގެ ދެކޮޅު ބަލާލިއެވެ.
“ދޮންބޭ.. ދޮންބެދައްތާ…” ލައުރާގެ ކައިރީތިބި ދެމީހުން ފެނި ލައުރާ ހިނިތުންވެލިއެވެ.
“ލައުރާ.. ވާވް.. ވަރަށް ޗޭންގު ވެފަ ތިހުރީ.. ހިޔެއް ނުކުރަން ތިހާ ޗޭންޖު ވެދާނެއެކޭ.. ” ލައުރާގެ އަތުގާ ހިފާލަމުން މާޝާ ބުނެލިއެވެ.
“މާޝާ އެބުނީވެސް ތެދެކޭ. ސޮރީ. ދޮންބެ އަސްލު އުޅުނީ ލައު ބަލާ ދާން ވެގެން. އެކަމް ޖީޝް ބަލި ވެގެން ނުދެވުނީ…ހިނގާ އެތެރެއަށް ދާން..” ޝާއިން އެންމެ ކައިރީ ހުރިގޭގެ ދޮރުން ވަންނަމުން މާޝާ އާއި އެއްބައިވެލާ ބުނެލިއެވެ. އެގެއަކީ ނުވަ ބުރިއަށް ހަދާފަ ހުރިގެއެކެވެ.
ޝާއިން އާއި މާޝާ ލިފްތަށް އެރުމުން ލައުރާވެސް ފަހަތުން އެރިއެވެ. ތިން މީހުން އެކިއެކިވާހަކަ ދައްކަމުން ޝާއިންމެން އުޅޭބަޔަށް އެރިއެވެ. އެއީ ގޭގެ 7 ވަނަ ބުރިއެވެ. ތިން ކޮޓަރި އާއި ބޮޑު ސިޓިންރޫމްއެއް އޮވެއެވެ. ބަދިގެ ހުންނަނީ ސިޓންރޫމްއިން ދެވޭ ގޮތަށް ވަކިންނެވެ.
ލައުރާ ދޮރުން އެތެރެއަށް ވަނުމާއި އެކު ކުޑަ ކުއްޖަކު އައިސް ލައުރާގެ ގައިގާ އޮޅުލައިގަތެވެ. އަދި ދޮންތާ އޭ ކިޔާ ގޮވާލިއެވެ.
5 Comments
Comments are closed.
Hello maikaa ??.. Nice bt it’s too short… Next part dhigukoh genesdhehchey..
Waiting…!!
Varah reethi!
When next part?
Haadha kurey. But varah reethi vaanehen heevey. Avahah up kohdhechchey.
thanks everyone..