Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި އަހަރެންވާނަމޭ (13)

SunShine Level 210 Stories100 Comments
December 7, 2017 5 Mins Read
31 Comments

“އަހަރެން ދެން ނެތިން އަފްރީން ޔުއާންއާއި ހަވާލު ކުރާކަށް. އަފްރީންއަށް އަދި ލިބޭނެ ޔުއާންއަށް ވުރެ ރަނގަޅު މީހެއް.” ޔުއާންއަށް އެއްޗެއް ބުނެވެން ވާއިރަށް އަރްމާން ވާހަކަ ނިންމާލާފައި މޭޒުމަތީގައި ފަސްސަތޭކަ ރުފިޔާ ބާއަވާފައި ނިކުމެގެން ދިޔައެވެ.

******************************

އަރްމާން ގެއަށް އައިސް ވައިން އިރު އައިރީން އަރްމާންގެ އިންތިޒާރުގައި އިނެވެ. މިއަދު ދިމާވި ކަންތައްގަނޑުގެ ސަބަބުން މިރޭ އައިރީން ގާތު އަންނާށޭ ބުނެވުންކަންވެސް އަރްމާން ހަނދާނެއް ނެތެވެ.

އަރްމާން އައިރީންއަށް ހިނތުންވުމެއް ދެމުން އައިސް އައިރީންއާއި ޖެހިގެން އިން ސޯފާގައި އިށީނެވެ. އަރްމާން މިއަދު ވީ ކަންތައް އައިރީންއަށް ކިޔާދިނުމުން އައިރީންވެސް ޔުއާން ދެކެ އިންތިހާއަށް ރުޅިއައެވެ. ކަމުގެ ދެކޮޅު ނުބަލާ އަފްރީންއާއި ދިމާލަށް އެފަދަ އެއްޗެއް ބުނުމުގެ ހައްގެއް ޔުއާންއަކަށް އަދި އެހެން މީހަކަށްވެސް ނޯންނާނެއެވެ. އައިރީންގެ ހިތުގައިވެސް މިހާރު އަފްރީންއަށްޓަކައިވަނީ ކޮއްކޮ ކުލުނު ޖެހިފައެވެ.

އައިރީންގެ ފަރާތުން އަފްރީން އަދި ކޮޓަރިން ނުނިކުންނަކަން އެނގުމުން އަރްމާން އަދި އައިރީން ދިޔައީ އަފްރީންއަށް މިކަންތަކުގެ ވާހަކަ ކިޔާދޭށެވެ.

 

އަރްމާން ގޮސް އަފްރީންގެ ކޮތަރިއަށް ވައިން އިރު އަފްރީން އިނީ އަފްރީންގެ ކޮޓަރީގައި އިންނަ ސޯފާގައި ވާހަކަ ފޮތެއް ހިފަހައްޓައިގެންނެވެ. ނަމަވެސް އަފްރީންގެ ސަމާލުކަން އެއްވެސް ވަރަކަށް ފޮތަށް ދެވިފައި ނެތުމުން އަރްމާންއަށް އަދިވެސް އަފްރީން އެވިސްނަނީ މިއަދު ހިނގި ކަންތަކާކަން ނަގައިގަންނާކަށް އުދަނގުލެއް ނުވިއެވެ.

އަރްމާން މަޑުމަޑުން ގޮސް އަފްރީންގެ ބޮލުގައި ފިރުމާލުމުން އަފްރީން ސިއްސައިގެން ގޮސް އަރްމާންގެ މޫނަށް ބަލާލާފައި ހިނިތުންވުމެއް ވެރިކުރުވިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގުގައިވި ވޭނީ އަސަރު އަރްމާން ދެނެގަތެވެ.

 

“އަފޫ މިހާރު ހޭލައިގެން އެއްޗެއް ކައިފިންތަ؟” އަރްމާންގެ ވާހަކަ ފެށުމުގެ ކުރިން އަރްމާން ބޭނުންވީ އަފްރީން ނުކައި ހުރިއްޔާ ކާން ދޭށެވެ. އެހެނީ ވާހަކައިގެ ގޮތުން އަފްރީން އަނެއްކާވެސް ރޮއެ ރޮއެފައި ނިދާނެތީއެވެ.

“އަދި ނުކަން. ނެއް ކާ ހިތެއްވެސް.” އަފްރީން ހިތި ގޮތަކަށް ހީލަމުން  ބުނެލިއެވެ.

“އުހުން އުޅޭ ކާން. އޯޑަރ ކުރަން އުޅޭ މިރޭ ދޯ. ރީންވެސް މިރޭ މިގޭގަ އޯވާ ނައިޓް ހަދާލަން މަންމަ ކައިރިން ހުއްދަ ނަގަން ވީނުން. އަފޫގެ ކޮޓަރީގަ ރީންއަށްވެސް ނިދޭނެ. އެހެންނު އަފޫ.؟” އަރްމާންގެ ވާހަކަ ހުރި ގޮތުން އެހެން އެބުނީ ކީއްވެން އައިރީންއަށް ނަގައިގަނެވުނެވެ.

“އެބަ އަންނަން މަންމައާއި ވާހަކަ ދައްކާލާފައި.” އައިރީން ފޯނު ނަގާފައި ބޭރަށް ދާން ހިނގައިގަތެވެ.

“އަފޫ ކާނީ ކޯޗެއް. ދޮންބެ ޕޭ ކުރާނަމޭ.” އަރްމާން  އަނެއްކާވެސް އަފްރީން ގާތު އަހާލިއެވެ.

“ދެން އިހަށް މަޑުކުރޭ ދޮންބެދައްތަ އަންނަދެން.” އަފްރީންވެސް މަޑުމައިތިރިކަމާއި އެކު ޖަވާބު ދިނެވެ.

 

އަރްމާން ދިއުމުންވެސް އެތައް އިރަކު އެތާގައި ހުއްޓުން އަރާފައި ޔުއާންއަށް އިނދެވުނެވެ.

ޔުއާންއަށް ހޭވެރިކަންވީ ފޯން ރިންގްވާން ފެށުމުންނެވެ. ބަލާލި އިރު ގުޅަނީ އީޝާއެވެ. ޔުއާންގެ ރުޅިގަނޑު ކެކިގެން އެރިއެވެ.

“ހަލޯ. ކިހިނެތް ވީ އީޝާ؟” ޔުއާން ހަމަޖެހިލަމުން ފޯނު ނެގީ އެކަމާ ބެހޭ ގޮތުން ފޯނުން ސުވާލު ކޮށްފިއްޔާ ކޮންމެވެސް މޮޅު ވާހަކައެއް ހަދާލަފާނެތީއެވެ.

“ބޭބީ ބުނީމޭނުން މިރޭ އަންނާނަމޭ ދުއްވާލަން ދާން. ނައީމަ މި ގުޅީ.” އީޝާ މާ ތުއި ވެފައި ވާޙަކަ ދެއްކުމުން އަނެއްކާވެސް ޔުއާންގެ ރުޅި ގަދަވާން ފެށިއެވެ.

“އެބަދަން.” އީޝާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ކުރު ޖަވާބެއް ދީފައި ޔުއާން ފޯނު ބޭއްވީ ބުނަން ނުވާ އެއްޗެއް ބުނެވިދާނެތީއެވެ.

 

އަފްރީންއާއި އަރްމާން އަފްރީން ކޮޓަރީގައި ތިބީ އައިރީން މަންމައަށް ގުޅާފައި އަންނަދެންނެވެ.

“ހޭ މަންމަ އޯކޭ ވެއްޖެ. މާން ހިނގާ ރީން އެކީ ގެއަށް ގޮސްލާފައި އަންނަން.” އައިރީން އައިސް ދިން ޖަވާބުން އަރްމާންއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“އޯޑަރ ކޮށްފަ ދޯ ދާނީ. އެހެން ނޫނީ އަނެއްކަ ލަސް ވާނެ” އަރްމާންގެ ބަހަށް ދެމީހުންވެސް އެއްބަސް ވުމުން އަރްމާން އަވަސް ވެގަތީ އެމީހަކު ބުނި އެއްޗެއް އޯދަރ ކުރާށެވެ. އަދި ފޮނި އެއްޗަކަށް އައިސް ކްރީމްވެސް ގެނައެވެ.

 

ހުރިހާ ކަމެއް ނުމުނުން އައިރީން އާއި އަރްމާން މިސްރާބް ޖެހީ އައިރީންމެން ގެއަށް ދާށެވެ. އެހެނީ އޯވަރ ނައިޓް ހަދަންޏާ ބޭނުންވާނެ ސާމާނު ހުންނާނެތީ އެބަލައެވެ.

 

ދިޔަ މަގުމަތީގައި އެކަކުވެސް އަނގައިން ނުބުނެއެވެ. ކޮންމެ މީހެއްގެ ވެސް ސިކުނޑިއާއި ހިތުގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. ކޮންމެ މީހަކުވެސް ޔުއާން އަދި އީޝާއަށް ކުދި ކިޔާ ހާލުގައި އަފްރީންއަށް މިކަންތައްގަނޑު އެނގުމުން ވާނެ ގޮތާ މެދު ވަނީ ކަންބޮނޑުވެފައެވެ.

ހިނގަމުން ގޮސް އައިރީން ކުއްލިއަކަށް ހުއްޓުމުން އަރްމާން ފަހަތް ބަލާލީ ހުއްޓުނީ ކީއްވެތޯ ބަލާށެވެ.

އަރްމާން ވީ ކިހިނެތްތޯ އެހުމުން އައިރީން ކުރިއަށް އިނގިލި ދިއް ކޮށްލިއެވެ.

ޔުއާންއަށް ކަން ވި ގޮތް ވިސްނާ ދިނީމަވެސް އަދިވެސް އެއީޝާ އާއި ގުޅުން ބާއްވަނީއެވެ.

އައިރީން އިނގިލި ދިމާ ކުރީ އީޝާ ގޭކައިރީގައި ހުރި ޔުއާންއަށެވެ.

އަރްމާން ބަލާލިއިރު އީޝާ އައިސް ޔުއާންގެ ސައިކަލު ފަހަތަށް އަރަނީއެވެ.

ދެފަރާތަށް ބޯ ހޫރުވާލަމުން އަރްމާން އަދި އައިރީން ހިނގައިގަތީ ޔުއާން އަދި އީޝާ އާއި ދެމެދުގައި އެދެމީހުންގެ ހިތަގައި ރޮވެފައިވާ ނަފްރަތުގެ އަލިފާނުގެ ހުޅުގަނޑު ބޮޑުކުރަމުންނެވެ.

 

ޔުއާން ގޮސް އީޝާ ގޮވައިގެން މަޑުކުރީ އަތިރިމަތީގައެވެ.

“އީޝާ ކީއްވެ މަށަށް އޮލުވާލީ؟” ޔުއާން މަޑުމަޑުން އަހާލުމުން އީޝާ ޔުއާންއާއި ދިމާލަށް ބަލާލީ ހައިރާންވެފައެވެ.

“އަހަރެން ކޮން އިރަކު އާން ބޭބީއަށް އޮޅުވާލީ؟” ބަދަލުގައި އީޝާވެސް ސުވާލެއް ކުރުމުން ޔުއާން ހިންދައިގެން އިން ރުޅިގަނޑެ ކެކިގެން އެރިއެވެ.

“އަދިވެސް ދޮގުތަ ހަދަނީ؟ ބަލަ މަށަށް މިހާރު އެނގިއްޖޭ އީޝާ މަށަށް ދެއްކީ އެޑިޓް ކޮށްފައިން ފޮޓޯއެއްކަން.!! އާނ. އަފްރީން އާއި އެހެން ސޮރަކާއި އެކު ނަގާފައިން ފޮޓޯ. މަ ގަމާރު ކަމުން ރަނގަޅަށް ކަމުގެ ހަގީގަތް ނުބަލަ އެ ގަބޫލް ކުރީ.” ޔުއާންގެ ފިރިހެންވަންތަ ބަރު އަޑު މުޅި ތަނުގައ ގުގުމާލިއެވެ. ޔުއާން އެހާ ބާރަށް ވާހަކަ ދެއްކުމުން އީޝާ ބިރުވެސް ގަތެވެ.

“ޔު… ޔުއާން.. އަޅެ.. އަޅެފަހެ ތި.. ކިޔަ.. ކިޔަނީ .. ކީކޭ؟” ބިރުން ގޮސް އީޝާއަށް ވާހަކަ ދެއްކުނީވެސް އަޅައިގަންނަމުންނެވެ.

“އަހަރެން މި ކިޔަނީ ތެދެއް ވީމަ އީޝާއަށް ރީއްޗަށް ވާހަކަވެސް ނުދެއްކިގެން ތި އުޅެނީ. ޝޭމް އޮން ޔޫ. އަފްރީން އެއީ އީޝާގެ އެންމެ ގާތް ރައްޓެއްސޭ ކިޔާފަ ތި ނިއުޅައިގަތީ އަފްރީންގެ ހުރިހާ އުފާތައް.” ޔުއާންގެ ރުޅިގަނޑު ކެކިގެން އެރިއެވެ.

“ޔުއާން ކައިރީގައި މިހާރު ކާކު ކޯޗެކޭ ކިޔައިގެން ތި އުޅެނީ؟” އަދިވެސް އީޝާ އޭނާގެ ކުށް ގަބޫލު ކުރާކަށް ނޫޅެއެވެ.

“ބަލަ އެފޮޓޯ ތިރީގަ ތާރީހެއް އެބަ އިނޭ. އެއަކީ އަހަރެމެން ރާއްޖޭން ބޭރުގަ ވީ އިރު. ކުރިން މަށަށް ރަނގަޅަށް ބަލާ ނުލެވުނީ. އެކަމް މިހާރު ހުރިހާ ކަމެއް އެނގިއްޖެ. މަށަކަށް ދެން އަފްރީންއެއް ނުލިބޭނެ. އަފްރީން ނުލިބުނަސް ދެން މަ ނޫޅެއް ކަލޭ އެކީގަ އުޅޭކަށްވެސް. ވަރަށް ސަލާން.” ޔުއާން ކިޔާނެ އެއްޗެއް ކިޔާފައި ގޮސް ސައިކަލަށް އެރި އިރުވެސް އީޝާ ހުރި ތާގައި ހުއްޓުން އަރާފައި ހުރީއެވެ.

“ނޫން!!!!” އީޝާ ބާރަށް ހަޅޭއް ލަވައިގަތީ ހުރިހާ ކަމެއް ފަޅާ އެރުމުން އައި ރުޅިންނާއި ވީ ދެރައިންނެވެ.

 

އަރްމާން އާއި އައިރީންއަށް ގެއަށް އާދެވުން އިރު ކާ އެއްޗެހި އާއްސިއެވެ. އަފްރީން އެ އެއްޗެއްސައް ރުފިޔާވެސް ދައްކާ ނިންމާލައިފިއެވެ.

އަފްރީން ސިޓިން ރޫމް ސޯފާގައި އިނީ އަރްމާން އަދި އައިރީންގެ އިންތިޒާރުގައެވެ.

 

ހުރިހާ އެއްޗެހި ހިފައިގެން އެމީހުން ދިޔައީ އަފްރީންގެ ކޮޓަރިއަށެވެ. ކޮޓަރި ބޮޑުވެފައި ޓީވީއެއްވެސް ހުންނާތީ ފިލްމެއް ބަލާލާށެވެ.

އަރްމާންގެ ކޮޓަރީގައިވެސް ޓީވީ ހުރެއެވެ. ނަމަވެސް މިވަގުތު ހުރީ މައްސަލައެއް ޖެހިފައެވެ.

އަރްމާން ގޮސް އަފްރީންގެ ލެޕްޓޮޕާއި ޓީވީ ކަނެކްޓް ކޮށްލާފައި ބިރުވެރި ފިލްމެއް އަޅުވާލިއެވެ.

އަރްމާން އައިސް އިށީނުމުން އައިރީން އަދި އަފްރީންވެސް ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެ ކާން ފެށިއެވެ.

އަރްމާން އެއްވެސް ވަރަކަށް އެފިލްމަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އަރްމާންއަށް ވިސްނެނީ  އަފްރީން ގާތު އެވާހަކަ ބުނާނެ ގޮތަކާ މެދުއެވެ.

މަޑުމަޑުން އިން އަރްމާންއަށް ފިލްމް ނިމުންކަންވެސް އިނގުނީ  އައިރީން ބުނުމުންނެވެ.  އޭރު އެންމެންވެސް ތިބީ ކައި ނިމިފައެވެ.

އެންމެން ބަދިގެއަށް ވެދެފަ ތަށިތައް ދޮވެގެން އައިސް އަނެއްކާވެސް ވަނީ އަފްރީންގެ ކޮޓަރިއަށެވެ.

 

“އަފޫ. އާދެބަލަ މިތާ އިށީންނަން.” އަރްމާން އެއުޅެނީ ކީއްކުރަންކަން އެނގިގެން އައިރީންވެސް އަރްމާން ގާތުގައި އިށީނެވެ.

“އަފޫ. ދޮންބެ މިއަދު ދިޔައިން ޔުއާން ކައިރިއަށް.” އަރްމާން މަޑުމަޑުން ވާހަކަ ކުރިއަށް ގެންދިޔައެވެ. އަދި ހުރިހާ ކަމެއް އަލިފުން ޔާ އަށް ކިޔާދިނެވެ.

އެހުރިހާ އިރު އަފްރީން އަނގައިންވެސް ނުބުނެ އިނެވެ. އަފްރީން އިނީ ފާޑަކަށް ގަބު އަރާފައެވެ.

އިރުކޮޅަކު އިނދެފައި އަފްރީން އަރްމާންގެ ތަނަވަސް މޭގައި މޫނު ފޮރުވާލަމުން ރޯން ފެށިއެވެ.

އަފްރީން އެތައް ޝަކުވާއެއް ކުރިއެވެ.

މިތަން ފެނިފައި އައިރީންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އަރްމާންވެސް އަނީ ކިރިޔާ ނުރޮވިއެވެ. އަފްރީންއަށް އެފަދަ އަނިޔާއެއް ދިން މީހަކީ ޔުއާން ނޫން މީހެއް ނަމަ އެމީހަކު އަރްމާން އަތުން ބޮނޑިއެއް ބުއީހެވެ.

 

އިރުތަކެއް ފަހުން އަފްރީންގެ ހަރަކާތް ހުއްޓުމުން ބަލާލިއިރު އަފްރީންއަށް ނިދުނީއެވެ. އަރްމާން މަޑުމަޑުން އަފްރީން އެނދުގައި ބާއްވާފައި އައިރީން ގޮވައިގެން ނިކުތީ އެކޮޓަރީގެ ބެލަކަނީއަށެވެ.

ދެމީހުން އެތާގައި ވަގުތު ކޮޅެއް ހޭދަކޮށްލާފައި ލަސވެފައި ހުރުމުން އަރްމާން ދިޔައީ އޭނަގެ ކޮޓަރިއަށެވެ.

އަރްމާން ދަމުން އަފްރީން ހޭލައިގެން ރޯންޏާ އަރްމާންއަށް ގޮވުމަށް އައިރީން ގާތު ބުންޏެވެ.

 

އާ ދުވަހަކަށް  އިރުއަރައިގެން އައި އިރު އަފްރީން ހުރީ ހަމަޖެހިފައެވެ. އަފްރީން މިހާރު ދެކޭ ގޮތުގައި ޔުއާންއަކީ އޭނައަށް އެންމެ އެކަށީގެންވާ މީހައެއް ނޫނެވެ.

އެހެނީ ޔުއާންވަނީ ކަމުގެ ހަގީގަތް ނުބަލާ އަފްރީންގެ ބޮލުގައި ބޭވަފާތެރިކަމުގެ އިލްޒާމް އަޅުވާފައެވެ. އަދިވެސް ކޮންމެ މީހަކު އައިސް އެއްޗެކޭ ބުންޏަސް ގަބޫލު ކޮށްފަ އަފްރީން އެއްލާ ނުލާނެ ކަމެއް ނޭނގެއެވެ.

 

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް އަރްމާން އަދި އައިރީން ކައިވެނި ކުރާ ދުވަސް އައިސް ޖެހުނީއެވެ.

 

އެއްވެސް ފޫހި ކަމެއް ވަރުބަލިކަމެއް ނެތި އަފްރީން ދިޔައީ އައިރީން ކައިވެންޏަށް ތައްޔާރު ކުރަމުންނެވެ. އޭރު އަދި އަފްރީންވެސް ހުރީ ތައްޔާރު ނުވެއެވެ.

އަފްރީން ހިތްހަމަ ޖެހޭވަރު ވުމުން ދުރަށް ޖެހިލައި އައިރީންގެ މޫނަށް ބަލާލިއެވެ.

ހުދު ކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި އައިރީން ފެންނަނީ ނިކަން ލޯބިކޮށެވެ.

އައިރީންގެ ބޮޑު އިސްތަށިގަނޑުން ރީތި ގޮތަކަށް ހުޅިއެއް ޖަހާލާފައިވާއިރު އެއްބައި އިސްތަށިކޮޅުތައްވަނީ ދޫކޮށްލާފައެވެ. އަދި އެ އިސްތަށި ކޮޅުތައްވަނީ ބުޅިކޮށްލާފައެވެ. އެހާ ގޮތްބޮޑުނޫން މޭކަޕެއް ކުރެވިފައިވާއިރު ބޮލުގައި ހުދުކުލައިގެ ތާޖެއް އަޅުވާފައިވިއެވެ.

“މިރޭ ދޮންބެދައްތަ ފެންނަ އިރަށް ދޮންބެ ހީވާނީ ދެފަޔަށް ހިނިއަރައިގެން އުޅޭހެން. ވަރަށް ލޯބި އިނގޭ.” އަފްރީން މަޖާވެފާފައި ފެއްޓި ވާހަކަ ނިންމާލީ ސީރިއަސްކަމާއި އެކީގައެވެ. އަފްރީން އައިރީންއަށް ތައުރީފް ކުރުމުން އައިރީން ލަދު ގަންނަ ގޮތްވިއެވެ.

“ދެން ވާހަކަ ގިނަ ނުކޮށް ދޭ ރެޑީވާން. މިހާރު އެއޮށް ބައި ގަޑިއިރަށްވީ. އަވަހަށް ދޭ.” އައިރީން ލަދުގަތުމުން އަވަހަށް ނޫން ކަމަށް ހަދާލާފައި އަފްރީން އެތަނުން ފޮނުވާލަން މަސައްކަތް ކުރިއެވެ.

އަފްރީންވެސް ގަޑި ބަލާލަމުން ތެޅެމުން ފޮޅެމުން ދިޔައީ ގަޑި ވަރަށް ކުޑަތަން ވެފައިވާތީއެވެ.

 

 

 

ނޯޓް: ލަސްވީތީ މާފަށް އެދެން. ލެޕްޓޮޕްގަ މައްސަލައެއް ޖެހިގެން ނުލިޔެވުނީ. ހޯޕް ޔޫ ވިލް އަންޑަސްޓޭންޑް. ސޮރީ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SunShine

Level 210 Stories100 Comments

Other Articles

Previous

ސިއްރު ސިއްރުން ހިތޭ… (19)

Next

ނޭނގި ހިތޭ ތި އަތުލީ 12

Next
December 7, 2017

ނޭނގި ހިތޭ ތި އަތުލީ 12

Previews
December 7, 2017

ސިއްރު ސިއްރުން ހިތޭ… (19)

31 Comments!

  1. SunShine says:
    December 7, 2017 at 9:48 pm

    so here’s the 13th part. hope you all will like it.
    I would appreciate if you all could leave a comment.
    thank you

  2. Love says:
    December 7, 2017 at 9:50 pm

    Niceeeeeee…

    1. SunShine says:
      December 8, 2017 at 11:49 am

      thank you

  3. Love says:
    December 7, 2017 at 9:51 pm

    Niceeeee… 🙂 🙂

    1. Love says:
      December 7, 2017 at 9:51 pm

      ☺☺☺??

    2. SunShine says:
      December 8, 2017 at 11:58 am

      thank you

  4. No fan says:
    December 7, 2017 at 10:15 pm

    Komme episode ehge thiryga note jahaafa kommes bahanaa eh liyelaathi

    1. SunShine says:
      December 7, 2017 at 10:20 pm

      look. kan kan dhimaa vaathi bunany vx..
      aharumennah vx kan kan dhimaavey hama..
      thihen bahanaa ekey bunumuge hahgeh thibeyfulhaa akah libigenneh nuwey

    2. Sahaa says:
      December 8, 2017 at 9:54 am

      she is a student… have some respect

  5. Kiah says:
    December 7, 2017 at 10:56 pm

    Very nice…ekahala meehun liyaa ehchis aa alhaalaane kameh neh sunshine??

    1. SunShine says:
      December 14, 2017 at 4:45 pm

      thank you

  6. nikko says:
    December 7, 2017 at 11:29 pm

    Exactly nuhuhanh burakoh ulheh mun vx vaahaka site ah up eba kohdheh ehnu . Ekama nikko ufaa kuran waiting ingey .. varah reethi .. love this story .

    1. SunShine says:
      December 8, 2017 at 12:00 pm

      thank you for understanding.
      and thank you

  7. reen says:
    December 7, 2017 at 11:56 pm

    Mi haaru kureega huhna feel eh nei. vaahakaige there akah nueh vadheve like intrest eh nuhifehte so e kan rangalhu kohlan feney mi bai kiyaaleema heevee ehchakah ehcheh liyefa oi hen so dhn ahna bai rangalhu vaane kamah ummedhu kuranee
    All the best

    1. SunShine says:
      December 14, 2017 at 4:46 pm

      thanks

  8. naaila says:
    December 8, 2017 at 2:04 am

    Vrrrh reethi??waiting 4 nxt prt??

    1. SunShine says:
      December 8, 2017 at 12:02 pm

      thank you

  9. Zuam says:
    December 8, 2017 at 6:36 am

    Varah reethi… waiting…..

    1. SunShine says:
      December 8, 2017 at 1:44 pm

      thank you

  10. $#u€¥ says:
    December 8, 2017 at 8:00 am

    Mi part vs varan reethi ??
    When next part..

    1. SunShine says:
      December 8, 2017 at 1:45 pm

      thank you..
      maybe tomorrow

  11. Rsh says:
    December 8, 2017 at 10:25 am

    Nice

    1. SunShine says:
      December 8, 2017 at 1:46 pm

      thank you

  12. Rifuuuu says:
    December 8, 2017 at 1:32 pm

    masha allah…❤❤❤ vvvvv reethi…

    1. SunShine says:
      December 8, 2017 at 1:47 pm

      thank you

  13. Phau says:
    December 9, 2017 at 2:35 pm

    Ehn meehun liyaa negative point aky kurierumeh kamah balaa ngayy.. J vaa myhun vx ulhey ehnu dhw.. Eiy alhaalaa kameh noon.. U can do ur work nd write the story.. Its all urs.. I understand ur situations well.. Keep it up.. Lot of love.. Waiting for the next part ❤❤?

    1. SunShine says:
      December 14, 2017 at 4:47 pm

      thank you

  14. unaal says:
    December 10, 2017 at 7:26 pm

    kbr tha nxt part

    1. SunShine says:
      December 14, 2017 at 4:47 pm

      mihr submit kohfa innaany.
      rashun beyrah dhiyaeema las v

  15. JUMA says:
    December 13, 2017 at 3:47 pm

    Hey sunshine…. mi story ??? whn nxt prt? ???????????????

    1. SunShine says:
      December 14, 2017 at 4:48 pm

      thank you

Comments are closed.

Next Episodeލޯބި އަހަރެންވާނަމޭ (14)←


All Right Reserved!