Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ ( 14 )

Muroo.... Level 210 Stories100 Comments
November 13, 2017 5 Mins Read
24 Comments

މަޑުމަޑުން މީޝާގެ އަނގަމަތީ އަޅާފައިވާ ޓޭޕް ގަނޑު ނައްޓާލިއެވެ. ޔުނާންގެ ނަޒަރު ހުއްޓުނީ މަޑުފިޔާތޮށިކުލާގައިވާ ތުންފަތަށެވެ. އޭނާގެ ކެއްތެރިކަން ކޮޅުންލީ އެހާހިސާބުންނެވެ. މީޝާގެ މޫނު އޭނާގެ މޫނާ ގާތް ކޮއްލީ އެލޯބިތުންފަތުން އުފާހޯދުމައްޓަކައެވެ. ހޭވެރިކަން ނެތް މީޝާއަށް ވަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. ޔުނާން އަށް ސިހުމެއް ލިބުނީ އެވަގުތު އޭނާގެ ފޯނަށް ފޯނެއް އައުމުން ނެވެ. ރުޅިވެރިކަމާއެކު އޭނާ ފޯނަށް ބަލާލީ މީފަދަ ގަޑިއެއްގައ ގުޅަނީ ކާކުތޯބަލާށެވެ. ޝަވަން ގެނަން ސްކުރީނުން ފެންނަން އިނުމުން ޗޮކެއް ކަނޑާލީ ވީ ފޫހިންނެވެ. ޝަވަން ވެސް މިގަޑީގައި ގުޅަން ޖެހޭ ހެއްޔެވެ؟
” ހަލޯ… ” ޔުނާން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. ކޮންތާކު.. ޝަވަން ކޮއްލި ސުވާލުން ޔުނާން ކުޑުކޮއް ޖެހިލުންވިއެވެ. ނަމަވެސް ހަމެޖެހިލަމުން ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ” މިހިރީ ތިގޭގަ..ޔުނާން ނެތީމަ.. ކޮންތާކުތޯ ބަލާލަން..” ޝަވަން ގޭގައޭ ބުނުމުން ޔުނާން ފުންމައިގެން ތުދުވީ އަވަހަށް ގެއަށް ދިއުމަށް ޓަކައެވެ. ޝަވަން މިގަޑީގައި ގައަށް އައީ އަނެއްކާ ކީއްކުރަންބާއެވެ. މިދަނީއޭ ބުނެ ޔުނާން ފޯނުބޭއްވިއެވެ. ޔުނާން މީޝާކައިރިއަށް ގުދުވެ ލަކުނެއް ނުވާ އެދޮންމޫނު ގައި ފިރުމާލިއެވެ. “ހާދަހާ ލޯތްބެވެ. “..ޔުނާންހިތާހިތުން މީޝާއަށް ތައުރިފް ކޮއްލިއެވެ. ކުރިން ހުރިގޮތައް މީޝާ އަނގަމަތީ ޓޭޕް އެޅުމަށް ފަހު ޔުނާން ނުކުމެގެން ދިޔައީ ގޭބޭރު ދޮރު ތަޓުލާފައެވެ.
މީޝާއަށްހޭވެރިކަން ވީއިރު އޭނާ އަށް އޮވެވުނީ މީގެ ކުރިން ފެނިފައިނުވާ ކޮޓަރިއެއްގައެވެ. ބޮލަށް ބަރުވެފައި ހުރުމުން މީޝާ އަށް އުނދުގޫ ވަމުން ދިޔައެވެ. މީޝާ އަށް ވާނުވާ ރެޔަކާލީ އިރު މީހާ އޮތް ގޮތް ފެނުމުން ދެލޮލުން ކުރުނަ ފައިބާން ފެށިއެވެ. އޭނާ ގެ އަތާފައި ބަނދެފައި އޮތް އިރު އަނގަމަތީ ވަނީ ޓޭޕް އަޅާފައެވެ. އެއެއްޗެހިތައް ނެއްޓޭތޯ ކުރި ހުރިހާ ކަމެއް ވީބޭކާރެވެ. އަހަރެން މިތަނުގައ.. ކާކުބާ؟ އަހަރެންނަށް މިހެން ހެދީ.. މީޝާ އޭނާއެތަށް އާދެވުނު ގޮތާމެދު ވިސްނާލިއެވެ. މަޑުމަޑުން އޭނާގެ ސިކުނޑިއަށް ހުރިހާ ކަމެއް އަންނަމުން ދިޔައެވެ.
ޔުނާން…! މީޝާ ހިތާހިތުން ބުނެވުނެވެ. އޭނާ ޔުނާން ދިން ކޮފީ ބުއިމުން ގޮތްތަކެއް ވިކަން އެނގެއެވެ. މީޝާ ހާސްވާން ފެށިއެވެ. ޔުނާން އޭނާ އަށް އެހެން ހަދަން ޖެހުނީ ކީއްވެބާއެވެ. މީޝާ ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަކަށް ސަބަބެއް ނުވިސްނުނެވެ. ކައިޝް މަތިން މީޝާ ހަނދާންވުމުން އެހިތުގައި ރިއްސާލިއެވެ. އޭނާ ނެތްކަން ކައިޝް އަށް އިނގޭނެބާއެވެ. ކައިޝް އޭނާ ސަލާމަތް ކޮއްދޭނެބާއެވެ. ބިރުން ހުރެ މީޝާ ސަލާމަތް ވެތޯ އެކިގޮތް ގޮތުން ތެޅިފޮޅެމުން ދިޔައެވެ. އޭނާ ވަރުބަލިވީ އިރުވެސް އެކަމެއް ކާމިޔާބުވީގޮތެއް ނުވިއެވެ. އެއަށް ވުރެށް ބޮޑަށް ޔުނާން ވަނީ މީޝާ ބަނދެފައެވެ. އެފަކީރު ހަޅޭއްލަވަން ބޭނުންވި ނަމަވެސް އެކަންވެސް ވީނާކާމިޔާބެވެ. މީޝާ ރޮއެރޮއެ ވަރުބަލިވެެގެން ނިދުނީއެވެ. ނިދިފައި އޮތްއިރުވެސް އެފަކީރަށް ގިސްލެވެމުން ދެއެވެ.
ޝަވަން މަގުމަތީ ހުރީ ޔުނާންގެ އިންތިޒާރުގައެވެ. މާގިނައިރެއް ނުވެ ޔުނާން އެއެވެ. އޭރު ޔުނާން މޫނުމަތީގައިވާ ހިތާމަ ވަރަށް ރީއްޗަށް ފެންނަން ހުއްޓެވެ. އެކްޓުކުރުމުގައި އޮސްކާ ލިބޭވަރުގެ އެކުޓަރެއްކަން ޔުނާން މިކުމުންވެސް ސާބިތު ކޮއްދިނެވެ.
“މީޝް.. އޭނާގެ ޚަބަރެއް ނުވޭ؟” ޔުނާން ލޮލުން ފޭބިކުރުނަ ފޮހެލަމުން ބުންޏެވެ. ޝަވަން ވެސް ބޯޖަހާލީ އެއްވެސް ހަބަރެއް އޭނާއަށް ވެސް ނުލިބޭތީއެވެ.
” މާދަމާ މީޝްގެ ބައްޕަ އާދޭ.. ސަލީމްބެ ވަރަށް ދެރަވާނެ.. ” ޔުނާން އަސަރާއެކު ބުންޏެވެ. “ދެރަނުވޭ މީޝް ވަރަށް އަވަހަށް ފެންނާނެ..” ޝަވަން ޔަޤީންކަމާއެކު ބުންޏެވެ. ޔުނާން ޝަވަން މޫނަށް ބަލާލިއެވެ. ޝަވަން މޫނުމަތިން ފެންނަމުންދިޔަ ކުލަވަރު ދޭހަކުރަން ޔުނާން އަކަށް ނޭނގުނެވެ. އިރުކޮޅެއް ވަންދެން ޝަވަން މޫނަށް ބަލަން ހުރުމަށްފަހު ޔުނާން ގޭތެރެއަށް ވަނުމަށްހިގާގަތެވެ. ފަހަތުން ޝަވަން ވެސް ވަނެވެ.
ޔުނާންމެން ގެއަށް ވަންއިރު އާނާ ސޯފާގައި އިނެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތާމައެވެ. ރޮއިފައި ހުރިކަން އެމޫނުމަތި ހުރި ތާޒާކުރުނަ ހެކިދެއެވެ. ޔުނާން ޔަނާ ކޮބާތޯ ސުވާލު ކުރިއެވެ. އާނާ ނިދިފައި ކަމަށް ބުނުމުން ޔުނާން ކޮޓަރިއަށް ވަނީ ނިދާލަން ބޭނުންކަމަށް ޝަވަން ކައިރީ ބުނުމަށް ފަހު ގައެވެ . ޝަވަން ވެސް ގެއަށް ދަނީ ކަމަށް ބުނެ ހިނގާގަތެވެ.
މޭޒުމަތީ ބޯއަޅާގެން އޮތް ކައިޝް ބޯހިއްލާލީ އޭނާގަ ފޯނު ރިންގުވުމުންނެވެ. ރޮއިރޮއި ދެލޯދުޅަވެ އަރާފައި ވާއިރު އެނުމަތި ވަނީ ރަތް ވެފައެވެ. ޝަވަންގެ ފޯނެއް ކަމުން ކައިޝް ހިތްވަރު ކޮއްފައި ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. ޝަވަން ބޭރަށް ނިކުތުމަށް އެދުމުން ކައިޝް އިންކާރު ކުރިއެވެ. އޭނާ އެއްވެސް ކުމެއް ކުރަން ބޭނުން ނުވެއެވެ. ޝަވަން ކުރު ނުކުރުމުން ފާހާނާ އަށް ވަދެ މޫނު ދޮވެލާގެން ކައިޝް ބޭރަށް ނިކުތެވެ. އިންތިޒާރުގައި ޝަވަން ހުރުމުން ކައިޝް އެނާގަތަށް ގޮސް ހުއްޓުނެވެ.
” މީޝް ވީތަން އިނގެން ބޭނުންތަ؟..” ޝަވަން ބުނި އެއްޗަކުން ކައިޝް އަށް ބޯޖަހާލެވުނު ގޮތްވެސް ނޭނގުނެވެ. މިއޮށް ހުރިހާ އިރު މިލާފައިވާ މީހާއަށް ބާރެއް ލިބުނު ކަހަލައެވެ. ޝަވަން އޭނާއަށް ހީވާގޮތް ކައިޝް އަށް ކިޔާދިނެވެ. ކައިޝް ކަނުލާ އަޑުއަހަން ހުރި އިރު އެމޫނު މަތިން ހައިރާންކަން ފެންނަން ހުއްޓެވެ. ޝަވަން އެކިޔާ އެއްޗެއް އޭނާއަށް ގަބޫލް ކުރުން ވީ ދަތިކަމަކަށެވެ.ނަމަވެސް މީޝާ ހޯދަން އޭނާ އިންތިހާއަށް ބޭނުން ވެފައި ވީތީ ޝަވަން ބުނިހެން ކަންތައް ކުރަން އެއްބަސް ވެވުނެވެ. މީޝާ އަށް ގޮތެއް ވެއްޖެ ނަމަ އޭނާ އަމިއްލަ ނަފްސައް މާފެއް ނުކުރެވޭނެއެވެ.
” ކިިހިނެއް ތިހާ ޔަގީން ކަމާއެކު ބުނަން އެނގުނީ..” ކައިޝް އަރާލިއެވެ. ޝަވަން ހިނިތުން ވެލާފައި ޖީބުގައި އޮތް ކާޑު ނާގާ ދައްކާލިއެވެ ސީއައިޑީގައި މަސައްކަތް ކުރަނީ ނަމަކު ނޫނޭ ދަރިއާ.. ޝަވަން އަކީ މާލޭގައި ސިއްރު ޕޮލިހުން ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އެކަން އިނގޭ މަދު މީހުންތެރޭ ކައިޝް ވެސް ހިމެނެއެވެ. ކައިޝް ހިންހަމަ ޖައްސާލީ ޝަވަން ބުނާގޮތަށް ކަންތައް ވާން އެދޭހާލުގައެވެ.
އާދުވަހަކަށް އިރު ފެނުންތޮޅަލީ އެތައް ބަޔަކު މީޝާގެމަތިން ހަނދާން ކުރަން ތިއްބައެވެ. މީޝާއަށް ވީގޮތް ނޭގުމުން ސަލީމް ވެސް ހުރީ ގޮތް ހުސްވެފައެވެ. ބޭރުގައުމެއްގައި އޭނާގެ ދަރިފުޅު ވީނުވީ ނޭނގި ގެއްލުމުން ބަފައެއްގެ ހިތުގައި އުފެދޭނެ އިހްސާސް ލިޔެގެން ބަޔާން ކުރުން ވާނީ ދަތިކުމަކަށެވެ. އެންމެއަވަހަށް އާދެވެން އޮތް ފުލައިޓުން ސަލީމް އާއި އަޔާޒް މެލޭޝިޔާއަށް އާދެވުނު އިރު ހެނދުނު ނުވައެއް ޖެހީއެވެ. މީޝާ ގެއްލުނު ޚަބުރު ލިބުމުން އަޔާޒް ވެސް ބޭނުންވީ ސަލީމް އާއެކު ދާށެވެ. ޝާފިޔާވެސް އަންނަން ބޭނުންވި ނަމަވެސް އަޔާޒް މަންމަ ބަލިކޮށް އުޅޭތީ އާދެވޭ ގޮތް ނުވީއެވެ.
ސަލީމް އާއެކު އަޔާޒް ގެއަށް ވަންއިރު ޔަނާލް އާއި ޔުނާން ސޯފާގައި ތިއްބެވެ. ޔަނާލް ކައިރީ އާނާ ވެސް އިނެވެ. އަޔާޒް ފެނުމުން ޔަނާލް އަށް ބައްޕަގައިގައި އޮޅުލާގަނެވުނީ ރޮމުން ނެވެ. ދަރިފުޅަށް ވެފައިވާގޮތްަ ފެނުމުން އަޔާޒް ވެސް ފެންކަޅިވެގެން ދިޔެއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ޔަނާލް ހުއްޓުވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައީ ލޯތްބާއެކުގައެވެ. ބައްޕަގެ އަތައް ވާހަކަ އަކަށް ފަހު ޔަނާލް ހަމައަކަށް އެޅުނީ އެތައް އިރެއް ވީފަހުންނެވެ. ޔުނާން ވެސް ބައްޕަގައިގަ ބައްދާލީ ދެރުވެފައި ކަމަށް ހެދިގެންނެވެ.
ސަލީމް ބޭނުންވީ ވީ އެންމެ އަވަހަކަށް ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ގޮސްފައިވާ ހިސާބު ބަލާށެވެ. ފޮށިއެތެރެއަށް ލުމަށް ފަހު އާނާ ސައިބޯން ބުނުމުން ވެސް ސައިނުބޯ ސަލީމާއެކު އަޔާޒް ނިކުތީ ސްޓޭޝަނަށް ދިއުމަށްށެވެ. އެމީހުން ދިއުމުން ޔުނާން ވެސް އެބަ އަންނަމޭ ބުނެ ނިކުތީ ބޭރަށްށެވެ.
ޔުނާން ބޭރަށް ނިކުމެ ހިނގާގަތީ އޭނާ މީޝާ ފޮރުވާފައިވާ ގެއަށް ދިއުމަށެވެ. މީޝާ ކައިރިއަށް ދާން ހިތް އެދި ގޮވާއިރު ވެސް ކެއްކޮއްލައިގެން ހުރީ ހިއްވަރުންނެވެ. ވަކި ހިސާބުކުން ޔުނާން މިސްރާބު ބަގަލު ކޮއްލީ މީޝާ އިންނާނީ ބަނޑުހައި ވެފައިކަމުން ކާނެ އެއްޗެއް ގަންނާށެވެ. ކައިރި ހުރި ރެސްޓޯރެންޓަކުން މީޝާ ކާނެ އެއްޗެއް ގަތުމަށް ފަހު ޔުނާން ހިގުން ބާރު ކޮއްލީ އަވަހަށް މީޝާ ކައިރިއަށް ދިއުމަށެވެ.
ކޮޓަރިތެރޭ ގޮތްހުސްވެފައި މީޝާ ދުޣާކޮއްލަ ކޮއްލާ އިނީ ސަލާމަތް ވާނެގޮތެއް މެދުވެރިކުރައްވާ ތޯއެވެ. ރުއިމުގެ ސަބުބުން ދެލޯދުޅަވަނީ ދުޅުވެފައެވެ. ދޮރުހުޅުވާލި އަޑަށް މީޝާ ދޮރާދިމާލަށް ބަލާލީ ސިހިފައެވެ. ހިނިތުންވެފައި ޔުނާން މީޝާދިމާލަށް ބަލަން ހުރިގޮތުން މީޝާގެ ލޭކެކިގަތެވެ. ވީފޫހިން ދެލޯ އަޅާލުމުން ޔުނާން ބާރަށް ހޭންފެށިއިވެ.
” ލޯބީ.. ހާދަ ރުޅިއެއް ތިއައީ.. ނާން ފެނުމުން އުފަލެއް ނުވޭތަ؟..” ގެނާ ކާއެއްޗެހި މޭޒް މަތީ ބަހައްޓަމުން ޔުނާން ބުންޏެވެ. ” ނާން ހާދަލޯތްބެއްވޭ މީޝް ދެކެ؟ މީޝް ހޯދުމަށް ނާން ނުކުރަނީ ކޮންކަމެއް..” މީޝާ މޫނުގައި ފިރުމާލަމުން ޔުނާން ބުންޏެވެ. މީޝާ ރުޅިގަދަވި ނަމަވެސް ހެދޭނެ ގޮތެއް ނެތެވެ. ޔުނާން އޭނާދެކެ ލޯބވާކަން އެގުމުން މީޝާ ހައިރާންވިއެވެ. މީހާ ދުވަސް ވީއިރު އޭނާއަށް ޔުނާން ލޯބިވާ ކަމަށް ޝައްކުވެފައިވެސް ނުވެއެވެ. މީޝާ ރީކުރީ ޔުނާން ލޯބިވަނީ އޭނާ ދޮންތަ މީރާ ދެކެ ކަމަށެވެ.
“މީޝް .. ނާން ބޭނުން މީޝް ނާންގެ މީހަކަށް ހަދަން .. މީޝް އާ މެރީކުރަން ބޭނުން.. މީޝް ތީ ހަމައެކަނި ނާންގެ މީހެއް.. އައި ލަވް ޔޫ..” މޮޔައެއްހެން މީޝާ މޫނުގައި ހިފައްޓާގެން ހުރެ ޔުނާން ލޯބިވާކަން ހާމަ ކުރަމުން ދިޔައެވެ. މީޝާގެ ލޮލުން ކަރުނަ ފައިބާގަތީ ކައިޝް މަތިން ހަނދާން ވުމުންނެވެ.
މީޝް .. މީޝް ކީއްވެ ކައިޝް ދެކެ ލޯބިވަނީ.. ކީއްވެ.؟… މީޝް ބޭނުންވަނީތަ ނާން ދެރަކުރަން .. ނާން ހާދަ ދެރައެއްވެޔޭ މީޝް ކައިޝް އާއެކު ފެނުމުން؟ ޔުނާން މީޝާ ގައިމަތީ އޮށޯވެލިއެވެ. ސަލާމަތް ވޭތޯ މީޝާ ކުރިހާ ކަމެއް ބޭކާރުވުމުން މީޝާއަށް ގިސްލެވުނެވެ. ދެފަރާތަން ބޯހޫރުވާލީ ނޫނެކޭ ބުނާފަދަ ގޮކަކަށެވެ. ޔުނާން އެހާކައިރި ވުމުން މީޝާ އަށް އުނދަގޫވި ނަމަވެސް އެފަކީރުވަނީ މަޖުބޫރު ވެފައެވެ.
މީޝް.. ބަލާބަލަ؟ މީޝާގެ މޫނުގައި ހިފައްޓާލަމުން އޭނާދިމާލަށް މޫނު އަނބުރާލިއެވެ. ޔުނާން ގަދަކަމުން މީޝާގެ މޫނާ އޭނާގެ މޫނު ގާތް ކުރަމުން ގެންދިޔައެވެ. އަދި މީޝާގެ އަނގަމަތީ އަޅާފައިވާ ޓޭޕް ގަނޑު ނައްޓާލާ އެލޯބި ތުންފަތުގައި ބޮސްދޭން އުޅުނެވެ.
ކައިޝް.. މީޝާގެ އަނގާގައިވާ ޓޭޕްގަނޑު ނެއްޓުމާ އެކު އޭނާގެ ދުލުން ކައިޝްގެ ނަންބޭރު ވިއެވެ. ޔުނާން އަށް ހީވީ ހިތުގައި މީހަކު ވިކާލިހެންނެވެ. މީޝާ އާ އެހާގާތުގައި ވުމުން ވެސް މީޝާ ކައިޝް މަތިން ހަނދާންކުރާކަން އިނގިހިތުގައި ޖެހުނެވެ. އޭރުވެސް ރޮމުން ހުއްޓުމެއް ނެތި ކައިޝް އަށް ގޮވަމުން ދިޔައެވެ. ޔުނާންގެ މުޅިމޫޑު އޮފްވެގެން ދިޔައެވެ. މީޝާ ގައިމަތިން ތެދުވެ އެނދުމަތީ އިށީނދެ ބޮލުގައި ދެއަތުން ހިފައްޓާލީ ހިންހަމަނުޖެހުނު ވަރުންނެވެ. މީޝާ ދެކެ އޭނާ އެހާ ލޯބިވާއިރު ވެސް މީޝާ އަށް އެކަން ނޭނގެނީ ހެއްޔެވެ؟
” ޝަޓް އަޕް.. ޖަސްޓް ޝަޓް އަޕް..” މީޝާ އަނގަމަތީ ގައި ުހުރިބާރަށް ޔުނާން ޖެހިއެވެ. ކުއްލިއަކަށް ޔުނާންގެ އަތު ގެ ހަމަލާއެއް މޫނުމައްޗައް އެރުމުން މީޝާއަށް ލިބުނީ ސިހުމެކެވެ. ރުޅިއައިސް ރަތްވެފައިވާ ޔުނާން މޫނު ފެނުމުން މީޝާ ޖެހިލުންވިއެވެ. ވީތަދުން ރޯންބޭނުން ވިނަމަވެސް މީޝާ އޮތީ ޖެހިލުން ވެފައެވެ. ޔުނާން އެހާ ރުޅިއައިސްފައި ހުރުމުން ބިރުގަތީއެވެ.
” ކައިޝް ކައިޝް..” ދެން އެންމެ ފަހަރަކު އެނަން ކިޔަސް ..ޔުނާން އިނގިލި ދިއްކޮއްމުން މީޝާއަށް އިންޒާރު ދިނެވެ. ދެކޮޅަށް ހިނގަން ފެށީ އައިއްސަ ހުރި ރުޅި މަޑުވޭތޯ އެވެ. މީޝާ ރޯތަން ފެނުމުން އެހިތައް އަސަރުކުރީ ކަންނޭނގެއެވެ. މަޑުމަޑުން އައިސް މީޝާ ކައިރީ އިށީނދެ އޭނާބޮލުގައި ފިރުމާލިއެވެ.
” މީޝް .. ނާން ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ލޯބިވޭ.. މީޝް ހޯދުމަށް ނާން ނުކުރަނީ ކޮންކަމެއް .. އެންމެ ފަހަރަކު ދީބަލަ ޗާންސެއް.. މީޝްގެ ރުހުމުގަ.. މީޝް އަށް ނާން އަންގާނަން ނަން ލޯބިވާވަރު ..” މީޝާގެ ކަނދުރާގައި ވަސް ގަންނަމުން ޔުނާން މަސްތީ ގޮތަކަށް ބުންޏެވެ.
“ނުނ…ނޫން … ހެޔޮނުވާނެ އަހަރެން … ދޫކޮށްލާ..” މީޝާ އާދޭހުގެ ރާގަކަށް ބުންޏެވެ. ޔުނާން އެހާ ގާތުގައި ވުމުން މީޝާއަށް އުނދުގޫވަމުން ދިޔައެވެ. ޔުނާން އަށް އެއަޑު ނީވޭ ކަހަލައެވެ. މީޝާގެ ކަނދުރާގައި ވަސްގަންނަމުން ދިޔައީ އެފަކީރު އެހެން ނުހެދުމަށް އާދޭސްކޮއްކޮއް އޮއްވައެވެ. ކުއްލިއަކަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވުމުން ޔުނާން ދިޔައީ ސިއްސާގެންނެވެ. އެއަޑުއައީ ބޭރުން ކަން އޭނާއަށް އިނގުނެވެ. އަވަސް އަވަހަށް މީޝާ އަނގަމަތީ އަތް އެޅީ މީޝާ އަޑެއްލައްވާފާނެތީއެވެ. އަވަސް ގޮތަކަށް މީޝާ އަނގަމަތީ ޓޭޕް އެޅުމަށް ފަހު ކޮޓަރިން ނިކުތީ މީހަކު އުޅޭތޯ ބަލާށެވެ.ޔުނާންގެ ކިބާން ސަލާމަތް ނުވެވިފައ އޮތް މީޝާ ހިތައް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ހެއްދެވި ފަރާތައް ޚަމްދުކުރެވުނެވެ.
” ނަސީބެއްނު.. ހަމަ ކިރިޔާ.. ” ފިޒާން ބަނޑުގައި އަތް އަޅާގެން އޮވެ މާނޭވާލަމުން ބުންޏެވެ. ކައިޝް ވެސް ހުރީ ވަރުބަލި ވެފައެވެ. ޝަވަން ވެސް ފުންނޭވާއެއް ދޫކޮއްލުމަށް ފަހު ހަމަޖެހިލިއެވެ . ” ކައި ކީއްތިކުރީ..” ޝަވަން ހިންހަމަ ނުޖެހިފައި އެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ހިނިތުންވުމުން 12 ވަނަ ބައި

Next

ލޯތްބެއްނެތް ގުޅުން (7 ވަނަ ބައި)

Next
November 13, 2017

ލޯތްބެއްނެތް ގުޅުން (7 ވަނަ ބައި)

Previews
November 13, 2017

ހިނިތުންވުމުން 12 ވަނަ ބައި

24 Comments!

  1. Minnie✨ says:
    November 13, 2017 at 12:38 pm

    Yeyyy…. Me first dhwww…. Btw mi part ves hama superb… Masha Allah…??✨

    1. Minnie✨ says:
      November 13, 2017 at 12:53 pm

      When next part????? Alhe varah kiyaa hithun indha thi nimmaalee…. Next part thankolheh dhigu kolla dheyne kamah ummeedhu kuran… Good luck…??✨

    2. Muroo.... says:
      November 13, 2017 at 6:47 pm

      Thanks Minnie ? next part tomorrow in sha Allah ☺

  2. Nashth says:
    November 13, 2017 at 12:45 pm

    First dhw

    1. Muroo.... says:
      November 13, 2017 at 3:47 pm

      Nashth mifaharu nulibun dhw..☺

  3. Xee says:
    November 13, 2017 at 12:48 pm

    Pix save meesh abadhu yunaan mohlu vee ma vv foohi and nice

    1. Muroo.... says:
      November 13, 2017 at 3:48 pm

      Xee keep reading ingey.. meesh vs molhuvaane adhi

  4. lala says:
    November 13, 2017 at 12:49 pm

    varah reethi mibai…plz save meesh…waiting

    1. Muroo.... says:
      November 13, 2017 at 3:48 pm

      Thanks lala?

  5. Ainth says:
    November 13, 2017 at 1:08 pm

    Masha Allah.. Wow muroo, thy hama ainth ge favorite ekaku.. Mi site ge story thakun enme rythi eh story mee.. Aslu muroo v v molhu igey.. Luv u

    1. Muroo.... says:
      November 13, 2017 at 3:49 pm

      V happy vehjje ainth ge comment kiyaafa.. thanks v bodah.. ,??

  6. Riyaa says:
    November 13, 2017 at 1:11 pm

    Wow… alhe kudakon dhigu kohlaba… waiting for tha nxt part ??

    1. Muroo.... says:
      November 13, 2017 at 3:50 pm

      Thanks riyaa.. ☺

  7. Friends says:
    November 13, 2017 at 1:32 pm

    Stry salhi ingey dear…
    Waiting 4 next part..
    Plx plx upload soon..??

    1. Muroo.... says:
      November 13, 2017 at 3:50 pm

      Thanks friends ?☺

  8. Riii says:
    November 13, 2017 at 1:34 pm

    WOW…. Amazing….
    Thank muroo….. Avahah up koh dheythy… Whn nxt prt…

    1. Muroo.... says:
      November 13, 2017 at 3:51 pm

      Thanks Riii ??

  9. Unknown girlll.. says:
    November 13, 2017 at 2:32 pm

    Love it…❤❤❤

    1. Muroo.... says:
      November 13, 2017 at 3:51 pm

      Thanks unknown girl ?☺

  10. Muroo.... says:
    November 13, 2017 at 3:52 pm

    Thanks everyone ? in Sha Allah tomorrow 15th part genesdheynan ☺..

  11. SJK...KOREAN says:
    November 13, 2017 at 6:51 pm

    woww. haadha salhiey mi part vx..

    1. Muroo.... says:
      November 13, 2017 at 7:02 pm

      Thanks sjk korean ☺

  12. Aisha says:
    November 13, 2017 at 10:26 pm

    Wow vvv reethi ???

    1. Muroo.... says:
      November 14, 2017 at 12:13 am

      Thanks aisha ?

Comments are closed.

Next Episodeމީޝާ ( 15 )←


All Right Reserved!