ލޯތްބެއްނެތް ގުޅުން (7 ވަނަ ބައި)
” އިސްމާއިލް މުހައްމަދް އެންޑް އާއިމިނަތް ވަސީމްސް ސަން އިބްރާހިމް މުސްތަފާ ވެޑްސް ހަނީފް އިބްރާހިމް އެންޑް އައިޝަތު މުނައްވަރުސް ޑޯޓަރ ފާތިމަތް ނަހުލާ ހަނީފް” ޝިފްނާއަށްވެސް އެއީ ކާކުކެ ކައިވެނީގެ ކާޑެއްކަން އެހާހިސާބުން އެނގިގެންދިޔައެވެ. ޝިފްނާ އަވަހަށް މައިޝާގެ އަތުގައި ހިފާ ބާރަކަށް ފިއްތާލިއެވެ. އަދި ހަމަޖެހޭށޭ ބުނެ މައިޝާ ގޮނޑީގައި ބޭންދިއެވެ.
“ޝިފޫ… އައި ޑިޑް އަ ސްޓުޕިޑް ތިންގް ލާސްޓް ނައިޓް.. އަޅޭ! މުސްތޮ ހާދަގޯހޭ… ” މައިޝާއަށް ވާހަކަދެއްކެނީ ހަމަ ކިރިޔާއެވެ. ތުރުތުރު އަޅާ ހާލު މައިޝާގެ ލޮލުން ކަރުނަ އޮހޮރަމުން ޝިފްނާއަށް ރޭގައި ވީ ކަންތައް ކިޔައިދިނެވެ. ވާނުވާނޭނގިފައި ހުރި ނާއިލާ އެހާހިސާބުން މައިޝާއާއި ސުވާލެއްކޮއްލީ އޭނާއަށް ހީވެގެން އުޅޭ އެއްޗަކީ ރަނގަޅުއެއްޗެއްތޯ ޔަގީންކުރުމުގެ ނިޔަތުގައެވެ. ” މައި! މީ މައިގެ މުސްތޮ ތަ؟ މަގޭ ކަޒިންގެ ކޮއްކޮ މެރީކުރަން މިއުޅެނީ މައިގެ މުސްތައާތަ؟ ޝިޓް ޝިޓް.. އަޅޭ.. އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ ކިތައްމެ ދުވަހެއް! މިހާރު މަށަށްވެސް ކޮންމެވެސް ވަރަކަށް ތި މުސްތޮއެއް އެނގޭހެން ހީވޭ އެބަ. އަޑުއަހަން އެގޭ ތެރޭގަ ނަހުލާ ކޮންމެވެސް މުސްތޮއަކާ އެކު މެލޭގަ އުޅުނުވާހަކަ.. އޭނަ ވެސް އިހައްދުވަހު އެއައީ މެލޭއިން ކިޔަވާނިންމައިގެން.. ” ނާއިލާ އެ ވާހަކަތައްކިޔައިދެމުން ދިޔަ އިރު މައިޝާ އާއި ޝިފްނާއަށް އިނދެވުނީ ހަމަ ހައިރާންވެ އަންތަރީސްވެފައެވެ. ކޮންފަދަ އޮޅުވާލުމެއްބާއެވެ. އަނެއްކާވެސް މައިޝާ އަށް އޮޅުވާލީއެވެ. މިފަހަރު ހަނދާނުން ނައްތާނުލެވޭނެ ވަރަށެވެ. މުސްތަފާގެ ބޭނުން ހާސިލްކުރުމަށްފަހު އަނެއްކާވެސް މައިޝާ ނަގާއެއްލާލީއެވެ. ދައްކާނެ އިތުރުވާހަކައެއް ނޭނގުމުން މައިޝާ އަވަސް އަވަހަށް ފޯނުނަގައި މުސްތަފާފެ ނަންބަރަށް ޑައިލްކޮށްލިއެވެ. މިފަހަރު ރިންގެއްވެސް ނުވިއެވެ. ރިންގެއްގެ އަޑެއް ނީވި ލައިން ބިޒީވަނީއެވެ. މައިޝާ ގެ ތެޅެމުންދިޔަ ހިތަށް ލިބެމުންދިޔައީ ވޭންދެނިވި އަނިޔާތަކެކެވެ. މުޅިމީހާ ގައިން ވަރުދޫވަމުން ދިޔައިރުވެސް މައިޝާ މަސައްކަތްކުރީ މުސްތަފާއާއި ގުޅޭތޯއެވެ. “މައި، ހުއްޓާލަބަލަ ޕްލީސް.. އަޅޭ.. އައިމް ސޮރީ ބަޓް އައި ޑޯންޓް ތިންކް ހީ ވިލް އާންސަރ ޔޫ.. މައި ޕްލީސް!” ޝިފްނާ މައިޝާގެ އަތުގައި އޮތްފޯނުމަތީ އަތް އަޅަމުން މައިޝާ މައިތިރި ކުރެވޭތޯ މަސައްކަތްކުރިއެވެ. “ނޯ! ހީ ޑިޑް ސޭ ހީ ލަވްސް މީ، ވެދާނެއެންނު އޮޅުމެއްކަމަށްވެސް މީ… މުސްތޮ އެހާ ބޮޑު ލަނޑެއް މައި އަކަށް ނުދޭނެ. ރޭގަ ހާދަ ލޯބިންނޭ މައި ކައިރީ އުޅުނީ.. އައި ކާންޓް ބިލީވްދިސް…” މައިޝާ ރޯވަރުން ކައިރި މޭޒުތަކުގައި ތިބި މީހުންވެސް އެމީހުންނާ ދިމާލަށް ބަލަންފެށިއެވެ. މައިޝާ އަށް އޭނާގެ ރުޅިގަނޑު މައިތިރިނުވާނެކަން އެނގުމާއިއެކު އިންތަނުންތެދުވެގެން ރެސްޓޯރެންޓުން ނުކުމެ ކިޔާންއަށް ގުޅާލިއެވެ. ރޮމުން ކިޔާންގާތު އަވަހަށް އޭނާ ބަލައި އާދެވިދާނެތޯ އެހުމުން ކިޔާން ލަހެއްނުވެ މައިޝާ ބަލާއައެވެ. ކިޔާންގާތު ވަމުންދާ ކަންތައްތައް މައިޝާ ކިޔައިދޭނީ ވަކި ކިހިނެތްހެއްޔެވެ. ކިޔާން އޭނާދެކެ އެވަރަށް ލޯބިވާކަން އެނގިހުރެ މައިޝާ ނިންމީ ކިޔާންއަށް ވީ ހުރިހާ ކަމެއް ސިއްރުކުރާށެވެ. މައިޝާގޮވައިގެން ގެއަށް އައުމުން ކިޔާން ގާތު ޝުކުރިއްޔައޭ ބުނެ މައިޝާ ގޭތެރެއަށް ވަންނަން ހިނގައިގަތީ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކިޔާންއަށް ނުދައްކާ ފޮހެމުންނެވެ.
“މައި މަޑުކޮށްބަލަ!” ކިޔާންއަށް ފުރަގަސް ދިން މައިޝާގެ އަތުގައި ހިފާލުމަށްފަހު ކިޔާން މައިޝާ ހުއްޓުވިއެވެ. “މައި ކިތައްމެ ވަރަކަށް ކިޔާންއަށް ކަން ކަން ފޮރުވަން އުޅުނަސް އެކަމެއްނުވާނެ! މިއަދު ހެނދުނު މައިޝާ ހުރި ގޮތަކަށްނޫން ތިހިރީ.. މައި އަހަރެން ދުރުކޮށްލިއަސް އައި ކާންޓް ޑޫއިޓް.. ޑޯންޓް ޑޫ ދިސް ޕްލީޒް! ކީއްވެ ތިރޮނީ.. ނުބުނާހާ ހިނދަކު މައިޝާ ރުޅިއަޔަސް ކިޔާން މައިޝާގެ އަތަކުން ދުލެއްނުކުރާނަން! ” ފުރަގަސްދީގެން ހުރި މައިޝާގެ ލޮލުން ކަރުތައް ހޯސްލާފައި ފައިބަމުންދިޔައީ މިފަހަރު ރުޅިގަދަވެގެންނެއް ނޫނެވެ. އޭނާދެކެ ކިޔާން ލޯބިވާ ވަރު އެނގި ކިޔާންގެ ލޯބީގައި ކޮޅުފައިން ޖެހުމަށްފަހު މުސްތަފާ ގާތަށް ދެވުމުންނެވެ. މައިޝާ ކިޔާން އާ ދިމާލަށް އެނބުރުމަށްފަހު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ތިމަންނާގޮވައިގެން އާރޓިފިޝަލް ބީޗްއަށް ދާން ހިނގާށޭބުންޏެވެ.
“ކިހިނެއްވީ މިތަނަށް ތިއައީ؟” މައިޝާގެ އެދުމުގެމަތިން އާޓިފިޝަލް ބީޗަށް ގެންގޮސްދިނުމުން އެތަނުގައި ހުރި ބެންޗެއްގައި އިށީންނަމުން މައިޝާއާއި ކިޔާން ސުވާލުކުރިއެވެ.
“ކިޔާން، މައި މިވާހަކަ ދައްކާނެ އިތުރުބައެއްނެތް، މަންމަމެންނަށް މީގެ އެއްވެސް ހަަބަރެއްވާކަށް ބޭނުމެއްނޫން. ކިޔާން ގާތުވެސް އަސްލު ބުނާކަށްބޭނުމެއްނޫން. އެކަމަކު، މިހާހިސާބަށް ކަންތައް ދިޔައިމަ މައިއަކަށް ދެން ކެތެއްނުވާނެ.. ރޭގަ މައި މުސްތޮ ކައިރިއަށް ދިޔައިން. އައި ސްލެޕްޓް ވިތް ހިމް.. އައި ތޯޓް އެވްރިތިންގް ބިޓުވީން އަސް ގޮޓް އޯކޭ.. ބަޓް އައި ވޯސް ރޯންގް… ކިޔާން.. މުސްތަފާއަނެއްކާވެސް މައިއަށް ލަނޑެއްދިނީ.. އޭނަ އުޅެނީ އަންނަ ހަފްތާގަ މީހަކާއިންނަން. ކައިވެނީގެ ކާރޑު ފެނުނީ ނާއިލާއަތުން.. ނާއިލާގެ ފެމިލީ ރިލޭޓިވް އަކާ މެރީ ކުރަނީ..އަހަރެން ކިހިނެއް ހަދާނީ ދެން.. ” މައިޝާގެ ވާހަކަތައް އަޑުއަހަން ހުރި ކިޔާން އިންތަނުން ތެދުވެ ހީވީ ހޭނެތިގެން ވެއްޓެން އުޅުނުހެނެވެ. ދެލޯ ތިން ހަރަރު ފަހަރަށް އަވަސް އަވަހަށް މަރާލުމަށްފަހު ކަރުކެހިލިއެވެ. އަދި ދެއަތްތިލައިން މުޅި މޫނު ފޮހެލުމަށްފަހު ބެންޗުގައި އަނެއްކާވެސް ހަމަޖެހިލައިގެން އިށީނެވެ.
“ކިޔާން.. ކޮންމެވެސް އެއްޗެއްބުނެބަލަ… މައި ކިހިނެއްތަ ހަދަންވީ؟” ކުއްވެރިއެއްހެން ހުރި މައިޝާ ސުވާލުކުރަމުން ދިޔައީ ކިޔާންއާއެވެ.
” ކީކޭތަ މަ ކިޔަންވީ މައިޝާ؟ މައިޝާގެ ސިކުނޑިއަކަށް ނުވިސްނޭތަ؟ ހަމަ ބުއްދިއެއް ނޫންތަ ހުންނަނީ؟ މައިޝާ އަށް އެބަ އެނގޭތަ މައިޝާއަށް ތިކުރެވުނު ކަމެއް؟ އޭނަ މައިޝާ ޔޫސްކޮށްލީ! އެގިއްޖެތަ ؟ އައި ޑިޑިންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ މައި! ޔޫ ކާންޓް ބީ ދިސް ޗީޕް މައި! ވައި؟ ވައި ޑިޑް ޔޫ ހޭވްޓު ގޯ ޓު ހިމް…” ކިޔާންގެ ހުވަފެންތަކުގައި އަލިފާންރޯވި ކަހަލައެވެ. އޭނާ އެންމެ ލޯބިވާ އިންސާނާ އެހެން މީހަކު ހާސިލް ކުރިކަން އެނގުމުން ރުޅިގަދަވިއެވެ.
” ދެން ވެސް މަގޭ އަޑެއް އަހަން ބޭނުންވަންޏާ، ޖަސްޓް ޓްރައި ޓު ފޮރގެޓްހިމް.. ޕްލީޒް.. ޔޫ ޑިސާރވް މަޗްބެޓާ މައި! ޖަސްޓް ސްޓޮޕް ހޭވިންގް އަ ހޯޕް ފޮރ ހިމް. އޭނަ އެއީ އޯލްރެޑީ އެހެންމީހެއްގެ ހައްޤެއް! މައިޝާ ތީ އޭނަގެ އެއްވެސް މީހެއްނޫން. ރިވެންޖް ނަގަންވެސް ހިތަށް އަރުވާނެކަމެއްނެތް! އޭނަ ކުރިކަމެއް އޭނަޔަށް ދޫކޮށްލާ! ބަައެއްގެ ކައިވެންޏެއް ރޫޅެން މައި ބޭނުންތަ؟ ބޭނުމެއް ނުވާނެއެންނު؟ ސޯ ޖަސްޓް ކްލޯސް ދަ ޗެޕްޓާރ.. ނާއިލާ ކައިރިވެސް ބުނޭ އެއްވެސް ވާހަކައެއް އާއިލާ ތެރޭވެސް ނުދައްކާށޭ..” ކިޔާން ހިއްވަރާއެކު މައިޝާ އަށް ވިސްނައިދެމުންދިޔައިރު މައިޝާ ދިޔައީ ކިޔާން ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް ކަނުލާއަޑުއަހަމުންނެވެ. ކިޔާންގެ ވާހަކަ ހުއްޓުމާއިއެކު މައިޝާ ބެންޗަށް ތިރިވިއެވެ. ދައްކާނެ އިތުރުވާހަކައެއްނެތި ކިޔާން ކަންތައްކުރަން އެބުނި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް މައިޝާ ނިންމިއެވެ. މޯޅިވެފައި އިން މަލެއްފަދައިން ބެންޗްގައި އިން މައިޝާގެ ހަމަހިމޭންކަން މުގުރާލީ ކިޔާން އޭނާގެ އަތުގައި ހިފާލުމުންނެވެ. “މައި ؟ މިއަދު މައި ގާތު ތެދެއްނޫނީ ނުހަދާނަން! އެއްވެސް އޮޅުވާލުމެއް ނެތި މި ބުނަނީ، މައި ދެކެ އިންތިހާއަށް ކިޔާން ލޯބިވޭ.. މައިގެ ލޮލުން ތިފައިބަމުންދާ ކަރުނަ ބަލާކަށް ކިޔާންއަކަށް ކެތެއްނުވޭ! ހެޔޮނުވާނެ! އެންމެފަހަރަކު މައިގެ ތި ހިތަށް ފިނިކަމެއްދޭން މަސައްކަތްކޮށްބަލަ.. ކިޔާންގެ އަތުގަ ހިފާބަލަ.. މައިދެކެ ކިޔާން ލޯބިވާނެފަދައިން ލޯބިވާނެ އެއްވެސް އެހެން މީހަކު ނުހުންނާނެ! މައި އަކީ ކާކުކަން އެނގޭ ވަރަށް މައި އެނގޭނެ އިތުރުމީހަކުވެސް ނުހުންނާނެ! ޕްލީޒް ޖަސްޓް ޑޯންޓް ސޭ ނޯ ޓު މީ މައި.. އައި ޖަސްޓް ވޯންޓް ޔޫ ޓު ބީ ހެޕީ.. އެންޑް ޔޫނޯ އައި އެމް ދަ އޮންލީ ވަން ހޫ ކެން މޭކް ޔޫ ހެޕީ.. ޓޭކް ޔޯ ޓައިމް މައި.. މިރޭ މައި ކައިރިއަށް ދާނަން ޖަވާބު ހޯދަން.. ދެން ހިނގާ ދެއަށްދާން ދޯ؟” ބެންޗްކުރިމަތީ ގައި ދެފައިތިލައިގެ އިނގިލިތަކުގެ މައްޗަށް ތިރިވެގެން އިނދެ މައިޝާގެ އަތުގައި ހިފައިގެން ހުރި ކިޔާން އެދައްކަމުން ދިޔަ ވާހަކަތަކަކީ ހަޤީޤަތުގައި މައިޝާއަށް އާ ވާހަކަތަކެއްނޫނެވެ. ކިޔާން މައިޝާއާއި ހެދި އުޅޭހެން އެއްވެސް އެހެން ފިރިހެންކުއްޖަކު ނޫޅޭނެކަން އޭނާއަށްވެސް އެނގެއެވެ. ލޯބިވާކަން ވެސް ކިޔާން އޮޅުވާލުމެއްގެ ތެރެއިން މައިޝާއަށް ހާމަކޮށްފައި އޮތުމުން އެކަން ވެސް މައިޝާއަށް އެނގެއެވެ. އެހެނަސް މައިޝާއަށް ކިޔާންއާއި ދެތެރޭ އެފަދަ ނަޒަރަކުން ދެކެވިފައި ނުވާއިރު ކިޔާންދެކެ މައިޝާ ލޯބިވާނީ ކިހިނަކުންހެއްޔެވެ. ބުނާނެ އެއްޗެއް ނޭނގޭ ހަލު ގެއަށްދިއުމަށް މައިޝާވެސް އިންތަނުން ތެދުވީ ކިޔާންވެސް ތެދުވެ މައިޝާއަށް ފުރަގަސްދިނުމުންނެވެ. ކިޔާން ގެ ލޮލުން ފޭބި ކަރުނަތައް ފޮހުނުމަންޒަރު މައިޝާއަށް ފެނުނެެވެ.
“ދަރި ފުޅުމެން އައީތަ؟ ” ގޭތެރެއިން ވަދެގެން އައި މައިޝާއާއި ވާހަކަދެއްކީ ރަޝީދާއެވެ. ޓީވީ ބަލަން އިން މަންމައާއި ކޮއްކޮ އަށް މައިޝާގެ މޫނުމަތިން ރޮއެފައި ހުރިކަން އެނގުމުން މައިޝާއާއި އިތުރަށް ސުވާލުކުރަންފެށިއެވެ.
“މައިޝާ؟ ކިހިނެއްވީ ދަރިފުޅާ؟ ކިޔާން ދިޔައީ ކީއްވެ؟” މައިޝާ ސޯފާގައި އިށީނުމާއިއެކު މަންމަ އަހާލިއެވެ. ކަމެއްނުވެޔޭ ކިޔާ މައިޝާ އޭނާގެ މަންމަގެ އުނގުގައި ބޯއަޅާލުމަށްފަހު ސޯފާގައި ރޫދެމިލިއެވެ. އަދި ހިތްފުރެންދެން ރޯލިއެވެ. އަދި އެއަށްފަހު މުސްތަފާއާއި އެކު ރެއެއް ހޭދަކުރިވާހަކަ ފިޔަވައި އޭނާ ކަންތައް ކުރަމުން އައިގޮތުގެ ހުރިހާ ވާހަކަ އެއް މަންމައަށް ކިޔައިދިނީ ކިޔާން ލޯބި ހުށައެޅިވާހަކަވެސް ކިޔައިދެމުންނެވެ. ހަދާނެގޮތް ހުސްވެފައި ހުރިވާހަކަ ބުނުމުން މަންމަ ނަސޭހަތްތެރި ވާންފެށިއެވެ.
“ދަރި ފުޅާ! ލޯތްބަކީ ހާސިލް ކުރާ އެއްޗެއްނޫން. އެއީ ވެވޭއެއްޗެއް،
ދުނިޔެމަތީގައި ލޯބި ހާސިލް ކުރުމަށްވުރެ ބުއްދިވެރީ ލޯބި ދޭން އެނގޭ މީހަކާއިއެކު ގުޅުން.. އޭރުން ހިންހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ލިބޭނެ. ކިޔާން މައިދެކެ ލޯބިވާކަން މަންމަ އަށްވެސް އެނގޭ. އެއިރުވެސް ތި މުސްތަފާއެއްގެ ވާހަކަ ބުނުމުން މަންމައަށް އެނގުނު ތިއީ ރަނގަޅު މީހެއްނޫންކަން. ލޯބިވާ މީހުންނެއް ހިތުގަ ނުޖައްސާނެ! ދަރިފުޅު ރަނގަޅަށް ވިސްނާފަ ކިޔާންއަށް ޖަވާބެއްދޭތި!”
އެރޭ އެނދުގައި އޮތް އިރު ކިޔާން ދެއްކިވާހަކައާއިމެދު މައިޝާ ވިސްނެމުންދިޔައެވެ. ކުއްލިއަކަށް ސިހިގެންދިޔައީ ކައިރީގައި އޮތް ފޯނު ރިންގުވިއަޑަށެވެ. ފޯނުނަގާފައި ސްކްރީނަށް ބަލާލިއެވެ. ހައިރާންވެ މައިޝާގެ ގާތަށް ރުޅިއައީ މުސްތަފާގެ ކޯލެއްކަން އެނގުމުންނެވެ. ” ހަލޯ؟ ” މައިޝާ ބޭނުންވީ މުސްތަފާ ދައްކަން އުޅެނީ ކޮން ވާހަކައެއްތޯ އަޑުއަހާށެވެ.
“ހަލޯ މައި؟ އެބަ ދަން ބަލާ.. އައި މިސް ޔޫ” ހަމަޖެހިލައިގެން މައިޝާ އާއި ބައްދަލުކުރަން އުޅޭ ވާހަކަ މުސްތަފާ ދެއްކި އިރު މުސްތަފާގެ އޮންނަނީ ކޮންފަދަހިތެއްބާއޭ މައިޝާގެހިތަށްއެރިއެވެ. ކައިވެންޏަކަށް ތައްޔާރުވަމުން ދާ އިރު މުސްތަފާ ދެ ދިރިއުޅުމަކާއި ކުޅެމުން މިދަނީ ކީއްވެބާއޭ މައިޝާގެ ހިތަށްއަރަމުންދިޔައެވެ.
“ކީއްކުރަން؟ މުސްތަފާ ހަމަ ތިދައްކަނީ ތެދުވާހަކައެއްތަ؟ ހަމަ އަސްލުކޮށް މައި ދެކެ ލޯބި ވޭތަ؟ ” މައިޝާ ބޭނުންވަނީ މުސްތަފާގެ ދުލުން ހަޤީޤަތް އެނގޭށެވެ.
“އާނ ދޫނީ.. ކީއްވެ ތިހެން ތިއެހީ؟ ”
“އެހެންވީރު މުސްތޮގެ މަންމަކައިރިއަށް މައިގޮވައިގެން ދާންހިނގާ.. ނޫނީ މުސްތޮ އާދޭ މައިމެންގެއަށް.. މަންމައާ މީޓްކުރަން އާދޭ.. ” މައިޝާގެ މި ވާހަކައިން މުސްތަފާ އަށް ގުޑުމެއް އެރިއެވެ. އިރުކޮޅަކު ވިސްނަންހުރެފައި ކޮންމެވެސް ބަހަނާއެއްދެއްކިއެވެ.
” މައި.. ކަމް އޮން.. ދާނަމޭ.. އަދި ނުވެއެންނު.. ..އަސްލު މަންމައާއި މީޓްކުރުމުގެ ކުރިން މައިއަށް ވާހަކައެއް ކިޔައިދޭން ޖެހޭ…” މުސްތަފާގެ ޖުމްލަ ނުނިމެނީސް މައިޝާއަށް ރޮވެންފެށިއެވެ.
“މުސްތޮ ތީ ހާދަ މޮޅު މަކަރުވެރިއެކޭ.. އަހަރެން މުސްތޮއަށް ކޮން އަނިޔާއެއް ކޮށްގެން އަހަންނަށް މިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ؟ މުސްތޮގެ ވެޑިން ކާޑު މައިއަށް ފެނިއްޖެ.. ހެޔޮނުވާނެ މައިގެ ހިތްހަލާކު ކުރަން ނޫޅޭ! މައި އަށް މިހާރުވެސް މުސްތޮއާ ނުލާ ދިރިއުޅެން އުނދަގޫވާވަރު ކޮށްފި.. ކީއްވެ މައި ގޮވައިގެން އެ އެޕާރޓްމަންޓަށް ދިޔައީ.. މައި އަށްކުރާ އިހުސާސްތަކެއް މުސްތޮއަކަށް ނުވިސްނޭތަ؟ މުސްތޮއަށް މައިގެ ހިތް އެދޭނެ ވަރެއް މުސްތައަކަށް ނޭނގޭތަ؟ މުސްތޮ ކީއްކުރަންތަ މައި ގެންދަން ތިއުޅެނީ… ”
މައިޝަ ގިސްލަ ގިސްލާފައި ހިތުގައި އުފެދެމުން ދިޔަ ޝަކުވާތަށް މުސްތޮއާއި ކުރަންފެށިއެވެ.
“ލޯބި ވާތީ.. ބޭނުން ވާތީ.. މައި އަށް ހީވަނީ މުސްތޮ މައި ބޭނުން ނުވާކަމަށްތަ؟ އެހެނެއް ނޫން މައި.. މައި ބޭނުންވޭ.. އެކަމަކު ނަހުލާ އަކީ މަންމަމެންގެ ރުހުން ހޯދާފައި ހުރި އަންހެންކުއްޖެއް.. ރަނގަޅު! މުސްތޮއަށް ކުރިން މައި ކައިރީ ނަހުލާ އުޅޭވާހަކަ ބުނެވުނުނަމަ މިހެން ކަންތަކެއް ނުވީސް. މައި.. މުސްތޮ މައިދެކެވެސް ލޯބިވޭ.. މައި އަކަށް އެއްވެސް ކަމެއް އޮޅުވައެއް ނުލަން.. ދޮގެއްވެސް ނުހަދަން..މައި، އަހަރެން މިކައިވެނި މިކުރަނީ މަންމަ ދެރަ ނުކުރަންވެގެން.. މައި އަށް ކެރޭނެތަ މުސްތޮއާ ދެއަންބަށް އިންނަން.. މުސްތޮއަކަށް ނަހުލާ ދޫކޮށްލާކަށް ނުކެރޭނެ… އެކަމަކު މައިވެސް ދޫކުރާކަށް ބޭނުމެއްނޫން. އެއަށްވުރެ ބޮޑަށް މައިއާ ގާތްވެވިއްޖެ..” މުސްތަފާގެ ވާހަކަތައް އަޑުއެހުމަށްފަހު މައިޝާ ގެ ހިތުގައި މުސްތަފާއަށް އޮތް ނަފުރަތު ހަމްދަރުދީއަށް ބަދަލުވެ، އޭނާއަށް ގަދަރުކުރެވެންފެށިއެވެ. ކޮންފަދަ މާތް މީހެއްހެއްޔެވެ. މުސްތަފާ ނަހުލާއާއި އެ އިންނަނީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. މައިޝާގާތު އެހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވެގެން މުސްތަފާ އުޅޭތާ ކިތައްމެ ދުވަހެކެވެ. މިހާރު މައިޝާއަށް މުސްތަފާގެ ހާލަތު އޮޅުން ފިލައިފިއެވެ. ހަޤީޤަތުގައިވެސް މުސްތަފާ އޭނާ ގާތު ދޮގެއް ނުހަދައެވެ. ހަމައެކަނި ނަހުލާއެއް އޭނާގެ ދިރިއުޅުމުގައި އުޅޭވާހަކަ ނުބުނެއޮތްކަމެވެ. މައިޝާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އެ ވަގުތު މުސްތަފާގާތު ހުރެވުނުނަމަ ކަންތައް ވާނެގޮތެކެވެ.
މުސްތަފާ ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު އޭނާ އެރޭވެސް މުސްތަފާއާއި ބައްދަލުވާން ބޭނުންވީ ކިޔާން އާއި މަންމަ ދެއްކި ވާހަކަތައް ހަނދާން ނައްތާލަމުންނެވެ. އެހެންކަމުން އެރޭވެސް ލޯބީގެ ލައްޒަތުން ފުރިގެންވާ މާހައުލެއްގައި މުސްތަފާއާއިއެކު އުޅުމަށްފަހު އެނބުރިގެއަށް އައިސް އެނދުގައި އޮށޯވެ އޮވެ ލޯމަރާލީ މުސްތަފާ ބުނި ބަސްތަކެއް ސިކުނޑިއަށް ވައްދަމުން އެކަމަށް އެއްބަސްވެގެންނެވެ. ” މައި އަހަންނާއި ދެ އަންބަށް އިންނަން ކެރޭނެތަ؟ އެހެންވިއްޔާ، މި ކައިވެންޏަށްފަހު އަހަރެން ބުނަންދެން މައިޝާ މަޑުކުރޭ… އިރާދަކުރެއްވިއްޔާ މައިޝާ އަހަރެންގެ މީހަކަށް ހަދާނަން.”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Hey 1st dhww vrah reethi mivaahaka
🙂
Maishaa is really crazy..
Dho..,?
heyy 😀 varah reethi inge mi vaahaka. waiting for nxt part 🙂 🙂
Thank u dear 🙂
wow nice ?
Thank u dear 🙂
moyavygen ulhy maisha eh alhy maishage manma bunigothah thimaa dhyky loabivaa meehaku hodhan ulhybala thi mustho aki makaru vyriyeh maishaa eyhuri hama ragalha ves musthoyaa hydhi dhivaanaa vyfa kiyaan kahala maah firihynaku libyni varah naseebu ragalhu meehakah hurihaa hageegatheh eygni huryves maisha aa gulhen bynun vaani hama gaimuves varah ragalhu veema tha VERY NİCE THİS STORY?
Aslu ey dho.. adhi visneyne kanneyge maishaa ah ??? thanks for reading
visnihjehyaa kithanmyhaaves ragalhu visny iru kiyaan nugehlihuri namaves ragalhu dho
Hehe.. let’s see dho.. thanks