ސޫރަ 01
އަޅުގަނޑުގެ ވާހަކައިގައި ކުރިން ބޭނުން ކޮށްފައި ހުރި ގިނަ ނަންތައް މިހާރު ހުންނާނީ ބަދަލުވެފައެވެ.
ވެހެމުން ދިޔަ ވިއްސާރަ އަކަށް ބެލުމެއްނެތި މަންޒިލެއްނެތި ހިނގަމުން އައި އަންހެންކުއްޖާ ދިޔައީ ގިސްލާ ރޮމުންނެވެ.އޭނާގެ ރުއިމުގެ އަޑު ކޮންމެ ފަހަރަކު ފަނޑުވެގެން ދަނީ ވެހެމުން ދިޔަ ބޯ ވަރޭގެ ސަބަބުންނެވެ. އެ ކުއްޖާގެ މޫނު ފެނުނު ކޮންމެ މީހެއްގެ ހިތަށް އަސަރު ނުކޮށް ނުދާނެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ބޯ ވާރޭތެެރޭގައ ދދުއްވާލަން ނިކުމެ އުޅުނު މައިޝާން އާއި ލިނާން އަށް މި އަންހެން ކުއްޖާ ފެނުނީ ވަރަށް ވެސް ކައިރިވެފައި ވަނިކޮށެވެ.ބުރަކި ޖެއްސި ނަމަވެސް މާ ކައިރިވެފައި ވުމުން ގޮސް ޖެހުނީ ކުރިމަތިން އައި އަންހެން ކުއްޖާގެ ގައިގައެވެ.ވަގުތުން ދެމީހުން އަވަހަށް ކާރުން ފައިބއިގެން ގޮސް އަންހެން ކުއްޖާ ރަނގަޅުތޯ ބެލި އިރު އަންހެން ކުއްޖާ ވިއްސައިގެން އެތާހުރި ބޮކި ދަނޑީގައި ޖެހުމުގެ ސަބަބުން އަނހެން ކުއްޖާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔައެވެ.އަދި އަތް އޮތްގޮތުން ދެމީހުންވެސް ނިންމީ އަތް ބިނދި ހުޅު ނެއްޓިފައިވާ ކަމަށެވެ.ދެމީހުންވެސް އަވަހަށްބެލީ އެ އަންހެން ކުއްޖާ އަވަހަށް ހޮސްޕިޓަލަށް ގެނދެވެތޯ އެވެ.
އިރާކޮޅުގެ ވަގުތުގައި ގެއިން ނިކުމެގެންދިޔަ ލިމީ 22:00 ޖެހި އިރުވެސް ގެއަށް ނާންނާތީ އޭނާގެ މަންމަ ޔޫމީ ހުރީ ކަންބޮޑުވެފައެވެ. އަދި އޭނާގެ ބޭބެ ޔައިކް ވެސް އިނީ ސިޓިން ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ލިމީ އާއި ޔައިކްގެ ބައްޕަ އައިދީން ވެސް ހުރީ ކަންބޮޑުވެފައެވެ.ކުއްލިއަކަށް ޔޫމގެ ފޯނަށް އައި ކޯލުވީ ތިން މީހުންގެ ފައިދަށުން ބިންގަޑު ދެމިގެންދިޔަ ޚަބަރެއް ދިން ފޯނު ކޯލެކެވެ.ޔޫމީ ފޯނު ނެގިގޮތަށް އެކޮޅުން ވާހަކަ ދެއްކި މީހާ ލިމީީ އެކްސިޑެންޓް ވެގެން އުޅޭވާހަކަ ބުނުމާއެކު ޔުމީ ވަގުތުން މަގެ ދަރިފުޅާއޭ ކިޔާ ރޮއެގަތެވެ.އަދި ޔައިކް އާއި އައިދީން ސުވާލުކޮށް ކޮށް ވީގޮތް ނޭނގުމުން ފޯނު ބެލިއިރު އަދ ފޯނު ނުކެނޑެއެވެ.ޔައިކް ވެް ފޯނު ކަންފަތުގައި ޖައްސާލުމަށްފހު އަވަހަށް އޭޑީކޭ އަށް ހިނގާށޭބުނެ ގަރާޖުން ކާރު ނަގައިގެން ނިކުތެވެ.
ހޮސްޕިޓަލު ތެރޭގައި ނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރިވަމުން ދިޔައީ އަވަދި ނެތިއެވެ.ގެއްލިގެންދާ ކޮންމެ ސިކުންތަކީ ބަލިމީހާއަށް ގެއްލުން ވަމުން ދިޔަ ސިކުންތެކެވެ.ލިނާން އާއި މައިޝާން އާއި ދެމީހުންނަށް އެއީ ކޮން އަންހެން ކުއްޖެއްކަން ނޭނގުނަސް ެމީހުން ވެސް ތިބީ ފާޑަކަށް ހުއްޓުން އަރާފއެވެ.
މަގޭ ދަރފުޅު ކޮބާ؟؟ ހޮސްޕިޓަލު ތެރޭގެ ހަމަހިމޭންކަން ނަގާލީ ލިމީގެ މަންމަ ޔޫމީގެ ރުއިމުުގެ އަޑުންނެވެ. އޭނާގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައިދީން އާއި ޔައިކް އައެވެ. އެމީހުން އައިސް ނރުސް ކޮށިގަނޑާއި އަރާ ހަމަވީ ތަނުން ނަރުހަކު އައިސް ވަގުތުން އޮޕަރޭޝަން ކުރަންޖެހޭ ކަމަށާއި އަވަހަށް ފޯމުގައި ސޮއި ކޮށް ދިނުމަށް އެދުނެވެ. ގާތްގަނޑަކަށް 08 ގަޑި އިރުގެ އޮޕަރޭޝަނަކަށްފަހު ފަތިހު ފަހެއް ޖެހި ޑޮކްޓަރު އޮޕަރޭޝަން ތިއޭޓަރުން ނިކުތް އިރު މޫނު މަތީގައިވި ހިނިތުންވުން ފެނި އޮޕަރޭޝަން ކާމިޔާބުވިކަން އެންމެެނަށްވެސް ނަގައި ގަނެވުނެވެ.ނަމަވެސް ދެން ޑޮކްޓަރު ބުނި ޖުމްލައަކީ އެއްވެސް މީީހަކަށް އަޑު އަހަން ފަސޭހަ ޖުމްލަ އަކަށް ނުވިއެވެ. “މަރުހަބާ!.އޮޕަރޭޝަން ކާމިޔާބު.އެހެން ނަމަވެސް 02 ގަޑި އިރު ތެރޭގައި ހޭ ނާރައިފިނަމަ ކޯމާ އަކަށް ދިއުމުގެ ފުރުސަތު ބޮޑު.”މިހެން ބުނެފައި ދްކޮޓަރު އިތުރަށް ކުރަންވީ ކަންކަން ނަރުސް ކުއްޖާ އަށް ކިޔައި ދޭން ފެށިއެވެ.
“ދައްތާ. އަޅުގަނޑު ވަރަށް ބޮޑަށް މާފަށް އެދެން އަޅުގަނޑުގެ ކާރުގައި އެ އަންހެން ކުއްޖާ ޖެހުނީ.ވާރެ ބޯ ކަމުން ނުފެނޭ އެއްވެސް ތަނެއް.ވަރަށް ކައިރިއަށް އައި ފަހުން ފެނުނީ. ބުރަކި ޖެއްސިން އެކަމް ނަސީބު ދެރަކަމުން ކަހާލާފައި ގޮސް އެ އަންހެން ކުއްޖާގެ ގައިގައި ޖެހުނީ. އަޅުގަނޑު އެކުއްޖާގެ ހުރިހާ ބޭސް ފަރުވާއެއް ކޮށް ދޭނަން.ބޭރަށް ފޮނުވަން ޖެހިއްޖެ ހާލަތެއްގައި ބޭރަށް ވެސް ފޮނުވަދޭނަން.އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަސް ރަނގަޅުވާނެ.މައިޝާން ގެ ވަރަށް ބުރަ މަސައްކަތުން ލިނާން ގޮސް ވީ ގޮތް ކިޔާ ދިނެވެ.އެ ހުރިހާ ވާހަކަ އެއް ދައްކައި ނިމުނު އިރުވެސް ޔޫމީ އައިދީން އަދި ޔައިކް ވެސް ބަހެއް ބުނެވެސް ނުލައެވެ. ނަމަވެސް ޔުމީގެ ކަރުނަތަށް ހިފަހައްޓާ ލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ.
“އެއީ ތިކުދިންގެ މައްސަލަ އެއް ނޫން.ހުރިހާވެސް މައްސަލަ އަކީ ދައްތަ. ލިމީ ކުރަން ބޭނުން ނުވާ ކައިވެންޏަކަށް ބާރު އެޅުނީ.އެ ރުޅި މަތީގައި ނިކުމެގެން ދިޔަ ގޮތަށް ގެއަށް ނައިސް ހުއްޓާ އިވުނީ އެކްސިޑެންޓް ވީ ވާހަކަ.” ޔޫމީ ހުރިހާ ވާހަކައެއް ކިޔައިދިނީ އަސަރާ އެކީ އެވެ.އައިދީން އާއި ޔައިކް ހުރީ ޔޫމީ ދައްކާ އެއްވެސް ވާހަކަ އެއް ދޭހަ ނުވެފައެވެ.އެހެން ކަމުން ޔައިކް އަދި އައިދީންގެ ސުވާލުތަކާއި ޔޫމީ އަށް ކުރިމަތިލާން ޖެހުންވެ. “މަންމަ ކާކާ އިންނާށޭ ކިޔާފަ ވާހަކަ ދެއްކީ؟؟ ޔައިކް ހައިރާންވެ ހުރެ ސުވާލު ކޮށްލިއެވެ.
“އިޔާން އާއި އިންނާށޭ މަންމަ ބުނީ”އެހެން ބުނުމުން ޔައިކްގެ ހައިރާންކަން ވީ އިތުރެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.އިޔާންގެ ގޮތް އެންމެ ރަނގަޅަށް އިނގޭ އެކަކަށް ހަމަގައިމުވެސް މަންމަ ވާނެއެވެ.މަންމައަށް އޭނަގެ ގޮތް އިނގިހުރެ ކޮއްކޮ އެވަރުގެ ފުން ވަޅުގަނޑަކަށް ވައްޓާލަން އުޅުމުން މަންމަ ދެކެ ބޭއިޚްތިޔާރުގައި ރުޅި އާދެވުނެވެ.ނަމަވެސް ވަގުތުގެ ގޮތުން އެއްޗެއްނުބުނެ ޔައިކް އެނބުރިލީ ލިނާން މެންނާއި ދިމާލަށެވެ.އަދި އެދެމީހުންނަށް ޝުކުރު އަދާކުރިއެވެ.”އަހަރެންގެ ކޮއްކޮ މިއަދު ދުނިޔޭގައި އޮތްނަމަ އޮތީ ތި ދެމީހުންނާއި ހެދި.އެހެން ބަޔަކު ނަމަ އަޅާވެސް ނުލާ ދާނީ.ވަރަށް ބޮޑަށް ޝުކުރިއްޔާ” އެހެން ބުނުމުން އިތުރު ކަމެއް ބޭނުން ނަމަ އެދެމީހުންނަށް ގުޅުމަށް ބުނެ ދެމީހުންގެ ނަމްބަރު ދީފައި އަދި ފަހުން އަންނާނެ ކަމަށް ބުނެފައި ގެއަށްދާން ހިނގައިގަތެވެ.
މަޑު ފިޔަވަޅުތަކެއްގައި ގޭގެ ސިޑިން އަރަމުން ދިޔަ ލިނާން ހުއްޓުނީ އޭނާގެ މަންމަ މުސްކާން ގޮވާލުމުންނެވެ. “ދަރިފުޅު ރޭގަ ގެއަށް ނާންނަނީތަ؟؟ ސުބުހާނަﷲ.ކޮންހާ ލެއެއް މުޅި ގަމީހުގައި ތި ހިރީ؟؟” މުސްކާނުގެ ސުވާލުތައް އެއްފައްޗަކަށް އަމުނާލިއެވެ.”މަންމަ ހަމަޖެހިބަލަ.އަޅުގަނޑާއި މައިޝާން އާއި ދެމީހުން ދުއްވާލަން ނިކުމެ އުޅެނިކޮށް އެކްސިޑެންޓެއްވީ.ތަނެއް ދޮރެއް ނުފެންނަ ވަރަށް ވާރޭ ވެހޭ އެގަޑީގަ.ވަރަށް ކައިރިއަށް އައިފަހުން ކުއްލިއަކަށް ފެނުނީ މަގު މެދުން ހިނގާފައި އަންހެން ކުއްޖެއް.ބުރަކި ވެސް ޖެއްސިން.އެކަމަކުވެސް ނަސީބު ދެރަކަމުން އަންހެންކުއްޖާގެ ގައިގައި ޖެހުނީ.ވަރަށް ބޮޑު ވަރު ވި.އައިސީޔުގައި އޮތީ. އަދިވެސް ހެއެއްނާރާ.އެތަނުގައި ތިބެފަ މިއައީ.އެ އާއިލާ މީހުންގެރަނގަޅު ކަމުން މިއަދު ގޭގައި މިތިބެވެނީ.އެހެން ނޫންނަމަ އަޅުގަނޑުމެން ދެމީހުން ތިބޭނީ ކުޑަ ގޮޅީގައި.މަންމާ.މިދަނީ ކުޑަކޮށް ނިދާލަން.މިއަދު އޮފީހަށް ދަނީ 10:00 ޖަހާއިރު”ލިނާން ވީ ހުރިހާ އެއްޗެއް ތަފްސީލާއެކު އޭނާގެ މަންމަ އަށް ކިޔައި ދިނެވެ.
މާލޭގައި ނަންވިދަމުން އަންނަ ހައިފައިވް ކުންފުންޏަކީ ލިނާންގެ ބައްޕަ ލިއަމްގެ ކުންފުންޏެކެވެ. ނަމަވެސް މީގެ 02 ވަރަކަށް އަހަރު ކުރިން ޖެހުނު ހާޓް އެޓޭކެއްގައި ލިއަމް މިދުނިޔެ ދޫކުރި ފަހުން ކުންފުންޏާއި ހަވާލުވެ ކުންފުނި ހިންގަމުން އަންނަނީ ލިނާން އެކަންޏެވެ.ނަމަވެސް އޭނާގެ ބުރަމަސައްކަތުން ކުންފުނި ނަގައި ކޮޅަށްޖަހައި ޅައުމުރުގައި އެންމެ ނަން ވިދާ އެއް ވިޔަފާރިވެރިއެކެވެ.އޭނާގެ މުވައްޒަފުންނަށް އޭނާ އަކީ ގާތް ރައްޓެސެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“އޯކޭ.އެހެންވީމަ ދަރިފުޅު ދާއިރު މަންމަ ގޮވައިން ހޮސްޕިޓަލް އަށް ދައްޗޭ.ދެންދޭ ނިދާލަން” ފެންވަރަން މާގަނޑުގެ ދަށުގައި ހުރި އިރުވެސް ވިސްނެމުން ދިޔައީ އެ އަންހެން ކުއްޖާ އާއި ދޭތެރޭގައެވެ. ނިދަން އުޅެ އުޅެ ނުނިދިގެން އެންމެ ފަހުން ވާހަކަ ފޮތެއް ނަގައިން ކިޔަން ފެށިތާ މާ ގިނައިރު ތަކެއް ނުވަނީސް ލިނާން އަށް ނިދިއްޖެއެވެ.
“ނޫން.ތިހެން ނުހަދާ،. އަހަރެންގެ ކޮން ކުށެއް އޮވެގެން ތިހެން ތިހަދަނީ.ހުވަފެެނުގެ ތެރެއިން ހަނދާންވަމުންދިޔައީ އެންމެ ހަނދާންކުރަންބޭނުން ނުވާ އެއް ކަންތަކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.

Salhi ❤
thankyou ram.
hello everyone.hurihaa kiuntheringe edhumuge mathin kiyuntherin dheefaivaa nanthah hunnany alhuganduge vaahakaigai beynun kurevifai.heekuran mi bai kamudhaane kamah.inshaa allah maadhan ehbai upload kohla dheynan.
good night everyone.
loves much.
Reethi next part konirakun up kuraanee
thanks.insha allah maadhan. 🙂
Thanks miniiiion…yadhiya ah limy kythy…
Yeyyyyyyyyyyyyyyysssssssss…
Ly
welcome. alhuganduge vaahaka ithurah kiyaane kamah ummedhu kuran.
Salhi… thanks girl ah limy keema..
thankyou and welcome.alhuganduge vaahaka ithurah kiyaane kamah ummedhu kuran.
varah reeti vaahaka eh …….. kiyaalaa hiyy vefa mi huree …..
thankyou. kiyaalahchey ingey.
eyy thanks limy keema..salhi…dhikoh genesdhethi..waitingxx
thank you. please keep reading my story. 🙂